މި ހުރިހާ މަންޒަރެއް ބަލަން އިއްބާންގެ ކޮޓަރިއާއި ޖެހިގެންހުރި ކޮޓަރީގެ ބެލްކަންޏަށް ނިދިނައިސްގެން ނިކުން އައިލީން ހުރީ ދެލޯބަޑުކޮއްލައިގެނެވެ. ******************** އައިލީން ހުރީ ހުއްޓުންއަރާފައެވެ. އިއްބާން އެހާ ހިތުގައިޖެހިފަ ރޯތަންފެނުމުން އައިލީންގެ ލޯތެމުނެވެ. އައިލީން އަށް އިއްބަންކީ ހުރިހާއެއްޗެއް އަޑުއިވުނެވެ. ހިތުގައި ސުވާލު އުފެދުނެވެ. ލޫންއަކީ ކާކުހެއްޔެވެ؟ އިއްބާން އެރޮނީ ލޫންގެ ސަބަބުން ހެއްޔެވެ؟ ލޫން އިއްބާން ދޫކޮއްދިޔައީ ކީއްވެ ހެއްޔެވެ؟ އިއްބާންގެ ހިތުގެ ވެރިއަކީ ލޫން ހެއްޔެވެ؟ އައިލީން މިހުރިހާ ކަމަކާދޭތެރޭ ވިސްނާލުމުން ސިކުނޑިއަށް ރިއްސާލިއެވެ. […]
“ބައްޕާ…އައިލީންއަކީ ބެންގެ ވަރަށް ގާތް ރައްޓެއްސެކޭ…ދޯ…ދެން..” ޒިލްވާ ބޯއަރިކޮއްލަމުން އިއްބާންއާ ދިމާލަށް ބަލާލިއެވެ. އިއްބާން ޒިލްވާއަށް ބަލާލީ ގަބޫލުކުރަން ދަތި ނަޒަރަކުންނެވެ. ދަތްކުނޑި ވިކާލެވުނެވެ. ދެއަތްތިލަ މުއްކަވާލަމުން ޖީބައްލަހާލިއެވެ. އިތުރުގޮތެއް ނެތުމުން އިއްބާން ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލަމުން ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. އެވަގުތު އޭނާގެ ވޭނާއި ހިއްދަތިކަމުން ފުރިގެންވި މާޒީގެ ދުވަހެއްމަތިން ހަނދާންވިއެވެ. ************************* “ބެން…ހިނގާބަ ކުލާހަށް..އެބައުޅޭ އާ އަންހެން ކުއަޖެއް ޖޮއިންވެގެން މިއަދު…” ދާނިޝް ބުނެލިއެވެ. އިސްކޮޅުން ދިގުއިރު ރީތި ހަށިގަނޑެކެވެ. އިސްތަށިގަނޑު ރީތި ސްޓައިލަކަށް […]
ކުއްލިއަކަށް ޒިލްވާ އާ އިއްބާންއަށް އެކަކު އަނެކަކަށް ބަލާލެވުނީ ދެލޯބޮޑުކޮއްލަމުންނެވެ. ******************* “ބެން…އާރ ޔޫ ތިންކިން ވަޓް އައިމް ތިންކިންގް…” ޒިލްވާ ހައިރާންވެފައިހުރެ އިއްބާން ގާތު އަހާލިއެވެ. އިއްބާން އައިލީން އާ ދިމާލަށް ބަލާލަމުން ބޯޖަހާލިއެވެ. “އައިލީން….” އިއްބާން ގޮވާލިއެވެ. ފާހަނާ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަހުރި އައިލީން އިއްބާންއަށް ބަލާލިއެވެ. “އެއީ ކޮންގެއެއްތަ…މި ބުނީ އެ ބޭބެ އެއީ ކޮންގެއެއްގެ މީހެއްތަ…” ޒިލްވާ އަހާލިއެވެ. އައިލީން އޭނާގެ ނަޒަރު ޒިލްވާއަށް ބަދަލުކޮއްލިއެވެ. “ބޮލެކްރޯޒް” އައިލީން ބުނެލިއެވެ. […]
އައިލީން ވެއްޓެންދިޔަ ވަގުތު މާގަނޑުގެ އިސްކުރުގައި ހިފާ އަންބުރާލެވުނީއެވެ. އެވަގުތު ދެމީހުންވެސް ތެމެމުންދިޔައީ ފެންމާގަނޑުންފޭބި ފިނިފެންތިކިތަކުންނެވެ. އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައިތިބި ދެމީހުންވެސް ސިހުނީ މީހަކު ކަރުކެހިލި އަޑުއިވިފައެވެ. ******************************* އިއްބާން ފާހަނައިގެ ދޮރާދިމާލަށް ބަލާލުމާއެކު ދެލޯބޮޑުވިއެވެ. އައިލީން ވެސްހުރީ ދެލޯބޮޑުކޮއްލައިގެން ފާހަނައިގެ ދޮރާދިމާލަށް ބަލާށެވެ.އެއީ އެއަރ ޕޯޓުގައި އިއްބާން ގާތުގައިހުރި އަންހެން ކުއްޖާކިން އައިލީންއަށް އެނގުނެވެ. ޒިލްވާ ހުރީ ގަބޫލުނުކުރެވޭ ފަދަ ގޮތަކަށް އައިލީން އާ ދިމާލަށް ބަލަހައްޓައިގެނެވެ. އެ ދެލޮލުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ވޭނެއް ފެނިލިއެވެ. ލަސްލަހުން އޭނާގެ ނަޒަރު އިއްބާންއަށް ބަދަލުކޮއްލިއެވެ. އިއްބާން އާ ޒިލްވާގެ ހަތަރުކަޅި ހަމަވިވަގުތު އިއްބާންއަށް ދޮންތަގެ ހިތުގައި އުފެދިފައިވާ ސުވާލު އެގުންފަދައެވެ. ” ދޮންތާ މި………”އިއްބާން ބުނަން އުޅުނު ޖުމުލަ ހުއްޓުމަކަށްއައީ ޒިލްވާ ވާހަކަ ނުދައްކަން އެދުމުންނެވެ. “ބެން…ކީއްވެ؟…ކީއްވެ؟..”ޒިލްވާ ހިތާމަ އެކުލެވިފައިވާ އަޑަކުން ބުނަމުން ދިޔައެވެ. “ދޮންތާ…….ތިހެން ހީނުކޮއްބަލަ…އެއީ އޭނައެއް ނޫނޭ…….މީ އައިލީން…..”އިއްބާން ޔަގީންކަން ދޭފަދަ ގޮތަކަށް ބުނެލިއެވެ. “ކީކޭ…….މީ ލޫންއެއް ނޫންތަ؟…..ކީއް…….އޮވްހް…”ޒިލްވާ އިއްބާން އާ ދިމާލަށް ބަލާލުމަށް ފަހުގޮސް އައިލީން ކުރިމައްޗަށް ގޮސް ބުނަން އުޅުނު ޖުމުލަ ހުއްޓުމަކަށް އައީ އެ އަޅިފެހިކުލައިގެ ބޮޑު ދެލޯ ފެނުމުންނެވެ. “މިހާރު ދޮންތައަށް ގަބޫލުކުރެވެއްޖެތަ….” އިއްބާން ދެ ބުމަ ގޮއްޖަހައިގެން ހުރެބުނެލި ނަމަވެސް ހިތްދަތިވިވަރުން ލޯތެމުނެވެ. އެހާ އުންމީދާއެކު އޭނާ ނިންމި ނިންމުން ފުނޑު ފުނޑުވީއެވެ. ކުރާނެކަމެއްނެތެވެ. ދިރިއުޅުމުގައި ކުރިއަށް ވާންހުރި ކަންކަމެއް އިއްބާން އަކަށްވެސް […]
އެވަގުތު އަހަރެންގެ ފައިދަށުން ބިންގަނޑުކެހިގެން ދިޔަފަދަ އިޚްސާސެއްކުރެވުނެވެ. ހިތްހުއްޓުނުހެންހީވިއެވެ. އަހަންނަށް މިކުރެވޭ އިޙްސާސްތައް ގަލަމަކުން ބަޔާންނުކުރެވޭހާ ފުނެވެ. ދެލޯ ފުރި ބާރުވަމުންދިޔަ ކަރުނަތައްއޭގެ މަގާމު ދޫކޮށް ފައިބައިގަތީ އެވަގުތުއެވެ. އަހަރެންނަށް ފެނުނީ އަހަރެންގެ ލޯބިވާ މަންމަ އަހަރެން އުމުރަށް ދޫކޮށް މި ދުނިޔެއަށް އަލްވަދާއު ކިޔާފައިވަނިކޮށެވެ. ************* އަހަރެންގެ މަންމައާ ބައްޕަވެސް އަހަރެން ދޫކޮށްދިޔައީއެވެ. ނަމަވެސް އަހަރެން ކެއްތެރިވާނަމެވެ. ފުރާނަގެންދަވާ ވަކި ފަރާތެއްވާކަން އަހަރެން ދަންނަމެވެ. ( 1 މަސް ފަސް ) “ޕްލީޒް ދައްތާ….މިޔަދު އަޅުގަނޑު […]
އެހެންއިންތާ އިރުކޮޅެއް ފަހުން އިއްބާންގެ ސިކުނޑިއަށް އައި ހިޔާލަކުން އެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ. އަދި މަޑު ހިނގުމެއްގައިގޮސް އެނދުކައިރީގައި މަޑުކޮއްލިއެވެ. ********************** އެނދުގެ ސައިޑް ކަބަޑުމަތީއިން ފެންފުޅިން އަތަށް ފެންކޮޅެއްއަޅާލުމަށް ފަހު އައިލީންގެ މޫނަށް ފެންކޮޅެއްބުރުއްސާލިއެވެ. އައިލީން ދެލޯތަގުޅިކޮއްލުމަށް ފަހު މަޑުމަޑުން އެ ބޯ ކަޅުކުލައިގެ އެސްފިޔަތައް ތަޅުވާލިއެވެ. ލޯހިޅުވާލުމާއެކު ފެނުނީ ފެހިކުލައިގެ ފަނޑުއަލިކަމެއް ވެރިވެފައިވާ ކޮޓަރިއެކެވެ. އައިލީންއަށް އިހުސާސްވީ އޭނާ އޮތީ ކޮޓަރިއެއްގެ އަރާމު އެނދުމައްޗެއްގައިކަމެވެ. މިރޭ ހިނގާދިޔަ ހާދިސާމަތިން ހަނދާންވުމާއެކު އައިލީންއަށް އެނދުން […]
އަހަރެންގެ އުމުރުން ސާދަ އަހަރުގައި އަހަރެންގެ ބައްޕަ މި ދުނިޔެއަށް އަލްވަދާއު ކީއެވެ. އެދުވަހު އަހަރެން ވަރަށް ރުއީމެވެ. ބައްޕަ ނިޔާވުމުން އަތްމަތިދަތިވެ އަހަރެންނާ އަހަރެންގެ މަންމަ ބިކަވެ ހާހުގައިޖެހުނެވެ. އަހަރެންގެ މަންމަ އެކި ގޭގެއަށްގޮސް މަސަތްކަތްކޮއްދީގެންލިބޭ ލާރިކޮޅުން ބަނޑުހައިހޫނުކަން ފިލުވާފައި އިތުރުކަންތައް ކުރަން ފައިސާއެއްނުހުރެއެވެ. އެހެންވުމުން އަހަރެން ސުކޫލުގައި ކިޔަވަން ބޭނުންވާ ސާމާނު އަހަންނަކަށް ހަމައަށް ނުގެންދެވެއެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް އަހަންނަށް 17 އަހަރު ވީދުވަހު އަހަރެންގެ ހުރި ހަމައެކަނި ރައްޓެހި ނައިލާއާއެކު ބޭރަށް […]
“ދޫކޮއްލާ…މީހެ..” އައިލީން ތެޅިގަނެފައި ހަޅޭއްލަވައިގަތުމުން އިސްތަށިގަނޑު ބުޅިކޮށް ހުރިޒުވާނާ އައިލީންގެ އަނގަމަތީ އަތްއަޅާ ބާރުކޮއްލިއެވެ. “ހަމަ މިހާރު އޭނާ ދޫކޮއްލާ…” އިއްބާން ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ****************************** އައިލީން އާކައިރިވަމުން ދިޔަ ދެ ޒުވާނުން ސިހިގެންދިޔައީ ރުޅިވެރިކަމުން ފުރިގެންވާ އަޑު އިވުމާއެކުއެވެ. އަދި ފަހަތް ބަލާލުމާއެކު ދެ ޒުވާނުންވެސް ފަޔަށް ލެވުނު ހާ ބާރެއްލާފައި ދުއްވައިގަތެވެ. ކާރުގައި އަންނަނިކޮށް އިސްތަށިގަނޑު ބުޅިކޮށް ހުރި ޒުވާނަކު އަންހެންކުއްޖަކު ދަމާފައި ގޯޅިގަނޑުތެރެއަށް ވައްދާތަން ފެނުމުން ނުބައި ޝައްކެއް ކުރެވުނީއެވެ. އެހެންވެ […]
“ސޮރީ…ސޮރީ..” އެ ޒުވާނާގެ ފިރިހެންވަންތަ އަޑުން އެހެން ބުނުމަށްފަހު އެ އަންހެން ކުއްޖާއަށް ބަލާލުމެއްނެތި ކުރިއަށް ހިނގައިގަތެވެ. އެ ވަގުތު އެ އަންހެންކުއްޖާގެ ގައިން ހީބިހިނަގައިގެން ދިޔައީ އެ ޒުވާނާގެ އަޑު އިވިފައެވެ. އަދި ބޭ އިޙްތިޔާރުގައި ބުނެލެވުނެވެ. “އިއްބާން..” **************************** ކީއްވެ ކަމެއް ނޭނގެއެވެ. އެއަޑު އިއްބާން ގެ އަޑާ ހަމަ ވައްތަރީއެވެ. ޔަގީން ކޮއްލަން ފަހަތް ބަލާލުމާއެކު އެ އަންހެންކުއްޖާ ސިހުނީ ފެނުނު މަންޒަރަކުންނެވެ. އެއީ ހަމަ އެ ސޫރައެވެ. އޭނާގެ ހިތުން ފުހެލަން […]