ޝާހިދު ލޫންގެ އަތް އޭނާގެ އަތުތެރެއިން ނަގަމުން ނުކުތުމަށް އެނބުރިލީ ދެލޯ ފުރިބާރުވަމުންދިޔަ ކަރުނަތަށް ފޮހެލަމުންނެވެ. ކުރިމަތި ބަލާލިވަގުތު ޝާހިދުގެ ދެލޯ ބޮޑުވެގެން ދިޔައީ ފެނުނު ސޫރައަކުންނެވެ. ___________________________________ “އަ..އައިލީން..” ޝާހިދުއަށް އައިލީންއަށް ގޮވާލެވުނީ އުނދަގުލާއެކުއެވެ. އޭރު އައިލީންގެ ދެލޯ ފުރި ބާރުވަމުންދިޔަ ކަރުނަތަށް ކޯތާފަތްމަތިން ބޮސްދެމުން ތިރިއަށް ދެމެމުންދިޔައެވެ. ކުއްލިޔަކަށް އައިލީންގެ ފަހަތުން ނުކުތް ސައިރާ ފެނިފައި ޝާހިދު ގަބުވިއެވެ. ސައިރާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުތަށް ފައިބަމުންދިޔައީ އެ ހިތަށް ކޮއްފައިވާ ފުން އަސަރަކުންނެވެ. “ސަ..ސައި…” […]
ބެގްޕެކް އަޅުވާލައިގެން ކާކޮޓަރީ ދޮރުކައިރީ ހުރީ ޒުވާން ފިރިހެނެކެވެ. ހަމުގެކުލަ އަތްޔެވެ. އިސްތަށިގަނޑު ރީތި ސްޓައިލަކަށް ކޮށާލެވިފައިވެއެވެ. ކަޅުދެލިކޮޅެއްފަދަ ކަޅިއެކެވެ. ތުންފަތްމަތީގައި ވަނީ ފިރިހެންވަންތަ ހިނިތުންވުމެކެވެ. އެ ޒުވާނާގެ ތޫނު ނަޒަރު ހުއްޓިފައިވަނީ އޭނާއާ ފުރަގަސްދީގެން މޭޒުދިށުގައި އިން އައިރާއަށެވެ. ***************************** އެންމެންގެ ކަންފަތުގެ ތޫރިތައް ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގަންނަމުން މީރާގޮސް އޭނާގެ ހުރިހަމައެކަނި ބޭބެ ކައިޝް ގައިގައި އޮޅުލައިގަތީ ލިބިފައިހުރި އުފާވެރިކަމެއްގެ ބޮޑުކަމުންނެވެ. އެއްއަހަރުގެ ކޯހަކަށް މެލޭޝިއާއަށް ފުރިގޮތަށް މީރާއާ ރީމާއަށް ކައިޝް ފެންނަވަރުވީ […]
“ލޫން….ދޮގު ނުހަދާ ބޭބެ ކައިރީ ބުނާތި…….ލޫންގެ މަންމައަށް ކިޔަނީ ކޮންނަމެއް؟….” ލޫން ކައިރީގައި ހުއްޓިލަމުން ޝަހިދު އަހާލީ އޭނާއަށް އިވޭނީ އެނަންކަން ނުދެނެހުރި ހާލުގައެވެ. އިވުނު ނަމަކުން ޝާހިދުގެ ދިރިއުޅުމަށް ޒަލްޒަލާއެއް އައިފަދައެވެ. * * * * * * * * * * * * * * * * * ” ލަ…ލައު..ލައުރީން..” އިއްބާންގެ އަތުގައި ހިފާ ބާރުކޮއްލައިގެން އޮވެ ލޫން ބުނެލީ ދެލޯ މަރައިގެން އޮވެއެވެ. ޝާހިދު ހުރީ […]
ލޫން ފެނުމާއެކު ހުއްޓުންއެރި ޝާހިދުގެ ދެލޯ ބޮޑުވިގޮތަށް މުޅި މީހާއަށް ޝޯކެއްޖެހުނު ފަދައެވެ. * * * * * * * * * * * * * * * * * އައިލީންއާ އައިޝަމްވެސް ތިބީ އެހާލުގައެވެ. އައިލީންއަށް ކުރިމަތިން ހީކުރެވުނީ އަމިއްލަ ސޫރަ ފެނުނުހެންނެވެ. ތަފާތަކީ ލޫންގެ ކަޅުކަންގަދަ ވިދުމެއްލިބިފައިވާ ދެލޮލާއި އައިލީންގެ އަޅިފެހިކުލައިގެ ދެލޮލެވެ. ޝާހިދު ކުރިޔަށް ފިޔަވަޅެއް އަޅަމުންގޮސް ލޫން ކައިރީގައި މަޑުކޮއްލީ އިއްބާން ހުރި ފަރާތުގެ […]
ދެން ޑޮކްޓަރ ބުނެލި ތިންބަހަކުން އިއްބާންގެ ދުނިޔެ ފުނޑު ފުނޑު ވެގެން ދިޔަކަމުގެ އިހުސާސެއް ކުރިއިރު އިއްބާންގެ ދެތުންފަތުދޭތެރެއިން މަޑު އާހެއް ބޭރުވެގެން ދިޔައެވެ. ކުއްލިއަކަށް ދެބުމަ ގޮއްޖަހާލަމުން ޑޮކްޓަރާދިމާލަށް ބަލައިލިއިރު އެދެލޮލުގައި ނުރައްކާތެރި ވިދުވަރެއްހުރިއިރު ހީވަނީ ހަމައިން ނެއްޓިހެންނެވެ. * * * * * * * * * * * * * * * * * ކުއްލިއަކަށް އިއްބާން ޑޮކްޓަރުގެ ކޯޓުގައި ހިފަހައްޓަމުން އިއްބާން ދިޔައީ ޑޮކްޓަރުގެ ކަރަށް […]
މަޖީދީ މަގަށް ނުކުތްއިރު ތުނިކޮއް ވާރޭ ވެހެމުންދިޔައެއްކަމަކު ލޫން އަޅައެއްނުލިއެވެ. މަގުމައްޗަށް ނަޒަރެއް އެއްލިވަގުތު ފެނުނު މަންޒަރަކުން ލޫންގެ ހިންގުން ހުއްޓި މުޅި މީހާ ގަބުވިއިރު ހީވަނީ ބޮޑު ބިރެއް ފެނުނުހެންނެވެ. އެއީ އިތުރު ދެވަނަ މީހެއްނޫނެވެ. އިއްބާންއެވެ. ދެން ފެނުނު މަންޒަކުން ހީވީ ލޫންގެ ހިތް މިލިޔަން އެތިކޮޅުތަކަށް ކުދިކުދިވެގެން މުޅިތަނަށް ވިހުރިގެން ދިޔަހެންނެވެ. * * * * * * * * * * * * * * * […]
ލޯތްބަކީ ކޮބައިހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ނޭނގުނެއްކަމަކު އަހަރެންނައްވެސް ލޯބިވެވިއްޖެއެވެ. އެ ލޯތްބަށް ހިތް އެދިގޮވަމުންދިޔައެވެ. އަހަރެންނާ ޔުމާންއާ ދިމާވީ ކޮލެޖް ގައި ކިޔަވަން އުޅުނު ދުވަސްވަރުގައެވެ. އޭނާއަށް ލިބިފައިވަނީ ރީތި ހަށިގަނޑަކާއި ކަޅުކަންގަދަ ތޫނު ދެލޮލެވެ. އަހަރެންގެ ހިތް އެންމެ ފުރަތަމަވެސް ތެޅިލީ ޔުމާން ބަލައިލާ އެ ތަފާތު ބެލުމުންނެވެ. އެދެލޮލުގައިވާ އަސަރަކުން އަހަރެން މުޅި ދުނިޔެމަތިން ހަނދާންނެތޭފަދަ އިހުސާސެއްކުރުވައެވެ. އެ ފުން ކަނޑެއްފަދަ ދެލޮލުން އަހަރެންނަށް އެކައްޗެއްވެސް ދޭހައެއްނުވެއެވެ. ދުވަސްތައް ފާއިތުވަމުންގޮސް އަހަރެމެން ދެމީހުން […]
“ލުކް…އައިލީން..އެއީ..އެއީ އަހަރެން ގަސްތުގައެއްނޫނޭ..އަ…” އައިޝަމް ބުނަން އުޅުނު ޖުމުލަ ހުއްޓުނީ އައިލީންގެ އަތުގެ ހޫނު ހަމަލާއެއް އައިޝަމްގެ ކަންކަށިމައްޗަށް އެރުމުންމެވެ. ކަންކަށިމަތީގައި އަތް އަޅާލަމުން އައިޝަމް ހިނދުކޮޅެއްފަހުން އައިލީންއާ ދިމާލަށް އެނބުރުނެވެ. އެވަގުތު ފެނުނު މަންޒަރަކުން އައިޝަމްގެ ކަންކަށި މައްޗަށް ނަގަމުންދިޔަ ދިލަވެސް އައިޝަމްއަށް އިހުސާސްނުވިފަދައެވެ. * * * * * * * * * * * * * * ދުވެފައިކަހަލަ ގޮތަކަށް ފާހަނައިން ނުކުންނަންދިޔަ އައިލީން ކައްސާލީ ފާހަނައިގެ ދޮރާ […]
ކުއްލިއަކަށް އެ ހުނުންގަނޑާއި ނުބައި ވަސްގަނޑުވެސް ކެނޑިގެންދިޔައެވެ. ޝަލީންގެ ފޯނުން ބަންގީގެ މަތިވެރި އަޑު މުޅިތަނުގައި ގުގުމާލީ އެވަގުތުއެވެ. *********************** މުޅިތަން ހުދު އަތްޔަކުން އަލިކޮއްލީ ކުއްލިއަކަށް ކަނިޖަހާފައި ޖެއްސުނު ލައިޓުންނެވެ. ބަންލާފައި ދޮރުހުޅުވުނު އަޑަށް އެންމެންގެ ހިތްތައްވެސް ގުޑިގެން ދިޔަފަދައެވެ. އޭރުވެސް މުޅި ތަނުގައި ގުގުމާލަމުން ދަނީ ބަންގީގެ މަތިވެރި އަޑެވެ. “ނާ….ލީން…ނިކުމެބަލަ….އަވަހަށް ނުކުމެބަލަަ….މިތާ ތިބުމަކީ ރަނގަޅުކަމެއް ނޫން…” ހިތް އަވަސްވެފައިވާ ރާގަކަށް ޒީދާން ބުނެލިއެވެ. ޔާނާ ދުވެފައި ކަހަލަގޮތަކަށް ނުކުތްއިރު ޝަލީން ނުކުތީ އަވަސް […]