ނާއިލް އެހެން ބުނުމުން އިއްބާން ނާއިލްއާއެކު ހިނގައިގަތީ ދެބުމަ ގޮއްޖަހައިގެން ހުރެއެވެ. ގެއަށް ވަދެވުމާއެކު އައިލީން ދުއްވައިގަތީ ކޮޓަރިއަށް ވަނުމަށެވެ. “ޕިސް..ޕިސް….ހާދަ ބާރަކަށް..އަނެއްކާ އެއްކަލަ….ކާކުތަ..އިއްބާން ދޯ…އޭނަ ފަހަތުން އަންނަނީތަ ކޮޓަރިއަށް ވަދެފިލަން ތި ދުވަނީ..ހެހެ..” ލީޝާ ސޯފާގަ އިނދެ ބުނެލީ އެކުވެރިޔާގެ ހާލު ނޭނގި ހުރެއެވެ. “ލީޝް…އެބަ އަންނަން ފެންވަރާލާގެން…ފިފްޓީން މިނެޓްސް…” އައިލީން އަށް ބުނެވުނީ އެހިސާބަށެވެ. ގިސްލެވެން ފެށުމުން އައިލީން ކޮޓަރިއަށް ވަދެ ދޮރުތަޅުލިއެވެ. އަދިގޮސް ސޯފާގައި އިށީތުމާއެކު ރޮވެސް ފެށުނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. […]
މަޑުމަޑުން ލޯހުޅުވާލުމާއެކު އައިލީން ސިގިގެންދިޔައީ އެ އަސަރުގަދަ ނޫކުލައިގެ ދެލޯ އެހާކައިރިން ފެނުމުންނެވެ. ************************** ލީޝާ ހީލާފައި އެތަނުން ދާން ހިނގައިގަތީ އައިލީން ގެ ހިތުގައި އެ ޒުވާނާއާ ދޭތެރޭ އިޚްސާސެއް ވާކަން ދަނެހުރެއެވެ. ލީޝާ ދިޔައިރުވެސް ދެމީހުން ތިބީ އެކަކުއަނެކަކުގެ ލޮލަށް ގެއްލިފައެވެ. ނަމަވެސް އިއްބާންގެ މޫނަކުން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އަދި އެހެން ހުރުމަށްފަހު ދެންކޮއްލީ އައިލީން އުންމީދުވެސް ނުކުރާކަހަލަ ކަމެކެވެ. އައިލީން ގައިގައި ވަށާލެވިފައިވާ އިއްބާންގެ އަތް މޮހެލުމާއެކު އައިލީން ވެއްޓެންދިޔައެވެ. […]
“އިއްބާން….” އައިލީންއަށް އެނަން ދެތިންފަހަރު ކިޔާލެވުނެވެ. ********************** “އޭތް…ލީން..” ލީޝާ ގޮވާލުމުންވެސް އައިލީންއަށް އަޑުނީވޭފަދައެވެ. ލީޝާ އައިލީންގެ ލޯކުރިމަތީގައި އަތްހޫރާލުމުންވެސް އައިލީންއަކަށް ނޭންގުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ލީޝާ އައިލީންގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. އެވަގުތު އައިލީން ތެޅިގަންނަމުން ލީޝާއަށް ބަލާލިއެވެ. “ލީން….ކޮންހިޔާލެއްގަ..” ރަނގަޅަށް އެނގިހުރެވެސް ލީޝާ ސުވާލިކޮއްލިއެވެ. “އަމް..މީ..މި ހިޔާލެއްގައެއް ނޫން..” އައިލީން ލީޝާއަށް އޮޅުވާލެވޭތޯ އުޅުނެވެ. “ހެހެ…އިއްބާންގެ ހިޔާލުގަދޯ..” ލީޝާ އައިލީންއާ ދިމާކޮއްލިއެވެ. ލީޝާ އެހެން ބުނުމުން އައިލީންގެ މޫނު އެއްކޮށް ރަތްވިތަން ލީޝާ […]
އިރު އޭގެ ވާޖިބުއަދާކުރުމަށް ފަހު ދުނިޔެއަށް އަލްވަދާއުކީ ވަގުތެވެ. ގޮނޑުދޮށަށް ރާޅު ބީއްސާލާ އަޑު ރީތިކޮށް އިވެމުން ދިޔައެވެ. މި ހިތްގައިމު މާހައުލުގެ ހަމަހިމޭންކަން ނައްތާލީ ގޮނޑުދޮށުގައި އިން ޒުވާނާގެ އަޑުންނެވެ. މޫދާ ކުރިމަތިލައިގެން ރުއްބުރިއެއްމަތީ އިށީނދެގެން އިން ޒުވާނާ ގިޓާގައި އަތް ހިންގާލިއެވެ espanolviagra.net. އެއީ އަސަރާއި ހިއްދަތިކަމުން ފުރިގެންވި ރާގެކެވެ. އިރުކޮޅެއް ފަހުން ގިޓާގެ ރާގާއި އެއްވަރަށްް އެ ފިރިހެންވަންތަ އަޑުން ހިއްދަތިކަމާއި ވޭނުން ފުރިގެންވި އަޑުން ލަވަކިޔަން ފެށިއެވެ. “އާހުން..ލޭ ކަރުނައިން ލޯ […]
“އެއްކަލަ ދޮންބެ.. އަނެއްކާ އެފެށީ…ވަރަށް ފޫހިވޭ” ޔާނާ ތުންކޮޅު ހަދާލިއެވެ. ޔާނާ ތުންފަތަށް ހަދާލިގޮތުން ޒީދާން ގެ އިތުރުން އެތާތިބި އެންމެން ހިނިއަތުވެއްޖެއެވެ.އެ މަންޒަރުބަލަން ސަލީމް އާ އެލީސާ ތިބީ ހިތްހަމަޖެހިފައެވެ.އެލީސާ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. “ރޯޒް ފްލޭމް” އަށް މީގެ 26 އަހަރުފަހުން އުފާވެރިކަން ވެރިވީއޭ އެލީސާގެ ހިތަށްއެރިއެވެ. އޭނާގެ ހިތުން ދުވަހަކުވެސް ނުފިލާނޭ ފަދަ ގޮތަކަށް އެ ހަންދާންތަށް ވަނީ ހިތުގެ އެންމެ އަޑީގައި ހަރުވެފައެވެ.އެ ރޫޙާނީ ބިރުވެރިކަން އަބަދުމެ އަބަދަށް އޭނާއަށް އުނދަގޫކުރާނެއެވެ. […]
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއަށް އަލްވަދާއުކީ ވަގުތެވެ. ގޮނޑުދޮށަށް ރާޅު ބީއްސާލާއަޑު ރީތިކޮށް އިވެމުން ދިޔައެވެ. މި ހިތްގައިމު މާހައުލުގެ ހަމަހިމޭންކަން ނައްތާލީ ގޮނޑުދޮށުގައި އިން ޒުވާނާގެ އަޑުންނެވެ.މޫދާ ކުރިމަތިލައިގެން ރުއްބުރިއެއް މަތީ އިށީންދެގެން އިން ޒުވާނާ ގިޓާ ގައި އަތް ހިންގާލިއެވެ. އެއީ އަސަރާއި ހިތްދަތިކަމުން ފުރިގެންވި ރާގެކެވެ. އިރުކޮޅެށް ފަހުން ގިޓާގެ ރާގާއި އެއްވަރަށް އެ ފިރިހެންވަންތަ އަޑުން ހިތްދަތިކަމާއި ވޭނުން ފުރިގެންވި އަޑުން ލަވަ ކިޔަން ފެށިއެވެ . “އާހުން..ލޭ ކަރުނައިން […]
ފަތިސް ވަގުތެވެ.މަގުމަތީގައި ވަނީ ހަމަހިމޭންކަމެވެ. ނަމަވެސް ހާލަކުން ފަހަރަކު މަގުމަތިން ސައިކަލެއް ނުވަތަ ކާރެއް ފެނިލައެވެ.ކުއްލިއަކަށް މަގަށް ނިކުން ވޭނެއް ވަރަށް ބާރުމިނުގައި ދުއްވަމުން ދިޔައެވެ.15 މިނެޓްގެ ދަތުރަކަށް ފަހު އެމީހާ ފައިބައިގެންގޮސް އެއަރ ޕޯޓައް ވަނެވެ. ހީވާގޮތުން އެމީހާ އެއައީ ކޮންމެސް ބައެއަ ބަލައެވެ.އިރުއިރުކޮޅާ އެމީހާ އެކިތަންތަނަށް ކަޅިއެއްއެއްލައެވެ. ކުއްލިއަކަށް އޭނާ އަތް ހޫރާލިއެވެ.ކުރިމަތިން އެއަންނަނީ ރާއްޖޭގެ މަޝްހޫރު މިލިޔަނަރ ސަލީމްގެ އާއިލާ މެންބަރުންނެވެ. “އައްސަލާމް ޢަލައިކުން..ބޭބެ ކިހިނެއްތޯ”ޑްރައިވަރެއް ކަމަށްވާ ޝިޔާޒް އަދަބުވެރި ކަމާއެކު އަހާލިއެވެ. […]