ނޯޓް:ސޮރީ……މި ޕާރޓް ވަރަށް ކުރުވާނެ………..އެކަމު 23 ވަނަ ބައި ދިގު ކޮއްލާނަން…..
**************************
“ވަޓް….ބެން……އެނގެއެއްނުން އަހަރެން ގާރލްސްދެކެ އެހާ ލައިކް ނުވާކަން….ރީތި ފިރިހެނަކު ފެނެއްޖެއްޔާ ހުންނާނީ ކާލަން ތައްޔާރަށް….” އަނގައަށް ވައްތަރެއް ޖައްސާލަމުން އައިޝަމް ބުނެލިއެވެ.
***************************
އައިޝަމް އެހެން ބުނުމުން އިއްބާން ހީލާފައި އެއްޗެކޭބުނަން އަނގަހުޅުވާލުމާއެކު އިވުނީ ފިރިހެންވަންތަ ހުނުމެއްގެ އަޑެވެ. ދެމީހުން އެކުއެކީހެން ފަހަތްބަލާލުމާއެކު ފެނުނީ ރީތިކަން ހުސްކޮއްލާފައިވާ ތިން ޒުވާން ފިރިހެނުންނެވެ.
“ކީކޭ…ޝޭން….ހަމަ ގާރލްސްދެކެ އެހާ ފޫހިވަންތަ….” ކިޔާން ބުނެލިއެވެ. ހަމުގެ ކުލަ އަލިއިރު ދިގު އިސްކޮޅެއް ލިބިފައިވެއެވެ. ކަޅު ދެލިކޮޅެއްފަދަ ކަޅިއެއްލިބިފައިވާއިރު އެދެލޮލަށް ނިވާއަޅާލާފައިވަނީ ލޯކުރިމައްޗަށް ވެއްޓުނު ފަން އެހާމެކަޅު އިސްތަށިކޮޅުންނެވެ.
“ބެން….މިހާރު ޕީ.އޭ އަކައްވެސް އަންހެންކުއްޖެއް…..ހެހެ..” ކިޔާންއާ ޖެހިގެންހުރި ކިޔާންގެ ބޭބެ ރަޔާން ބުނެލިއެވެ. އޭނާއަށްވެސް ލިބިފައިވަނީ ކަޔާންއަށް ލިބިފައިވާފަދަ ރީތިކަމެކެވެ.
އިއްބާން ރަޔާން އެހެންބުނުމުން ހީލުމަކުން ފުއްދާލީއެވެ.
“ދޮންބޭ…މިގަޑީވެސް މާފޮޅުވަނީތަ…….” އައިޝަމް އެމީހުނާ ތަންކޮޅެއްދުރުގައި ވަކިން ހުއްޓިލައިގެން ފޯނަށް ގެއްލިފައި ހިނިތުންވެލައިގެންހުރި ޒޯހާންއަށް ބަލާލަމުން ބުނެލީ ލާނެއް ހިނިތުންވުމަކާއެކުއެވެ. އައިޝަމް އެހެން ބުނުމުން ޒޯހާން ފޯނު ޖީބައްޖަހާލަމުން އައިޝަމްއާ ދިމަލާށް އައިގޮތައް އައިސް ކޮނޑަށް އަތްވައްޓާލިއެވެ. ނޭވާ ހިފަހައްޓާލައިގެންތިބި އިއްބާންއަ ރަޔާން އަދި ކަޔާން ފަޒާގެ ތެރެއަށް ނޭވާދޫކޮއްލީ ޒޯހާން އައިގޮތް ފެނުމުންނެވެ.
ޒޯހާން އަށް ލިބިފައިވަނީ އޭނަގެ މަންމަ އައިރީންގެ ރީތިކަމެވެ. ބޯ އެސްފިޔަތަށް އެ ކަޅުކަންގަދަ ދެލޮލަށް ހިޔާއަޅާލާފައިވާއިރުވެސް އެދެލޮލުގެ ވިދުމެއް ނުފޮރުވުނެވެ. ޒޯހާންއަކީވެސް އައިޝަމްހެން ނިކަން އަވަހަށް ރުޅިއަންނަ ޒުވާނެކެވެ. ޒޯހާން އޭނާގެ ރުޅި ކޮންޓްރޯލްކުރަން ދަނެއެވެ. ނަމަވެސް އައިޝަމްއަށް އޭނާގެ ރުޅި ކޮންޓްރޯލްކުރަން ނިކަން އުނދަގުލެވެ. އޭނާ ރުޅި އައިސްފިނަަމަ ގެ ބޮލަށް ވައްޓާލަންވެސް ފަހެއްނުޖެހޭނެކަން އެގޭ އެންމެން ނިކަން ރަނގަޅަށް ދަނެއެވެ. އެމީހުން ބަލަނީވެސް އައިޝަމް ރުޅި ނާރުވައި ވޭތޯއެވެ. ނަމަވެސް ބޭރަށް ގޮއްސަ ގެއަށް އަންނައިރު ކޮންމެވެސް ކޫސަނިކަމަކާ އައިޝަމް ހުންނާނީ ނިކަން ރުޅިއައިއްސައެވެ. އެއަންނަ ގޮތަށް ގޭގައި ހުންނަ އެއްޗެއްސަށް ގެއްލުމެއްދީ ހަލާކުކޮއްލެވުމުން އެ ރުޅިގަނޑު ނިކަން އަވަހަށް ފިލައިދެއެވެ.
“އެންމެން…….އެއޮއް އެކެއްޖަހަނީ….މަންމަ ބުނުއްވީ ނިދަން ދާށޭ ހުރިހާ އެންމެންވެސް……” ލަސް ފިޔަޅުތަކެއްނަގަމުން އައިޝަމްމެންނާ ދިމާލަށް މިސްރާބުޖަހަމުން ޒޯއީ ބުނެލިއެވެ. ހަތްމަހުގެ ބޮޑުވެފައިވާ ބަނޑަކާއެކުވެސް އެރީތިކަން އިންތިހާއެވެ. ޒޯއީ އާއި ޒޯހާންގެ ކައިވެނި ކުރެވުނުތާ ދެހައަރުވެއްޖެއެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅަށް ޒޯއީ ބަލިވެއިންކަން އެނގުނު ދުވަހު ޒޯހާންއަށް ދުނިޔެ ރަންވިފަދައެވެ. ނާހިދުއާ އައިރީންވެސް އުފާވީ އެމީހުނަށް ދެވަނަ ކާފަދަރިފުޅަކު ލިބެން އުޅޭކަމުގެ އުފާވެރި ހަބަރުލިބުމުންނެވެ. އެދުވަހުން ފެށިގެން ކެއްތެރިކަމެއްނެތި އެއާއިލާ މީހުން އިންތިޒާރުކުރަމުންދަނީ އެތުއްތު ތުއްތު ދަރިފުޅު އެމީހުންނަށް ފެންނާނެ ދުވަހަކަށެވެ.
“ޒޯ…..ކީކުރަން ތި ތެދުވެ އުޅެނީ….ބުނީމެއްނު ހުސް ރެސްޓްކުރަންށޭ ޖެހޭނީ….އަވަހަށް ހިނގާ ކޮޓަރިއަށް……” ޒޯހާންއަށް ޒޯއީ ފެނުމުން މަޑު ދުވުމެއްގައިއައިސް ޒޯއީ ކައިރީ މަޑުކޮއްލަމުން ބުނެލިއެވެ. މީގެ ތިންހަފްތާ ކުރިން ހިނގާދިޔަ ހާދިސާމަތިން ހަނދާވިޔަސް ޒޯހާންގެ ގައިން ހީބިހިހިލުވާލައެވެ. ސިޑީގެ ހަވަނަ ފައްތަރުމަތިން ކައްސާލައިގެން ޒޯއީ ވެއްޓުނުދުވަހު ޒޯހާންގެ ހިތް އޭނާއާ ވަކިވާން އުޅުނުހެން ހީވިއެވެ. އޭނާއަށް ނޭވާއެއް ލެވޭވަރުވީވެސް ޑޮކްޓަރު އޭނާގެ އަނބިމީހާއާ ދަރިފުޅު ރަނގަޅުކަމަށް ބުނުއްވީމައެވެ.
ޒޯޔާ އެއްޗެކޭ ބުނަން އަނގަހުޅުވާލުމާއެކު ޒޯހާން ޒޯއީގެ އަނގަމަތީ އަތްއަޅަމުން އައިޝަމްމެންނަށް ބަލާލަމުން ދަނީކަމަށް ބުނެލިއެވެ.
“ހުރިހާ އެންމެންވެސް އަވަހަށް ކޮޓަރިތެކަށް ގޮސް ނިދަންވީ…..އަނެއްކާ މާދަން ޝޭން ޖެހޭނެ އޮފީހަށް ދާންވެސް….” ހިނގައިގަންނަމުން ފަސް އެނބުރި ފަހަތް ބަލާލަމުން ޒޯހާން ބުނެލިއެވެ. ތިން ޒުވާނުން އެކުއެކީހެން ބޯޖަހާލުމުން ޒޯހާން ލުއިކޮށް ހީލުމަށްފަހު ކުރިޔަށް ހިނގައިގަތީ ލޯބިވާ އަނބިމީހާގެ އަތުގައި ހިފާލަމުންނެވެެ.
**************************
މުޅި ކޮޓރިތެރެ އެއްވަސްލީ ފިރިހެންވަންތަ ސެންޓެއްގެ ވަހުންނެވެ. ލޯގަނޑު ކުރިމަތީ ހުއްޓިހުރެ ފަހުފަހަރު ލޯގަނޑުން އަމިއްލަ ސޫރައަސް އައިޝަމް ބަލާލިއެވެ.
“ޝޭން….މިހާރު ބައްޕައާ ބެންވެސް ގޮއްސި…..” ކޮޓަރިއަށް ވަންނަމުން ޒިލްވާ ބުނެލިއެވެ.
“ސިސް…..އެ ރަނގަޅުވާނޭ…..” ފަސްއެނބުރި ޒިލްވާއަށް ބަލާލަމުން އައިޝަމް ބުނެލީ ނިކަން ހަމަޖެހިލަމުން ޒިލްވާއަށް ހިނިތުންވުމެއްވެސް ހަދިޔާކޮއްލަމުންނެވެ. ޒިލްވާ ދެފަރާތަށް ބޯހޫރާލަމުން އެ ކޮޓަރިން ނިކުތީ އައިޝަމްގެ ބޮޑާކަމާއި ފޮނިކަމަށް ކުދިކިޔަމުންނެވެ.
************************
ކެބިންގެ ދޮރުހުޅުވާލަމުން އެތެރެއަށް ވަންނަން އުޅުނު އައިޝަމް ސިއްސައިގެންދިޔައީ އޭނާ ގައިގައި އަޅައިގަނެފައި ވެއްޓެން އުޅުނު އަންހެން ކުއްޖާ ފެނުމުންނެވެ. އަވަސް ހަރަކާތަކާއެކު އެކުއްޖާގެ އަތުގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް އައިލީންއަށް ހިފުނީ އައިޝަމްގެ ގަމީހުގައެވެ. މިކަމަށް ނުވިސްނއިހުރި އައިޝަމްގެ ބެލެންސް ކަޓައިގެން އައިލީންއާ އެކީ ބިންމައްޗަށް ވެއްޓުނެވެ. އައިލީންގެ މޫނަށް ނިވާއަޅާލީ އޭނާގެ މިނިވަންކަމާއެކު ދޫކޮއްލެވިފައިވާ އިސްތަށިގަނޑުންނެވެ.
ވެއްޓުނުހެން ހީނުވެ ސިކުންތުކޮޅެއްގެ ތެރޭގައި އައިޝަމްހުރީ ކޮޅަށެވެ. އެކަޅުކަންގަދަ ބުމަ ގޮއްޖަހާލައިގެން ހުރިގޮތުންނާއި އެ ނޫކުލައިގެ ލޮލުގައިވާ އަސަރަކުން ދެންމެ ހިނގާދިޔަ ހާދިސާގައި އޭނާ ކުއްވެރިކުރަނީ އައިލީންކަން އެންގޭހާއެވެ. އައިޝަމްގެ އަލިފާންކަނި ބުރަމުން ދިޔަ ދެލޮލުން ހައިރާންކަން ފެނިލީ ކުއްލިއަކަށެވެ.
– ނުނިމޭ –
މަލް ގެ ވަރަށް ގާތް ފްރެންޑްއަކަށް : އުފާވެރި އުފަންދުވަހަކަށް އެދެން…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.








Speechless…whn nxt
salgi
Ooooh… Was waiting for thisssss.. I see what you said you wud do
Yeah….Ehehe..?
Thanku Mãee…Next part insha Allah varah avahah…?
Hello guys….
Mal ah ingy mi part varah varah kurukan….ekm next part dhigukoalaanan ingy….
Ummeedhukuran mi partves reethivaanekamah….
Lve u all my readerss…♥
Wow..haadha salhi eyy..Mal kon irakun dhn oiy bai..V v curious❤
Thanks jiji..Next part Insha Allah varah avahah..?
aaaaaahhh…this part is hama awesome…..dhen inna part kiyan hama keimadhuvefa miinyyy…waitinggggg…….
REethi next part dhigu kurachey aadheys kuran
Ehehe..oks..thanku
Thank u soo much maanu…ly?..
Wow…. malko.. this part vex v reethi.. sorry busy kumun kurin part ga vex comment nukurevunee… ??????waiting 4 next part…. best of luck…??????????????????????????????????????????????
Awwwn…thank u sooo much vernon…And don’t be sad….E ok vaane….konme meehakuves busy vedhaanun dhw…..
And varah ufaaveje vernon ah mi part ves kamudhiyakan enguneema…….
yesshh..and sorry nubunaane….tc..??
Varah rythi. My friend birth day is also september 3. Also her name is malsa.
Thank u sooo much….Ehehe……mal ge faraathunves e “malsa” ah happy b day…♥??
Meekko kurin story keen but ….. Wifi slow kamun ehgadhyy comment nukurevunyyy……… BTW story varah varah salhi ingyy….. Whn is next part Malkko…….waithing…..:) Dhonthi ge id malkko athuga ehboi tha ???? Meekko mi adhu on v iru baivaru messege tha ah esa huryyma ehkoh nuves kiyan …thakah dhaan vegen dhiya ee ma…byee …..mirey on vevyy thww try kuraanu ingyy…ly..miss u…
Ehehe..thanks Meeekko…ly?♥
When is the next prtt? ? Love this storyy… ?????❤??
Submit koalaafin…..
thank u sooo much Nayaa…ly..♥..
Nice ❤ When is the Next part?
Thankss Zyshan….submit koalaaafin…adhi upeh nukury…
?❤…