އެވަގުތު އައިޝަމްގެ މޫނުމަތިން އެހެން އަސަރެއްފެނިލިއިރު އެ ދެލޮލުން ފެނިގެންދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. ______________________________________________ އައިލީންގެ ހިލަމެއްގެ ހިސާބުވެސް ގޮނޑުދޮށަކުނެތެވެ. އެވީ ކުޑަ ސިކުންތުކޮޅުގެ ތެރޭގައި އައިލީން އެވަދުނީ ކޮންތާކަށްކަމެއްވެސް އައިޝަމްއަކަށް ނޭނގުނެވެ. ނަމަވެސް ކުއްލިއަކަށް އައިޝަމްގެ ހިތަށްއެރިއެވެ. “އަނެއްކާ މީހަކު އައި….ނޫން..” އައިޝަމް ދެފަރާތަށް ބޯހޫރާލަމުން އެތަންގަނޑަށް އަވަސް ނަޒަރެއްދިނެވެ. އައިލީންގެ ކުޑަ ކުޑަ ހިލަމެއްވެސް އައިޝަމްއަށް އެތަނަކުންނުވިއެވެ. ކުއްލިއަކަށް އަވަސް ހިނގުމެއްގައި އައިޝަމް ޕާޓީއޮތް ސަރަހައްދާދިމާލަށް ހިނގައިގަތީ އަވަސް ނަމަވެސް، އެހާ ފިރިހެންވަންތަ […]
“ކުޑް ޔޫ ފައިންޑް އަވޭއި ޓު ލެޓް މި ޑައުން ސްލޮވލީ؟..އަ ލިޓިލް ސޭންޕަތީ އައި ހޯޕް ޔޫ ކޭން ޝޮވް މީ…އިފް ޔޫ ވޮނަ ގޯ ދެން އައި ވިލް ބީ ސޯ ލޯންލީ..އިފް ޔޫއާރ ލީވިންގ ބޯއި؛ ލެޓް މި ޑައުން ސްލޯވލީ..ލެޓް މި ޑައުން ؛ ޑައުން ލެޓް މި ޑައުން ޑައުން ލެޓް މި ޑައުން ލެޓްމި ޑައުން ޑައުން ލެޓްމި ޑައުން ޑައުން..ލެޓް މި….” ކޮޓަރިއަށް ވެރިވެފައިވާ ފުން އަދިރިކަމުގެ […]
“ޝް…ޝައި…ޝައިލާ…” ދެއަތް މުއްކަވާލަމުން ލޫން އެނަން ކިޔާލީ އޭނަގެ ޖަޒުބާތުތައް ހިފަހައްޓަމުންނެވެ. “ލިނީ..އަޅާނުލާބަލަ..އަހަރެން ބޭނުމެއްނޫން ޝައިލާއާ ހެދި އަހަރެމެންގެ މި އުފާވެރި ދުވަސް ހަލާކުވެދާކަށް..ހީލަބަލަދެން..” ލޫންގެ މުއްކަވާލެވިފައިވާ އަތް ގަދަކަމުންކަހަލަ ގޮތަކަށް ހުޅުވާލަމުން އިއްބާން ލޫންގެ އެ ނާޒުކުއަތް އޭނާގެ ބޮޑު އަތުތެރެއަށްލާފައި އެ އަތަށް ބާރުކޮއްލަމުން ބުނެލިއެވެ. ލޫންއަށް އިއްބާން ހާސްވެފައިހުރި މިންވަރު އަންދާޒާކޮލެވުނީ ކަންނޭގެއެވެ. އަވަސް އަވަހަށް ހިނިތުންވެލަަމުން އޭނާގެ އަތުގައި ހިފާލެވިފައިވާ އިއްބާންގެ އަތަށް ބާރުކޮއްލިއެވެ. އޭރު ކައިވެނިކުރަން ހަމަޖެހިފައިވާތަނަށް އެއްވެފައިތިބި މީހުންތިބީ […]
އައިލީން ހަޅޭއްލަވައިގަތްއަޑު އިވިފައި އައިޝަމް ފަސްއެނބުރިބަލާލީ އަވަސްހަރަކާތަކާއެކުގައެވެ. އެވަގުތު ފެނުނު މަންޒަރަކުން އައިޝަމްގެ އަތް މުއްކެވިގެން ދިޔައިރު ދަތްތަށް ބިންދައިގެން ދާހާ ބާރަށް ދަތްކުނޑިވިކާލިއިރު އެދެލޮލުން ނުރައްކާތެރި ވިދުވަރެއް ފެނިލިއެވެ. އައިޝަމް އެދިމާލަށް ދިޔަ ގޮތަކުން ހީވީ ހަމައިން ނެއްޓިހެންނެވެ. ______________________________________________ “އޭތް…އައިލީން ގައިން އަތްް ދޫކޮއްބަލަ….” އައިލީންގެ މެދުހަށީގައި ދެއަތް ވަށާލައިގެންހުރި ޒުވާނާއާ ދިމާލަށް ދަމުން އައިޝަމް ބުނެލީ އަޑަށް ފުދޭވަރަކަށް ބާރުލަމުންނެވެ. އޭރު އައިޝާމް ދަތްތައް ޖައްސާ ބާރުކޮއްލައިގެންހުރީ އޭނާާގެ ރުޅިގަނޑު މައިތިރިކުރެވޭޔޯއެވެ. ކުއްލިއަކަށް […]
ހުރިހާ ކިޔުންތެރިންގެ ފަރާތުން އަޅުގަނޑު ނިހާޔަތަށް މާފަށް އެދެމެވެ. ދެން އަންނަ ހަފްތާގައި ސުކޫލުގައި ފުލްކޮށް އެސެސްކުރެވެމުންދާނެތީވެ އަޅުގަނޑު ކިޔެވުމަށް އިތުރަށް ސަމާލުކަންދޭންބޭނުމެވެ. މިހެން ވުމުގެ ސަބަބުން އަޅުގަނޑު މިވާހަކަ ކުރިޔަށް ގެންދާނީ ސްކޫލު ކިޔެވުން ނިމުނީމައެވެ. ތިޔަ ކިޔުންތެރިންނަށް މިވާހަކަ ހުއްޓައި ނުލައި އިންޝާ ﷲ ނިމެންދެން އަޕް ކުރާނަން ކަމުގެ ޔަގީންކަން އަޅުގަޑުދެމެވެ. އެކަމު ދެން ވާހަކަ ުއަޕް ކޮއްލަދެވޭނީ ސްކޫލު ކިޔެވުން ނިމުމުންނެވެ. ނަމަވެސް އަޅުގަނޑަށް ވަގުތެއް ވެއްޖެނަމަ އަޅުގަނޑު ވާހަކަ އަޕް […]
އައިލީން ބަލަހައްޓައިގެންހުރި ދިމާލަށް އައިޝަމްވެސް ބަލާލުމާއެކު އެކަޅުކަންގަދަ ބުމަގޮއްޖަހާލެވުނެވެ. އޭރު އައިލީންހުރީ ގަބޫލުކުރަން ދަތިވެފައިވާހާލު ކަޅިޖަހާނުލައި ކުރިމައްޗަށް ބަލަހައްޓައިގެނެވެ. ___________________________________ އޭނާގެ ކުރިމަތީގައި ހައިރާންކަމުން ފުރިގެންވި ނަޒަރަކުން އޭނާއާ ދިމާލަށް ބަލަހައްޓައިގެން އެހުރީ އިތުރު ދެވަނަ މީހެއްނޫނެވެ. ކައިރާ އާއި ކައިޒިލްއެވެ. ދެއަހަރުފަހުންވެސް ކައިޒިލް ފެނުމުން އައިލީންއަށް ދެނެގަނެވުނީ ކައިޒިލްގެ އަޅިކުލައިގެ ދެލޯފެނުމުންނެވެ. އަދި ޔަގީންކަން އިތުރުވީ ކައިރީގައިހުރި ކައިރާ ފެނުމުންނެވެ. އައިލީންއަށް ކައިޒިލް ވަކިކުރަން އެނގުނެއްކަމަކު ކައިޒިލްއަށް ބޮޑެތިބަދަލުތަކެއް އައިސްފައިވާކަން އެ ސޫރައަށް ބަލާލުމުންވެސް އެނގޭހާއެެެވެ. […]
“މޮމް….ޝީ ކާންޓް ސީ…” ދެލޯމަރާލަމުން އިއްބާން ބުނެލިއެވެ. އިއްބަން އެހެން ބުނުމާއެކު އައިރީންއާ ނާހިދުއަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އޭރު އިއްބާން ހުރީ ނޭވާ ހިފަހައްޓާލައިގެނެވެ. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ “ދަރިފުޅާ….” އަނގައިން ބަސް ހުސްވެފައިވާފަދަ ގޮތަކަށް ނާހިދުއަށް ބުނެލެވުނެވެ. އައިރީން އިއްބާންއަށް ބަލާލަމުން ލޫންއަށް އޭނާގެ ނަޒަރު އަމާޒުކޮއްލިއިރު އެދެލޮލުން އެކައްޗެއްވެސް ދޭހައެއްނުވިއެވެ. އެމޫނުމަތިން ފެނުނީ ކަމަކާ ވިސްނާކަހަލަ ކުލަވަރެކެވެ. އޭރު ޝާހިދުމެން ތިބީ އިއްބާން ލޫންއަށް ނުފެންނަ ވާހަކަ ނާހިދުމެން ކައިރީގައި ނުބުނުމުން ފުދޭވަރަކަށް ހިތްހަމަނުޖެހިފައެވެ. “ބައްޕާ…މަންމާ…….” […]
ކުއްލިޔަކަށް ބޮލަށްއެރި ތޫނު ތަދަކާއެލު ކަނޑާ ވައްޓާލި ރުކެއްހެން އައިރާ ޕޭވްމެންޓް މައްޗަށް ވެއްޓުނުއިރު އެ މަންޒަރު ބަލަންހުރި ޒުވާނާއަށް އެދިމާލަށް ދެވުނުގޮތެއްވެސް ނޭނގުނެވެ. _______________________________________________ އައިރާ ކައިރީގައި އިށީންނަމުން އައިރާގެ ބޯ އެ ޒުވާނާގެ ފައިމަތީގައި ބާއްވާލަމުން އެ ޒުވާނާ އައިރާގެ ކޯމަތީގައި މަޑުމަޑުން ޖަހާލިއެވެ. މަޑުމަޑުން ލޯ ހުޅުވާލިއިރު އައިރާއަށް މަންޒަރުތަށް ފެނުނީ ފުސްކޮށެވެ. ދެފަހަރު އެސްފިޔަތަށް ތަޅުވާލުމާއެކު މަންޒަރުތަށް ރީތިކޮށް ފެންނަށް ފަށައިފިއެވެ. އެ ޒުވާނާ ފެނުމާއެކު އައިރާއަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. […]
ރަނދޯދިތައް ދުނިޔެއަށް ފަތުރާލަމުން މުޅި ކާއިނާތް އަލިކޮއްލައިފިއެވެ. ދެފަރާތަށް ފޮރޮޅެލަމުން އައިލީން ލޯ ހުޅުވާލުމާއެކު ސިއްސައިގެން ތެދުވެވުނީ ލޫން އެނދުގެ އަނެއް ފަޅީގައި ނެތުމުންނެވެ. ކުރިމަތި ބަލާލުމާއިއެކު އައިލީން ހައިރާންވިއެވެ. _______________________________________________ ލޫން ހުރީ ނަމާދުކުރާށެވެ. ނަމަވެސް އައިލީން ސުވާލު އުފެދުނީ ލޫންއަށް މުސައްލައާ އެއްޗެހި ހުރިތަން އެނގުނު ގޮތަކާމެދުގައެވެ. ކޮޓަރިއަށް ނަޒަރެއް ހިނގާލިވަގުތު ސޯފާ މަތީގައި އިން ލީޝާ ފެނުމާއެކު އެވީގޮތް އެނގުމުން އައިލީންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ލީޝާ އައިލީން ހޭލިތަން ފެނުމުން ހިނިތުންވުމެއް […]