މޫދާ ފުދޭވަރަކަށް ކައިރީގައި ހުރީ ވީރާނާވާން ކައިރި ވަފައިވާ ގެއެކެވެ. ތިންމީހުންވެސް ގޭގެ ދޮރުކައިރީ މަޑުކޮއްލިއެވެ. ޒީދާން ޝަލީން އާ ޔާނާއަށް ބަލާލަމުން އެގޭގެ ދޮރުހުޅުވާލަން ތަޅުގައި ހިފާ އަނބުރާލިއެވެ. މުރަނަ އަޑަކާއެކު ދޮރުހުޅުވުނުއިރު އެ ގޭގައިވަނީ އަނދިރިކަމެވެ. ******************** ޒީދާން އެތެރެއަށް ވަންނަން ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު ޔާނާ ޒީދާންގެ އަތުގައި ހިފާލިއެވެ. “ތިއްތިބޭ….އެތެރެއަށް ވަންނާނެ ކަމެއް ނެތް….” ޔާނާ ދެފަރާތަށް ބޯހޫރާލަމުން ބުނެލީ ބިރުގެންފައި ހުރެއެވެ. “ނާ……އެ އޯކޭވަނޭ ވަދުނަސް….ދޮންތައާ ތިއްތިބެވެސް މި ހުރީނު….ހާސް […]
އައިލީން އިއްބާންގެ ކެބިންއާ އަރާ ހަމަވެފައި ޓަކިޖަހާލަން އަތް ނެގި ވަގުތު ސިއްސައިގެންދިޔައީ ބާރު އަޑުފައްގަނޑަކާއެކު އެއްޗެއް ތަޅައިގެންދިޔަ އަޑާއި އެކުވެގެން އިއްބާން ހަޅޭއްލަވައިގަތް އަޑު އިވިފައެވެ. *********************** ހާސްވެފައުހުރި އައިލީންއަށް ވިސްނުމަކާނުލައި ކެބިންގެ ދޮރުހުޅުވާލަމުން އެތެރެއަށް ވަދެވުނެވެ. މުޅި ކެބިންގެ ތަޅުންމަތީގައި ތަޅައިގެން ގޮސްފައިވާ ވާސްގެ ކުދިކުދި ބިއްލޫރިކޮޅުތައް މުތީތަކެއްފަދައިން ވިދަމުންދިޔައެވެ. މޭޒުކައިރީ ކޮޅަށްހުރި އިއްބާން ހުރީ މޭޒުގައި ދެޔަށް ވިއްދާލައިގެން ދެލޯމަރާ ބާރުކޮއްލައިގެނެވެ. އައިލީން ވަރަށް ސަމާލުވެހުރެ ވަރަށް ބަލައިން ހިނގާލާފައިގޮސް އިއްބާން ކައިރީ […]
ލޯނޗު އެރަށާ ގާތް ކޮއްލުމާއެކު އެންމެން ފޭބިއެވެ. ރިޝްވާން އޭނާގެ ދެ އަހަރުގެ ދަރުފުޅު ރީމް ގޮވައިގެން ފަޅުރަށެއްކަމައްވާ ހިމިއްޗަށް ފޭބުމާއެކު ރީމް ރޯން ފެށިއެވެ. އެވަގުތު ރީމްގެ ބޮޑުވެފައިވާ ދެލޮލުން ބަލަމުންދިޔައީ ނިކަގަހާ ދިމާލަށެވެ. ************** ރިޝްވާން ރީމް ރޯންފެށުމުން މަސަލަސްކުރެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ނިކަގަހާ ދިމާލަށް ދެލޯ ބޮޑުކައްލައިގެން ބަލަން ހުރި ރީމްގެ އަޑުދިޔައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ. “ޒޯ…ރީމްއަށް ކާންދޭންވީނުން…ބަނޑުހައިވީ ކަންނޭގެ…” ރިޝްވާން އޭނާގެ އަނބިމީހާ ޒޯޔާގާތު ބުނެލީ ރީމް އާމެދު ކަންބޮޑުވެފައިވާ […]
ކެބިންއަށް ވަދެ އެތެރެއަށް ނަޒަރުހިނގާލަމުން ކިރިމައްޗަށް ބަލާލިވަގުތު އެ ތުންފަތްމަތީވި ހިނިތުންވުން ފިލާދިޔައިރު އަތުގައި އޮތް ފައިލް ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ދެލޯ ބޮޑުކޮއްލައިގެން ހުރިގޮތުން ހީވަނީ އަމިއްލަ މަރު ކުރިމަތިން ފެނުމުން އަނބުރައިގަނެފާނެހެނެވެ. **************************** ކުރިމަތީ އޭނީ ދެވަނަ މީހެއްނޫނެވެ. އިއްބާންއެވެ. ބޮޑު ކަޅުކުލައިގެ ލެދަރ ގޮނޑީގައި ވަރަށް ހަމަޖެހިލައިގެން ފައިލްއެއް ބަލަންއިން އިއްބާން އެއްޗެއް ވެއްޓުނު އަޑަށް ކެބިންގެ ދޮރާދިމާލަށް ބަލާލިވަގުތު ކުޑަ ހިނދުކޮޅަކަށް ހިތުގެ ތެޅުން ހުއްޓުނުފަދަ އިހުސާސެއް ކުރެވުނެވެ. ކެބިންގެ ދޮރާދިމާލަށް […]
ވާރޭވެހޭ އަޑުއިވި އެ ވާރޭގައި އޭނާއާ ލޫންގެ އެތައް ފޮނި ހަނދާންތަކެއް އާވެ އެހިތް ޒަހަމްކޮއްލައެވެ. ********************** އިރުކޮޅަކު އެހެން ވިސްނަން ހުރުމަށްފަހު އިއްބާން އެނދުގައި އޮށޯވެލީ ނިދި އެލޮލާ ދުރުވެފައިވާހާލުއެވެ. ********************** ގަޑިން ހަވީރު ހަތަރެއް ޖެހީއެވެ. އައިލީން އާ ލީޝާ ތިބީ އައިލީންގެ ކޮޓަރީ އެނދުމަތީގައެވެ. އެރޭ ރިޒޯޓުން އައިގޮތަށް އައިލީން ބަދަލުވީ އޭނާގެ މަންމައާ ބައްޕަ ހިފައިގެން އުޅޭ ބޮޑު އެހާމެ ތަނަވަސް އެޕާރޓްމެންޓަށެވެ. ދެމީހުންވެސް ތިބީ ވޭތުވެދިޔަ ދެ އަހަރުތެރޭގައިއެކެއް އަނެކަކުގެ […]
މުޅި މޫސުންވަނީ ބަދަލުވެފައެވެ. ދެންމެ ދެންމެ ވާރޭ ވެހިގެންފާނެ ފަދައެވެ. އިއްބާން ވިސްނަމުން ދިޔައެވެ. އޭނާގެ ހަޔާތަކީވެސް މޫސުމެއް ފަދައެވެ. އެކި ފަހަރު އޭނާގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންދެއެވެ. އެ އުފާވެރި ހަޔާތް ބަނަވީވެސް ހަމަ ކުއްލިއަކަށެވެ. ދެންމެ ދެންމެ ވާރޭވެހިދާނެ ފަދައިން އިއްބާންގެ އެ ވޭނުން ފުރިގެންވި ލޮލުތެރޭގައި ހަތްޔަރުވެފައިވާ ކަރުނަތައް ފައިބައިގެންފާނެ ފަދައެވެ. *********************** އެ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތްއިރު އޭނާގެ މުއްކެވިފައިވާ އަތުން ރެއިލިންގައި ގޮއްމުށުން އެތިފަހަރެއް ވީއްލާލިއެވެ. […]
ކުއްލިއަކަށް އައިލީންގެ ހިތަށްއެރި އެއްޗަކުން ދެލޯބޮޑުކޮއްލާފައި އިއްބާންއާ ދިމާލަށް ބަލަން އޮވެވުނެވެ. އިއްބާން ހަމަ އައިލީންއާ ދިމާލަށް ބަލާވެސްނުލާ ހިނގަމުންދިޔައެވެ. އެ މޫނަށް ބަލަން އޮވެފައި ކުއްލިއަކަށް އައިލީން ދެފެރާތަށް ބޯހޫރާލީ ހިތަށްއެރި އެއްޗަކާ ދެބަސްވާ ހާލުގައެވެ. “ނޫންންން…..” ********************** އައިލީންއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނީ އޭނާގެ ހިތާއި ސިކުނޑި ތަކުރާރުކޮށް އެކައްޗެއް ކިޔަމުންދާތީއެވެ. އިއްބާން ދިޔައީ ސިއްސައިގެނެވެ. އަވަސް އަވަހަށް އައިލީންއަށް ބަލާލިއިރު ދެލޯބޮޑުކޮއްލައިގެން އައިލީންއޮތީ އިއްބާންގެ ހުދުކުލައިގެ ގަމީހުގެ ގިރުވާނުގައި ހިފާ ބާރުކޮއްލައިގެނެވެ. އެވަގުތު […]
ކުއްލިއަކަށް އައިލީން ހަޅޭއްލަވައިގަތް އަޑުއިވިފައި ނާއިލްއާ އިއްބާން ދިޔައީ ސިއްސައިިގެނެވެ. ********************* އިއްބާން އަވަސް ހަރަކާތަކާއެކު އައިލީންއާ ދިމާލަށް އެނބުރިލި ވަގުތު ސިއްސައިގެން ދިޔައީ އައިލީންއާއެކު އޭނާ ވެއްޓުމުންނެވެ. އައިލީން އިއްބާންގެ ގައިމަތީ އޮތްއިރު އޭނާގެ މޫނުވަނީ އިއްބާންގެ މޭމަތީގައި ޖެހިފައެވެ. އަވަސް ހަރަކާތަކާއެކު ތެދުވަން އުޅުނު އައިލީން އަނެއްކާވެސް އިއްބާން ގައިމައްޗަށް ވެއްޓުނެވެ. އެވަގުތު އައިލީންގެ އަނގައިން މަޑު އާހެއް ބޭރުވިއިރު ވޭނީގޮތަކަށް ލޯމަރާލިއެވެ. އެވަގުތު ލޮލުތެރެއިން ކަރުނަތިއްކެއް ފުރޭނިގެން ވެއްޓުނެވެ. އިއްބާންގެ މޫނުމަތީ ފެންތިއްކެއް ޖެހުމުން […]
އިއްބާން އެއްޗެކޭ ނުބުނުމުން އައިލީން އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު އިއްބާން ކޮއްލިކަމަކުން އައިލީން ދިޔައީ ސިއްސައިގެނެވެ. ************************* އައިލީންގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނާއާ ދިމާލަށް އަނބުރާލާފައި ގަޔާދިމާލަށް ގާތަށް ދަމާލިއެވެ. އެދިޔަ ބާރުމިނުގައި އައިލީންގޮސް މަތަވީ އިއްބާންގެ ހާމައަށްވާ މޭމަތީގައި ޖެހިފައެވެ. އައިލީންގެ ކަނާއަތު މުލައްދަނޑީގައި އިއްބާން ހިފާހައްޓާލައިގެން ހުރިއިރު އަނެއްއަތުން އައިލީންއަށް ހިފަހައްޓާލައިގެން ހުރެވުނީ އިއްބާންގެ އެ ވަރުގަދަ މުލައްދަނޑީގައެވެ. އައިލީން ހުރީ އިއްބާން މި ކޮއްލި ކަމަކުން ލަދުގަނެ ހައިރާންވެފައެވެ. […]