ފުރިޖުން ފިިނި ފެންފުޅިއެއް ނަގައިގެން ސޯފާގައި އައިސް އިށީންނަމުން ފަންކާ އެންމެ ފުލް ކޮށްލިއެވެ. ބުރުގާ ނަގާ ދުރުގައި ބާއްވާލަމުން ކުޑަކޮށް ދޫވެ ކަނދުރާ ފޮރުވިފައިވާ އިސްތަށިތައް އެއްކޮށް ނަގާ ހުޅިއެއް ޖަހާލާފައި ތުނބުގައި ފެންތަށި ޖަހާލިތަނާ ދޮރުގައި ބެލް އަޅަން ފެށިއެވެ. ރިމީޝާ ދޮރު ހުޅުވަން ދިޔައީ ފެންތަށި އެއްކޮށް ހުސްކޮށްލައިގެންނެވެ. ބުރުގާ ބޭއްވިތަނުން އަލުން އަޅާލައިގެން ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ނޫރާން ފެނި ރިމީޝާ ގަނޑުވިކަހަލައެވެ. ނޫރާން ރަނގަޅު ހަބަރަކައިގެން ނާންނާނެކަން ރިމީޝާ […]
“ރިމީ… އައި ލަވް ޔޫ…. ވަރަށް ބޮޑަށް…..” ރިމީޝާ އަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އައްޔަދު އެފަދަ ފޮނިފޮނި ބަސްތައް ވަނީ ކުރިން ވެސް ބޭނުންކޮށްފައެވެ. އޭރުގައި ރިމީޝާގެ ހިތަށް އެބަސްތަކުން އުފާވެރިކަން ލިބުނަސް މިހާރު އައްޔަދު އެހެން ބުނާ އަޑު އިވުމުން ރިމީޝާ އަށް އެއްވެސް އަސަރެއް ނުކުރިއެވެ. “މިތަނުން ދޭ… އަހަރެން ނިދަންވެއްޖެ. ދަމުން ދޮރު ލައްޕާލާފައި ދާތި” އައްޔަދަށް ކުރިމަތިލާން ބޭނުންނުވާތީ ރިމީޝާ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. […]
ލިފްޓް ހަލާކުވެފައި ހުރުމުގެ ސަބަބުން ހަތަރު ވަނަ ބުރިއަށް އެމީހުން އަރަން ޖެހުނީ ސިޑިންނެވެ. މިޝްކު މާބޮޑަށް ވަރުބަލިވުމުން ޝިނާން މިޝްކު ނަގާ އަތްމައްޗަށް ލިއެވެ. ބްރީފްކޭސް އާއި އިތުރު ދަބަހެއް ދަމަމުން ރިމީޝާ ޝިނާން ފަހަތުން އެރިއިރު ދޭތެރެއަކުން އައްޔަދުގެ ބަޔަށް ބަލާލެވެއެވެ. ހަނދާންކުރަން ބޭނުންނުވާ ހަނދާންތަކެއް އޭނާގެ ސިކުނޑިއަށް އުނދަގުކުރަން ފެށުމުން ދެފަރާތަށް ބޯ ހޫރާލައެވެ. އެއަށްފަހު އޭނާގެ ކުރީގައި ހުރެގެން ސިޑިން އަރަމުން ދިޔަ ޝިނާނަށް ބަލާލަނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. […]
ދުވަހަކީ އަވިިދޭ ވަރަށް ސާދާ ދުވަހެކެވެ. ކަނޑުން ނަގައިގެން އަންނަ ފިނިފިނި ވައިރޯޅިން އެވަގުތު ދޯނީގައި ތިބި ކޮންމެ މީހަކު އުފާ ހާސިލްކުރަމުން ދިޔައެވެ. އެންމެ ރުލެއްވެސް ނުވާ ކަނޑުގެ ލޮނުގަނޑު ވެސް ވަރަށް މަޑުމައިތިރިއެވެ. ދުރުން ދުރުން އުދުހިފައިދާ އެކި ވައްތަރުގެ ދޫނިސޫފާސޫފީގެ ނަލަ އަޑުތަކުން މާހައުލު އިތުރަށް ހިތްގައިމު ކުރުވަމުން ދިޔައެވެ. ރަށާއި ދުރަށް ދޯނި ދުއްވާ ވަރަކަށް ކަނޑުގެ ލޮނުގަނޑުން ހިކިގެން އުފެދިފައިވާ އެހެނިހެން ރަށްތައް ފެންނަމުން ދިޔައެވެ. ސާފު […]
“ދޮންބޭ!!! ދެން ތިހެން ނޫޅެބަލަ. ތިގޮތަށް އުޅުމުން ދޮންބެއަކާއި ނުވެސް ގުޅޭ…. ދޮންބެ ތިހާ ދެރަވެގެން ރޯ މަންޒަރު ފެނުމުން ޝައްނުގެ ހިތަށް ވަރަށް ތަދުވޭ. ޝައްނުއަށްޓަކައި ، އައިކުއަށްޓަކައި ދެން ހިތާމަނުކުރޭ” ޝަނުމް ރޮވިފައި އިނދެ އައްޔަދަށް ވިސްނާދެމުން ދިޔައެވެ. “ތެދެއް! އެއް ދަރި މިދުނިޔެއިން ވަކިވެގެން އެދިޔައީ. މިހާރު ކައިރީގައި ތިހުރި ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދީގެން ލޯތްބާއެކު ބޮޑުކުރެވޭތޯ ބަލާ. ވީކަމެއް ވީ. އެއީ ޒާއްތަގެ ނަޞޭޙަތަކީ” ޒާއިރާ ދެއްކި ވާހަކަތައް އަޑުއަހަން […]
“މިޝްކު އަކީ ބަލިކުއްޖެއް. ގަވައިދުން ޑޮކްޓަރަށް ދައްކަންޖެހޭ ކުއްޖެއް. ޗުއްޓީއެއްގަ ދެތިން ދުވަހު މިތަނުގައި ހުއްޓަސް ކިހިނެއް ދިރިއުޅުން އެއްކޮށް ބަދަލުކުރާނީ” ރިމީޝާ ބުނެލިއެވެ. ރިމީޝާ އަށް ރަނގަޅު އެއްގޮތެއް ވެސް ނެތެވެ. “ރަނގަޅު އެއްގޮތެއްވެސް ނެތެއްނު. އެހެންވީމަ ރިމީ ހުރޭ މިތަނުގަ. މިޝްކު ފޮނުވާލާނީ މަންމަ ކައިރިއަށް” ޝިނާން ބުނެލިއެވެ. ރިމީޝާއަށް ހުއްޓުމެއް އައެވެ. ގަބޫލުނުކުރެވިފައި ޝިނާންގެ މޫނަށް ބަލަން އިނެވެ. ކުއްލިއަކަށް ދެލޯ ކުރިމަތީގައި ރޯލްވަމުން ދިޔައީ މިޝްކު އޭނާ އާއި […]
ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށް ކުއްލިއަކަށް ޝިނާން ދެލޯ ހުޅުވާ ބަލާލިއެވެ. ފޯނު ރިންގުވަނީ އެއް ނޫނެވެ. ފޯން އެލާމް ވަނީއެވެ. މާލޭގައި އުޅޭއިރު އެގަޑިއަކީ އަބަދުވެސް އޭނާ ޖިމަށް ދާ ގަޑިއަށް ވުމާއެކު ކޮންމެ ދުވަހަކު އެގަޑިއަށް ފޯން އެލާމްވާނެއެވެ. ޝިނާން ފުންމައިގެން ތެދުވިއެވެ. ހުރިހާ ގޮށްތަކެއް ނެއްޓިފައިވާ ކަޅު ކުލައިގެ ގަމީސް ދެއަތުން ވަކިކޮށްލުމަށްފަހު ދުރުގައި ބޭއްވިއެވެ. ގިނައިރު ނިދާލެވުނީތީ ސިކުނޑިއަށް ލުއިވެފައި ވިޔަސް ހިތަށް ވަނީ ހުސްކަމެއް ވެރިވެފައެވެ. ފެންވަރަން ވަނީ […]
“ﷲ ގެ ހެޔޮ ރަހްމަތްފުޅުން ހުރިހާ ކަމެއް ވެސް ރަނގަޅު. މާބޮޑަށް ދެރަވީ ކަންނޭނގެ. މިހާރު އޮތީ ހޭލާ. އެކަމަކު ވަރަށް މާޔޫސްވެފައި އޮތީ… ބައްދަލުކުރެވޭނެ މިހާރު” އަވަސް ފަރުވާދޭ ބައިން ނިކުތް ޑޮކްޓަރ ވާހަކަދެއްކީ ގޮނޑިތަކުގައި ތިބި ރިމީޝާގެ އާއިލާއާއެވެ. ނަޒީމް އާއި ބައްދަލުކުރުމަށް ރިމީޝާ ނޫން އެހެން އެންމެން އެތެރެއަށް ވަނެވެ. ރިމީޝާ މިސްރާބު ޖެހީ ގެއާއި ދިމާލަށެވެ. އޭނާ ހުރީ އިންތިހާ އަށް ދެރަވެފައެވެ. މިއަދު އޭނާގެ ބައްޕަ އަށް އެެހެން އެވީ […]
“ބުނަން. ތިމާ އަށް ކުރެވުނު ކަންތަކުން ދެން ބޯހާސްކުރާނެ ކަމެއް ނެތް. ފަށައިގަތީ އަޔާ. އަހަރެން އެކަމަށް އެއްބާރުލުން ދިނީ އަޔާ އެކަން ނުހުއްޓީމަ. އަހަރެން ބުނިން މީ ޖަނާނެއް ނޫނޭ. އެކަމަކު ވެސް އަމިއްލަ އަށް ހުއްޓާނުލީމަ އޭގަ މަ ކުރާނެކަމެއް ނެތެއްނު” ސައިބޮއެ ތަށިތައް ހިފައިގެން ގޮސް ޒިންކަށް އަޅާލަމުން ރިމީޝާ ނުރުހިފައި ބުނެލިއެވެ. “މަށަށް ހެޔޮ މަދެކެ ކިތަންމެ ރުޅިއެއް އައިއްސަ އިނަސް. ތިހިރީ ސައި ހަދާފައި. ބޮންޏާ ބޯންވީ. […]