ހުރިހާ ވިސްނުންތަކެއް އެއްވެ އޭނާގެ ސިކުނޑި ފަޅައިގެންދާވަރު ވެފައި ވިޔަސް އޭނާ އަށް ބުރަވެވުނީ އޭނާ ލޯބިވާ ފަރާތަށެވެ. އެންމެ ދުވަހެއްގެ ފަޅިސިކުންތަކަށް ވިޔަސް އައްޔަދުގެ އަންބެއްގެ މަގާމުގައި އިނދެވުމުން އޭނާ އަށް ދުނިޔޭގެ ހުރިހާ އުފަލެއް އިހުސާސް ކުރެވުނީއެވެ. އެކަމަށްޓަކައި ޝިނާން ގެ ހިތް ހަލާކުކޮށްލަން ޖެހުނަސް އެކަން އޭނާ ކުރާނެއެވެ. ޝިނާންއަށްޓަކައި އޭނާގެ ހިތުގައި ރަހްމާއި ހަމްދަރުދީ އިންތިހާ އަށް ވިޔަސް އައްޔަދުގެ މައްޗަށް އެހިތުގައި ފަނޑުވުމެއްނެތް ލޯބި މާ ބާރުގަދަވެފައި ތެދުވެރިއެވެ. […]
“މަންމަ! ބަލާބާ މީ މިއްކޮމެންގެ ފެމެލީ” ހުދު ކަރުދާހެއްގައި ދަނޑި މީހުންގެ ތިން މީހުން ކުރެހުމަށްފަހު އެކި ކުލަތަކުން ކުރެހުން ފަވާލާފައި މިޝްކު ރިމީޝާއަށް އެގަނޑު ދައްކާލިއެވެ. އެގަނޑަށް ބަލާލުމަށްފަހު ރިމީޝާ ހީލާފައި މިޝްކުގެ ގައިގާ ބައްދާލިއެވެ. ފެންވަރައިގެން ކޮޓަރިން ނިކުތް ޝިނާން ހުރީ ތިރިން ގުރާ ފެހިކުލައިގެ ސޯޓެއްގައެވެ. މަތިން އެއްވެސް އެއްޗެއް ނުލާ ހުރީއިރު އެކަސްރަތީ ހަށިގަނޑަށް ސާބަސްދޭހާ ވެއެވެ. އެމްއެންޑީއެފް ގައި މަސައްކަތްކުރާ މީހެއް ކަން ދެވަނަ ވިސްނުމަކަށް ނުގޮސް […]
“ޕްލީޒް… ދެން ހުއްޓާލާ… ކޮންމެ ދުވަހަކު އަހަރެންނަށް ހަނދާންކޮށް ނުދިނަސް އަބަދުވެސް ހަނދާންކުރާނަން ޝިނާން އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށް” ޖުމްލައިގެ ފަހު ބައިތައް ކިޔާލިއިރު ރިމީޝާގެ ދެލޯ ފެންކަޅިވިއެވެ. ހަނދާންކުރަން ބޭނުންނުވާ ދުވަސްތަކެއް ހަނދާންވީއެވެ. “މަންމީ!!!” ދެލޯ ފޮހެމުން ބަދިގެއަށް ވަދެގެން އައި މިޝްކު ފެނުމުން ރިމީޝާ ކުރަން ހުރި ހުރިހާ މަސައްކަތެއް ބެހެއްޓުމަށްފަހު މިޝްކު އުރާލިއެވެ. “އަދި ހަނދާންނެތިފައޭ މިހުރީ. މިރޭ ކެއުމުގައި މިގޭ ވެރިން ބައިވެރިވާނެ. އެމީހުން ހަވީރު […]
އިރުކޮޅެއްވީތަނާ ކޮޓަރީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޒޯހަލް އެވެ. ރިމީޝާ އާއި ހިލާފަށް ޒޯހަލްގެ މޫނުމަތިން ފެންނަނީ ވަރަށް ހަމަޖެހިލާފައި ހުންނަ ތަނެވެ. “ފޫކޮޅަށް ކައްޓެއް ހެރިގެންތަ ތިއުޅެނީ” އެނދުގައި އިށީނދެލާފައި ތެދުވި ރިމީޝާ ފެނުމުން ހީލާފައި އެތެރެއަށް ވަދެގެން އައި ޒޯހަލް ބުނެލިއެވެ. “ނޫނޭ… ވަރަށް ބިރުގަނޭ. ހިތަށް އަރާ ނަތީޖާ އަންނާނީ ކިހިނެއްބާއޭ…. އެގްޒާމްތައް ހެދުނު ގޮތާއި މެދު މިހާރު ޝައްކު އުފެދޭ ވަރަށް ނަތީޖާ އާއި މެދު އޭނާ އަށް ވިސްނެން […]
އިމްތިހާންް ނިމި އޭގެ ނަތީޖާ އިޢުލާން ކުރި ދުވަސް އައިސް ބޯމަތިވީ އެސްފިޔަ ޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ނަތީޖާ ބަލާދިޔުމަށް ކޮޓަރީގައި ތައްޔާރުވާން ހުރި ރިމީޝާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. ދިހަ އަހަރު ދުވަސް ވަންދެން އޭނާ ކުރި މަސައްކަތުގެ ނަތީޖާ އަދި ކިރިޔާ ލިބެން އުޅެނީއެވެ. ދެއަތް ދެއަތާއި ހާކަން ފެށި ފިނިވި ވަރުންނެވެ. ހާސްކަމާއެކު ކޮޓަރީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލުމަށް ފަހު ދެން ބަލާލަނީ ލައްޕާލާފައި ހުރި ކޮޓަރީ ދޮރާއި […]
“އަދި ހަމަ ފަށައިގަތީ ދޯ…. ރަނގަޅުވާނެ ފަހުން. މަންޖެ އަށް މަ ދޭން އޮތް ނަސޭހަތަކީ މީ އަހަރެމެންގެ ކިޔެވުމުގެ ފަހު އަހަރޭ…. އަޙްޔަދުގެ ނަން ތިހިތުގައި ރަން އަކުރުން ފަވާލާފައި ވިޔަސް ‘ކިޔެވުން’ މި ލަފްޒު އެ ނަން މަތީގައި މާބޮޑަށް ފަވާލައިގެން ހުންނައްޗޭ” ނަސޭހަތެއްދޭ ފަދަ ގޮތަކަށް ރިމީޝާގެ އަތުގައި ހިފާލަމުން ޒޯހަލް ބުނެލިއެވެ. ހަވީރުގެ ވަގުތެވެ. ފޫހިކަމެއް ނެތި އުޑުގައި އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރަމުން ދިޔަ އިރު ގެ ބާރު ކެނޑި […]
ދަންވަރުގެ ހަމަހިމޭން ވަގުތުތައް ފަހަނައަޅާ ދިޔުމަށްފަހު އާދުވަހަކަށް އިރު އޭގެ ޑިއުޓީ ވަގުތު ފެށެންވާއިރަށް ތައްޔާރުވަމުން ދިޔައިރު އުޑުމަތީގައި ކޮންމެސް ވަރަކަށް ކަޅުވިލާތައް ސައްލާ ކުރަމުން ދިޔައެވެ. އުދަރެހުން އިރުގެ އަލި ދައްކާލުމާއެކު އުޑުމަތީގައި ބޯވެފައިވި ވިލާތައް އަތުކުރި އޮޅާލާ އިރުގެ މަސައްކަތަށް ހުރަސް އެޅުމަށް ތައްޔާރުވިއެވެ. ވީވެސް އެހެންނެވެ. އިރަށް ޖެހުނީ ކަޅު ވިލާތަކަށް ފުރުސަތު ދެމުން އެއްކައިރިއަކަށް ޖެހިލާށެވެ. ގަދަވަޔާއެކު ވާރޭ އޮށްސާލީ ލިބުނު ކާމިޔާބަށް ފަޚްރުވެރިވަމުންނެވެ. އިރުކޮޅަކާއި ކެރިގނޑު ތުނިކޮށްލުމަށްފަހު އަނެއްކާ ވެސް […]
އެއްފަހަރު ދޮރާއި ދިމާލަށް އަނެއްފަހަރު ބީހާލް އަށް ބަލާލަމުން ރަޔާހީން ދުވެފައި ގޮސް ދޮރުހުޅުވިއެވެ. އެތެރެއަށް ވަން ރައިނީ ފެނުމުން ރަޔާހީން ގަދަކަމުން ހީލިއެވެ. ވަގު ލޮލުން ބީހާލް އަށް ބަލާލަމުން ރައިނީ އަށް ނުފެންނާނެހެން އެއްއަތުން ތެމިފައިވާ ލޯކައިރި ފޮހެލިއެވެ. ހީން… ދެންމެ މިއާދެވުނީ. ކޮބާ ފޯނު. ފޯނަށް ވެސް ގުޅައިފިން. ހިނގާ ތިރިއަށްދަމާ ސައިބޯން. ހުރިހާ މީހުން އެބަތިބި” ރަޔާހީން ކައިރީގައި ހުއްޓެމުން ރައިނީ ބުނެލިއެވެ. “މިދަނީ ބޭރަށްދާންވެގެން. ރެޑީވާން ހުއްޓައޭ ކޫއްތަ ތިއައީ… […]
އެއްމަސް ފާއިތުވެގެން ދިޔައިރު ވިކްޔަން އެކި ގޮތްގޮތުން ރަޔާހީން ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ވިކްޔަން އެކަމާއި ހިތާމަކުރާ ވަރު އެންމެ ގާތުން ފެންނަނީ މައިސަރާ އަށެވެ. އެހެންކަމުން ވިކްޔަން އަތުން ރަޔާހީންގެ އެޑްރެސް ހޯދައިގެން އެގެއަށް ދާން ވެސް މައިސަރާ މަސައްކަތްކޮށްފިއެވެ. ވިކްޔަން އިންކާރު ކުރުމުން އެފިޔަވަޅު ނަގާކަށް މައިސަރާއަކަށް ނުކެރުނެވެ. “މަންމަ އަށް ފެންނަނީ ވިކީ އެގެއަށް ދާން. ލޯބި ހާސިލްކުރެވޭނީ ނިކަން ހިތްވަރެއްވެސް ހުރެގެން. ނޫންތަ މާކް؟ ފިނޑިއެއްހެން […]