Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ….18

Ushaali Level 810 Stories100 Comments100 Stories500 Comments
April 15, 2018 9 Mins Read
22 Comments

ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށް ކުއްލިއަކަށް ޝިނާން ދެލޯ ހުޅުވާ ބަލާލިއެވެ. ފޯނު ރިންގުވަނީ އެއް ނޫނެވެ. ފޯން އެލާމް ވަނީއެވެ. މާލޭގައި އުޅޭއިރު އެގަޑިއަކީ އަބަދުވެސް އޭނާ ޖިމަށް ދާ ގަޑިއަށް ވުމާއެކު ކޮންމެ ދުވަހަކު އެގަޑިއަށް ފޯން އެލާމްވާނެއެވެ. ޝިނާން ފުންމައިގެން ތެދުވިއެވެ. ހުރިހާ ގޮށްތަކެއް ނެއްޓިފައިވާ ކަޅު ކުލައިގެ ގަމީސް ދެއަތުން ވަކިކޮށްލުމަށްފަހު ދުރުގައި ބޭއްވިއެވެ. ގިނައިރު ނިދާލެވުނީތީ ސިކުނޑިއަށް ލުއިވެފައި ވިޔަސް ހިތަށް ވަނީ ހުސްކަމެއް ވެރިވެފައެވެ. ފެންވަރަން ވަނީ ވެސް އެތައް އިރަކު މޫޑީވެފައި އެނދުގައި އިނުމަށްފަހުގައެވެ.

 

ހަވީރު ތިންމުގޯލި ކުޅެންދާން ހެދިލައިގެން ނިކުތް އަލްވީރާ ކުއްލިއަކަށް ސިހިގެން ދިޔައީ އަޑެއްވެސް ލައްވާނުލާ ކުރިމަތީގައި އައިސް ހުއްޓުނު ޝިނާން ފެނުމުންނެވެ.

“ކޮބާ ރިމީއާއި މިޝްކު؟” ދެފަރާތް ބަލާލަމުން ޝިނާން ބުނެލިއެވެ.

“ހިނގާލާށޭ ކިޔާފައި އެދިޔައީ… ދެންމެ އެނިކުތީ. ބޮޑަށް ހީވަނީ މިދިމާލެ އަތިރިމަތީ ރުށްގުޅި މަތީގައިހެން އިންނާނި” އަލްވީރާ ބުނެލިއެވެ.

“ގޭގަ ނެތްދޯ އެއްވެސް މީހަކު” ޝިނާން އެތެރެއަށް ބޯދިއްކޮށްލަމުން ބުނެލިއެވެ.

“ނޫން އަންޖަލް އާއި ނާއީ އެބައުޅޭ.. އަންޖޫ މިއަދު މާގިނައިން ހޮޑުލާ ދުވަހެއް. ޝިނާން ވެސް ދާންވީނުން ރިމީ ހޯދާލަން ބޭރަށް. ކުޅޭތަނަށްދާ ގަޑިޖެހޭތީ ދައްތަ ވެސް މިދަނީ ދާން” އަވަސް އަރުވާލާފައި ފައިވާނަށް އަރަމުން އަލްވީރާ ބުނެލިއެވެ. ޝިނާން ވިސްނާލިއެވެ. ރިމީޝާ ހޯދަން ދާންވީހެއްޔެވެ؟ ވާހަކަދައްކާލަން ކިތަންމެހާ ވެސް ބޭނުމެވެ. ނަމަވެސް ކުރިމަތިލާނެހާ ހިތްވަރެއް ނެތެވެ. އޭނާ އަކީ ރިމީޝާގެ ކުރިމަތީގައި ކުށްވެރިއެކެވެ. ދެވިސްނުމެއްގެ ސަބަބުން ހިތާއި ސިކުނޑީގައި ކުރަމުން ދިޔަ ހަނގުރާމަ މެދުކަނޑާލުމަށްފަހު ޝިނާން ނިންމީ ރިމީޝާ ކައިރިއަށް ގޮސް ވާހަކަދައްކާލުމަށެވެ. ތުނބުޅީގައި އަތް ހާކާލަމުން އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. އަދި ހަވީރު ފަހެއް ވެސް ނުޖަހައެވެ. އަދި އިރުއޮށްސުމާއި ދެމެދު ވަގުތު އޮތީތީ އަދި ވާހަކަ ދެއްކިދާނެއެވެ.

*******************************************

ލޮލުގެ ކޮޅަށް ދާންދެން ފެންނަން އޮތް ފަރުމައްޗަށް ނަޒަރު ހުއްޓާލައިގެން ރިމީޝާ އިނެވެ. ދިޔަވަރު ހިކިފައިވާ ވަގުތަކަށްވާތީ ހިކިގެން އަރާފައިވާ ފަރުތައް މަތީގައި ހިނގާލަން މިވަގުތު ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ.  ރިމީޝާ އިށީނދެގެން އިން ރުށްގުޅި މަތީގައި އަދި އެކަކަން އިނދެވޭ ވަރުގެ ޖާގައެއް ހުރިއިރު އެޖާގައިގާ ބާއްވާލާފައި އޮތީ އޭނާގެ އަތް ދަބަހެވެ. ކުޑަކުޑަކޮށް ޖެހިލާ މަޑު ވައިރޯޅި އޭނާ އަޅައިގެން އިން ރަތްކުލައިގެ ޝޯލް އާއި ކުޅެލުމާއެކު ރިމީޝާ އެއް އަތުން ހިފަހައްޓާލައެވެ. އެހެލާފައިވާ ދޯނިތައް ކައިރީގައި ރިނދަލި ހޮވަން އިން މިޝްކު އަށް ވެސް ރިމީޝާ އިރުކޮޅަކާ ބަލާލައެވެ. ފަރުމައްޗަށް ކަޅި ހުއްޓާލައިގެން އިން ވަގުތެއްގައި އުދުހިލާފައި އައިސް ގަލެއް މައްޗަށް ތިރިކޮށްލި މާކަނަލެއް ރިމީޝާއަށް ފެނުނެވެ. ދެފަރާތަށް ދެފިޔަގަނޑު ތަޅުވާލުމަށްފަހު ހިޔާލެއް ފިކުރެއްނެތި މާކަނާ އިނެވެ. ހީވާ ގޮތުން ގާމަތީގައި ރަނގަޅަށް ހަމަޖެހިލީއެވެ. އެމަންޒަރުން ރިމީޝާގެ ހިތަށް ހަމަޖެހުން ލިބެމުން ދިޔައެވެ. އެ މާކަނާ ވެސް އެ އިންނަނީ ދިރިއުޅުމުގަ ކުރިމަތިވެފައިވާ ބޮޑު ކަމަކާއި ވިސްނަން ކަމަށް ވެސް ވެދާނެއެވެ. ރިމީޝާ ފަދައިން އޭތިވެސް ހަވީރުގެ މިފަދަ ދަނޑިވަޅެއްގައި އެކަނި އެތާ އިންނަން ޖެހޭ އެހެން ސަބަބެއް ރިމީޝާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

ކުއްލިއަކަށް ފަހަތުން ކަރުކެހިލި އަޑު އިވުނެވެ. ރިމީޝާ ބަލާލިއެވެ. ޝިނާން ފެނުމުން ހީލާފައި އަނެއްކާ ރިމީޝާގެ ނަޒަރު ސީދާކޮށްލީ މާކަނާ އިން ދިމާލަށެވެ. ދުރުގައި އިން މިޝްކު ޝިނާނަށް ގޮވާލިއެވެ. ޝިނާން ހީލަމުން މިޝްކު އަށް ކިއްސެއް ފޮނުވާލިއެވެ. މިޝްކު ކޮޅަށް ތެދުވެލާފައި ހިނގަނޑަކާއެކު ޝިނާން ފޮނުވާލި ލޯބީގެ ހަދިޔާ ހިފައިލިއެވެ.

“މިތާ އިށީންނަންތަ އަހަރެން” ރިމީޝާ ބަހެއް ނުބުނުމުން ޝިނާން ބުނެލިއެވެ. ރިމީޝާ ވަކި އެއްޗެއް ނުބުނެ އެތަނުގައި އޮތް އަތްދަބަސް ނަގާ އުނގަށް ލިއެވެ. ޝިނާން ހީލިއެވެ. އަނގައިން ނުބުންޏެއް ކަމަކު ރިމީޝާގެ ރުހުން ލިބިއްޖެކަން އެނގުމުން އެތަނުގައި އިށީނެވެ. ރިމީޝާގެ ގައިގާ ޖެހިދާނެތީ ޝިނާން އިނީ ވަރަށް ވިސްނައިގެންނެވެ.

“ކާކު ބުނީ އަހަރެން މިތާނގައޭ” ޝިނާން އެއްޗެއް ނުބުނެ އިންނަން ފެށުމުން ރިމީޝާ ބުނެލިއެވެ.

“އަލްވީރައްތަ” ޝިނާން ޖަވާބުދިނެވެ.

“ރިމީ!!! އަދިވެސް ރުޅިތަ؟” ޝިނާން އަހާލިއެވެ. ރިމީޝާ ދެފަރާތަށް ބޯހޫރާލިއެވެ.

“އަހަރެންނަށް މާފްކުރާނަންތަ؟” މިފަހަރު ވެސް ވާހަކަދެއްކީ ޝިނާނެވެ.

“ކޮންކަމަކަށް” ރިމީޝާ ބުނެލިއެވެ.

“މިޝްކު ރިމީ އާއި ދުރަށް ގެންދެވުނީމަ” ޝިނާން ބުނެލިއެވެ.

“އެއީ މިހާރު މާޒީއަށްވެ ނިމިފައިވާ ކަމެއް. ތެދަށް ބުނަންޏާ އަހަރެން އެންމެ ދެރަވި ދުވަހަކީ އަހަރެންގެ ފުރަތަމަ ދަރިފުޅު ނިޔާވި ދުވަސް. އެދުވަހަށްފަހު އަހަރެން ދެން އެންމެ ދެރަވި ދުވަހަކީ މިޝްކު މަށާ ވަކިކޮށްލި ދުވަސް. އެދުވަސް ހަނދާންވިޔަސް މިހާރު ވެސް ދެރަވޭ… އަޅާނުލާ.. އެދުވަހު އެހެން ވިޔަސް މިއަދު އަހަރެންގެ ދަރިފުޅު ހުރީ މަގޭ ދެލޯ ކުރިމަތީގައި. އެވަރުން މަށަށް ފުދޭ…” ރިމީޝާ މިޝްކު އަށް ބަލާލަމުން ބުނެލިއެވެ.

“އަސްލު އަހަރެންގެ ނިޔަތަކީ ރިމީ އާއި މިޝްކު ދުރުކުރުމެއް ނޫން. ރިމީ ލޯބިވާ މީހާ އާއި އެކީގައި ލައިފެއް ފަށަން ތައްޔާރުވާއިރު މިޝްކު ފަރާތުން ހުރަހެއް ކުރިމަތިވެދާނެތީ….. ރިމީ އަށް އުނދަގު ނުވިޔަސް އަޔާގެ…..” ޝިނާން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.

“އައްޔަދުގެ ނަން ވެސް އަހަރެން ކައިރީގައި ހުރެ އެހެން މީހަކު ކިޔާކަށް ބޭނުމެއްނޫން” ރިމީޝާ ހިތްހަމަނުޖެހިފައި ނުރުހުމާއެކު ބުނެލިއެވެ.

“ސޮރީ… އެކަމަކު ވާހަކައެއް އަހާލަންތަ؟” ޝިނާން ބުނެލިއެވެ.

“އަހާނބަލަ” ރިމީޝާ އެނބުރިނުލާ އިނދެ ބުނެލިއެވެ.

“ވާހަކައެއްނޫން… ސުވާލެއް. ރިމީ ކީއްވެ އެހުރިހާ ކަމެއް ހިނގާދިޔަ އިރު ވެސް ނުބުނީ” ޝިނާން ބުނެލިއެވެ.

“ތިބުނީ” ރިމީޝާ ނޭނގޭކަމަށް ހެދިއެވެ.

“އައްޔަދު ކަންތައް ކުރި ގޮތުގެ ވާހަކަ” ޝިނާން ރިމީޝާގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ.

“ބުނުމުން ވާނެ ފައިދާއެއް އެބައޮތްތަ؟” ރިމީޝާ ބުނެލިއެވެ.

“ޔަގީނުން ވެސް އެ އަނިޔާ ތަކުން ސަލާމަތްކޮށްދިނީމުސް” ޝިނާން ބުނެލިއެވެ.

“ހެހެހެ… އެކަންތައް ނިމިއްޖެ މިހާރު. ދެން އެވާހަކަ ނުދެއްކުން ބުއްދިވެރީ” ރިމީޝާ ހީލުމަކުން ބުނެލިއެވެ. ޝިނާން ރިމީޝާގެ މޫނަށް ބަލަން އިން ގޮތުން ރިމީޝާ ކުޑަކޮށް ރަކިވިއެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާ އަޅާވެސްނުލާ އިނެވެ.

“އަދި އަހަންވެފަ އޮތް ވާހަކައެއް އޮތީތަ ތިހެން ތިބަލަނީ” ރިމީޝާ އަހާލިއެވެ.

“އާނ… ސުވާލުގެ ގޮތުން ފަސްޖެހިފަ މީނީ” ޝިނާން ބުނެލިއެވެ.

“އެހެންވީމަ އެންމެ ރަނގަޅުވާނީ ނޭހިއްޔާ” ރިމީޝާ ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ.

“އެކަމަކު މި ސުވާލުގެ ޖަވާބު ރިމީގެ ފަރާތުން އަހަރެން ބޭނުން” ޝިނާން ގަދަކޮށްލިއެވެ.

 

“ކޮށްބަލަ” ރިމީޝާ ދިނީ ކުރު ޖަވާބެކެވެ.

“އަޔާ އިންނަން އެދިގެން އައިއްޔާ އަދިވެސް އެ އަތުގައި ހިފާނަންތަ؟” ޝިނާން ކަޅި ހުއްޓާލައިގެން އިނީ ރިމީޝާގެ މޫނަށެވެ. އެ ސުވާލުގެ ޖަވާބު ރިމީޝާ ދޭނެ ގޮތެއް ނޭނގޭތީ ޝިނާން އިނީ ހިތް ނުތަނަވަސް ވެފައެވެ.

“ނުދާނަން. އޭނަ ކީއްކުރަން އިތުރު ކައިވެންޏެއް ކުރާކަށް ނެތް ވިސްނުމެއް” ރިމީޝާ ދިނީ ސީދާ އޭނާ ހިތު އޮތް ސުވާލުގެ ޖަވާބެވެ. ދެމީހުންގެ ވާހަކަތައް އެހާ ހިސާބަށް ދިޔަތަނާ މިޝްކު އައިސް އެރީ ރިމީޝާގެ އުނގަށެވެ.

“ފޫހިވީ!!! ދާންވީދޯ ގެއަށް” ޖެހިލި ވައިރޯޅި އާއި އެކީގައި  މިޝްކުގެ ނިތްކުރި މައްޗަށް ފައިބާފައިވާ އިސްތަށިކޮޅު އަތުން އެއްކައިރި ކޮށްލަމުން ރިމީޝާ ބުނެލިއެވެ. މިޝްކު ބޯޖަހާލުމުން ރިމީޝާ ތެދުވެ ހިނގައިގަތެވެ. ފަހަތުން ދެޖީބަށް އަތް ޖަހައިގެން ހުރެ ޝިނާން ވެސް ހިނގައިގަތެވެ.

**************************************

ވަޒީފާ އަށް ސަލާން ބުނެފައި ގޭގައި މަޑުކޮށްގެން ހުރި އައްޔަދު އަމިއްލަ ކޮޓަރިން ނުނިކުންނަތާ މިއަދަށް މިވީ ހަތަރު ދުވަހެވެ. ޒާއިރާ އާއި ޝަނުމް އެކަމާއި ކަންބޮޑުވެ އެވާހަކަ އެތައް ފަހަރަކު ދައްކައިފިއެވެ. ކާއެއްޗެއް ކަނީ ވެސް ޒާއިރާ އެތައް އާދޭހެއް ކުރުމުންނެވެ. މިވީ މަދު ދުވަސްކޮޅުގައި އައްޔަދުގެ ހަޔާތަށް ވަނީ ހީވެސް ނުކުރާހާ ބޮޑު ބަދަލެއް އައިސްފައެވެ. ފާއިތުވަމުންދާ ކޮންމެ ދުވަހަކާއި އެކު އައްޔަދު ހިތާއި ސިކުނޑި ހެޔޮކަންތަކަށް އެދި ގޮވަމުން ދިޔައެވެ. މާތްﷲ އެކަމަކަށް އިރާދަކުރައްވައިފި ކޮންމެ ކަމަކަށް ލަހެއްފަހެއް ވެސް ނުވެޔޭ ވާނޭ ބުނާ ފަދައިން އައްޔަދުގެ ވިސްނުން މިވަނީ ޖަނާންގެ ބޭވަފާތެރިކަމާއެކު ފިލައިގެން ގޮސްފައެވެ. އުޅެވުނުހާ ގޮތްތަކާއި ކުރެވުނުހާ ފާފަތަކުން ތައުބާވެފައެވެ. ރިމީޝާގެ ލޯތްބަށް އެދި ފެންބޮވައިގަނެފައެވެ. ރެއާއި ދުވާލު އެނދުގައި އޮވެ ގެއްލިގެން ދިޔަ ލޯބި މަތިން ހަނދާންކޮށް ކަރުނަ އޮށްސުން ނޫން ކަމެއް އައްޔަދު ނުކުރެއެވެ. ކޮންމެ ނަމާދު ވަގުތަކަށް އެނދުން ތެދުވެ ކޮޓަރިއަށް ނަމާދަށް އަރާ މާތްﷲ ގެ ކިބަފުޅަށް ދެއަތް އުފުލާ ދުއާ ކުރަނީ އޭނާގެ ފާފަތައް ފުއްސަވާތޯއެވެ. އަދި އޯގާތެރި އަންބެއްގެ އަތުގެ ފިރުމުން ދެއްވުމަށް އެދިއެވެ. އެހުރިހާ ދުއާ ތަކާއި އެކުގައި އޭނާގެ ހިތުގައިވާ ތަސްވީރަކީ ރިމީޝާގެ ތަސްވީރެވެ. ކުރެވުނު ކަންތަކާއި ލަދުގަނެ ފަސްޖެހިފައި ވިޔަސް ރިމީޝާގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ވެސް އޭނާ ހުރީ ތައްޔާރަށެވެ.

********************************

އާދައިގެ މަތިން ރޭގަނޑުގެ ކެއުން ހިފައިގެން ޒާއިރާ އައްޔަދުގެ ކޮޓަރިއަށް ވަނެވެ. ޝަނުމް ދުރުގައި އެމަންޒަރު ބަލަން ހުއްޓެވެ. ދޮންބެއަށްޓަކައި އެހިތް ވަނީ މުޅިން ސާފުވެފައެވެ. ޒާއިރާ ވަދެ ސައިޑްކަބަޑް މަތީގައި ކާއެއްޗެހި ތަށި ބެހެއްޓީ އައްޔަދު ފާހާނާ އިން ނިކުންނަންދެކަށެވެ. އެނދުގައި ޒާއިރާ އިށީންތަނާ އައްޔަދު ނިކުތެވެ.

“އާދޭ ކާން. ޒާއްތަ ހިތަށް އަރާ ކުރިން ފެނުނު އަޔާ ފެންނާނީ ކޮންއިރަކުންބާއޭ” ޒާއިރާ ކާއެއްޗެހި ތައްޓަށް ސަމުސާ ލަމުން ބުނެލިއެވެ.

“ނުކާނަން. ނުވޭ ބަނޑުހައެއް” އަބަދުވެސް އައްޔަދު ދޭ ޖަވާބު މިފަހަރު ވެސް ދިނެވެ.

“އުނހު… މެންދުރު ކެއުން ވެސް ހަވީރު ސައި ވެސް އަޔާ އިންކާރުކުރީމަ އަޅާނުލާ ދިޔައީ. މިފަހަރު ވާނީ ކާން. އެއްވެސް ބަހަނާއެއް ނޯންނާނެ. އާދޭ…” ޒާއިރާ ދުލެއް ނުކުރިއެވެ.

“ނުވޭ ކާހިތެއް. ބަނޑު ފުރިފަ ހުންނަނީ” އައްޔަދު ބުނެލިއެވެ. ޒާއިރާ ކާއެއްޗެހިތަށި ދުރުގައި ބަހައްޓަމުން ވަރަށް ފުން ނަޒަރަކުން ކައިރީގައި އިން އައްޔަދުގެ މޫނަށް ބަލާލިއެވެ.

” އެތައް ފަހަރަކު ތައުބާ ވެފައި ވިޔަސް ތިހިތުން ނުތަނަވަސްކަން ނުފިލާނަމަ އެއީ ފުރިހަމަ ތައުބާ އަކުން ތައުބާ ނުވެވޭ ކަމުގެ ނިޝާނެއް. އެހެންވީމާ އަދިވެސް މަސައްކަތްކުރޭ… ޒާއްތަ ދެރަވޭ އަޔާ ތިއުޅޭ ގޮތް ފެނިފަ…..” ޒާއިރާ ލޯތްބާއެކު އައްޔަދުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ވިސްނުނީ މާފަހުން” އައްޔަދުގެ ދެލޮލުން ކަރުނަ ނުފޭބިއެއް ކަމަކު އަޑުގައި އެކުލެވިގެން ވަނީ އިންތިހާ ދަރަޖައިގެ ހިތާމައެވެ.

“ޒާއްތަ ނަޞޭޙަތެއް ދީފިއްޔާ އަޑުއަހާނަންތަ؟” ޒާއިރާ އަހާލިއެވެ. އައްޔަދު މަޑުމަޑުން ބޯޖަހާލިއެވެ.

“ޒާއްތަގެ ހިތެއް ނުބުނޭ އަޔާ ދެން ނުބައި ގޮތަކަށް އުޅެފާނޭ.. އެކަމަކު ތިން ވަނަ ފަހަރަށް ވެސް އެފަދަ ދެވަނަ ޖަނާނެއް ދަރިފުޅުގެ ހަޔާތަށް ވިހަގަދަ ހަރުފައެއްހެން ވިހަ ލާން އައިސްދާނެ ކަމަށްޓަކައި ޒާއްތަ މި ނަޞޭޙަތްދޭން ބޭނުންވަނީ. މިވާހަކަ ދައްކަން ތަންކޮޅެއް ލަސްވެސްވެއްޖެ ކަންނޭނގެ. ކުރިން ނުދެއްކީ ޒާއްތައަށް އަޔާ އަށް ކުރެވުނު ވަރުގަދަ އިތުބާރެއްގެ ސަބަބުން…. އެކަމަކު މިފަހަރު އެހެނެއްނުވާނެ އިރާދަކުރެއްވިއްޔާ……އަޑުއަހާ…..

މިބަސްތައް ދަރިފުޅު ކަނުލާ އަޑު އަހައިފިނަމަ މި ބަސްތައް ދަރިފުޅަށް އެއްވެސް އުނދަގުލަކާއި ނުލާ ވިސްނޭނެ. އަދި ވާހަކަދައްކަންވީ ރަނގަޅު ގޮތް ވެސް ވިސްނޭނެ. ވަގު ފިރިން ގެންގުޅޭ އަންހެނާގެ ތުންފަތަކީ މާމުއިފަދަ ފޮނި އަދި ޒައިތޫނި ތެޔޮ ފަދަ އޮމާން އެއްޗެއް. އެކަމަކު ފަހު ވަގުތު އޭގެއިން ލިބޭނީ ހިތި ޒަހަރު. އެކަހަލަ އަންހެނުންގެ ފައިތިލަ ވަނީ މަރާ ދިމާލުގަ. އޭނާ ފިޔަވަޅު އަޅާނީ ކަށްވަޅާ ދިމާލަށް. އެފަދަ އަންހެނުންގެ ދިރިހުރުމުގެ މަގުން އޭނާ ވަނީ އެއްކިބާ ވެފަ. އެފަދަ ދަނޑިވަޅު ތަކުގައި އޭނާ އަކަށް ހެޔޮ މަގެއް ނޭނގޭނެ. ދަރިފުޅާ!!! މިއަދުގެ މިވަގުތުން ފެށިގެން ޒާއްތަ މިބުނާ އެއްޗެއް އަޑުއަހާ އެކަމާއި މެދު ރަނގަޅަށް ވިސްނާ ފިކުރުކުރޭ……މިވަގުތު ތި ދެކުދިންގެ ވެސް މަންމަ އަކީ ވެސް އަދި ބައްޕައަކީ ވެސް ޒާއްތަ. ދުވަހަކު ވެސް ތިދެކުދިންނަށް ޒާއްތަ ނުބައި ނަޞޭހަތެއް ނުދޭނަން” އައްޔަދުގެ ކަންފަތުގެ ކުޑަ ފޫޅުގައި ހިފާފައި ޒާއިރާ ކިޔަމުން ދިޔައެވެ.

“އެފަދަ ނުބައި އަންހެނުންނާއި ދުރުހެލިވޭ. އޭނާ އުޅޭ ތަނެއް ވެސް އުޅޭ ގެއެއްގެ ދޮރު މައްޗަށް ވެސް ނާރާވޭތޯ ބަލާ. އެކަހަލަ ތަނަކަށް ދަރިފުޅު ގޮސް އުޅޭނަމަ ދަރިފުޅުގެ އަގު ވެއްޓޭނީ. ކޮންމެވެސް ރަހްމެއްނެތް ބައެއްގެ އަތް ދަށުވެ ދަރިފުޅުގެ މުޅި ހަޔާތް ބަރުބާދުވެ ހިނގައިދާނެ. އެންމެފަހުން ދަރިފުޅު ބަލިކަށިވެ އަނަރޫފަވެ ބަލި އެނދުގައި އޮންނަން ޖެހިދާނެ. އެދުވަހަކު ހަމަ ގައިމުން ވެސް ދަރިފުޅު ބުނާނެ ކުޑަ ދުވަހު މަންމަ އާއި ބައްޕަ ދިން ތަރުބިއްޔަތަށް ނަފްރަތު ނުކުރެވުނު ނަމައޭ… ދަރިފުޅުދެކެ ތެދުވެރި ވަފާތެރި ލޯތްބެއްވި އަނބިމީހާގެ ދިން ނަޞޭޙަތާއި ދެއްވި އިސްލާހު ބަލައިގަނެވުނު ނަމައޭ. އެކަމަކު އޭރު އޮންނާނީ ވަގުތުފާއިތުވެ މީހުންގެ ކުރިމަތީގަ އަދި ތިމާގެ އަމިއްލަ ނަފްސުގެ ކުރިމަތީގައި ތިމާގެ އަގުވެއްޓި އިނދަޖެހިފަ” ޒާއިރާގެ މޫނަށް އައްޔަދު ބަލަން އިން ގޮތުން އެވާހަކަތަކާއި އޭނާ ވަރަށް ގަޔާވެފައި އިން ކަން ޒާއިރާ އަށް އެނގުނެވެ. އެ ދެލޯ ވެސް އެކަމަށް ހެކި ދެއެވެ. އައްޔަދުގެ އެއްބާރުލުން ލިބެމުންދާތީ ޒާއިރާ ނަޞޭޙަތާއިގެން ކުރިއަށް ދިޔައެވެ.

“އަބަދުވެސް ހަނދާންކުރައްޗެ. ފެންބޯން ވާނީ އަމިއްލަގޭ ވަޅުން. ހުރިހާ ލޯތްބެއް ދޭންވާނީ އަމިއްލަ އަނބިމީހާ އަށް. ދިމާވި ކޮންމެ އަންހެނަކު ފެންބޯ އާރެއްގެ ގޮތުގައި ވެގަތުން އެއީ ގޯހެއް. ތިމާގެ ފެން އާރުން ފެން ދޭންވާނީ ތިމާގެ ހަލާލު އަނބިމީހާ އަށް. ހިލޭ އަންހެނަކަށް ނޫން. އަނގައިގާ ދަތް ހުރި ދުވަހު ތިމާ އަށް ދެއްވި ހެޔޮލަފާ ރިވެތި އަނބިމީހާގެ ފަރާތުން އުފަލާއި އަރާމު ހާސިލުކުރޭ. ގެއްލިގެން އެދިޔައީ ބަނިޔާދަން ރީތި އަންހެންކުއްޖެއް. ފިރިމީހާ އަށް ބޭވަފާތެރިވި އަންހެނަކާއި ހެދިގެން މޮޔަނުވޭ. އެހެނީ މާތްރަސްކަލާނގެ އަހަރެމެން ކުރާ ކަންތައްތައް ބައްލަވާ ވޮޑިގެންވޭ. ފާހިޝް ނުބައި މީހުންގެ ފާފަތަކަކީ ދަންތުރައެއް. އޭގައި ބެދޭނީވެސް ހަމަ އެމީހުން. އެމީހުން މަރުވެ އެދަނީ އެމީހުންގެ މޮޔަކަމާއި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވުނު ކަމުގެ ސަބަބުން. ޒާއްތަ އުއްމީދު ކުރަން އެފަދަ އަންހެނެއްގެ އަވައިގާ ދެން ދަރިފުޅު ނުޖެހޭނެކަމަށް….” އިސްޖަހާލައިގެން އިން އައްޔަދުގެ ދެލޮލުގެ ކަރުނަ ވަޅަށް ޖަމާވަމުން ދިޔަ ކަރުނަތަކަށް ބާރުބޮޑުވެ ކަރުނަ ތިއްކަކަށްފަހު ތިއްކެއް ރޭސްޖަހަމުން ތިރިއަށް ދަތުރު ކުރަމުން ދިޔައެވެ. މައެއްގެެ ފަރާތުން ދަރިއަކަށް ލިބޭނެ އެންމެ އަގުހުރި ހަދިޔާ ޒާއިރާގެ ފަރާތުން މިރޭ އައްޔަދަށް ލިބިއްޖެއެވެ. އެ ނަޞޭޙަތުން އައްޔަދަށް ލިބުނު އިބްރަތް ވަރަށް ވެސް ސާފެވެ. މިއަދު ފުރަތަމަ ފަހަރަށް އޭނާ އަށް ކުރެވުނު ފާފަތަކުގެ ބޮޑުމިން އަންދާޒާ ކޮށްލެވިއްޖެއެވެ.

“ޒާއްތަ ކުރިން ތި ނަޞޭޙަތް ނުދިނީ ކީއްވެ؟ އޭރުން ފަހަރެއްގައި އަހަރެންގެ ދިރިއުޅުން ގެއްލި ހަލާކުވެ ނުދަނީސް ސަލާމަތްކުރެވުނީސް” އައްޔަދު ދެލޯ ފޮހެލަމުން ބުނެލިއެވެ.

“ދެރަނުވޭ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫން. އެކަންތައްތައް މާޒީ އަށް ދޫކޮށްލާފައި މުސްތަގުބަލަށް ވިސްނައިގެން ކުރިއަށް ދިޔައިމަ ރަނގަޅުވާނެ. ދުނިޔޭގައި އަދިވެސް ރިމީ ފަދަ ރަނގަޅު ކިތަންމެ އަންހެންކުދިންނެއް ތިބޭނެ. އެކަހަލަ އަންހެންކުދިން ތިގޮތަށް ކޮޓަރީގައި ބަންދުވެގެން އިނީމަ ނުފެންނާނެ….” ރިމީޝާގެ ނަން އިވުނު ހިނދު އައްޔަދަށް ދެލޯމަރާލެވުނެވެ. ހިތުގައި ކުރެހިގެން ދިޔަ ރިމީޝާގެ ތަސްވީރުން އައްޔަދުގެ ހިތަށް އިތުރަށް ތަދުވުން ނޫން ކަމެއް ނުވެއެވެ. ކޮންފަދަ މާތް އަންހެންކުއްޖެއް ހެއްޔެވެ؟ މިގެއިން އެދިޔައީ ކިހާ އަނިޔާއަކަށް ކެތްކޮށްފައި ހެއްޔެވެ؟ ރިމީޝާ ބޭނުންމަ އައްޔަދާއި ދެކޮޅަށް މައްސަލަ ވެސް ފުލުހުންނަށް ހުށަހެޅުނީހެވެ. ނަމަވެސް އެންމެފަހު ވަގުތާއި ހަމައަށް ވެސް ނަޞޭޙަތުން އައްޔަދުގެ ދިރިއުޅުން ބަދަލުކުރަން ކިހާ މަސައްކަތެއް ކުރި ހެއްޔެވެ؟ ހިތަށް އަރާ ފައިބަމުން ދިޔަ އެއްޗެހިން އައްޔަދުގެ އަޑު ފަޅައިގެން ދިޔައެވެ. ކަކުލުގައި ބޯއަޅާލައިގެން ރޯން އިން އައްޔަދުގެ އަޑުން ޒާއިރާގެ ދެލޯ ވެސް ފެންކަޅި ކުރުވަމުން ދިޔައެވެ.

***************************************

ފަތިސް ނަމާދު ކޮށްލައިގެން ނަމާދު ބުރުގާ ކޮނޑެއްގައި އަޅުވާފައި ރިމީޝާ ޖެހިލީ އެނދުގައި ނިދާފައި އޮތް މިޝްކުގެ ގާތަށެވެ. މިޝްކުގެ ބޮލުގައި ފިރުމާލުމަށްފަހު ހެޑްބޯޑުގައި ލެގިލައިގެން އިށީނީ ފޯނު ބަލައިގެން ހެނދުނުގެ ޒިކުރުތައް ކިޔާލުމަށެވެ. ރިމީޝާ ކޮޓަރިން ނިކުތީ ގަޑިން ފަސްގަޑި ބައިވެ ބޮޑުވި ފަހުންނެވެ. ބަދިގެއަށް ވަދެ ކަޅު ސައިތައްޓެއް ހަދައިގެން ރިމީޝާ މޭޒު ކައިރީގައި އިށީނެވެ. އެއްޗެއް ހަނދާންވެގެން ކާމޭޒު ކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު އޭގެއަށް އަރާ ކަބަޑް މަތީގައި ހުރި ދަޅަކުން ދެތިންކިބަ ފާރޮށި ނަގާ ތައްޓަކަށް ލިއެވެ. ރިމީޝާ އެންމެ ކުޑަ އިރުގައި ވެސް ފާރޮށްޓަކީ އޭނާ އަށް އެންމެ މީރު އެކައްޗެވެ. ގޭ އެއްވެސް މީހަކު ބޭރަށް ނުނިކުންނާތީ ތަނަށް ވެރިވެފައިވި ހަމަހިމޭންކަމުގެ ފައިދާ ފުރިހަމަ ގޮތުގައި ނަގަމުން ރިމީޝާ ދިޔައެވެ.

ކުއްލިއަކަށް ބަދިގޭ ދޮރުމައްޗަށް އެރި ޝިނާން ފެނުމުން ރިމީޝާ ސިހުނެވެ. އެގަޑީގައި ފެނިދާނެކަމަށް އުއްމީދު ނުކޮށް ހުއްޓާ ޝިނާން ފެނުމުން ރިމީޝާ ހިނިތުންވެލިއެވެ. ޝިނާނަށް ހިނދުކޮޅަކު ރިމީޝާގެ މޫނަށް ބަލަން ހުއްޓިފަ ހުރެވުނެވެ. އަތްދިގު ރަތްކުލައިގެ ޓީޝާޓްގައި ރިމީޝާ ފެންނަ ގޮތް ބަލާލަން ކިތަންމެހާ ވެސް ހިތްގައިމެވެ. ހެނދުނަށް ފޮޅިފައިވާ ތާޒާ ރަތް ފިނިފެންމަލެއް ފަދައެވެ. މޫނުމަތީގެ ތާޒާކަން ޝިނާން މޮޔަކޮށްލިފަދައެވެ. ސައި ބުއި ތަށި ހިފައިގެން ރިމީޝާ ޒިންކު ކައިރިއަށް ޖެހިލިމުން ޝިނާން ރިމީޝާއަށް ފަހަތުން ބަލާލިއެވެ. ހެނދުނުގެ މިފަދަ ވަގުތުގައި ވެސް ކޮޓަރިން ބޭރަށް ރިމީޝާ ނިކުމެހުރީ ފަޔަށް އިސްޓާކީނު މަހައިގެންނެވެ. ޝިނާންގެ ހިތް ރިމީޝާއަށްޓަކައި ތާރީފުން ފުރުނެވެ.

“ކޮފީ ގެންނަންވީ” ގޮނޑި ދުރުކޮށްލާފައި އިށިން ޝިނާން ފެނުމުން ރިމީޝާ ބުނެލިއެވެ. ކުރިއެކޭ އެއްގޮތަށް އެެމެދުގައި އޮތް ރަހްމަތްތެރިކަން މަޑުމަޑުން ބަދަހި ވަމުން އާދެއެވެ.

“އަބަދުވެސް އެންމެ މީރީ ރިމީ ހަދާފައި ދޭ ކޮފީ. އެކަމަކު ބޯހިތެއްނުވާނެ އެކަނި މިތާ އިނދެ” ޝިނާން ދުރުން ދުރުން ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭނާ އެހެން ބުނީ ރިމީޝާ އެތަނުގައި މަޑުކުރޭތޯއެވެ.

“މަޑުކޮށްލާނަން ޝިނާން ނިމެންދެން” ރިމީޝާ ބުނެލިއެވެ. ޝިނާން ހިނިތުންވެލުމުން ރިމީޝާ ކޮފީ ހެދުމައިގެން އުޅެން ފެށިއެވެ. ކޮޓަރިން ނިކުތް އަލްވީރާ އާއި ނަޒީމް ފެނުމުން ޝިނާން ހީލިއެވެ.

“ކޮފީ ބޮނީތަ؟” އަލްވީރާ ބުނެލިއެވެ. އާންމުކޮށް ނަޒީމް މަހަށް ފުރާ ވަގުތަކީ ފަތިހުގެ ވަގުތެވެ. ނަޒީމް ދޯންޏާއި ދިމާލަށް ނައްޓާލުމުން އަލްވީރާ ގެއަށް ދަނީ ރަށު އަތިރިމަތީގައި ކޮންމެވެސް ވަރަކަށް ހިނގާލާފައެވެ. ނަޒީމް އާއި އަލްވީރާ އަކީ ވަރަށް ސިއްހަތަށް ބަލައިގެން އުޅޭ ދެމަފިރިންނެވެ.

“އަލްވީރައްތަ މޯނިންގްވޯކަށް  ދޯ އެ ނައްޓާލީ” ފެން ހޫނުކުރާ ޖަގު ކައިރީގައި ހުރި ރިމީޝާއަށް ބަލާލަމުން ޝިނާން ބުނެލިއެވެ.

“ހޫމް… މަންމަ އެއީ ގަދަ ކުއްޖެކޭ.. މިހާރު ވެސް ހުރީ އެންމެ ސާޅީސް ހަ ކިލޯ. މަށާ އެއްވަރު” ހީލާފައި ރިމީޝާ ޝިނާން ދެއްކި ވާހަކައިގާ ބައިވެރިވެލިއެވެ.

“ރިމީ ކައިރީގައި ވާހަކައެއް ބުނަން އުޅޭތާ ހާދަ އިރެއްވެއްޖޭ” ރިމީޝާ ބެހެއްޓި ކޮފީތަށި ކައިރިއަށް ކުޑަކޮށް ދަމާލަމުން ޝިނާން ބުނެލިއެވެ.  ރިމީޝާ އިށީނދެލިއެވެ. ޝިނާން ކުރިމައްޗަށް އިން ގޮނޑީގައި ނީންނަން ވެގެން ރިމީޝާ އިށީނީ އަރިމަތީގައި އިން ގޮނޑީގައެވެ.

“ރިމީ ބޭނުމީ މިޝްކު މިކޮޅުގައި ބަހައްޓަންތަ؟ ރިމީ ބޭނުމިއްޔާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. މިހެން މިބުނީ އަހަރެން ޗުއްޓީ ހަމަވަނީ. ކޮންމެހެން ވެސް ދާންޖެހޭނެ” ޝިނާން ބުނެލިއެވެ. ރިމީޝާ ވިސްނާލިއެވެ. މިޝްކު ގޮސް ހުންނަން ޖެހޭނީ ނޯޔާ އާއި އެއްގޭގައެވެ. އޭރުން ނޯޔާ ވަރަށް ފޮނި ވާނެއެވެ. ނުވިތާކަށް މިޝްކު ލައްވާ މަންމަ ކިޔުއްވާފާނެއެވެ.

“ނޫން… މިޝްކު ނުކިޔާނެ ނޯޔާ އަށް މަންމައެއް” ހިޔާލަކަށް ގެއްލިފައި އިނދެ ރިމީޝާ ބުނެލިއެވެ. ޝިނާން އަށް ސިހުމެއް ލިބުނެވެ. ދެވަނަ ސިކުންތުގައި ޝިނާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

“ފީލިންގް ޖެލަސް” ރިމީޝާ ދެލޯބޮޑުކޮށް ޝިނާން އަށް ބަލާލިއެވެ. ޝިނާން އަވަސް އަވަހަށް ކޮފީތަށީގައި އަނގަ ޖައްސާލިއެވެ.

“ހެޔޮ ތިހެން ބުންޏަސް. މިޝްކު އެއީ މަގޭ ދަރިއެކޭ މިބުނީނު. މަގޭ ދަރިއެއް މަންމަ ކިޔާނީ މަށަށް” ރިމީޝާ ގަދަވެލިއެވެ.

“އެހެންވީމަ ރިމީ ވެސް ދާނަން ދޯ މާލެ” ޝިނާން އަހާލިއެވެ.

“މަށެއް ނުދާނަން ނޯޔާ އާއި އެއްގެއެއްގަ އުޅޭކަށް” ރިމީޝާ އަވަސް އަވަހަށް ބުނެލިއެވެ.

“ދެއަންބަށް އިނދެގެންވެސް” މިފަހަރު ވެސް ޝިނާން ސަމާސާ ކޮށްލިއެވެ.

‘ވަޓް؟” ރިމީޝާ ހަށިގަނޑު ސީދާކޮށް އަޑަށް ބާރުލާ ބުނެލިއެވެ.

“ސޮރީ… މަޖާކޮށްލީ… މިބުނީ ރިމީ ބޭނުމިއްޔާ އެހެން ފްލޯރއެއްގައި ވެސް ހުރެވިދާނެއްނު. މަތީބައި ހުސްވެފަ ހުރީ މަ އައިރުގަ” ޝިނާން އަވަސް އަވަހަށް ބުނެލިއެވެ.

“ނުދާނަން. އައްޔަދާއި ވާތަނެއްގައި މަށެއް ނުހުންނާނަން. އޭނާގެ މޫނު ފެންނަ ހިސާބަށްވެސް ދާކަށް ބޭނުމެއް ނޫން” ރިމީޝާ ރުޅި އާއި ހިތާމަ އެކުލެވޭ ރާގެއްގައި ބުނެލިއެވެ.

“އެހެންވިއްޔާ ރިމީ އަށް ހުރެވޭނެ އަބަދުވެސް ރިމީ ހުންނަ ބައިގަ. ރިމީގެ އަމިއްލަ ކޮޓަރީގަ. އަމިއްލަ މިނިވަންކަމާއެކު” ޝިނާން ބުނެލިއެވެ. ރިމީޝާ ޝިނާން އަށް ބަލާލިއެވެ.

“މިބުނީނު ނޯޔާ އާއި އެއްތަނަކަށް މަނުދާނަން” ރިމީޝާ ބުނެލިއެވެ.

“އެހެންވީމަ ރިމީ މިކޮޅުގަ މަޑުކުރޭ މިޝްކު ގޮވައިގެން. ތިދެމީހުން ދެކިލަން މަހަކު އެއްފަހަރު އާދެވޭތޯ ބަލާނަން… މިބުނީ މިޝްކު ދެކިލަން” ޝިނާން އޭނާ އަށް އޮޅުމަކުން ބުނެވުުނު ޖުލްމަ ރަނގަޅުކޮށްލިއެވެ.

“މިޝްކު އަކީ ބަލިކުއްޖެއް. ގަވައިދުން ޑޮކްޓަރަށް ދައްކަންޖެހޭ ކުއްޖެއް. ޗުއްޓީއެއްގަ ދެތިން ދުވަހު މިތަނުގައި ހުއްޓަސް ކިހިނެއް ދިރިއުޅުން އެއްކޮށް ބަދަލުކުރާނީ” ރިމީޝާ ބުނެލިއެވެ. ރިމީޝާ އަށް ރަނގަޅު އެއްގޮތެއް ވެސް ނެތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

މަންޒިލް 2

Next

ކެތްކުރާނަން އުއްމީދުގައި 6

Next
April 15, 2018

ކެތްކުރާނަން އުއްމީދުގައި 6

Previews
April 15, 2018

މަންޒިލް 2

22 Comments!

  1. rishy says:
    April 15, 2018 at 1:48 pm

    me first

  2. snow says:
    April 15, 2018 at 1:49 pm

    Varah loobi ❤❤

  3. Ushaali says:
    April 15, 2018 at 2:45 pm

    salaam all 🙂 mi bai ves huriha kudhinnah kamudhaane kamah heekuran 🙂
    19 vana bai maadhama ushaaly ah genes nudheveyne. maadhama aky varah bizi dhuvaheh…. varah bodah sorry 🙂 heevaa gothun tuesday night ga 19 vana bai genesdheynan. 🙂 insha allah

  4. Chim says:
    April 15, 2018 at 2:47 pm

    V salhi..v reethivaane dhen shinaan aa rimysha gulhuvyma..

  5. lotus says:
    April 15, 2018 at 2:50 pm

    v nice… alhey.. haadha dhera ey… for the first time i feel sorry for ayaa.. kurin i hated him but nw feelin sorry.. bunee heevx nukuraa gotha kashey dhen story badhalu vaanee… e anekka kihinebaa… rimee n shinan getin togther? Rimee n ayaa? Rimee wil remain singl? Or rimee ehen meehaka?.. Dhen vaanee kihineba? Waitin waitin???

  6. ss says:
    April 15, 2018 at 2:52 pm

    varah reethi. rimee aai shinaan gulhuvaa. noya aa neennakah angabala

  7. Mihoo says:
    April 15, 2018 at 3:19 pm

    Haadhakurey kiyaahithun indha animunee adhi mirey eh paat genes dhevidhaanetha?
    Aslu bipart v luru ✳✳✳✳✳

  8. Ina says:
    April 15, 2018 at 5:01 pm

    Varah reethi mee ushaaliy he ehme reethi story.. vv interested pls story ga dhen ayaa aai rimy nugulhuvaathi dhen rimy loabivaan jeheynee Shinaan dheke eyrun story interest vaanee

  9. Safara kahdha ? says:
    April 15, 2018 at 6:46 pm

    Rimy and ayaa gulhijeya Mi Story eh nukiyaanan, rimy libenjeheyny shinaan ah.

  10. Xxxx says:
    April 15, 2018 at 8:35 pm

    Rimee ayaa kairiah gossiyya rimee aa rulhi vaanee.. Hehe. He don’t deserve her. ?story v. Nice

  11. Unknown guy says:
    April 16, 2018 at 5:23 am

    Shinaan ah Rimee hama haggu. Ayaa doesn’t deserve her
    Anyway v v v v reethi mi part ves. Keep it up ?. Waiting for next part

  12. abo says:
    April 16, 2018 at 12:49 pm

    vrah salhi

  13. someOne says:
    April 16, 2018 at 4:00 pm

    Adhi mi hunnany 19 wana bayah inthixaaru kuran. Dhen noolhen. Warah dhera wejje..

  14. Manadhoo Beauty says:
    April 17, 2018 at 9:35 am

    Nuidhe hiley firihenunnaa eky eh eyegga ulhunaky rimyshaa ge aadha. Evattharah thelhen vegen shinan aa eky dhaan vegen e uzuru dhakkany. Ma haadha foosseh vaa anhenaa gandekey ei

  15. Anonymous says:
    April 17, 2018 at 10:49 am

    Vaahaka varah Reethi
    Dhen shinan aa gulhuvaa

  16. Marshmallow says:
    April 17, 2018 at 10:53 am

    Adhives shinan aa rimee marry kuri gotheh divorce Vee Keeve kameh neyge

    1. melow says:
      April 17, 2018 at 4:56 pm

      ya..waiting to knw many secrets like tht…

  17. melow says:
    April 17, 2018 at 4:56 pm

    ya..waiting to knw many secrets like tht…

  18. އަފެން says:
    April 17, 2018 at 9:16 pm

    kobaitha aneh part

  19. Yaasa limsa says:
    April 17, 2018 at 10:34 pm

    Kobaa story haadha inthizaarekey thikuruvany 19 vana bayah ?

  20. Maash says:
    April 17, 2018 at 11:02 pm

    Kobaatha 19th vana part

  21. Beauty says:
    April 17, 2018 at 11:35 pm

    Koba next part
    Waiting

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ…..19←


All Right Reserved!