Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ…..19

Ushaali Level 810 Stories100 Comments100 Stories500 Comments
April 18, 2018 8 Mins Read
32 Comments

“މިޝްކު އަކީ ބަލިކުއްޖެއް. ގަވައިދުން ޑޮކްޓަރަށް ދައްކަންޖެހޭ ކުއްޖެއް. ޗުއްޓީއެއްގަ ދެތިން ދުވަހު މިތަނުގައި ހުއްޓަސް ކިހިނެއް ދިރިއުޅުން އެއްކޮށް ބަދަލުކުރާނީ” ރިމީޝާ ބުނެލިއެވެ. ރިމީޝާ އަށް ރަނގަޅު އެއްގޮތެއް ވެސް ނެތެވެ.

 

 

“ރަނގަޅު އެއްގޮތެއްވެސް ނެތެއްނު. އެހެންވީމަ ރިމީ ހުރޭ މިތަނުގަ. މިޝްކު ފޮނުވާލާނީ މަންމަ ކައިރިއަށް” ޝިނާން ބުނެލިއެވެ. ރިމީޝާއަށް ހުއްޓުމެއް އައެވެ. ގަބޫލުނުކުރެވިފައި ޝިނާންގެ މޫނަށް ބަލަން އިނެވެ. ކުއްލިއަކަށް ދެލޯ ކުރިމަތީގައި ރޯލްވަމުން ދިޔައީ މިޝްކު އޭނާ އާއި ވަކިކޮށްލައިގެން ގެންދިޔަ ދުވަހުގެ މަންޒަރުތަކެވެ. އެދުވަހު އެއީ އޭނާގެ މަސްގަނޑު ބާއްވާފައި ހިތް އުފުރާލައިގެން ގެންދިޔަ ކަހަލަ އިހުސާސެއް ކުރުވި ދުވަހެކެވެ. އެފަދަ ދުވަހެއް ދެން އޭނާގެ ލޯމަތީގައި ތަކުރާރު ވާކަށް ރިމީޝާ ބޭނުމެއް ނުވެއެވެ. ބަހެއް ވެސް ނުބުނެ ރިމީޝާ އިންތަނުން ފުންމައިގެން ތެދުވިއެވެ. ޝިނާން ދެފަހަރަކަށް ގޮވާލުމުން ވެސް ރިމީޝާ އިވޭ ކަންފަތަށް ނީވޭ ކަމަށް ހަދައިގެން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

 

************************************

ރޭގަނޑު ދިހައެއް ޖެހި ވަގުތެވެ. އަނެއް ދުވަހު އޮންނަ ޓެސްޓަށް ތައްޔާރުވުމަށް ކޮޓަރި ތެރޭގައި އިން ޝަނުމް މޭޒު ކައިރީގައި އިނީ ގަނޑުތަކެއް އަތަށް ލައިގެންނެވެ. އަނގައަށް ގަލަމުގެ އެއްބައި ލައިގެން އިން އިރު ދެފައި ވަނީ ކިޔަވާ މޭޒުމައްޗަށް އަރުވާލާފައެވެ. އިރުކޮޅަކާއި އަނގައިގެ ތެރޭގައި އޮތް ގަލަމުން ގަނޑުގައި ކޮންމެސް އެއްޗެއް ލިޔެލައެވެ.

ހަނދާންނެތި ދޮރު ލޮކް ނުކޮށް އިން ޝަނުމް ކުއްލިއަކަށް ސިހުނީ ދާދި ކައިރިން މީހެއްގެ ހިލަން ވުމުންނެވެ. އޭރު ޝަނުމް އަށް ބަލަހައްޓައިގެން ދާދި ކައިރީގައި އައްޔަދު ހުއްޓެވެ. ޝަނުމް އަށް ބަލަހައްޓައިގެން ހުރީ އެބެލުމުން އަނެކާގެ ހިތް ފަޅައިގެންދާ ކަހަލަ ހިތާމަވެރި ބެލުމަކުންނެވެ. ޝަނުމް އަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. އައްޔަދު ކޮންމެސް އެއްޗެއް ބުނަން އުޅޭހެން އޭނާ އަށް ހީވާތީއެވެ.

“ދޮންބޭ” ޝަނުމް އަށް އަނގަމަތީގައި އަތް އަޅާލެވުނީ އައްޔަދު ޝަނުމްގެ ފައި ދަށަށް ތިރިވެވުމުންނެވެ.

“ނޫން ދޮންބޭ ނޫން……” ޝަނުމް ދުރަށް ޖެހިލަމުން ބުނެލިއެވެ. އައްޔަދު ތެދުވެެ ޝަނުމް އަށް ބަލާލިއިރު އެދެލޯ ވަނީ ކަރުނުން ފުރިފައެވެ. ރޮވިދާނެތީ އައްޔަދު ހުރީ ހިތުގައި ރައްކާކޮށްގެން އައި ހުރިހާ ވާހަކަތަކެއް ހިފަހައްޓާލައިގެންނެވެ.

“ދޮންބޭ ޝައްނުއަށް މާފްކުރޭ… ދޮންބެއާއި ދޭތެރޭގައި ޝައްނު އަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން…. ސޮރީ” އައްޔަދު ނުވިސްނާ ހުއްޓާ މިފަހަރު އައްޔަދުގެ ފައިބުޑަށް ތިރިވީ ޝަނުމް އެވެ. އައްޔަދު އަވަސް އަވަހަށް ޝަނުމްގެ ދެކޮނޑުގައި ހިފާ ނެގިއެވެ.

“ކުށްކުރީ ދޮންބެ. ދެން ކީއްވެ ޝައްނު މާފަށް ތިއެދެނީ” ޝަނުމް ގަޔާ ކައިރިކޮށްލަމުން އައްޔަދު ބުނެލިއެވެ.

“ނޫން… ޝައްނު ވެސް ކުށް ކުރިން. ޝައްނު އަށް ދޮންބެއާއި މެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން” ޝަނުމް ބުނެލިއެވެ.

“ދެން އެވާހަކަަ ނުދައްކާ. މީ މިހާރު ކުރީގެ ދޮންބެއެއް ނޫން. ހިތްތަށް ބަދަލުކުރުމަށް ކުޅަދުންވަންތަ ރަސްކަލާނގެ ދޮންބެގެ ހިތް ބަދަލުކުރައްވައިފި. ދޮންބެ ބޭނުމީ އުފާވެރި ދިރިއުޅުމެއް ފަށަން. ދޮންބެގެ ދަރިފުޅަށް އޯގާތެރި މަޔަކު ހޯދަން. އެދަރިފުޅަށް އުފާވެރި މުސްތަގުބަލެއް ހޯދަދެން” އައްޔަދު ޝަނުމް ގޮވައިގެންގޮސް އެނދުގައި އިށީންނަމުން ބުނެލިއެވެ.

“ދޮންބޭ…” ގަބޫލު ނުކުރެވިފައި ޝަނުމް އަށް އައްޔަދުގެ މޫނަށް ބަލާލެވުނެވެ.

“އާނ… ތި އިވުނީ ހަމަ ރަނގަޅަށް. ކޮބާ ރިމީ؟ ރަށުގަތަ ވީ؟ ދޮންބެ ބޭނުން ރިމީ ކައިރިއަށް ދާން… ޝައްނު ދޮންބެއަށް އެހީވާނަންތަ؟” އައްޔަދު ޝަނުމްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. މިފަހަރު އައްޔަދުގެ މޫނުން ޝަނުމް އަށް ފެނިގެން ދިޔައީ ޔަގީންކަމެވެ.

“ވަރަށް ރުއި. ވަރަށް އަނިޔާވެފައި ހުރީ. ބުނި ދުވަހަކުވެސް ދޮންބެއަށް މާފެއްނެތޭ. މިހާރު ރަށުގަވީ” ޝަނުމް އިސްޖަހާލަމުން ބުނެލިއެވެ. އައްޔަދު ދެލޯ ފުރުނެވެ. ހިތުގައި އުފެދުނު ޝަކުވާތައް އޮށްބާލަމުން ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވިއެވެ.

“ދޮންބެ ކިތަންމެ ބޭނުންވިޔަސް އެއީ ނާންނަ ދުވަސްތަކެއްގެ ގޮތުގައި ނެހެދޭނެ. އެކަަމަކު އެދުވަސްތަކުގައި ދޮންބެގެ ފަރާތުން ރިމީ އަށް ލިބުނު ހިތާމައާއި ވޭންތައް ހިތުން ފިލައިގެން ދާވަރަށް ލޯބި ދެވިދާނެ” އައްޔަދު ދުރަށް ބަލާލަމުން ބުނެލިއެވެ.

“ޝައްނު ވަރަށް ބޭނުން ދޮންބެ އާއި ދޮންބެދައްތަ ވަރަށް ލޯބިން އެކީގައި އުޅޭތަން ބަލަން. އެކަމަކު ތިކަމުގައި މިފަހަރު ޝައްނު އަށް ނެތް އެހީއެއް ވެވޭކަށް. ދޮންބެ އަމިއްލަ އަށް ތިކަމުގައި އުޅެން ބޭނުމީ” ޝަނުމް ހީލާފައި ބުނެލިއެވެ.

“ޝައްނު ތިބުނީ ރަނގަޅަށް. މީ ދޮންބެ ހޭވި ހަޑިއެއް. އެ ހަޑި ސާފުކުރާނީ ވެސް ދޮންބެ އަމިއްލަ އަށް” އައްޔަދު ބުނެލިއެވެ. ޝަނުމްގެ ބޮލުގައި ފިރުމާލުމަށްފަހު ކޮޓަރިން ނިކުންނަން ދިޔަ އައްޔަދަށް ޝަނުމް ގޮވާލިއެވެ. އައްޔަދު ފަސްއެނބުރި ބަލާލިއެވެ. ޝަނުމް ޖެހިލީ އަލަމާރި ކައިރިއަށެވެ. ޝަނުމް ގެނެސްދިނީ ސިޓީއުރައެކެވެ. އައްޔަދު މީ ކޮންކަމެއްހޭ އަހާލާ ކަހަލަ ގޮތަކަށް ޝަނުމް އަށް ބަލާލިއެވެ.

“ތީ ރިމީ ފުރަމުން ދޮންބެ އަށް ހަވާލުކޮށްދޭށޭ ކިޔާފައި ދިން އެއްޗެއް” ޝަނުމް އޮޅުންފިލުވަދިނެވެ.

“ދެން ކީއްވެ ޝައްނު ކުރިން ނުދިނީ” އައްޔަދު ސިޓީ އުރައިގެ ދެފަރާތް ބަލާލަމުން ބުނެލިއެވެ.

“ރިމީ ބުނީ ދޮންބެއަށް ވިސްނިގެން ޝައްނު ކައިރީގައި ރިމީގެ ވާހަކަ އަހައިފިއްޔާ ތި ހަވާލުކޮށްދެއްޗޭ. އެހެންވެ” ޝަނުމް ބުނެލިއެވެ. އައްޔަދު ހީލަމުން ސިޓީއުރަ ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތުމުން އަނެއްކާ ވެސް ޝަނުމް ގޮވާލިއެވެ.

“ދޮންބޭ!!! ޝައްނު ބޭނުމެއްނޫން ރިމީ ކިޔާކަށް. ޝައްނުގެ ދޮންބެދައްތަ މިގެއަށް ގެނެސްދީ. އެކަމަށްޓަކައި ދޮންބެ ކޮންމެފަދަ ގުރުބާނީއެއް ވެގެންވިޔަސް ޝައްނު އަށް ހެޔޮ” ޝަނުމް ބުނެލިއެވެ. އައްޔަދު ހީލާފައި ކޮޓަރިން ނިކުތެވެ.

“އިންޝާﷲ… ރިމީ!!! ވަރަށް އަވަހަށް ދާނަން ރިމީ ބަލާ” އައްޔަދު ހިތާހިތުން ދުއާކޮށްލަމުން ގޮސް އިށީނީ ސިޓިންގްރޫމް ސޯފާގައެވެ. ޒާއިރާ ބޭރުން އައިސް ވަނީ އައްޔަދު އިށިންތަނާއެވެ.

“ކާކު ފޮނުވި ސިޓީއެއް” އައްޔަދު ސިޓީއުރައަށް ބަލަން އިންތަން ފެނުމުން ޒާއިރާ އަހާލިއެވެ.

“ރިމީގެ” އައްޔަދު ބުނެލިއެވެ.

“އަވަހަށް ކަނޑާފަ ބަލާބަލަ އޮތް އެއްޗެއް” ޒާއިރާ އިށީނީ އައްޔަދުގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. ފެންބޯން ނިކުތް ޝަނުމް އަށް ޒާއިރާ އާއި އައްޔަދު ބޭރުގައި ތިބި ތަން ފެނުމުން އައިސް ޒާއިރާ އިން ގޮނޑީގެ އަތްގަނޑު މަތީގައި އިށީނެވެ.

އައްޔަދު ސިޓީއުރަ ކަނޑާލުމާއެކު އެންމެ ފުރަތަމަ ވެސް އައްޔަދުގެ އުނގުމައްޗަށް ވެއްޓުނީ ފޮޓޯގަނޑެކެވެ. އައްޔަދު ފޮޓޯގަނޑު ނަގާ އެއަށް ބަލާލިއެވެ.

“އައިކު މީ… އެކަމު މި ރިމީ އަތުގަ….” އައްޔަދު ބުނެލިއެވެ. ޒާއިރާ އައްޔަދު އަތުން ފޮޓޯ އަތުލާފައި ބަލާލިއެވެ.

“އައިކު އާއި ވަރަށް ވައްތަރު. އެކަމަކު މީ އަންހެންކުއްޖެއް. މީނީނު ބޮލުގަ ދަތި ޖަހާފައި. ފޮޓޯގެ އެއްކަނުގައި މީނީ ނަމެއް ވެސް. އިތުރު އެއްޗެއް އޮތްތޯ ބަލާބަ” ޒާއިރާ އައްޔަދަށް ބަލާލަމުން ބުނެލިއެވެ. އައްޔަދު ބަލާލިއެވެ. ހުދު ގަނޑެއްގައި ސާފު ދިވެހި ބަހުން ލިޔެފައިވާ ލިޔުމެއް އައްޔަދަށް ފެނުނެވެ. ޒާއިރާގެ މޫނަށް ބަލާލުމަށްފަހު ދެވަނަ ސިކުންތުގައި ސިޓީއަށް ބަލާލިއެވެ.

ސިޓީ

“ޢާއިޝަތު ޔުމްނު ޒީން” އެހެން ގޮތަކަށް ބުނާނަމަ ޢާއިޝަތު ޔުމްނު ޒީން އައްޔަދު. އެފޮޓޯގައި އެވަނީ އައްޔަދުގެ ފުރަތަމަ ދަރިފުޅު. އެއީ މީގެ ނުވައަހަރު ކުރިން އަހަރެން ދޫކޮށްލާފައި އައްޔަދު ފުރައިގެން މާލެ އައި އިރު އަހަރެންނަށް ދިން ހަދިޔާ. އަހަރެމެން ދެމީހުންގެ ދަރިފުޅު. އެދަރިފުޅުގެ ނަމަށް އަހަރެން އައްޔަދުގެ ގުޅުވަން ބޭނުމަސް ރަށުގެ ރައްޔިތުންގެ މާލާމާތާއި ފުރައްސާރަ އަށް ޖެހިލުންވުމުގެ ސަބަބުން އަހަރެން އައްޔަދުގެ ނަން ނުގުޅުވަން. އެހެންވެ ޔުމްނުގެ ފަހަތަށް ޒީން އައިސްފަ އޭނީ. ޒީން އެނަން އޭނީ އައްޔަދުގެ މަންމަ ޒިންދުގެ ނަމާއި ގުޅުވާފައި.” މިހިސާބަށް ކިޔުނުތަނާއި އައްޔަދުގެ އަތުން ސިޓީ ދޫވެ ތިރިއަށް ވެއްޓުނެވެ. ޒާއިރާ އާއި ޝަނުމް ތިބީ އެކަކު އަނެކަކަށް ބަލަމުން ދިޔައީ ދާދި ދެންމެއަކު އެނގިގެން އެދިޔަ ހަގީގަތް ގަބޫލުކުރަން ދަތިވި ވަރުންނެވެ. އައްޔަދު ޒާއިރާގެ އަތުގައި އޮތް ފޮޓޯ ޖަހައިގަތެވެ. ތެދެކެވެ. އެފޮޓޯގައި އެވާ ޔުމްނުއަށް ހަތްމަހުގެ ތަސްވީރު އައިކު އާއި ހަމަ ތަފާތެއް ވެސް ނެތެވެ. އެއީ އައްޔަދުގެ ލެއެވެ. އައްޔަދުގެ ދެލޯ ފުރިގެން އައެވެ. އިސާހިތަކު އޭނާ އަށް ރޮވެން ފެށުނެވެ. “މަގޭ ދަރިފުޅާ”  ރުއިމުގެ ތެރެއިން އައްޔަދަށް ގޮވާލެވުނެވެ.

“އަޔާ!!! އޭތް…… ދަރިފުޅާ!!! ބަލާބަލަ މިހާރު ކޮބާތޯ އެމަންޖެ” ހިތުގައި ކިތަންމެ ގިނަ ސުވާލުތަކެއް ވިޔަސް ޒާއިރާ އައްޔަދާއި ކައިރިއަށް ޖެހިލުމަށްފަހު ކަރުނަތައް ފޮހެދެމުން ބުނެލިއެވެ. ނަމަވެސް ރޮމުން ދިޔަ އައްޔަދު ހުއްޓާ ނުލުމުން ޒާއިރާ ޝަނުމް އަށް ބަލާލަމުން ސިޓީގެ ބާކީ ބައި ކިޔުމަށް ބުންޏެވެ.

“އެނގޭތަ؟ އެދަރިފުޅުގެ އުމުރު ވަރަށް ކުރު. އެއީ ސިކުނޑީގެ ބައްޔެއް ހުރި ކުއްޖެއް. އަދި ތެލަސީިމިއާ ލޭއަޅާ ކުއްޖަކަށް ވުމުން އިތުރަށް ބަލިކަށިވި. އެދަރިފުޅު އެންމެފަހު ނޭވާ ދޫކޮށްލީ އަހަރެންގެ ދެއަތް މަތީގައި. އަހަރެން ހާދަ ހިތާމައެއް ކުރީމޭ. ހިތަށް އެރި އެދަރިފުޅު ދިޔައިރު އަހަރެން ވެސް ގޮވައިގެން ދިޔަނަމައޭ… އެހެނަސް….. މީ އަހަރެން އައްޔަދު ކައިރީގައި އަބަދުވެސް ހާމަކުރަން ބޭނުންވި ހަގީގަތެއް. އަހަރެން ބަލިވެއިން ކަން ނޭންގުނީ އަހަރެންނަށް އައްޔަދު ވީތަނެއް ވެސް ދިޔަތަނެއް ވެސް ފޯނު ނަންބަރެއް ވެސް އެކައްޗެއް ވެސް ނޭނގުނީމަ. އަހަރެން ބަނޑަށް ކުއްޖަކު ލާފައި އައްޔަދު މިދުނިޔޭގައިވާ މާބަގީޗާތަކުގައި އުދުހެމުން ދިޔައީ. އެއްމަލުން ފޮނިކޮޅު ބޮއެފަ އަނެއް މަލުން ފޮނިބޮމުން ދުވީ… އެންމެ ކުޑަ މިނުން އަހަރެންނަށް ކުރެވުނީ ކޮން ކުށެއްކަން ވެސް ބުނެލަ ނުދީ. ރަށުން ތެލަސިމިއާ ޓެސްޓް ކޮށް އޭގެ ނަތީޖާ ލިބުނު ދުވަހުވެސް އައްޔަދު އަހަރެންނަށް އޮޅުވާލީ ތީ ކެރިއަރެއް ނޫނޭ ބުނެ. އެދުވަހު އޮޅުވާނުލިނަމަ އަހަރެންގެ ދަރިފުޅު ވޭން ތަހައްމަލް ކުރަން މިދުނިޔެއަށް ނައިސް……ނަމަވެސް އާހް….. އަހަރެން ހާދަ ލޯބިވީމޭ…. ދަރިފުޅުދެކެ ވެސް އައްޔަދު ދެކެ ވެސް…..” ………… ސިޓީ ކިޔާ ނިމުނު އިރު ޝަނުމް އަށް ވެސް ވަނީ ރޮވިފައެވެ. ޒާއިރާ ވެސް ދެލޯ ފޮހެލިއެވެ. އައްޔަދު ރޮމުން ދިޔަ އިރު ޒާއިރާ އާއި ޝަނުމް އަށް އިނދެވުނީ އައްޔަދުގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ޒާއްތާ!!! ދޮންބެއަށް އެހީވެދީ. ޝައްނު ދުވަހަކު ވެސް ނުދެކެން ޝައްނުގެ ދޮންބެ އެހާލުގަ ވަނިކޮށް… ޒާއްތާ!!! ދޮންބެ ކައިރީގައި ބުނޭ ހުއްޓާލާށޭ…” ޝަނުމް މޮޔައެއްހެން ޒާއިރާގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުނެލިއެވެ. ކުއްލިއަކަށް ފެނުނީ އައްޔަދު އިންތަނުން ތެދުވެ ބާރު ހިނގުމުގައި ކޮޓަރިއަށް ވަދެ ދޮރުލެއްޕި ތަނެވެ. އެމަންޒަރު ބަލަން ޒާއިރާ ގައިގާ ބައްދައިގަނެގެން ހުރި ޝަނުމް އަށް ވެސް ރޮވެނީއެވެ. އައްޔަދު އެގޮތަށް ރުއިތަން މަންމަ އާއި ބައްޕަ މަރުވި ދުވަހުވެސް ޝަނުމް އަށް ފެނިފައެއް ނެތެވެ. އެހެންކަމުން އެހިތަށް ކެތްނުވީއެވެ. ޒާއިރާ ވެސް އަޑުވީއްލާ ނުރޮއިއެއް ކަމަކު ހިތުން ކަރުނައަޅަމުން ދިޔައެވެ. ދެލޯ ކައިރިން ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ފާޅުވާން ހުރިއިރު ދެތުންފަތް ފިއްތާލައިގެން ހުރީ ކުރެވުނު އެންމެ މަތީ ދަރަޖައަކަށް ކެތްކޮށްގެންނެވެ.

**************************************************

ފަތިހު ދެމީހުން ދޭތެރޭގައި ދެކެވުނު ވާހަކަތަކަށްފަހު ރިމީޝާ އަދިވެސް ހުރީ ޝިނާން ދެކެ ހިތްހަމަނުޖެހިފައެވެ. ހަވީރު ސައި ގަޑި ނިމުނު ފަހުން ވެސް ޝިނާން ރިމީޝާއާއި ވާހަކަދެއްކޭތޯ އެތައް މަަސައްކަތެއް ކުރިއެވެ. ނަމަވެސް އެފުރުސަތު ރިމީޝާ ޝިނާނަށް ދީފައެއް ނުވޭއެވެ.

ރޭގަނޑު މިޝްކު ނިންދަވަން ކޮޓަރިއަށް ރިމީޝާ ވަނުމުން ޝިނާން ސިޓިންގްރޫމުގައި މަޑުކޮށްލައިގެން އިނީ ރިމީޝާ ނިިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އިރުކޮޅަކާއި އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ފާރުގައި ހަރުކޮށްފައި ހުރި ޓީވީ އިން ދައްކަމުން ދިޔަ ޕްރޮގްރާމަށް ނަޒަރު ހުއްޓާލައެވެ. އެގޮތުގައި ޝިނާން އަށް ކެތްކޮށްލެވުނީ ތިރީހަކަށް މިނިޓް ވަންދެކަށެވެ. އޭނާ ތެދުވެގެން މަޑުމަޑުން ރިމީޝާގެ ކޮޓަރި އާއި ދިމާލަށް ދާން ފެށިއެވެ.

“ނިދާނުތޯ ލޯބިލޯބި ދޫންޏާ

ނިދާނުތޯ މަންމި ލޯބި މުނިޔާ

ނިދާނުތޯ މަންމި ލޯބި އުނގުގައި

ބަސް އަހަމުން އުފަލާއެކު ހިނިތުންވާން ހުރެގެން

ލަލަލަލަލާ……….”

ކުޑަކޮށް ހުޅުވިފައި ހުރި ކުޑަދޮރު ކައިރީގައި ޝިނާން ހުރީ މިޝްކު ނިންދަވަން ރިމީޝާ ކިޔާލި ލަވައިގެ ޖާދޫގައި ޖެހި ބަސްހުއްޓިފައެވެ. އެއްއަރިއަކަށް ރިމީޝާ އޮތްއިރު މިޝްކު އޮތީ ރިމީޝާ ބަޑުދަށަށް ވަދެ އެއްއަތުން ރިމީޝާގެ ހަށިގަނޑުގައި ބައްދައިގަނެގެންނެވެ. އެމަންޒަރު ބަލަން ހުރި ޝިނާންގެ ދެލޯ ފެންކަޅިވެގެން ދިޔައީ މަޔަކާއި ދަރިއަކު ދުރުކުރަން އޭނާ އަށް ކުރެވުނު މޮޔަ ކަންތައް ހިތަށް އަރާފައެވެ. މަޑުމަޑުން މިޝްކުގެ އަތް ނައްޓުވާލަމުން ބާލީސްތައް ރަނގަޅުކޮށްލުމަށްފަހު ރިމީޝާ ހިންދެމިލީ މިޝްކުގެ ކޮލަށް ބޮސް ދިނުމަށްފަހުގައެވެ. ރިމީޝާ ކޮޓަރިން ނިކުންނަން އުޅޭހެން ހީވުމުން ޝިނާން އަވަހަށް ބެލީ އެތަނުން ދުރަށް ދެވޭތޯއެވެ. ނަމަވެސް ތަންކޮޅަކަށް ދުއްވައިގަތްތަނާ ޝިނާންގެ ދެފައި އޮޅި ތިރިއަށް ވެއްޓުނެވެ. ކޮޓަރިން ނިކުތް ރިމީޝާއަށް މި މަންޒަރު ފެނުމުން އަނގަ މަތީގައި އަތް އެޅީ ހިނިއައި ވަރުންނެވެ. ޝިނާން ވެސް އަނގަ އަށް ގޮތެއް ހަދާލުމަށްފަހު ބޯކަހާލީ ލަދުގަތް ވަރުންނެވެ.

“މިތަނުގައި ވަޅުލާފައި ދަމާ ބާރު ހުރީ ކަންނޭނގެ” ރިމީޝާ އެއްޗެއް ބުނުމުގެ ކުރިން ޝިނާން ހީލާފައި ބުނެލިއެވެ. ރިމީޝާއަށް ނުހީ ނުހުރެވުނެވެ. އަލްވީރާ އާއި އަންޖަލް ބަދިގެއިން ނިކުމެގެން އައީ ރިމީޝާ ހޭން ހުއްޓއެވެ.

“ދޮން!!! ކިނިނެއްވީ މާވަރަކަށް ހެނީ” އަންޖަލް އެތަނުގައި މަޑުކޮށްލުމުން އަލްވީރާ ވެސް އެހުނުމުގައި ބައިވެރިވެލުމަށްފަހު ކޮޓަރިއަށް ވަނެވެ.

“ކަމެއްނުވޭ…. މީހަކު މާ ސިއްރުން އުޅެނިކޮށް ފަޅާއެރީ” ޝިނާނަށް ބަލާލަމުން ރިމީޝާ ބުނެލިއެވެ. އަންޖަލް ވެސް ހީލާފައި ދުރަށް ޖެހިލީ ޝިނާނަށް ރިމީޝާއާއި ވާހަކަދައްކާލުމަށް ވަގުތުކޮޅެއް ދެމުންނެވެ. އެހެނީ މިއަދު ޝިނާންގެ އަމަލުތައް ހުންނަ ގޮތުން އޭނާ ރިމީޝާއާއި ވާހަކަދައްކާލުމަށް އެދޭ ކަން އަންޖަލްގެ ސިކުނޑި އަށް ދެނެގަނެވުނީއެވެ.

“ކޮންތާކަށް” ރިމީޝާ ޝިނާން ފަސްދީ ހިނގައިގަތުމުން ޝިނާން އަހާލިއެވެ.

“ފިހާރައަށް” ރިމީޝާ އެނބުރި ނުލާ ހުރެ ބުނެލިއެވެ.

“ކީއްކުރަން؟” ޝިނާން އަވަސް އަވަހަށް އަހާލިއެވެ.

“ފުޓްބޯޅަ ކުޅެން” ރިމީޝާ ބުނެލިއެވެ. ޝިނާން ދެލޯ ބޮޑުވިއެވެ.

“އެހެންޏަ… ފިހާރައަށް ދާނީ ވިޔަފާރިކުރާކަށްނު. އެވަރުވެސް  ނޭނގޭތަ؟ ޝިނާނާއި ހަތަރުކަޅި ހަމަކޮށްލަމުން ރިމީޝާ ބުނެލިއެވެ. ޝިނާން ހީލިއެވެ.

“ހިނގާ” ރިމީޝާއާއި އެކުގައި ޝިނާން ވެސް ހިނގައިގަތެވެ. ރިމީޝާ ވެސް ބަހެއް ނުބުނެ ޝިނާނާއި އެއްވަރަށް ހިނގަމުން ދިޔައެވެ. ފިހާރައަށް ވަދެ ރިމީޝާ ބޭނުންވާ އެއްޗެހި ގަތުމަށްފަހު ފިހާރަ އިން ނިކުތީ ވެސް ދެމީހުން އެކީގައެވެ. އެދެމެދުގައި އެކަކު ވެސް ބަހެއް ނުކިޔައެވެ.

“އަހަންނަށް ވަރަށް އުނދަގުވޭ” ޝިނާން އެންމެފަހުން ބުނެލިއެވެ.

“މަ ހުރީމަތަ؟ އެހެންވިއްޔާ ޝިނާން ދޭ އެފަޅިން. މަ ދާނަން މިފަޅިން” ރިމީޝާ ބުނެލިއެވެ.

“އަހަންނަށް ރިމީ ހުރެގެން ދުވަހަކުވެސް އުދަގުލެއްނުވާނެ. އެކަން ނޭނގެންޏާ ހަނދާން މިކޮށްދިނީ” ޝިނާން ބުނެލިއެވެ. ރިމީޝާ ޝިނާނަށް ބަލާލާފައި ވެސް އެއްޗެއް ނުބުނެ މަޑުމަޑުން ކުރިއަށް ދިޔައެވެ.

“މްމްމް… މިރޭ ދެން ގެއަށް ގޮސް ރިމީ ކީއްކުރާނީ… ދެން ބުނާނީއެއްނޫން ކޮޓަރީގައި ކުރިކެޓް ކުޅޭނީއޭ… މަށަށް އެނގޭ ރިމީ އެހާ އަވަހަށް ނުއެއް ނިދާނެކަން” ޝިނާން ބުނެލިއެވެ. ރިމީޝާ ކުޑަކުޑަކޮށް ހީލިއެވެ. އެހިނިތުންވުން ޝިނާންގެ ހިތަށް އުުފާވެރިކަން ގެނުވިއެވެ.

“ކިހިނެއްވީ؟ ގެއަށް ގޮސް ނޫޑްލްސް ކައްކާނީ. މިރޭ ރޯދަ ހިފަންކަމަށް” ރިމީޝާ ބުނެލިއެވެ.

“އެހެންވީއިރު ރަނގަޅުވާނެ ތަންކޮޅެއް ފަހުން ކެއްކިޔަސް” ޝިނާން ބުނެލިއެވެ. ރިމީޝާ ޝިނާންގެ މޫނަށް ބަލާލިއެވެ. އަދި ހުއްޓިލިއެވެ.

“ޝިނާން ކަމެއް ބޭނުންވީތަ ނޫނީ ވާހަކައެއް ބުނަންވެފައި އޮތީތަ؟” ރިމީޝާ އަހާލިއެވެ.

“ނޫން. ކުޑަކޮށް ވާހަކަދައްކާލަން މަޑުކޮށްލާށޭ ބުނަން ކަމަށް” ޝިނާން ބުނެލިއެވެ. ރިމީޝާ އިރުކޮޅަކު ބަހެއް ނުބުނެ ހުއްޓެވެ.

“ރިމީ ބޭނުންނޫނިއްޔާ އޯކޭ…. އެކަމު މިތާ ހުރެގެން ގެއަކަށް ނުދެވޭނެ. ކުރިއަށް ހިނގައިގަތީމަ ގެއަށް ދެވޭނީ” ޝިނާން ބުނެލިއެވެ.

“ގެއަށް ގޮށްސަތަ ވާހަކަދައްކާނީ” ރިމީޝާ ބުނެލިއެވެ. އަނެއްކާވެސް ދެމީހުން ލަސް ފިޔަވަޅުތަކެއްގައި ގެއާއި ދިމާލަށް އަންނަމުން ދިޔައެވެ.

“ހިނގާ އެހެރަ ޖޯލިފައްޗަށް. ވަރަށް ރީތި ހަނދުވަރުދޭ ރެއެއް. ކުޑަކޮށް މަޑުކޮށްލާފައި ދާނީ” ޝިނާން އިނގިލިން އިޝާރާތް ކުރަމުން ބުނެލިއެވެ. ރިމީޝާ ހިނގައިގަތެވެ. ވަގުތުގެ ގޮތުން މަގުމަތީގައި އެހާ ގިނަ މީހުން ހަރަކާތްތެރިވާތަނެއް ނުފެނެއެވެ. ދެތިން މީހަކު ފިޔަވައެވެ. ރިމީޝާ ގޮސް ޖޯލީގައި އިށީނުމުން ޝިނާން ހީލިއެވެ. އޭނާ ދައްކަން ބޭނުންވާ ވާހަކަދައްކަން މިއަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނޭ ހިތަށް އެރިއެވެ. ޝިނާން އިށީނީ ރިމީޝާއާއި އެއް ޖޯލި ދޫކޮށްފައެވެ. އެވަގުތު ޝިނާން އަށް ފޯނެއް އަންނަން ފެށުމުން ލައިގެން ހުރި ޖީންސަށް އަތް ކޮށްޕާލުމަށްފަހު ފޯނު ނަގަން އުޅުމުގެ ތެރޭގައި ފޯނު ތިރިއަށް ވެއްޓުނެވެ. ފޯނަށް ގުޅަމުން ދިޔަ ނޯޔާގެ ނަން ރީއްޗަށް ރިމީޝާއަށް ފެނުނެވެ. ޝިނާން ފޯނު ނެގުމަށްފަހު ބިޒީ ކޮށްލިއެވެ.

“ނޯޔާއެއްނު އެގުޅަނީ” ރިމީޝާ ބުނެލިއެވެ.

“ދެން؟” ޝިނާން ބުނެލިއެވެ.

“ކަމެއްބޭނުންވީ ކަންނޭނގެ. ކީއްވެ ކަނޑާލީ؟ އެކަނި ގޭގައި ހުންނައިރު ފޫހިވެސްވާނެ ދޯ. އޭނަ ގުޅަން ހުންނާނެ މީހަކީ ތީއެއްނު” ރިމީޝާ ބުނެލިއެވެ.

“ނޯޔާ އުޅެނީ ނަގަމްދައްތަމެން ކައިރީގަ” ޝިނާން ބުނެލިއެވެ.

“އެއީ؟” ރިމީޝާ އަހާލިއެވެ.

“ރިމީ!! އަހަރެން ނޯޔާ އަކާއި ނީންނަން….. ސޮރީ…… އަހަރެން ދޮގުހެދީ… އަހަރެން އެދޮގު އެދުވަހު ނެހެދިނަމަ އެއަށްވުރެ މާކުރިން އަޔާ ރިމީ ވަރިކުރީސް” ޝިނާން ބުނެލިއެވެ. ރިމީޝާ އިސްޖަހާލިއެވެ.

“އެއީ އަހަރެން ރިމީ ކައިރީގައި ދައްކަން ބޭނުންވެގެން މިއުޅޭ ވާހަކައަކީ؟ ރިމީ މިޝްކު އާއި އެއްކޮށް އުޅެން ދާންވީނުން އެގެއަށް. އެގެއަކީ ރިމީ ގެ ގެއެއް. އެގެ ތަނަކަށް ހެދި މީހަކީ ރިމީ… ރިމީ ހުންނާނީ ހަމައެކަނި އެބައިގަ” ރިމީޝާގެ މޫނަށް ބަލާލާ ކުޑަކޮށް ހަށިގަނޑު ގުދުކޮށްލަމުން ޝިނާން ބުނެލިއެވެ. ރިމީޝާ ޝިނާން އާއި ހަތަރުކަޅި ހަމަކޮށް ބަލާލިއެވެ. ދުރު ބަލާލަމުން ވިސްނާލިއެވެ.

“މައްސަލައެއްނެތް. އެކަމަކު ދިޔުމުގެ ކުރިން މަންމަމެން ކައިރިން އަހާލަން ބޭނުން. މިހާރު އަހަރެންގެ ބެލެނިވެރިންނަކީ އެއީ” އަދި އެބައިގަ ހުންނަން ބޭނުމީ ވެސް މަށާ މިޝްކު އާ ދެމީހުން އެކަނި. މާނައަކީ……..”އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރިމީޝާ ބުނެލިއެވެ. ޝިނާނަށް ހިނިތުންވެވުނެވެ. ނުބުނިކަމުގައި ވިޔަސް ރިމީޝާ ބުނަން އުޅުނީ ކީކޭ ކަން ޝިނާނަށް އެނގުނެވެ. އޭނާ ކަންތައްކުރާނީ ރިމީޝާ އެދޭ ގޮތަށެވެ. އަދި ރިމީޝާ މާލެ ގެންދިޔުމަށް އަލްވީރާ އާއި ނަޒީމްގެ ރުހުން ލިބޭނެކަން އޭނާ އަށް ޔަގީންވެއެވެ.

“ރިމީ ބޭނުންގޮތެއް. އެކަމު ތިދެމައިންނާ ބައްދަލު ކުރުމަށް މަ ތިބަޔަށް ވައްދާނަންތަ؟” ޝިނާން ބުނެލިއެވެ. ރިމީޝާ ހީލަމުން ބޯޖަހާލިއެވެ.

“ނިމުނީތަ؟” ރިމީޝާ އަހާލިއެވެ.

“ނޫން” ޝިނާން ބުނެލިއެވެ. އަދި ރިމީޝާއަށް ބަލާލިއެވެ.

“ރިމީ ކައިރީގައި އަދި އަހަން ވަރަށް ބޮޑު ވާހަކައެއް އެބައޮތް. ރިމީ ގަބޫލުވާނެ ކަމެއް ނޭނގޭ. އެހެންވެ އަދި އެހެން ފަހަރަކަށް މިލަސްކޮށްލީ އެވާހަކަ އަހަން” ޝިނާން ހީލަމުން ބުނެލިއެވެ. ރިމީޝާ ޝިނާނަށް ބަލާލީ ދެލޯ ކުޑަކޮށްލަމުންނެވެ. ޝިނާން ބުނަން ބޭނުންވާ ވާހަކައަކީ ކޮބާ ކަން އޭނާ އަށް އެނގޭކަހަލައެވެ.

 

*****************************************************

ކޮޓަރީގައި އުޅުނު އައްޔަދަށް ސިހުމެއް ލިބުނީ އެތެރެއަށް ވަދެގެން އައި ޝަނުމް އާއި ޒާއިރާ ފެނުމުންނެވެ. ޝަނުމް އިނގިލީގައި ހިފާލައިގެން ހުރި އައިކު ފެނުމުން އައްޔަދުގެ ދެލޯ ފުރިގެން އައެވެ. ޔުމްނު ކުޑައިރުގެ ތަސްވީރާއި މިހާރު ފެންނަން މިހުރި އައިކު އާއި ތަފާތީ މިވެނި ތަންކޮޅަކާއޭ ބުނާނެ ހަމަ އެންމެ ތަންފުކެއް ވެސް ނެތެވެ. ޝަނުމް ގެނެސްދިން ރާވާ ސެޓް އަޅާލައިގެން އައިކު ޓައިލްސްތައް މަތީގައި ކުޅެން އިށީނުމުން ޝަނުމް ޖެހިލީ އެނދުގައި އިން އައްޔަދު ކައިރިއަށެވެ.

“ދޮންބޭ!!” ޝަނުމް ދެރަވެފައި އައްޔަދަށް ގޮވާލިއެވެ. އައްޔަދުގެ މޫނު ފެނުނު ހިނދު ޝަނުމްގެ މޭގައި ރިއްސައިގަތެވެ. ވާނީވެސް އެހެންތާއެވެ. މިހާރު އައްޔަދެކޭ އެތައް ދުވަހަކު ބަލިވެފައި ހުރި ނިކަމެތި އިންސާނެކޭ އެއްވެސް ތަފާތެއް ނެތެވެ. އައްޔަދުގެ މޫނު މަތިން ފެންދަމައިގަނެފައި ވާއިރު ހަށިގަނޑު ވަނީ ނިކަމެތި ވެފައެވެ. އެހާ ކުޑަދުވަސްކޮޅޭއްގެ ތެރޭގައި އައްޔަދަށް އެހާ ބޮޑު ބަދަލެއް އައީތީ ޒާއިރާ ވެސް އިނީ ހައިރާންވެފައެވެ.

“ދޮންބޭ!!” އައްޔަދުގެ ފަރާތުން މާބޮޑު ސަމާލުކަމެއް ނުލިބުމުން ދެވަނަ ފަހަރަށް ޝަނުމް ގޮވާލިއެވެ. އައްޔަދު ޝަނުމް އަށް އެއްވެސް އަސަރެއް ނެތް ގޮތަކަށް ބަލާލިއެވެ. އެ ދެލޮލުން ޝަނުމް އަށް ފެނުނީ އެކަނިވެރިކަމާއި ވޭނާ ހިތާމައެވެ. ރަތްވެފައި ހުރި ދެލޮލުން އެހީތެރިވާނެ މަދަދުޤާރަކު ހޯދާ ކަހަލައެވެ.

“ޒާއްތަ ނާހާނަން އެ ސިޓީގައި ރިމީޝާ ލިޔެފައި އެވާ ވާހަކަތަކަކީ ތެދު ވާހަކައެއްތޯ. އަޔާގެ ތި އަމަލުތަކަށް ބަލާފައި އެނގޭ ހަގީގަތަކީ ކޮބާ ކަން. ދެރައީ ދަރިފުޅަށް ކުރިން ނުވިސްނުނުކަން” ޒާއިރާ ސީދާ އެމައުލޫއަށް ވާހަކަދައްކަން ފެށުމާއެކު އައްޔަދުގެ އެއްލޮލުން ރޮނގަކަށް ކަރުނަ ތިއްކެއް ދަތުރު ކުރިއެވެ. އެލޯ ފޮހެލިތަނާ އަނެއް ލޮލުން ވެއްޓުނެވެ.

“ޒާއްތާ!!! އަހަރެން މީ ވަރަށް ނުބައި މީހެއް. ރިމީ އަށް ކިހާ ގޮތްތަކެއް މިހެދުނީ. އަހަރެންގެ ދަރިފުޅު…. ޔުމްނު…. ނުވެސް ފެނި މަރުވެ އެދިޔައީ… ކޮންކަހަލަ ބައްޕައެއް މީ….އަހަރެންނަށް ދުނިޔެއިން އެއްވެސް އުފަލެއް ހައްގެއް ނޫން……… ހައްގެއްނޫން……….” އިސްޖަހާލަމުން އައްޔަދު ރޮވިފައި ބުނަމުން ދިޔައެވެ.

“ކުރާނެކަމެއް ނެތް. ފާއިތުވެގެންދާ ކޮންމެ ވަގުތަކީ އަހަރެމެންނަށް އިއާދަ ކުރެވޭނެ އެއްޗެއް ނޫން. އަހަރެމެންނަށް ބަދަލުކުރެވޭނީ އަހަރެމެންގެ ހިތް. އެންމެ ރަނގަޅުގޮތަކީ މާޒީވެ ދިޔަ ކަމެއް ފަހުން ހަނދާނުން ފޮހެލުން. ވިސްނަންވީ ކުރިއަށް ހުރި ކަންތަކާއި ދޭތެރޭގައި” ޒާއިރާ އައްޔަދު ކައިރީގައި އިށީނުމުން އައްޔަދު ބޯއަޅާލީ ޒާއިރާގެ އުނގުގައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Other Articles

Previous

އަނދިރިފަރާތް 35

Next

ކެތްކުރާނަން އުއްމީދުގައި 9

Next
April 18, 2018

ކެތްކުރާނަން އުއްމީދުގައި 9

Previews
April 17, 2018

އަނދިރިފަރާތް 35

32 Comments!

  1. Aki says:
    April 18, 2018 at 12:36 am

    varah inthizaaru kohfin mi vaahaka ah

    1. Ushaali says:
      April 18, 2018 at 4:28 am

      sorry lasveethee….. mi bai lasvaane kan ushaaly bunin kurin dhw 🙂

  2. Ushaali says:
    April 18, 2018 at 12:37 am

    salaam! dhigu inthizaareh dhw kuran jehuny. mi bai ves huriha kudhinnah kamudhaane kamah heekuran. vihi vana bai maadhama reygandu at this time genesdheynan. insha allah 🙂
    huriha kudhinnah ves varah baajjaveri reygandakah edhen 🙂

  3. Ainthu says:
    April 18, 2018 at 12:47 am

    Wow v v v reethi mi pary vx waitin for next part

    1. Ushaali says:
      April 18, 2018 at 4:29 am

      thankyou Ainthu 🙂

  4. Aysh says:
    April 18, 2018 at 1:38 am

    Evves ithubaareh neh maadhan rey 20 vana bai genesdheyne kamuge but mi bai v reethi thankolheh kuru ekm v inthizaaru koffa huttaa thi up kury

  5. Inoo says:
    April 18, 2018 at 4:30 am

    Wow mi part vx varah reethi…this is one of my favorite stry and ur the best writter 4 me…luv u Ushaali♥♥♥♥

    1. Ushaali says:
      April 18, 2018 at 6:19 pm

      Awwwww luv u 2 inoo ❤

  6. Inoo says:
    April 18, 2018 at 4:38 am

    Varah varah reethi mi stry…Waiting 4 the next part??❤?❤?❤?❤?❤?❤?❤?❤?❤?❤?❤??

    1. Ushaali says:
      April 18, 2018 at 6:29 pm

      Thankyu inoo ❤❤

  7. lotus says:
    April 18, 2018 at 5:45 am

    Ayaa ge prt kiyaafa hama ragalhavx rovijje.. v molhu sifakurun.. ayaa ah visnuneethee v hapy but ulhey gothun v hithuga jehey…dhen vaanee kihinebba.. waitin fr the nxt prt

    1. Ushaali says:
      April 18, 2018 at 6:28 pm

      Thankyu lotus ?
      Kuriahbhuri baithakah inthizaaru kollaa ❤❤

  8. Ushaali says:
    April 18, 2018 at 5:47 am

    thankyou Aysh… mi bai lasvaane kan kurin ushaaly bunin. ekamu anekka ves kuriah mioh 7 dhuvahu baeh genesdheveytho try kuraanan. insha allah 🙂

    1. Aysh says:
      April 19, 2018 at 12:28 am

      Thanks.. aslu mi story reethi kamun inthizaarukuran ves udhagoo ehenve hama hih thelheny up nuvedhaane kamah heeekoh.. aysh ge favourite story miee.. v v v nice story.. v molhu ushaali.. keep it up

  9. leen says:
    April 18, 2018 at 5:56 am

    ushaali varah bxii koh dhww thi ulhenii??? haadha lahey mi part ekamku v v v v nice??? next part ehaa las nukurahchey pliss cant wait?

    1. Ushaali says:
      April 18, 2018 at 6:16 pm

      Thanks leen. Mihaaru bizi eh noon ❤

  10. Beauty says:
    April 18, 2018 at 8:22 am

    Hyvey kameh hen. Ayyadh ah eyoh gen visnen feshy. Eka e rimeesha akah nuvisneyne. Mashah mihaathanah fenunu emme amilla edhun bodu anhenaa ei

    1. Ushaali says:
      April 18, 2018 at 6:17 pm

      Thanks Beauty ?
      Fahun viyas rimeesha ah adhivisneyne ❤

  11. Me says:
    April 18, 2018 at 8:24 am

    Ushaali ge vaahak v v v reethi.kurin koment nukirikamugaiviyas baraabarah hurihaa vaahakaeh kiyan mivaahaka v v v reethi

    1. Ushaali says:
      April 18, 2018 at 6:27 pm

      Thankyu Me ❤
      Ushaali ah ingey comment nukuraa v gina myhun ushaali ge mi vahaka kiyaakan
      E huriha emmennah thankyu ❤❤❤

  12. Rif says:
    April 18, 2018 at 9:24 am

    Rimeesha aky visnumuge unikameh huri goiy dhoo nukuraa anheneh. V foohi rimeeshaaaaa gandu. Janaan ves maa kudakoh foohee ???

    1. Ushaali says:
      April 18, 2018 at 6:26 pm

      Rimee amilla edhun thankolheh bodee. Adhi visneyne ??

  13. ni says:
    April 18, 2018 at 10:45 am

    Ushaali.. I hv a question… Wats sinaan’s age… Cox mihn Mi ehy ni ah hyvy thankolheh kury bayaku ushaali jahaafa iney sixty ah ery ey kiyaafa…. Just wanna clear my doubt…

    1. Ushaali says:
      April 18, 2018 at 6:25 pm

      Rimee and ayyadh ah vure shinan bodu vaane. Vaahakaiga bunaa gothun shinan ge mihaaru age ah vaan vaany 29

  14. Hana says:
    April 18, 2018 at 11:44 am

    Rimy n shinan gulhuvaba bcox ayyadhu n Rimy aky theleseemia 2 keriyarun vyma

    1. Ushaali says:
      April 18, 2018 at 6:22 pm

      Hehehe…. Rimee gulhuvaanan konmes ekakaa Hana ❤

  15. Reader says:
    April 18, 2018 at 3:21 pm

    Hama ayyadhu aa kanneynge enme fahun rimeeshaa gulheynee. Ekamaku keeh ekan egothah vaakah hama ehgothakah vess beynumeh noon. Dhen thi rimeeshaa ves thee sikundi ah vaalu goru elhifa huri anheneh. Dhuvahaku vess nivisneyne. Shinaan amilla furaana gurubaan kuriyas shinaan dheke loaibeh nuvaane. Egadee ga vess govaanee ayyadhu ah thoacheh. Loabi nuviyas firumaala dheyshey kiyaafa. But anyways vaahaka hama varah salhi. Waiting for next part.

    1. Ushaali says:
      April 18, 2018 at 6:20 pm

      Haadha rulhi eh Reader ?
      Rimee ah adhi visneyne❤

    2. sina says:
      April 18, 2018 at 6:38 pm

      baeh meehun nakah dhuvahakuves nuvisneyne

  16. Beauty says:
    April 18, 2018 at 6:42 pm

    This part owsm
    Loved it…

  17. Nanee says:
    April 18, 2018 at 9:17 pm

    Thin fah vefa ehnnu rimeesha huree… Dhenn kihinei ayyadhu aai innanee

  18. Anonymous says:
    April 18, 2018 at 9:21 pm

    emotional & beautiful story <3

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ….20←


All Right Reserved!