Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ….. 16

Ushaali Level 810 Stories100 Comments100 Stories500 Comments
April 13, 2018 9 Mins Read
25 Comments

 

“ބުނަން. ތިމާ އަށް ކުރެވުނު ކަންތަކުން ދެން ބޯހާސްކުރާނެ ކަމެއް ނެތް. ފަށައިގަތީ އަޔާ. އަހަރެން އެކަމަށް އެއްބާރުލުން ދިނީ އަޔާ އެކަން ނުހުއްޓީމަ. އަހަރެން ބުނިން މީ ޖަނާނެއް ނޫނޭ. އެކަމަކު ވެސް އަމިއްލަ އަށް ހުއްޓާނުލީމަ އޭގަ މަ ކުރާނެކަމެއް ނެތެއްނު”  ސައިބޮއެ ތަށިތައް ހިފައިގެން ގޮސް ޒިންކަށް އަޅާލަމުން ރިމީޝާ ނުރުހިފައި ބުނެލިއެވެ.

 

“މަށަށް ހެޔޮ މަދެކެ ކިތަންމެ ރުޅިއެއް އައިއްސަ އިނަސް. ތިހިރީ ސައި ހަދާފައި. ބޮންޏާ ބޯންވީ. ނުބޮޔަސް މައްސަލައެއްނެތް. ހަމަ ބުނަންވީ. މިއަދު މީ އައިކު ކިރަން ދާން ޖެހޭ ދުވަސް އަވަސްކުރޭ” ރިމީޝާ އަތްމަތި ހަރަކާތްކުރަމުން ދިޔައިރު ދޫ ވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ. ރިމީޝާ ވާހަކަދެއްކުމުގެ ރާގު ބަދަލުވެފައި ވީތީ އައްޔަދު އިނީ ބަސް ހުއްޓިފައެވެ.

“އަދިވެސް އިންނަނީތަ؟ އަވަސްކުރާށޭ” ރިމީޝާ ދެވަނަ ފަހަރަށް ހަނދާންކޮށްދިނެވެ.

“އަހަރެން ހިތަށް އެރި އިރަކުން ސައި ބޮއެފަ ހިތަށް އެރި އިރަކުން ތަށިތައް ނަގާނީ” އައްޔަދު ވެސް ގަދަވެލިއެވެ.

“ވަޓްއެވަރ…. އަދި އެއްވާހަކަ. އަހަރެން ޓިކެޓް ކެންސަލް ކޮށްފިން. މިހާރު ރަށަށް ދިޔުމުގެ ބޭނުމެއްނެތީމަ” ރިމީޝާ ފަހު ބަސް އިއްވާލާފައި ބަދިގެއިން ނިކުމުގެން ދިޔައެވެ.

“މަޑުކުރޭ… އަހަރެންނަށް ކުރެވުނު ކަމެއް ކުރެވުނީ ހަމަހޭގައި ހުރެގެނެއްނޫން. ވީގޮތެއް ނޭނގޭ. އެހެންވީމާ ފޮނިނުވޭ މާބޮޑަށް. އަހަރެން ދެވަނަ ފަހަރަށް މިކައިވެނި ރުޖޫއަ ކޮށްފިން. އަދިވެސް އަހަރެން ބުނަން ބޭނުން އަހަރެން ކަލޭ ބޭނުމެއްނޫން” އައްޔަދު އިނީ ރިމީޝާ ދިޔަ ދިމާލަށް ބަލާށެވެ. ތެދެކެވެ. މިހާރު އެއީ ރިމީޝާގެ ފިރިމީހާއެވެ. އައްޔަދު ރުޅި އައީ އަމިއްލަ ނަފްސު ދެކެއެވެ. އިންތަނުން ތެދުވެގެން ދަމުން ޖީންސު ޖީބަށް އަތް ޖަހާލީ ފޯނު ނެގުމަށެވެ. ޖަނާނަށް ގުޅުމަށެވެ. ޖަނާން އެގޮތަށް ކަންތައްކުރި ސަބަބު އޮޅުންފިލުވުމަށެވެ.
 

ރިމީޝާ ކޮޓަރިތެރޭގައި ހެދުން ބަދަލު ކުރަން ހުއްޓާ ކޮޓަރީ ތަޅުގައި ޓަކި ޖަހާލި އަޑު އިވުނެވެ. މިވަގުތު ގޭގައި އައްޔަދާއި އޭނާ ނޫން އެއްވެސް މީހަކު ނެތްކަން ރިމީޝާއަށް އެނގޭއެވެ. ޝަނުމް މާކުރިން އައިކު ރީތިކޮށްގެން ތިރިއަށް ފައިބައިފިއެވެ. ރިމީޝާ ދޮރު ކުޑަކޮށް ހުޅުވާލިއެވެ. ކުރިމަތީގައި އައްޔަދު ހުރިތަން ފެނުމުން ރިމީޝާ ފޫހިގޮތަކަށް ދެލޯ އަރުވާލިއެވެ.

“އަދިވެސްތަ؟ ހިތް ނުފުރެނީތަ؟ އަހަރެން ވަރަށް ވަރުބަލި..” ގަސްދުގައި ރިމީޝާ އައްޔަދު ރުޅި އަރުވާލިއެވެ. އައްޔަދު ރިމީޝާއަށް ދެލޯ އަޅާލުމަށްފަހު ކޮޓަރީ ދޮރު ބޮޑަށް ހުޅުވާ އެތެރެއަށް ދެމިގަތެވެ. ރިމީޝާ ދެކޮނޑު އަރުވާލުމަށްފަހު މެއާއި ހަމައިން އޮޅާލާފައިވާ ތުވާލި ނައްޓުވާލަމުން އެނދުގައި ބޭއްވިއެވެ. އަދި އަލަމާރި ކައިރީގައި ހުރެ އޭނާގެ ބޭރަށްދާ ހެދުން ލަމުން ދިޔައިރު އިރުކޮޅަކާއި އައްޔަދުގެ ނަޒަރު އެދިމާލަށް ހުއްޓެއެވެ.

“މިތަނަށް އެއްވެސް ކަމަކުއެއް ނޫން ތިވަނީ. ދެން ކީއްވެ މާ ފާޑަކަށް ތިބަލަނީ” ރިމީޝާ ބުނެލިއެވެ. އައްޔަދު އިސްޖަހާލިއެވެ. އަވަހަށް އެނދުގައި ހުރި ބާލީސްތައް ދުރަށް ޖައްސާލަމުން އޭނާގެ ފޯނު ހޯދަން ފެށިއެވެ.

“ތިއޮތީ ލޯގަނޑު ކައިރީ” ރިމީޝާ ބުނެދިނެވެ. އައްޔަދު ގޮސް ފޯނު ނަގައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ.

“އަހަރެން އެއްވެސް ޝައުގުވެރިކަމެއްނެތް. ހަމަ ބުނެލީ” ދޮރާއި ހަމައަށް ގޮސް އައްޔަދު އެނބުރި ރިމީޝާއަށް ބަލާލަމުން ބުނެލިއެވެ.

“އެކަމެއް ނޭނގެއެއްނު. ދެލޯ ވަށްކޮށްފަ ބަލާއިރު. އެހެންވިއްޔާ ނިކުމޭ މިތަނުން. ތީ ފިރިހެނެއްވެސް ނޫން ތިހެންވިއްޔާ” ރިމީޝާ އައްޔަދުގެ ބުރަކަށީގައި އަތްއަޅާ ދޮރުން ބޭރަށް ކުޑަކޮށް ކޮށްޕާލިއެވެ. އައިރުޅިން ހަޅޭއްލަވާ ގަންނަން އަނގަ ހުޅުވާލި ވަގުތު ރިމީޝާ ދޮރުލައްވާލީ އައްޔަދުގެ މޫނުމައްޗަށެވެ. އައްޔަދުގެ ދެއަތް މުށްކެވިގެން ދިޔައެވެ.

 

ފުރަން ދިޔުމަށް ކޮނޑުގައި ދަބަސް އަޅުވާލައިގެން ނިކުތް ޝިނާން ލިފްޓަށް އެރުނީ ރިމީޝާއާއި ދާދި އެކީގައެވެ. ދެމީހުން ދެމީހުންނަށް ބަލާލުން ނޫން ކަމެއް ނުކުރެވުނެވެ. ތިރިއަށް ފުޅާކޮށް ހުރި ހުސް  ކަޅު ހެދުމުގައި މެރޫން ކުލައިގެ ޝިފޯން ޝޯލްއެއްގައި ރިމީޝާއަށް ވުރެ ފުރިހަމަ އެއްވެސް އަންހެނަކު ނުވާނޭ އެވަގުތު ޝިނާންގެ ހިތަށް އެރިއެވެ. ޝޯލްވެސް ކުރިމައްޗަށް ކުރުނުވާނޭ ހެން ފަހަތަށް ވެސް ދޫކޮށްލާފައިވާ ބައި އެހާ ބޮޑެވެ. އެންމެ ބޮޑަށް ގުޅުވާލާފައި ވަނީ ރިމީޝާ އެއް އަތުން ހިފާލައިގެން ހުރި މެރޫން ކުލައިގެ ކަވަރެއް ލާފައިވާ އޭނާގެ ފޯނެވެ. ޝިނާން އަށް ހިތާއިހިތުން މާޝާﷲ އޭ ބުނެވުނެވެ. ޝިނާން ހީލަން މަސައްކަތް ކުރިޔަސް ރިމީޝާގެ ސަމާލުކަން ނުލިބުނީމަ އެހެން ދިމާލަކަށް ބަލާލިއެވެ. ގްރައުންޑް ފްލޯރ އަށް ލިފްޓް އައުމާއެކު އެންމެ ފުރަތަމަ ނުކުތީ ރިމީޝާއެވެ. ޝިނާން ނިކުތްއިރު ރިމީޝާ މަގަށް ނިކުންނަން ދަނީއެވެ.

“ރިމީ!!” ޝިނާން ވަރަށް ހިތްވަރުކޮށްފައި ގޮވާލިއެވެ.

“ބުނޭ” ފަރުވާކުޑަ ރާގަކަށް ޝިނާން އަރާ ހަމަވުމުން ރިމީޝާ ބުނެލިއެވެ.

“މިއުޅެނީ ފުރަން. ބޭރަށް..” ޝިނާން ބުނެލިއެވެ.

“އޯވް… އެހެންތަ؟ ދެކުދިންގެ ހަނީމޫން ދޯ…. މަރުހަބާ…” ރިމީޝާ ބުނެލިއެވެ. ޝިނާން އިސްޖަހާލިއެވެ.

“ބުނަންތަ ވާހަކައެއް؟ ހިތަށް ވެސް ނާރުވާތީ މިޝްކު ލައްވާ ނޯޔާ އަށް މަންމަ ކިޔުއްވާކަށް. މިޝްކުގެ މަންމައަކީ އަހަރެން. އެހަގީގަތް ޝިނާން އަކަށް ވެސް ބަދަލެއް ނުކުރެވޭނެ” ރިމީޝާ ޝިނާން އަށް އިއްވާލުމަށްފަހު ދުރުގައި އައިކު ގޮވައިގެން ޓެކްސީއެއް ހިފަހައްޓައިގެން ހުރި ޝަނުމް އާއި އެކުގައި ޓެކްސީ އަށް އެރިއެވެ. ޝިނާން ހުރީ ރިމީޝާއަށް ބަލަން ފާޑަކަށް ހެވިފައެވެ.

************************************

ދެހަފްތާ ފަހެވެ. އައްޔަދާއި ޝަނުމް އާއި ދެމެދު ވީ ދުރުކަން ކޮންމެވެސް ވަރަކަށް ފިލާފައި ވިޔަސް އަދިވެސް ޝަނުމް ހުންނަނީ އައްޔަދު ދެކެ ހިތްހަމަނުޖެހިފައެވެ. ރޭގނަޑުގެ ކެއުމަށް އިންސާފުކުރެވެމުން ދިޔައިރު އައްޔަދުގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވާކަން ޝަނުމް ފާހަގަކުރިއެވެ. ރިމީޝާ ވެސް އައްޔަދަށް ބަލާލިއެވެ. ރިމީޝާގެ ހިތުގައި އައްޔަދަށް އުފެދިފައިވި ލޯބި ވަނީ ފަނޑުވެފައެވެ. އައްޔަދު ގޭގައި ހުއްޓަސް ގޭގައި ނެތަސް ރިމީޝާގެ އެއްވެސް މައްސަލައެއްނެތެވެ. ނަމަވެސް އަބަދުވެސް އައްޔަދަށް ހެޔޮގޮތް ވުމަށް އެދެވެއެވެ. ހެޔޮ ވިސްނުން ދެއްވުމަށް އެދެވެއެވެ.

“ތިބަލަނީޔޯ މާ ވަރަކަށް” ޝަނުމް ފާޑަކަށް އައްޔަދަށް ބަލާތީ ސުވާލުކުރިއެވެ.

“މީހަކު މާ ހެވިފައި އިނީމަ” ޝަނުމް ޖަވާބުދިނެވެ.

“ކިހިނެއްވީ؟” ޝަނުމް ސުވާލުކުރިއެވެ.

“ޖަނާން އާބަސް ބުނީ ތޯއްޗެ” މަލާމާތުގެ ރާގެއްގައި ރިމީޝާ ބުނެލިއެވެ. އައްޔަދު ރިމީޝާއަށް ބަލާލިއެވެ. ނަމަވެސް ރިމީޝާ ހަމަ އަޅާވެސްނުލާ އިނެވެ. ގޭ ދޮރުގެ ބެލް އަޅާލީ އެވަގުތުއެވެ.

“ޝައްނު ދޭބަލަ ހުޅުވަން. އައިކު ދެންމެ ނިދީ. ހޭލަފާނެ އެ އަޑަށް” ރިމީޝާ މަސައްކަތެއްގައި ހުރުމުން ޝަނުމް ކައިރީގައި އެދުނެވެ.

“އަހަރެން މިދަނީ ހުޅުވަން” އައްޔަދު ކުޑަކޮށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރުހުޅުވާލިއެވެ. ރިމީޝާއާއި ޝަނުމް އެކަކު އަނެކަކަށް ބަލާލާފައި ދެކޮނޑު އަރުވާލީ ވާނުވާ ނޭނގިތިބެއެވެ. އިރުކޮޅަކުން އައްޔަދު އައި ޖަނާންގެ އުނގަނޑުގައި އަތް އަޅުވާލައިގެން ހުރެއެވެ.

“ދޮންބޭ… ތިޔޯ. ތި ރަންޑި ދައިތާ މިގެއަށް ގެނައީ ކީއްކުރަން” ޝަނުމް ހިތްހަމަނުޖެހިފައި ބުނެލިއެވެ. ޖަނާން ތުން އަނބުރާލަމުން ޝަނުމް އަށް ބަލާލިއެވެ. ރިމީޝާ ކައިރިއަށް ހިނިއައެވެ. އަވަހަށް އަނެއް ފަރާތަށް އެނބުރުނީ ހުނުންގަނޑު ކޮންޓްރޯލް ކުރުމަށެވެ.

“ޝަނުމް!!!!!!…” އައްޔަދު ހިތްހަމަނުޖެހިފައި އަޑު ހަރުކޮށް ޝަނުމް އަށް ގޮވާލިއެވެ.

“ކިހިނެއްވީ؟ ޝައްނު ދޮގެއް ނޫނޭ އެބުނީ… އޯވް… އަދި މި އެނގުނީ…. ގޭގައި ނުކައްކަނީ ދޯ…  ބަނޑަށްޖެހިގެން އައި ކުއްޖެއްދޯ” ރިމީޝާ ވެސް އައްޔަދު ރުޅިއަރުވާލިއެވެ. އައްޔަދު ރިމީޝާއަށް ބަލާލީ ދަތްކުނޑި ވިކާލަމުންނެވެ.

“އިސްތަށިގަނޑުގައި ނުހިފާތި…. ހިތަށް ވެސް ނާރުވާތީ ހިފަން” ރިމީޝާ އައްޔަދާއި ދުރަށް ޖެހިލަމުން ބުނެލިއެވެ.

“ޝައްނު. އަހަރެމެން ޖެހޭނެ އެކަކު އަނެކަކަށް އިހުތިރާމްކުރަން. ޝައްނު އަށް މަންމަ ދަސްކޮށްދިން ގޮތްތަ ތީ..” އައްޔަދު މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ރިމީޝާ ހީލިއެވެ. މީހުންނަށް އިހުތިރާމްކުރާ ވާހަކަދައްކަން އެންމެ އެކަށީގެންވާ މީހާ އެކަހަލަ ވާހަކަދެއްކީމަ ހިނި އަންނާނެ ނޫންހެއްޔެވެ؟

“ދޮންބެ މިއުޅެނީ ވަރަށް އުފާވެރި ހަބަރެއްދޭން” އައްޔަދު ބުނެލިއެވެ. ޝަނުމް އާއި ރިމީޝާ ހިމޭންވެފައި ތިބުމުން އައްޔަދު ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އެނގޭތަ؟ ޖާން ދޮންބެ އާއި އިންނަން އެއްބަސްވެއްޖެ. ކިހާ އުފާވެރި ހަބަރެއް. އެހެންވެ ދޮންބެ ގަސްދެއްނުކުރަން ލަސްކުރާކަށް. އަންނަ ހަފްތާގައި ކުރެވޭވަރު މިކުރަނީ” ޝަނުމްގެ ދެލޯ ބޮޑުވެގެން ދިޔައިރު ރިމީޝާގެ މޫނުމަތިން ވަކި ކަހަލަ އަސަރެއް ނުފެނެއެވެ. އެހިތުގައި ކޫރުމެއް އެޅިކަން ޔަގީނެވެ. ނަމަވެސް އެކަން މޫނުމަތިން ނުފެނުނެވެ.

“ވަޓް؟ ދޮންބެ ތިހުރީ ހަމަ ހޭގައިތަ” ޝަނުމް ބުނެލިއެވެ.

“އައިކު އަށް ވެސް ރަނގަޅުވާނީ އޭނަގެ މަންމަ އާއި ބައްޕަ އެކީގައި އުޅުނީމާ ދޯ… ” އައްޔަދު ބުނެލިއެވެ. ރިމީޝާއާއި ޝަނުމްގެ ކުރިމަތީގައި އައްޔަދު ޖަނާންގެ ކޮލަށް ބޮސްދިނެވެ.

“ހެހެހެ…. ދެއަތްބަށްތަ؟ އެހެންވިއްޔާ މަށެއް ގަބޫލެއްނޫން… އެނގޭ ގަބުލުނޫނަސް ކައިވެނި ކުރެވޭނެކަން. އެކަމަކު އިނދެގެން ޖަނާން މިތާ ބަހައްޓާކަށް ލާހިކެއްނޫން” ރިމީޝާ ބުނެލިއެވެ.

“ކަލޭ ކަހަލަ ނަޖިސް ފެންގަނޑެއް ކައިރީގައި މަ އެބައުޅެންތަ އުޅެން” ޖަނާން ތުއިވެލާފައި ބުނެލިއެވެ.

“އަމުދަކުން ތި ނަރަކަ ދައިތަ މިގޭގައި ބަހައްޓާކަށް މަށެއްވެސް ނޫޅޭން. އަދި ބުނެފިއެއްނުން ނަޖިހޭ… ތީ އެންމެބޮޑު ނަޖިހަކީ” ރިމީޝާ ވެސް ދުލެއް ނުކުރިއެވެ. ޝަނުމް ކައިރިއަށް ހިނިވެސް އައެވެ. އައްޔަދު ކައިރިއަށް ވަރަށް ރުޅި އައެވެ. ދެއަތް މުށްކެވިގެން ދިޔަ ވަގުތު ރިމީޝާގެ އަނގަމައްޗަށް ހޫރާލީ ގޮށްމުށުގެ ބާރުގަދަ އެތިފަހަރެކެވެ. ވަގުތުން ރިމީޝާގެ ތުންފަތަށް ދަތް ވަދެ ފަޅައިގެން ދިޔަ ތަނުން ލޭ އޮހޮރެން ފެށިއެވެ.

“އާހް…. މަންމާ!!!” ރިމީޝާގެ އަނގައިން ބޭރުވެގެން ދިޔައެވެ. ޖަނާން ދުރުގައި ހެވިފައި ކުޅި ބަލަން ހުއްޓެވެ.

“ދޮންބޭ” ޝަނުމްގެ އަޑު މިފަހަރު ވެސް ބާރުވިއެވެ.

“ކޮން މަންމައަކަސް ގޮވާކަށްތަ؟  ބަލަ ޖަނާން އަކީ ކަލޭ ކިޔާނެހާ އެއްޗެއް ކިޔަން ހުރި ކަލޭގެ އަޅެއް ނޫނޭ…”  ބުރުގާ މަތިން ރިމީޝާގެ އިސްތަށިގަނޑުގައި ހިފާ އޮޅާލަމުން އައްޔަދު ބުނެލިއެވެ.

“މަންމާ!!! ދޫކޮށްލާ… ތަދުވެޔޭ…” ރިމީޝާ ދެލޮލުން ކަރުނަ ފައިބާހާލު ދެއަތް ޖޯޑުކޮށްލަމުން ބުނެލިއެވެ.

“ވަރަށް ކެތްކޮށްފީމޭ ދެއަތް މައިތިރިކޮށްގެން ހުންނަން. ވަރަށް އަނގަ ދިޔާ ކުރެވިއްޖެއްނު…” ރިމީޝާގެ މޫނުމަތީގައި ސަލާމަތުން އޮތް އަތުން ޖަހަމުން އައްޔަދު އިއްވާލިއެވެ. ރިމީޝާ މޫނުމައްޗަށް އަނދިރިވެގެން ދިޔަ ވަގުތު އަރި އަޅާލިއެވެ. އެވަގުތު އައްޔަދުގެ ފަރާތުން ހިމާޔަތަކަށް އެދި އަތް ވެސް ދިއްކޮށްލެވުނެވެ. ނަމަވެސް އައްޔަދު ދެއުކުޅުގައި އަތް ވިދެލަމުން އަނެއް ފަރާތަށް އެނބުރުނީއެވެ. ހީވާ ގޮތުން އަދިވެސް އޭނާގެ އެތެރެހަށީގައި ހިފާފައި ހުރި ހުޅުގަނޑު މައިތިރިވާގޮތެއް ނުވެއެވެ. ދުރުގައި މޫނުމަތީގައި އަތް އަޅާލައިގެން ރޯން އިން ޝަނުމް އަށް ތިރީގައި އޮވެ ކުކުރަމުން ދިޔަ ރިމީޝާ ފެނި އެދިމާލަށް ދުއްވައިގަނެވުނެވެ.

“ބަލަ މަށަކީ އޭ ޝަނުމްގެ އެއްބަނޑު އެއްބަފާ ބޭބެއަކީ. ކިހިނެއްވެގެން ތިއުޅެނީ؟” ޝަނުމްގެ އަތުގައި ހިފާ ދަމަމުން އައްޔަދު ބުނެލިއެވެ.

“ދޫކުރޭ މިހިރަ ނުބައި ޖިންނިގަނޑު. އައްޔަދު…. ތީ އައްޔަދު… ތީ ވަރަށް ނުލަފާ ބޭބެއެއް. ދޫކުރޭ… ދޮންބެދައްތާ” ހިތާމައާއި ރުޅިއާއި ބިރުވެރިކަން ހިތުގައި އިންތިހާ އަށް ވަށާލާފައި ވާތީ ޝަނުމް އަށް އޭނާ އަށް މިކިޔެނީ ކީކޭ ކަމެއް ވެސް ނޭނގެއެވެ.

“ވަރަށް ދުވަހު މިގޭ ހަތަރުފާރުން އެތެރޭގައި އުޅެވިއްޖެއްނު. ދެން ނިމުނީ.. މިހާ ހިސާބުން ނިމުނީ. ތިހިރީ ވަރިކޮށްފައި. ރައްކާވޭ މިތަނުން. ދެން ދުވަހަކު ވެސް މަގޭ ލޯމައްޗަށް ފެނިގެންނުވާނެ” ތިރީގައި އޮތް އޮތް ރިމީޝާއަށް އިންޒާރެއް ދެމުން ރިމީޝާ ކުރިމަތީގައި އެއްފައި މައްޗަށް އިށީނދެގެން އިން އައްޔަދު ކޮޅަށް ތެދުވިއެވެ. ރިމީޝާ އެއްޗެއް ބުނަން އަނގަ ހަރަކާތްކޮށްލި ވަގުތު އަހްޔަދު ޖަނާން ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

 

ބޯތަށްޓަކައި ފިނިފެނާއި ކުޑަ ތުވާލުކޮޅެއް ލައިގެން އެ ހިފައިގެން ކޮޓަރިއަށް ވަން ޝަރުމީލާ ގޮސް އިށީނީ އެނދުގެ ހެޑް ބޯޑުގައި ލެގިލައިގެން އިން ރިމީޝާ ކައިރީގައެވެ. ރިމީޝާގެ ދުޅަވެ ފަޅައިގެން ގޮސްފައިވާ ތުންފަތް މަޑުމަޑުން ބޮނޑިތާން ކުރަމުން ދިޔއިރު ޝަރުމީލާ އަނގަ ހުއްޓާނުލާ ދިޔައީ އައްޔަދާއި ދިމާލަށް އެއްޗެހި ގޮވަމުންނެވެ.

“ކޮބާ ޒޯ ދަރިފުޅާ ކޮޓަރި ތައްޔާރުކުރެވުނީތަ؟” ޝަރުމީލާ ވާހަކަދެއްކީ އެތެރެއަށް ވަދެގެން އައި ޒޯހަލް އާއެވެ. ޝަރުމީލާ އަކީ ޒޯހަލްގެ މައިދައިތައެވެ.

“އާނ… ރަށަށް ދެވެންދެން ރިމީ ހުންނާނީ ދެން މިގޭގަ. ދޯ މަންމާ!!” ޒޯހަލް ފަސް މަހުގެ ބަނޑާއެކު ރިމީޝާގެ އަނެއް ފަރާތުން އިށީންނަމުން ބުނެލިއެވެ. ޝަރުމީލާ އަކީ ޅަ ދުވަހު ފިރިހެނެއްގެ ފަރާތުން އެހާ ވޭނާއި އަނިޔާ އާއި ކުރިމަތިލާފައިވާ މީހަކަށްވާތީ އެކަހަލަ ކަންތަކަކީ އޭނާ ވަރަށް ނަފްރަތުކުރާ ކަންތަކެވެ.

“ފުލުހުންނަށް މައްސަލަ ހުށައަޅަން ވީނުން. ވަރިކުރި މައްސަލަ ނުބެލިޔަސް އަނިޔާކުރި މައްސަލަ ބަލާނެއްނު” ޝަރުމީލާ ބުނެލިއެވެ. ރިމީޝާ ދެފަރާތަށް ބޯހޫރާލިއެވެ. އެހެންކަމުން އިތުރަކަށް ޝަރުމީލާ އެވާހަކައެއް ނުދެއްކިއެވެ.

“ޒޯ މިތާ މަޑުކޮށްލާ… މަންމަ މިރޭ ކާން ހަދާލާނީ. އިރުކޮޅަކުން މި މަންޖެ ގޮވައިގެން އާދޭ ކާން” ޝަރުމީލާ ދިޔައީ ރޯން އިން ރިމީޝާގެ ބޮލުގައި ފިރުމާލާފައެވެ. ޒޯހަލް ރިމީޝާގެ ދެލޯ ފޮހެދިނެވެ.

“ރިމީ!!! ކޮންކަމަކާއި ތިރޮވެނީ. އައްޔަދު ރިމީ ދޫކޮށްލީމަތަ ނޫނީ ތަނަކަށް ތަދުވާތީ ތަ؟” ޒޯހަލް ސުވާލުކުރިއެވެ.

“ރިމީޝާ ދެލޯ ކައިރި ފޮހެލިއެވެ.

“ތެދެއް ބުނަންތަ؟ އައްޔަދު އަހަރެން ދޫކޮށްލައިގެން ދެރަނުވޭ. ދެރަވަނީ އެންމެ ކަމަކާއި. އުމުރުން މިހާ ޅަ އިރު އެހާ ލޯބިވެގެން އިން މީހަކު އަހަރެން ތިންފަށް ވަރިއަކުން ވަރިކުރީމަ. އަނެއް ކަމަކީ މަންމަ އާއި ބައްޕަ އާ ކުރިމަތިލާނީ ކިހިނެއް؟” ރިމީޝާ ބުނެލިއެވެ.

“އެނ… ރިމީ!!! ތިންފަށް ވަރިއޭ…. މާތްކަލާކޮ…. ހަމަ ރަނގަޅަށްތަ؟ ކީއްވެ ނުބުނީ… އަހަރެން ހަމަ އެހާ ދުރުކޮށްލީތަ؟” ކުޑަކޮށް ހަށިގަނޑު ސީދާކޮށްލަމުން ޒޯހަލް ބުނެލިއެވެ.

“ނުބުނީ ފިރިމީހާގެ ވާހަކަ މީހުން ކައިރީގައި ދައްކާހިތް ނުވީމަ. އެއީ ފާފައެއް” ރިމީޝާ ބުނެލިއެވެ.

“އޯކޭ.. އެކަމަކު ތީ ވަރަށް ދެރަކަމެއް. ދެން ރިމީއަކަށް އައްޔަދަކާއި ނުއިނދެވޭނެ…. ފަށްކަނޑަން އެހެން މީހަކާއި އިނދެފައި ނޫނީ އައްޔަދާއި ހަމައަކަށް ނުދެވޭނެ. ސުވާލަކީ އައްޔަދާއި އިންނަން ބޭނުމޭ ކިޔާފައި އެހެންމީހަކާއި އިނދެފައި އެމީހާގެ ދިރިއުޅުން ހަލާކުކޮށްފާނަންހޭ…..” ޒޯހަލް އަހާލިއެވެ.

“ނޫން… ވަރަށް ގިނައިން ބޮވިއްޖެ. އައްޔަދު އަތުން ޒަހަރު ވަރަށް ގިނައިން ބޮވިއްޖެ. ދެން ނުބޯނަން. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން. ބޮލުގައި ހުރި ކޮންމެ އިސްތައްޓަކަށް މީހުންނާއި އިންނަމުން އަހަރެން ހަށިގަނޑު ނީލަން ކިޔަމުން ނުދުވާނަން. އަހަރެންގެ ވިސްނުމުގައި ދެން މީހަކާއި އިނުމެއް ނެތް” ރިމީޝާ ބުނެލިއެވެ. ދެލޯ ފެންކަޅިވުމާއެކު އަތުގެ ނުފުށުން ފޮހެލައެވެ.

“ކޯޓުގައި ވަރި ސާބިތު ކުރިންތަ ކުރިން ވަރި ކުރި ދެފަހަރު” ޒޯހަލް ރިމީޝާގެ އަތުގައި ހިފާލަމުން އަހާލިއެވެ. ރިމީޝާ ބޯޖަހާލިއެވެ.

“ދެން ކީކޭ ބުނާނީ؟ ޝިނާން ކައިރީގައި ބުނަންވީނުން. މަށަށް ފެންނަނީ ބުނަން” އަނެއްކާ ވެސް ޒޯހަލް ބުނެލިއެވެ.

“ނޫން… ޝިނާން އާއި ކުރިމަތިލާނެހާ ހިތްވަރެއް ނެތް” ކަރުނަތަކާއި އެކު ރިމީޝާ ދެލޯ ފުރުމުން ދެ ކަކުލުގައި ބޯ އަޅާލިއެވެ.

އެތެރެއަށް ވަން ކާޝިފް ފެނުމާއެކު ރިމީޝާ ހީލިއެވެ. ބުރުގާ ރަނގަޅުކޮށްލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ޒޯހަލް މަނާ ކުރުމުން އަލުން އިށީނެވެ.

“ޓިކެޓް ހަމަޖެހުނީތަ؟” ޒޯހަލް ވާހަކަދެއްކީ އޭނާގެ ފިރިމީހާ ކާޝިފް އާއެވެ.

“އާނ… މާދަމާ އަށް. ގެންދާ އެއްޗެހި ތައްޔާރުކުރޭ. އަހަރެމެން ދާނަން ދޯ ރިމީ އާއެކީގަ” ކާޝިފް ޒޯހަލް އަށް ދޯ ދެމުން ޑްރެސިންގޓޭބަލް ގޮނޑި ދަމަލާފާއި އިށީނެވެ.

“ނޫން. ތިދެމީހުންނާއި ކާޝިފްގެ މަންމަގެ ފަރާތުން ލިބުނު ހަމްދަރުދީ އާއި ގާތްކަން އަހަރެންގެ ހިތް މިހާރު ވެސް ފުރިއްޖެ. ޒޯ ބަނޑާއެކު ކޮންމެހެން ހުޅުލެ އަށް ނުދިޔަސް ރަނގަޅުވާނެ. ފުރަތަމަ ދަރިފުޅު ވެސް ބައިގެން ދިޔައީނު. މިފަހަރު ވާނެ ވަރަށް ވިސްނައިގެން އުޅެން. އަހަރެންނަށް އެކަނި އުޅެން އެނގޭ” ރިމީޝާ ބުނެލިއެވެ.

“ނޫން. އެގޮތް ކަމަކުނުދާނެ. އޯކޭ މަ ބަނޑާއެކު މަޑުޗަކުން ޗައްޕާސް ވެފައި މިތާ އޮވެދާނަން. އެކަމު ރިމީގެ ފޮށި ހިފައިގެން ޝިފް ދާނެ. އެއްވެސް ބަހަނާއެއް ބޭނުމެއްނޫން” ޒޯހަލް ފަހުގެ ނިންމުން ނިންމިއެވެ. ރިމީޝާ ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ.

 

އިޝާނަމާދުކޮށް ނިމިގެން ކޮޓަރިން ބޭރަށް ނިކުންނަން އައި ރިމީޝާއަށް ސިހުމެއް ލިބުނީ ޒޯހަލް އާއި އެކީގައި ވަދެގެން އައި ޝަނުމް ފެނުމުންނެވެ. ޝަނުމްގެ ކޮނޑުމަތީގައި އައިކު ނިދާލާފައި އޮތެވެ. ޝަނުމް އެދިޔަ ގޮތަށް ގޮސް ރިމީޝާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ހިތަށް ވެރިވި އިހުސާސްތައް ކޮންޓްރޯލްނުވެ އެންމެފަހަށް ދެމީހުންނަށް އެކުއެކީގައި ރޮއެގަނެވުނެވެ.

“ހިނގާ ކޮޓަރިއަށް” ޝަނުމްގެ އަތުގައި ހިފައިގެން ރިމީޝާ ހިނގައިގަތެވެ.

“ކީއްކުރަން މިހާ ދަންގަޑިއެއްގައި ތިއައީ” ރިމީޝާ ޝަނުމް އެނދުގައި ބައިންދަމުން ބުނެލިއެވެ. ޝަނުމް އަތުގައި އޮތް އައިކު ނަގާ އެނދުގައި ބާއްވާލީ އެކުއްޖާ ނިދާފައި އޮތީމައެވެ.

“މީ ދަންގަޑިއެއް ނޫނެއްނު. އެހެންނޫނަސް ޒޯހަލްދައްތަ ގުޅާލީމަ މިއައީ. ދޮންބެދައްތަ ނޫން ދެން ކާކު ކައިރިއަށް ޝައްނު ދާނީ. ޝައްނު އަކީ މިހާރު އެކަނިވެރި ކުއްޖެއް” ޝަނުމް އިސްޖަހާލަމުން ބުނެލިއެވެ.

“ތިހެން ނުބުނޭ. ރޭގަނޑު އެހާ ދަންވަންދެން ކުޑަކުދިން ގެއިން ބޭރުގައި ގެންގުޅުމަކީ އެހާ ރަނގަޅުކަމެއް ނޫން. އަދި މާލޭގެ މަގުމައްޗަކީ ޝަނުމް ފަދަ އަންހެންކުދިންނަށް ރައްކާތެރިތަނެއް ނޫން” ރިމީޝާ ޝަނުމް އަށް ވިސްނާދިނެވެ.

“ރިމީ ބުނީމެއްނު ޝައްނު އާއި ބައްދަލުކުރަން ބޭނުމޭ ފުރުމުގެ ކުރިން” ޒޯހަލް ބުނެލިއެވެ. ރިމީޝާ ހީލަމުން ބޯޖަހާލިއެވެ.

“ވަރަށް ތަދުވޭ ދޯ… ދޮންބެ ކިހާ ގޯސް” ރިމީޝާގެ ތުންފަތުގައި ފަޅައިގެން ގޮސް ކުޑަކޮށް ދުޅަ ތިރިވެފައި ހުރި ތަނުގައި އަތުން ފިރުމާލަމުން ޝަނުމް ބުނެލިއެވެ.

“އެގަޑީގައި ތަދުވި. މިހާރު އޯކޭ. ޝައްނުގެ ދޮންބެ ގޯހެއް ނޫން. އަދި ވިސްނޭނެ. ޖަނާންގެ ލޯބީގެ ދަޅައިގާ ޖެހި މުޅިން ބަނދެވިފައި އެހުރީ” ރިމީޝާ ހިޔާލަކަށް ގެއްލެމުން ބުނެލިއެވެ.

“މަޑުކުރައްޗެ” ރިމީޝާ ތެދުވެގެން ގޮސް އައީ އޭނާގެ އަތް ދަބަސް ހިފައިގެންނެވެ.
“ޝައްނުގެ ދޮންބެ އަށް ވިސްނިގެން އައިސް ދޮންބެދައްތަ އާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް އަހައިފިނަމަ މި އޭނަ އަށް ހަވާލުކޮށްދީ. މީ އަމާނާތެއް. ހިޔާނާތްތެރިނުވެ މި ހަވާލުކޮށްދީ. މީ އޭނަ އަށް އެނގެންޖެހޭ ވަރަށް ބޮޑު ހަގީގަތެއް” ރިމީޝާ ޝަނުމްގެ އަތު ތެރެއަށް ބަންދުކޮށްފައިވާ ސިޓީ އުރައެއް ލައިދިނެވެ.

“އެކަމު ކިހިނެއް ދާނީ؟ އެގެއިން ނިކުމެގެން މިއުޅެނީ؟ ދޮންބެ އާއި އެއް ގެއެއްގައި އުޅޭ ހިތެއް ނުވޭ. ނުދޭނަން އައިކު ވެސް. ޒާއްތަ އަށް ވެސް ހުރިހާ އެއްޗެއް ކިޔާދީފިން” ޝަނުމް ކަރުނަތައް ފޮހެލަމުން ހިތަށް ފެންނަމުން ދިޔަ އައްޔަދުގެ ތަސްވީރަށް ދެލޯ އަޅާލަމުން ބުނެލިއެވެ. ރިމީޝާއާއި ޒޯހަލް އަށް ހެވުނީ ޝަނުމްގެ އެހުންނަ މައުސޫމް ކަމަކުންނެވެ.

“ނޫން ގެއަށްދޭ. ދޮންބެ ދެކެ ރުޅިނާދޭ. މިއަދު ޝައްނުގެ ދޮންބެ ނޫނީ ހުރީ ވަކި ކާކު؟ އައިކު ގޮވައިގެން މިމާލޭގައި ޝައްނު ކިހިނެއް އުޅެނީ. ދޮންބެދައްތަ ތި އާއިލާ އާއި ވަކިވެގެން ދާއިރު އާއިލާއެއް ރޫޅާލާކަށް ބޭނުމެއްނޫން” ރިމީޝާ ޝަނުމް އަށް ވިސްނާދިނެވެ. އެންމެފަހަށް ޝަނުމް ގެއަށްދާ ގޮތަށް އެއްބަސްވިއެވެ. ނަމަވެސް އައްޔަދާއި ދުރުކަމެއް ބާއްވަން އޭނާ ނިންމިއެވެ. އޭނާގެ ދޮންބެ އަކީ އަނިޔާވެރިއެކެވެ. އެކަން ސާބިތުކޮށްދިނީ ހުދު ދޮންބެ އަމިއްލަ އަަށެވެ. އެއްދުވަހަކު ނޫނެވެ. ދެ ދުވަހުއެވެ.

 

ހެނދުނުގެ ސައި ގަޑިއަށް ނާއިން ގެއަށް އައިސް އަނބުރާ އޮފީހަށް ދިޔުމުން އަންޖަލް މިސްރާބު ޖެހީ ހޮޓަލަށް ގެންދަން ފޯށްކޮށަން ބޭރު ޖޯލީގައި އިން އަލްވީރާ އާއި ދިމާލަށެވެ.

“މަންމާ!!! އަންނަންތަ މަންމަ ގެއަށް ވަދެލާފައި” އަލްވީރާގެ ހުއްދަ ލިބުމުން އަންޖަލް ގެއިން ނިކުމެގެން ދިޔުމުން އަލްވީރާ ވެސް ގެއިން ނިކުތީ ގެއާއި މާދުރުނޫން ހިސާބެއްގައި ހުރި ހޮޓަލަށް ފޯށްކޮޅު ގެންދިޔުމަށެވެ. ރޭގައި ޖެހުނު ވިއްސާރަގަނޑުގައި ވައިގަދަވި ވަގުތު ގަސްތަކުން ފޭބި ފަތްތަކާއި އަދި އެހެނިހެން ކުނިބުނިތައް ގޭ ކައިރީގައި ހުރުމުން އަލްވީރާ އެންމެ ފުރަތަމަ އިސްކަމެއް ދިނީ ގޭދޮށް ކުނިކަހާ ސާފުކުރުމަށެވެ. އެހެންކަމުން ގޭތެރެއަށް ވަދެ އިލޮށިފައްޗާއި ޖަސްތުގަނޑު ހިފައިގެން ނިކުމެ ގެ ފެށޭ ހިސާބުކޮޅުން ކުނިކަހަން ފެށިއެވެ.

ކުނިކަހަން ގުދަށް އޮތް އަލްވީރާގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ ބްރީފްކޭހެއް ކަހަލަ ފޮށްޓެކެވެ. މައްޗަށް ބަލާނުލެވި އުޅެނިކޮށް ކަޅުހެދުމެއްގެ ފަސްބައި އަލްވީރާގެ ލޮލުގައި އަޅައިގަތެވެ. އިސްޓާކީނުގެ އެހީތެރިކަމާއެކު ފޮރުވާލާފައި ހުރި ފައިތިލަ ފެނުމުން އެއީ ރިމީޝާ ކަން އޭނާ އަށް އެނގުނެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމުގައި ދަރިފުޅުގެ މޫނު ދެކިލުމަށް އަވަސް އަވަހަށް އަލްވީރާ ތެދުވެ ހިންދެމިލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލާ ދެފައިގާ މަޑު ތުރުތުރެއް އުފެދުނީ އޭނާގެ ކަރުގައި ބައްދައިގަތް ރިމީޝާގެ ރުއިމުގެ އަޑަށެވެ. މަގުމަތިން ހިނގާފައިދާ ބައެއް މީހުންގެ ނަޒަރު އެދެމައިންނަށް ހުއްޓޭތީ ރިމީޝާގެ އަތުގައި ހިފައިގެން އަލްވީރާ ވަނީ ގޭތެރެއަށެވެ.

“މަންމާ!! މަންމަ ބުނީ ރަނގަޅަށް. އަޅުގަނޑަށް ނުވިސްނުނީ. މާފްކުރޭ މަންމާ!!!” ރިމީޝާ އަލްވީރާގެ ގައިގާ ބައްދާފައި ބުނަމުން ދިޔައެވެ.

“ކިހިނެއްވީ؟ ކޮބާ ދަރިފުޅުގެ ފިރިމީހާ… ކޮންކަހަލަ ވާހަކައެއް ތިދައްކަނީ..” ކަންބޮޑުވެފައި އަލްވީރާ އަހާލިއެވެ.

“އަޅުގަނޑުގެ ފިރިއެއް ނެތް. އަޅުގަނޑު މީނީ ތިންފަށަށް ވަރިކޮށްފައި. އަޅުގަނޑާއި ދެން ދުވަހަކު ވެސް އިންނާނެ މީހަކު ނުވާނެ. އަޅުގަނޑު މުޅިން ބާކީވެއްޖެ. ދަރިއެއްވެސް ފިރިއެއްވެސް ނެތް” ރިމީޝާ ބުނެލިއެވެ. އަލްވީރާ އަށް ލިބުނު ޝޮކްގައި ހުއްޓުން އެރިއެވެ. ކުއްލިއަކަށް އަޑެއް އިވިގެން ބަލާލީރު އެވާހަކަތައް އަޑުއަހަން ހުރި ނަޒީމް ބިމުން ކަނޑާ ވައްޓާލި ރުކެއްހެން ބިންމައްޗަށް ވެއްޓުނީއެވެ. އެދިމާލަށް އަލްވީރާ އާއި ރިމީޝާއަށް އެކީގައި ދުއްވައިގަނެވުނެވެ.

“ބައްޕާ!!! ބައްޕާ!!” ރިމީޝާއަށް ހީވީ ރިހޭ ފައިމައްޗަށް ފޮއި ވައްޓާލިހެންނެވެ. ރޮމުން ބިންމައްޗަށް ތިރިވި ރިމީޝާ ކުއްލިއަކަށް ތެދުވެ މަގުގެ ދެފަރާތް ހޯދަންފެށިއެވެ. އެހީތެރިވާނެ މީހަކު ހުރިތޯއެވެ. އިސާހިތަކު މަގުމަތިން ދިޔަ މީހެއްގެ އެހީތެރިކަމާއެކު ނަޒީމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއެވެ.

“ﷲަ ގެ ހެޔޮ ރަހްމަތްފުޅުން ހުރިހާ ކަމެއް ވެސް ރަނގަޅު. މާބޮޑަށް ދެރަވީ ކަންނޭނގެ. މިހާރު އޮތީ ހޭލާ. އެކަމަކު ވަރަށް މާޔޫސްވެފައި އޮތީ… ބައްދަލުކުރެވޭނެ މިހާރު” އަވަސް ފަރުވާދޭ ބައިން ނިކުތް ޑޮކްޓަރ ވާހަކަދެއްކީ ގޮނޑިތަކުގައި ތިބި ރިމީޝާގެ އާއިލާއާއެވެ. ނަޒީމް އާއި ބައްދަލުކުރުމަށް ރިމީޝާ ނޫން އެހެން އެންމެން އެތެރެއަށް ވަނެވެ. ރިމީޝާ މިސްރާބު ޖެހީ ގެއާއި ދިމާލަށެވެ. އޭނާ ހުރީ އިންތިހާ އަށް ދެރަވެފައެވެ. މިއަދު އޭނާގެ ބައްޕަ އަށް އެެހެން އެވީ އޭނާގެ ސަބަބުންނޭ ހިތަށް އަރަނީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

މަންޒިލް

Next

ޔާއިން 3

Next
April 13, 2018

ޔާއިން 3

Previews
April 13, 2018

މަންޒިލް

25 Comments!

  1. Mixuhan says:
    April 13, 2018 at 3:08 pm

    Me first ?varah balabalaa mihiry upkurethw kiyaaahithun

    1. Ushaali says:
      April 13, 2018 at 3:09 pm

      thankyu Mixuhan 🙂 avahah kiyaalaa 🙂

  2. Aki says:
    April 13, 2018 at 3:10 pm

    haadha rangalhey writer

    1. Ushaali says:
      April 13, 2018 at 3:26 pm

      salaam all!! baeh kudhinnah vahakaiga hingaafaiva kanthahthakun olhun aramun dhaathy e kamahttakai nihaayathah maafah edhen. varah avahah e huriha kameh saafukoh mistake hedhifa iniyya rangalhu kuraanan.insha allah 🙂
      mi bai ves huriha kudhinnah kamudhaane kamah heekuran. dhn in bai ves maadhama mi gadyga genesdhinumah varah masakkai kuraanan 🙂 🙂

  3. Aisha says:
    April 13, 2018 at 3:26 pm

    Varah salhi ingey me first dho

  4. Araash says:
    April 13, 2018 at 3:32 pm

    V reethi..Nxt prt whn??

  5. Swety says:
    April 13, 2018 at 3:35 pm

    Vvvv nice mi part ves ????mihaaru me misaitga liya emme kiya hivva vahaka??????????

  6. afoo says:
    April 13, 2018 at 3:41 pm

    Thanks ehaa avahah genesdhineethy.v salhi.waiting for next part

  7. afoo says:
    April 13, 2018 at 3:47 pm

    V habeys.

  8. Shai says:
    April 13, 2018 at 3:55 pm

    Ohh nice

  9. Ufaa says:
    April 13, 2018 at 5:00 pm

    Haadha vareh e kohlee efakeerah..rimeesha vx haadha moyaey dhw.. ayyadhu ah visneyne dhuvaheh dheken beynumee..shinnan kanneyge dhen ves rimeesha ah ehee vaanee

  10. Aasi says:
    April 13, 2018 at 5:01 pm

    Dhevana faharah varikohffai emeehun kaiveni rumooa vi vaahaka writer buni. Ekamaku mihaaru 3 fah variakun variveetha. Varah confusing thenve hama ahaalee

  11. Fai says:
    April 13, 2018 at 5:30 pm

    ❤❤❤❤❤??❤?????❤?❤???????????????????so cute Ushaali tc gb

  12. smeBody says:
    April 13, 2018 at 6:47 pm

    Minute aku effaharu kuran v nu.. Ehaawez kiyaa hiy wey..

  13. Xee says:
    April 13, 2018 at 6:57 pm

    Islaam dheenuga fah kandaigen inumeh noane aneekka.. Eii kuree zamaanuga dhivehinge thereyga myhunnah neyngey iru 3 fah v ma fahkandan myhaka innany.. Just wanna let u know. Story vrh reethii?

  14. Meemee says:
    April 13, 2018 at 7:02 pm

    Comment nukuriyas mi vaahaka kiyamun dhanee. Varah varah reethi. Komme dhuvahaku ves balan vaahaka upload kureytho. Rimee r shinaan gulhuvahchey

  15. Nu Xu says:
    April 13, 2018 at 7:07 pm

    V loabi mi part vx… ???Kiyaahithun indhaa enimuny… ????Waitin 4 nxt part… ????? lotx of luv???????

  16. Shiman says:
    April 13, 2018 at 7:09 pm

    Masha Allah hama varah reethi mi part ves ❤❤??

  17. Xee says:
    April 13, 2018 at 8:07 pm

    Rimeesha preg vaany kanneyge dhen dhw

  18. Marshmallow says:
    April 13, 2018 at 8:12 pm

    Dhen shinan aa gulhen ve.
    Ekam Keeve tha shinan aa Rimy divorce vee

  19. Xxxx says:
    April 13, 2018 at 8:32 pm

    V. Furihama
    . Dhen ayyadhu kairiah nudhaathi.. Irritating man..

  20. Naxu says:
    April 13, 2018 at 11:36 pm

    Ayyadhu ahnaanehen heevanee adhi rimee kairi ah

  21. Beauty says:
    April 14, 2018 at 9:45 am

    Rythi

  22. lotus says:
    April 14, 2018 at 11:36 am

    Alhugada vx haadha heevey adhi ayaa dhaanehen rimee kairiya… but dnt think they wil get togethr again

  23. ss says:
    April 14, 2018 at 1:29 pm

    mihaar mee hiyaaleh nundho. konhisaabakuntha maazeen nikumevuny

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ….17←


All Right Reserved!