“އާހް…މަންމާ!! ތަދުވެޔޭ…” ރިމީޝާއަށް ރޮއެގަތް އަޑަށް މޭޒުކައިރީގައި ކާން އިން ޝަނުމް ބޯދިއްކޯށްލާފައި ބަލާލިއެވެ. އޭރު ފެނުނު މަންޒަރަކުން ޝަނުމް އަށް އިންތަނުން ފުންމައިގެން ތެދުވެވުނެވެ. ދުވެފައި ރިމީޝާއާއި ދިމާލަށް ދެވުނު ގޮތެއް ވެސް ނޭނގުނެވެ. “ދޮންބޭ!!! ތީ ކޮންކަމެއް؟” ޝަނުމް އަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. “މަންމާ!!” އައްޔަދު ރިމީޝާގެ އިސްތަށިގަނޑު އަތަށް އޮޅާލައިގެން ލައްކެއްޖަހާ ކޮންމެފަހަރަކު ރިމީޝާއަށް މަންމަ އަށް ގޮވާލެވޭއެވެ. ފަހަރަކު މީހަކު މޫނަށް ބަލަން އިން އައިކު […]
މަރުވެފައިވާ މައްޔިތެއް ފަދައިން ޝިނާން ވަދެގެން ގޮސް ހުއްޓުނީ މިޝްކުގެ ކޮޓަރީ މެދުގައެވެ. ފަރާތް ފަރާތް ބަލާލީ ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ. މޫނު ދެފަރާތަށް ތަޅުވާލަމުން ދެލޮލުން ވެއްޓެން ތައްޔާރުވި ކަރތުނަތިކި ހިފަހައްޓާލިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ރިމީޝާގެ ދުރުކަން ޝިނާންގެ ހިތް ބަލައިނުގަތެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލުމާއެކު ޝިނާން އަށް ހުރި ދިމާލުން ތިރީގައި އިށީނދެވުނެވެ. *************************************************** “ރިމީ މަގޭ މުޅި ހަޔާތަކީ ތީ. ހެޔޮނުވާނެ މަށަށް މާފްކުރޭ.. އަހަރެން ގަބޫލުކުރަން ކުށެއް ކުރެވިއްޖެކަން. އެއީ […]
“އަދި އެއްވާހަކަ. ރިމީ ރުހުނަސް ނުރުހުނަސް ޖަނާން ބޭނުންވި ކޮންމެ ހިނދެއްގައި އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ޖަނާން ވާނެ. މައްސަލައެއް އޮތް ނަމަ ހަމަ މަރުހަބާ… ދާންވީ…..” އައްޔަދު އެންމެފަހު ބަސް އިއްވާލުމަށްފަހު ކޮޓަރި އަށް ވަދެގެން ދިޔައެވެ. ރިމީޝާ އަނގަމަތީގައި އަތް އަޅާލައިގެން ހުރެ ރޮމުން ދިޔައީ ބޭރުން އެއްވެސް މީހަކަށް އަޑު އިވިދާނެތީއެވެ. ކަރުނައިން ބަރާވެފައިވި ދެލޮލުން އައްޔަދު ގޮސް އެނދަށް އަރާ އޮށޯތް މަންޒަރު ފެނުނެވެ. ރިމީޝާގެ ހިތް ހީވަނީ ފިސްފިސްވެ އެތިކޮޅުތަކަށް […]
“ވަރަށް ވަރަށް ލޯބިވޭ އަޔާދެކެ” އައްޔަދުގެ މޭގައި ރިމީޝާގެ އިނިގިލިތަކުން ފިރުމާލަމުން ބުނެލިއެވެ. ރިމީޝާއާއި ވީ ދިމާލަށް އައްޔަދު އެނބުރިލިއެވެ. ހިތް ތެޅެމުންދާއިރު ރިމީޝާއާއި ކައިރިވެލުމަށް ހިތް ގޮވަމުން ދިޔައެވެ. ޖަނާންގެ ފަރާތުން ލިބުނު ހިތްދަތިކަން ފިލުވާލުމަށް އައްޔަދު ބޭނުންވީ ރިމީޝާގެ ހަށިގަނޑުގެ ބޭނުން ހިފާށެވެ. ނަމަވެސް ރިމީޝާގެ ހަށިގަނޑުގައި ފިރުމާލުމަށް އަތް ހިއްލާވެސް ނުލާ ހުރިއިރު ބަލަމުން ދިޔައީ ދުރަށެވެ. “އަޔާ ލޯބިނުވިޔަސް އަހަރެން މަސައްކަތްކުރާނަން އަޔާގެ ހިތުން ޖާގައެއް ލިބެތޯ” ރިމީޝާ އައްޔަދާއި […]
އަލްވީރާ ދިއްކޮށްލި ފެންތަށި ދުރުކޮށްލުމަށްފަހު ކުއްލިއަކަށް ރިމީޝާ ދުއްވައިގަތެވެ. ގޭ ދޮރު ހުޅުވާލާފައި މަގުމައްޗަށް ނިކުތީ ފައިވާނަކަށް ވެސް ނާރައެވެ. ފަހަތުން ނިކުތް އަލްވީރާ ވެސް ކުޑަކޮށް ދުވަމުން ރިމީޝާ ފަހަތުން ނިކުތެވެ. މަގުމަތީގައި ރޮމުން ހުސްފަޔާ ދުވަމުން ދިޔަ އަންހެންކުއްޖާ ފެނި މަގުމަތީގައި ހަރަކާތްތެރިވާ މީހުންނަށް ވެސް ވަނީ ހައިރާންކަމެއް ލިބިފައެވެ. އެކި މީހުން އެކި ގޮތްގޮތަށް ވާހަކަދައްކަމުން ދިޔައިރު ބައެއް މީހުން ފުލުހުންނަށް ވެސް ގުޅަމުން ދިޔައެވެ. މައިނޭވާ އަޅަމުން ދިޔަ އަލްވީރާ އަށް […]
“ނޯޔާ އެއީ ކާކު؟” އައްޔަދު ސުވާލުގެ ނަޒަރަކުން ޝިނާން އަށް ބަލާލިއެވެ. “އާނ…އޭނާ އަށް ކިޔަނީ ނޯޔާ. އަހަރެން ލޯބިވަނީ ނޯޔާ ދެކެ. އަދި ނޯޔާ ވެސް. އޭނަ މިހާރު ކިޔަވަނީ. ވަރަށް އަވަހަށް އަންނާނެ” ޝިނާން ބުނެލިއެވެ. އައްޔަދު ދެލޯ ބޮޑުކޮށްލިއެވެ. ޝިނާންގެ ފަރާތުން ވެސް އަދި ޝިނާންގެ މަންމަމެންގެ ފަރާތުން މީގެ ކުރިން އެ ނަން އަޑު އަހާފައެއް ނުވޭއެވެ. “މާނައަކީ އަހަރެން ރިމީ އާއި އިނަސް ޝިނާންގެ އެއްވެސް މައްސަލައެއް ނެތޭ ދޯ” […]
“ރަށުން ފުރަން އޮތް ދުވަހު ޒާއްތަ އެންމެފުރަތަމަ އެވާހަކަ ދެއްކީ. ބުނީ މަށާ އަޔާ އާއި ކުރިން ރައްޓެހިވިކަން ޝަނުމް ގެ ފަރާތުން އެނގުނޭ.. ޒާއްތަ ބޭނުންވަނީ ރިމީ އަޔާ އާއި ކައިވެނި ކުރާށޭ. އަޔާ ޒާއްތަ ބުނެފި ކަމަކަށް ދެކޮޅެއް ނުވާނޭ. ދެން ޝިނާން ބުނެބަލަ އަހަރެންނަށް ވާނެވަރު. އުފަލުން ރޮވުނީ. އެލޯތްބަށް އަހަރެން ކުރި އިންތިޒާރު އެންމެ ކައިރިން ފެންނާނީ ޝިނާން އަށް” ރިމީޝާ ދެލޯ ފެންކަޅިވިއެވެ. ރިމީޝާ ބަލާލުމުން ޝިނާން ނިކަން ބޮޑަށް […]
“ބައްޕި ކީއްވެ މަންމި ގެ ފޮޓޯ ނަގަނީ” ޝިނާން ސިހިގެން ދިޔައީ ކައިރިން އިވުނު މިޝްކުގެ ޅަ އަޑުންނެވެ. ޝިނާން ދެލޯ ބޮޑުކޮށްލަމުން ރިމީޝާއަށް ބަލާލިއިރު ނަސީބަކުން ރިމީޝާ ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. މިޝްކު އަޑު ރިމީޝާ އަށް އިވުނު ހެނެއް ހިއެއް ނުވެއެވެ. ހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު ދެން ބަލާލީ ކައިރީގައި ހުރި މިޝްކުއަށެވެ. ޝިނާން ކުޑަކޮށް ގޮނޑި ފޭކޮށްލުމަށްފަހު މިޝްކު ނަގާ މޭޒު މަތީގައި ބޭންދިއެވެ. އަދި މިޝްކުގެ ކޮލަށް ބޮސްދިނުމަށްފަހު މިޝްކު […]
ހުރިހާ ފިރިހެނުން ކައިނިމިގެން އެތަނުން ތެދުވެގެން ބޭރަށް ނިކުތުމުން އެންމެފަހުން ކާން އިށީނީ ޝަނުމް އާއި އަލްވީރާ އެވެ. ރިމީޝާ މިޝްކު އަށް ކާންދޭން ފެށިތަނާ އަލްވީރާ މާނޫން ގޮތަކަށް ރިމީޝާއަށް ބަލަން ފެށިއެވެ. ރިމީޝާ ކައިރީގައި އެއްޗެއް އަހާލަން އުޅެފައި ވެސް ދެން ބަލާލަނީ ޝަނުމް އަށެވެ. ހީވާ ގޮތުން ދައްކަން ބޭނުންވާ ވާހަކަ އިތުރު މީހަކު ކައިރީގައި އިންދާ ދައްކަން ބޭނުންނުވަނީއެވެ. “ދަރިފުޅާ ރިމީ…” މިޝްކުގެ ބަލީގެ ކަންތައް މިހާރު ކިހިނެއްތަ”؟ އަލްވީރާ […]