07 ވަނަ ބައިގެ ތެރެއިން…… “މީގެފަހުން ނަނާގެ ތިދެލޮލުން ކަރުނަ ބަލާކަށް އަހަރެން ބޭނުމެއްނޫން. އައި ހޭޓް ޓިއަރސް. އަދި އެވެސް ނަނާގެ ލޮލުން. އަބަދުވެސް ބުނަމެއްނު މިކަހަލަ އަގުބޮޑު އެއްޗެހި ވޭސްޓްނުކުރާށޭ….ނަނާއަށް ނޭނގުނަސް ނަނާ ދެކެ އަހަރެން އިންތިހާއަށް ލޯބިވަން. މިއަދަކު ނޫން. ސްކޫލު ނިންމާލިއިރު ވެސް. އެކަމަކު އަހަރެން ހުންނާނީ ނަނާ ބެހެއްޓި ހިސާބުގައި. ބެސްޓްފްރެންޑްގެ ގޮތުގައި” ފައިޒަންގެ ވާހަކަތައް އިވުމަށްފަހު ޔަނާލް އިނީ ބަސްހުއްޓިފައެވެ. ފައިޒަން ލޯބިވާ ވާހަކަ ބުނުމުންނެވެ. އޭނާ ހަނދާންވީ ސްކޫލުގައި ކިޔަވަމުން ދިޔަ […]
06 ވަނަ ބައިގެ ތެރެއިން….. “ޕްލީޒް ފައި. މިހާރު އަހަރެންނަށް އިހުސާސް އެބަ ކުރެވޭ އަހަރެންނަށް މިކަންތައް ސިއްރުކޮށްގެން ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން. އަހަރެންނަށް މަޢާފްކުރޭ. އަހަރެން ހުރިހާ ވާހަކައެއް ފައި އަށް ކިޔާދޭން ބޭނުން” ޔަނާލް ފައިޒަންގެ ބުރަކަށީގައި ލައްވެގެން ހުރެ ބުނަމުން ދިޔައެވެ. “ޕްލީޒް ނަނާ! ދެން ހުއްޓާލާ. އަހަރެންގެ އެއްވެސް މައްސަލައެއްނެތް ދެން ކިޔާނުދިނަސް. އަހަރެން މަޖުބޫރެއް ނުކުރަމެއްނު. ނަނާ ތޮގޮތަށް ފޮރުވިގެން ބޭނުން ދުވަހެއް ވަންދެން މިގޭގައި އުޅެވޭނެ. މިގޭ […]
******** ނޯޓް: މިވާހަކައިގެ އެއްވަނަ އެޕިސޯޑުން ފެށިގެން ފަސްވަނަ އެޕިސޯޑާއި ހަމައަށް ގެނެސްދީފައި އިންނާނީ ފެންވަރު އޮންލައިންގައެވެ. އެބައިތައް ކިޔާލަން ބޭނުންވާ ކިޔުންތެރިންނަށް އެ ސައޓް މެދުވެރިކޮށް އަދި އަޅުގަނޑުގެ ފޭސްބުކް ޕޭޖް ‘އުޝާލީގެ ވާހަކަ’ މެދުވެރިކޮށް ކިޔާލެވޭނެއެވެ. ******** 05 ވަނަ އެޕިސޯޑްގެ ތެރެއިން…… ދޫކޮށްލާފައި ހުރި މާގަނޑު ދަށުގައި ބަންޑުން ވެއްޓިފައި އޮތް ޔަނާލް ފެނި ފައިޒަންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ކުރު ޓީޝާޓް ކޮޅަކާއި ހަރުވާޅަކާއެކު ބުރުގާ ނާޅާ […]
އަޅުގަނޑުގެ ކޮއްކޮ އަޒޫ (ޙައްޔު) ގެ މިވާހަކަ ނުގެނެސްދެވި ލަސްވާ ކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ. މިވާހަކަ ލަސްވަނީ އައްޒަގެ ލޮލަށް ވަރަށް ދެރަގޮތެއް ދިމާވެގެން. ފުއްޕާހަމެއް ފުއްޕަން އުޅުމުގެ ތެރޭގައި އައްޒަގެ ލޮލުގެ އެތެރެއަށް ފަޅައިގެން ދިޔުމުގެ ސަބަބުން މިހާރު ދަނީ އެކަމަށް ފަރުވާ ކުރަމުންނެވެ. އެހެންކަމުން އައްޒަގެ އެދުމުގެ މަތިން ކިޔުންތެރިންނަށް އަންގާލީމެވެ. ލޯ ރަނގަޅު ވީހާ އަވަހަކަށް ވާހަކައިގެ އިތުުރު ބައިތަކާއެކު ބައްދަލުކުރާނެއެވެ. އިންޝާﷲ -ޝުކުރިއްޔާ-
“ރުފޭ އަންނާނެ ޝައްނު ވައްޓާލާފަ. ކުޑަކަމަކު ހޮސްޕިޓަލަށް ވަދެލާފައި ދާން” އައްޔަދު ޖަވާބުދިނެވެ. ލަސްލަހުން ރިމީޝާ ޝިނާންގެ ފަހަތަށް އަރާ އިށީނދެލިއެވެ. ޝިިނާންގެ އުނަގަނޑުގައި ދެއަތް ވަށާލުމާއެކު ޝިނާން ދުއްވާލަންވީހޭ ރިމީޝާ ކުރެން އަހާލިއެވެ. ރިމީޝާ ބޯޖަހާލުމުން ޝިިނާން ސައިކަލް ކުރިއަށް ދުއްވާލިއެވެ. އެވަގުތު ރިމީޝާ އައްޔަދަށް ބަލާލިއެވެ. އައްޔަދު ވެސް ހުރީ ރިމީޝާ އަށް ބަލަހައްޓައިގެންނެވެ. އައްޔަދުގެ ދެލޮލުން ރިމީޝާ އަށް ހުރިހާ ކަމެއް އެނގި ސާފުވިއެވެ. އައްޔަދު އަދިވެސް އެދެނީ އޭނަ އަށް ކަމެވެ. […]
“އަހަރެން ވަރަށް ލޯބިވޭ ރިމީ ދެކެ. ރިމީއަށްޓަކައި އަހަރެން ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ. އަހަރެންނަށް ކުރެވުނު ކުށަށް މާފް ނުދެނީސް މިދެފައިން ދޫކޮށެއް ނުލާނަން” ޝިނާން ބުނެލިއެވެ. ރިމީޝާ އަށް ނުހުރެވުނެވެ. ވަގުތުން ޝިނާނާއި އެއް ހަމައަކަށް ތިރިވިއެވެ. “އިޓްސް އޯކޭ… އެކަމު ދެން ފަހަރަކުން އަހަރެންގެ ދެފައިގާ ނުހިފާތި. އަހަރެންގެ ކުރިމަތީގައި ޝިންގެ މަގާމަކީ އަހަރެންގެ ދެފައެއް ނޫން. ތީ މިދުނިޔޭގައި ހުރި އަހަރެންނަށް އެންމެ މަގުބޫލު ފިރިހެނާ….” ރޮވިފައި ރިމީޝާ ބުނެލިއެވެ. “އެހެންވިއްޔާ […]
“ކަމެއް ދިމާވެގެން ގުޅީމަ ވެސް މި ޝިނާނަކަށް ނޭނގޭނެ އަވަހަކަށް އަންނާކަށް. ކަމެއް ވާއިރަށް ދެކޮޅު ނުބަލާ އަނބިން ދޫކޮށްފައި ދާއިރު ވެއްޖެ ވިއްޔާ މައިތިރިނުވެގެން އިންނަން. ދެން މަ ކިހިނެއްތަ މި ދޮރު ލެއްޕިޔަނުދީ ހިފަހައްޓާނީ…. ” އެތެރޭގައި ހުރެ ދޮރުލައްޕަން މަސައްކަތް ކުރަމުން ދިޔަ އައްޔަދު ބަލިކޮށްލުމަށް ދޮރުން ބޭރުގައި ހުރެ ހަށިގަނޑުގައި ނެތް ބާރު ދައްކަމުން ދިޔަ ޒޯހަލް އަމިއްލަ ނަފްސަށް އިވޭ ވަރަށް ޝިނާނަށް އަޑު ލަމުން ދިޔައެވެ. އައްޔަދުގެ އެއް […]
“މަންމީ!! ކޮންތާކު. ހާދަ އަނދިރިއޭ. މިޝްކޮ ވަރަށް ބިރުގަނޭ.. ދިއްލަބަ. ބައްޕީ!! މަންމި އުޅެނީ ތަން ނިއްވާލައިގެން. މަންމީ ބައްޕި ގޮވަނީ ފޯނުން” މިޝްކުގެ ވާހަތަކުން ރިމީޝާ އަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އަނދިރީގެ ތެރޭގައި ހުރި އައްޔަދަށް ބަލާލީ ޝައްކުން ފުރިގެންވި ނަޒަރަކުންނެވެ. ނަމަވެސް އެމޫނުން އެއްވެސް އެއްޗެއް އޭނާ އަށް ނުފެނުނެވެ. އިތުރަށް އެންމެ ހިނދުކޮޅަކަށް ވެސް އެތާ މަޑުނުކޮށް އޭނާ ދުވެފައި ގޮސް ދޮރުމަތީގައި ހުރި މިޝްކު ގޮވައިގެން ކޮޓަރިއަށް […]
“އަހަރެން އަތުގައި ބޭސްތިއަޅަނީ ކީއްކުރަން . ލޭ ހުސްވެގެން މަރުވެގެން ވެއްޓެންދެން ބެހެއްޓިނަމަ….” ކުއްލިއަކަށް އައްޔަދުގެ ތުންފަތުގައި ރިމީޝާ އިނގިލިތަކުން ބައްދާލިއެވެ. އެވަގުތު ރިމީޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ބަސްމޮށުންތެރިކަމާއި ނުލާ އެތައް ވާހަކައެއް ދެއްކި ކަހަލައެވެ. “އަޔާ މަރުވަން ނޭދޭ އެތައް ބައެއް ތިބޭނެ. ކުޑަކުޑަ ދަރިއަކު ވެސް އެބައޮތްދޯ” ރިމީޝާ އިސްޖަހާލަމުން ބުނެލިއެވެ. “އަހަރެން ބޭނުމެއްނޫން ދުނިޔޭގައި އުޅޭކަށް. އަހަރެންދެކެ ލޯބިވާ އެކަކު ވެސް ނެތް” އައްޔަދު ބުނެލިއެވެ. ރޮވިފައިވާ އަޑަކުންނެވެ. “ތިހެން […]