“އަބަދުވެސް. ކުރިން ޖަނާންގެ ރީތިކަން އަހަރެންގެ ބޮލަށް ސަވާރުވެފައި ހުރުމުން އެކަން އިހުސާސްނުވީ. އެކަމަކު ޖަނާން އަހަރެންނާއި އިންނަން އޮތް ރޭގައި ފިލައިގެން އެހެން ފިރިހެނެއްގެ ފަހަތުން ދިޔުމުން އެކަން އަހަރެން ހަނދާންވީ. މިހާރު އަހަރެންގެ ވިސްނުމާއި ގުޅިފައިވަނީ ހަމައެކަނި ރިމީޝާ” އައްޔަދު ޖެހިލުމެއްނެތި ބުނެލިއެވެ. “އެކަމަކު ރިމީ މިހާރު އެއީ މީހެއްގެ އަންބެއް. ކިހިނެއް އައްޔަދު އޭނާ ހޯދާނީ. އަންހެނަކަށް ދެފިރިހެނުން ހުއްދައެއް ނޫން” ޖަނާން ދެލޯ ފޮހެލަމުން ބުނެލިއެވެ. “އެހެންވީމަ ރިމީ އަދި ހުރިހާ […]
“އެއީ ޝިނާނާއި ޝިނާންގެ އެކްސްވައިފް ނޯޔާގެ ދަރިއެއް. އެކަމު ވިހޭއްސުރެ ފެށިގެން މިޝްކުގެ ހުރިހާ ކަމެއް ބެލެހެއްޓީ އަހަރެން. މިޝްކު މިދުނިޔެއަށް އައިރު އަހަރެންވެސް އިނީ އަހަރެންގެ ފުރަތަމަ ދަރިފުޅު ވަކިވުމުގެ ހިތާމައިގަ. އެބައި އަހަރެންނަށް ފުރިހަމަކޮށްދިނީ މިޝްކު. މިޝްކު އާއި ނުލާ މިދުނިޔެއަށް އެންމެ ނޭވައެއް ވެސް މަށަށް ނުލެވޭނެ. އަހަރެންގެ މުޅި ދުނިޔެ މުޅި ވުޖޫދު އަހަރެންގެ ދެލޮލުގެ ދެނޫރު އެއީ” ރިމީޝާ ވާހަކަދައްކަމުން ދިޔައެވެ. “ރިމީގެ ފުރަތަމަ ދަރިއޭ… ރިމީ ކުރިން […]
“އަހަރެން ރިމީ އަށް ދިން އަނިޔާތަކަށް ބަލާފައި މީ އަދި އެއްވެސް އެއްޗެއްނޫން. ހެހެހެ…. އަމިއްލަ ފުރާނަދޭން ވެސް ތައްޔާރު. އަހަރެން މިވަގުތު ދިޔަސް އަދި އަންނާނަން. ތިލޯބި ލިބެންދެން ހިތްވަރު ކުރާނަން…ފަހަތަށް އެންމެ ފިޔަވަޅެއް ވެސް ނާޅާނަން” ރިމީޝާ ނުބަލާ ހުރި ވަގުތު އައްޔަދު ކުރިއަށް ޖެހިލާ ރިމީޝާގެ އަތްތިލަ ނަގާ ބޮސްދިނެވެ. އެމަންޒަރު އެވަގުތު ހުޅުވާލާފައި ހުުރި ދޮރުމައްޗަށް އެރި ޝިނާނަށް ރަނގަޅަށް ފެނުނެވެ. “ޝިން!!!” ރިމީޝާގެ ދެތުންފަތް ދޭތެރެއިން ވައި […]
ފުރަތަމަ ފަހަރަށް ދެ ހަށިގަނޑު ގުޅިލާމެހިގެން ދިޔަ ވަގުތު ދެހިތް ވެސް އެކަކު އަނެކަކަށް ބަސްމޮށުންތެރިކަމާއި ނުލާ އެތައް ވައުދުތަކެއް ވަމުން ދިޔައެވެ. އެތައް ދުވަހަކަށްފަހު ހަށިގަނޑަށް ލިބުނު އަރާުމުގައި ބެހިގެން ގޮސްފައިވާ ދެހަށިގަނޑަށް ވެސް ލޮޑުކަމެއް އިހުސާސްވެ ވަރުބަލިވެ އެކަކު އަނެކަކު އަތު ތެރޭގައި ތިބެ ކުރިން ދެލޯ މެރިގެން ދިޔައި ކާކަށް ކަމެއް އެކަކަށް ވެސް ބުނާކަށް ނޭނގެއެވެ. އާދައިގެމަތިން ރިމީޝާ އަށް ދެލޯ ހުޅުވާލެވުނީ ފަތިސްނަމާދު ބަންގިއަށެވެ. ޖެހިގެން އޮތް ޝިނާންގެ […]
“ބޭކާރު ވާހަކަނުދައްކާ ތަން ސާފުކުރޭ. އެހެންނޫނީ ޒާއްތަ ނިކުންނަ ގޮތަށް ރޭސްވާނެ” އައްޔަދު ބުނެލިއެވެ. ޝަނުމް މޮޕް ބަލާ ދިޔުމުން އައްޔަދުގެ ނަޒަރު ސީދާކޮށްލީ ޓީވީއަށެވެ. އެވަގުތު ސިޓިންގްރޫމް ދޮރު ހުޅުވާލާފައި ވަން ރިމީޝާ އަށް އައްޔަދު ފެނި ހިނދުކޮޅަކަށް ނަމަވެސް ހިތަށް ގޮތެއްވިއެވެ. އައްޔަދުވެސް އެސްފިޔަ ޖަހާނުލާ ރިމީޝާ އަށް ބަލަން އިނެވެ. އަތުގައި އޮތް ޓީވީ ރިމޯޓް ޓީވީ އަށް އަމާޒުކޮށްފައި ހުއްޓަސް އޭނާގެ ނަޒަރު ވަނީ ރިމީޝާ އާއި ދިމާލަށެވެ. ރިމީޝާގެ ހިމަ […]
ރިމީޝާ އަށް ކުޑަ ހައިރާންކަމެއް ލިބުނީ މިހާ ހެނދުނު އެގެއަށް އައީ ކާކުކަން ނޭނގޭތީއެވެ. އެމީހަކު ކިތަންމެ ވަރަކަށް ބެލް އެޅިޔަސް ލައިގެން ހުރި ހެދުމުގެ ގޮތުން ހުޅުވޭކަށް ނެތެވެ. ތަކުރާރުކޮށް އެމީހަކު ބެލް އަޅަން ފެށުމުން ރިމީޝާ ވަނީ ކޮޓަރިއަށެވެ. ލައިގެން ހުރި އަތްކުރު ޓީޝާޓްކޮޅު މަތިން ކަޅުހެދުން ލުމަށްފަހު ބުރުގާ އަޅައިގެން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު ބެނިއަންއަކާއި އެކު ހަމަ އެކުލައިގެ ސޯޓްބުރިއެއްގައި ފުރަގަހަށް ހުރި އިސްކޮޅުންދިގު ޒުވާނެއް ރިމީޝާ އަށް […]
“ޒާއްތާ އަހަރެން ދެން ކިހިނެއް ހަދާނީ…. ހާދަ ލޯތްބެއްވެޔޭ ރިމީ ދެކެ. މީހުން ބުނޭއެއްނު އެއްޗެއްގެ މުހިއްމުކަން އެނގޭނީ އަތުން އެއެއްޗެއް ބީވެގެން ދިޔައިމައޭ… އެއީ ތެދެއްކަން މިހާރު އިހުސާސްވޭ އެބަ” އައްޔަދު ބުނެލިއެވެ. އަޑުގައި ވަނީ ހިތާމައެވެ. “ޒާއްތަ ވަރަށް ދެރަވޭ އަޔާ ތިކަހަލަ ވާހަކަ ދައްކާތީ…މާތްﷲ ގެ މިންވަރުފުޅަށް ރުހެންވާނެ. ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށް. އެކަމެއްގެ ފަހަތުގައި ރަނގަޅު ސަބަބެއް އޮވެގެން. އަހަރެމެންނަށް އެސަބަބެއް ނޭނގުނަސް އެކަލާނގެ ދެނެވޮޑިގެންވާނެ. އެކަމުގައި ވެސް […]
“އަހަރެންގެ ދަރިފުޅު ކަލޭ ކަހަލަ ނާތަހްޒީބު މުސްކުޅި އެއްވެސް އަގެއްނެތް އަންހެނެއްގެ އަތްދަށުން ސަލާމަތްކުރުމަށްޓަކައި އަހަރެންގެ ހުރި ހަމައެކަނި މާމާ ދަރިފުޅަށް ކޮންމެފަދަ ނިކަމެތި ކަމެއް ދޭން ޖެހުނަސް އެކަމެއް އަހަރެން ކުރާނަން. އެންމެ ފުރަތަމަ އަބަދުވެސް އިސްވާނީ މަގޭ އުފަންދަރި. އެދަރި ނެތިފައި މާމަ ދަރިވެސް ބޭނުމެއްނެތް. މިބުނި އެއްޗެއް އެނގިއްޖެތަ؟ މިޝްކު ހެޔޮހާލުގައި ކައިރީގައި ބަހައްޓަން ބޭނުންވަންޏާ ޝިނާނާއި އިންނަން ދެކޮޅު ހަދާ…. އަދި ބުނަން މިއިން އެއްވެސް ކަމެއް ޝިނާން އަށް އެނގިއްޖެނަމަ […]
“އައިލަވްޔޫ ރިމީ… އަހަރެން ރިމީ ބޭނުން. އަހަރެންނަށް ވިިސްނިއްޖެ. ހިތާމައަކީ ހެޔޮވިސްނުން ލިބުނުއިރު ވަގުތުފާއިތުވެފައި ވާކަން. އެކަމަކު އަހަރެމެން ދެމީހުން ކުޑަކުޑަ ހިތްވަރެއް ކޮށްލަނިކޮށް އަދި ހުރިހާ ކަމެއް ރަނގަޅުކޮށްލެވިދާނެ… ޕްލީޒް…..” ދެއަތް ޖޯޑުކޮށް ރިމީޝާގެ ކުރިމަތީގައި ހުއްޓިލަމުން އައްޔަދު ބުނެލިއެވެ. “އަހަރެން ބޭނުމެއްނޫން. އަހަރެން ވަރަށް އަވަހާއި ކައިވެނި ކުރާނަން” ހިތާމަވެރި އަޑަކުން ރިމީޝާ ބުނެލިއެވެ. “އަހަރެންގެ މައްސަލައެއް ނެތް. ރިމީ އެހެންމީހަކާ ިއނދެފައި އަޔަސް. އަހަރެން ބޭނުމީ ރިމީ. އަހަރެމެން ދެމީހުންނަށް […]