Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ….17

Ushaali Level 810 Stories100 Comments100 Stories500 Comments
April 14, 2018 9 Mins Read
26 Comments

“ﷲ ގެ ހެޔޮ ރަހްމަތްފުޅުން ހުރިހާ ކަމެއް ވެސް ރަނގަޅު. މާބޮޑަށް ދެރަވީ ކަންނޭނގެ. މިހާރު އޮތީ ހޭލާ. އެކަމަކު ވަރަށް މާޔޫސްވެފައި އޮތީ… ބައްދަލުކުރެވޭނެ މިހާރު” އަވަސް ފަރުވާދޭ ބައިން ނިކުތް ޑޮކްޓަރ ވާހަކަދެއްކީ ގޮނޑިތަކުގައި ތިބި ރިމީޝާގެ އާއިލާއާއެވެ. ނަޒީމް އާއި ބައްދަލުކުރުމަށް ރިމީޝާ ނޫން އެހެން އެންމެން އެތެރެއަށް ވަނެވެ. ރިމީޝާ މިސްރާބު ޖެހީ ގެއާއި ދިމާލަށެވެ. އޭނާ ހުރީ އިންތިހާ އަށް ދެރަވެފައެވެ. މިއަދު އޭނާގެ ބައްޕަ އަށް އެެހެން އެވީ އޭނާގެ ސަބަބުންނޭ ހިތަށް އަރަނީއެވެ.

 

ނާއިން އާއި އަލްވީރާ ނަޒީމް ގޮވައިގެން ގެއަށް އައިރު ރިމީޝާ ފެންނާކަށް ނެތެވެ. ރިމީޝާގެ ކޮޓަރީ ތަޅުހުޅާވާލިއިރު ތިރީގައި މުސައްލަ މަތީގައި ދުއާ އަށް އަތް ނަގައިގެން އިން ރިމީޝާ ފެނުމުން ނަޒީމްގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ރިމީޝާ ސަލާން ދިން އިރު ނަޒީމް އާއި އަލްވީރާގެ އިތުރުން ނާއިން އަދި އަންޖަލް އިނީ އެކޮޓަރި ތެރޭގައެވެ. ރިމީޝާގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ އެއެއްމިއެއް ބަލާފައެއް ނޫނެވެ. ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލެވުނީ އޭނާގެ ސަބަބުން އާއިލާ ކުރާ ހިތާމަ ފެނުމުންނެވެ.

“ދަރިފުޅާ!!” ނަޒީމްގެ އަޑު ކަންފަތުގައި ޖެހުމާއެކު ރިމީޝާ ދުވެފައި ގޮސް ވެއްޓުނީ ނަޒީމްގެ ދެފައި ބުޑަށެވެ.

“ބައްޕާ!! އަޅުގަނޑަށް މާފްކުރޭ… ބައްޕަ ބަލިވީ އަޅުގަނޑުގެ ސަބަބުން” ރިމީޝާ ރޮމުން ބުނަމުން ދިޔައެވެ.

“ނޫން… ތިހެން ނުބުނޭ. ދަރިފުޅުގެ ތަގްދީރުގައި ލިޔެވިފައި ވާގޮތް އެއީ. އެކަން ބަދަލުކުރެވޭ ވަރުގެ ގާބިލިއްޔަތު ކަމެއް އިންސާނުންގެ ކިބައިގާ ވާނަމަ އެންމެ ކުރީގައި ހުންނާނީ ބައްޕަ. ބައްޕަގެ މިތިބަ ދެދަރިންނަށް ހަމައަށް ހިތާމައެއް ކުރިމަތިވާ ޖެހުނީހީ ބައްޕަ ހުރަސްކޮށްފަ. ބަލި ކޮށްފަ” ރިމީޝާގެ ދެއަތުގައި ހިފާ ނަގަމުން ނަޒީމް ބުނެލިއެވެ. ދުރުގައި ހުރި އަލްވީރާ ވެސް އައިސް ރިމީޝާގެ ބޮލުގައި ފިރުމާލިއެވެ. ނާއިން ވެސް ހުރީ ދެލޯ ފެންކަޅިވެފައެވެ.

“މަންމަމެން ހީކުރި ފަދަ ދަރިއަކަށް އައްޔަދު ނުވި. އެއީ އަނިޔާވެރިއެއް. އަޅުގަނޑު ދުވަހަކު ވެސް އޭނާ އަށް މާފެއްނުކުރާނަން” ރިމީޝާ ބުނެލިއެވެ.

“އެވާހަކަ ދެން ނުދައްކާ ދަރިފުޅާ. އެއީ ދަރިފުޅު ހޭލާ ހުއްޓަ ފެނުނު ބިރުވެރި ނުބައި ހުވަފެނެކޭ ހިތާ ހަނދާން ނައްތާލާ” އަލްވީރާ ރިމީޝާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.

“ދަރިފުޅާ އަންޖޫ!! ދޭބަލަ ދޮންތަ އަށް ވަރަށް ފިނިކޮށް ފެންތައްޓެއް ގެންނަން” އަލްވީރާ ބަލާލީ އަންޖަލް އަށެވެ. ކިޔަމަންތެރިކަމާއެކު އަންޖަލް ދިޔުމުން ކޮޓަރިތެރެއަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ.

**************************************

ރޭގަނޑެވެ. އަލްވީރާގެ އުނގުގައި ރިމީޝާ ބޯއަޅާލައިގެން އޮތް އިރު ދެމީހުން ވެސް ވަނީ ވިސްނުމަކަށް ގެއްލިފައެވެ. އޭރުވެސް އަލްވީރާ މަޑުމަޑުން ރިމީޝާގެ ބޮލުގައި ފިރުމަމުން ދިޔައެވެ.

ދަރިފުޅާ!! ޝިނާން ހުންނާނީ އަދިވެސް ދަރިފުޅުގެ އިންތިޒާރުގަ. ޔަގީނުން ވެސް ދަރިފުޅުގެ އަތުން ދޫކޮށްނުލާނެ މީހެއް އެއީ” އެންމެފަހަށް އަލްވީރާ ވިސްނަމުން ދިޔަ ކަންތައް ދުލާއި ހަމައަށް ގެނައެވެ. ރިމީޝާ ލުއިލުއިކޮށް ހީލިއެވެ.

“އެއީ މީހެއްގެ ފިރިއެއް. ޝިނާން ނޯޔާ އާއި ކައިވެނި ކޮށްފި. މަންމަ އަށް އެނގެއެއްނު ނޯޔާ” ރިމީޝާ ބުނެލިއެވެ.

“ކައިވެނި ކުރިކަމެއް ނޭނގެ މަންމައަކަށް. ޝިނާން ވަރަށް ގުޅާނެ މަންމަމެންނަށް. އެކަމަކު ތިކަހަލަ ވާހަކައެއް ނުބުނޭ” އަލްވީރާ ބުނެލިއެވެ.

“އަޅުގަނޑަށް ވެސް އެނގުނީ އިހަކަށް ދުވަހަކު. ޝިނާން ވެސް ބޭނުންނުވާނެ ދޯ އަޅުގަނޑު ކަހަލަ މީހެއް ދެނެއް” ރިމީޝާ ބުނެލިއެވެ.

“އައްޔަދު އިންނަން އެދިގެން އަތުވިޔަސް ދެން މަންމައަކަށް ރުހުމެއް ނުދެވޭނެ. އެކަން ރިމީ ހަނދާން ބަހައްޓައްޗެ” އަލްވީރާ ބުނެލިއެވެ.

“ހެހެހެ…. ނާންނާނެ. އެހެންނޫނަސް އަޅުގަނޑު އެ އިންސާނާ އަށް ނަފްރަތު ކުރަން. އޭނާ އަޅުގަނޑު ހިތުގައި ޖެއްސި ކޮންމެފަހަރު މި ލޯތްބަށް ދިޔައީ ލޮޅުން އަރަމުން. އަޅުގަނޑަށް ޔަގީން އޭނާ ވިސްނިގެން އަދި އަންނާނެކަން. އެދުވަހަކުން އަޅުގަނޑު ހުރީ ހުސްކޮށް ނަމަވެސް ރޮށްވާލާނަން. އަޅުގަނޑު ކުރި ހިތާމައިގެ ޑަބަލް ހިތާމަ ކުރުވަން ޖައްސާނަން. ލޮލުން ރޯން ހުއްޓާ ކަރުނަތައް ނޯށަށް އަރާވަރު ކުރާނަން” ރިމީޝާ އެއްދިމާލަކަށް ބަަލަން އޮވެ ބުނެލިއެވެ.

“މަންމަ އުފާކުރަން. ދަރިފުޅު ބަލިވޭ ނީންކަން އެއީ ލެއްވި ނަސީބެއް. އެހެންނޫންނަމަ މިއަދު އެކުއްޖާ އަށް ލިބޭނީ ކޮންފަދަ ހިތާމައެއް” އަލްވީރާ ބުނެލިއެވެ.

“މަންމާ!! ބަލިވެ އިންނާނީ އޭނަ އެފަދަ ގުޅުމެއް އަޅުގަނޑާއި ހިންގި ނަމައެއްނު. އެންމެ ރެއަކު އޭނަ އަޅުގނޑާއި ގާތްވީ… އެވެސް ހަމަހޭގައި ނެތްއިރު” ރިމީޝާގެ އެޖުމްލައިން ބޮލުގައި ފިރުމަމުން ދިޔަ އަލްވީރާގެ އަތްތިލަ އަށް ހުއްޓުމެއް އައެވެ. އެއްލޮލުން ވެއްޓުނު ކަރުނަތިކި ހިނދިގެން ދިޔައީ ރިމީޝާގެ އިސްތަށިގަނޑު ތެރެއަށެވެ. ރިމީޝާ އުޅުނު ހާލު އެދުލުން ކިޔާދިނުމުން އަލްވީރާ އަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރަން ދަތިވިއެވެ. ދަރިފުޅަށްޓަކައި މަޔަކު ކުރާނެ ހިތާމަތަކުގެ އެންމެ ފުނަށް އަލްވީރާ ފީނައިގަތެވެ.

***************************************

އެއް ހަފްތާ ފާއިތުވެގެން ދިޔައިރު ރިމީޝާގެ ހިތާމަތައް ވަނީ މަޑުމަޑުން ބަދަލުވާން ފަށައިފައެވެ. ގޭތެރޭގައި ކުރިން އޮންނަ މަޖާ ސަކަރާތުގެ އަޑު މަޑުމަޑުން އިވެން ފަށައިފިއެވެ. ރިމީޝާ ފޫހިވެގެން އުޅެން ފެށުމުން ސިޓިންގްރޫމުގައި ވަކިން ޕާރޓިޝަން ޖަހާފައި ހުރި ތަނަށް ނަޒީމް ވަށް މޭޒަކާއި ހައެއްކަ ގޮނޑި ބަހައްޓާދީ ކަރަންޓްވައިރު ކޮށްދިނެވެ. ފާރުގައި އާދައިގެ ފަންކާއެއް ހަރުކޮށްދީ ޖާގަ ތަނަވަސްކޮށްދިނެވެ. ގޭ ބޭރު ދޮރުގައި ކުދިންނަށް ޓިއުޝަން ދޭކަަމަށް ލިޔުމެއް ހަރުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކުދިން ނަން ނޯޓް ކުރަން ފެށިއެވެ.

ރިމީޝާގެ ހިތަށް ލިބުނު އުފާވެރިކަމެއްގައި ކުޑަކުޑަ ކުދިންނަށް ކިޔަވާދިނުން ވެގެން ދިޔައެވެ. އެކުދިން ފެނުމުން އޭނާ މިޝްކު މަތިން ހަނދާންކޮށް ރޮވޭ ފަހަރު ވެސް އާދޭއެވެ. އެކުދިންނަށް ކިޔަވާދިނުމަށްފަހު ބާކީ އޮންނަ ވަގުތު ތަކުގައި ކުޅެވެސް ހަދައެވެ. އެހުރިހާ ކުދިން ވެސް ރިމީޝާއާއި ވަރަށް ގުޅެއެވެ. އެހިސާބުގަނޑު ބައެއް މީހުން ރިމީޝާގެ ނަން ވެސް ‘ކުޅޭދައްތަގެ’ ނަމަށް ބަދަލުކުރިއެވެ.

“އަދިވެސް އޯކޭއެއް ނޫން” ހޮޑުލާފައި ފާހާނާ އިން ނިކުތް އަންޖަލް އާއި ރިމީޝާ ސުވާލުކުރިއެވެ.

“ޕްރެގްތަ؟” ރިމީޝާ ސުވާލުކުރިއެވެ.

“ހީވަނީ. މިފަހަރުގެ ސައިކަލް މިސްވެއްޖެ” ތުވާލިން މޫނު ފޮހެމުން އަންޖަލް ބުނެލިއެވެ.

“ނާއި އަށް އެނގޭތަ؟…. އިރާދަކުރެއްވިއްޔާ ދޮންތަ ބޮޑުމަންމި އަކަށް ވަނީ…. ޔޭ….،.” ރިމީޝާ އުފަލުން ބުނެލިއެވެ.

“އަދި ނޭނގެއެއްނު. ޓެސްޓް ހެދީމަ އެނގޭނީ” އަންޖަލް ވެސް ހީލަމުން ބުނެލިއެވެ. ދެކުދިން ވާހަކަދައްކަމުން ކޮޓަރިން ބޭރަށް ނިކުތްއިރު އަލްވީރާ ފެންވަރައިގެން ބޮލުގައި ތުވާލި އޮޅާލައިގެން  ނިކުންނަނީއެވެ. އަތުގައި އޮތް ފޯނަށް ބަލާލަމުން ހިނިތުންވެލެއެވެ. ރިމީޝާ ފެނުމުން އަލްވީރާގެ ހިނިތުންވުން އިތުރަށް ފުންވިއެވެ. އެވަގުތު އަލްވީރާ އެނިންމާލީ ޝިނާންގެ ފޯންކޯލެއްކަން ބުނާކަށް ބޭނުމެއްނުވިއެވެ.

“މަންމާ!! ހާދަ އުފާވެފަ. އެނގޭތަ؟ މަންމަ މާމަ އަކަށް ވަނީ” ރިމީޝާ އަލްވީރާގެ އަތުގައި އެލި ގަންނަމުން ހީލާފައި ބުނެލިއެވެ.

“ހަމަ ރަނގަޅަށް… އަލްހަމްދުލިއްލާހް…. އެކަމަކު އައްޔަދު…..” އަލްވީރާ ޖުމްލަ ފުރިހަމަ ކުރަން އުޅުނެވެ.

“ސާބަހޭ މަންމާ!!! އަޅުގަނޑެއްނޫނޭ…. އަންޖޫ އޭ…” ރިމީޝާ ބުނެލިއެވެ. އަންޖަލް ހީލާފައި އިސްޖަހާލީ ކުޑަކޮށް ލަދުވެތި ކަމެއް އިހުސާސް ކުރެވުމުންނެވެ.

“ކީކޭ މަންމަ ބަނޑުބޮޑޭ… އަޅޭ މަންމާ…. ތިއުމުރުގަ….” ގޭތެރެއަށް ވަދެގެން އައި ނާއިން ފާޑަކަށް އަނގަ ހަދާލައިގެން ހުރެ ބުނެލިއެވެ. އަލްވީރާ ލަދު ގަތަސް ހިނިވެސް އައެވެ. ރިމީޝާއާއި އަންޖަލް އަށް ހެވުނީ ދާދި އެކުއެކީގައެވެ. އަލްވީރާ އެތަނުން ދަމުން އަންޖަލް ކައިރިއަށް ހުއްޓި އަންޖަލްގެ މޫނުގައި ފިރުމާލަމުން ނިތްކުރިއަށް ބޮސްދިނެވެ. ނާއިން ދެބުމަ ގޮށް ޖަހާލިއެވެ.

“މަންމަ ބަނޑުބޮޑުވީމަ އަދިވެސް އަންޖު އަށްތަ ބޮސްދެނީ…” ނާއިން މަޑުމަޑުން ބުނެލިއެވެ.

“ދޮންތާ!!! މަށެއް ބޭނުމެއްނޫން މަށަށް ވުރެ ކުޑަކުއްޖަކު މިގެއަށް އަންނަން. އޭރުން މަގޭ ޕޯސްޓް ކެޓީ…. އޭރުން އެއްވެސް ދިމާލެއްގަ ލައްވާނުލާ މަ ހުންނާނީ…” ނާއިން އަންޖަލް ކައިރީގައި ހުއްޓިލަމުން އައިސް ބުނެލިއެވެ.

“ސާބަހޭ… އަޅެ ހީކުިރީ މީ ހަމައެކަނި ފުނާ އަޅަން ހުންނަ ބޮލެއް ކަމަށްތަ؟” ރިމީޝާ ނާއިންގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ.

“ނޫން… ޖެލް ވެސް ހާކަން. ހިރުވާތީ ކަހަން ވެސް ކަހަން… ކީއްވެ ތިހެން ތިބުނީ. މަ މިބުނީ ދޮގު ވާހަކައެއްތަ؟ ދޮންތަ ކުޑަކޮށް ވެސް ލަދެއް ނުގަނޭތަ މަންމަ އެ އުމުރުގަ ބަނޑުބޮޑުވީމަ” ނާއިން ބޮލުގައި އަތް އުގުޅާލަމުން ބުނެލިއެވެ. ރިމީޝާ ދެފަރާތަށް ބޯ ހޫރާލީ ހިނިއައިއްސަ ހުރއެވެ. އަންޖަލް ވެސް ހީލަހީލަ ހުއްޓެވެ.

“ހެހެހެހެ… ބޮޑުކަމެއް. ބަލަ މިގޭގައި މަންމަ އާއި ބައްޕަ އެކަނިތަ އިނދެގެން އުޅެނީ. މަންމަމެން އެއުޅެނީ މޮޔަވެގެންތަ ދަރިއަކު ނުހޯދިގެން” ރިމީޝާ ހީލާފައި ބުނެލިއެވެ. ނާއިން އަނގައަށް ގޮތެއް ހަދާލަމުން ބަލާލީ ކައިރީގައި ހުރި އަންޖަލް އަށެވެ.

“މީ އޭ މިގޭ ބަނޑުބޮޑު ކުއްޖަކީ… އަވަހަށް ދޭ ހޮސްޕިޓަލަށް ގޮސް ޔަގީންކުރޭ… މިރޭ ވާނެ ސެލެބްރޭޓްކުރަން” ނާއިންގެ އަތް ގެންގޮސް އަންޖަލްގެ ބަނޑުގައި ޖައްސާލަމުން ރިމީޝާ ހީލާފައި ދިޔައެވެ.

“މޮޔަ” ނާއިންގެ ބަނޑުގައި ޖަހާލަމުން އަންޖަލް ބޯއަޅާލީ ނާއިންގެ މޭގައެވެ. ނާއިން އަށް ދެލޯ މަރާލެވުނީ އޭނާ އަށް ލިބިފައިވާ އުފާވެރިކަން މިވަގުތު ހިތުގައި ފޮރުވާލަމުންނެވެ. ޔަގީންވަންދެކަަށް އުފާކޮށް މަޖާކުރަން ބޭނުންނުވާތީއެވެ.

*******************

ރޭގަނޑަށް ހުނިރޮށި ފިހަން އުޅުނު އަލްވީރާ އަށް ހުނި ގާނައިދޭން ރިމީޝާ އިނެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެކެވެ. އަލްވީރާ ފުށް ފުރާނަން ހުރެ ރިމީޝާއަށް ބަލާލައެވެ. ރިމީޝާ ބަލާލުމާއެކު ހީލައެވެ.

“މަންމާ!!! ހާދަ ހީވެޔޭ އެއްޗެއް ބުނަން އުޅޭހެން” ރިމީޝާ ބުނެލިއެވެ.

“އާނ… އެއީ މިގޭ ހުސްކޮށް ހުރި ކޮޓަރި ސާފުކޮށްލައްޗެ ރިމީ ތިކަންތައް ނިންމާލާފައި ގޮސް. ބެޑްޝީޓް ބަދަލުކޮށް މޮޕްއަޅާ ފާހާނާ ވެސް ސާފުކޮށްލާތި” އަލްވީރާ ބުނެލިއެވެ.

“އެއީ؟ މީހަކު އަންނަނީތަ؟” ރިމީޝާ ހަރަކާތްތައް ހުއްޓާލަމުން އަހާލިއެވެ.

‘ހޫމް…. ޝިނާން.. ޗުއްޓީ ހޭދަކޮށްލަންށޯ” އަލްވީރާ ބުނެލިއެވެ. ރިމީޝާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.

“އެހެންތަ؟” ފާޑަކަށް ރިމީޝާ ބުނެލިއެވެ.

“ލޯންޗު ގާތްކުރާނެ ހަތަރެއް ޖަހާލާހާއިރު. ދަރިފުޅު ވާނެ މަންމަ އާއެކު ބަނދަރަށް ނިކުންނަން” އަލްވީރާ ބުނެލިއެވެ. އެއްޗެއް ނުބުނެ ރިމީޝާ އިނެވެ.

“ޝިނާން ހުންނަ ތަނެއްގައި ނޯޔާ ވެސް ހުންނާނެ ދޯ. އެހެންވީމަ މަންމަގެ އަޅާލުންކުޑަ ކަމެއް ނުވާނެއްނު ދައްކައިގެނެއް” އަލްވީރާ ބުނެލިއެވެ. ފުށްތަށި ގެންގޮސް މޭޒުމަތީގައި ބަހައްޓަމުން އަލްވީރާ ރިމީޝާއަށް ބަލާލިއެވެ. ރިމީޝާ އިނީ ވިސްނުމެއްގައެވެ.

“ނިމުނީތަ؟ ގެނޭ ހުނިތަށި” އަލްވީރާ ބުނެލިއެވެ. ރިމީޝާ ތެދުވެ ހުނިގޮނޑި ތިލާ ފެންކޮޅަކުން ދޮވެލަމުން ކުރިން ހުރި ތަނުގައި ލައްގާލިއެވެ. އަދި ހުނިތަށި ހިފައިގެން ގޮސް އަލްވީރާ އަތަށް ދިނެވެ. އަލްވީރާ ފުށްމޮޑެން ފެށުމުން ރިމީޝާ ގޮނޑި ދަމާލާފައި އިށީނެވެ. ފުށްމޮޑެމުން ދިޔަ އަލްވީރާ އިރުކޮޅަކާއި ރިމީޝާއަށް ބަލާލައެވެ.

“ކޯއްޗެއް ތިވިސްނަނީ. ރިމީ ދާން ބޭނުންނޫނިއްޔާ މަންމަގެ މައްސަލައެއްނެތް” އަލްވީރާ ބުނެލިއެވެ.

“ނޫން ދާނަން” ރިމީޝާ ކުރު ޖަވާބެއްދިނެވެ.

“ދެން އެހެންވިއްޔާ ދޭ އެ ކޮޓަރި ތައްޔާރުކޮށްލަން” އަލްވީރާ ބުނެލިއެވެ. ރިމީޝާ މޭޒުމަތީގައި ހުރި ކުޅިމަސްތަށިން މަސްކޮޅެއް އަނގައަށްލާ ހަފާލަމުން ބަދިގެ ބައިން ނިކުތެވެ. އަލްވީރާ ރިމީޝާއަށް ބަލަން ހުރީ ހީލައިގެންނެވެ.

*****************************

ހަވީރު ހަތަރެއް ޖެހިއިރު އަލްވީރާ އާއި ނަޒީމް އަދި އިތުރުން އެ އާއިލާގެ އެހެނިހެން މެންބަރުން ތިބީ ބަނދަރުމަތީގައެވެ. އޮށްސެމުންދާ އިރުން ވަކި ސަރަހައްދެއް ހޫނުކުރަމުން ދިޔައިރު ރިމީޝާމެން ތިބީ ތަންކޮޅެއް ދުރުގައި ހުރި ރުކެއް ދަށުގައި ބަހައްޓާފައި ހުރި ޖޯލިފައްޗެއްގައެވެ. ހަވީރުގެ ހިތްގައިމު ވަގުތު ކުޑަދަރިފުޅު ގޮވައިގެން ދުއްވާލަން ނިކުމެ އުޅެ ބައްޕައިން ވެސް ސައިކަލުގައި ދެކޮޅަށް ދުއްވާތަން ފެނެއެވެ. އެހެންވަގުތު ތަކާއި ބަލާފައި ބަނދަރުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ދެޖީންސުގެ ޒުވާނުން ގިނަހެން ހީވެއެވެ. ތަންކޮޅެއް ދުރުން ބަށިކުޅެން ތިބި އަންހެން ގުރޫޕެއްވެސް ފެންނަމުން ދިޔައެވެ. އެދިމާލަށް ރިމީޝާ ބަލާލިވަގުތު އެތަނުން އަންހެންކުއްޖަކު ހައި ޖަހާލަމުން ރިމީޝާ ވެސް ހީލާފައި އަތް އުފުއްލާލިއެވެ.

“ދަރިފުޅު!! ދަމާ ތަންކޮޅެއް ކައިރިއަށް” ރިމީޝާގެ ފައިގާ ކޮށްޓާލަމުން އަލްވީރާ ބުނެލިއެވެ.

“މަންމާ ނޯޔާ ދެކިލަން ވަރަށް ބޭނުންވެފައި އިންހެން ހާދަ ހީވެޔޭ… އެހެންނޫނަސް އެތަނަށް ދިޔައިމަ ލޮލާއި އިރާއި ދިމާވާނީ. އެހެންވީމަ އަޅުގަނޑު މަޑުކޮށްލާނަން މިތާ. މަންމަ ދޭ” ރިމީޝާ ފޫހިގޮތަކަށް ބުނެލިއެވެ. ވަދެގެން އައި ލޯންޗު ފެނުމުން އަލްވީރާ އަށް ހިނިތުންވެވުނެވެ. ޝިނާން އާއި ނޯޔާ ދުށުމުގެ ޝައުގުވެރިކަން ރިމީޝާގެ ނެތުމުން އޭނާ ނަޒަރުހުއްޓާލީ އަތުގައި އޮތް ފޯނަށެވެ.

ކުޑައިރުކޮޅަކުން ރިމީޝާގެ ފައިގެ ފަލަމަސްގަނޑުގައި އަލްވީރާ ކޮށްޓާލިއެވެ. ރިމީޝާ ހޫނ އެއް ލައްވާލަމުން އަލްވީރާގެ މޫނަށް ބަލާލިއެވެ. އަލްވީރާ އިނގިލި ދިއްކޮށްލި ދިމާލަށް ރިމީޝާ ބަލާލިއެވެ. ފެނުނު މަންޒަރަކުން އޭނާގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. އިންތަނުން ތެދުވެވުނު އިރު ހަމަ ރަނގަޅަށް ވެސް އެދިމާލަށް ދުވެފައި އަންނަ ކުޑަ އަންހެންކުއްޖާ ރިމީޝާ ރޮށްވާލާފައިފިއެވެ. ރިމީޝާއަށް ވެސް އެދިމާލަށް ދުއްވައިގަނެވުނީ ބޭއިހްތިޔާރުގައެވެ.

މިޝްކުގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ރިމީޝާ ހުރި ދިމާލުން ބިންމަތީގައި އިށީނެވެ. މިޝްކުގެ މޫނާއި ދެއަތާއި ، ދެފަޔާއި ، ހެދުމާއި މޫނުގައި މޮޔައަކު ހެން ބޮސްދެމުން ރިމީޝާ ދިޔައެވެ. އެދިމާލަށް ނަޒަރުހުއްޓާލައިގެން ގިނަ އަދަދެއްގެ މީހުން ތިބި ކަމެއް ވެސް ރިމީޝާއަކަށް ނޭނގެއެވެ. ހުރިހާ މީހުންގެ ލޯތައް ވަނީ ކަރުނުން ތެންމާލާފައެވެ.

“މަންމި” ރިމީޝާ އުޅޭގޮތް ފެނި ކުޑަކުޑަ މިޝްކު އަށް ރިމީޝާއަށް ގޮވާލެވުނެވެ. އެ އަޑު އަހާލާހިތުން ކެތްމަދުވެފައި ހުރި ރިމީޝާއަށް ރުއިމުގެ ތެރެއިން ހީގަނެވުނެވެ.  މިޝްކުގެ ފުރަގަހުން ކޮޅަށް ހުއްޓިލައިގެން ހުރި ޝިނާން އެހެން ދިމާލަކަށް ބަލަން ފެށީ އެމަންޒަރުން އޭނާގެ ހިތުގައި ރިއްސައިގަތީމައެވެ. އަލްވީރާ ރިމީޝާގެ ކޮނޑުގައި އަތް އަޅާލިއެވެ. ރިމީޝާ ކަރުނުން ފުރިފައިވީ ދެލޮލުން އަލްވީރާ އަށް ބަލާލިއެވެ.

“ހިނގާ ގެއަށްދާން. ވަރަށް މީހުން އެބަ ބަލާ” އަލްވީރާ ބުނެލިއެވެ. ރިމީޝާ ދެލޯ ފޮހެލަމުން ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލިއެވެ. ތެދެކެވެ. އެވަގުތު އެސަރަހައްދަށް އެއްވެފައި ތިބި ހުރިހާ މީހުންގެ ލޯތައް ކަހަލަ ގޮތަކަށް ވަނީ އެދެމައިންނަށް ހުއްޓިފައެވެ. ބައެއް މީހުން އެމަންޒަރުތައް ފޯނަށް ރިކޯރޑް ކުރަމުން ދިޔައިރު ތުންތުން މަތިން އެކިކަހަލަ ވާހަކަތައް ދައްކަމުން އަނެއްބަޔަކު ދިޔައެވެ. ގިނަ މީހުންގެ ލޯތައް ކަރުނުން ތެންމާލާފައި ވީއިރު އަނެއްބަޔަކު ދެތުންފަތް ފިއްތާލައިގެން އިހުސާސްތައް ކޮންޓްރޯލް ކުރަމުން ދިޔަ މަންޒަރުތައް ވެސް ފެންނަން ހުއްޓެވެ. ރިމީޝާ ތެދުވެ މިޝްކު ނަގާ ކޮނޑުމަތީގައި ބާއްވާލިއެވެ. ރޮވިފައި ތުންފިއްތާލައިގެން އޮތް މިޝްކު ވެސް ރިމީޝާގެ ކަރުގައި ބައްދައިގަތީ ދެން ދުވަހަކު ވެސް ވަކިކުރަން ލާހިކެއް ނޫނޭ ބުނާ އުސޫލުންނެވެ.

ގެއަށް ވަދެވުމާއެކު ރިމީޝާ މިޝްކު ބެހެއްޓީ ގޮނޑިމަތީގައި ކޮޅަށެވެ. އެއްއަހަރުގެ ދިގު މުއްދަތަކަށް ފަހު ލޯބިވާ ދަރިފުޅަށް ހިތް ފުރެންދެން ބަލާލުމަށެވެ. މިޝްކު އަށް މާބޮޑު ބަދަލެއް އައިއްސައެއް ނެތެވެ. ކުޑަކޮށް ހަށިގަނޑު ދިގުވެފައި ހުރި ކަމެވެ. މޫނު މަތީގައި ވަނީ އަދިވެސް އެ މައުސޫމް ކަމެވެ. ފަންއިސްތަށިކޮޅު މެދުން މަގުފަޅާ ދެފަރާތުން ދެ ދަތި ޖަހާ ހައްޔަރުކޮށްފައި ވާއިރު ކުޑަކުޑަ ތުންފަތްމަތީގައި ވަނީ ލޯބިވާ މަންމަ ގާތުގައި ހުރުމުން ރީތި ހިނިތުންވުމަކުން ޖަރީ ކޮށްފައެވެ. ރިމީޝާ މިޝްކުގެ ކޮލުގައި ބޮސްދިނެވެ.

“މަންމިގެ ލޯބިވާ ދަރިފުޅާ!! ދެން ދުވަހަކު ވެސް މަންމި ބަހައްޓާފައި ނުދައްޗެ… މަންމި ހާދަ ހަނދާންވިއޭ ދަރިފުޅު މަތިން” މިޝްކުގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ރިމީޝާ ބުނެލިއެވެ.

“މަންމި ވެސް ދެން މާމަ އަށް މިޝްކޮ ނުދޭނަން ދޯ. މިޝްކޮ ބޭނުމީ މަންމި” ޅަ އަޑަކުން މިޝްކު ބުނެލި ޖުމްލަ އިން ބާކީ ތިބި ހުރިހާ މީހުން ކަހަލަ ގޮތަކަށް ހިތުގައި ރިއްސާލިއެވެ.

 

****************************************

އައްޔަދުގެ ކޮޓަރީ ބޭރުގައި މަޑުކޮށްލައިގެން ތިބި ޒާއިރާ އާއި ޝަނުމްގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެކެވެ. އެކޮޓަރިން ސިކުންތަކު އެއްފަހަރު ކޮންމެސް އެއްޗެއް ތެޅެމުންދާ އަޑު އިވިއިވި ހުއްޓެވެ. އައިކު އެކޮޓަރީގައި ނިންދަވާފައި ބޭއްވުނުކަމަށްޓަކައި ވެސް ޝަނުމް ހުރީ މޮޔަހީވެފައެވެ. އެންމެފަހަށް އައިކު ރޯންފެށި އަޑު ވެސް އިވުނެވެ. ޝަނުމް ދޮރުގައި ތަޅަން ފެށިއެވެ. ޒާއިރާ ދުއްވައިގަތީ އޭނާގެ ކޮޓަރި އާއި ދިމާލަށެވެ. ޑަބަލް ތަޅުދަނޑި ބަލައެވެ. ޝަނުމް އެއްފަހަރު ކޮޓަރިއަށް އަނެއްފަހަރު ސިޓިންގްރޫމުގައި އާ ކައިވެނީގެ ރެއަށް ތައްޔާރުކޮށްފައި ހުރި މޭޒާއި ގޮނޑިތަކަށް އަދި ފާރުގައި ހަރުކޮށްފައިވާ ‘އަޔާ ވެޑްސް ޖާން’ ޖުމްލަ އަށް ބަލާލައެވެ.

އިރުކޮޅަކުން ދުވެފައި ކަހަލަ ގޮތަކަށް އައިސް ހުއްޓުނު ޒާއިރާ އޭނާގެ އަތުގައި އޮތް ތަޅުދަނޑިފަތި ބޭނުންކޮށްގެން އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރަކުން ޒާއިރާ އާއި ޝަނުމް އަށް އަނގަ މަތީގައި އަތް އަޅާލެވުނެވެ. ތިރީގައި ވަނީ ފުޅިތޮށިން ފުރާލާފައެވެ. ކޮޓަރީގައި ސަލާމަތުން ހުރީ ނިދާ އެނދާއި އަލަމާރި އެކަންޏެވެ. ބާކީ ހުރި ހުރިހާ އެއްޗެއް ވަނީ ފުނޑުފުނޑު ވެފައެވެ. ދާނެ މަންޒިލެއް ނޭނގި މަގު ގެއްލިފައިވާ އާވާރާ އެއް ފަދައިން އައްޔަދު އެނދުބުޑަށް ޖެހިފައި އިނެވެ. ޒަހަމްވެފައިވާ އެ އަތްތިލައިން ފައިބަމުންދާ ލޭތައް ފެނި ޒާއިރާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ނަމަވެސް ހިތްވަރުކޮށްފައި ޒާއިރާ އައްޔަދާއި ހަމައަށް ދެވޭތޯ ތިރިއަށް ބަލައިގެން ހިނގަންފެށިއެވެ. ޝަނުމް ބެލީ އެނދުގައި އޮވެ މެދުކެނޑުމެއްނެތި ރޮމުން ދިޔަ އައިކު މަސަލަސް ކުރެވޭތޯއެވެ.

“އަމިއްލަ އަށް ބޮނޑި ބޮއެފަ މިހާރު ކޮން އެކްޓެއް ދޮންބެ ތި ޖައްސަނީ… ތިހުރިހާ ކަމެއް ވީއިރު އަޅެ މިތާ ކުޑަކުއްޖަކު ނިދާފައި އޮތްކަން ހަނދާނުގަ ބެހެއްޓިނަމަ…” ހިތްހަމަނުޖެހިފައި ޝަނުމް ބުނެލިއެވެ. އައިކު ކޮނޑުމައްޗަށް ލައިގެން ދެފަރާތަށް ތަޅުވަމުން ދިޔަ ޝަނުމް އައްޔަދަށް ދެލޯ އަޅާލިއެވެ. ރިމީޝާ އެގެއިން ދިޔަ ދުވަހުން ފެށިގެން ޝަނުމް ރަނގަޅަށް އައްޔަދާއި ވާހަކަނުދައްކައެވެ.

“ޝައްނު ތިގޮތަށްތަ ދޮންބެ އާއި ވާހަކަދައްކަނީ” ހިތްހަމަނުޖެހިފައި ޒާއިރާ ބުނެލިއެވެ.

“ނަސީބެއްނު މިގޮތަށް ވެސް ވާހަކަދައްކާކަން. ހަގީގަތުގައި ނުވޭ އެއްވެސް ވަރަކަށް ވާހަކަދައްކާ ހިތެއް” ޝަނުމް ތުން އަނބުރާލާފައި ބުނެލިއެވެ. ޒާއިރާ މިވަގުތަށް އެބަހުސް ނިންމާލާފައި ބެލީ އައްޔަދާއި ވާހަކަދެއްކޭތޯއެވެ. އަލަމާރި ހުޅުވާލުމަށްފަހު ރިމީޝާ ކުރިން ބޭނުންކޮށްފައި ހުރި ޝޯލްތަކުން ޝޯލްއެއް ނަގާ  އައްޔަދުގެ އަތުގެ ޒަހަމްވެފައި ހުރި ތަނުގައި އައްސާލަމުން ޒާއިރާ އައްޔަދާއި ޖެހި ފިތިގެން އިށީނެވެ.

“ކޮބާ މައްސަލައަކީ؟ ޖަނާން ބޭނުންނުވަނީތަ ކައިވެނިކުރަން” އޯގާތެރިކަމާއެކު އައްޔަދުގެ ލޮލުން ފައިބާފަ އި ހުރި ކަރުނަތައް ފޮހެލަމުން ޒާއިރާ އަހާލިއެވެ.

“އޭނަ ހީކުރަނީ ކީކޭ ކަމަށްތަ؟ އަހަރެން ފަހަތުން ދުވެފައި ދާނެ ކަމަށްތަ؟ ދެން ނުދާނަން. ޖަނާން ޖަހާހާ ބޭރަކަށް ނުނަށާނަން ދެނެއް” ދަތްކުނޑި ވިކާލަމުން އައްޔަދު ބުނެލިއެވެ.

“ފިލީތަ؟” އަނެއްކާ ވެސް ޒާއިރާ ސުވާލުކުރިއެވެ.

“އިނދެވޭކަށްނެތޯ… ފުރަނީ ޔޯ ފިރިހެނަކާއެކީ… ފިއްޓެ އެކޯ…. ހުނ… ދޭބަލަ. މަށަށް ހެޔޮ ދާގޮތަށް ދުވަހަކު ނަޔަސް” އައްޔަދު ނުރުހިފައި ބުނެލިއެވެ.

“ހަމަ ދަރިފުޅުތަ ތިހެން ތިކިޔަނީ” ޒާއިރާ އަހާލިއެވެ.

“އާނ… ކުރިން ނުވިސްނުނީ… ވަގުތުފާއިތުވެފައި ވީނަމަވެސް މިހާރު ވިސްނިއްޖެ. ވިސްނަން މަޖުބޫރުކުރުވީ ވެސް އެ އަންހެނާ… މިވީ ރަނގަޅަށް. އޭނަ އިންނަން ހަމަޖެހިފައިވި ގަޑިއަށް އެގޮތަށް ކަންތައް ނުކުރިނަމަ އަހަރެންނަށް ހެޔޮ ވިސްނުން ނުލިބޭނެ… ޝުކުރު ހައްގު. އެކަމު އަހަރެންގެ ހިތްެހެވެއް ނުވާނެ” އައްޔަދު ބުނެލިއެވެ. ފަހަތަށް އެނބުރިހުރި ޝަނުމް އައްޔަދަށް ބަލާލިއެވެ. އައްޔަދު ވެސް ޝަނުމް އާއި ހަތަރުކަޅި ހަމަކުރިއެވެ.

“ޝަނުމް !!! ދޮންބެ އަށް މާފްކުރޭ… ދެން ދުވަހަކު ވެސް ދޮންބެ އެހެން ނޫޅޭނަން. ޖަނާން ދޮންބެގެ ހަޔާތުން އެދިޔައީ ދޮންބެގެ ލޯ ހުޅުވަދީފަ” އައްޔަދު ބުނެލިއެވެ. ޝަނުމް އެނބުރުނީ އަނެއް ފަރާތަށެވެ.

“ދެން އެހެންވިއްޔާ މިޔޯ… މިތަކެއްޗަށް ތިހާ ގެއްލުން ދިނީ ކީއްވެ؟” ޒާއިރާ އަހާލިއެވެ.

“އެއީ ޖަނާންގެ މައްޗަށް އަހަރެންގެ ހިތުގައި އުފެދުނު ފޫހިކަމާއި ރުޅިވެރިކަން” އައްޔަދު ބުނެލިއެވެ.

“ހަމަ ކުއްލިއަކަށް އެހާ ފޫހިވޭތަ؟” ދުރުގައި ހުރި ޝަނުމް އަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

“ކިތަންމެ ލޯބިވާ އެއްޗަކަސް ހިތުގައި ޖައްސާ  ކޮންމެފަހަރަކު ލޯތްބަށް ލޮޅުން އަރާނެ” އައްޔަދު މަޑުމަޑުން ބުނެލިއެވެ.

“ވަރަށް ރަނގަޅު ވާހަކައެއް… އެހެންވީމަ މިހާރު ރިމީ ވެސް ހަމަ ދޮންބެއަށް އެހާ ނަފްރަތުކުރާނެތާ… ދޮންބެ ވެސް އެފަކީރަށް ކޮންހާލެއް ނުޖައްސަނީ” ޝަނުމް ބުނެލިއެވެ. ވަގުތުން އައްޔަދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ރިމީޝާއާއި އިން ރެއިން ފެށިގެން ތިންވަނަ ފަހަރަށް ވަރިކުރި ރެއާއި ހަމައަށް ކަންތައްކުރެވުނު ގޮތްތައް ސިކުނޑީގައި ކުޅެލައިފިއެވެ. ހަމަ އެގޮތަށް އެވީ މުއްދަތުގައި އައްޔަދާއި ޖަނާންގެ ދަރިފުޅާއި ރިމީޝާ ބެހެއްޓި ގާތްކަމާއި އޯގާތެރިކަން ހިތް އިތުރަށް ރޮށްވާލައިފިއެވެ. އައްޔަދުގެ ހިތުގައި ރިމީޝާއަށްޓަކައި ހާއްސަ ވިންދެއް ޖަހާލީ ކީއްވެކަމެއް ނޭނގެއެވެ. ރިމީޝާގެ މާފު ދުވަހަކު ވެސް އޭނާ އަށް ނުލިބޭނޭ ހިތަށް އެރި ވަގުތު މެއަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. ނަތީޖާއަކަށް ވީ ޝަނުމްގެ ވާހަތަކަށްފަހު އެތަނުގައި އެއްވެސް ވާހަކައެއް ނުދެކެވި މަރުވެފައިވާ މައްޔިތެއް ފަދައިން އައްޔަދު ތެދުވެގެން ގޮސް ފާހާނާ އަށް ވަދެ ދޮރު ލައްޕާލުމެވެ.

*****************************

އާ ދުވަހެއްގެ މެންދުރު ވަގުތެވެ. ރަށަށް އައި ފަހުން ރިމީޝާއާއި ބައްދަލުކޮށް ވާހަކަ ދައްކާލާކަށް ޝިނާނަށް އަދި ރަނގަޅު ފުރުސަތެއް ނުލިބެއެވެ. މެންދުރުގެ ކެއުމަށް ފަހު ޝިނާން ކޮޓަރި އަށް ވަދެ އެނދުގައި ޖައްސާލިއެވެ. ރަނގަޅަށް ކާލެވުމުން ހަށިގަނޑަށް ވެރިވި ލޮޑުކަމުގައި ޝިނާންގެ ދެލޮލަށް ނިދި ސަވާރުވެ ނިދީގެ އަރާމުގެ ތެރެއަށް ގެންބިގެން ދިޔައެވެ.

ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށް ކުއްލިއަކަށް ޝިނާން ދެލޯ ހުޅުވާ ބަލާލިއެވެ. ފޯނު ރިންގުވަނީ އެއް ނޫނެވެ. ފޯން އެލާމް ވަނީއެވެ. މާލޭގައި އުޅޭއިރު އެގަޑިއަކީ އަބަދުވެސް އޭނާ ޖިމަށް ދާ ގަޑިއަށް ވުމާއެކު ކޮންމެ ދުވަހަކު އެގަޑިއަށް ފޯން އެލާމްވާނެއެވެ. ޝިނާން ފުންމައިގެން ތެދުވިއެވެ. ހުރިހާ ގޮށްތަކެއް ނެއްޓިފައިވާ ކަޅު ކުލައިގެ ގަމީސް ދެއަތުން ވަކިކޮށްލުމަށްފަހު ދުރުގައި ބޭއްވިއެވެ. ގިނައިރު ނިދާލެވުނީތީ ސިކުނޑިއަށް ލުއިވެފައި ވިޔަސް ހިތަށް ވަނީ ހުސްކަމެއް ވެރިވެފައެވެ. ފެންވަރަން ވަނީ ވެސް އެތައް އިރަކު މޫޑީވެފައި އެނދުގައި އިނުމަށްފަހުގައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ކެތްކުރާނަން އުއްމީދުގައި 4

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (14)

Next
April 14, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (14)

Previews
April 14, 2018

ކެތްކުރާނަން އުއްމީދުގައި 4

26 Comments!

  1. Inoo says:
    April 14, 2018 at 2:38 pm

    Hei me first dho

  2. Ushaali says:
    April 14, 2018 at 2:39 pm

    salaam all!!! khineh huriha kudhin? miothy 17 vana bai ves genesdhevifa. mi bai ves huriha kudhinnah kamudhaane kamah ummydhu kuran. 🙂
    🙂 baajjaveri dhuvahakah edhen
    dhn in bai ves maadhama ge mi gadyga genesdhinumah ushaali varah masakkai kuraanan. insha allah 🙂

  3. asha says:
    April 14, 2018 at 2:48 pm

    yayyy….. me first…vvvvvvvv salhi story buneveyny hama habeys hey

  4. Kiyara says:
    April 14, 2018 at 2:59 pm

    Alheyy vvvreethi ayyadh and rimy gulhuvaba dhen noya and shinaan

  5. Inoo says:
    April 14, 2018 at 2:59 pm

    Mi part vx varah reethi..waiting 4 the next part♥

  6. Shiman says:
    April 14, 2018 at 3:08 pm

    Wow.. hama varah furihamah..when next part??❤❤

  7. Meemee says:
    April 14, 2018 at 3:13 pm

    Varah salhi. I was waiting for this episode. Aneh part avahah genes dhehchey. Rimee r shinaan gulhuvahchey. Story varah reethi

  8. smeBody says:
    April 14, 2018 at 3:14 pm

    Obiness to the max.. Awahah next bai upload kobbaa.. Cant wait..

  9. Naadhee says:
    April 14, 2018 at 3:15 pm

    V v reethi mi story

  10. shaa says:
    April 14, 2018 at 3:34 pm

    Vahaaka vrh salhi

  11. lotus says:
    April 14, 2018 at 3:37 pm

    finaly ayaa ah visnijje dhw.. but its too late nw.. sooo sad… heevanee rimee dhen annekka shinaan aa gulheynee hen..Btw, mi story ge main boy charctr akee ayaa tha shinan tha.. sometims its confusin

  12. Friends says:
    April 14, 2018 at 4:40 pm

    Masha allah stry hama vv salhi.hama ehaa vex furihama.dear mi stry ga rimeesha & ayaa ge vari vumuge bai ragalheh noon hen friends ah heevany.ehen mi buny furathama varivi hishabun vex e othiy rujooa nukurevey haalathu ga dhw. mi buny e vari aky baain bainoona shuaura eh viyy ma.rajui vari eh nama rujooa kure veyne dhw abimeehaage huhdha aa nulaa vex ekam miyy ga vaa gothun rimeesha men ge vari aky rujooa nukureve kahala (baain bainoona) vari eh hen friends ah heevany.
    Miyy friends ah igeyfa oih goih viyy ma buneliy hama.ushaali vex 10 ge islam book balaal bala.
    Keep it up.thiy kuraa bura mashah kah ufalaa eku balaa gannan…
    Waiting 4 nw part.
    -salaam-????

  13. Aasi says:
    April 14, 2018 at 4:51 pm

    Vareege bai varah varah bodah olhun araa. Main character akee ayyadh tha noonee shinan that. Pls pls pls ayyadh n rimeesha gulhuvahchey plsssss

    1. Ushaali says:
      April 14, 2018 at 6:20 pm

      Ayyadh and shinan. 2 myhunnaky ves muhimmu 2 myhun

  14. Manadhoo lover says:
    April 14, 2018 at 5:01 pm

    So ushaali is from manadhoo. Right???

    1. Ushaali says:
      April 15, 2018 at 11:24 am

      noon. ushaaly mee manadhoo kuhjjeh noon. ushaly akee th.atoll kuhjjeh 🙂

  15. Ushaali says:
    April 14, 2018 at 5:32 pm

    Comment kolli kudhinnah varah bodah shukuriyya….
    Yes friends thi buny rangalhah. Varyga olhunthakeh ebahuri. Ehen evy ushaly ah araafa in olhumakun. Ekamu dr.iyaz kairin olhunfiluvyma v rangalhah saafu vehjje. Vahakaiga ethan hamanujehey. Ehenvyma ebai foobahdhan kuda change eh vahaka ah gennaanan. Insha allah 🙂

    1. Furry says:
      April 14, 2018 at 10:13 pm

      Thedheh ushaali thee konrasheh ge kujjeh?

    2. Manadhoo lover says:
      April 15, 2018 at 10:22 am

      She is from noonu manadhoo. ?

  16. Xxxx says:
    April 14, 2018 at 5:38 pm

    Woooww.. V. Nice

  17. Aunaa says:
    April 14, 2018 at 5:44 pm

    Very nice please upload next part fast

  18. Meee says:
    April 14, 2018 at 9:43 pm

    Dhn ayaa vx jehyne dhw rimeehsaa ulhun haalah ulhen aslu aaya aa rimee dhn gulheykah nufeney Cox rimee ah furathama faharu vx cheat kuree ayaa fahun vx rimee ah goeh hedhee eyna so eyna ah vx engen jeheyne dhw ehen meehehge hithuga alhaane veyn rimee dhn ayaa ah nulibuny aa rangalhee

  19. Marshmallow says:
    April 15, 2018 at 12:31 am

    Varah Reethi
    Loved this part

  20. pop says:
    April 15, 2018 at 8:00 am

    plx plx ayaa ah rimee nudheythi..sinaan aa rimee gulhuvabala eyrun reethi vaanee..ayaa aky nulafaa ammila edhun vbodu meeheh..sinaan kahala rangalhui oagaatheriyakah abadhu hithaama nudhybala..plx sinaan and rimy

  21. Beauty says:
    April 15, 2018 at 10:11 am

    Mashallah
    Varah furihama

  22. Reader says:
    April 15, 2018 at 3:35 pm

    Mithaa ayaa aa rimee aa gulhuvan mi kiyaa meehunnakee budhi neyii baeh.

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ….18←


All Right Reserved!