“ދަރިފުޅާ އީނާލް އެއީ އަރުޝަދުބެގެ އަންހެނުން ސަނާ ދައްތަ. ދަރިފުޅު މަންމަ ފަދައިން ހެޔޮ ވާނެ” ބައްޕަ އެހެން ބުނުމުން އަހަރެން ވަރަށް އުފާވިިއެވެ. “ވަރަށް ބިރުން ހުރިހެން ހީވަނީ.. ދަތުރު ބަލިވެފަ ދޯ. ހިނގާ ކޮފީ ބޯން. ޕާންވެސް ހުންނާނެ. އީނާލް އަށް އެންމެ މީރު މަސްހުންޏާއި ރޮށި ވެސް ހުންނާނެ” ސަނާ ދައްތަ އަހަރެންގެ އަތުގައި ހިފުމުން އަހަރެންނައް ބަލާލެވުނީ ބައްޕައަށެވެ…… “އަރުޝަދު… އަހަރެންނައް ހުރެވޭކަށްނެތް. ތި ދެމަފިރިންގެ އަތް މައްޗައް އަހަރެން މި […]
“މަރުހަބާ ދަރިފުޅާ މިއަދު މަންމަ ވަރަށް އުފާވެއްޖެ….ތިދެކުދިންގެ ކައިވެނީގައި ބަރަކަތް ލައްވާށި”…. އަހަރެންގެ ބޮލުގައި ފިރުމާލަމުން އަހަރެންގެ މަންމަ ބުންޏެވެ. ބަދަލުގައި އަހަރެން ހީލީމެވެ. އެވަގުތު އަހަރެންގެ އެއްބަނޑުއެއްބަފާ ދެ އަންހެން ކޮއްކޮ ސަލާ އާއި ޒިލާ އަހަރެންގެ ގައިގާ ބައްދާލިއެވެ. އަދި އަހަރެންގެ ފިރިހެން ކޮއްކޮ އަލާން ވެސް ބޮޑުވައި އިނގިލީގެ އިޝާރާތުން އޯލް ދަ ބެސްޓް އޭ ބުނެލިއެވެ. އަހަރެންނައް ބަލާލެވުނީ ކައިރީގައި ހުރި އަހަރެންގެ އަލަތު ފިރިމީހާ އަރޫން އާއި ދިމާލަށެވެ. އެވަގުތު […]