ޒޯހަންއާއި ޝަޒަން އަދި ހާލާ ބައްދަލުކުރީ މާލޭގެ ހިތްގައިމު ރެސްޓޯރަންޓް ބްރޭކްވޯޓަރ ގައެވެ. ތިން މީހުން މަޝްވަރާ ކުރަން އުޅޭ ކަންތަކާއި ގޭތެރޭގައި ވާހަކަދެއްކުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ތިން މީހުނަށް ވެސް ފެންނާތީއެވެ. ޝަޒަންއާއި ޒޯހަން ކޮފީ ބޯއިރު ހާލާގެ ކުރިމަތީގައި ހުރީ ފްރެޝް އޮރެންޖް ޖޫސް ތައްޓެކެވެ. “ނޭނގެ ވީގޮތެއް. ފަހުން އުޅުނު ގޮތުން ދެންމެ ދެންމެ އާއެނކޭ ބުނެފާނޭ ވެސް ހީވި. ދިޔަ ތަނެއް ވެސް މާލޭގައި ހުރިކަމެއް ވެސް ނޭނގެ” ޒޯހަން […]
ނަމަވެސް ޒޯހަން ކައިފިންތޯ އެހުމުން ޖަވާބުދެއެވެ. ހާލު ކިހިނެއްތޯ ސުވާލުކުރުމުން ރަނގަޅޭ ވެސް ބުނެލައެވެ. އެވަރުވެސް ޒޯހަން ހިތްހަމަޖެހެއެވެ. ޒޯހަންގެ އެންމެ ފަހު ނޭވާއާއި ހަމައަށް ވެސް ޝިޔާރާއަޓަކައި އިންތިޒާރުކުރާނެއެވެ. ބައެއް ފަހަރު ޒޯހަންއަށް ވެސް ޝިޔާރާ ޒޯހަންއާއި ގަޔާވާހެން ހީވޭއެވެ. ހާލާއާއި ޒޯހަންގެ ކައިވެނި ޕާރޓީއަށް ޝިޔާރާ ދިޔައީ ހާލާ ގުޅާފައި ކިޔާ ވަރުންނެވެ. އެކަހަލަ ތަންތަނަކީ ޝިޔާރާ މާގަޔާވާ ތަންތަނެއް ނޫނެވެ. އުފާ ފާޅުކުރާ ތަންތަން އެއީ ޝިޔާރާއަށް ބީރައްޓެހި ތަންތަނެވެ. ނަމަވެސް […]
ެ. އަދި ޝަހާދަތާއި ކުރުސި ކިޔައިގެން ދެލޯ މެރުމަށެވެ. ޒޯހަން އެންމެ ހައިރާންވީ ފަތިސް ނަމާދަށް ގޮވަންދެން މަންމަ އޮންނާނީ ޒޯންގެ ކޮޓަރީގައޭ ބުނުމުންނެވެ. ވެގެން އުޅޭ ގޮތެއް ޒޯހަންއަށް ވިސްނުމުން ހިނިގަނޑު ފަޅައިގެންދާ ވަރުވިއެވެ. އެންމެ ފަހުން ކެތް ނުކުރެވިގެން ޒޯހަންގެ ހިނިގަނޑުގެ އަޑުން މުޅި ކޮޓަރިތެރެ ގުގުމާލިއެވެ. ސާފާގައި ތުންތަޅުވަން އޮތް ލަތާއަށް ފުންމައިގެން ތެދުވެވުނެވެ. ދުވެފައި ގޮސް ކޮޓަރީގެ ލައިޓްތައް ޖައްސާލިއެވެ. އެނދުމަތީގައި ހޭންއިން ޒޯހަން ކައިރިއަށް ލަތާއަށް އާދެވުނު އިރު ލަތާއަށް […]
ކައިވެނިކޮށްގެން ދިރިއުޅުން އެހެން ގެއަކަށް ބަދަލުވީ ކަމުގައި ވިޔަސް ޝިޔާރާއާއި ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމުގައި ބުނީ ހެވިލާފައެވެ. ހާލާ އެންމެ އުފާވީ ޝިޔާރާގެ ފަރާތުން ޝަޒަން އެއީ ކާކުކަން އެނގުނީމައެވެ. ކައިވެނިކޮށްގެން ދެވެން މިއުޅެނީ އެކުވެރިޔާ ދާދި ކައިރިއަށްކަން އެނގުމުން ޝިޔާރާގައިގާ ބައްދާލެވުނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހުރި ގޮތުން އާރިކްއަށް ހަފްތާއަކަށް އައްޑުއަށް ފުރަން ޖެހުމުން އަނެއްކާ ވެސް ރާކީ ލައިލް ގޮވައިގެން މެކާހިޔާއަށް ބަދަލުވިއެވެ. އޭރު ރާކީ ބަނޑަށް އަށް މަސް […]
ެ. ޒޯހަންވެސް މީ ވަރެއްގެ އިންސާނެކެވެ. ތަނެއްގައި މީހަކު ހުރިއްޔާ އެއީ ކާކުކަން ބަލަންޖެހޭ ހެއްޔެވެ؟ ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެންމެ ފެންނަން ބޭނުންނުވި މީހާއަށް ފެނުނީއެވެ. ވާންވީ އުފާ ކަމެއް ނުވަތަ ދެރަ ކަމެއް ޝިޔާރާއަށް ނޭނގުނެވެ. ޝިޔާރާގެ މޫނަށް ހުއްޓިފައި ހުރި ޒޯހަންގެ ވިދުންގަދަ ދެލޯ ހިޔާލަށް ފެނުމާއެކު ތުންފަތްމައްޗަށް ވެރިވީ ލުއިލުއި ހިނިތުންވުމެކެވެ. އޭގެ ފަހުން ތިން ހަތަރު ދުވަސް ފާއިތު ވެގެން ދިޔައިރު ވެސް ޒޯހަންއަށް ޝިޔާރާ އެގެއަކުން ފެންނަ […]
“އޫޕްސް…. ސޮރީ…” ޝިޔާރާއާއި ދިމާލަށް އަތް ދިއެްކޮށްލި ޒޯހަން ބުނެލިއެވެ. ޝިޔާރާގެ އެއްވެސް ހަބަރެއް ނުވުމުން ޒޯހަންވެސް ގެއިން ނިކުންނަން ހިނގައިގަތް އިރު އެމޫނު ކޮންމެސް ތަނަކުން ފެނުނު ހަނދާނެއް ވިއެވެ. “މަންމާ… ދޮންބެ މެރީ ކުރަން ބޭނުމޯ” ޝިފްނީގެ އަޑު މޭޒު ކައިރީގައި އިން ސާރާގެ ކަންފަތުގައި ޖެހުމާއެކު ތުނބުގައި ޖަހާފައި ހުރި ކޮފީތަށި ނައްޓާލަމުން ޝަޒަންއަށް ބަލާލިއެވެ. “އެދޮގެއް މަންމާ…” އަވަސް އަވަހަށް ދިފާއުގައި ޝަޒަން ބުނެލިއެވެ. “ނޫން މަންމާ އެތެދެއް. ދޮންބެގެ ގާރލްފްރެންޑެއް […]
ެ. ބަދިގެ ތެރޭ ލައިޓް އަލިގަދަ ކޮށްލާފައި ހުރިނަމަ އެމީހެއްގެ މޫނު ވަރަށް ރީތިކޮށް ޒޯހަންއަށް ފެންނާނެއެވެ. އެކޮޓަރިއާއި ދިމާލަށް ބަލަން އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ޒޯހަން ކޮޓަރިއަށް ވަނީ ލަތާ ކައިރީގައި މިވާހަކަތައް ދައްކަން ހިތު އަޅައިގެން ހުރެއެވެ. ފަތިސްނަމާދު ކޮށްގެން ލަތާ ބަދިގެއަށް ވަންއިރު ޔަޝްމީ ރޮށި ފިހަން ހުރިއިރު ޝިޔާރާ ޒިންކު ކައިރީގައި މަސައްކަތެއްގައި ހުއްޓެވެ. “މަންމަ ހީކުރީ ދަރފުޅު ރޭގައި ބަނޑުގައި ރިއްސާތީ އުޅުނީމަ މިއަދު ތަންކޮޅެއް ލަހުންކަމަށް ހޭލާނީ… މަންމަ […]
ޝިޔާރާގެ ހިތުގައި ލޯބި އުފެދުމުގެ ކުރިން ހުއްޓުވަން މަސައްކަތް ނުކުރެވުނީތީ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. ޝިޔާރާއަށް ޔަގީންވާ އެކައްޗެއް އެބައޮތެވެ. ޒޯހަން އަކީ ޝިޔާރާގެ ހަޔާތަށް ގެންނަން ބޭނުންވާ ކަހަލަ ޒުވާނެކެވެ. ހިތާމައަކީ ދުވަހަކުވެސް ޒޯހަން ޝިޔާރާއަށް ނިލުބޭނެ ކަމެވެ. ޒޯހަންގެ މީހަކަށް ޝިޔާރާއަށް ދުވަހަކު ވެސް ނުވާނެ ސަބަބުތައް ވަރަށް ގިނައެވެ. ދެލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އުނދުން ކައިރިއަށް ޖެހިލީ ބޭރުގައި މެންދުރު ކެއުމަށް އެންމެން ހަމަވިކަން އެނގުމުންނެވެ. “ޒޯން ކީއްވެ […]
ް… މާދަމާ އަންބަކު ގޮވައިގެން އެކަނި އުޅެންވެސް ޖެހިދާނެެ….މީހާދަ ނުވިސްނޭ ކުއްޖެކޭ ދޯ” ކައިރީގައި ކޮފީތަށި ހިފައިގެން އިށިން ޒޯހަންގެ ކޮލުގައި ވިކަލާމުން ރާކީ ބުނެލިއެވެ. “އަވަސްކޮށްބަލަ ދެން….ދޮންތަބެ މިއަދު އަންނަ ދުވަސްމީ… މިއަދު ދޮންތަބެ މަންމަ ވަރަށް ހާލުބޮޑު ދުވަހެއް… ލައިއްކޮ ބުނި ހުކުރަށްދާނީ ކާފައާއެކު ނޫނޭ….މިއަދު ދާނީ ކުޑަބެއާއި އެއްކޮށޭ….” ރާކީ ކޮޓަރިން ނިކުންނަމުން ޒޯހަންއަށް ބަލާލަމުން ވާހަކަދެއްކިއެވެ. ރޭގަނޑުގެ ވަގުތެވެ. ހަބަރު ބަލަން އިން ނޫރީ ކައިރީގައި ޝިޔާރާ ކާންހެދިފައި ހުރި […]