ޝިޔާރާ އިންތިޒާރު ކުރާނެކަން އެނގޭތީ ޒޯހަން ދެފަޔަށް ބާރުލާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކޮޓަރީ ތަޅުގައި ހިފާ އަނބުރާލުމާއެކު ފަސޭހައިން ހުޅުވިއްޖެއެވެ. އެބޮޑު ކޮޓަރީގެ އެއްވެސް ހިސާބެއްގައި ޝިޔާރާ ފެންނަން ނެތުމުން ޒޯހަން ހިނގައިގަތީ އަޑު އަންނަ ފާހާނާ އާއި ދިމާލަށެވެ. ކުޑަކޮށް ފޭވެފައި ހުރި ދޮރު ދޭތެރެއިން ޒޯހަން އަށް ޝިޔާރާގެ އެއްވެސް ނިވާކަމެއް ނުވާ ހަށިގަނޑު ފެނުމުން ހިއްސުތައް ކޮޅަށް ޖެހިގެން ދިޔައެވެ. މާގަނޑުން ފައިބާ ފެންތަކަށް ވެސް ޒޯހަން ހަސަދަވެރިވިއެވެ. ދޮރުމަތީގައި ޝިޔާރާގެ […]
ލަތާގެ ނަޒަރު ޒޯހަން އަށް އަމާޒުވުމާއެކު ޒޯހަން އިސްޖަހާލިއެވެ. ލަތާ ދެން ބަލާލީ ކައިރީގައި އިން ޝިޔާރާއަށެވެ. ޝިޔާރާގެ ތުންފަތްމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. ޒޯހަން މަޑުމަޑުން ހިނގާފައި އައިސް ލަތާގެ ކުރިމަތީގައި ދެކަކޫމައްޗަށް ތިރިވެ އުނގުގައި ބޯއަޅާލިއެވެ. “މަންމާ.. އަޅުގަނޑަށް މާފްކުރޭ.. އަޅުގަނޑު ޝިޔާ އާއި ދޭތެރެ ކަންތައްކުރީ ވަރަށް އިހާނެތިކޮށް. އެއީ އަޅުގަނޑުގެ އަމިއްލަ ބާރުގައެއް ނޫން. ބަޔަކު އަޅުގަނޑުލައްވާ ކުރުވި ކަމެއް. މަންމާ އެބަޔަކު ގުރުޢާނުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރީ. މަންމާ […]
ާ. ޝިޔާރާ އުޅެނީ އަހަރެމެން ގޭގައި. ގެއަށް އޭނަ ގެނައީ ހާލީ. މިހާރު ގޭ އެއްވެސް މީހެއް ބޭނުމެއް ނުވޭ އޭނަ އެގެއިން ދާކަށް” ޝަޒަން ތަފްސީލުކޮށް ދިނުމުން ޒޯހަން މޫނުމަތިން ވަކި ތަފާތު ގޮތެއް ފާހަގަނުވިއެވެ. “މާބަނޑޭ. އޭނަ ބަނޑުބޮޑު ވީ ކޮންއިރަކު” ޒޯހަން މަޑުންއިނދެ ހަމައެކަނި ކޮށްލީ އެސުވާލެވެ. “ޝިޔާރާ އާއި އެދަރަޖައަށް ގާތްވީ މަށެއް ނޫން. އެހެންވީމަ މަށަކަށް ނޭނގޭ ކޮންރެއަކު ވީ ކަމެއް ކަން އެއީ. ތިސުވާލަށް ބޮޑަށް ޖަވާބު ދެވޭނީ […]
ހިނގާ ދިޔަ ކަންތަކުން ލަތާ ބަލަނީ ކޮޓަރިން ވީހާ ވެސް ނުނިކުމެ ވޭތޯއެވެ. ޝިޔާރާ ގެއިން ނެރުމާއި ގުޅިގެން މުޅި ގޭތެރެ ވަނީ ގޮތަކަށް ބައިބައި ވެފައެވެ ލަތާ ނިއާ އާއި ވާހަކަދައްކާ ވެސް ނޫޅޭއެވެ. އެކަމާއި ނިއާ ދެރައެއް ނުވޭއެވެ. ނިއާ ދެކޭ ގޮތުގައި ޒޯހަންގެ ހަޔާތުން ޝިޔާރާގެ ބާބު ނިމުނީއެވެ. އެހެންކަމުން ނިއާ ދެކޭ ގޮތުގައި އެގޭގައި މުސްތަގުބަލް މިހާރު އޮތީ ނިއާގެ އަތް މަތީގައެވެ. ރަނގަޅު ވަގުތެއް ބަލާފައި ޝިޔާރާގެ ވަރީގެ […]
ރަނގަޅު އެއްޗެހި ކެއުމަށާއި ބެޑް ރެސްޓް ކުރުމަށް ނަޞޭޙަތްތެރި ވުމަށްފަހު ޑޮކްޓަރުން ޝިޔާރާ ދޫކޮށްލިއެވެ. އަދި މަހަކު އެއްފަހަރު ގަވައިދުން ޑޮކްޓަރަށް ދެއްކުމަށް ބުންޏެވެ. ރަހިމަށް ލިބުނު ބޮޑު ގެއްލުން ރަނގަޅަށް ފޫނުބެއްދެނިސް ބަލިވެ އިނުމާއި ގުޅިގެން ޑޮކްޓަރުން ދިން ނަޞޭޙަތް ޝިޔާރާއަށް އިވުނީ އިންޒާރެއް ފަދައިންނެވެ. ޝިޔާރާ ބަލިވެއިނީ ޒޯހަން އާއި ދެމީހުން އެކަމަށް ތައްޔާރުވުމުން ނޫނެވެ. އެހެނަސް ރައްކާތެރިވުމުގެ ގޮތުން ވެސް ފިޔަވަޅެއް އެޅިފައެއް ނުވޭއެވެ. “މަންމަ ވެސް މާމަ ވެސް އޯކޭ. މާމަ […]
ކުރިން އެއީ މަޑު ކަފަކޮޅެއްހާ ހިތެއް އޮތް އިންސާނެކެވެ. މިހާރު އެހިތަކީ ހިލަ އަށް ވުރެ ހަރު އެއްޗެކެވެ. ނޫރީ އަމިއްލަ އިހުތިޔާރުގައި އެކަހަލަ ކަންތައް ނުކުރާނެ ކަމުގައި ލަތާގެ އަމިއްލަ ޒަމީރު ބުނެދިނެވެ. މީހަކު ނުބައި ފަންޑިތައެއް ކާންދިނީ ނޫންބާއޭ ލަތާގެ ހިތަށް އެރުމާއެކު ހީބިހި ނަގައިގެން ދިޔައެވެ. ދިހަ އަހަރު ވަންދެން އުޅުނު ދިހަބުރީގެ އިމާރާތް މެކާހިޔާ ކުއްޔަށް ދޫކޮށްލުމަށްފަހު ހަމަ އެހިސާބުން ނޫރީ ގަތް ބޮޑު ގެއަށް ބަދަލުވިއެވެ. އަދި އޮފީސް […]
ބަދިގޭ ޓައިލްސް މައްޗަށް އިނދަ ޖެހިފައި އިން ޝިޔާރާ ތެދުވެވޭތޯ މަސައްކަތްކުރިއެވެ. ވަރަށް ހާލުން ހަށިގަނޑު ކޮޅަށް ޖަހާލެވުމާއެކު ކޮޓަރިއާއި ދިމާލަށް ކުދި ފިޔަވަޅުތަކެއް އަޅަމުން ދިޔައީ އެއްއަތުން ބަނޑުގައި އަތް އަޅާލައިގެން ކުޑަކޮށް ގުދަށް އޮވެއެވެ. ހަމައެދުވަހެވެ. ހިނގާދިޔަ ކަންތަކަށް ފަހު ނިއާ ހުންނަނީ ވަރަށް ކަންތައް ބޮޑުވެފައެވެ. ކޮންމެ ރެއަކު ޒޯހަން އަށް ނިއާ ގެނެސްދޭ ‘ޖޫސްތަށި’ ނުބޯކަން އެނގުމާއެކު ޒޯހަންގެ ސިކުނޑި ހަމައަށް މަސައްކަތްކުރާކަން ވަރަށް ރަނގަޅަށް ނިއާއަށް އެނގިގެން ގޮށްސިއެވެ. ކޮޓަރީގައި […]
” ޝިފްނީގެ އަތްތިލައިގާ އޮތް ޓިޝޫ ނިއްކުރީގައި ޖައްސާލަމުން ލޮލުގައި އަޅާފައި އޮތް އައިނު ބުރުގާ މަތިން ބޮލުގައި އަޅުވާލިއެވެ. “މައިގޯޑް.. މިހާރު ވަކިން ލޯބި” އެކުއްޖާ ހަށިގަނޑު ފަހަތަށް ޖައްސާލަމުން ބުނެލިއެވެ. “އެކްސްކިއުޒްމީ… ކިހިނެއްވެގެން ތިއުޅެނީ. ޝިނީ ނޫނީ މިތަނުން ކުއްޖަކު ނުފެނުނީތަ. މަންމަ ކައިރީގައި ބުނާނަން. ދޮންބެ ކައިރީގަވެސް” ޝިފްނީ ހުރި ހިސާބުގައި ހުއްޓިލަމުން ކުރިމަތީގައި އިން ޒުވާނާއަށް ބުނެލިއެވެ. ވާއު. ނައިސް ނޭމް. ޝިނީ” ޒުވާނާ ހިނިތުންވެލިއެވެ. “ނޭނގުނެއްނު. ޝިނީ އެއް […]
ދަރިފުޅާއޭ ގޮވާ ލަތާ ކުރިއަށް ދުއްވައިގަތީ ކޮޓަރީ ޓައިލްސްްތައްމަތީގައި ވެއްޓިފައި އޮތް ޝިޔާރާއާއި ދިމާލަށެވެ. ލަތާ ޝިޔާރާ ކައިރީގައި ިއިށީނުމަށްފަހު ބޯ ބާއްވާލީ ލަތާގެ އުނގުމަތީގައެވެ. އަދި ބިރުގަނެފައިވާ ހާލު ޝިޔާރާގެ އަތުގައި ހިފާ ވިންދު ވެސް ބަލާލިއެވެ. އެއަށްފަހު އަތްފޯރާ ހިސާބުގައި ހުރި ފެންޖަޖުން އަތަށް ފެން އަޅާ ޝިޔާރާގެ މޫނަށް ބުރުވާލިއެވެ. ދެވަނަ ފެންގޮށި މޫނުގައި ވަށައިގެން ލޯތްބާއެކު ހާކާލިއެވެ. ޝިޔާރާގެ ބުރަކަށި ދަށުގައި އޮތް ދިގި އިސްތަށިގަނޑު ލަތާއަށް ފެނުނީ އެވަގުތުއެވެ. މީގެ […]