އަދި ޝިޔާރާއަށް ބަލާލުމެއް ނެތި ސިޓިންގްރޫމް ސޯފާ މަތީގައި އޮތް ޓީޝާޓް ލަމުން ގެއިން ނިކުތެވެ. ޝިޔާރާވެސް އަވަސް އަވަހަށް މަތިން ޓީޝާޓްކޮޅު ގަޔަށް މަހާލައިގެން ނިކުމެ ސިޓިންގްރޫމް ސޯފާގައި އިށީނެވެ. ކިތަންމެ ނުރޯން ހިއްވަރު ކޮށްގެން ހުރި ނަމަވެސް ޝިޔާރާއަށް ރޮވުނީ ހިތުގައި ރިހުންތައް ގަދަވެ ގަތުމުންނެވެ. އެނދުގައި ބަލި ކަމަށް ހެދިގެން އޮތް ނިއާ އޮތީ ހިތްހަމަޖެހިފައެވެ. ނިއާގެ ބޭނުމަކީ ޒޯހަން ޝިޔާރާ ކައިރީގައި މަޑުކުރިޔަ ނުދިނުމެވެ. އެހިތުން ޝިޔާރާއަށް ދެވިފައިވާ މަގާމް ފޭރިގަތުމެވެ. […]
ކުއްލިއަކަށް އެނދަށް ބަލާލިއިރު އެނދުގައި ނިއާ އިންގޮތުން ޒޯހަން ދެރަވިއެވެ. ކޮންމެގޮތެއް ވިޔަސް އެއީ ވެސް ޒޯހަންގެ އަންބެކެވެ. ކުރެވެން އުޅުނީ ފާފައެއް ނޫނެވެ. ކުރެވެން އުޅޭ ކަމަކުން އެއްވެސް މީހަކަށް ވާނެ ގެއްލުމެއް ވެސް އޮތީއެއް ނޫނެވެ. އެހިސާބަށް ނިއާއަށް ދެވުނީ ޒޯހަން ވެސް އެއްބާރުލުން ދިނީމައެވެ. ދެއަތުން ބޮލުގައި އަތްއަޅާލަމުން ޒޯހަން އަލުން އެނދުގައި ނިއާ ކައިރީގައި އޮށޯވެލިއެވެ. އަނގައިން ނުބުނި ކަމަކު ޒޯހަން ވެސް ނިއާއަށް ދައުވަތެއް ދެނީކަން ގަބޫލުކުރެވުނެވެ. ހުދު ޒޯހަންއަށް […]
“ކަމޯން ޕްރިންސަސް. މަންމަ އޯކޭއެއްނު. ބައްޕަ ނުރުހުންވާނީ. ޓްރަސްޓް މީ ބޭބީ” ޒޯހަންއަށް އިތުބާރުކޮށް ޝިޔާރާ ވެސް ޒޯހަންއާއި އެއްހަމައިގާ ފިޔަވަޅުތައް ހަމަކުރަމުން ދިޔައެވެ. އެވަގުތު ކޮޓަރިން ނިކުތް ނޫރީއަށް ސިޓިންގްރޫމަށް ވަންނަ މައިދޮރުން ޒޯހަންއާއި ޝިޔާރާ ފެނުމާއެކު މޭފުއްޕާލާާ ކުރިއަށް ޖެހިލިއެވެ. “ހަބަރުދާރު. ތިއަންހެނާ މިގެއަށް ވައްދައިގެން ނުވާނެ” ވަގުތުން ބިރުގަނެފައި ހުރި ޝިޔާރާއަށް ރޮވުނެވެ. ކުރިން ވެސް މިހެން ވާނޭކަން އެނގެއެވެ. ބިރުގަތީ ހަގީގީ މަންޒަރު ލޯކުރިމަތިން ފެނުނީމައެވެ. ޝިޔާރާގެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް […]
ސަބަބަކީ އެގޮތަށް އެކަން ވާނޭކަން ކުރިން ވެސް ލަތާއަށް އެނގޭ ކަހަލައެވެ. “ކައިވެންޏަށް ފަހު އަޅުގަނޑު ޝިޔާރާ ގޮވައިގެން ފުރާނަން. އެއީ ވާހަކަދެއްކޭތޯ ކުޑަ ބޭސްފަރުވާއެއް ކުރަން” ހުރިހާ ވާހަކައެއް ތެދަށް ޒޯހަން ކިޔާ ދެމުންދާތީ ލަތާ އިނީ ހިތްހަމަޖެހިފައެވެ. “ދަރިފުޅާ. ޝިޔާރާ ކުރީގެ ފިރިމީހާ….” ލަތާ ބުނަން އުޅުނު އެއްޗެއް ޒޯހަންއަށް ވިސްނުނީ ކަންނޭނގެއެވެ. ޒޯހަން އަށް އެނގިިފައިވާ މިންވަރަކަށް ޝިޔާރާގެ ހުރިހާ ހަގީގަތެއް ލަތާއަށް އޮޅުންފިލުވަދިނެވެ. ޝިޔާރާގެ ލޯބި ހޯދުމަށް ޒޯހަން ކުރަން ޖެހުނު […]
“ޒޯހަން. ރަނގަޅަށް އަޑުއަހާ. ޒޯހަންއަށް ޖެހޭނީ ހުސްނީގެ ދަރިފުޅު ނިއާއާއި މިކައިވެނި ކުރަން. ނުކުޅެދޭ މަންމަން ކުއްޖަކަށް މިއާއިލާއަކުން ޖާގައެއް ނެތް. އިތުރު ވާހަކަތަކެއް އަޑުއަހާކަށް ބޭނުމެއް ނޫން. މީގެ ފަހުން ޝިޔާރާއާއި ބައްދަލުކުރުން ހުއްޓާލަންވީ. ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި ރަންކިޔުމުގެ ހަފްލާ ކުރިއަށް ދާނެ” ފަޓްލޫނުގެ ދެޖީބަށް އަތް ޖަހާލި ނޫރީ ހުރީ ގޮތުގަ މޭފުއްޕާލާފައެވެ. “އެހެންވިއްޔާ ބައްޕަ ވެސް އަޅުގަނޑު ބުނާ އެއްޗެއް އަޑު އައްސަވާ. އަޅުގަނޑުގެ ލޯތްބަކީ ހަމައެކަނި ޝިޔާރާ. ތިބުނާ […]
ވިރިވިރި ހުރި ޝިިޔާރާ މޫނު އެއްފަރާތް ކޮށްލުމާއެކު ޒޯހަން އެކަންފަތްދަށުގައި ބުނި އެއްޗެއް އަޑު އިވުމާއެކު ޝިޔާރާގެ ދެލޯ ބޮޑުވިއެވެ. “ޕްރިންސަސް. މެރީ މީ. އައި ކާންޓް ވެއިޓް” ޝިޔާރާ ޒޯހަންގެ މޫނަށް ބަލާލިއެވެ. ޝިޔާރާ އަށް ވެސް ސިއްރުން ފަޓްލޫނުގެ ޖީބުން ނެގި ހުދު ރަނުގެ އަނގޮޓި ޝިޔާރާގެ އިނގިލި ތެރެއަށް ވައްދާލީ ލިބުނު އުފަލުން އިސްޖަހާލައިގެން ޝިޔާރާ ހެވިފައި ހުއްޓައެވެ. އިސް އުފުލާ ޝިޔާރާ ޒޯހަން އަށް ބަލާލީ އަނގޮޓިއަށް ބަލާލުމަށްފަހުއެވެ. ޒޯހަންގެ […]
މިހާތަނަށް އެމަންޖެ ބޭނުންވެގެން ބުނީ ކޮންމެ އެއްޗެއް އޮންނާނީ ހޯދަދީފަ. އެކަމަކު މިފަހަރު އިބްރާހީމް ތިބުނާހެން މިފަހަރު ހަމަ ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް” ސާރާ ކަންބޮޑުވެފައިވާ ވަރު ހުސްއެކަނި އެއަޑުން ވެސް އެނގޭއެވެ.” ތިހެން ތިވީ ސާރާގެ ސަބަބުން. މިބުނީ ސާރާގެ ތަރުބިއްޔަތުގައި އުނި ކަމެއް ހުރި ވާހަކައެއް ނޫން. އެކަމަކު ބަލި ގަބޫލުކުރަން ދަސްކޮށްދޭންޖެހޭނެ. ބޭނުންހާ އެއްޗަކީ ލިބޭނެ އެއްޗެއް ނޫން. ޝިފްނީއަކީ އެހާ ވެސް ކުޑަކުއްޖެއް ނޫން. މާދަމާ އުޑުގައި ހުރި ތަރިތައް […]
މިހަބަރު ޒޯހަންއަށް ލިބިއްޖިއްޔާ ވާނެ ގޮތެއް ވެސް ނޭނގެއެވެ. އެފަކީރުގެ ހިތް ކުދިކުދި ވާނެއެވެ. ޒޯހަން އަށް ގުޅާ މިހަބަރު ދޭންވީ ހެއްޔެވެ؟ ނޫނީ އަދި މަޑުކުރާނީ ހެއްޔެވެ؟ “ބޮޑުބޭ ޒޯން އަށް އެނގޭތަ؟” ޝަޒަންއަށް އަނގަ ނުލާ ނީނދެވުނެވެ. ބޮޑެތި މީހުން ދައްކަމުން ދިޔަ ވާހަކައަށް އަނގަ ލެވުނީކަން އެނގުނީ ސާރާ ޝަޒަންގެ އަތުގައި ހިފާލުުމުންނެވެ. “ސޮރީ މަންމާ” ޝަޒަން ހަމައެހާ އަވަހަށް މާފަށް އެދުނެވެ. އެމީހުން ދެއްކި ވާހަކަތަކުން އެނގުނު ގޮތުގައި ހުސްނީީ މީ […]
އަދި މިވަގުތު ދިއުމަށް އެއްވެސް ހުރަހެއް ވެސް ނެތީ ޒޯހަންއަށް ކަމަށް ވާތީއެވެ. ލެއްވި ރަހްމަތަށްޓަކައި ޒޯހަންއަށް ހިތާހިތުން މާތްﷲ އަށް ޝުކުރު ކުރެވުނެވެ. ޒޯހަންއާއި ނުލާ ޝިޔާރާ ފުރައިގެން ދިޔަނަމަ ފުރާނަ އާއި ހަށިގަނޑު ދެތަންވާނެ ކަމުގައި އެއްވެސް ޝައްކެއްނެތެވެ. ދެދުވަސް ފަހެވެ. ޒޯހަން އެނބުރި އާއުމާއެކު ކައިވެނީގެ ވާހަކަ ދައްކަން ނޫރީ ހުރީ ތައްޔާރު ވެގެންނެވެ. ޒޯހަން ބޭނުންވާގޮތް އަމިއްލައަށް ހާމަކުރޭތޯ ވަރަށް ދުވަސް ދެވިއްޖެ ކަމަށާއި އަންހެންކުއްޖާގެ ފަރާތުން ހުރިހާކަމެއް މިހާރު […]