މާލޭ އަމީރުއަހްމަދު މަގުގައި ދިހަ ބުރިއަށް ހިއްލާލާފައި ހުރި ބޮޑުގެ މަލަމަތި ފެނުނު މީހަކުވެސް ތަލިން ކުޅު ހިކޭނެކަން ޔަގީނެވެ. ބޭރުން އެގެ ބަލާލާފައިދާ ކޮންމެ މީހަކުވެސް ހުންނަނީ އެގޭ އެތެރެ ބަލާލާހިތުން ކެތްމަދުވެފައެވެ. އެގެ ފެނުމާއެކު ގޭ ވެރިފަރާތުގެ މުއްސަނދިކަމާއި ހައިބަތު ހާމަވެގެންދޭއެވެ. މ.މެކާހިޔާ އަކީ ރާއްޖެއަށް މަޝްހޫރު ވިޔަފާރިވެރިޔާ ނޫރީ ގެ އަމިއްލަ ގެއެކެވެ. މުޅި ދިވެހިރާއްޖޭގައި ނޫރީ ނުދަންނަ ކުޑަކުއްޖެއް ވެސް ނޫޅޭނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޓީވީތަކުން އަބަދު ފެންނަ މިސޫރައަކީ […]
“ފަހުން ބޮޑުބެ ވަރަށް މަސައްކަތްކޮށްގެން އެކަމުގައި ބައިވެރިވި މީހުން ފުލުހުންނާއި ހަވާލުކުރީ… ﷲ ގެ އިރާދަފުޅުން ގެވެސް ނިމާނަށް ލިބުނީ….” ސަމަދު ބުނެލިއެވެ. ނިމާންގެ ކެތްތެރިކަމަށްޓަކައި ފަޒްނާ އުފަލުން ފުރުނެވެ. ކަރުނުން ފުރިފައިވާ ދެލޮލުން އަލްމާޝް ނިމާންއަށް ބަލާލިއެވެ. އެމޫނުމަތިން ފާޅުވާން ހުރީ އިންތިހާދަރަޖައިގެ ހިތާމައެވެ. އެވަގުތު ތަނުގެ ހަމަހިމޭންކަން ފޫއަޅުވާލީ އަލްމާޝްގެ މަޑުމަޑު ގިސްލުމުގެ އަޑުންނެވެ. ސިހިފައި ނިމާން އަލްމާޝްއަށް ބަލާލުމަށްފަހު އަލްމާޝް ގަޔާ ކައިރިކޮށްލާ ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ. އެހިނދު އެތަނުގައި ހުރި ކޮންމެ […]
ގޭދޮރުމައްޗަށް މަޑުކޮށްލި ސައިކަލުގައި އިން ލަކްޔަން ކުރިމަތީގައި ހުރި ކުޑަކުޑަ މާޝަލް އުރާލާ ސޭފްޓީ ބެލްޓް އެޅުމަށްފަހު ކުރިއަށް ދުއްވާލުމުން އަލްމާޝް އެތެރެއަށް ވަނެވެ. މަންޒަރު ބަލަން ތިބި ފަޒްނާއާއި މަނިކު އަލްމާޝް ފަހަތުން ކޮޓަރިއަށް ވަތްތަން ފެނުމުން އަލްމާޝްގެ ތުންފަތްމަތީގައި ދުވެލީ ހިނިތުންވުމެކެވެ. އަދި ކުރަން ހުރި ކަންތައް ފަހަށް ބެހެއްޓުމަށްފަހު އެދެމީހުންނާއި ކުރިމަތިލިއެވެ. “ދަރިފުޅު ކީއްކުރަން ތިއުޅެނީ” މަނިކު އަހާލިއެވެ. “ނަމާދުކޮށްލަންކަމަށް އުޅުނީ… އެކަމު މަންމައާއި ބައްޕަ ދައްކަން ތިއުޅޭ ވާހަކަ އަޑުއާހާލާފައި ދާހިއްވަނީ” […]
ެ. ނިމާން އެނބުރިއަންނާނެ ދުވަހަކަށް އަލްމާޝް އިންތިޒާރުކުރާނެއެވެ. ނިމާނާއި ދޭތެރޭ ގޯސްކޮށް ވިސްނާކަށް އަލްމާޝް ބޭނުމެއްނުވެއެވެ. އެހިތްއެދި އަބަދުވެސް ގޮވަނީ ނިމާންއަށެވެ. ލަކްޔަން ކުރާ ކޮންމެ ނަމާދެއްގެެ ފަހަތުގައި ވަނީީ އަލްމާޝް ކަމުގައި ވިޔަސް އަލްމާޝް ކުރާ ކޮންމެ ނަމާދެއްގެ ފަހަތުގައި ކުރެވޭ ދުޢާ އަކީ ނިމާނަށްޓަކައި ކުރެވޭ ދުޢާ އެވެ. ފެންކަޅިވެފައިވާ ދެލޮލުން އަދި އެއްފަހަރު ލަކްޔަން ދިޔަ ދިމާލަށް ފަހަތަށް އެނބުރި އަލްމާޝްއަށް ބަލާލެވުނެވެ. ސިޓިންގްރޫމުގައި ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމަކަށް ގެއްލިފައިން އަޒްމާ […]
“ދެން މާން…..ތިންކް ޕޮޒިޓިވް” ނިމާންގެ ކަރުދަށުގައި އަލްމާޝްގެ މޫނު ފޮރުވާލުމުން އަލްމާޝްގެ ހޫނު ނޭވާތައް ނިމާންއަށް އިހުސާސްވާން ފެށުމުން ހިއްސުތައް ހޭލައްވާލަން ހިނދުކޮޅެއްވެސް ނުނެގިއެވެ. ހަށިގަނޑަށް ގެނައި ކުއްލި ހަރަކާތަކާއެކު ނިމާން އަލްމާޝްގެ ގައި މައްޗަށް ޖެހުނެވެ. “ޕްލީޒް…މިރޭ…އެހާ އަވަހަށް ހުއްޓުވަން ނޫޅެއްޗެ…..މިރޭ އެހެންރޭރެއާއި ހިލާފަށް މާ ސްޕެޝަލް” އެއްވެސް ހުރަހެއްނެތި ހާމައަށް އޮތް އަލްމާޝްގެ ތުނި ދޮން ބަނޑުގައި ނިމާން މޫނު ހާކަން ފެށުމުން އަލްމާޝްއަށް ވެސް އިތުރަކަށް ކެތެއް ނުވިއެވެ. ހަށިގަނޑުން ވާގިދޫކޮށްލާ ލޯމަރާލެވުނީ […]
ދީމާގެ މޫނުމަތީގައި ޖެހި އެތިފަހަރާއެކު ނިމާންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ހިނގައިގަތުމަށްފަހު ހުއްޓިލީ އަޒްމާއާއި އެއްހަމައިގައެވެ. “މާފްކުރޭ ބޮޑުއްތާ… ދީމާއާއި ސުވާލުކުރުމުން ހުރިހާ ސުވާލުތަކެއްޖެ ޖަވާބު ލިބޭނެ”……… އަޒްމާ ދޭނެ ޖަވާބަކަށް ބެލުމެއްނެތި ބާރު ހިނގުމުގައި ނިމާން އެގެއިން ނިކުތީ ހިތްހަމަޖެހިފައިވާ ހިތަކައިގެންނެވެ. “އާނ މަންމާ…އަފޫ ބުނީ ދިފޫއަށް ކޯސް ލިބުނީމަ ފެމެލީ އެއްކޮށް ދާނީއޯ…. ވަރަށް ދެރަވޭ އަފޫވެސް ޝަހާވެސް ދިޔާމަ. ޝަހާވެސް ހިއެއްނުވޭ މިކޮޅަށް […]
“މަނިކު ޓެކްސީއަކަށް ގުޅާ… މަ މިއަންނަނީ އަޒޫ ކައިރީގައި ދާ ވާހަކަ ބުނެލާފައި…… މިދިމާލަށް ދޯ އަޒޫ ދިޔައީ” ބަދިގެއާއި ވީ ދިމާލަށް ފަޒްނާ އަތް ދިއްކޮށްލުމުން އަދުނާން ބޮލުގެ އިޝާރާތުން އާއެނކޭ ބުނެލިއެވެ. ގޭގެ އެކިދިމަދިމާލަށް ލޯހިންގަމުން ފަޒްނާ ބަދިގޭ ދޮރަށް އެރިއިރު އެތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުޑަކޮށް އެތެރެއަށް ޖެހިލާ ދެކޮޅަށް ލޯހިންގާލުމުން ފުރިޖް ދޮރު ހުޅުވާލައިގެން ފުރަގަހަށް ގުދަށް ކަހަލަ ގޮތަކަށް އޮތް އަންހެންކުއްޖަކު ފެނުމުން ފަޒްނާ ކުޑަކޮށް މަޑުޖެހިލިއެވެ. […]
މާޝަލްގެ ބުށްފުޅި ގިރާލައިގެން ބަގީޗާއަށް ނިކުތް އަލްމާޝް އަންޖޫގެ އުނގުގައި އިން މާޝަލް ނަގާ އުނގުމަތީގައި ބައިންދަމުން އަންޖޫއާއި ޖެހިގެން އިން ޖޯލީގައި އިށީނެވެ. އަންޖޫ ތެދުވެގެން ބަދިގެއާއި ދިމާލަށް ދާން ނިކުތްއިރި ނިމާން ވަދެގެން އަންނަީއެވެ. “ޑެޑީގެ ޕްރިންސަސް… ހާދަ ލޯބިކޮށް ހީލީ” ނިމާން ފެނުމުން އަލްމާޝްގެ އުނގުގައި އިން މާޝަލް ހީލިތަން ފެނުމުން ނިމާންއަށް ނުހުރެވިގެން މާޝަލް ނަގާ ކޮލުގައި ތިންހަތަރު ފަހަރު ލޯބިކޮށްލިއެވެ. “ހިނގާދާން އެތެރަށް… މާބޮޑަށް ހަވީރުވީ.. މާލް ބޭރުގައި ބަހައްޓާކަށް […]
މިނާގައި ހިނގި ފިތިބާރުވުމުގެ ހާދިސާގެ ސަބަބުން ބިރުވެރި އަދި ހާސްކަމެއްގައި ތިބި ލޯބިވާ ޝޯނާގެ މައިންބަފައިންގެ ހާލު ކައިރިން ބަލާލުމުގެ ބޭނުމުގައި ނިމާން ސައޫދީއަށް ފުރީ ހަމައެކަނީ އަލްމާޝްއަށްޓަކައެވެ. އަދި މަދީނާގައި ކިޔަވަންހުރި ކޮއްކޮ މޯނާގެ ހާލުވެސް ބަލާލުމާއެކުއެވެ. ނިމާންގެ އުއްމީދަކީ އެނބުރި އަންނައިރު އަލްމާޝްގެ ހިތް އޭނާއަށްޓަކައި ސާފުވެފައި އޮތުމެވެ. އަލްމާޝްގެ އެތައް އާދޭސްތަކާއެކު އީދު ބަންދު ނިމުމާއެކު އެއްދުވަސް ވެސް ލަސްނުކޮށް އަޒްމާގެ އާއިލާ މާލެއައީ އަންނަ ހަމަޖެހިފައި އޮތް ދުވަހުގެ އެއްދުވަސް […]