ނިމާންގެ މޫނުމަތި ފެނުމުން ކަމެއް ގޯސް ވެއްޖެކަން ޖިނާންގެ ސިކުނޑި އޭނާއަށް ވިސްނައިދިނުމުން ބާރަކަށް ހިނގާލާފައި ގޮސް ތަޅުގައި ހިފާ ލުއްކެއް ޖަހާލިއެވެ. އެގެއާއި ޖެހިގެން ހުރިގޭ ދޮރުމަތީގައި ހުރި ގޮނޑިއެއްގައި އިން މުސްކުޅިފުރާގެ މީހެއް ކައިރީގައި އަހާލުމުން ލިބުނު ޖަވާބުން ނިމާންގެ ކަރު އެލުވާލިއެވެ. އެގެއަކީ ބޭރު ޓީޗަރުން އުޅޭ ގެއެއް ކަމަށާއި އެމީހުން އީދު ބަންދުގައި ދުވަސްތަކުގައި ދިޔައީ ރިސޯރޓެއް ކަހަލަ ތަނަކަށޭ ބުނުމުން ނިމާންއަށް ބަލާލެވުނީ ޖިނާންގެ މޫނަށެވެ. ދެވަނަ ސިކުންތުގައި ޖިނާން […]
ފަތިހު ފަސްގަޑިބައިގާ އަލްމާޝްއަށް ލޯހުޅުވާލެވުނީ ކުޑަކުޑަ މާޝަލްގެ ރޯލުމުގެ އަޑަށެވެ. ދަރިފުޅުގެ ބަނޑުހައިހޫނުކަން ފިލުވާދިނުމަށްފަހު އެނދުގައި ބާއްވާލުމަށްފަހު ނިމާންއަށް ގޮވީ ނަމާދު ވަގުތު ފާއިތުވެދާނެތީއެވެ. ނިމާންވެސް އެވަގުތު މިސްކިތަށް ނުދިޔައީ ތުނިތުނިކޮށް ވާރޭ ވެހޭއަޑު އިވެމުންދާތީއެވެ. ބަދިގެފަރާތަށް ދިޔައިރު އަންޖޫ ހުރީ ރޮށިފިހެ ނިންމާލާފައެވެ. އަލްމާޝްވެސް ތަރުކަރީ ހިކިކޮށް ހެދުުމަށްފަހު އަންޖޫ ކައިރީގައި އެޔންމެ ،ކުރިން ސައިބޯން ބުނީ އަންޖޫ ފުރަންޖެހޭތީއެވެ. ހޫނު ދެކޮފީތަށި ހިފައިގެން ކޮޓަރިއަށް ވަންއިރު ނިމާންހުރީ ބެލްކަނީގައެވެ. އަލްމާޝް ކައިރިއަށް ހުއްޓި ނިމާންއަށް […]
“ނޭނގޭ ކިތަންމެ ކަމެއް އަދި ވާނެ ދޫނީ… މިހުރިހާ ކަމަކީވެސް ދޫނިއަށްޓަކައި ކޮށްދޭ ކަންތައްތައް… ދޫނިގެ އުފަލަށްޓަކައި މާން ކޮންމެ ކަމެއްވެސް ކޮށްފާނަން… އެހެންނޫނަސް މާލް އެގެއަށް ގެންދަން ފެށިފަހުން އެމީހުންނަށްވެސް ވަރަށް ވޭ” އަލްމާޝް ބޮޑުދެލޯ ނިމާންއަށް ހުއްޓާލެވިފައި ހުރުމުން އެމޫނުމަތީގައި ފިރުމާލުމަށްފަހު އެއްލޯ މަރާލަމުން ސައިކަލް ދުއްވާލިއެވެ. ނިމާން ފިރުމާލި ތަނުގައި ހިފަހައްޓާލައިގެން ސައިކަލްދާދިމާލަށް ބަލަންހުރި އަލްމާޝްއަށް އޭނަގެ ސިކުނޑި އެއްޗެއް ވިސްނާދޭން އުޅުނުހެން ހީވިއެެވެ. ހަވީރުގެ ސަޔަށް ފަހު ދުފާދަޅު ހިފައިގެން ސިޓިންގްރޫމުގައި […]
ފުދޭ ވަރެއްގެ ދިގު ޗުއްޓީއަކަށްފަހު މިއަދަކީ ނިމާން ވަޒީފާއަށް ނިކުތް ދުވަހެވެ. އަލްމާޝް ވިހަން މެލޭޝިޔާއަށް ދިޔަފަހުން އަންޖޫވެސް އިންޑިޔާއިން އައީ މީގެ ތިން ވަރަކަށް ދުވަސް ކުރިންނެވެ. އެތައް ދުވަހެއްފަހުން ނިމާން ފެނުމުން ދީމާ ހުރީ ފާޑަކަށް ހީލައިގެންނެވެ. އެހީލުމުގައި ވަނީ މަލާމާތެވެ. އޮފީސްތެރޭގައި ކުޑަކަމެއް ނިންމާލުމަށްފަހު ބޭރަށް ނިކުންނަން ދިމާކުރި ނިމާން ސިއްސައިގެން ދިޔައީ ކުރިމަތިން ދީމާ ފެނުމުންނެވެ. “ހޫނނ މިޖެހުނީ ކަންތަކާ… ދެން ލާހިކެއް ނޫން މި އަންހެނާ ކައިރިން އެހާ ފަސޭހައިން […]
ކައިރީގައި ހުރި ގޮނޑިމަތީގައި ފުރުޓް ތައްޓެއް ބަހައްޓާލަމުން މޯނާ ދިޔައީ އަލްމާޝް ކައިރީގައި އެތަށި ހުސްކުރުމަށް ބުނުމަށްފަހުއެވެ. ނިމާންވެސް މިއަންނަނީއޭ ކިޔާ ތިރިއަށް ދިޔައީ އަލްމާޝްއަށް ތެދުވަން ނުޖެހޭގޮތަށް ފެންފުޅިވެސް ކައިރިކޮށްލަދީފައެވެ. ފުރުޓްކާން ފެށުމުގެ ކުރިން އަލްމާޝް އަނގައިގެ ތެރޭގައި އޮތް ބޫމާގަނޑު އެއްލާލަން ޓީޝޫއެއް ހިފައިގެން ތެދުވެލީ ތަންކޮޅެއް ދުރުގައިހުރި ޑަސްޓްބިން ކައިރިއަށް ދިއުމަށެވެ. ތަންކޮޅަކަށް ހިނގައިގަތްތަނާ އުނަގަނޑާއެކު ބަނޑަށް ކުއްލި ތަދެއް އެރުމުން ކުޑަކޮށް މަޑުޖެހިލީ ތަދު މައިތިރިވަންދެންނެވެ. އިރުކޮޅަކުން އަނެއްކާވެސް ތަދެއް އެރީ […]
” އަހަރުން ނައްޓާލާށޯ… ހިނގާ ދަމާ…ނިމާން އަށް ގުޅިއްޖެ…ޓްރެފިކް ބާރުބޮޑީއޯ… އޭނަ ސީދާ ގާތްކުރާނަމޯ ފެރީޓާމިނަލާ” ދަބަސްތައް ބޭރަށް ނެރެމުން ޖިނާން މަސައްކަތްކުރީ އަލްމާޝްގެ މޫނަށް ނުބަލާ ވޭތޯއެވެ. ކާރުގައި އިން އިރުވެސް އަލްމާޝް މޫނުހަދާގެން އިނީ އޭނަގެ ފޯނަށް އެގޮތަށް ނިމާން ޖަވާބު ނުދިނުމުންނެވެ. ކާރު ދުއްވަންއިން ޖިނާންވެސް އިނީ ފާޑަކަށެވެ. ނިމާން ވާހަކަދެއްކިއިރު ކޮންމެސް ކަމެއްވެފައި ހުރިކަން ޖިނާންއަށް ފާހަގަކުރެވުނެވެ. ސުވާލުކުރުމުން ފަހުން ކިޔާދޭނެ ކަމުގައި ނިމާން ބުނުމުން ޖިނާން ހިތްހަމަޖައްސާލިއެވެ. ބޭބޭ… ދައްތާ… […]
ސައިކަލު އޭގެ އެންމެ ބާރުމިނުގައި ދުއްވާފައި ދެވޭ ތަނެއް ނިމާންއަށް ނޭނގެއެވެ. ގަމީހުގެ މަތީ ތިން ގޮށް ނެއްޓިފައި ވާތީ ދެފަރާތުން ގަމީހުގެ ދެބައި އެލިފައި އޮތެވެ. އެބާރުމިނުގައި ނިމާން މަޑުކޮށްލީ ކާނިވާ ސަރަހައްދަށެވެ. ޕާރކިން ޒޯނުގައި ސައިކަލު ޕާރކް ކޮށްލާފައި ގޮސް ޑޮލްފިްއަށް އަރާ އެތަނަށް އައުމަށް ޖިނާން އަށް މެސެޖްއެއް ކޮށްލިއެވެ. “ހާދަ ގޮތެއް ނެތް އަންހެނެކޭ އެއީ…އަންހެނަކަށްވެހުރެ އެހާ ހަޑި ވާހަކަވެސް ދައްކައޭ….” އައި ރުޅި ކޮންޓްރޯލްނުވެ އަނެއްކާވެސް ނިމާންއަށް މުށްކަވާލާފައި ޖެހުނީ […]
ެ. އަލްމާޝްގެ ހަބަރެއް ނުވާތީ އަންޖޫ އެކޮޓަރިއަށް ދިޔައިރު އަރާމު ނިދީގައި އޮތް އަލްމާޝް ފެނުމުން ގޮވާހިތެއް ނުވިއެވެ. ގެއަށް މަދު އެއްޗެހި ގަތުމަށްޓަކައި އަންޖޫ ކަންމަތީގައި ހުރި ފިހާރައަށް ދިޔައީ ގޭދޮރު ތަޅުލާފައެވެ. ބޭނުންވާ ހުރިހާ އެއްޗެއް ގަނެގެން ފިހާރައިން ނިކުތް އަންޖޫ ސިއްސައިގެންދިޔައީ ފަހަތުން އަންޖޫގެ ނަމުން ގޮވާލުމުންނެވެ. ފަހަތަށް އެނބުރި ބަލާލިިއިރު ފަހަތުގައި ހުރި ފަޒްނާ ހުރީ ހެވިފައެވެ. ފަޒްނާ ހީކުރީ އަންޖޫއާއި އެކު އަލްމާޝްވެސް ހުންނާނެ ކަމަށެވެ. “ދައްތަ އެކަނިތަ… ކޮބާ […]
ދުވަހަކަށްފަހު ދުވަހެއް މަނިކުގެ ހާލު ރަނގަޅުވަމުން އަންނާތީ އެންމެ އުފާވެފައިހުރީ ނިމާންއެވެ. މަނިކުގެ އެއްވެސް ކަމެއް އެހެން ޑޮކްޓަރެއް ނުކުރެއެވެ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި މަނިކު ގެއަށް ދޫކޮށްލި ފަހުން ކޮންމެދުވަހަކު ނިމާން އެގެއަށް ގޮސް މަނިކުގެ ހާލު ބަލާ ކަންތައްކުރާނެ ރަނގަޅު ގޮތް ބުނެދީ ހަދައެވެ. އެހެންކަމުން އެދެމަފިރިންނާއި ނިމާންއާއި ދޭތެރެ ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. އެމީހުން ދެެކެނީވެސް ނިމާން އަކީ އެމީހުންގެ އުފަން ދަރިއެއެް ފަދައިންނެވެ. އަލްމާޝް ނެތުމުން އެދެމަފިރިންނަށް ލިބިފައިވާ […]