ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއިރު އަހަރެންގެ މޫނުމަތީގައި ވަނީ ފުން ހިނިތުންވުމެކެވެ. އަހަރެން ހުއްޓިގެން ހުރީ އެޖެންސީގައި އަހަރެންނަށް ޚާއްސަކޮށްފައިވާ ކޮޓަރީގައެވެ. އޭސީގެ ފިނި މުޅިތަނުގައި ހިފާލާފައިވީއިރު ފަރުނީޗަރުތައް ހުރީ އަހަންނަށް އެންމެ ރީތި ކުލަ ކަމުގައިވާ އަޅި ކުލައިންނެވެ. ފާރުތަކުގައިވެސް ވަނީ އަޅި ކުލައިގެ ޝޭޑެކެވެ. “ޕާރފެކްޓް ހަމަ!” އަހަރެން ދެއަތް ދަމައި ކުޑަކޮށް އެނބުރިލަމުން ބުނެލީމެވެ. އަހަރެންގެ ހަރަކާތްތަކަށް ބަލަން އަރޫންއާއި ރިޒާމްގެ އިތުރުން މާޒް ހުއްޓެވެ. އިރުކޮޅަކު ވާހަކަދައްކަން ހުރެފައި އެމީހުންވެސް ދިޔައެވެ. […]
އަހަރެމެން އަތިރިމަތިން އަރައިގެން ގެއާ ދިމާއަށް މިސްރާބުޖެހީމެވެ. ރޫޝިންގެ އެއް އަތުގައި އޭނާ ބޭނި ރަތް މަސް އޮތެވެ. އަހަރެންގެ ކޮނޑުގައި އެޖެންސީއަށް ގެންދާ ކަޅު ދަބަސްކޮޅު އަޅުވާލާފައިވީއިރު އެއްއަތުގައި އޮތީ މަސްބާނަން ގެންގުޅު ދޮއްޓެވެ. އެ ރަތް މަސް ބޭނުމާއެކު ރޫޝިންގެ މޫނުމަތިން ފޫހިކަން ކެނޑި، މިހާރު އެމޫނުމަތިންވެސް ފެނިގެންދަނީ ޖޯޝެވެ. އޭނާ ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓުގައި ކޮންމެވެސް ވަރަކަށް މަހުގެ ލޭ ހޭކިފައި ހުރި ނަަމަވެސް އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. […]
“ހިނގާ މީނަ ގަޔަށް ލައި ޑިޓެކްޓާރ ގުޅަން..” އަހަރެން އަރޫންއަށް ބަލާލަމުން ބުނެލީމެވެ. އެއާއެކު ރޫޝިންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާންފެށިއެވެ. އެއޮށް ފިނިތަނުގައި ހުރިއިރުވެސް އެ ނިތްކުރިމަތިން އޮށްދާ ހިއްލަމުން ދިޔަތަން އަހަންނަށް ފެނުނެވެ. ރޫޝިން އެހާ ވަރުން އެ ސިއްރުކުރަނީ ކޮންކަމެއް ހެއްޔެވެ؟ “އެ.. އެ ކީއްކުރަން؟” ރޫޝިން ހާސްކަމާއެކު އަހާލިއެވެ. އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރެ އެއްމިޔަކުން ހިނިތުންވެލީމެވެ. “ޝިން ތެދަށް ޖަވާބުދޭތޯ..” އަހަރެން ބުނެލީމެވެ. “ޝިން ތިހުރީ އަހަންނަށް ވަރަށް ގިނަ […]
“އަހަރެން ދެކުނީމޭ ޝުބާ އަތިރިމައްޗާ ދިމާލުން އައިސް ގޭގެ ފުރާޅަށް އަރާތަން..” ރޫޝިން އެހެން ބުނެލުމުން ސިހިފައި އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. އޭނާއަށް އެއީ އަހަރެން ކަމެއް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ހުރީވެސް މޫނު ނިވާކޮށްގެން ވިއްޔާއެވެ. ހަދާނެގޮތް ހުސްވެފައި އަހަރެން ރޫޝިންއާ ދިމާއަށް ބަލަހައްޓައިގެން ހުރީމެވެ. “ބުނޭ.. ކޮންތާކުން ތިއައީ؟ އެވެސް މިއޮއް ދަންވަރު ގަޑީގަ.. އަނެއްކާ.. ތީ..ތީ ވަގެއްތަ؟ ތަނަކުން ވައްކަންކޮށްގެންތަ ތިއައީ؟” ހިނދެއް ހިނދަކަށް ރޫޝިންގެ އަޑު ބާރުވަމުން […]
“އޭ. ޓީ. ޑީ. ޕީ. 7؟” އަހަރެން ގިޓާގައިވާ އަކުރުތައް ވަކިވަކިން ކިޔާލީމެވެ. އެއީ ކޯއްޗެއްކަން ނޭނގުމުން އަހަރެން ދެކޮނޑު އަރުވާލުމަށްފަހު ގިޓާ ހިފައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތީމެވެ. ދޮންބެ އާ ރޫޝިން އުޅޭ ކޮޓަރިއާ ދިމާއަށް ދިޔައިރު ދެބުމަ ގޮށްޖަހައިގެން ހުރެ އަހަރެންގެ ދޮންބެ ކޮޓަރިން ނިކުތް ތަން ފެނުނެވެ. “ބަލާއެއް ކަހަލަ އިންސާނަކު މިކޮޓަރިއަށް ވައްދައިފި ބައްޕަވެސް!” ނިކުމެގެން އަންނަމުން ދޮންބެ ދަތްކުނޑި ވިކައިގެން ހުރެ ބުނެލިއެވެ. އޭނާ އެހާ ރުޅިއައިސްފައި ހުއްޓަކާ އަދިއެއް […]
“ޝުބް.. އަހަރެމެންގެ ހައްޔަރުގައި އެބަ ހުރި ރާޖް ސާރ އާ ޝާކިންއާ ދެމީހުން ވެސް.. ޝުބް ކަންބޮޑުވެދާބެތީ ނުބުނީ..” އަރޫންގެ އެ ބަސްތަކާއެކު އަހަރެން ސިހިފައި އޭނާއަށް ބަލާލީމެވެ. ޝަކުވާގެ ނަޒަރުން އޭނާއަށް ބަލަން ހުރިއިރު އަހަރެންގެ ދެލޯ ފެންކަޅިވެ، މަޑުމަޑުން ފުސްވަމުން ދިޔައެވެ. ކޯތާފަތް މައްޗަށް ކަރުނަތައް އޮހިގަތް އިރުވެސް އަރޫން ފާޑަކަށް އަހަންނާ ދިމާ ބަލަން ހުއްޓެވެ. އަހަރެން މި ދެރަވަނީ ކީއްވެ ހެއްޔެވެ؟ ރާޖް ސާރ އާއި ޝާކިން އަތުލައިގަނެވުމުން އަހަރެން ވާންވީ […]
“މިއީ ގޯސްކަމަކަސް ރަނގަޅު ކަމަކަސް އަހަރެން ޖެހޭނީ ހަމަ މިކަން ކުރާށޭ ލަވް.. އެހެންނޫނީ އެމީހުން އަހަރެން މަރާލާނެ.. ސޯ އަހަރެން ހަމަ ބަލާނީ މިއީ ބޮޑުބޭބެއަށްޓަކާ ކޮށްދެވޭ ރަނގަޅުކަމެއް ކަމަށް.. ޕްލީސް ޓްރައި ޓު އަންޑަސްޓޭންޑް މީ ލަވް.. އަހަރެން ހީކުރީ ލަވްއަށް އަހަރެން ދައްކާ ކޮންމެ ވާހަކައެއްވެސް އަންޑަސްޓޭންޑް ވާނެ ކަމަށް..” ޝާކިން އަހަންނާ ދިމާއަށް ބަލާލަމުން ބުނެލިއެެވެ. އެ ދެލޮލުގައިވާ ރިހުން އަހަންނަށް ނަގައިގަނެވުނެވެ. ނަަމަވެސް އަހަރެން ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ […]
“މިޔަދު އަހަރެން ލަވް މިގެނައީ ވަރަށް މުހިއްމު ވާހަކައެއް ކިޔައިދޭން.. އެއްވެސް މީހަކަށް ނޭނގޭ ހަގީގަތެއް ބުނެދޭން ވެގެން.. ލަވްއަށް ކޮންމެހެން މިވާހަކަތައް އެނގެންޖެހޭ ކަމަށް އަހަރެން ގަބޫލުކުރަނީ.. ބިކޯޒް އައި އެމް ސީރިއަސް ވިތް ޔޫ.. އަހަރެން ބޭނުން ވީހާވެސް އަވަހަށް ލަވް އާ މެރީ ކުރަންވެސް..” ޝާކިން އެހެން ބުނެލުމުން އަހަރެން ބޯ ޖަހާލީމެވެ. އަދި ލައިގެން ހުރި ސްކިނީ ޖީބަށް އަތް ލުމަށްފަހު ރިކޯޑަށް ޖައްސާލީމެވެ. އޭނާ ދެން އެ ދައްކަން އެއުޅޭ […]
ޝާކިންގެ މިފަދަ ދަޅަތަކަށް އަހަރެން މި ހެއްލެނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ދެކެ ލޯބިވިޔަސް އޭނާއާމެދު މިފަދަ ގޮތް ގޮތަށް ޚިޔާލުކުރާކަށް އަހަރެން ނުޖެހެއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން އަހަރެން އެނދުގައި އިށީނީމެވެ. އަހަރެންމީ ޝާކިންއަށް ޖާސޫސްކުރަން އުޅޭ މީހެކެވެ. އޭނާގެ ލޯބިވެރިޔާއެއް ނޫނެވެ. ދެއަތް މުއްކަވާލަމުން އަހަރެން ބޮލުގައި މަޑުމަޑުން ޖަހާލީމެވެ. އަހަންނަށް ވިސްނޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ އަހަރެން ޖީބުގައި އޮތް ފޯނު ނަގައި ލެޕްޓޮޕާ ކަނެކްޓްކޮށްލުމަށްފަހު މިޔަދު އަހަންނާ ޝާކިންއާ ދެމެދު ދެކެވުނު […]