“ދެން މިއޯ؟ އަހަރެންގެ ބަނޑުގައި މިއޮތީ ތީފްގެ ދަރިއެއް ނޫންތަ؟” މައުރީން ބުނެލި އެއްޗަކުން އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އަދި ދެލޯ ބޮޑުކޮށްގެން ހުރެ އޭނާއާ ދިމާއަށް ބަލާލީމެވެ. އޭނާ ބަނޑުބޮޑުކަން އަހަންނަށް ކުރިން ނޭނގީ ކީއްވެ ހެއްޔެވެ؟ “މައްސަލައެއް ނެތް.. ތީފްއަށް އުނދަގޫވަންޏާ އަހަރެން ތީފްގެ ހަޔާތުން އަބަދަށް ހިނގައިދާނަން.. ތީފްއަށް އުނދަގޫކުރަން ދެން އަހަންނެއް ނާންނާނަން.. އަހަރެންގެ ބަނޑުގައި މިއޮއް ކުޑަކުޑަ ފުރާނައަށްވެސް ތީފްގެ ހިތުގައި އެއްވެސް ލޯތްބެއް ނެތްކަން އަހަންނަށް […]
ޒާންއަށް ހެނދުނު ހޭލެވުނީ އެހެން ދުވަސްތަކާ ޚިލާފަށް 9 ވެސް ޖެހިފަހުންނެވެ. ލޮޑުކަމާއެކު ދެލޯ ހުޅުވައި އޭނާ އެނދުމައްޗަށް ނަޒަރު ހިންގާލިއިރު ލޮލުގައި އަޅައިގަތީ އޭނާގެ ކައިރީގައި ބާއްވާފައި އޮތް ރަތް ފިނިފެންމަލެވެ. ތެދުވެ އެ މާ ނަގައި ވަސްބަލާލުމާއެކު ރޭގައި ވީކަންތައް މަތިން އޭނާ ހަނދާންވިއެވެ. ޞިފްރީންއާއެކު އޭނައަށް ހޭދަކުރެވުނީ ފޮނިފޮނި ވަގުތުކޮޅެކެވެ. ޒާން އެ ފިނިފެންމަލުގެ ފިޔަތަކުގައި މަޑުމަޑުން ފިރުމާލިއެވެ. އޭރު އެ މޫނުމަތީގައި ފުން ހިނިތުންވުމެއްވިއެވެ. އެ މަލަކީ ޞިފްރީން ބާއްވާފައި ދިޔަ […]
އިރުކޮޅެއްނުވެ އަހަރެންގެ ބޮލަށް ފާޑެއްގެ ބާރުގަނޑެއް އަރަންފެށިއެވެ. މުޅި މީހާގެ ގައިން ވާގި ދޫވެ ދެލޯ ފުސްވާން ފެށިއެވެ. މަޑުމަޑުން އަހަރެން ތަޅުގަނޑުމައްޗަށް ދެމުނެވެ. އޭރު އަހަރެންގެ ހަށިގަނޑު އާދަޔާ ޚިލާފަށް ފިނިވާންވެސް ފަށައިފިއެވެ. މުޅި މީހާ ރޫރޫ އަޅަމުން ދިޔައިރު އަހަރެންގެ އަނގައިން ހުދު ކުލައިގެ ފޮނުތަކެއް ނިކުންނަން ފެށިއެވެ. ދެންވީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގުނެވެ. އަހަރެން ވަރުބަލި ގޮތަކަށް ދެލޯ ހުޅުވާލީމެވެ. އޭރު ވަށައިގެންވާ މާހައުލު އަހަންނަށް ފެންނަމުން ދިޔައީ ވަރަށް ފުސްކޮށެވެ. ތަންތަން […]
ޒާން ތެދުވެ އެއްގަމަށް ދާން އެނބުރެލިތަނާ އޭނާ އަށް ސިހުނުވަރުން މޭގައި އަތްވެސް އަޅާލެވުނެވެ. ދެލޯ ބޮޑުކޮށްގެން އޭނާ ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުއްޓެވެ. ރަތްކުލައިގެ ހެދުމުގައިވާ އެ ފަތްމިންޏެއް ފަދަ އަންހެން ކުއްޖާގެ ދިގު އިސްތަށިގަނޑު މުޅި އެ ހިސާބުގައި ފެތުރިފައިވިއެވެ. އޭނާ ޒާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޒާންގެ ކައިރިއަށް ޖެހެލިއެވެ. “ޒާން…” ކުރިމަތީގައި ހުރި ޞިފްރީން ޒާންއަށް ގޮވާލީ ލޯތްބާއެކީގައެވެ. ލޭކޮޅެއްފަދަ ރަތް ތުންފަތުގައި ރަކި ހިނިތުންވުމެއް ވިއެވެ. “ކަ..ކާކު ތީ؟” […]
“އަހަންނަށް ކިޔަނީ ޚަދީޖާ..” އެ އަންހެންމީހާ ބުނެލިއެވެ. އަދި ހިތްކަލިތާ ފަދަ ހިނިތުންވުމެއް އިބުރާހީމަށް ހަދިޔާކޮށްލިއެވެ. އެއަށްފަހު އޭނާ އިބުރާހީމަށް ފުރަގަސްދީފައި ދާން ހިނގައިގަތެވެ. ނަމަވެސް އިބުރާހީމްކޮށްލި ކަމަކުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ. ޚަދީޖާ ފަހަތް ބަލާލިއެވެ. އޭރު އިބުރާހީމް ހުރީ އޭނާގެ ކަނާއަތުގައި ހިފަހައްޓައިގެންނެވެ. އެވަގުތު ޚަދީޖާގެ ދެލޯ ރަތް ކުލައިން ދިއްލިގެން ދިޔައެވެ. ކިތަންމެ ބޭނުން ނުވިޔަސް އިބުރާހީމް އެއަތުން ދޫކޮށްލީ ޚަދީޖާ ހިތްހަމަނުޖެހުނީކަން އެނގުމުންނެވެ. “އިބުރާހީމް ބަލާ އަންނާނަން އަހަރެން.. އިބުރާހީމް އަހަންނަށް […]
އޮފީހުގެ މަސައްކަތް ނިންމާލުމަށްފަހު ޒާންއަށް ގެއަށް ދެވޭވަރުވީ މެންދުރުވަނިކޮށެވެ. އޭރު އޭނާގެ ބޮލުގެ ރިހުން ދެގުނައަށް އިތުރު ވެފައިހެން ހީވެއެވެ. ބައިސްކަލުގައި ގޮސް ގޭ ކައިރިއަށް މަޑުކޮށްލިއިރު މާރިޔާގެ އަތުގައި ހިފައިގެން ޒާޔާ ގޭދޮށުގައި ހުއްޓެވެ. ޔުނީފޯމު ލައިގެން ހުރިއިރު ޒާޔާގެ ބުޅި އިސްތަށިކޮޅު ގަތާލާފައިވިއެވެ. “ހިނގާ ދޮންބެ ގެންގޮސްދޭނަން.. އަވަހަށް އަރާ!” ޒާން ޒާޔާއަށް ބަލާލަމުން ބުނެލިއެވެ. ލޯބިކޮށް ހީލަމުން ޒާޔާ ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ބައިސްކަލުގެ ފަހަތު ސީޓަށް އެރިއެވެ. “ދައްކާ ދަބަސް […]
ކަޅު ވިލާތަކުން މުޅި އުޑުމަތި ބައްދާލައިފިއެވެ. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ގެއްލިގެން ދިއުމާއެކު ޒާން ތިރިބަލައިލިއެވެ. އެ ދެލޮލުން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ވޭނެވެ. ދެލޮލުން ކަރުނަ ނުފޭބި ކަމުގައި ވިޔަސް އެ މޫނުމަތިން އޭނާ ކުރަމުންދާ ހިތާމަ ރަނގަޅަށްވެސް ހާމަވެއެވެ. ގޮނޑުދޮށަށް ރާޅު ބީއްސަމުންދާއަޑު މާހައުލުގައި ހިފާލާފައިވިއެވެ. ދެއަތުން މޫނުގައި ފިރުމާލަމުން ޒާން ދޮންވެލިގަނޑު މަތީގައި އިށީނެވެ. އެއްއަތުން ދޮންވެލި މުށެއް ނަަގައިގެން އޭނާ އެ ވެލިތައް މޮޑެލަމޮޑެލަ އިނެވެ. ކުއްލިއަކަށް ޒާންގެ […]
ލިއާ ގެ މި ވާހަކަ ވަރަށް އަވަހަށް ފެނިގެންދާނެ… 🙂 އިންތިޒާރުކޮށްލައްވާ!
ހެލިކޮޕްޓަރު ކައިރިކޮށްލީ މާލެއާ ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު ކައިރިއަށެވެ. ހަރުގަނޑު ތިރިކޮށްލުމާއެކު އެތެރޭގައި ތިބި މީހުން ފަރިތަކަމާއެކު ފައިބަމުން ދިޔައެވެ. އެންމެފަހުން އަހަންނާ އާރިފް ސާރ އާ އެކަނިވިއެވެ. “ޝުބާ ބޭނުމިއްޔާ އަދިވެސް އެނބުރި ދިއުމުގެ ފުރުސަތު އެބައޮތް..” އާރިފް ސާރ ސީރިއަސްކަމާއެކު އަހަންނަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. “ސާރ އަށް އެނގެއެއްނު އަހަރެންމީ ވަރަށް އެޑްވެންޗަރަސް މީހެއްކަން…” އަހަރެން އެހެން ބުނެލުމަށްފަހު ހަލުވިކަމާއެކު ހެލިކޮޕްޓަރުން ތިރިއަށް […]