އަނދިރިފަރާތް (12 ވަނަ ބައި)
“މިއީ ގޯސްކަމަކަސް ރަނގަޅު ކަމަކަސް އަހަރެން ޖެހޭނީ ހަމަ މިކަން ކުރާށޭ ލަވް.. އެހެންނޫނީ އެމީހުން އަހަރެން މަރާލާނެ.. ސޯ އަހަރެން ހަމަ ބަލާނީ މިއީ ބޮޑުބޭބެއަށްޓަކާ ކޮށްދެވޭ ރަނގަޅުކަމެއް ކަމަށް.. ޕްލީސް ޓްރައި ޓު އަންޑަސްޓޭންޑް މީ ލަވް.. އަހަރެން ހީކުރީ ލަވްއަށް އަހަރެން ދައްކާ ކޮންމެ ވާހަކައެއްވެސް އަންޑަސްޓޭންޑް ވާނެ ކަމަށް..” ޝާކިން އަހަންނާ ދިމާއަށް ބަލާލަމުން ބުނެލިއެެވެ. އެ ދެލޮލުގައިވާ ރިހުން އަހަންނަށް ނަގައިގަނެވުނެވެ. ނަަމަވެސް އަހަރެން ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ ޝާކިން އެކުރަނީ ރަނގަޅުކަމެކޭ އަހަރެންގެ މި ދުލުން ބުނަންވީ ހެއްޔެވެ؟
“އެކަމަކު ޝާކިން.. ތީ ރަނގަޅުގޮތެއް ނޫނެއްނު؟” އަހަރެން ޝާކިންގެ ދެއަތުގައި ހިފާލަމުން ބުނެލީމެވެ. އޭނާ ދުރުބަލާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ޝުބާ އަށް ހަމަ މި ކިޔާ އެއްޗެއް ނޭނގެނީތަ؟ ނޫނީ ވިސްނަން ބޭނުން ނުވަނީތަ؟” އޭނާ އަހަރެންގެ އަތް ފޮޅުވާލަމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. މި ނޫނީ އޭނާ ދުވަހަކުވެސް އަހަންނާ އެގޮތަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އަދި ރައްޓެހިވެގެން އުޅުނު އިރުން ފެށިގެން އޭނާ ދުވަހަކުވެސް މި ނޫނީ އަހަރެންގެ ނަމުން މުޚާތަބުކޮށްފައެއް ނުވެއެވެ. މިކަމުން ވެސް އޭނާ އަހަރެން ދެކެ ހިތްހަމަނުޖެހުނު ވަރު އަހަންނަށް އިހުސާސްވިއެވެ.
އެއްޗެކޭ ނުބުނެ އަހަރެން ހުއްޓާ ޝާކިން ތެދުވެގެން ގޮސް އަތިރިމަތީގެ ރާޅުޖަހާ ހިސާބުގައި މަޑުކޮށްލިއެެވެ. ދެޖީބަށް އަތް ޖަހައިގެން އޭނާ އެހެން ހުރިއިރު މަޑު ރޯޅިތައް އައިސް އެ އިސްތަށިގަނޑާ ގޯނާކޮށްލައެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު އަހަރެން ގޮސް ޝާކިންގެ ފުރަގަހުގައި މަޑުކޮށްލީމެވެ.
“ޝާކިން އައިމް ސޮރީ..” އަހަރެން ކިރިޔާ ޝާކިންއަށް އަޑުއިވޭ ވަރަށް ބުނެލީމެވެ. ނަމަވެސް އޭނާ ފަހަތައް އެނބުރިނުލިތާންގައި އެއްވެސް ހަރަކާތެއްވެސް ނުކޮށްލައެވެ. އެއްވެސް ހާލެއްގައި އަހަރެން ދެކެ ޝާކިން ރުޅިއަންނާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އޭނާ ކުރަން އެއުޅެނީ ކިތަންމެ ގޯސްކަމެއް ކަމުގައި ވިޔަސް އަހަރެންގެ ސިކުނޑި ބުނަނީ ޝާކިން އަދި ރަނގަޅުވާނޭ ކަމަށެވެ. އޭނާއަށް އަދި ރަނގަޅު ގޮތް ވިސްނޭނެ ކަމަށެވެ.
“ޝާކިން.. ސޮރީއޭ.. ޕްލީސް..” އަހަރެން ޝާކިންގެ އަތުގައި ހިފާލަމުން ގޮސް އޭނާގެ ކުރިމައްޗަށް އެރީމެވެ. އޭރު އެދެލޮލުން ފޭދިފައިވާ ކަރުނަތައް ފެނި އަހަރެންގެ ހިތުގައި ރިއްސާލިއެވެ.
“އޭތް! ޕްލީސް.. ސޮރީ އޭ އަހަންނަށް..” އަހަރެން ދެރަވެހުރެ މަޑުމަޑުން އޭނާގެ ދެލޯ ފުހެލީމެވެ. އެވަގުތު އޭނާ ކުއްލިއަކަށް އަހަރެންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ސިހުން ލިބުނު ނަމަވެސް އަހަރެން އޭނާގެ މެދުހަށީގައި ދެއަތުން ވަށާލީމެވެ. އިރުކޮޅެއް ފަހުން ދެން އިވެން ފެށީ ޝާކިންގެ މަޑު ގިސްލުމުގެ އަޑެވެ. އޭނާ އަހަރެންގެ ކޮނޑުގައި ބޯ އަޅައިލައިގެން ހުރިއިރު އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އަހަރެންގެ ހެދުން ތެމެެމުން ދާ ކަމުގެ އިހުސާސްކުރެވުނެވެ. އޭނާގެ އަނގައިން ނިކުތް ކޮންމެ ވޭނީ އަޑަކާއެކު އަހަރެންގެ ހިތް ފޮތިފޮތިކުރަމުން ދިޔަފަދައެވެ. އަހަރެންގެ ލޮލުންވެސް ކަރުނަ ވިދާލީ އިޚްތިޔާރުން ބޭރުގައެވެ. އެންމެ ލޯބިވާ މީހާ އެގޮތަށް ރޮމުންދާ އަޑު އަހަން ކެތްވާނީ ކާކަށް ހެއްޔެވެ؟
“ލަވް ވެސް އަހަރެންގެ ހިޔާލަކަށް އެއްބަހެއް ނުވާނަން ދޯ؟ މަންމަ އާ ބައްޕައާ އެހެން މީހުން ވެސް އަހަރެން ކިޔާ އެއްވެސް އެއްޗަކަށް އަޅައެއް ނުލަ.. އަހަރެން ހީކުރީ ލަވް އެހެން ނުހަދާނެ ކަމަށް.. އަހަރެން..” ގިސްލުމުގެ ތެރެއިން ޝާކިން ވާހަކަ ދެއްކިއެވެ. އަހަރެން ވެސް ދެލޮލުން ކަރުނަ ފައިބާ ހާލު އޭނާގެ ބުރަކަށީގައި މަޑުމަޑުން ފިރުމަމުން ވާހަކަދެއްކީމެވެ.
“ނޫން ޝާކިން.. ތިހެން ނުބުނޭ.. އަހަރެން ޝާކިން ދެކެ ވަރަށް ލޯބިވެޔޭ.. އަހަރެން ޝާކިންގެ ކޮންމެ ހިޔާލަކަށް ތާއީދުކުރާނަމޭ.. ޕްލީސް ހުއްޓާލަބަލަ.. އަހަންނަށް މާފުކޮށްބަލަ..” އަހަރެން ކުރެހިފައިވާ އަޑަކުން ވާހަކަދައްކީމެވެ. އެއާއެކު ޝާކިންގެ ގިސްލުމުގެ އަޑު މަޑުވިއެވެ. އަހަރެން ރޮނީކަން އެނގުމުން އޭނާވެސް ދެރަވީ ކަންނޭނގެއެވެ. އިރުކޮޅެއްފަހުން އޭނާ އަހަރެންގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު އަހަރެން އަވަސްއަވަހަށް ދެލޮލުން ފޭބި ކަރުނަތައް ފުހެލީމެވެ.
“ލަވް ރޮނީތަ؟” ޝާކިން އަހަރެންގެ ދަތް ދޮޅީގައި ހިފާލަމުން އަހާލިއެވެ. އަހަރެން އެއްޗެކޭ ނުބުނެ އިސްއުފުލައި އޭނާގެ މޫނަށް ބަލާލީމެވެ. ތެމިފައިވާ އެސްފިޔަތަކާ ރަތްވެފައިވާ ދެލޯ ފެނި އަހަރެންގެ ހިތަށް ތަދުވިއެވެ. މަޑުމަޑުން އަތް ގެންގޮސް އަހަރެން އޭނާގެ ދެލޯ ލޯތްބާއެކު ފުހެލަ ދިނީމެވެ.
“ލަވް އަސްލުވެސް ވަރަށް ލޯބިވޭ ދޯ އަހަރެން ދެކެ؟” ޝާކިން އެހެން އަހާލުމުން އަހަރެން ހިނިތުންވާން މަސައްކަތްކުރަމުން ބޯ ޖަހާލީމެވެ. އޭނާ ވެސް އުނދަގޫ ގޮތަކަށް ހިނިތުންވެލިއެވެ.
އެދުވަހު ގެއަށް އައިއިރު އަހަރެންގެ ބޮލުގައި ރިހުމެއް އުފެދިފައިވިއެވެ. ޝާކިން ދެއްކި ވާހަކަތައް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެނދުމައްޗަށް ވެއްޓިގަނެގެން އިރުކޮޅަކު އޮތުމަށްފަހު އަހަރެން އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ފުންމައިގެން ތެދުވީމެވެ. އަދި ޖީބުގައި އޮތް ފޯނު ނަގައި ސްކްރީން އޮން ކޮށްލީމެވެ. އޭރުވެސް ރިކޯޑަށް ޖެއްސިފައި ހުރުމުން އަހަރެން ރިކޯޑިންގް އޮފްކޮށްލުމަށްފަހު ފޯނު މޭޒުމަތީގައި ބޭއްވީމެވެ. އަނެއްކާވެސް އެނދުގައި އޮވެ އަހަރެން ވިސްނުމުގެ ތެރެއަށް ގެއްލުނެވެ.
އަހަންނަށް ހޭލެވުނީ މީހަކު ދޮރުގައި ތަޅާ އަޑަށެވެ. ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ މަންމައެވެ.
“ކައިގެން ނިދާބަލަ.. އުނދުންމަތީގައި ހުރި ރިހަކޮޅު ހޫނުކޮށްލައްޗޭ!” މަންމަ އެހެން ބުނުމުން އަހަރެން ލޯއުނގުޅަމުން ބޯ ޖަހާލީމެވެ. މަންމަ ދިއުމުން އަހަރެން ކޮޓަރިތެރެއަށް ވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓެލީމެވެ. ހަވީރު ފުނާއެޅި އިސްތަށިގަނޑު އެގޮތް މިގޮތަށް ހޭވިފައިވީއިރު އަހަރެންގެ ދެލޯ ރަތްވެފައިވިއެވެ. ނިދާ އެއްޗިއްސަށް ބަދަލުކޮށްލައިގެން އަހަރެން އިސްތަށިގަނޑުގައި ފުނާ އަޅައި ގަތާލީމެވެ. އަދި ކޮޓަރިން ނިކުމެގެން ބަދިގެއާ ދިމާއަށް މިސްރާބުޖެހިއެވެ. އޭރު ސިޓިންގްރޫމް ފާރުގައި ހަރުކޮށްފައިވީ ބޮޑު ގަޑިން ދިހަ ގަޑި ބައި ވެފައިވާތަން އަހަންނަށް ފެނުނެވެ.
ބަދިގެއަށް ވަތް ނަމަވެސް އަހަރެން ކާހިތެއް ނުވިއެވެ. މިހާރު އަދި ބޮލުގެ ރިހުން ވަކިން ގަދަހެން ހީވެއެވެ. ރިހަ ފޮދު ހޫނުކޮށްފައި އަހަރެން ބަދިގެއިން ނިކުމެގެން އައީއެވެ. ކޮޓަރިއަށް ވަތްއިރު އަހަރެންގެ ފޯނު ރިންގުވަމުންދާތަން ފެނުނެވެ. އެއްއަތުން ބޮލުގައި ހިފަހައްޓައިގެން ގޮސް އަހަރެން ފޯނު ނެގިއިރު ގުޅަނީ އަރޫންއެވެ.
“ހެލޯ..” އެނދުގައި އިށީންނަމުން އަހަރެން ވަރުބަލިވެފައިވާ އަޑަކުން ވާހަކަ ދެއްކީމެވެ.
“ޝުބް.. ބަލީތަ؟” އަރޫން އެންމެ ފުރަތަމަވެސް އަހާލީ އެހެންނެވެ.
“ހުމްމް.. ބޮލުގަ ރިއްސާތީ ވަރަށް ބޮޑަށް..” އަހަރެން ބުނެލީމެވެ.
“ދެން މިރޭ އަންނަންތަ މިކޮޅަށް؟” އަރޫން އަހާލިއެވެ.
“ނޫން.. ވަރަށް ބޮލުގަ ރިއްސަ.. ނުދެވޭނެ.. އަހަރެން ރިކޯޑިންގް އެއް ފޮނުވާނަން އިނގޭ އެކަމު އަރޫންއަށް.. އޭތި ސާރއަށް ދައްކާ..” އަހަރެން އެހެން ބުނުމުން އަރޫން އެންމެ ރަނގަޅޭ ބުނުމަށްފަހު ފޯނު ބޭއްވިއެވެ. އެއަށްފަހު އަހަރެން އަވަސްވެގަތީ އެ ރިކޯޑިންގް އަރޫންއަށް ފޮނުވުމަށެވެ. ހަމަޖެހިލައިގެން ނިދާލެވޭނީ އޭރުން ވިއްޔާއެވެ.
ފޯނު ލެޕްޓޮޕާ ކަނެކްޓް ކޮށްލުމަށްފަހު އަހަރެން ޝާކިން ކިޔައިދިން ވާހަކަ ނޫން އެހެން ހުރިހާ ވާހަކައެއް އެ ރިކޯޑިންގް އިން ކްރޮޕްކޮށްލީމެވެ. އެއަށްފަހު އަރޫންއަށް އޭތި ފޮނުވީމެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އަހަރެން އަނެއްކާވެސް ބާލީހުގައި ބޯ އަޅާލީއެވެ. ރަނގަޅަށް ހަމަނުޖެހެލެވެނީސް އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ.
“ކިހިނެއްވީތަ؟” އަހަރެންނަށް މިފަހަރު ވާހަކަދެއްކުނީ ކުޑަކޮށް ރުންކުރުވެފައި ހުރެއެވެ.
“ހެލޯ؟ ލަވް..” ޝާކިން ގެ އަޑު ޖެހުމާއެކު އަހަރެން ސިހުނެވެ. އަދި ހަމަޖެހެން މަސައްކަތްކުރީމެވެ.
“ޝާކިންތަ؟ އަހަރެން ހީކުރީ..” އަހަރެންނަށް އެޖުމްލަ ނިންމާނުލެވެނީސް ޝާކިން ވާހަކަދައްކަން ފެށިއެވެ.
“ކާކު ކަމަށްތަ؟ މީހަކު ލަވްއަށް އުނދަގޫ ކުރަނީތަ އަނެއްކާ؟” ޝާކިން ކަންބޮޑުވެފައި ހުރެ އަހާލިއެވެ. އަހަރެން އަވަސް އަވަހަށް އާއެކޭ ބުނީމެވެ.
“ބަލީތަ؟” އަހަރެންގެ އަޑު ހުރިގޮތުން އޭނާ އަހާލިއެވެ. އަހަރެން ބޮލުގައި ރިއްސާ ވާހަކަ ބުނެލީމެވެ.
“ޕެނެޑޯލް ގުޅައެއް ކައިގެން އޮވެބަލަ އިނގޭ ލަވް.. ގުޑް ނައިޓް. ވަރަށް ލޯބިވޭ..” ޝާކިން ލޯތްބާއެކު ބުނެލިއެވެ.
“އޯކޭ.. ގުޑް ނައިޓް.. އައި ލަވް ޔޫ ޓޫ..” އަހަރެން އެހެން ބުނެފައި ފޯނު ބޭއްވީމެވެ. އެނދުގެ ކަނަކަށް ޖެހި އަހަރެން ފާރުގައި ލެނގިލައިގެން އިނީމެވެ. އޭރު ހިތުގައި ތަފާތު ސުވާލުތައް އުފެދެމުން ދިޔައެވެ.
ޝާކިން އަހަންނާ ހެދި އެހާ ވަރުން އެއުޅެނީ ހަމަ ހަޤީޤަތުގައި ވެސް އަހަރެން ދެކެ ލޯބިވާތީ ހެއްޔެވެ؟ ހަމަ ގައިމުވެސް އަހަރެން އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އަަހަރެންމީ އެޖެންސީގެ މީހެއްކަން އެނގޭ ވަގުތު އޭނާ ކަންތައް ކުރާނީ ކިހިނެއްބާވައެވެ؟ އޭނާ އާއި އޭނާގެ މީހުން ރާއްޖެއަށް ހަމަލާ ދިނުމުގެ ކުރިން އަހަރެމެންނަށް ރާއްޖެ އެމީހުންގެ ކިބައިން ސަލާމަތްކުރެވިދާނެ ހެއްެޔެވެ؟ ހައްތަހާވެސް ޖަވާބު ނުލިބޭ ސުވާލެވެ.
އެގޮތުގައި ވިސްނަން އަހަންނަށް އިނދެވުނީ ކިހާއިރަކު ކަމެއް ވެސް ނޭނގެއެވެ. އަހަންނަށް ޚިޔާލީ ދުނިޔެއިން ނިކުމެވުނީ އަނެއްކާވެސް އަހަރެންގެ ފޯނުގަނޑު ރިންގުވާން ފެށުމުންނެވެ. މިފަހަރު އަނެއްކާވެސް ގުޅަނީ އަރޫންއެވެ.
“ހަލޯ؟ ޝުބް.. މިއުޅެނީ ޝުބާމެންގެ ރާޖް ސާރ އަތުލައިގަނެގެން.. ވަރަށް އަވަހަށް މިކޮޅަށް އައިސްބަލަ!” އަރޫން ކަންބޮޑުވެފައި ހުރެ އެހެން ބުނުމުން އަހަަންނަށް ކޮޅަށް ތެދުވެވުނެވެ. ބޮލުގައި ރިއްސާ ރިއްސުން މަތިން ވެސް ހަނދާން ނެތުނު ކަހަލައެވެ.
“އާނ.. އަހަރެން ވަރަށް އަވަހަށް މި ދަނީ!” އަހަރެން އަވަސް އަވަހަށް އެހެން ބުނެލުމަށްފަހު ފޯނު ކަނޑާލީމެވެ. އަސްލު ހަޤީޤަތުގައި އަހަރެން ބިރުގަތީ ރާޖް ސާރ އަތުލައިގަތުމުން ޝާކިން ވެސް އަތުލައިގަންނަން އެމީހުންނަށް ފަސޭހަވާނެކަން އެނގޭތީއެވެ. ނަމަވެސް އަހަރެން އެހެންވާކަށް އަދި ބޭނުމެއް ނޫނެވެ. ފުރަތަމަ އަހަރެން ބޭނުމީ ޝާކިންއަށް ވިސްނައިދެވޭތޯ ބަލާށެވެ.
** **
އަަވަސް ހިނގުމެއްގައި އަހަރެން އެޖެންސީއަށް ވަދެގެން ދިޔައިރު އާދައިގެމަތިން އެތަނުގެ ތެރޭގައި މީހުން އެކި ކޮޅުކޮޅަށް ހަރަކާތްތެރިވަމުން ދިޔައެވެ. ނޫހުދު އަލިން މުޅިތަން ދިއްލިފައިވިއެވެ. އަވަސް ހިނގުމެއްގައި އަހަރެން މަޝްވަރާ ރޫމާ ދިމާއަށް މިސްރާބުޖެހިއިރު ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.
ފިންގަރޕްރިންޓު ޖަހާލުމާއެކު މަޝްވަރާ ރޫމުގެ ދޮރު ކެހިގެން ދިޔައެވެ. އެއާއެކު އިވުނު އަޑަކުން އަހަންނަށް ދެލޯ މަރައި ކަންފަތުގައި އަތް އަޅާލެވުނެވެ. ދެން އަހަރެންގެ ކަންފަތުގައި ގުގުމާލީ މީހުންގެ ހުނުމުގެ އަޑެވެ. މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލާ ބަލާލިއިރު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
އެއް އަތުން ބޮޑު ދުންމާރިއެއް ހިފައިގެން އަރޫން ހުރިއިރު އެ މޫނުމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. އަރޫން އާ އާރިފް ސާރ އާއި ރިޒާމް އަދި މާޒް ގެ އިތުރުން އަހަރެންގެ ޓީމުގެ ބައެއް އިތުރު މެންބަރުންވެސް ތިއްބެވެ. މުޅިތަން އަހަރެންނަށް އެންމެ ކަމުދާ ކުލަ ކަމަށްވާ ވައިލެޓު ކުލައިގެ ޕުއްޕާހަމުން ޒީނަތްތެރިކޮށްފައިވީއިރު މަޝްވަރާ މޭޒުމަތީގައި ޗޮކުލެޓު ކޭކެެއް ބަހައްޓާފައި ހުއްޓެވެ. އެންމެންގެ ބޮލުގައި ޕާޓީ ހެޓް އަޅާފައިވިއެވެ. އެތެރެއަށް ވަންނަން ހިނގައިގަންނަމުން އަހަރެން ބަލާލީ އާރިފް ސާރ އާ ދިމާއަށެވެ. ސާރ ވެސް ފާޑަކަށް ހެވިފައި އަަހަންނަށް ބަލަން ހުއްޓެވެ. ދެން އަހަރެން ބަލާލީ އެތަނުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިއަށެވެ. ގަޑިން ބާރަ ގަޑި ފަނަރަ ހިނގައިފިއެވެ.
“ހެޕީ ބާތް ޑޭ ޝުބް..” އަރޫން އައިސް އަހަރެންގެ ބޮލުގައިވެސް ހެޓެއް އަޅުވާދެމުން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. މިޔަދަކީ އަހަރެންގެ އުފަންދުވަސްކަން ޚުދު އަހަރެންވެސް މިހުރީ ހަނދާންނެތިފައެވެ. މި އެންމެން އަހަންނަށްޓަކާ ކޮށްފައިވާ މަސައްކަތް ފެނުމުން ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ.
“ދެން ވެސް އަނގަ ހުޅުވައިގެން ނުހުރެ ކޭކު ފަޅާބަލަ..” ރިޒާމް އައިސް އަހަރެންގެ އަތަށް ވަޅި ލައިދެމުން ބުނެލިއެވެ. އަހަރެން ރުޅިއަންނަކަމަށް ހަދާފައި ރިޒާމްގެ ގައިގައި ބޮނޑިއެއް އަޅުވާލީމެވެ.
“ތޭންކްސް އިނގޭ ހުރިހާ އެންމެން.. އެހެންވީމަ އަސްލު ރާޖް ސާރ އަތުލައެއް ނުގަނެވެ ދޯ؟ އަހަރެން މިތަނަށް ގެންނަންވެގެން ކުރި ކަމެއް ދޯ؟” އަހަރެން ދެއަތް އުރާލަމުން އަރޫންއަށް ބަަލަން ހުރެ ބުނެލީމެވެ. އަރޫން ލާނެތް ގޮތަކަށް ހީލުމުން އަހަންނަށް ޖަވާބު ލިބުނެވެ. ހަމަ އެވަގުތު ރާޖް ސާރ އަތުލައިގަނެވިފައި ނުވާތީ ކުޑަ ވަރެއްގެ ހަމަޖެހުމެއްވެސް ހިތަށް ލިބުނެވެ.
“ހެޕީ ބާތް ޑޭ ޓޫ ޔޫ! ހެޕީ ބާތް ޑޭ ޓޫ ޔޫ! ހެޕީ ބާތް ޑޭ ޑިޔާރ ޝުއްބޫ!” އަހަރެން ކޭކު ފަޅަން ފެށުމުން އެންމެން އަތް ޖަހަމުން ލަވަ ކިޔަން ފެށިއެވެ. ދެން އެންމެންނާއެކު ހޭދަވެގެން ދިޔައީ އުފާވެރި ވަގުތުކޮޅެކެވެ.
** **
“މިހާރު ޝުބްއަށް ވެސް 18 ވީއޭ ދޯ؟” އަހަރެން ސިހުނީ މީހަކު ފަހަތުން ވާހަކަދެއްކުމުންނެވެ. އަޑުންވެސް އެއީ އަރޫންކަން އަހަންނަށް ނަގައިގަނެވުނެވެ. އަހަރެން ހިނިތުންވެ ހުރެ ފަހަތަށް އެނބުރެލީމެވެ. އޭރު އަރޫން އެކުއޭރިއަމް ރޫމް ތެރެއަށް ވަދެގެން އާދެއެވެ. ޕާޓީގެ ކަންތައް ނިމުމުން އަހަރެން މިތަނަށް އައީ ހިތްއުފާކޮށްލުމުގެ ބޭނުމުގައެވެ.
“ހޫމްމް.. އަސްލު އަހަރެން މިހުރީ ހަނދާންވެސް ނެތިފައޭ މީ އުފަންދުވަސްކަން..” އަަހަރެން އެކުއޭރިމްތެރޭގައި އެކިކޮޅުކޮޅަށް ހަރަކާތްތެރިވަމުން ދިޔަ މަސްތަކަށް ބަލަން ހުރެ ބުނެލީމެވެ.
“މާ ބޮޑަށް ވިސްނަނީ ދޯ މިދުވަސްކޮޅު؟” އަރޫން އައިސް އަހަރެންގެ ގާތުގައި ހުއްޓެމުން އަހާލިއެވެ. އެއާއެކު އަަހަރެންގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. އަނެއްކާވެސް އަހަރެންގެ ސިކުނޑި ޝާކިންގެ ޚިޔާލުތަކުން ފުރިގެން އައެވެ.
“ޝާކިން ކަންތައް ދޯ؟” އަރޫން އަހަރެންގެ މޫނަށް ބަލަން ހުރެ އަހާލިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ.
“ޝުބް.. އަސްލު އަހަރެމެންގެ ހައްޔަރުގައި އެބަ ހުރި ރާޖް ސާރ އާ ޝާކިންއާ ދެމީހުން ވެސް.. ޝުބް ކަންބޮޑުވެދާބެތީ ނުބުނީ..” އަރޫންގެ އެ ބަސްތަކާއެކު އަހަރެން ސިހިފައި އޭނާއަށް ބަލާލީމެވެ. ޝަކުވާގެ ނަޒަރުން އޭނާއަށް ބަލަން ހުރިއިރު އަހަރެންގެ ދެލޯ ފެންކަޅިވެ، މަޑުމަޑުން ފުސްވަމުން ދިޔައެވެ. ކޯތާފަތް މައްޗަށް ހޫނު ކަރުނަތައް އޮހިގަތް އިރުވެސް އަރޫން ފާޑަކަށް އަހަންނާ ދިމާ ބަލަން ހުއްޓެވެ. އަހަރެން މި ދެރަވަނީ ކީއްވެހެއްޔެވެ؟ ރާޖް ސާރ އާ ޝާކިން އަތުލައިގަނެވުމުން އަހަރެން ވާންވީ އުފަލެއް ނޫން ހެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







Hey guys.. Aslu Liaa ah lahun aadhevuniima baivaru works huri pending ga.. so buni day ah up nuwee..
Will try to update asap..
And hurihaa kudhinves understanding vefa Liaa ah support kuraathy vv ufaa vey.. U GUYS ARE THE BEST! 🙂
Loves <3
Story varah nice… Next part konirakn pls avaskurahchey…mi story varah kiyaa hiyy vey
When. Next part. V v nice
Liaa kolhu. Thankolheh avahah up kohdhehchey. Hama kiaa hiyvanyy ithurah. Kyhkuraany. Hexkiaafa reethi liaa ge mi vaahaka?
Hi liaa… stry is really nice… but i hardly comment on esfiya… n did u c my comment on the last episode??? Wht do u think abt it… can u plzz tell me… only if u dont mind…???
I ll try ingey zu <3
Love this part too liaa
U are the best.u not us
Thi hama hurihaa kameh furathama kolhu v fori vaahaka up kuraane Gina comments liben fasha irah vaahaka up las vaane Dhen 1week ehfaru up knfa knme vx molhu vaahaka eh bunanee mi vaahaka liyan meehun ge haalathu??????????????????????????
Vaahaka varah habu ??
wooooww ??? liaa story hama habeys ??? whn next pArt??? ehaa las nukoh upl kohdhechey.?
V foohi mi vaahaka ehnve huhtaaly kiun
I see ur taste is very different gareebu
Maashaa Allah varah reethi mi part ves. ? Next part annane dhuvahakah waitingg ?
Dhen haadha lahey
ur the brst wter i’ve ever knwn