މިއީ ޚިޔާލީ ވާހަކައެކެވެ. އަދި މި ވާހަކައިގައި ހިމަނާފައިވާ ބައެއް ތަންތަނުގެ ނަންތަކަކީވެސް ޚިޔާލީ ނަންތަކެކެވެ. މިއީ އަޅުގަނޑުގެ 3 ވަނަ ވާހަކައެވެ. ވީހާވެސް އަވަހަށް މި ވާހަކަ އަޕްލޯޑްކުރަން ފަށާނަމެވެ. އިންތިޒާރުކޮށްލައްވާ!
“ޒާމިން..! އާދެވުނީ ދޯ؟ އަވަހަށް އާދޭ އެތެރެއަށް…” ނަޝްފާ ދޮރުމަތީގައި ހުރި ރާހުލްގެ އަތުގައި ހިފައި އެއްފަރާތްކޮށްލަމުން ޒާމިން ވަންނަން ތަން ދެއްކިއެވެ. އޭރުވެސް ރާހުލް އެއްފަހަރު ޒާމިންއަށް އަނެއްފަހަރު ނަޝްފާއަށް ހައިރާންކަމާއެކު ބަލަމުން ގެންދިޔައެވެ. ޒާމިން އެ ބުނާ މަންމައަކީ ނަޝްފާ ހެއްޔެވެ؟ “ނަޝް.. މީ؟” ނަޝްފާއަށް ބަލަހައްޓައިގެން ހުރެ ޒާމިންއަަށް އިޝާރާތްކޮށްލަމުން ރާހުލް އަހާލިއެވެ. ހީލުންނޫން އިތުރު ޖަވާބެއް ނަޝްފާ ނުދިނެވެ. “އާދޭ.. އިށީންދޭ އަވަހަށް..” ޒާމިންގެ އަތުގައި ހިފައިގެން ގޮސް ނަޝްފާ ސޯފާއެއްގައި […]
“އަ.. އަހަރެން ދެކެ ރުޅިއެއް ނާދޭތަ؟” ޒުލޭހާ ހައިރާންވެހުރެ ރާހުލްގެ މޫނަށް ބަލައިލަމުން އަހާލިއެވެ. މާޒީގައި ކަންތައްވެދިޔަ ގޮތުން ރާހުލް އޭނާ ދެކެ ރުޅިއައުން ހައްޤުކަމުގައި ޒުލޭހާ ޤަބޫލުކުރިއެވެ. “އެވާހަކަ އިހަށް ބަހައްޓާ… ކީއްވެހޭ ޒުލޭހާ ދައްތަ މިތަނުގައި ތި އިނީ؟؟” ރާހުލް ތަންކޮޅެއް ބާރަށް އަހާލިއެވެ. އެވަގުތު ޒުލޭހާ ރާހުލްގެ މޫނަށް ބަލާލީ މާޔޫސްވެފައިވާ ނަޒަރަކުންނެވެ. “އެ.. ރާހުލްއަށް އިނގޭ ދޯ އަހަރެން ޖަލަން ލިކަން..؟” އިސްޖަހައިގެން ހުރެ ޒުލޭހާ އަހާލިއެވެ. ރާހުލް އެއްޗެއް ވިސްނާލަމުން […]
ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދާ ހާލު އޮތް އަންޖޫދާއަށް ވިޝާން ބަލާލިއެވެ. އެ މޫނުމަތީގައިވީ ނުލަފާ ހިނިތުންވުމެކެވެ. އަންޖޫދާ އޮތް ހާލުފެނި އެހިތުގައި ރަހުމުގެ ކަންފުޅެއް ވެސް ނުއުފެދުނެވެ. “ހީކުރީމެއްނު ދޯ މަގޭ ކައިރިން ސަލާމަތްވެވޭނޭ… ހެހެ.. ނުވާނެ އެހެނެއް… މިޔަދު މަ ބޭނުން ކަމެއް މަށަށް ކުރެވޭނެ…” އަންޖޫދާގެ ގާތަށް ފިޔަވަޅު އަޅަމުން ވިޝާން ބުނެލީ ހިނިގަނޑެއް ޖަހާލުމަށްފަހުގައެވެ. އޭރުވެސް އަންޖޫދާ، އަތުގައި އައްސާފައިވާ ވާތައް މޮހެވޭތޯ ތެޅެމުން ދިޔައެވެ. ވިޝާން އަންޖޫދާގެ ކައިރިއަށް އަންނަމުން […]
ވިޝާން އަންޖޫދާގެ ޓީޝާޓުގެ ކަރުގައި ހިފައި ބާރަކަށް ދަމައިގަތެވެ. އަދި ފަސޭހަކަމާއެކު އެ ޓީޝާޓު އިރާލިއެވެ. އެ ވަނާތައް ފުރިހަމަ ހަށިގަނޑަށް އޭނާގެ ދެލޯ ހުއްޓިފައިވިއެވެ. ދެއަތުން ގައި ނިވާކުރަން މަސައްކަތްކުރަމުން ދިޔަ އަންޖޫދާއަށް ގިސްލެވެމުން ދިޔައެވެ. ހިތާހިތުން އޭނާ މި މުޞީބާތުން ސަލާމަތްކުރެއްވުމަށް އެދި ދުޢާކުރަމުން ދިޔައެވެ. “އޭރުވެސް އައި ވޯންޓަޑް ޔޫ ސޯ ބޭޑްލީ އިނގޭ… ކީއްވެތަ އޭރު އަހަންނަށް ފުރުސަތު ނުދިނީ؟” އަންޖޫދާގެ ކަނދުރާއިން ވަސްގަންނަމުން ވިޝާން ވާހަކަދެއްކިއެވެ. އެއަޑުގައި ވަނީ މަަސްތީކަމެވެ. […]
އަންޖޫދާއަށް ހޭލެވުނީ މީހަކު އޭނާގެ ގައިގައި ބީހޭ ކަމުގެ އިހުސާސް ކުރެވިގެންނެވެ. ތެޅިގަނެފައި އޭނާއަށް ފުންމައިގެން ތެދުވެ ދެކޮޅު ހޯދާލެވުނެވެ. ކައިރީގައި ލާނެތް ގޮތަކަށް ހީލައިގެން އޮތް ރާހުލް ފެނުމުން އޭނާގެ ހިތް ބާރަށް ތެޅެލިއެވެ. ވަގުތުން އެ ދޮން މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. “އަންޖޫ.. އައި ލަވް ޔޫ… ސޯ މަޗް..” އަންޖޫދާގެ މޫނުގައި ފިރުމާލަމުން ރާހުލް ބުނެލިއެވެ. އެއަޑުގައި ވަނީ ތަފާތު އަސަރެކެވެ. އޭނާ އަންޖޫދާ ގެ ގައިމަތީގައި އަޅާލާފައި އޮތް ރަޖާގަނޑު […]
“ނަޝް… އަހަރެން ބޭނުން އަންޖޫއާ އިންނަން… ދެއަންބަށް…” ދެއަތް ދެއަތާ މޮޑެމުން ރާހުލް އެހެން ބުނެލީ ޖެހިލުންވެހުރެއެވެ. އިވުނު ވާހަކައާ މެދު ޔަޤީންނުވެ ހުރެ ނަޝްފާއަށް ކޮޅަށް ތެދުވެވުނެވެ. އަދި ރާހުލްއާ ދިމާއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެ މޫނުމަތިން ހިނދުކޮޅަކަށް ހައިރާންކަން ފާޅުވާން ހުއްޓެވެ. އެއަށްފަހު ދެން އެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. “އަސްލުވެސްތަ ރާހުލް؟ ހަމަ އަސްލުވެސްތަ؟” ނަޝްފާ ހިނިތުންވެ ހުރެ ރާހުލްގެ ދެ އަތުގައި ހިފާލަމުން އަހާލިއެވެ. ނަޝްފާ އުޅޭ ގޮތުން […]
“އަންޖޫދާ އަބްދުއްސައްތާރު… އަހަރެން ކުރާނީ އެންމެ ސުވާލެއް… އެ ސުވާލަށް ތެދަށް ޖަވާބު ދީ……………………..” އަންޖޫދާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ރާހުލް ބުނެލިއެވެ. “އަހަރެން ދެކެ ލޯބިވޭތަ؟” އަންޖޫދާ ސިހިފައި ރާހުލްއާ ދިމާއަށް ބަލާލިއެވެ. އެވަގުތު އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ވެސް ހުއްޓުމެއް އައެވެ. ވަގުތުން އޭނާ އެ އިން ތަނުން ތެދުވެ ރާހުލްއަށް ފުރަގަސްދިނެވެ. “ޖަވާބުދީބަލަ…” ރާހުލްވެސް ތެދުވެލަމުން އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. އޭނާ ލައިގެން ހުރި ފެހި އަތްދިގު ގަމީސް […]
މާހިން ދެންމެ ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. މޫނުގައި ދެއަތުން ފިރުމާލަމުން އޭނާ މަގަށް ނުކުތެވެ. ދެވޭ ނުދެވޭ ދިމާއެއް ވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. ބާރު ސްޕީޑްގައި އޭނާއާ ދިމާއަށް ދުއްވަމުން އައި ލޮރީ ވެސް އޭނާގެ ލޮލުގައި އަޅައި ނުގަތެވެ. ފައިސާ ދައްކާފައި ކެފޭއިން ނިކުތް މާހިންއަށް ރާހުލްއާ ދިމާއަށް އަންނަމުން ދިޔަ ބޮޑު ލޮރީ ފެނުމުން ހުރެވުނުތަން ވެސް ނޭނގުނެވެ. ފަޔަށް ލެވުނުހާ ބާރެއްލައި ދުވެފައި ގޮސް ރާހުލްގެ ދެކޮނޑުގައި […]