އަހަރެން ކޮޅަށް ތެދުވެ ދެކޮޅު ދެކޮޅަށް ހިނގަން ފެށީމެވެ. އޭރު ހިތުގައި އުފެދެމުން ދިޔައީ ތަފާތު ޝުޢޫރުތަކެކެވެ. އަރޫން އަހަރެންގެ ޖަވާބެެއްގެ އިންތިޒާރުގައި މަޑުމަޑުން އިނެވެ. އަހަރެން ވިސްނަމުން ގެންދިޔައީމެވެ. ޤައުމަށްޓަކާ އަހަރެންގެ މި ހިތް ފުނޑުފުނޑު ވިޔަ ދޭންވީ ހެއްޔެވެ؟ އިރުކޮޅެއް ފަހުން އަހަރެން އަރޫން ގާތަށް އައިސް ހުއްޓުނީމެވެ. އަދި ހަށިފުރާ ނޭވައެއް އެތެރެކޮށްލީމެެވެ. “ފައިން.. އަހަރެން އެކަން ކުރާނަން..” ސާބިތުކަމާއެކު އަހަރެން ބުނެލީމެވެ. އެއާއެކު އަރޫންގެ މޫނުމަތީގައި ދުވެލީ ފަނޑު ހިނިތުންވުމެކެވެ. އޭނާއަށް […]
“ޝްޝްޝް.. އައި ނޯ ދެޓް ޔޫ ލަވް މީ..” ޝާކިން އެބުނި އެއްޗަކުން އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. މަޑުމަޑުން އަހަރެންގެ ތުންފަތުގައި ޖައްސާފައިވާ އޭނާގެ އިނގިލި ދުރުކޮށްލަމުން އޭނާ އަހަންނަށް ހަދިޔާކޮށްލީ ފުރިހަމަ ހިނިތުންވުމެކެވެ. އެ ހިނިތުންވުން ފެނި އަހަރެންގެ ދެފައި ވިރިގެން ދިޔަ ފަދައެވެ. ދެތިން ފަހަރަކު ހިންދިރުވާލަމުން އަހަރެން އިސްޖަހާލީމެވެ. ޝާކިންއަށް އަހަރެން އޭނާ ދެކެ ލޯބިވާކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ޢަމަލުތަކުން ހެއްޔެވެ؟ “ވަޓް؟ އަހަރެން؟ ހަހަހަ.. އަހަރެން ނުވޭ…” އަހަރެން […]
“އަރޫން… އަރޫން… ވަރަށް ތަދުވޭތަ؟” އަހަރެން އަރޫންއަށް ގޮވަމުން ގެންދިޔައީމެވެ. ނަމަވެސް އޭނާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ލޯ ހުޅުވާލެވޭ ވަރަށްވުރެ ވެސް ބޮޑަށް އެތަނަށް ތަދުވަނީ ކަންނޭނގެއެވެ. އަހަރެން ތެދުވެގެން ދުވެފައި އެތަނުން ނިކުންނަން ދިޔައީ އާރިފް ސާރ މެން މީހަކަށް މިކަން އަންގާށެވެ. ނަމަވެސް އަހަރެން އެތަނުގެ ދޮރާ ހަމައަށް އެރިތަނާ ބާރުއަޑެއް އިވުމުން އަހަރެން ކަންބޮޑުވެފައިހުރެ އެނބުރި ބަލާލީމެވެ. ތަޅުންގަނޑު މައްޗަށް އަރޫން ވެއްޓިފައި އޮތްތަން ފެނުމުން އަހަރެންގެ ޙަރަކާތް ހުސްވިއެވެ. އަރޫން […]
“އެބައޮތްތަ ކަޅު ގަލަމެއް؟ އަހަރެން ހަނދާނެއް ނެތް މިޔަދު ގެންނާކަށް…” އަހަރެން ޖެހިލުންވެ ހުރެ އެހެން ބުނެލީމެވެ. އެއާއެކު އޭނާ އަހަންނާ ދިމާއަށް އެނބުރި ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައިރު އަހަންނަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. އެ ކަޅުކަންގަދަ ދެލޮލުގެ ތެރެއަށް ގެނބިގެންދާން އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައެވެ. އެ ދެލޮލުގައިވީ ތަފާތު ވިދުމެކެވެ. އެކަހަލަ އަސަރުގަދަ ދެލޮލެއް އަދި އަހަރެން ހަޔާތުގައިވެސް ނުދެކެމެވެ. އޭނާވެސް އަހަރެންގެ ދެލޮލުން ނަޒަރު ވަކިކޮށްލުމެއް ނެތި […]
އޭނާ ބޯ އަރިކޮށް އަހަންނާ ދިމާއަށް ބަލާލި ގަޑީގައި އަހަރެންގެ މެއަށް ފިނިވެގެން ދިޔައެވެ. ލިބުނު ހައިރާންކަމުގެ ސަބަބުން އަހަންނަށް އޭނާގެ އަތުންވެސް ދޫކޮށްލެވުނެވެ. އެއްއަތުން އޭނާގެ މާސްކު ހިފައިގެން ދެލޯ ބޮޑުކޮށްގެން އަހަރެން ބަލަން ހުއްޓާ އޭނާ އުނދަގޫ ގޮތަކަށް ބިންމަތިން ތެދުވިއެވެ. އޭރުވެސް އަހަންނަށް ހުރީ ކުރިމަތީގައި އެހުރީ ކާކުކަން ޤަބޫލުކުރަން ދަތިވެފައެވެ. ޝާކިން ތެދުވެ އަަހަންނާ ދިމާއަށް ބަލަން ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. އަހަންނަށް އޭނާގެ މޫނު ފެނުނީކަން އެނގުމުން އޭނާ ހުރީ […]
އެހެން ހުއްޓައި ކުއްލިއަކަށް އަހަރެން ސިހުނީ އަހަރެންގެ ފޯނު ރިންގުވާ އަޑަށެވެ. އަވަސް ހަރަކާތަކާއެކު ފޯނުނަގައި ބަލާލިއިރު އަހަރެންގެ ނިތަށް ރޫތަކެއް ޖަމާވީ އެ ގުޅާ ނަންބަރު ފެނިފައެވެ. އެއާއެކު ހިތަށް ބިރުވެރިކަމެއްވެސް ވަނެވެ. ނަންބަރު ދިގުކަމުން ފޯނުގެ މުޅި ޑިސްޕްލޭ އޮތީ ފުރިފައެވެ. ޖެހިލުންވެ ހުރެ އަހަރެން ފޯނު ނަގައި ކަންފަތުގައި ޖަހާލީމެވެ. “ހެލޯ… ވަރަށް ބިރުން ހުރެ ދޯ ތި ފޯނު ނެގީ..” އެއީ އަރޫންގެ އަޑުކަން އަހަންނަށް އެނގުނެވެ. ބޮލުގައި އަޅާފައިވާ މާސްކު […]
ނުވިސްނާ ހުއްޓާ އޭނާ އޭތި ހަރާލީ އަހަރެންގެ ކޮނޑަށެވެ. ވީތަދުން އަހަރެންނަށް ކުޑަކޮށް ހަޅޭވެސްލަވައިގަނެވުނެވެ. އެވަގުތު އަހަރެންގެ ގައިން ވަރު ހުސްވާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. ދެކަކޫ މައްޗަށް އަހަންނަށް ތިރިވެވުނުއިރު މުޅިތަން އެނބުރޭ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. މަޑުމަޑުން ދެލޯ މެރެމުން ދިޔަކަންވެސް އެނގުނެވެ. ނަމަވެސް ދެންވީ ކިހިނެއްކަމެއް ނޭނގުނެވެ. ** ** އުނދަގުލާއެކު އަހަރެން ދެލޯ ހުޅުވާލީމެވެ. އޭރުވެސް މީހާގެ ބޮލަށް ބަރުވެފައިވިއެވެ. އޭރު އަހަރެންގެ ހަށިގަނޑު ފިނިވެފައިވާކަމުގެ އިހުސާސްކުރެވިގެންދިޔައެވެ. އަހަންނަށް […]
އަނެއްކާ އެއީ ރިޒާމްގެ ސިފައިގައި ހުރި ސްޕައިއެއްބާއޭ އަހަރެންގެ ހިތަށް އެރިވަގުތު ބިރުވެރިކަމުގެ ބާންޏެއް ހިތުތެރޭގައި ދުވެލިއެވެ. އެއީ ރިޒާމް ދުވަހަކުވެސް އުޅުނުގޮތެއް ނޫންވިއްޔާއެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ދެއަތް މައްޗަށް ހިއްލާލެވުނެވެ. ރިޒާމް އެ ބަޑީގެ ޓްރިގަރއަށް ފިތާލިވަގުތު އަހަންނަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އިރުކޮޅެއް ވަންދެއް އެހެން ހުރިއިރުވެސް އެއްވެސް ކަހަލަ ތަދެއް އިހުސާސްނުވުމުން އަހަރެން ލޯ ހުޅުވާލީމެވެ. އެއާއެކު ރިޒާމްއާއި އަރޫން ބަނޑުގައި އަތްް އަޅައިގެން އޮވެ އަހަންނަށް އަޑުނީވޭނެހެން ހޭ ތަން ފެނުނެވެ. […]
ދެ ފަޔަށް ލެވުނުހާ ބާރެއް ލަމުން އަހަރެން ދުވަމުން ދިޔައީމެވެ. ފޫކޮޅަށްވުރެ ތިރިއަށް ފައިބާ އަހަރެންގެ ގަތާފައިވާ،ކަޅުކަންގަދަ، ފަން އިސްތަށިގަނޑު ފަހަތަށް ވިހުރެމުން ދިޔައެވެ. ވައި ކަފާފައި ދުވަމުން ދިޔައިރު މަގުމަތީގައި ތިބި ގިނަ މީހުންގެ ނަޒަރު އަހަންނަށް އަމާޒުވެފައިވާކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން އެކަމާ އަޅައެެއް ނުލަމެވެ. “ކޮއްކޯ! މިޔަދުވެސް ގަޑި ޖެހުނީތަ؟” ފާރުބުރިއެއްގެ މަތީގައި އިން މުސްކުޅި މާމައެއް އަހަންނާ ދިމާއަށް ގޮވާލިއެވެ. އަހަރެން އާއެކޭ ގޮވާލަމުން ކުރިއަށް ދިޔައީމެވެ. ސްކޫލާ ކައިރިވުމުން އަަހަރެން […]