ލޮލުގައިވާ އަވިއައިނު ނެގިއިރު ނަސްރީންގެ ކަޅި ހުއްޓިފައިވީ ސީދާ ޔުމްނާގެ މޫނަށެވެ. އެ ދެލޮލުން ފާޅުވަމުން ދިޔަ ނަފުރަތުން ޔުމްނާ ފިއްސާލަފާނެހެން އޭނާއަށް ހީވަމުން ދިޔައެވެ. ލިބިފައިވާ ނުތަވަސްކަމާއެކު ޔުމްނާއަށް ދެއަތް ދެއަތާ މޮޑެން ފެށުނެވެ. ނަސްރީން ކުޑައިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު މޫނުއަނބުރާލީ ފަކުރުން ކަހަލަ ގޮތަކަށެވެ. އަރާފައިވާ ހައި ހީލްސް އިން އަޑު ގޮއްވަމުން އޭނާ އެގެއިން މައްޗަށް އެރެން ހުންނަ ސިޑިން އަރައިގެން ދިޔައެވެ. ދެފަންގިފިލާއަށް ހަދާފައިވާ އެގޭގެ މަތީ ބައިގައި ދިރިއުޅެނީ […]
“ޕްލީސް އަޝްފާން. އަހަރެން ދާންވެއްޖޭ..” ޔުމްނާ ގަދަކަމުން ކަހަލަ ގޮތަކަށް އަޝްފާންގެ އަތް ފޮޅުވާލަމުން ދުއްވައިގަތެވެ. އެވަގުތު ވިހުރިގެން ދިޔަ އޭނާގެ އިސްތަށިގަނޑުން ބައެއް އަޝްފާންގެ މޫނުމަތީގައި ބީހިލިއެވެ. އޭރު އަޝްފާންގެ ދެލޮލުން ރޮނގަކަށް ކަރުނަ ފައިބައިފައި ހުއްޓެވެ. އެއްއަތުގައި ޔުމްނާ އޭނާއާ ހަވާލުކުރި ފޮތް އޮތެވެ. ފުރަން ތައްޔާރުވެފައި އޮތް ލޯންޗަށް އަރާފައިވެސް ޔުމްނާއަށް ބެލެމުން ދިޔައީ ބަނދަރު ކައިރީގައި ހުރި އަޝްފާނަށެވެ. އަޝްފާން ދެރަވެފައިވާތަން ފެނުމުން އެހިތަށް ތަދުވަމުން ދިޔަ ނަމަވެސް ކެތްކޮށްލައިގެން އިނީއެވެ. […]
“ބައްޕަ ހަނދާންނެތީއޭ މި ވާހަކަ ބުނަން.. ބައްޕަ ދަރިފުޅު ސްކޫލުން ކަނޑާލައިފިން.. އެހެންވީމަ މާދަމާ ސްކޫލަށް ދާކަށް ނުޖެހޭނެ..” އޭނާ މަޑުމައިތިރި ކަމާއެކު އެހެން ބުނެލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދިޔައެވެ. އޭރު ޔުމްނާ އެދިމާއަށް ބަލަހައްޓައިގެން އޮތީ ޝަކުވާގެ ނަޒަރަކުންނެވެ. ރާމިޒު އޭނާއަށް މި ހުރިހާ އަނިޔާއެއް ދީފައި އެވަރުން ނުފުދިގެން އޭނާ ކިޔެވުމުންވެސް މަހުރޫމުކޮށްލީ ހެއްޔެވެ؟ އޭނާ ކިޔަވާހިތްވާވަރު ރާމިޒަށް ނޭނގެނީ ހެއްޔެވެ؟ ޔުމްނާ ރަޖާގަނޑު އޭނާގެ ހަށިގަނޑުގައި އޮޅާލައިގެން ހުރެ އެނދާދިމާލުން ފާރުގައި […]
ޔުނީފޯމު ލައިގެން ސްކޫލާ ދިމާއަށް ހިނގަމުން ދިޔައިރު އަޝްފާންގެ މޫނުމަތީގައިވީ ފަނޑު ހިނިތުންވުމެކެވެ. ޔުމްނާ އޭނާގެ ދެލޮލަށް ފެނުނު ހިސާބުން ފެށިގެން އެހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ކުލާސް ރޫމަށްވަދެ ޔުމްނާ އިންނަ ޑެސްކާ ދިމާއަށް ނަޒަރު ހިންގާލި ވަގުތު އޭނާގެ މޫނުމަތި އެއްކޮށް މިލައިގެން ދިޔައެވެ. ޔުމްނާ އިންނަ ގޮނޑި ހުރީ ހުހަށެވެ. “އެކްސްކިއުޒް؟ ޔުމްނާ ނާންނަނީތަ މިޔަދު؟” ޑެސްކެއްގެ މަތީގައި އެހެން ކުއްޖަކާއެކު އޮލަ ވާހަކައިގައި އިން އަންހެން ކުއްޖެއްގެ ކޮނޑުގައި އަތް ޖައްސާލަމުން އަޝްފާން […]
ތެމި ފޯވެގެން ގޭތެރެއަށް ވަތް ޔުމްނާ ފެނުމުން ސިޓިންގްރޫމް ސޯފާގައި ފަތްކޮށަން އިން އާބިދާ ޗުސްތަޅާލިއެވެ. އާބިދާއަށް ނުފެނި ގެއަށް ވަންނަން އުޅުނު ޔުމްނާ އެދިމާ ބަލާލީ ޖެހިލުންވެ ހުރެއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލަމުން އޭނާ އަތުގައި އޮތް ދަބަހުގައި ބާރަކަށް ހިފަހައްޓާލިއެވެ. “ސާބަސް އިނގޭ ޔުމްނާ އަށް! ނުވިސްނެނީ ކީއްވެތަ؟ ތި ޔުނީފޯމު ހަލާކުވީމަ އަލުން އާ އެއްޗެއް ގަންނަން ޖެހޭނެކަން ހަމަ ތި ސިކުނޑިއަށް ނުވިސްނެނީތަ؟ މިހާރު ވެސް ކަލެއަށް ޚަރަދުކުރާ ލާރި […]
ޖައްވަށް ވެރިވެފައިވާ ހޫނުގެ ސަބަބުން މަގުމަތިން ހިނގާ ގިނަ މީހުން ފެންނަނީ ކުޑަ އަޅައިގެން ތިބި ތަނެވެ. ކޮންމެ މީހަކުވެސް އެ މީހަކު ދާން ބޭނުންވާ ދިމާއަކަށް ހިނގަމުން ދިއައީ ނުހަނު ހަލުވި ކަމާއެކުގައެެވެ. މަގުގެ މެދެއްހާ ހިސާބުގައި ހެދިފައި ހުރި ބިޔަ ނިކަގަހުގެ ވަށައިގެން ރާނާފައިވާ ކުޑަ ފާރުކޮޅުގެ މަތީގައި ގިނަ ޢަދަދެއްގެ މީހުން އިށީންދެގެން ތިބިއިރު ޖެހޭ މަޑުމަޑު ވައިރޯޅިއާއެކު އެގަހުގެ ފެހި ފަތްތައް ހެލިލާ ގޮތުން އެއިން ކޮންމެ މީހެއްގެ ހިތަށް ވެސް […]
“ތީފް.. އަހަރެން ތީފްއަށް ވަރަށް ބޮޑުކަމެއް ސިއްރުކޮށްފައި ވާނެ..” މައުރީން މަޑުމަޑުން ބުނެލިއެވެ. “އަހަރެން ތީފް މިތަނަށް ގެނައި އިރު މާރިޔާ އިނީ ދެވަނަ ފަހަރަށް ތީފްގެ ދަރިއަކަށް ބަލިވެ..” މައުރީން އެހެން ބުނުމާއެކު ލަތީފް މައުރީންގެ ކޮނޑުން އަތް ދޫކޮށްލިއެވެ. އެހާ ބޮޑު އޮޅުވާލުމެއް މައުރީން އޭނާއަށް އޮޅުވާލީތީ އެހިތުގައި އެތައް ޝަކުވާއެއް އުފެދިގެން ދިޔައެވެ. “މައުރީން ކީކޭތަ ތި ކިޔަނީ؟” ލަތީފް ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަހާލިއެވެ. އޭނާއަށް މާރިޔާ ދޫކޮށްލާފައި އާދެވުނީ މާރިޔާ […]
“ދިރިހުރިހާ ހިނދަކު އެއްނު ދޯ.. ހީވޭތަ އަހަރެން ކަލޭ ދިރިހުއްޓަ ދޭނެހެން؟” މައުވާން ނުރައްކާތެރިގޮތަކަށް ބުނެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ތުނޑުޖަހާފައިވާ ލަކުޑިބުރި ޒާންގެ މެއަށް އަމާޒުކޮށްލިއެވެ. ގައިގައި ހުރި ބާރެއްލާފައި އޭނާ އެ ލަކުޑިބުރި ޒާންއާ ދިމާއަށް އެއްލިއެވެ. ޒާން ދެލޯ މަރާލީ އޭނާގެ އަޖަލު އައިސް ޖެހުނީކަން އެނގުމުންނެވެ. “ނޫން!” އިވިގެން ދިޔަ އަޑާއެކު ޒާން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެއާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިންދިރުވާލަމުން އޭނާއަށް ހުރިތަނުގައި ހުރެވުނީ ފެންނަން […]
“އެ ޒާންގެ ދުވަސް އަހަރެން ދުއްވާލާނަން..” ޞަފޫރާއަށް ބަލާލަމުން މައުވާން އެހެން ބުނެލީ ނުރައްކާތެރި ގޮތަކަށެވެ. “މައުވާން ނިކަން ވިސްނާލަބަލަ.. ޞިފްރީން ޒާން ދެކެ ފުރާނަ ފަދައިން ލޯބިވޭ.. ޒާންއަށް ދެރަގޮތެއް ދިމާވެއްޖިއްޔާ ޞިފްރީން ފަކީރު ހިތުގައި ޖެހޭނެވަރު މައުވާންއަކަށް ނޭނގޭތަ؟” ޞަފޫރާ ނުރުހުމުގެ ރާގެއްގައި ބުނެލިއެވެ. “ޞިފްރީންއަކީ އަހަރެންގެ ހައްޤެއް.. ޒާންއަށް ޞިފްރީންއާއެކީ އުޅުމުގެ ހައްޤެއް ނޯންނާނެ.. އެ ބަލިކަށި އިންސާނާ ފަހަތުން ޞިފްރީން އެދުވަނީ މޮޔަވެގެންތަ؟ ބަލަން ހުންނާތި! މި ފަހަރު މާމައަކަށްވެސް އަހަންނެއް […]