“ޕިސް ޕިސް ޕިސް… އަބަދު ރޯންތަ ކަލެއަށް އެނގެނީ؟ ރޯކާޅެއްދޯ ތީ؟” ރީނާ މަލާމާތުގެ ރާގަކަށް އެހެން ބުނެލިއެވެ. ރީނާ އެހެން ބުނުމުން ޝިކާ އިތުރަށް ދެރަވިއެވެ. އޭނާ ހިތަށް އަރަމުން ދިއައެވެ. މި މީހުންނަކީ މީހުން ދެރަކުރަން ވާހަކަ ދައްކާ ބައެއް ހެއްޔެވެ؟ މީހުން ދެރަވީމަ އެމީހުންގެ ހިތަށް އެއްވެސް އަސަރެއް ނުކުރަނީބާއެވެ؟ ނޫނީ އެމީހުންގެ ހިތެއް ނެތީބާއެވެ. ނޫނީ ޝިކާއަށް އެމީހުންނާ އެކުވެގެން އުޅެން ނޭނގޭތީ ވާގޮތެއް ބާއެވެ؟ މިއީ އޭނާ އަމިއްލައަށް އުޅޭ […]
“އަދި އެބަ ރޮޔެއްނު!! ހުރެބަލަ ނިކަން!!” ރީނާ ހަޅޭއްލަވައިގަތެެވެ. އަދި ޝިކާ އާ ދިމާއަށް ހިނގައިގަތީ ބާރުބާރަށެވެ. ބިރުން ފިތް ކަނޑައިގެން ދާ ވަރުވެފައި ޝިކާ ހުރީ އޭނާ ހިނގާފައި އެދިމާއަށް އަންނަތަން ބަލާށެވެ. އެއައިގޮތަށް އައިސް ރީނާ އުޅުނީ ޝިކާގެ ގައިގައި ޖަހާށެވެ. ޖަހަން އަތް ހިތްލާލިތަނާ ރީނާގެ ހަރަކާތަށް ހުއްޓުން އެރީ ރަނާ އައިސް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. އޭރު ޝިކާ ހުރީ ދެލޯމަރައި ތަގުޅިކޮށްގެނެވެ. “ތިއްތާ! ތަންކޮޅެއް ބޮޑުވަރު ތީ…” ރަނާ ރީނާގެ […]
ޝިކާ ހިފައިގެން ހުރި ފޮތް ބަންޑެލި އުސްކަމުން އޭނާއަށް ކުރިމަތި ފެންނަނީވެސް ކިރިޔާއެވެ. އޭނާ އެފޮތްތައް ބެލެންސް ކުރަމުން މަޑުމަޑުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެއާއެކު ވަރަށް ބާރަށް ގޭތެރެއިން ނިކުންނަން އައި މީހެއްގެ ގައިގައި އަޅައިގަނެފައި ޝިކާއަށް ފޮތްތައް ބެލެންސް ނުވެގެން ތިރިއަށް ވެއްޓުނެވެ. ފޮތްތައް ވެސް މުޅި ސިޓިންގރޫމް ތެރެއަށް ވިއްސަވިއްސައިގެން ދިއައެވެ. ޝިކާ މަތި ބަލައިލި ވަގުތު ފެނުނީ ގަދަ ރަތް ކުލައިގެ ގަމީހެކެވެ. ދެން ރުޅިވެރި ދެލޮލެވެ……………… “ތަންކޮޅެއް ބަލާލައިގެން އުޅެބަލަ […]
“ކޮކީ… ދޮންތި އަންނާނަމޭ ވަރަށް އަވަހަށް އިނގޭ… މަންމަ ގެ ބަސްއަހައިގެން އުޅެއްޗޭ…” ޝިކާ ޝިނާން އުރައިލަމުން ބުނެލިއެވެ. އޭރު ޝިކާ ގެ ދެލޮލުން ވެސް ކަރުނަ ފައިބަމުން ދިއައެވެ. މިއީ އޭނާގެ މައިންބަފައިންނާ ދުރަށް ދިރިއުޅެންދާ ފުރަތަމަ ފަހަރެވެ. “ދަރިފުޅާ ލޯންޗު އެއޮއް އައީ… އަވަހަށް އަރަން ދާން ހިނގާ…” ސަމީރު ޝިކާގެ ފޮށި ހިފައިގެން ލޯންޗާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. ޝިކާ ޝިނާން ތިރީގައި ބެހެއްޓުމަށްފަހު އޭނާގެ ދެލޯ ފުހެލިއެވެ. އަދި ދެކޮޅު ހޯދާ […]
“މަންމާ..!! މި ދަނީ ފުޓުބޯޅަ މެޗް ކުޅެން..” ތާމިން ބާރަކަށް އެހެން ގޮވައިލުމަށްފަހު އަވަސް އަވަހަށް ބައިސްކަލަށް އަރައިފައި ދުއްވާލިއެވެ. ގައިގަ ހުރި ފާރުގަނޑު ތަކުގައި ކިތަންމެ ވޭނެއް އެޅިޔަސް އޭނާ ފުޓުބޯޅަކުޅެން ނުގޮސްފިނަމަ ޓީމު ކުދިން ރުޅިއަންނާނެކަން އެނގޭތީވެ ދަނީއެވެ. އޭނާ އުޅެނީ ވަރަށް ލަސްވެގެންކަން އޭނާ ގެ ހަރަކާތްތަކަށް ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އޭނާ ބައިސްކަލުގައި އަތިރިފަރާތުންލާފައި ދަނޑަށް ދާން ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. ތަންކޮޅަކަށް ދެވުނުތަނާ އޭނާ ކުއްލިއަކަށް […]
ތާމިން އިނީ އެނދުމަތީގައި އށީންދެލައިގެން މުޅި ގައިގައި ރަޖާ އަޅައިގެނެވެ. އޭނާގެ މޫނު މަތިން ފާޅުވަމުން ގެންދިއައީ ބިރުވެރި ކަމެވެ. ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ވަދެގެން އައި މީހާ ފެނި އޭނާ ގެ ބިރުވެރިކަން އިތުރުވިއެވެ. އެމީހާ ތާމިން އާ ދިމާއަށް އަންނަމުން ގެންދިއައިރު އޭނާގެ ހިޔަނި ތާމިންގެ ގަޔަށް އެޅެމުން ދިއައެވެ. ********************************************************************************** “އޭތް.. ކީއްވެފަ ތިއިނީ؟” ސަނާ ތާމިން ގާތު އަހައިލިއެވެ. ސަނާ އާއި ތާމިން އިނީ ހެނދުނު ސައިބޯންށެވެ. ސަނާ އަކީ […]
ރޭގަނޑު އަށް ގަޑިބައި ވެއްޖެެއެވެ. މިރޭ ވެސް ޝިކާ ޖޯލިފަތީގައި އެއިނީ އާޒިމް އަންނާނެ އިރެއްގެ އިންތިޒާރު ގައެވެ. އިރު އިރު ކޮޅާ އޭނާ އަށް މަގުގެ ކޮޅަށް ބަލައިލެވެއެވެ. އިރުކޮޅަކުން މީހަކު ރަތް ބައިސްކަލެއްގައި ދުއްވާލާފައި އަންނަތަން ފެނުމުން ޝިކާގެ ދަތްޕިލާ އެއްކޮށް ފެންނަ ވަރަށް ހީލިއެވެ. ޝިކާ އާއި އަރާ ހަމަވެފައި ބައިސްކަލުން ފޭބި އާޒިމް ޝިކާ ގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. “ގެނޭ އަވަސް!” ޝިކާ އޭނާގެ އަތް ދިއްކޮއްލަމުން ބުނެލި އިރު އޭނާ ހުރީ […]
“މަންމާ.. އަހަރެން ނުދާނަން އެތަނަކަށް..” އުމުރުން 16 އަހަރުގެ ޝިކާ އޭނާގެ މަންމަގެ ހެދުމުގެ ފަސްބައަށް ދަމަމުން ރޮމުން ގެންދިއައީ ކުޑަކުއްޖެއް ފަދައިންނެވެ. “މަންމާ ޕްލީސް… އަހަންނަކަށް ނޭންގެ މަންމަ އާ ވަކިން އުޅޭކަށް.. ” “ހޫން.. އަނެއްކާ ވެސް އެއްކަލަ ބޮޑާ ހާކަން ފެށީ ދޯ!” ޝިކާ ގެ މަންމަ، ރަހީމާ ހުރީ ރުޅި އައިސްފައެވެ. “އަދިވެސް އުޅެން އެނގެނީ ކުޑަ ކުއްޖެއް ހެން ވިއްޔަ.. އެހެން ވެގެންނޭ މިތަނުން ފޮނުވާލަންވީ ވެސް.. އުނދަގޫ ބޮޑު […]