Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ޞަފަރު (5 ވަނަ ބައި)

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
June 26, 2017 5 Mins Read
40 Comments

އިރުކޮޅެއްނުވެ އަހަރެންގެ ބޮލަށް ފާޑެއްގެ ބާރުގަނޑެއް އަރަންފެށިއެވެ. މުޅި މީހާގެ ގައިން ވާގި ދޫވެ ދެލޯ ފުސްވާން ފެށިއެވެ. މަޑުމަޑުން އަހަރެން ތަޅުގަނޑުމައްޗަށް ދެމުނެވެ. އޭރު އަހަރެންގެ ހަށިގަނޑު އާދަޔާ ޚިލާފަށް ފިނިވާންވެސް ފަށައިފިއެވެ. މުޅި މީހާ ރޫރޫ އަޅަމުން ދިޔައިރު އަހަރެންގެ އަނގައިން ހުދު ކުލައިގެ ފޮނުތަކެއް ނިކުންނަން ފެށިއެވެ. ދެންވީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގުނެވެ.

އަހަރެން ވަރުބަލި ގޮތަކަށް ދެލޯ ހުޅުވާލީމެވެ. އޭރު ވަށައިގެންވާ މާހައުލު އަހަންނަށް ފެންނަމުން ދިޔައީ ވަރަށް ފުސްކޮށެވެ. ތަންތަން ސާފުވާންފެށީ އަހަރެން ދެ ތިން ފަހަރު އެސްފިޔަތައް ތަޅުވާލުމުންނެވެ. އަހަންނަށް އޮވެވުނީ ފަނުން ހަދާފައިވާ ޖިފުޑިގަނޑެއް ފާޑުގެ ތަނެއްގައެވެ. އަހަރެންގެ ދެއަތާ ދެފައި ފަލަ ރޯނުން ބަނދެފައިވީއިރު ހިރިލަންވެސް އަހަންނަށް އުނދަގޫވިއެވެ. އަހަރެން ބާއްވާފައި އޮތީ ރޯނު ފުރާފައިވާ އެނދެއްގެ މަތީގައެވެ.

އިރުކޮޅެއްނުވެ އެ ޖިފުޑިގަނޑު ތެރެއަށް ވަދެގެން އައި އަންހެންކުއްޖާ ފެނި އަހަންނަށް އެހެން ދިމާއެއް ބަލާލަންވެސް ނޭނގުނެވެ. ދޮންދޮން ވަށް މޫނެކެވެ. ބޯ އެސްފިޔަތަކެކެވެ. ލޭކުލައިގެ ތުންފަތެކެވެ. ލައިގެން ހުރި ރަތް ކުލައިގެ ފިޓް ހެދުމުގެ ސަބަބުން އޭނާގެ ހިތްގައިމު ބައްޓަން ރީތިކޮށް ހާމަވާން ހުއްޓެވެ. އޮފު އޮފު ފަން ދިގު އިސްތަށިގަނޑެކެވެ. ފަރި ހިނގުމެއްގައި އޭނާ އައިސް އަހަރެން އޮތް އެނދާއި މާ ދުރުނޫން ހިސާބެއްގައި ހުއްޓެއްޖެއެވެ.

“ތީފް ފެން ވެސް ނުވަރަންދޯ؟ ކީއްވެތަ އަޅެ ފެން ނުވަރަނީ؟ ތީފް ގެ ދަތްތައްވެސް ހާދަ ހަޑިއޭ..” އެ އަންހެންކުއްޖާ ވާހަކަދެއްކި ގޮތުން ހީވީ އަހަންނަކީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ހެންނެވެ. ނަމަވެސް އަހަރެން ދުވަހަކުވެސް އޭނާއެއް ނުދެކެމެވެ. ހައިރާންވެފައި އަހަރެން އޭނާއަށް ބަލައިލީމެވެ.

“އޯހް.. އައްސާފަ ދޯ މި ބޭއްވުނީ؟” އެ އަންހެންކުއްޖާ އެހެން ބުނުމަށްފަހު ފުއްޓަތްކެއް ޖަހާލިއެވެ. އެއާއެކު ވީނުނީއެއް ނޭނގި އަހަރެން ގައިގައި އައްސާފައިވާ ރޯނުތައް ގެއްލިއްޖެއެވެ. އަހަރެން ތެދުވެ އެނދުގައި އިށީނީމެވެ. އަދި ހިތަށް އެރި އެއްޗަކުން ބާރުބާރަށް ހޭންފެށީމެވެ.

“ހެހެހެ.. މީ ހުވަފެނެއް ދޯ؟ އަހަންނަށް އެނގޭ ހުވަފެނުގަކަން މިކަހަލަ ޖާދޫވީ ކަންކަން ވާނީ..” ހެމުންހެމުން އަހަރެން ބުނެލީމެވެ. އަދި އެއީ ހުވަފެނެއްތޯ ޔަޤީންކޮށްލުމަށްޓަކާ އަހަރެން އަމިއްލަ އަތުގައި ބާރަކަށް ވިކާލީމެވެ.

“އައޮޗް!” ވީތަދުން އަހަންނަށް ބުނެލެވުނެވެ. މި ފަހަރު ހޭންވެށީ އަހަރެންގެ ކުރިމަތީގައި ހުރި އަންހެންކުއްޖާއެވެ. ހީލާއިރު އެ ދޮން ކޮލަށް އެއެޅޭ އަޑިކޮޅާ، އަންނާރު އޮށްތަކެއްފަދަ އެ ހުދު ދަތްތައް ފެނުމުން އަހަންނަށް ހައިރާންވެފައި އޭނާއަށް ބަލަން ހުރެވުނެވެ. ދުވަހަކުވެސް އެހާ ރީތި އަންހެންކުއްޖަކު އަހަރެން ނުދެކެމެވެ. އޭނާގެ ރީތިކަން ގަލަމަކުން ބަޔާންކޮށްނުދެވޭނެކަން ޔަޤީނެވެ.

“ހުވަފެނެއް ނޫންކަން މިހާރު ޔަޤީންވެއްޖެ ދޯ؟” އޭނަ އެހެން އަހާލުމުން އަހަރެން ބޯ ޖަހާލީމެވެ.

“އަހަންނަށް ކިޔަނީ މައުރީން..” ހިނިގަނޑަކާއެކު އެކުއްޖާ އެހެން ބުނުމުން އަހަރެންވެސް ރައްދުގައި ހީލީމެވެ.

“މައުރީން.. ވަރަށް ރީތި ނަމެއް..” އަހަންނަށް އެހެން ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު މައުރީން އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ. އެއަތް ގަނޑުފެންކޮޅެއްހާ ފިނި ނަމަވެސް އަހަރެން އެއަތުން ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. އޭނާ އަހަރެން ގޮވައިގެން މިސްރާބުޖެހީ އެ ޖިފުޑިގަނޑުން ބޭރަށެވެ.

އެތަނުން ބޭރަށް ނިކުމެވުމާއެކު އާށޯޚުވެފައި އަހަންނަށް އެކި ދިމަދިމާ ހޯދަންފެށުނެވެ. ދުވަހަކުވެސް ނުދެކޭ ވައްތަރުގެ އެކި ގަސްގަހާގެހިން އެތަން ވަނީ ފުރިފައެވެ. އެކި ކުލަކުލައިގެ ދޫނިތައް ފޮނިފޮނި ރާގު ލައްވަމުން އުދުހިއުދުހިފައި އުޅެއެވެ. އަނެއްކާ މިއީ ކޮންތަނެއްބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން އަހަރެން މައުރީންއަށް ބަލާލީމެވެ.

“ތީފް ބިރުންތަ ތި ހުރީ؟ މިއީ އަހަރެމެންގެ ދުނިޔެއޭ.. އަހަރެމެން ތީފް މިތަނަށް މިގެނައީ ވަރަށް މުހިންމު ކަމަކު..” މައުރީން އަހަންނަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ދެލޯ ހަނިކޮށްލީމެވެ. އަހަރެން މިތަނަށް ގެނެވެން އޮތީ ވަކި ކޮން މުހިންމު ސަބަބެއް ހެއްޔެވެ؟

“އެއީ ކޮން ކަމަކު؟” ނުހުރެވިގެން އަހަރެން އަހާލީމެވެ.

“ފަހުން ތީފްއަށް ހުރިހާ ޖަވާބެއްވެސް ލިބޭނެ.. އިހަށް އަހަންނާއެކު އާދޭ..” މައުރީން އެހެން ބުނުމަށްފަހު އަހަރެން ގޮވައިގެން އެ ގަސް ބޯ ޖަންގަލިތެރޭގައި ހިނގަންފެށިއެވެ. އަހަރެމެން ކުރިއަށް ދާވަރަކަށް އަހަރެމެންނަށްޓަކާ ރީތި މަގެއް ހެދެމުން ދިޔައެވެ. ފެންނަމުންދާ މަންޒަރަކީ ހަޤީޤަތެއްކަމަށް ޤަބޫލުކުރަން އަހަންނަށް އަދިވެސް އުނދަގޫވިއެވެ.

ހިނގަމުން ގޮސް އަހަރެމެންނަށް އާދެވުނީ ފެންކޯރެއްގެ ކައިރިއަށެވެ. ހައިރާންވެފައި އަހަންނަށް އެ ފެންގަނޑަށް ބަލަން ހުރެވުނީ ބިއްލޫރިކޮޅެއްހާ އެ ފެން ސާފުވީމައެވެ. އެ މާހައުލު ހާދަ ހިތްގައިމެވެ. މައުރީން އަހަރެން ގާތު އެދުނީ އެ ފެންގަނޑަށް އެރުމަށެވެ. ކުޑަކޮށް ފަސްޖެހިފައިވެސް އަހަރެން އެ ފެންގަނޑަށް އެރުނީމެވެ. ފިނިފިނި ފެންތައް އަހަރެންގެ ގައިގައި ޖެހުމާއެކު ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދުނެވެ.

އަހަރެން ފެންގަނޑަށް އެރުނުތާ މާގިނައިރެއްނުވެ ފެންގަނޑަށް ލޮޅުމެއް އެރިއެވެ. ހާސްވެފައި އަހަރެން މައުރީންއަށް ބަލާލިއިރު ހިނިތުންވެގެން އޭނާ ހުއްޓެވެ. ބިރުގަނެފައި ހުއްޓާ ދެވަނަ ފަހަރަށްވެސް އެ ފެންގަނޑަށް ލޮޅުމެއް އެރިއެވެ. އިސާހިތަކު އެނބުރޭ ރޯޅިއެއް ގޮތަށް ފެންގަނޑު އަހަރެންގެ ވަށައިގެން އެނބުރެންފެށިއެވެ. އަހަރެން ވެސް އެ ފެންގަނޑުގެ ތެރެއަށް ދަމައިގަތީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ފެންތައް އަހަރެންގެ ނޭފަތާއި އަނގައަށް ވަންނަންފެށުމުން އަހަރެންގެ ނޭވާ ހާސްވާންފެށިއެވެ. ދެން މުޅިތަނަށް ވެރިވީ އަނދިރިކަމެވެ.

ދެން ހޭވެރިކަމެއް ވީއިރު އަހަންނަށް އޮވެވުނީ އަރާމު ތަންމައްޗެއްގައެވެ. މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލައި ވަށައގެންވާ މާހައުލަށް އަހަރެން ނަޒަރު ހިންގާލިއެވެ. އަހަންނަށް އޮވެވުނު ތަނުގެ ބިތްތައް ޒީނަތްތެރިކޮށްފައިވަނީ ސަންގުމަރުމަރު ހިލައިންނެވެ. އޮވެވުނު މަޑު ދާނުން ތެދުވިތަނާ އެތަނުގެ ދޮރު ހުޅުވާލާފައި ވަދެގެން އައީ މައުރީންނެވެ. އޭރުވެސް އެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ.

“މައުރީން..! މިއީ ކޮންތަނެއްތަ؟ އަހަންނަށް މިހެން މިވަނީ ކީއްވެތަ؟” އަހަރެން މައުރީންއާ ސުވާލުކޮށްލީ ހާސްވެފައި ހުރެއެވެ. އަހަންނާ މިޔަދު މިދިމާވަނީ ކޮންފަދަ ކަންތައްގަނޑަކާ ބާވައެވެ؟

“ތީފް.. އޯކޭތަ؟” މައުރީން އައިސް އަހަރެން ގާތުގައި އިށީންނަމުން އަހާލިއެވެ. ބޯޖަހާލުން ނޫން އިތުރުކަމެއް އަހަރެން ނުކުރަމެވެ. އަހަރެން ކުރާ އެއްވެސް ސުވާލަކަށް މައުރީން ޖަވާބު ނުދެނީ ކީއްވެގެން ހެއްޔެވެ؟

“ތީފްގެ ކާފަ ކިޔައިދިނެއްނު ވާހަކައެއް؟” މައުރީން އެހެން ބުނުމުން އަހަރެން ދެލޯ ހަނިކޮށްލީމެވެ. އަދި އެއްޗެއް ވިސްނަން އުޅޭފަދައިން ބޯ ކަހާލީމެވެ.

“އެ ވާހަކައިގަ އުޅުނެއްނު ދޯ އިބުރާހީމެއް..؟ އެއީ ތީފްގެ މުނިކާފަ..” މައުރީން އެހެން ބުނުމުން އަހަރެން ފުންމައިގެން ތެދުވީމެވެ. ދެލޯ ބޮޑުކޮށްގެން އަހަރެން އޭނާއަށް ބަލަން ހުރީ ހިތަށްއެރި އެއްޗަކުންނެވެ.

“އޭގެ މާނައަކީ… އަ.. އަހަރެންނަކީ؟” އަމިއްލަ މީހާގެ މެއަށް އިޝާރާތްކުރަމުން އަހަރެން އަހާލީ ތުރުތުރު އަޅާ އަޑަކުންނެވެ. މައުރީން އެ ބުނީ ތެދެކެވެ. އަހަރެންގެ މުނި ކާފައަށް ކިޔަނީ އިބުރާހީމެކެވެ. އަދި އަހަރެންގެ ކާފައަށް ކިޔަނީ ޔޫސުފެވެ. ކާފަ އެ ކިޔައިދިން ވާހަކައަކީ ތެދެއްކަން ޔަޤީންވި ހިނދު އަހަންނަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ.

“ތީފް..” މައުރީން އަހަންނަށް ގޮވާލީ ވަރަށް ލޯބިކޮށެވެ. އޭނާ އަހަރެންގެ ގާތަށް ޖެހެލި ވަގުތު އަހަރެން ޖެހެލީ ދުރަށެވެ. މައުރީން އަކީ ޚަދީޖާގެ ޢާއިލާ ޖިންނިއެއްކަން އަހަންނަށް ޔަޤީންވިއެވެ. މަރުގެ ތަންމަތީގައި އޮތްއިރުވެސް ކާފަ އަހަންނަށް އެވާހަކަ މަތިން ހަނދާންކޮށްދިނީ ސަބަބެއް ނެތިއެއް ނޫންތާއެވެ.

“ތީފް.. އަހަރެންގެ އާއިލާގެ ބައެއް މެންބަރުން އެބަތިބި މި ކޮޓަރީގެ ބޭރުގަ ތީފްއާ ބައްދަލުކުރަން އައިސް..” މައުރީން މަޑުމަޑުން ބުނެލިއެވެ. ހިވާގޮތުން އަހަރެން އޭނައާ ދުރަށްޖެހުމުން ދެރަވީއެވެ. އޭނާ އެހެން ބުނުމާއެކު ބަން ލާފައި އެކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު މުޅި ކޮޓަރި ދުމުން ފުރިގެން ދިޔައެވެ. ކެއްސަމުން އަހަރެން އެކި ފަރާތް ހޯދަން ފެށީމެވެ. ނަމަވެސް ދުންތައް އައިސް ވަންނަންފެށީ އަހަރެންގެ ދެލޮލަށެވެ. އިސާހިތަކު ދެލޮލުން ފެންތައް ފައިބަން ފެށުމުން އަހަރެން ދެލޯ މަރާލީމެވެ. އިރުކޮޅެއްފަހުން ދުންތައް ސާފުވެ ކުރިން ހުރި ގޮތަށް ބަދަލުވިއެވެ. އޭރު މައުރީން އަހަރެންގެ ކުރިމަތީގައި ރަކި ހިނިތުންވުމަކާއެކު ހުއްޓެވެ. މިހާރު އޭނާ ލައިގެން ހުރީ ފައިތިލައާ ހަމައަށް އަރާވަރުގެ ބޮޑު ރަތް ހެދުމެކެވެ. އަތުގައި ބޮނޑު ބެރެބެދި މާގަނޑެއްވެސް އޮތެވެ. އަހަރެން ބަލާލުމާއެކު އޭނާ ލަދުން ކަހަލަ ގޮތަކަށް އިސްޖަހާލިއެވެ.

“ކިހިނެއްތަ މި ވަނީ؟ އަހަންނަށް ތަންކޮޅެއް ސާފުކޮށް ކިޔައިދޭންވީނު؟” އަހަރެން ހިތްހަމަނުޖެހިފައި ސުވާލުކޮށްލީމެވެ. މައުރީން އަހަރެން މިތަނަށް ގެނައި އިރުއްސުރެ ވާ އެއްވެސް ކަމެއް އަހަންނަކަށް ނޭނގޭވިއްޔާއެވެ.

“މިހާރު ތީ އަހަރެންގެ ފިރިމީހާ..” މައުރީން މަޑުމަޑުން އެހެން ބުނުމާއެކު އަހަރެންނަށް ބަލާލެވުނީ ލައިގެން ހުރި އެއްޗެއްސަށެވެ. އޭރު އަހަރެންގެ ހެދުން ވަނީ މުޅިން ބަދަލުވެފައެވެ. ކަޅުކުލައިގެ ކޯޓުފަޓުލޫނެއް ލެވިފައި ހުރިއިރު އަހަރެންގެ ޖީބުގައި ބެރެބެދި މަލެއް ޖަހާފައި ހުއްޓެވެ.

“ވަޓް ދަ ހެލް؟؟ އަހަންނަށް އަދި އެންމެ ސޯޅަ އަހަރޭ! އަހަރެން ކަލޭގެ ފިރިމީހާއަށް ވާންވީ ކިހިނެއްތަ؟ އޭނ!” ރުޅިގަދަވެފައި އަހަރެން ހަޅޭއްލަވައިގަތީމެވެ. އެއާއެކު މައުރީން އިސްއުފުލާ އަހަންނާ ދިމާއަށް ބަލާލިއެވެ. އެވަގުތު ރަންކުލައިން އޭނާގެ ދެލޯ ދިއްލިގެން ދިޔަތަން ފެނުމުން އަހަރެން ކުޑަކޮށް ބިރުވެސް ގަތެވެ.

“ލަތީފްގެ މުނިކާފަ ވަނީ ލަތީފް އަހަންނަށް ދީފައޭ.. ދެންމެ އަހަރެންގެ އާއިލާގެ މީހުން އައިސް އެދިޔައީ އަހަންނާ ލަތީފްގެ ކައިވެނިކޮށްދީފައި.. ލަތީފް ހިތްހަމަނުޖެހިގެން ތިއުޅެނީ ކޮންކަމަކާ؟ އަހަރެން ހުތުރީތަ؟ އަހަރެންހާ ރީތި މީހަކު ކަލޭމެން އިންސާނުންގެ ތެރެއިން ލަތީފްއަކަށް ނުހޯދޭނެ..! ވީއިރު ކޮބާތަ މައްސަލައަކީ؟ އަހަރެންގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު އަހަރެން ހުންނާނީ ލަފީތްއަށް ޚިދުމަތް ކުރުމުގަ..” މައުރީން ބަރުއަޑަކުން ބުނެލިއެވެ. އަހަރެން ދެއަތުން މޫނުގައި ފިރުމާލީމެވެ. ވެދިޔަ ކަންތަކުން އަހަރެންގެ ހިތުގައި ނަފުރަތު އުފެދުނީ މުނިކާފައަށް އެކަންޏެއް ނޫނެވެ. ކާފައާ ދޭތެރޭގައިވެސް ޝަކުވާތައް އުފެދުނެވެ. ކާފަވެސް އަހަންނަށް މި ވާހަކަތައް ތަންކޮޅެއް ސާފުކޮށް ކިޔައިދިންނަމަ މިކަން ވުމުގެ ކުރިން ފަންޑިއްތަ ވެރިއެއްގެ އެހީ އަހަރެން ހޯދީހެވެ.

#~#~#

ޒާން ފޮތް ލައްޕައިލީ ނިދިއަންނާތީއެވެ. އޭރު އިރުއިރުކޮޅާ އޭނާއަށް އާފުރެމުން ދިޔައެވެ. އެ ފޮތް ކަބަޑަށް ލުމަށްފަހު އޭނާ އެނދުގައި ޖައްސާލިއެވެ. އޭރު ވެސް އޭނާ ދެންމެ ކީ ވާހަކަތައް ފިލްމެއްގެ ސިފައިގައި ލޮލު ކުރިމަތީގައި ސިފަވަމުންދާ ކަހަލައެވެ. ދެފަރާތައް ބޯ ހޫރާލަމުން އޭނާ ކައިރީގައި އޮތް ބާލީހުގައި ބައްދާލިއެވެ. އިރުކޮޅެއްނުވެ އޭނާ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ.

“ޞިފްރީން!” ނިދާފައި އޮތް ޒާން ފުންމައިގެން ތެދުވެ ހަޅޭއްލަވައިގަތެވެ. އޭރު މުޅި މޫނުމަތިން އޮށްދާ ހިއްލާފައިވިއެވެ. ހާސްކަމާއެކު ތެދުވެ އޭނާ އެނދު ފަޑި މަތީގައި ބަހައްޓާފައިވާ ކުޑަ ފެންފުޅި ނަގައި އެއްނޭވައިން ހުސްކޮށްލިއެވެ. އޭރުވެސް މީހާ އެއްކޮށް ހަމައަކަށް ނޭޅެއެވެ.

ދެންމެ އޭނާއަށް ފެނުނީ ބިރުވެރި ހުވަފެނެއްކަން ޒާންއަށް ޔަޤީންވިއެވެ. ނަމަވެސް ހުވަފެނުގައި އެ ފެނުނީ ކޮން އެއްޗެއްކަމެއް އޭނާއަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އަދި ތެދުވި ގޮތަށް ޞިފްރީންއަށް ގޮވުނީ ކީއްވެބާއޭ އެ ހިތަށް އަރަމުން ދިޔައެވެ. އެވަގުތު އޭނާގެ ހިތަށް  ސިފަވެގެން ދިޔައީ ޞިފްރީންގެ ރީތި ސޫރައެވެ. އެ ކަޅި ރަވަ ރީތި ދެލޮލުގައި އެވަނީ ކޮންކަހަލަ ޖާދުލެއްބާވައޭ އޭނާގެ ހިތަށްއަރަމުން ދިޔައެވެ.

“ޞިފްރީން…… ރީން…..” ޒާން މަޑުމަޑުން ކިޔާލިއެވެ. އޭރު އެ މޫނުމަތީގައިވީ ފަނޑު ހިނިތުންވުމެކެވެ.

“އަހަންނަށް ގޮވިންތަ؟” އެއަޑަށް ޒާން ސިހިފައި ބަލާލިއިރު އޭނާ ގާތުގައި އޮށޯވެލައިގެން ޞިފްރީން އޮތެވެ. އެ ރަތް ތުންފަތުގައި ފުޅާ ހިނިތުންވުމެއް ވިއެވެ. ޞިފްރީން އެތަނަށް އައުމުން ޒާންއަށް ބުނާނެ އެއްޗެއް ނޭނގިފައި އޮވެވުނީއެވެ.

“ކީއްވެ އަހަންނަށް ތި ގޮވީ؟” ޞިފްރީން އިތުރަށް ޒާންގެ ގާތަށް ޖެހިލަމުން އަހާލިއެވެ. އޭރު ޒާންގެ ހިތް ބާރުބާރަށް ތެޅެން ފަށައިފިއެވެ. ޞިފްރީން ގާތްވަމުން ދިޔަވަރަކަށް އޭނާގެ ހިއްސުތައް ހަލަބޮލިވަމުންދާ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔައެވެ.

“އަސްލު އަހަރެން…” ޒާންއަށް ބުނެވުނީ އެ ހިސާބަށެވެ. ޞިފްރީން ކައިރިއަށް ޖެހި އޭނާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. އެ ދެލޮލުން ޒާންއަށް ފެނުނީ ނިމުމެއް ނެތް ލޯތްބެވެ.

“ޝްޝްޝް..” ޒާންގެ ދެލޮލަށް ބަލަން ހުރެ ޞިފްރީން ބުނެލިއެވެ. އޭނާ ހާމައަށް އޮތް ޒާންގެ ތަނަވަސް މޭމަތީގައި ބޯ އަޅާލިއެވެ. ޒާންއަށް ކެތް ކުރެވުނީ އެ ހިސާބަށެވެ. އޭނާ ދެއަތުން ޞިފްރީންގެ ތުނި ހަށިގަނޑު ވަށާލިއެވެ. ލައިފައިވާ ތުނި ހެދުމުގެ ސަބަބުން ޞިފްރީންގެ ބައްޓަން ރީތި ހަށިގަނޑު ހާމަވާން އޮތެވެ. މަޑުމަޑުން ޞިފްރީން ބޯހިއްލައި އޭނާގެ މޫނު ޒާންގެ މޫނާ ގާތްކުރަމުން ގެންދިޔައެވެ. އޭރު ޒާން ވަނީ ޞިފްރީންގެ ޖާދޫގައި ހަމަ ރަނގަޅަށްވެސް ޖެހިފައެވެ. ޞިފްރީންގެ ފިނި އަތުގެ ބީހުންތަކަށް އޭނާގެ ހިތް އެދި ގޮވަންފެށީ ކީއްވެކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ނިކަމެތި އަޅާ

Next

ކުރު ވާހަކަ- ހިތުގެ ފުންމިނުން..

Next
June 26, 2017

ކުރު ވާހަކަ- ހިތުގެ ފުންމިނުން..

Previews
June 26, 2017

ނިކަމެތި އަޅާ

40 Comments!

  1. Liaa says:
    June 26, 2017 at 8:14 pm

    Hey guys… sorry Liaa miyadhu busy veema mirey mi up kollevunii… hope u enjoy ☺
    Loves ?

  2. HARLEY quinn says:
    June 26, 2017 at 8:27 pm

    woww, nice episode liaa, keep up the good work..
    wonderful episode…

    1. HARLEY quinn says:
      June 26, 2017 at 8:29 pm

      no need of sorry. it’s ok dear…

    2. Liaa says:
      June 26, 2017 at 11:29 pm

      Thanks dear ?

  3. ~kiddo~ says:
    June 26, 2017 at 8:31 pm

    Hey…me 1st dha.. .nice….kon irakun next part…

    1. Liaa says:
      June 26, 2017 at 11:29 pm

      Thanks kiddo..?
      Bt this time 2nd dhw

  4. §ama? says:
    June 26, 2017 at 9:08 pm

    Reethi

    1. Liaa says:
      June 26, 2017 at 11:30 pm

      Thanks sama☺

  5. Flower pririncess says:
    June 26, 2017 at 9:36 pm

    Wowww. Varah cute. When is next part. Waiting……

    1. Liaa says:
      June 26, 2017 at 11:31 pm

      Thanks Flower pririncess ☺

  6. Saandy says:
    June 26, 2017 at 9:41 pm

    V interesting.. V thafaathu mivaahaka.. Waiting for the next part.. Keep it up Liaa 🙂

    1. Liaa says:
      June 26, 2017 at 11:31 pm

      Thanks Saandy ☺

  7. xim says:
    June 26, 2017 at 10:25 pm

    woow v reethii ingey…..assu v ufaavey avahah up khodheythee…..keep going???

    1. Liaa says:
      June 26, 2017 at 11:32 pm

      Thanks xim ?

  8. who am i? says:
    June 26, 2017 at 10:46 pm

    wow vvvvvv reethi mi story ??❣❣

    1. Liaa says:
      June 26, 2017 at 11:32 pm

      Thankyou dear ☺

  9. Adha? says:
    June 26, 2017 at 11:47 pm

    I don’t think story lahun up viheneh.. liaa haa avahah story up kuraahaa kuhjeh neh.. no need to say sorry..? haadha reehchey ingey mi part ves. Hama superb.❣? Waiting for next part ?

    1. Liaa says:
      June 27, 2017 at 12:06 pm

      Thank you Adha ☺

  10. ¥¡m says:
    June 27, 2017 at 2:21 am

    Wow varah reethi mi part vx..waiting for the next part???

    1. Liaa says:
      June 27, 2017 at 12:07 pm

      Thank you dear☺

  11. ROMAN REGINS says:
    June 27, 2017 at 3:27 am

    Wow v reethi mi part vx and keep it up

    1. Liaa says:
      June 27, 2017 at 12:07 pm

      Thank you ROMAN BEGINS ☺

  12. remoo says:
    June 27, 2017 at 3:38 am

    wow v nice this story….keep it up

    1. Liaa says:
      June 27, 2017 at 12:08 pm

      Thank you Remoo ☺

  13. sam♥ says:
    June 27, 2017 at 9:01 am

    wow…layaa waiting next part…

    1. Liaa says:
      June 27, 2017 at 12:09 pm

      Thank you sam… layaa eh noon ingey… Liaa… olhunee dhw.. ☺

  14. Someone says:
    June 27, 2017 at 1:24 pm

    V salhi

    1. Liaa says:
      June 27, 2017 at 4:07 pm

      Thanks someone☺

  15. lovegirl says:
    June 27, 2017 at 1:47 pm

    Vvv reethi mi part ves. Waiting for the next part. 🙂

    1. Liaa says:
      June 27, 2017 at 4:08 pm

      Thanks lovegirl?

  16. ROMAN REGINS says:
    June 27, 2017 at 1:53 pm

    When next part

    1. Liaa says:
      June 27, 2017 at 4:08 pm

      Iraadha kurevviyya mirey☺

  17. Jjey:) says:
    June 27, 2017 at 1:59 pm

    Nice ❤

    1. Liaa says:
      June 27, 2017 at 4:09 pm

      Thankyou❤

  18. Pop says:
    June 27, 2017 at 11:36 pm

    Koba vahaka liaa

  19. Jay says:
    June 28, 2017 at 7:00 pm

    Liaa.. would u go out a date with me?? So i can listen to ur story all night long.. this is a beautiful story

    1. Liaa says:
      June 28, 2017 at 8:24 pm

      Alhey Jay..
      Hehehe… ?
      Hingaa dhw dhaan date akah.. ?

  20. Scarlet says:
    June 28, 2017 at 8:15 pm

    Varah reethi mi partves

    1. Liaa says:
      June 28, 2017 at 8:25 pm

      Thanks scarlet ?

  21. Beauty ? says:
    February 28, 2018 at 3:30 pm

    U r best

Comments are closed.


All Right Reserved!