ފަހަތުގައި ހުރި ޔުމްނާއަށް ބަލާލި ވަގުތު އެ ލޮލުގައި އަޅައިގަތީ އެމީހުންނާ ދިމާއަށް ދުވެފައި އައި ފަންސަހާކަށް މީހުންނެވެ. އެ ހުރިހާ އެންމެންނާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނުހުންނާނެކަން އާރިކްއަށް އެނގެއެވެ. ކޮންމެވެސް ގޮތެއް ނުވިސްނައިފިނަމަ މިފަހަރު އެ ދެމީހުންގެ ދުވަސް ދާނެއެވެ. “ރެޕަންޒެލް.. އަރާބަލަ!” ހާސްވެފައި އާރިކް ޔުމްނާއަށް އެ ގޭޓުގެ މައްޗަށް އަރަން އެހީވެދިނެވެ. ޔުމްނާ ސަލާމަތުން އަނެއް ފަރާތަށް ފޭބުމާއެކީ އާރިކް ހަލުވިކަމާއެކު ގޭޓުމަތިން ފުންމާލިއެވެ. ޔުމްނާގެ އަތުގައި ހިފައިގެން އޭނާ ދުވަމުން […]
“މިހާރު އަރޫ އަހަރެން މަތިން ހަނދާންނެތުނީ ދޯ؟” ކުރިމަތީގައި ހުރި އަޝްފާން ލާނެތް ގޮތަކަށް އެހެން އަހާލިއެވެ. އަރޫޝާއަށް އަނގަމަތީގައި އަތްއަޅާލެވުނީ އެއީ ކާކުކަން އެނގުމުންނެވެ. “އަޝްފާން ބޭބެ؟” އަޝްފާންގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގާލަމުން އަރޫޝާ ބުނެލީ ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށެވެ. “ހާދަ ޗޭންޖް ވެއްޖޭ އެކަމަކު.. ކޮންއިރަކުތަ އެންމެފަހުން އަހަރެމެން ދިމާވީ؟ ހުމްމް.. އެއީ ގާތްގަނޑަކަށް އަރޫގެ އުމުރުން 10 އަހަރުގަ.. އޯ އެމް ޖީ! ޕިއުބާރޓީ ހިޓް ޔޫ ލައިކް އަ […]
އެތެރެއަށް ވަދެފައި ފަރީދު ދޮރު ތަޅުލުމުން ޔުމްނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ފަރީދު އޭނާއަށް ބަލަހައްޓައިގެން ހުރި ނަޒަރުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ. ފަރީދު މަޑުމަޑުން ގާތްވަމުން ދިޔަ ވަރަކަށް ޔުމްނާ ފަހަތަށް ޖެހެންފެށިއެވެ. އޭނާއަށް ހިންދިރުވާލެވުނީ ބިރުގަނެފައި ހުރިވަރުންނެވެ. ފަރީދު އައިސް އެނދުމަތީގައި އިށީނެވެ. އަދި ޔުމްނާއަށް އޭނާ ގާތު އިށީނުމަށް އިޝާރާތްކޮށްލިއެވެ. ޔުމްނާ އިށީންދެ އިސްޖަހާލިއެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔައިރު އެހިތުގައި ވަނީ ބޮޑު ހައިޖާނެއް އުފެދިފައެވެ. “ރަނގަޅުތަ ކަންތައްތައް؟” ފަރީދު […]
މިޝްކާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް މުނީރު ކޮޓަރިއަށް ވަނެވެ. އެ މޫނުމަތިން މިޝްކާއަށް ފެނުނީ ދުވަހަކުވެސް ނުފެންނަފަދަ ރުޅިވެރިކަމެކެވެ. “އަހަރެން ހިޔެއް ނުކުރަން އިނގޭ މިޝްކާ ތިހާ ވިޔާނުދާ ކަމެއް ކޮށްފާނެ ކަމަކަށް!” މުނީރު މިޝްކާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. މިޝްކާ ޔުމްނާ ދެކެ ރުޅިއައިސްގެން އެފަދަ ދަށު ދަރަޖައިގެ ޢަމަލެއް ހަމަ ހިންގަފާނެ ހެއްޔެވެ؟ “މުނީރު.. އައި ކެން އެކްސްޕްލެއިން..” މިޝްކާ ދެރަވެލާފައި މުނީރުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ކޯއްޗެއް […]
“މަ ވެސް ދައްކަފާނަމޭ މަށަށް ކުރެވިދާނެ ކަންކަން..” އަޝްފާން އެހެން ބުނެފައި ޝަނާ ލައިގެން ހުރި ހެދުމުގެ ކަރުގައި ހިފައި ދަމައިގަތެވެ. ޝަނާ ކުއްލިއަކަށް އަޝްފާންގެ މޭމަތީގައި އަޅައި އަޝްފާން ދުރަށް ކޮއްޕާލިއެވެ. އަދި އެނދުމަތިން ތެދުވެ އޭނާ ލައިގެން ހުރި ހެދުން ރީތިކޮށްލިއެވެ. “ކީއްވެތަ ގަދަކަމުން ތިކަން ކުރަން ތިއުޅެނީ؟” ޝަނާ އައިސް އަޝްފާންގެ ކަރުގައި ދެއަތް އަޅުވާލަމުން ބުނެލިއެވެ. އޭރު އެ މޫނުމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. އަޝްފާން ދެބުމަ ގޮށްޖަހާލިއެވެ. އަދިވެސް ޝަނާ އޭނާ […]
“މިލިއަނަރ ފަރީދުގެ ދެވަނަ އަނބީގެ ރީތިކަމަށް އެތައް ބައެއްގެ ތަޢުރީފު.” އަވަސް ނޫހުގެ ޚަބަރުގެ ސުރުޚީ ކިޔާލި ވަގުތު އަޝްފާންގެ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ވޭނެވެ. ޚަބަރުގެ ކަވާރ ފޮޓޯގައި ޕާޓީގެ ތެރޭގައި ފަރީދުއާއި ޔުމްނާ އެކީގައި ވާތަން ފެނުމުން އަޝްފާންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ދުވަސްތަކަކަށްފަހު ޔުމްނާގެ މައުސޫމް މޫނު ފެނުމުން އެ ހިތަށް ކޮށްފައި ވަނީ ވަރަށް ވެސް ފުން އަސަރެކެވެ. ** ** ** ޔުމްނާއަށް ހެނދުނު ހޭލެވުނީ ތަންކޮޅެއް […]
“ނުބައިވީމަތާ އަމިއްލަ ދަރި ފައިސާއަށްޓަކާ ވިއްކާލާނީ.. އަހަރެން ހުރިން ޔުމްނާ ފުރިއިރު ބަނދަރު ފެންނަ ހިސާބުގަ.. މާފަށް އެދޭނެ ފުރުސަތެއް ނުލިބުނީމަ ވަރަށް ދެރަވި.. ހިތަށްއަރާ މިހާރު ޔުމްނާ އުޅޭނީ ކޮން ހާލެއްގަބާއޭ..” އާސިމް މަޑުމައިތިރި ކަމާއެކު ވާހަކަދެއްކިއެވެ. އާސިމްއަށް ވިސްނުނީތީ އަޝްފާން އުފާކުރިއެވެ. ނަމަވެސް ޔުމްނާއަށްޓަކާ އެހިތް ރޮނީއެވެ. އެ ކުއްޖާއަށް މި ދުނިޔެމަތީގައި ކިހާ ވޭނަކާއި ހިތްދަތިކަމެއް ލިބިއްޖެ ހެއްޔެވެ؟ އަދި އެވެސް އެކުއްޖާގެ އެއްވެސް ކުށަކާ ނުލައެވެ. ** ** ** ދުވަސްތައް […]
ބާރުބާރަށް ސިޑިން އަރައިގެން އައި އާރިކްގެ ހަރަކާތްތަކަށް ހުއްޓުން އެރީ އޭނާގެ ކުރިމައްޗަށް ކުއްލިއަކަށް މީހަކު އެރުމުންނެވެ. މަޑުމަޑުން އިސްއުފުލައި އޭނާ ބަލާލި ވަގުތު އެމޫނުމަތީގައިވާ ރުޅިވެރިކަން މަޑުމަޑުން ފޭދިގެން ދިޔައެވެ. “އަރޫ..” އާރިކްއަށް މަޑުމަޑުން ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ގޮވާލެވުނެވެ. ކުރިމަތީގައި ހިނިތުންވެލައިގެން ހުރި އަންހެންކުއްޖާ އާރިކްގެ ގައިގައި އޮޅުލައިގަތް ވަގުތު އޭނާ ފަހަތަށް ނުވެއްޓުނީވެސް ކިރިޔާއެވެ. “ދޮންބޭ.. އައި މިސްޑް ޔޫ..” އާރިކްގެ ގައިން ދޫކޮށްލަމުން އަރޫޝާ ބުނެލިއެވެ. “އައި މިސްޑް ޔޫ […]
އަތިރިމަތީގައި ޚިޔާލުތަކަށް ގެއްލިފައި އިން އަޝްފާން ސިހުނީ ކުއްލިއަކަށް ވާރޭ އޮއްސައިގަތުމުންނެވެ. އޭނާ އިންތަނުން ތެދުވެ އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލިއެވެ. ވައިގަދަ ވުމުގެ ސަބަބުން ގަސްތަކުގެ ފަތްތައް އުދުހެމުން ދިޔައެވެ. ކަނޑުގެ ރާޅުތައް އައިސް ގޮނޑުދޮށަށް މުގުރަމުން ދިޔައެވެ. މުޅި އުޑުމަތި އޮތީ ކަޅުކޮށްލާފައެވެ. ކުއްލިއަކަށް މޫސުން އެހާ ގޯސްވެގެން ދިޔައިރު ވެސް އޭނާއަށް ރޭކާނުލިއެވެ. ޔުމްނާގެ ފޮތް ސްކޫލް ދަބަހަށް ލަމުން އޭނާ އެއްގަމަށް އަރަން އެނބުރެލީ ވާރޭ ބޯކުރުމުގެ ކުރިން ގެއަށް ދެވޭތޯއެވެ. […]