Skip to content
އެސްފިޔަ

އަނދިރިފަރާތް (19 ވަނަ ބައި)

ހެލިކޮޕްޓަރު ކައިރިކޮށްލީ މާލެއާ ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު ކައިރިއަށެވެ. ހަރުގަނޑު ތިރިކޮށްލުމާއެކު އެތެރޭގައި ތިބި މީހުން ފަރިތަކަމާއެކު ފައިބަމުން ދިޔައެވެ. އެންމެފަހުން އަހަންނާ އާރިފް ސާރ އާ އެކަނިވިއެވެ.

“ޝުބާ ބޭނުމިއްޔާ އަދިވެސް އެނބުރި ދިއުމުގެ ފުރުސަތު  އެބައޮތް..” އާރިފް ސާރ ސީރިއަސްކަމާއެކު އަހަންނަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

“ސާރ އަށް އެނގެއެއްނު އަހަރެންމީ ވަރަށް އެޑްވެންޗަރަސް މީހެއްކަން…” އަހަރެން އެހެން ބުނެލުމަށްފަހު ހަލުވިކަމާއެކު ހެލިކޮޕްޓަރުން ތިރިއަށް އެލުވާލާފައިވާ ހަރުގަނޑުން ފައިބަން ފެށީމެވެ. ވަކި ހިސާބަކަށް ގޮސްފައި އަހަރެން ފުންމާލީމެވެ. ބުރިޖުމަތީގައި އެންމެން އެތުރިގެން ތިބިތަން ފެނުމުން އަހަރެންވެސް ގޮސް އެމީހުންނާ އަރާ ހަމަކޮށްލީމެވެ. އޭރު ތަންކޮޅެއް ދުރުން ބަޑި ގޮއްވާ އަޑާއި މީހުން ހަޅޭއްލަވަމުން ދާ އަޑު އިވެމުން ދިޔައެވެ. އިރުކޮޅެއް ނުވެ ބުރިޖުގެ އަޑިން އެކި ދިމަދިމާއިން ހަތިޔާރު އަޅައިގެން ތިބި މީހުންތަކެއް އަރަން ފެށުމުން އަހަންނަށްވެސް ލިބުނީ ސިހުމެކެވެ.  މަކުނުތަކެއްހެން އަރައިގެން އައިސް އަހަރެމެންނާ އެކި ފަރާތްފަރާތުން ދިމާކޮށްލިއެވެ. އަހަރެންވެސް އަތުގައި އޮތް ބަޑި ހެޔޮވަރުކޮށްލީ އެހެން މީހުންވެސް އެފަދައިން ކަންތައް ކުރުމުންނެވެ.

“އެމީހުން އެޓޭކް ކުރީމަ ނޫނީ އަހަރެމެން އެޓޭކް ކޮށްގެން ނުވާނެ..” އަހަރެންގެ ކަންފަތައް ޖަހާފައިވާ ހެޑްފޯނުން އާރިފް ސާރގެ އަޑު އިވުނެވެ. ސާރގެ އަޑުގައި ހާސްކަމާ ކަންބޮޑުވުން އެކުލެވިފައިވިއެވެ. އޭރު އަހަރެންވެސް ހާސްވާން ފަށައިފިއެވެ. ވަށައިގެން އެތުރިފައި ތިބި މީހުން އަޅި ކުލައިގެ ސުއިޓުތަކެއް ލައިގެން ތިބިއިރު އެއިން ކޮންމެ މީހެއްގެ މޫނުވެސް ވަނީ ނިވާކޮށްފައެވެ. ކޮންމެ މީހެއްގެ އަތުގައި ބޮޑު ބަޑިއެއް އޮތްއިރު އެ އަހަރެމެންނާ ދިމާކޮށްގެން ހުއްޓެވެ. އަހަންނަށް ވަކިވަކިން އެމީހުންގެ މޫނުތަކަށް ބެލެމުން ގެންދިޔައީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އަހަރެންގެ ދެލޯ ހުއްޓުމެއް ނެތި ހޯދަމުން ދިއައީ އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ ޝާކިންއެވެ. ޝާކިންވެސް މިބައިމީހުންގެ ތެރޭގައި އެބަހުރި ކަމަށް އަހަރެންގެ ހިތާއި ސިކުނޑި ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ.

އިރުކޮޅެއް ފަހުން އެތަނުން ބިޔަ މީހަކު ކުރިއަށް ޖެހެލިއެވެ. އޭރުވެސް އޭނާ ހުރީ އަހަރެމެންނާ ދިމާއަށް ބަޑި ދިއްކޮށްގެންނެވެ.

“ހައްހައްހާ.. މީތާ ދޯ ރާއްޖޭގައި އުޅޭ ސީކްރެޓް އެޖެންސީގެ މީހުންނަކީ؟” އެމީހާ ހިނިގަނޑެއް ޖަހާލުމަށްފަހު އެހެން ބުނެލީ އިނގިރޭސިބަހުންނެވެ. އެވަގުތު އަހަރެންގެ ލޭ ކެކެމުން ދިޔައެވެ. ސީދާ އޭނާގެ ބޮލަށް ބަޑި ޖަހަންވީއޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް އާރިފް ސާރގެ އެންގުމުގެ މަތިން އަހަރެން ރުޅިގަނޑު އެތެރެއަށް ހިންދާލައިގެން މަޑުން ހުރީއެވެ.

“ކަލޭމެންނަށް ވާނީ ކޮންކަމެއް؟ އަހަރެމެންގެ ކުރިމަތީގައި ތީ ސޫފިތަކެއް!” އެމީހާ އެހެން ބުނެލިހިނދު އަހަންނަކަށް މަޑަކުން ނުހުރެވުނެވެ. ދުވެފައި ގޮސް އަހަރެން ފައިން އޭނާގެ މޫނުމަތީގައި ހުރިބާރެއް ލާފައި ޖެހީމެވެ. އޭނާ ވެސް ނުވިސްނާ ހުރުމުގެ ސަބަބުން ބްރިޖުގެ ތަޅުންގަނޑު މައްޗަށް ވެއްޓެން ދިޔައެވެ. އެއާއެކު އޭނާގެ ފަހަތުގައި ތިބި ތިން މީހަކު އައިސް އަހަރެންގެ ދެއަތުގައި ހިފަހައްޓާލީ ގުޑުވާވެސް ނުލެވޭވަރަށެވެ.

“ޝުބާ.. ވަޓް ދަ ހެލް އާރ ޔޫ ޑުއިންގް؟” އާރިފް ސާރގެ އަޑު އަހަރެންގެ ކަންފަތުގައިވާ ހެޑުސެޓުގެ ތެރެއިން އެވަގުތު ގުގުމާލިއެވެ.  އެއަޑުންވެސް ސާރ ރުޅިއައިސްފައިވާ މިންވަރު އަހަންނަށް އިހުސާސްކުރެވުނެވެ. މިހެދުނީ ގޯހެއްކަން އަހަންނަށް ރޭކާލީ ދެނެވެ. ދެއަތުގައި ހިފަހައްޓައިގެން ތިބި މީހުންގެ ކިބައިން ސަލާމަތްވޭތޯ އަހަރެން ތެޅިގަތް ނަމަވެސް އެމީހުން އަހަންނަށް ވުރެ މާ ބާރުގަދައެވެ. އަހަރެން ތެޅެފޮޅެމުން ދަނިކޮށް  ވެއްޓިފައިވާ އެއްކަލަ މީހާ ހިނިގަނޑެއް ޖަހާލަމުން ތެދުވިއެވެ. އަދި ހިނގާފައި އައިސް އަހަރެންގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައި ހުއްޓުނެވެ.

“އަދި މި މީހުން މާ ގަދަވެގަނެގެން އެބައުޅެއެއްނު؟” އެމީހާ އިނގިރޭސިބަހުން އެހެން ބުނެލަމުން އަހަރެންގެ އަނގަމަތީގައި ގޮށްމުށުން ޖެހިއެވެ. ތަދުވިވަރުން އަހަރެންގެ ބޮލުން ދިޔައީ ތަރިބުރައިގެންނެވެ. އަނގަ ފަޅައިގެންގޮސް އަނގަ އެތެރޭގައި ލޭރަހަ ލާ ކަމުގެ އިހުސާސް ކުރެވެންް ފެށިއެވެ. އަހަރެން އެވަގުތު ވަރަށް ރުޅިއައެވެ. އެމީހާ ހީކުރީ އޭނާ ބޭނުން ގޮތެއް އަހަންނަށް ހެދިދާނެ ކަމަށް ހެއްޔެވެ؟

“ފަ* ޔޫ!” އަހަރެން ނުބައި އެއްޗެކޭ ބުނެލުމާއެކު އެމީހާ އަނެއްކާވެސް ޖަހާލީ ހިނިގަނޑެކެވެ. މިތަނުގައި އެހާ މަޖާކަމެއް ވެއްޖެ ހެއްޔެވެ؟ އާރިފް ސާރމެންވެސް މި މީހުންނަށް އެޓޭކް ކުރާކަށް ނޫޅުނެވެ. އަހަރެން އާރިފް ސާރއާ ދިމާއަށް ބަލާލީ ބުމަ ގޮށްޖަހާލަމުންނެވެ. އެވަގުތު އަނެއްކާވެސް އެމީހާ އަހަރެންގެ މޫނުމަތީގައި ގޮށް މުށުން ޖަހައިފިއެވެ. މިފަހަރު ތުންފަތް ފަޅައިގެންގޮސް ލޭތަށް ފައިބަމުން ދިޔަކަން އަހަންނަށް އެނގެއެވެ. ދެން އެމީހާ އުޅުނީ  ބޮލުގައި އަޅާފައިވާ އަހަރެންގެ މާސްކު ދަމައިގަންނާށެވެ. އަހަރެން އައި ރުޅިން ގެނައި ކުއްލި ހަރަކާތަކާއެކު ދެފައިން އެމީހާގެ ގައިގައި އަޅައި ކޮއްޕާލީމެވެ. އަހަރެމެންގެ ޓީމު އެމީހުންނަށް ހަމަލާދޭން ފެށީ އެވަގުތެވެ. ކޮންމެވެސް ގޮތަކުން އަހަރެންވެސް ގައިގައި ހިފަހައްޓައިގެން ތިބި ދެމީހުންގެ އަތްދަށުން ދެމެގަނެގެން ދުއްވައިގަތީމެވެ. އަހަރެން ދުވެފައި ދަނިކޮށް މީހަކު އަހަރެންގެ ބުރަކަށީގައި ފައިން އަޅުވާލިއެވެ. ވިސްނައިގެން ހުރި ނަމަވެސް ވީތަދުން އަހަންނަށް ތިިރިވެލެވުނެވެ. ފަހަތަށް އެނބުރި އަހަރެންގެ ގައިގައި ޖެހި މީހާއަށް ބަލާލި ވަގުތު އަހަރެންގެ ހަރަކާތްތަށް ގަނޑުވިއެވެ. މޫނުނިވާވާރުގެ މާސްކެއް އަޅައިގެން ހުރި ނަމަވެސް އެދެލޯ އަހަންނަށް އޮޅިދާނެ ހެއްޔެވެ؟

އަހަރެން ގަބުވެފައި އޭނާއާ ދިމާއަށް ބަލަން ހުއްޓައި ޝާކިން އަނެއްކާވެސް އަހަރެންނަށް ހަމަލާ ދީފިއެވެ. އޭނާގެ ފައިން އަހަރެންގެ ބަނޑުގައި ޖެހިވަގުތު މެއަށްވެސް ކުޑަ ތަދެއް އަރައިގެން ދިޔައެވެ. އޭނާއަށް އަހަރެން މީ ކާކުކަން އެނގޭނަމަ އެގޮތަށް އަހަންނަށް ހަމަލާ ދީފާނެ ހެއްޔެވެ؟ ޝާކިން ބުރިޖުމަތީގެ ދަނގަޑުތައް މައްޗަށް އަރަންފެށީ އަހަންނާ ދިމާއަށް ބަލާލަމުންނެވެ. ހީވާގޮތުން އޭނާ އަހަންނަށް އޭނާގެ ފަހަތުން ދިއުމަށް ދަޢުވަތު ދިނީއެވެ. އަހަރެންވެސް އެ ފުރުސަތު ނަގައިލާކަށް ބޭނުމެއް ނުވިއެވެ. ފުއްމައިގެން ގޮސް އަހަރެންވެސް ދަނގަޑުތައް މައްޗަށް އެރީ ފަރިތަކަމާއެކީގައެވެ.

ތިރިން އަހަންނަށް ފެންނަމުން ދިޔައީ މާ ސިންގާ ބޮޑު ކަނޑެވެ. ހިމަ ދަނގަޑު މައްޗަށް އަރައިގެން ހުރިއިރު ވާތް ފަރާތަށް ކުޑަކޮށްވެސް އަރިވެލައިފިނަމަ އަހަރެން ވެއްޓޭނީ އެކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށެވެ. އަހަރެން އެއްދަނގަޑުން އަނެއް ދަނގަޑަށް އަރަމުން ދިޔައީ ޝާކިންގެ ފަހަތުން ދިއުމުގެ ބޭނުމުގައެވެ. ނަމަވެސް އިރުކޮޅެއްނުވެ ބަޑިގޮއްވާލި އަޑުއިވުމާއެކު އަހަންނަށް ބަލައިލެވުނީ އެއަޑު އައި ދިމާއަށެވެ. ފިސްތޯލަ ހިފަހައްޓައިގެން ހުރި އާރިފް ސާރ ފެނުމާއެކު އަހަރެންގެ ހިތަށް ކުޑަ ބިރުވެރިކަމެއް ވަދެގެން ދިޔައެވެ. އަހަރެންގެ ކޮނޑަށް ފައިބަމުން ދިޔަ ލޭތިކިތައް ފެނި އަހަންނަށް މަތި ބަލައިލެވުނެވެ. އޭރު އަހަރެންގެ މަތީގައި ހުރި ދަނގަޑުމަތީގައި އިން ޝާކިން އަރިއަޅާލައިގެން ވެއްޓެން ދަނީއެވެ. ކަނޑުގެ ރާޅުތަކުގެ ތެރެއަށް އޭނާ ވެއްޓުމާއެކު އަހަރެން ވެސް ފުންމާލީމެވެ. އޭރު ހެޑްފޯނުގެ ތެރެއިން އާރިފް ސާރ ހަޅޭއްލަވާ އަޑު އިވުނު ނަމަވެސް އޭރު އަހަރެން ވަނީ އެއަޑު އިވޭވަރަށްވުރެ ހާސްވެފައެވެ. ވަށައިގެންވާ މާހައުލުގައި ހިނގާ ހުރިހާ ކަމެއްވެސްވެސް ހުއްޓިފައިވާ ކަމުގެ އިހުސާސް އަހަންނަށް ކުރެވެމުން ދިޔައެވެ. އަހަންނަށް ފެންނަމުން ދިޔައީ ހަމައެކަނި ޝާކިންގެ ސޫރައެވެ. އެ ރީތި ހިނިތުންވުމެވެ.

** ** **

އެއީ ރީތި އުނދޯއްޔެކެވެ. ވިލާތަކުގެ މަތީގައި އެ އުނދޯލި ހުރިއިރު ފިޔާތޮށި ކުލައިގެ މާތަކުން އެ އުނދޯލި ޖަރީކޮށްފައިވިއެވެ. އެއީ ދުވަހަކުވެސް އަހަރެން ދެކެފައިވާ ޒާތެއްގެ މަލެއް ނޫނެވެ. އެ މާތަކުގެ މީރުވަސް މުޅި މާހައުލަށް ފެތުރިފައިވިއެވެ. އަހަރެން ވިލާތަކުގެ މަތީގައި ދުވެލާފައި ގޮސް އުނދޯލީގައި އިށީނީމެވެ. އަހަރެން ލައިގެން ހުރީ ހުދުކުލައިގެ ދިގު ހެދުމެކެވެ. އެ ހެދުން ދިގުކަމުން ވަށައިގެންވާ މުޅި މާހައުލަށް ހެދުމުގެ ފަސްބައި ފެތުރިފައިވިއެވެ. ދެފަރާތް ދެފަރާތަށް އުނދޯލި ހެއްލަމުން ދިޔައިރު އަހަރެންގެ މޫނުމަތީގައިވީ ލުއި ހިނިތުންވުމެކެވެ.

ޝާކިން ރީތި ހިނިތުންވުމެއްގައި އަހަންނާ ދިމާއަށް އަންނަން ފެށިއެވެ. އޭނާ ލައިގެން ހުރީ ހުދުކުލައިގެ ތުނި ފޮތީގެ ކުރުތާއެކެވެ. އެ ކުރުތާގެ ތެރެއިން އެ ބާރުގަދަ ހަށިގަނޑު ހާމަވާން ހުއްޓެވެ. ދެއަތް ފުރަގަހަށް ލައިގެން އަހަރެންގެ ގާތަށް އޭނާ އައިސް ހުއްޓުނެވެ. ފުރަގަހުން އޭނާ ނެގީ މާމެލާމެލިން ޒީނަތްތެރިކުރެވިފައިވާ ތާޖެކެވެ. އޭނާ ލޯތްބާއެކު އެ ތާޖު އަހަރެންގެ ބޮލުގައި އެޅުވިއެވެ. ނަމަވެސް ކުއްލިއަކަށް ވެހެން ވެށި ވާރޭގެ ސަބަބުން އަހަރެމެން ތެމެން ފަށައިފިއެވެ. ހިޔާވާން ވަންނާނެ ތަނެއް ނެތުމުން އަހަރެމެން ހާސްވާން ފެށިއެވެ.

** ** **

“ޝުބާ! ޝުބާ!” މީހަކު އަހަރެންގެ މޫނުމަތީގައި ތަޅަމުން އަހަރެންގެ ނަމުން ގޮވާ އަޑަށް އަހަރެން ބަލި ގޮތަކަށް ލޯ ހުޅުވާލީމެވެ. އެމީހާގެ މޫނު އަހަންނަށް ފެންނަނީ ވަރަށް ފުސްކޮށެވެ. އެމީހާގެ އަޑު އަންނަނީ ވަރަށް ދުރުންނެވެ. އެއީ ކާކު ހެއްޔެވެ؟ އަހަރެން ދެކެމުން ދިޔަ ލޯބި ހުވަފެން ޚަރާބުވީ އެމީހަކާ ހެދިއެވެ. އަހަރެން އެމީހާ މަރާލާނަމެވެ. އަހަރެން ތެދުވެ ރުޅި އައިސްގެން ހަޅޭއްލަވައި ގަތީމެވެ.

“ދުރަށްދޭ! ދުރަށްދޭ! އަހަރެން ކަލޭ މަރާލާނަން! މަރާލާނަން!” އަހަރެން ކައިރީގައި ހުރި މީހާގެ ގައިގައި ތަޅަމުން ހަޅޭއްލަވަން ފެށީމެވެ.

“ޝުބާ! ކާމް ޑައުން.. ޕްލީސް!” އެމީހަކު އަހަރެންގެ ދެކޮނޑުގައި ހިފައި ބާރަކަށް ތަޅުވައިގަތެވެ. އަހަރެން އެމީހާގެ މޫނަށް ބަލާލީމެވެ. އެއީ އަރޫންއެވެ. އެމޫނުމަތިން ބައެއް ޒަޚަމްވެފައިވީއިރު އެތަނުން ލޭއައިސް ލޭތައް ހިކިފައި ހުއްޓެވެ. ހާސްވެފައި ހުރެ އޭނާ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.

އަހަންނާއި އަރޫން އިނީ ރަށެއްގެ އަތިރިމަތީގެ ދޮންވެލިގަނޑުގެ މަތީގައެވެ. އަރޫން އަހަރެންގެ ގާތުގައި ކުޑަކަކޫ ޖަހައިގެން އިނެވެ. މޫދުގެ ރާޅުތައް ދޮންވެލިގަނޑުގައި މަޑުމަޑުން ފިރުމަމުން ދިޔައިރު ހިމަފޮދު ވާރޭގެ ތިކިތައް އަހަރެމެން ދެމީހުން ތެންމަމުން ދިޔައެވެ. އަހަންނަށް މިތަނަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟

“އަރޫން؟” އަހަރެން އަރޫންގެ މޫނަށް ބަލާލަމުން ގޮވާލީ ސުވާލެއްކުރާ ރާގުގައެވެ. އަހަރެން އަދިވެސް ހުރީ ނޭނގުމެއްގެ ތެރޭގައެވެ. ވަމުން ދަނީ ކީއްކަމެއް އަހަންނަަކަށް ނޭނގެއެވެ.

“ޝު..ޝުބް… ވީ ވޮން! އަހަރެމެން މޮޅުވީ.. އެމީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހައްޔަރުވެސް ކުރެވިއްޖެ..” އަރޫން އެހެން ބުނުމުން އަހަރެން ކުރިންވީ ކަންތައް ހަނދާންކުރަން މަސައްކަތްކުރީމެވެ. އެކިކޮޅުކޮޅު ހޯދަމުން ދަނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެމެންނާ ތަންކޮޅެއް ދުރުގައި އޮތް މީހެކެވެ. ޚަބަރުހުސްވެފައިވީއިރު އެމީހާގެ މޫނު ފެނުމުން އަހަންނަށް އެދިމާއަށް ދުއްވައިގަނެވުނެވެ. އަރޫންވެސް އަހަންނަށް ގޮވަމުން އަހަރެންގެ ފަހަތުން އައެވެ.

“ޝާކިން! ޝާކިން!” ރޮއިގަންނަމުން އަހަރެން އެމީހާގެ ގައިގައި ހިފައި ތަޅުވައިގަތީމެވެ. އެވަގުތު އަހަރެންގެ އަތަށް ތަދެއް އެރިއެވެ. އަހަރެންގެ އަތަށް ވަޒަނެއް އަރާފައިވާކަން ރޭކާލީ ދެނެވެ. މިހާރު އަހަރެން ހުރިހާ އެއްޗެއް ވެސް ހަނދާން ވެއްޖެއެވެ. ޝާކިންގެ ފަހަތުން އަހަރެން ފުންމާލި ވަގުތު އަހަރެންގެ ގަޔަށް ކޮންމެވެސް މީހަކު ބަޑި ޖެހީއެވެ. ނަމަވެސް އޭގަފަހުން ވީ އެއްވެސްކަމެެއް އަހަރެންގެ ހަނދާނަކަށް ނައެވެ.

ޝާކިންގެ ބަނޑަށް ވަޒަން އަރާފައިވާތަން ފެނުމުން އަހަރެންގެ މެއަށް ފިނިވެގެން ދިޔައެވެ. އަހަރެން ބިރުން ހުރެ އޭނާގެ ކަރުގައި އަތްލައި ވިންދު ހުރިތޯ ބަލާލީމެވެ. ވިންދު ހުރިކަން އެނގުމުން އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

“ޝާކިން މަރެއްނުވެ އަރޫން.. އޭނަ މަރެއްނުވެ.. ހިނގާ އޭނަ ގެންދަން އަހަރެމެންގެ މެޑިކަލް ޓީމު ގާތަށް.. ޕްލީސް އަރޫން..” އަހަރެން އަރޫންއަށް ބަލާލުމަށްފަހު އާދޭހުގެ ރާގެއްގައި ވާހަކަދެއްކީމެވެ.

“ބަޓް ތީ އެނެމީގެ މީހެކޭ ޝުބް.. މީނަ ސިފައިންނާ ހަވާލުކުރަން ޖެހޭނީ.. އަހަރެމެންނަށް މީނަ ނުގެންދެވޭނެއްނު؟” އަރޫން އަހަންނަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން ގާތަށް އެވަގުތު އައީ ރުޅިއެވެ.

“ހީ އިޒް ޑައިންގް އަރޫން.. އަވަސް ފަރުވާ ނުލިބިއްޖިއްޔާ އޭނަ މަރުވެދާނެ.. އަރޫން ކިހިނެއް ވެގެންތަ ތިއުޅެނީ؟” އަހަރެން ރުޅިއައިސްފައި ބުނެލީމެވެ.

“އަހަރެމެން ކޮންތާކުތަ މިހުރީ؟ މީ ކޮން ރަށެއްތަ؟ ސާރއާ ކޮންޓެކްޓްކޮށްފަ ބުނެބަލަ މިރަށަށް ހެލިކޮޕްޓަރު ފޮނުވަދޭށޭ..” އަރޫން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އަހަރެން އަނެއްކާވެސް ބުނެލީމެވެ.

“އޭނަ މަރުވީޔާ މާ ރަނގަޅުވާނެ.. އެކަހަލަ މީހުންނާ ހެދި މި ރާއްޖެ އަޅުވެތިވަނީ..” އަރޫން ދެއަތް މުއްކަވާލަމުން ބުނެލިއެވެ. އަހަރެން އަރޫންއާ ދިމާއަށް ބަލާލީމެވެ. އޭރު ރުޅިއައިސްގެން މުޅި މީހާ ތުރުތުރު އަޅައެވެ. ޝާކިންއާ ބެހޭގޮތުން އަރޫން މިހާރު އެކިޔަނީ ކިޔަން ނުވާ ކަހަލަ އެއްޗެއްސެވެ.

“އަރޫން މޮޔަވީތަ؟ ޝާކިން އެއީ ތި ބުނާ ކަހަލަ މީހެއް ނޫނޭ! އޭނާއަށް ދިމާވި ކަންތައްތަކެއްގެ ސަބަބުން އޭނަ އެހެން ކަންތައްކުރީ!” އަރޫންގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލުމަށްފަހު އަހަރެން ހަޅޭއްލަވައިގަތީމެވެ. އަރޫން އަހަރެން ޖެހިތަނުގައި މަޑުމަޑުން ފިރުމާލިއެވެ. އަދި ފާޑަކަށް ހީލިއެވެ.

“ޝުބްއަށް ރަނގަޅުވާނެ އޭނަ ކޮންމެ ކަމެއް ކުރިޔަސް.. ” އަރޫން މަޑުމަޑުން ބުނެލިއެވެ. އަހަރެން ޝާކިން ގާތު އިށީންދެ އިނދެ އެ ހަށިގަނޑުގައި އޮޅުލައިގެން ހުރެ ރޯން ފެށީމެވެ. ބާރުބާރަށް އަހަރެން ގިސްލަމުން ދިޔައިރު އަރޫން އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އޭނާގެ ހިތުގައި ޝާކިންއަށްޓަކާ ހަމްދަރުދީގެ ކުޑަ މިންވަރެއްވެސް ނެތީ ހެއްޔެވެ؟ ކުއްލިއަކަށް އަހަރެންގެ ބޮލަށް ތޫނު ތަދެއް އެރިއެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިނދެ އަހަރެން ހަޅޭއްލަވައިގަތީމެވެ. މުޅިތަން އެނބުރޭ ކަހަލަ އިހުސާސެއް އަހަންނަށް ކުރެވެން ފެށިއެވެ. އަރޫން އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވަމުން ދިޔަކަން އެނގުނެވެ. ނަމަވެސް ދެންވީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގުނެވެ. މުޅިތަން އަނދިރިވެގެން ހިނގައްޖެއެވެ.

(އަނދިރިފަރާތް ސ1 މިހާ ހިސާބުން ނިމުނީއެވެ. އަނދިރިފަރާތް ސ2 އަށް އިންތިޒާރުކޮށްލައްވާ!)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (42)

  1. Liaa

    sorry guys.. Liaa ge lap halaak vegen up nukurevunii.. Hama lap hedhey irah mi up kuree…
    And mi stry ge season2 genasdheynii thankolheh fahun…
    dhe season akah mi story liyan jehunee Season2 ga mi story Shubaa ge nazarun nugeneveynethyve… Once again sorry

    1. Hawwa
      Liaa

      lap halaakuvi iru phone ves halaaku v tha… Atleast bunelinama. Vaahaka kiyaa hith viyas foohivany mihenvegen… Hitha eri dhuvahega up kohffa dhn konme writer eh bodu excuse eh dhakaane…. ?

    2. Anonymous
      Liaa

      Buni lap halaakuvi vaahaka kurin vs

  2. zuloo

    Avaskoh gennaathi liaa vv shalhi

    1. Liaa
      zuloo

      Thankss zuloo

  3. luhan

    Alhe liaa..Haadha inthixaareh kohfymey mi stry ah..Adhi nukiyan ingey..Ingey salhi vaane kn..

    1. Liaa
      luhan

      Thankss…

  4. Aharen

    Liyuntherinaky ves hama insaanun dhw… kameh vany bunefa eh noon so learn to respect their professions

    1. Liaa
      Aharen

      you are right aharen.. Liaa ah hama veevarakun story up kuran masaiykaiy kuran,.. Lap halaak vegen story up nukurevuniima ves vv dheravi aslu.. Becoz Liaa mi story liyanii Liaa ge ves happiness ah..

  5. luhan

    Season 2 kon irakun up kuraany?plx date bunela dhybala..V salhi mi prt vc

    1. Liaa
      luhan

      Season 2 up kuraane vaki date eh neynge bunaakah.. But roadha mahah Liaa genasdheynan new story eh…

  6. Kiyuntheriya

    Esfiya ah foavahi foavahi aadhey. Dheythere akun baeh liyuntherin gehleynee ekyga dhn enburi annan fashaanee ves ekeega…. Adhi migotha vaahaka medhukandaalaafa thibi baeh liyuntherin mihaaru ulhenee enburi auma thayaaru vumuga kanneyge…

  7. Yallu

    Hawwa thibuny Hama Rangalhah. Big excuses dheyne konme writer eh ves. Ehn nunas mee dhen esfiya site ge writers ge aadha akah vehje. Anyways story v rythi but dhen anehka vx wait kuran jeheyne dho lahka dhuvahu thi season 2 kiyan beynun vanya ves.

  8. Zee

    Haadha lahun up kury thi..

    1. Liaa
      Zee

      sorry zee

  9. Saandy

    V salhi… 2 vana seasonge inthizaaruga mihury… Keep it up Liaa 🙂
    Baeh readers keevvetha understand nuvany… Story liyaneeves hama insaanun dhw… Kameh dhimaavaany bunefaehves noon… Balives vaane… Adhi ehen kahala kamehves dhimaavedhaane… Faharehga angaanulevives dhaane… Ekam eyge maanaeh noon hithah eri gothakah kan kuranee-ey… Liyuntherinnekey ehgothah kiyuntherinves jeheyne respect kuran… Dhen enmen Saandyge bolah araigannaaneeky noon… Hama bunely

    1. Thinker
      Saandy

      I agree with hawwa and i dont see hawwa mi vaahaka liyaa liyun theri aaa ah disrespect vaakahala eche bunefa oi thane… I dont know why saandy thihen respect ey thibunyky… Shakuvaa ves kuraany vaahaka kiyaa adhi kiyan beynunvaa readers… Ehves reader eh nethyaa vaahaka nereyle las vegen shakuvaa kuraane readers eh nuthibeyne… Mi site ga ulhey baeh writers foanunves vaahaka upload kurey comment ves kurey… Writer eh kiyuntherinnaa hama ah vaahaka eh genes dhey iru writer ge ves kameh dhw eh ee kiyuntherinna angan jehey kameh ehngun… Otherwise misunderstand ve hykurevey goi goas vaany… Hageegathuga ehves varakah writer ah respect eh koh nulaa mi site ga ulhey baeh writers ah v disrespect vaa kahala echehi bunefa huri comment tha ehbahuri… Mi story ah nei adhi ehkahala comment eh aisssa eh adhi… Saandy thihaa writers aa ehkohlha stand up vanyaa kyve baeh writers thi defend kurany?? Saandyge bolah araakah nun miulheny sometimes when i see ur comments it doesnt look so really. It looks like u are trying to show off how kind u r to some writers.

    2. Manje
      Saandy

      hahaha saandy .saandy ge comment kiyaafa ma hama hee hee bindhihje .saandy thibunee rangalhah hama ..ekan gabool kuranvaane readers ves.hama gaimuves ahannah gabool kurevey.saandy thee soreh dhw .aslu bunan tha life ge konmes hisaabakun saandy a dhimaa vaane kamah heekuran .really want meet you.?

    3. Liaa
      Saandy

      Thankyou Saandy

    4. Saandy
      Saandy

      Hehehe… Manje… Aan mee soreh… Ehentha? Meet veveyne kamah ummeedhu kuramaa dhw 🙂

    5. nonns
      Saandy

      saandy ah dhn maaboda engenee

    6. nonns
      Saandy

      Ey koachekey. Kaaku tha miee I ge name use koggen reply koffa 😐

    7. nonns
      Saandy

      Ey koachekey. Kaaku tha miee I ge name use koggen reply koffa 😐 eves dhen gothakah rude koh

    8. Saandy
      Saandy

      @Thinker: For ur kind information, Saandy ehen mibuny vaki writer eh vegeneh noon… Shakuvaa kurevidhaane reethikohves… Ekam dhen v fake writer ekey, konme meehakuves story up nukoh hure hurefa ais excuse dhakkaaneyey buneema eyakah nukiyaane respectekey… Dhen Saandy kuraa commentge vaahaka… Saandy kuraa commenteh kurany hithuga onna gothah… Maa kamunudhaa story eh viyas eyah commenteh kuranyaaves onnaany reethikoh kohfa… Ehen noony commenteh nukuran… Bolah araigannaanee-eh nooney buny Saandy ehchekey bunefiyyaa eyaa vihdhaigen reply kuraa groupeh ulheythy… Saafuvejje kamah ummeedhu kuran… V salaam

    9. ramee
      Saandy

      Saandy ah heevanee amihla ah thi vaahaka dhehkenee varah respectaa eku kama dhw. Ehennu vaanee thimaa ge fookolhuga onna guigande nufenaane ennu. Thee hama vara rude liyuntheri eh. Ehen meehunge page hadikuran ulheyne kameh nei maa heyo edhey kamah hedhigen. Jadhalukuran thivareh hama ney mi Esfiya ga. Ehche bunaairah liyuntheriya naaruvaa varu meena aruvaaane.

  10. Chum handi

    i was waiting for this.. amazing… well it’s ok for me even though some readers couldn’t understand….. waiting for the next season…. upload asap…

    1. Liaa
      Chum handi

      Thankkss Chum handi

  11. Liaa

    sorry all.. Liaa gengulhenii smart phone eh noon… So, phn in comment eh nukurevey…. Any ways, thank u all fr reading

  12. Aharen

    Bunan beynun vany emme vaahaka eh… readers ves vaahaka nukiygen bahanaa dhahkaane… kameh nuwewigen bahanaa dhahkaane… vazeefaa ah nudhaan bahanaa dhahkaane… nukahkakah… nukaan… fennuwaran… mihen gos kiyaane kameh nei bahanaa dhakkaane.. emmenaky millioners eh noon… ehn v ma komme kamaky bahanaa ekey nukiyaa…emyhun ves liyany hama liyaa hitun vaki bayaku laari dheegen noon…kuraa hithun kuraakanthah e hunany… ekaku isve ekan kuraathy anekakah hiyvaru libeny… hama thigothah goi bodu bodaa kiyuntherinnaa hure gina meehun vaahaka nuliyany… emyhakah egeyny emyhaku kuraa kameh… heyo aharen kaaliyas

  13. Cenhi

    V nice. Feshunysure kiya vahakaeh mee. V dhigu inthixaraka fahu kiyalevunymi. Ekmvs v v reethi Inge. Waiting for new season n new story 2

  14. silver mist

    Finally vrh dhigu inthixaarakah fahu…. Story vrh reethi….

  15. rim

    v v v reee thi ekam ummiidhuves gehlifa vanikonney thi up kohlii mivaahaka nunimmaatha ehenvaahaka eh thifahtanii alhe noon

  16. nonns

    Wow liaa. Varah reethi mi story. And dont mind meehunge negetive comments. Actually you guys even have to understand dhw.

  17. R7C0987

    Nice story..

  18. Aarny

    oh. i love this story. its amazing. cant wait ingey next season ah. keep it up. this is the first story Aarny kii mihaa strange. dhen ehen stories anmu kon hunnany eh kahala gothakah. this story is different. varah thafaathu. good luck ingey. keep it up…

  19. Bleu

    Wait
    Anekkaa shuba maruvanythaaa???
    Shuba ge nazarun nugenesdheveyny ehenvetha? Btw varah rythi ?

  20. fathmath suma

    varah reethi……. waiting for season two……

  21. Luhan

    Kn irkn season 2 up vaany?

  22. IT Guy

    laptop ah kihineh v ??
    Lap Hadhaa dheefaanamey..

  23. ah

    nice story… konirakun tha season 2 up vaany…. waiting waiting….

  24. saba

    alhey season 2 fashaabala plzzz ❤

  25. samm

    where is season 2

Comments are closed.