Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ޞަފަރު (4 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
June 25, 2017 5 Mins Read
33 Comments

ޒާން ތެދުވެ އެއްގަމަށް ދާން އެނބުރެލިތަނާ އޭނާ އަށް ސިހުނުވަރުން މޭގައި އަތްވެސް އަޅާލެވުނެވެ. ދެލޯ ބޮޑުކޮށްގެން އޭނާ ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުއްޓެވެ. ރަތްކުލައިގެ ހެދުމުގައިވާ އެ ފަތްމިންޏެއް ފަދަ އަންހެން ކުއްޖާގެ ދިގު އިސްތަށިގަނޑު މުޅި އެ ހިސާބުގައި ފެތުރިފައިވިއެވެ. އޭނާ ޒާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޒާންގެ ކައިރިއަށް ޖެހެލިއެވެ.

“ޒާން…” ކުރިމަތީގައި ހުރި ޞިފްރީން ޒާންއަށް ގޮވާލީ ލޯތްބާއެކީގައެވެ. ލޭކޮޅެއްފަދަ ރަތް ތުންފަތުގައި ރަކި ހިނިތުންވުމެއް ވިއެވެ.

“ކަ..ކާކު ތީ؟” ފަހަތަށް ފިޔަވަޅެއް އަޅާލަމުން ޒާން އަހާލިއެވެ. މިވަގުތު މިތަނުގައި އެކުއްޖާ އެކުރަނީ ކީއްބާވައޭ ޒާން ހިތަށް އެރިއެވެ. އެހާ ރީތި ކުދިންވެސް ދުނިޔޭގައި އުޅޭހެއްޔެވެ؟ އަދި ދުނިޔޭގައި އެފަދަ ދެވަނަ އިސްތަށިގަނޑެއް ވެދާނެ ހެއްޔެވެ؟ މިއީ އަނެއްކާ އޭނާއަށް ފެންނަ ހުވަފެނެއް ނޫން ބާވައެވެ؟

“މީ ޞިފްރީން.. އެކަމު ޒާން އަހަންނަށް ކިޔަންވާނީ ރީން..” ޞިފްރީން އައިސް ޒާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ގުޑިލަންވެސް ނޭނގިފައި ޒާންއަށް ހުރެވުނީއެވެ. ޞިފްރީންގެ އަތް ގަނޑުފެންކޮޅެއްހާ ފިންޏެވެ. އެއީ އިންސާނެއްކަމާމެދު ޒާންގެ ހިތުގައި ޝައްކު އުފެދުނު ނަމަވެސް އޭނާ އެއްޗެކޭ ނުބުނެއެވެ.

“ޒާން ގެ ހިތުގައި ވަރަށް ޝަކުވާ އެބަހުރިދޯ؟ ވިސްނާވިސްނާ ޒާންގެ ބޯ އަބަދު ގޮވައެއްނު ދޯ؟ އަހަރެން މިއައީ ޒާންއަށް އެހީވެދޭން..” ޞިފްރީން ޒާން ލައިގެން ހުރި އަޅި ކުލައިގެ ގަމީސް މަތިން ޒާންގެ މޭގައި ފިރުމާލަމުން ބުނެލިއެވެ. މި އާދަޔާ ޚިލާފު އަންހެންކުއްޖާ އުޅެމުންދާ ގޮތުން ޒާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ތި ހިތުގައިވާ ހުރިހާ އުދާސްތައް ބޭރުކޮށްލަންވީނު؟ އަހަރެން އަޑު އަހާނަމޭ..” ޞިފްރީން ބުނެލިއެވެ. އަދި ޒާންގެ އަތުގައި ހިފައިގެން ގޮސް ގޮނޑުދޮށުގެ ރާޅުޖަހާ ހިސާބާ ގާތުގައި ބޭންދިއެވެ. އެއަށްފަހު އޭނާ ޒާންއާ ޖެހި ފިތިގެން ކަހަލަ ގޮތަކަށް އިށީނެވެ. ލައިފައިވާ ކަކުލާ ހަމައަށް އަރާ ރަތް ހެދުމުގެ ސަބަބުން ޞިފްރީންގެ ދޮން ދެފައި އޮތީ އެއްކޮށް ހާމައަށެވެ. މިކަމުން ޒާންއަށް އުނދަގޫވަމުން ދިޔަ ނަމަވެސް އޭނާއަކަށް ތެދުވާނެހާ ހިތްވަރެއް ނުލިބުނެވެ. ނުފެންނަ ބާރަކުން އޭނާ ހިފަހައްޓާފައިވާ ކަހަލައެވެ.

“ދެން ބޭރުކޮށްލަބަލަ ތި ހިތުގައިވާ ހުރިހާ ޝަކުވާއެއް..” ޒާންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލަމުން ޞިފްރީން ބުނެލިއެވެ. ޒާންއަށް އެ ހިތުގައިވާ ހައިޖާނުގަނޑު ބޭރުކޮށްލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ރާޔާއާ މެދު އެ ހިތުގައި އުފެދިފައިވާ ހުރިހާ ޝަކުވާއެއް އޭނާ ޞިފްރީންގެ ކުރިމައްޗަށް ބަންޑުންކޮށްލިއެވެ. އެކަން އެހާ ފަސޭހައިން ވީތީ ޚުދު އޭނާ ވެސް ހައިރާންވިއެވެ.

“މިހާރު ހިތްހަމަޖެހިއްޖެތަ؟ ހިތަށް ލުޔެއް ލިބިއްޖެތަ؟” ޞިފްރީން ޒާންގެ މޭގައި އަތް ޖައްސާލަމުން އަހާލިއެވެ. ޒާން ބޯ ޖަހާލިއެވެ. ހަޤީޤަތުގައިވެސް އެ ހިތަށް ވަރަށް ބޮޑު ލުޔެއް ލިބިއްޖެއެވެ. ހީވީ އުފުލަމުންދާ ބޮޑު ބުރައެއް ލުއިވެގެން ދިޔަ ހެންނެވެ.

“އަހަރެން ދެން ދަނީ.. އުފާވެއްޖެ ޒާންއަށް ހެލްޕް ވެވުނީތީ..” ޞިފްރީން އެހެން ބުނުމަށްފަހު ޒާންގެ ކޮލަށް ދޮނެއް ދިނެވެ. އެވަގުތު ޒާންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޞިފްރީން ތެދުވެ ގައިން ވެލި ފޮޅާލުމަށްފަހު އެއްގަމަށް ދާން ހިނގައިގަތެވެ.

“މީ… ރީން!” ޒާންގެ އަޑަށް ޞިފްރީން ހުއްޓެލިއެވެ. އަދި ފަހަތް ބަލާލިއެވެ. އޭރު ކޮޅަށް ތެދުވެގެން ޒާން ހުއްޓެވެ.

“އަމް.. ތޭންކްސް..” ޞިފްރީން ބަލާލުމާއެކު ޒާން ބުނެލިއެވެ. ހިނިތުންވެލުމަށްފހު ޞިފްރީން އަނެއްކާވެސް ދާން ހިނގައިގަތެވެ. އެވަގުތު ދުންތަކެއް އައިސް ޞިފްރީންގެ ހަށިގަނޑު ވަށާލިއެވެ. އެ ދުންތަކުގެ ތެރެއަށް އޭނާ ގެއްލިގެން ދިޔަގޮތުން ޒާންގެ ހިތް ނުބައި ގޮތަކަށް ތެޅެލިއެވެ. އެއީ ހަމަ ހަންޑިއެއް ބާވައެވެ؟ އިތުރަށް އެކަމާ ވިސްނަން ނުހަދާ އޭނާ އަވަސް ފިޔަވަޅުތަކެއްގައި މިސްރާބުޖެހީ ގެއާ ދިމާއަށެވެ.

** **

“ޞިފްރީންގެ ކަންތައް މިހާރު ތިދަނީ މާ މައްޗަށް އިނގޭ! އަހަރެން ބުނާ ގޮތް ނުހަދާ އުޅެނިކޮށް ބޮނޑިއެއް ބޮވޭތަން ފެންނާނީ!” ޞަފޫރާ ގޮސް ޞިފްރީންގެ އަތުގެ މުލައްދަނޑީގައި ހިފައި އަނބުރާލިއެވެ. އެ ދެލޮލުން ރަން ކުލައިގެ ވިދުވަރެއް ފާޅުވާން ހުއްޓެވެ.

“އައްދޯތް މާމާ.. ތަދުވެއޭ..!” ޞިފްރީން ބުނެލިއެވެ. އޭނާ ޒާން ކައިރިއަށް ދިއައީ ޒާން ދެކެ އިންތިހާއަށް ލޯބިވާތީއެވެ. ޒާން އެ ކުރަމުންދާ ހިތާމައިގެ ސަބަބުން އެ ހިތަށް އަސަރުކުރާތީއެވެ. ޒާންގެ އެ ހިތާމަތައް ލުއިކޮށްދިނުމުގެ ބޭނުމުގައެވެ. ވީއިރު އެކަމާ ޞަފޫރާ ރުޅިއަންނަންޖެހޭ ހެއްޔެވެ؟

“ޞިފްރީން ތިހެން ނޫޅެބަލަ… މާމައަށް ޞިފްރީން ގެއްލިއްޖިއްޔާ ކިހިނެއްތަ މާމަ ހަދާނީ؟” ޞިފްރީންގެ އަތުން ދޫކޮށްލަމުން ޞަފޫރާ ބުނެލިއެވެ. މިފަހަރު އެއަޑުގައި ރިހުން އެކުލެވިގެންވެއެވެ.

“ދަރިފުޅުގެ މަންމަވެސް…” ޞަފޫރާއަށް ބުނެވުނީ އެހިސާބަށެވެ. އިސާހިތަކު އެ ދެލޮލުގެ ވިދުން ކެނޑިއެއްޖެއެވެ. ހޯސްލާފައި އެދެލޮލުން ކަރުނަ ފައިބާތަން ފެނުމުން ޞިފްރީން ދެރަވިއެވެ.

“މާމާ.. މަންމަ މަރުވީމަ މާމަ ދެރަވާކަން އަހަންނަށްވެސް އެނގެއޭ.. އަހަރެންވެސް ދެރަވޭ… އެކަމަކު ވެސް އަހަރެން އުޅޭނީ ވަރަށް ބަލައިގެންނޭ މާމާ.. މަންމަ އެޅި ކަހަލަ ކަތި ފިޔަވަޅެއް އަހަރެން ނާޅާނަމޭ..” ޞަފޫރާގެ ދެލޯ ފުހެލައިދެމުން ޞިފްރީން ބުނެލީ ލޯތްބާއެކީގައެވެ. އޭނާގެ މަންމަ ނިޔާވުމަށްފަހު ޞަފޫރާއަށް ކޮށްފައިވަނީ ވަރަށްވެސް ފުން އަސަރެކެވެ.

“އެކަމަކު ދަރިފުޅާ.. ދަރިފުޅުގެ މަންމަވެސް މަރާލީ އެ އިންސާނުންތަކެއް ނޫންތަ؟ ދެން ކީއްވެތަ ދަރިފުޅު އެ އިންސާނުންނަށް ނަފުރަތު ނުކުރަނީ؟” ޞަފޫރާ އަހާލިއެވެ. ޞިފްރީން ޒާންއާހެދި މޮޔަވެފައި ހުންނަވަރު އެނގެނީ އޭނާއަށެވެ.

“މާމާ.. އަހަންނަށްވެސް ލޯބިވެވުނީ.. އެންމެ ކުޑައިރުއްސުރެވެސް އަހަރެން ޒާން ދެކެ ލޯބިވާކަން މާމައަށް އެނގޭނެ.. ކުޑައިރުއްސުރެ އަހަރެން މިއަންނަނީ އޭނައަށް ފާރަލަމުން.. އޭނަ ހިތްދަތިކަމުގައި އުޅޭތީ އަހަރެންގެ ހިތަށް ހާދަ އަސަރެއް ކުރެއޭ މާމާ.. މަންމަ މަރާލި މީހުންދެކެ އަހަރެން ރުޅިއާދެ… އެކަމަކު ހުރިހާ އިންސާނުން އެއްގޮތެއްވެސް ނުވާނެއެއްނު؟ އެކަން އެންމެ ރަނގަޅަށް އެނގޭނީވެސް މާމައަށް..” ޞިފްރީން ބުނެލިއެވެ. ޞަފޫރާ ކިތަންމެ ނުރުހުނަސް އޭނާއަށް ޒާން އަކާ ދުރަކަށް ނުދެވޭނެއެވެ. ހިޔަނިފަދައިން ޒާންގެ ގާތުގައި ވުމަށް އޭނާ އަބަދުވެސް ބޭނުންވެއެވެ.

** ** **

ކިންގް ސައިޒު އެނދުމަތީގައި އޮތް ޒާންގެ ދެބުމަ ވަނީ ކައިރިކޮށްލެވިފައެވެ. ނިތްކުރިމަތީގައި އެއް އަތް ބާއްވާލައިގެން އޮތް އިރު އޭނާއަށް ވިސްނެމުން ދިޔައީ މިރޭ އަތިރިމަތިން ދިމާވި އަންހެންކުއްޖާއާ މެދުގައެވެ. އޭނާއަށް އެއްކަމެއް ޔަޤީނެވެ. ޞިފްރީންއަކީ އިންސާނެއް ނޫނެވެ. ނަމަވެސް ޞިފްރީންއާމެދު އެހިތުގައި އެއްވެސް ވަރަކަށް ބިރުވެރިކަން އުފެދިފައި ނެތީ ކީއްވެގެން ހެއްޔެވެ؟ ޞިފްރީންއާ ވާހަކަތައް ހިއްސާކޮށްލަން އޭނާއަށް ހާދަ ފަސޭހައެއްވިއެވެ. ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައިން އޭނާ ފުންމައިގެން ތެދުވިއެވެ. އަދި އެނދުކައިރީގައިވާ ކަބަޑުން އޭނާގެ ބައްޕަގެ އެއްކަލަ ފޮތް ނެގިއެވެ. އެ ފޮތުގައިވާ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަޤީޤަތެއްވާ ކަމަށް އޭނާގެ ހިތް ބުނަން ފެށިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު އޭނާ އެ ފޮތް ކުރިން ކީ ހިސާބުންފެށިގެން ކިޔަން ފެށިއެވެ.

#~#~#

ކާފަގެ މަރަށްފަހު އަހަރެން ވަރަށް އެކަނިވެރިވިއެވެ. ހެނދުނު ޑިއުޓީއަށް ދާގޮތަށް މަންމައާއި ބައްޕަވެސް އަންނަނީ ހަވީރުވާފަހުންނެވެ. ނަތީޖާއަކަށްވީ އަހަރެން ގިނަވަގުތު ޓީވީ ދޮށުގައި ގޭމުކުޅެން ހޭދަކުރުމެވެ. ސުކޫލުންދޭ ފިލާވަޅުތަކަށް ދެވޭ ސަމާލުކަން ކުޑަވުމެވެ. އޭގެ ފަހުން އަހަރެން ސުކޫލަށް ދަނީވެސް ނަމެއްގައެވެ. ފެންވަރައި ރީތިވާހިތެއްވެސް އަހަރެން ނުވެއެވެ. ހެނދުނު ތެދުވެ ޔުނީފޯމު ލައިގެން އަހަރެން ސުކޫލަށްދަނީ ފެންވެސް ނުވަރައެވެ. ދަތްވެސް އުނގުޅަނީ ހިތަށް އެރިއްޔާއެވެ. ގެއަށް އަންނަ ގޮތަށް ފޮތް ދަބަސް އެއްލާލުމަށްފަހު އަހަރެން ދެން ހުރި ހުރިހާ ވަގުތެއް ހޭދަކުރަނީ ގޭމު ކުޅުމުގައެވެ. ކާފަގެ މަރަށްފަހު އަހަންނަށް އައި ބަދަލުތަކަކީ މިއީއެވެ. ކާފަ މަރުވުމުން އަހަރެން ނުރޮމެވެ. ނަމަވެސް ހިތުގެ އަޑިން އަހަރެން އަބަދުވެސް ހިތާމަކުރަމެވެ. ކާފަގެ ހަނދާންތައް އަހަރެންގެ ސިކުނޑީގައި އަބަދާއި އަބަދު ވެއެވެ. އެއީ އަހަރެން ގުރޭޑު 10 ގައި އުޅުނު އަހަރެވެ.

ރޭގަނޑުގެ ވަގުތެވެ. އާދައިގެ މަތިން އަހަރެން އިނީ ޓީވީ ސްކްރީންގައި ދެލޯ ޖަހައިގެންނެވެ. ފޯރިއާއެކު ގޭމު ކުޅެމުން ދަނިކޮށް އަހަރެން ސިއްސައިގެން ދިޔައީ މަންމަ އައިސް ޓީވީ ކުރިމައްޗަށް އެރުމުންނެވެ. އަހަރެން ވަގުތުން މަންމަ އެއްފަރާތަކަށް ކޮއްޕާލީމެވެ. އޭރު ބޮޑު އަކުރުން ޓީވީއަށް “ގޭމް އޯވާރ” އަރާފައި އޮތެވެ. އަހަރެން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަހަރެން ގޭމުކުޅޭ އަތްގަނޑު މަންމައާ ދިމާއަށް ހޫރާލީމެވެ.

“މަންމަ ކީއްތަ ތި ކުރީ؟؟ އެއޮއް މައްޗަށް ކުޅެފަ އިންދައޭ ގޭމް އޯވާ އެވީ! ދެން ޖެހޭނީ އަލުން ފަށައިގެން ކުޅޭށޭ!” އައިސްފައިވާ ރުޅިއާއެކު އަހަރެން ހަޅޭއްލަވައިގަތީމެވެ. އޭރު މަންމަ ހަރަން ބަނދެލައިގެން ހުއްޓެވެ.

“ލަތީފްއަށް މަންމަ ގޮވާ އަޑު ނީވުނީމައެއްނު ކުރިމައްޗަށް އަރަން ޖެހުނީ؟ މަންމަ ގޮވާތާ މިހާރު ކިހާއިރެއް؟ އަހަންނަށް ހީވަނީ މިހާރު ތި ޕީއެސް އެއްލާލަން ވެއްޖެހެން.. ލަތީފްއަށް ތިނޫންކަމެއް ނުވެއެއްނު؟” މަންމަ ހިތްހަމަނުޖެހިފައި ފަތިވަރު އަމުނާލިއެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. ދެބުމަ ގޮށްޖަހާލަމުން ސޯފާއަށް ވެއްޓިގަތީއެވެ.

“މަންމަމެން މިދަނީ ވަރަށް ގާތް ރައްޓެއްސެއްގެ ގެއަށް.. ގެ ތަޅުލައިގެން ނިދާތި.. އެކެއް ދޭއް ޖަހަންދެން ގޭމު ކުޅެން ހުންނާނީކީނޫން… މަންމަމެންނަށް އާދެވޭނީ މާދަމާ ހެނދުނު..” މަންމަ އެހެން ބުނުމަށްފަހު ބައްޕައާއެކު ގެއިން ނިކުމެގެން ދިޔައެވެ. އޭރުވެސް އަހަރެން އައިސްފައިވާ ރުޅި ފިންޏެއް ނުވެއެވެ. އެހެން ގޭމް ސީޑީއެއް ލައްވައިގެން އަނެއްކާވެސް އަހަރެން ގޭމް ކުޅެން ފެށީމެވެ.

އަހަންނަށް އެރޭ ގޭމް ކުޅުމުގައި ހޭދަކުރެވުނީ ކިހާ އިރެއްކަމެއްވެސް ނޭނގެއެވެ. ވަގުތު ދިޔަނުދިޔަ ގޮތެއްވެސް ނޭނގުނެވެ. މަންމަމެން ނެތުމާއެކު އަހަންނަށް ލިބިފައި އޮތީ ވަރަށް ބޮޑު މިނިވަންކަމެކެވެ. ކުއްލިއަކަށް އަހަރެން ސިހުނީ މުޅި ގެއިން ކަރަންޓު ކެނޑުމުންނެވެ. ގޭމު އަތްގަނޑު ދޫކޮށްލާފައި އަހަރެން ސިޓިންގރޫމުގެ އެކި ވަތްގަނޑުތައް ހާވަން ފެށީ އުއްބައްތިއެއް ފެނޭތޯއެވެ. ނަސީބަކުން ވަރަށް ފަސޭހައިން އުއްބައްތިއެއް ފެނިއްޖެއެވެ. ބަދިގެއަށް ގޮސް އެ ރޮއިކޮށްލައިގެން އަހަރެން ސިޓިންގރޫމަށް އައީމެވެ. އުއްބައްތީގެ ފަނޑު އަލީގައި ގޭތެރެ ފެންނަމުން ދިޔައީ ނާމާން ގޮތަކަށެވެ. އެއްވެސް އަޑެއް ބަޑެއްވެސް ނީވެއެވެ. ޖެހިލުންވެ ހުރެ އަހަރެން ގޮސް ސޯފާގައި އިށީންދެ، އުއްބައްތި ކުރިމަތީގައި ހުރި މޭޒުގައި ބަހައްޓާލީމެވެ. އުއްބައްތީގެ ހުޅުކޮޅު ދެފަރާތަށް ނަށަމުން ގެންދިޔައެވެ.

“ޑިންގް ޑޮންގް..” ހަމަހިމޭންކަމުގެ ތެރެއިން އެއިވިގެން ދިޔައީ ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑިން މެންދަމު ބާރަ ޖެހި އަޑެވެ. އަހަރެން ދިޔައީ ހަމަ ރަނގަޅަށްވެސް ސިއްސައިގެންނެވެ. މޭގައި އަތް އަޅާލައިގެން ސޯފާގައި ކުރުގެޅިގެން އަހަރެން އިނީ ކަރަންޓު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އިރުކޮޅެއްނުވެ ގޭގެ ތަންކޮޅެއް މަތީގައި ހަރުކޮށްފައިވާ ފެންލައިޓުތަކުގެ ތެރެއިން ފުރޭނިގެން އަންނަންފެށީ ގަދަ ވަޔެކެވެ. އުއްބަތިވެސް ހީވަނީ ދެންމެ ދެންމެ ނިވިދާނެހެންނެވެ. އަހަރެން އުއްބަތީގެ ހުޅުކޮޅު ނިވުނަ ނުދިނުމަށްޓަކާ އޭގެ ވަށައިގެން އަތް އަޅާލީމެވެ. ނަމަވެސް ދެން އިވެންފެށި އަޑަކުން އަހަރެން ބިރުން ފިތްކަނޑައިގެން ދާވަރު ވިއެވެ.

“ލަތީފްފްފްފް…” ކުރަކި، އެހެނަސް މަޑު އަޑަކުން އަހަރެންގެ ނަމުން ގޮވާލިހިނދު އަހަރެންގެ ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. އުއްބައްތިވެސް ނިވުނީ އެވަގުތެވެ. ކުރެވޭނެ މާބޮޑު ކަމެއް ނެތުމާއެކު އަހަރެން ހިންދިރުވާލަ ހިންދިރުވާލަ އިނީއެވެ. އޭރު އަހަރެންގެ މުޅި ގައި ދަލުން ފޯވެއްޖެއެވެ. އިރުކޮޅެއްނުވެ ފިނިފިނި އެއްޗަކުން އަހަރެންގެ ފައިގައި ހިފެހެއްޓިކަމުގެ އިހުސާސްކުރެވިގެން ދިޔައެވެ. ޖެހިލުންވެ އިނދެ ތިރިބަލާލިއިރު ފެނުނު މަންޒަރުން އަހަރެންގެ ނޭވާ ކަރުގައި ތާށިވިއެވެ. ސޯފާގެ އަޑިން ނިކުމެފައިވާ އަތެއް އަހަރެންގެ ފައިގައި ހިފަހައްޓާލާފައި އޮތެވެ. މަޑު ހަޅޭކަކާއެކު އަހަރެން އެ އަތް ފޮޅުވާލީމެވެ. ސޯފާ އަޑީގައި ކޮންމެވެސް އެއްޗެއް އެބަ އުޅޭކަން އަހަންނަށް ޔަޤީންވީ އެ ހިސާބުންނެވެ. ބިރުގަނެފައިވީ ނަމަވެސް އަހަރެން އެވަގުތު ބޭނުންވީ ސޯފާގެ އަޑީގައި ވަނީ ކޮން އެއްޗެއްތޯ ބަލާށެވެ.

ސޯފާގެ މަތީގައި ހުރެ އަހަރެން ބޯ ތިރިކޮށް އަޑި ބަލާލީމެވެ. އޭރު އަހަރެންގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ގެންދިޔައެވެ. އަނދިރިކަމުން އެތަނުގެ ދަށުން އަހަންނަށް އެއްވެސް އެއްޗެއް ނުފެނުނެވެ. ނަމަވެސް އެގޮތަށް ބޯދިއްކޮށްގެން އިރުކޮޅަކު އަހަރެން ހުރީމެވެ. ކުއްލިއަކަށް ކަނު އަނދިރިކަމުގެ ތެރެއިން ރަތް ދެލޯ ދިއްލުމުން އަހަރެންނަށް ތެޅިގަނެވުނެވެ. އެވަގުތު އަހަރެން ސޯފާއިން މުށިތަކުގެ މައްޗަށް ގުޅައަކަށް ޖެހުނެވެ.

“ލަތީފްފްފްފް..” އަނެއްކާވެސް އެއްކަލަ އަޑުން އަހަރެންގެ ނަމުން ގޮވަން ފަށައިފިއެވެ. މިފަހަރު އެއަޑު ކުރިއަށްވުރެވެސް ބާރުހެން ހީވެއެވެ. ވާން މިއުޅެނީ ކީއްކަން ނޭނގޭ ހާލު އަހަރެން އެކި ފަރާތް ފަރާތް ހޯދަމުން ގެންދިޔައީމެވެ. އިރުކޮޅެއްނުވެ އަހަރެންގެ ބޮލަށް ފާޑެއްގެ ބާރުގަނޑެއް އަރަންފެށިއެވެ. މުޅި މީހާގެ ގައިން ވާގި ދޫވެ ދެލޯ ފުސްވާން ފެށިއެވެ. މަޑުމަޑުން އަހަރެން ތަޅުގަނޑުމައްޗަށް ދެމުނެވެ. އޭރު އަހަރެންގެ ހަށިގަނޑު އާދަޔާ ޚިލާފަށް ފިނިވާންވެސް ފަށައިފިއެވެ. މުޅި މީހާ ރޫރޫ އަޅަމުން ދިޔައިރު އަހަރެންގެ އަނގައިން ހުދު ކުލައިގެ ފޮނުތަކެއް ނިކުންނަން ފެށިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ސިންދުރެއްލާ(1)

Next

ވާށެ އޯގާ ހިތާ 7

Next
June 25, 2017

ވާށެ އޯގާ ހިތާ 7

Previews
June 25, 2017

ސިންދުރެއްލާ(1)

33 Comments!

  1. Liaa says:
    June 25, 2017 at 2:07 pm

    Hey guys.. miothy 4th part… hope u enjoy.. ?
    And Eid Mubaarak hurihaa kudhinnah… Hurihaa kudhin bandu furaa kaigentha thithibee? ?
    Hehehe… ☺?
    Loves ???

  2. Someone says:
    June 25, 2017 at 2:20 pm

    Liaa, I jux love this part! Varah curious vey eba next part kiyan! Eid ul Fitr liaa! Hama full koh kevijje! Liaa kaifintha? Hehe! Waiting for the next part! ???

    1. Liaa says:
      June 25, 2017 at 7:54 pm

      Thank u someone.. ?

  3. Naby says:
    June 25, 2017 at 2:29 pm

    Yeyy…. me first??
    Varag salhi mi part vs..
    Eid mubarak?

    1. Liaa says:
      June 25, 2017 at 7:55 pm

      Thank u Naby☺

  4. Greeny says:
    June 25, 2017 at 2:39 pm

    Nice keep it up

    1. Liaa says:
      June 25, 2017 at 7:56 pm

      Thank u Greeny ☺

  5. nonns says:
    June 25, 2017 at 2:49 pm

    Wow. Varah reethi mi part ves. And kind of scary. Anyways, eid mubarik liaa!!!! Having fun tha? When next ep?

    1. Liaa says:
      June 25, 2017 at 7:56 pm

      Thank u nonns ☺

  6. sam♥ says:
    June 25, 2017 at 2:55 pm

    wow …. waiting next part …

    1. Liaa says:
      June 25, 2017 at 7:57 pm

      Thank u sam ?

  7. ROMAN REGINS says:
    June 25, 2017 at 2:59 pm

    Yes keep it up and love it ….

    1. Liaa says:
      June 25, 2017 at 7:57 pm

      Thank u ROMAN BEGINS ?

  8. Adha? says:
    June 25, 2017 at 4:17 pm

    Hama varah salhi mi part ves..? Eid mubaarak liaa..❣ Waiting for next part….

    1. Liaa says:
      June 25, 2017 at 7:58 pm

      Thank u Adha ☺

  9. HARLEY quinn says:
    June 25, 2017 at 4:18 pm

    nice one…
    EID MUBARIK

    1. Liaa says:
      June 25, 2017 at 7:58 pm

      Thank u dear

  10. Jjey:) says:
    June 25, 2017 at 4:29 pm

    Nice . Eid mubarik

    1. Liaa says:
      June 25, 2017 at 7:59 pm

      Thank u dearr☺

  11. Scarlet says:
    June 25, 2017 at 5:14 pm

    Varah reethi mi baives.??varah kiyaa hithunn inndha nimunyves❤

    1. Liaa says:
      June 25, 2017 at 7:59 pm

      Thank u scarlet ❤

  12. Aishath says:
    June 25, 2017 at 8:43 pm

    Eid mubaarak…..liaa..mi part ves varah salhi

    1. Liaa says:
      June 26, 2017 at 8:41 am

      Thanks Aishath ☺

  13. xim says:
    June 25, 2017 at 10:30 pm

    salhieyy salhieyy ???

    1. Liaa says:
      June 26, 2017 at 8:42 am

      Thanks xim ?

  14. khajja says:
    June 26, 2017 at 12:15 am

    Masha allah v rythi v furihama

    1. Liaa says:
      June 26, 2017 at 8:42 am

      Thanks khajja?

  15. who am i? says:
    June 26, 2017 at 12:59 am

    wow ❣❣??

    1. Liaa says:
      June 26, 2017 at 8:43 am

      Thanks dear?

  16. zi says:
    June 26, 2017 at 8:38 am

    eynaa ah sihunu varunneh noon…eynaa sihunu varun….
    mi part ves hama habeys

    1. Liaa says:
      June 26, 2017 at 8:46 am

      Ehentha dear… dhen faharakun rangalhu kolllaanan ingey.. thanks mistake bunedhineema ?

  17. Khadheeja says:
    June 26, 2017 at 3:29 pm

    Omg birun halaaku???

  18. Pop says:
    June 26, 2017 at 4:19 pm

    Koba tha story liaa.. Hadha lasvany miadhu

Comments are closed.

Next Episodeޞަފަރު (5 ވަނަ ބައި)←


All Right Reserved!