ވާޑު ތެރެއަށް ވަދެގެން ދިޔައިރު ހާރޫންގެ ނަޒަރު ހުއްޓެމުން ދިޔައީ އެނދުތަކުގައި ޖަހާފައިވާ ނަންބަރުތަކަށެވެ. އެންމެފަހުން އޭނާ ހޯދަން އުޅުނު އެނދު ނަންބަރު ފެނިއްޖެއެވެ. މަޑުމަޑުން އޭނާ އެދިމާއަށް ހިނގާފައި ދިޔައިރު އެ ހިތުގެ ތެޅުން އަވަސްވާ ކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. އެނދުގައި އޮތް ބަލިމީހާގެ މޫނަށް ބަލާލިހިނދު އޭނާއަށް މޭގައި އަތް އަޅާލެވުނެވެ. އެނދުގައި އޮތް އާބިދާގެ މޫނަށް އެކަނި ބަލާލިކަމުގައި ވިޔަސް އޭނާގެ ބަލިހާލަތުގެ ދަށްކަން އެނގިގެން ދާނެއެވެ. މޫނުމަތި މިލާމޯޅިވެފައި ވީއިރު އޭނާގެ […]
“ޝްޝްޝް.. ހަޅޭނުލަވައްޗޭ..” އެމީހާގެ އަޑާއެކު ޔުމްނާގެ ގައިގައިވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. އެމީހާ އޭނާގެ އަނގަމަތިން އަތް ނެގުމާކު ޔުމްނާ އަވަސް ނޭވާތަކެއް ލަމުން އެދިމާ ބަލާލިއެވެ. އެއީ ކާކުކަން އެނގުމާއެކު ޔުމްނާއަށް ދެބުމަ ގޮށްޖަހާލެވުނެވެ. “މިޝާލް؟ މިގަޑީގަ މިތަނުގަ ކީއްކުރަނީ؟” ޔުމްނާ ކުރިމަތީގައި ހުރި މިޝާލްއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. އެއާއެކު މިޝާލް ލާނެތް ގޮތަކަށް ހީލުމަށްފަހު ޔުމްނާއާ ދާދި ގާތުގައި އިށީނެވެ. “ކިހިނެއްވީ؟ އަހަރެން އައީމަ ހިތްހަމަ ނުޖެހުނީތަ؟” މިޝާލް ހަރަން ބަނދެލަމުން […]
ޔުމްނާ ފިނިފެންމަލުން ވަސް ބަލާލަން އުޅެނިކޮށް އެމާ އޭނާއަތުން ދޫވެގެން ބިން މައްޗަށް ވެއްޓެން ދިޔައެވެ. އެއާއެކު މިޝާލް ހީވީ ފޫކޮޅަށް ކަށްޓެއް ހެރިގެން އުޅުނު މީހެއް ހެންނެވެ. އަވަސް ހަރަކާތަކާއެކު ގުދުވެފައި އޭނާ އެމާ ޔުމްނާއަށް ނަގައިދޭން އުޅުނެވެ. ނަމަވެސް އޭނާއަށް އެމަލުގެ ތަނޑީގައި ހިފުނު ވަގުތަކީ އާރިކްވެސް އެ މަލުގެ ތަނޑީގައި ހިފި ވަގުތެވެ. މިޝާލް ދެމުބަ ގޮށްޖަހާލަމުން އާރިކްގެ މޫނަށް ބަލާލިއެވެ. ލާނެތް ގޮތަކަށް ހިނިތުންވެލައިގެން ހުރި އާރިކް ފެނުމުން އޭނާއަށް ދަތްކުނޑި […]
“ޔުމްނާ ބަނޑުބޮޑޭ އާރިކް!” މޭޒުގައި ދެއަތް ވިއްދާލަމުން މުނީރު ބުނެލިއެވެ. އާރިކް ކުޑަ ހިނދުކޮޅެއް ވަންދެން މުނީރުއަށް ބަލަހައްޓައިގެން އިނެވެ. “ވަޓް؟ އާރ ޔޫ ސީރިއަސް؟” އާރިކް ވިސްނުމަކަށް ގެއްލެމުން އަހާލިއެވެ. “އާއެކޭ. މިޔަދު ފަރީދު ގޭ އެންމެން ގާތު ބުނެފިޔޭ މި ވާހަކަ!” މުނީރު ބުނެލިއެވެ. “މަ ރެޕަންޒެލް ދެކެ ކިތަންމެ ލޯބިވިޔަސް އަހަންނަށް އޭނައެއް ނުލިބޭނެ! އޭނަ ލޯބިވާ މީހަކު ހުރެޔޭ މުނީރު.” ހިތްދަތި ގޮތަކަށް ހިނިތުންވެލަމުން އާރިކް ބުނެލިއެވެ. “ޔުމްނާ ހަމަ އެހެން […]
ކޮޓަރިތެރެއަށް ވަދެފައި ޔުމްނާއަށް ދެކޮޅު ދެކޮޅަށް ހިނގެން ފެށުނެވެ. އިޚްތިޔާރަކާ ނުލާ އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެނދުގައި އިށީންދެ، އޭނާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އެވަގުތު އޭނާ ހަނދާންވީ އާބިދާގެ މަތިންނެވެ. މި ދުވަހު އާބިދާ އޭނާގެ ގާތުގައި ހުރިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ޔުމްނާ މަޑުމަޑުން އޭނާގެ ބަނޑުގައި އަތް ހިންގާލިއެވެ. އޭނާގެ ހަށިގަނޑު ތެރޭގައި މިހާރު ކުޑަކުޑަ ފުރާނައެއް އެބަވެއެވެ. އޭނާ ވެސް މީހަކާ އިންނަން ބޭނުންވިއެވެ. ދަރިން ހޯދަން ބޭނުންވިއެވެ. ނަމަވެސް […]
“އެ.. އެހެންތަ؟ މަޑުކޮށްލައްޗޭ..” ސީމާ އެހެން ބުނުމަށްފަހު ޖުވައިރިޔާއަށް ފޯނު ދިއްކޮށްލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ޖުވައިރިޔާ އެ ފޯނުގައި ހިފިއެވެ. ފޯނު ކަންފަތުގައި ޖެހުމަށްފަހު އޭނާ މޭޒު ދޮށުގައި ތިބި އަޝްފާން އާއި ސީމާ އަދި ހާރޫންއަށް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު އޭނާ ފޯނު ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. “މަންމާ؟ ކިހިނެއްތަ ވެގެން އުޅެނީ؟ އަޒްކާއޭ؟” ހައިރާންވެފައި ހުރި އަޝްފާން ސީމާ ގާތު އަހާލިއެވެ. އޭރު ސީމާވެސް އިނީ ފާޑަކަށް […]
އާރިކް، އޭނާގެ ސައިކަލުގެ ފަހަތަށް ޔުމްނާ އަރުވައިގެން ދުއްވާލި ވަގުތު އެ ހިތުގައި އެތަށް ޝުޢޫރުތަކެއް އުފެދެމުން ދިޔައެވެ. ޔުމްނާއާއެކު އޭނާއަށް ހޭދަކުރެވުނު އެއްހަފްތާ އަކީ އޭނާގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްތަކެވެ. ޔުމްނާގެ ސޫރަ ފެނުމުން އެހިތަށް ހަމަޖެހުން ލިބިގެން ދަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ޔުމްނާއާ ދޭތެރޭ ކުރެވެމުން ދިޔައީ ދުވަހަކުވެސް އެހެން އަންހެންކުއްޖަކާމެދު ނުކުރެވޭފަދަ އިހުސާސްތަކެކެވެ. ** ** ** ގޭތެރޭގައި އިން ފަރީދު ސިހުނީ އާރިކް އާއެކު ގެއަށް ވަދެގެން […]
“ފިލައިގެން ދިޔަނަމަ އޭނަ ގެންދާނެ ދޯ ހުރިހާ އަންނައުނުތަކާ އެއްޗެހި.. އެ ހުރިހާ އެއްޗެހި ބަހައްޓާފަ އޭނަ ދާނެތަ؟” ފަރީދު ބުނެލިއެވެ. އެއަޑުންވެސް އޭނާ ހިތްހަމަނުޖެހިފައިވާ މިންވަރު ހާމަވެއެވެ. ޔުމްނާ ގެއްލުނު ފަހުން ފަރީދުގެ ސިކުނޑި ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ރޭ ހަތަރުދަމު ނުނިދާ އޭނާ އުޅުނީ ޔުމްނާ ހޯދުމުގެ މަސައްކަތުގައެވެ. މާލޭގެ އެކި ދިމަދިމާ އަތްފުނާއެޅިއިރުވެސް ޔުމްނާގެ ޚަބަރެއް ނުވީތީ އެހިތް މާޔޫސްވެފައި ވިއެވެ. ** ** ** އެނދުގައި އަރާމުކޮށް ނިދާލާފައި އޮތް ޖުވައިރިޔާ […]
އާރިކް އޭނާގެ ފޯނުން އެމީހާގެ ފޮޓޮއެއް ނަގައި ރައްކާކޮށްލިއެވެ. އެވަގުތު އޭނާގެ ފޯނުން އެޅުނު ފްލެޝްއާއެކު ޖުވައިރިޔާ އާއި އެމީހާ އެދިމާ ބަލާލިއެވެ. އާރިކްއަށް ދެލޯ ބޮޑުކޮށްގެން އެދިމާއަށް ބަލަން ހުރެވުނެވެ. އިރުކޮޅަކުން އައި ނައި ތަނެއް ނޭނގޭ މީހުން ތަކެއް އައިސް އާރިކްގެ ދެއަތުގައި ހިފަހައްޓައިފިއެވެ. “މަންމާ! ޕްލީޒް.. އަޒްކޮއަށް އެހެން ނުހަދާ..! މަންމާ!” އާރިކް އާދޭހުގެ ރާގެއްގައި ގޮވާލިއެވެ. ނަމަވެސް ފަހަތުން މީހަކު އޭނާގެ ބޮލުގެ ފުއްކިބައިގައި ބާރަކަށް ޖެހި ވަގުތު ވަގުތުން އޭނާގެ […]