Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (11)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
September 15, 2017 7 Mins Read
23 Comments

“މަ ވެސް ދައްކަފާނަމޭ މަށަށް ކުރެވިދާނެ ކަންކަން..” އަޝްފާން އެހެން ބުނެފައި ޝަނާ ލައިގެން ހުރި ހެދުމުގެ ކަރުގައި ހިފައި ދަމައިގަތެވެ. ޝަނާ ކުއްލިއަކަށް އަޝްފާންގެ މޭމަތީގައި އަޅައި އަޝްފާން ދުރަށް ކޮއްޕާލިއެވެ. އަދި އެނދުމަތިން ތެދުވެ އޭނާ ލައިގެން ހުރި ހެދުން ރީތިކޮށްލިއެވެ.

“ކީއްވެތަ ގަދަކަމުން ތިކަން ކުރަން ތިއުޅެނީ؟” ޝަނާ އައިސް އަޝްފާންގެ ކަރުގައި ދެއަތް އަޅުވާލަމުން ބުނެލިއެވެ. އޭރު އެ މޫނުމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. އަޝްފާން ދެބުމަ ގޮށްޖަހާލިއެވެ. އަދިވެސް ޝަނާ އޭނާ ގާތު އެއުޅެނީ ގަޓުވެލައިގެން ހެއްޔެވެ؟ މިއީ ކޮންކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟

“ލޯބިން ކުރަން އުޅުނީމައެއްނު ތިކަންތައް ވާނީ؟” އަޝްފާންގެ މޫނާއި އޭނާގެ މޫނު ކައިރިކުރަމުން ޝަނާ ބުނެލިއެވެ. އެވަގުތު އަޝްފާން މޫނު އަނބުރާލަން އުޅުނު ނަމަވެސް ޝަނާ އަޝްފާންގެ ބޮލުގައި ހިފަހެއްޓުމަށްފަހު ތުންފަތަށް ގަދަކަމުން ބޮސް ދިނެވެ. އަޝްފާން ކުއްލިއަކަށް ދުރަށް ޖެހެލިއެވެ. ޝަނާގެ ކިބައިން ބަދަލުހިފުމަށްޓަކާ އޭނާއަށް މިކުރެވުނީ މޮޔަ ކަމެކޭ އެހިތަށް އެރިއެވެ. އޭނާ ހީކުރީ އޭނާ އެގޮތަށް ކަންތައް ކުރުމުން ޝަނާ ބިރުގަންނާނެ ކަމަށެވެ. އަދި އޭނާގެ ފަހަތުން އުޅުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް ކަންތައް ވެގެން މި ދިޔައީ އޭނާ ހީކުރި ގޮތާ ޚިލާފަށެވެ. ޝަނާ އަކީ ބިރުގަންނަ ވަރަށް ވުރެ މާ ހަޔާތްކުޑަ ކުއްޖެއްކަން އޭނާއަށް މިހާރު އެނގިއްޖެއެވެ.

އަޝްފާން ދެއަތް މުއްކަވާލަމުން ފާރުގައި ޖަހާލިއެވެ. އޭރު އޭނާގެ ދަތްކުނޑި ވިކިފައި ވިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ފަހަތަށް އެނބުރެލި ވަގުތު ފެނުނު މަންޒަރެއްގެ ސަބަބުން އޭނާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ޝަނާ ލައިގެން ހުރި ސްކިނީ އާއި ހެދުން އޮތީ މުށިތަކުގެ މަތީގައެވެ. ހަމައެކަނި ބުރާ އާއި ޖަންގިޔާ ކޮޅެއްގައި އެނދުމަތީގައި ހުރަހަށް އޮތް ޝަނާގެ ނަޒަރު އަޝްފާންއަށް ހުއްޓިފައި ވިއެވެ. އޭނާގެ ދޮން ބަނޑާއި މޭމަތީގެ ބޮޑު ބައެއް އޮތީ ހާމައަށް ފެންނާށެވެ. އަޝްފާން ބަލާލުމާއެކު އެ މޫނުމަތީގައި ދުވެލީ ލާނެތް ހިނިތުންވުމެކެވެ. އަތުގެ އިޝާރާތުން އޭނާ އަޝްފާންއަށް އައުމަށް އިޝާރާތް ކުރަމުން ދިޔައެވެ.

އަޝްފާން ހިންދިރުވާލިއެވެ. ދެއަތް މުއްކަވާލަމުން އޭނާ އަނެއް ފަރާތަށް އެނބުރެލިއެވެ. ހިއްސުތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އޭނާ ޝަނާ އަކީ އެންމެ ބޮޑު ދުޝްމަނު ކަމަށް އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެތަށް ފަހަރު އެކޮޓަރިން ދާން ހިތަށްއެރި ނަމަވެސް އޭނާގެ ދެފައިގައި ކަސްތަޅު އެޅުވިފައިވާ ފަދައެވެ. އެކި ކަހަލަ ވަސްވާސްތަކުން އެހިތް ފުރެމުން ދިޔައެވެ. ދިރިއުޅުމުގައި މިފަދަ ކަމެއް ތަޖުރިބާކޮށްލަން ލިބޭނީ މަދު ފަހަރަކު ކަމުގައި އެ ހިތަށް ވިސްނައިދެމުން ގެންދިޔައީ ޝައިތާނާއެވެ. ޔުމްނާގެ މަތިންވެސް އޭނާ ހިނދުކޮޅަކަށް ހަނދާން ނެތުނު ކަހަލައެވެ.

އަޝްފާންގެ ކެތް ތެރިކަން ކޮޅުންލީ ޝަނާ އައިސް ފުރަގަހުން އޭނާގެ ހަށިގަނޑުގައި ބައްދާލުމުންނެވެ. ޝަނާގެ ހޫނު ދެއަތުން އޭނާގެ ހަށިގަނޑުގައި ބީހިލުމާއެކު އޭނާގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ކުއްލިއަކަށް އޭނާ ޝަނާ ދެއަތް މައްޗަށް އުފުއްލާލަމުން ގޮސް ޝަނާގެ ހަށިގަނޑު އެނދުގައި ބާއްވާލިއެވެ. ޝަނާގެ ރަތް ތުންފަތުގައި އޭނާ ބޮސްދޭން ފެށިއިރު ޝަނާއަކީ ކޮންކަހަލަ މީހެއްކަންވެސް އޭނާ ހަނދާން ނެތިފައިވާ ކަހަލައެވެ. ޝަނާގެ ބައްޓަން ރީތި ހަށިގަނޑުގައި އޭނާ އަތް ހިންގަމުން ދިޔައިރު ކުރެވެން އެއުޅެނީ ކިހާ ބޮޑު ކަމެއްކަން އޭނާއަށް ނުވިސްނޭ ކަހަލައެވެ. ދެމީހުންގެ ހަށިގަނޑުގައިވާ އެންމެ ފަހު ފޭރާން ހަށިގަނޑާ ވަކިވެގެން ދިޔަ ވަގުތު ފަހުން ވާނެ ގޮތަކާ މެދު ވިސްނަން ބޭނުންނުވާ ކަހަލައެވެ.

** ** **

ޑްރެސިންގް ޓޭބަލް ކުރިމަތީގައި އިން ޔުމްނާ އަމިއްލަ ސޫރައަށް ބަލާލިއެވެ. އެ މޫނުމަތީގައި ގަދައަށް މޭކަޕް ހާކާފައިވާ ގޮތެއް އޭނާއަށް ކަމަކު ނުދިޔައެވެ. ނަމަވެސް މިޝްކާގެ ކުރިމަތީގައި އޭނާއަށް އެހެން ބުނާކަށް ނުކެރުނެވެ. އޭނާގެ ފަން އިސްތަށިގަނޑުވެސް ވަނީ ކުޑަކޮށް ބުޅިކޮށްލާފައެވެ.

“ދޮންމަމް ހާދަ ހޮޓޭ މިރޭ!” އުނަގަނޑުގައި ދެއަތް ވިއްދާލަމުން މިޝްކާ ބުނެލިއެވެ.

“މިޝްކާ އެކަމަކު މިހެދުން ހާދަ ކުރޭ.. އަހަރެން ދުވަހަކުވެސް ނުލަން މިހާ ކުރު ހެދުމެއް..” ޔުމްނާ ތެދުވެ ލައިގެން ހުރި ހެދުމަށް ދަމާލަމުން ބުނެލިއެވެ. ކަކުލަށްވުރެ ތަންކޮޅެއް މައްޗަށް އަރާ އެ ރަތް ހެދުން ޔުމްނާގެ ގަޔަށް ބާރުވުމުގެ ސަބަބުން ހުރިހާ ވަނާތަކެއް ހުރީ ހާމައަށެވެ. އެ ހެދުން ލައިގެން މިޝްކާއާއެކު އެ ޕާޓީއަށް ދާން އޭނާއަށް ކެރޭނެ ހެއްޔެވެ؟

“ދެން ދޮންމަމް.. ތީ އެހާ ވަރުގެ ކަމެއް ނޫނެއްނު؟ މި ޒަމާނުގެ ކުދިން ލާނީ މިކަހަލަ ހެދުމޭ…” މިޝްކާ އެހެން ބުނުމަށްފަހު ޔުމްނާގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ޖެހިލުންވެފައި ވީނަމަވެސް ޔުމްނާ މިޝްކާގެ ފަހަތުން ދިޔައެވެ. ގޭޓު ކައިރިއަށް އެމީހުން ދިޔައިރު ކާރުގައި އެމީހުންގެ އިންތިޒާރުގައި މުނީރު އިނެވެ. މިޝްކާއާއެކު އައިސް ކާރަށް އެރި ޔުމްނާ ފެނި މުނީރުއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ޔުމްނާ ޕާޓީއަށް ގެންދާ ވާހަކަ މިޝްކާ ނުވެސް ދައްކާ ވިއްޔާއެވެ. އެހެންނޫނަސް މިޝްކާ ޔުމްނާ ދެކެ އަންނަ ރުޅި އޭނާއަށް ވަނީ ފެނިފައެވެ. މިރޭ ކުއްލިއަކަށް މިޝްކާއަށް ކިހިނެއްވީބާއޭ އެހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ޔުމްނާވެސް އެތާ ހުރުމާއެކު އެކަމާ ބެހޭގޮތުން އެއްވެސް ސުވާލެއް ނުކޮށް އޭނާ ކާރު ދުއްވާލިއެވެ.

މުނީރު އެންމެ ފުރަތަމަ ކާރު ހުއްޓާލީ އާރިކްމެން ގޭގެ ކައިރިއަށެވެ. އެތަނުން އާރިކް ނަގައިގެން ލޫނާމެން ގެއާ ދިމާއަށް އޭނާ މިސްރާބުޖެހިއެވެ. ކުރީ ދެ ސީޓުގައި މުނީރު އާއި މިޝްކާ އިންއިރު ފަހަތުގައި އިނީ ޔުމްނާއާއި އާރިކްއެވެ. ލިބުނު ދަނޑިވަޅުގެ ބޭނުން ހިފައި އާރިކް ޔުމްނާއަށް އެކި ކަހަލަ ގޯނާ ކުރަމުން ދިޔައެވެ.

“ހާދަ ސެކްސީ އޭ ދޯ..” އާރިކް ޔުމްނާއާ ދިމާއަށް ބުނެލިއެވެ. ނަމަވެސް ޔުމްނާ އިސްއުފުލާ ބަލާވެސް ނުލިއެވެ. އޭނާ މި ޕާޓީއަށް އެދަނީ ހަމައެކަނި މިޝްކާގެ އުފަލަކަށެވެ. އިތުރު އެއްވެސް ބޭނުމަކު ނޫނެވެ.

“ރެޕަންޒެލް ކީއްވެ އިސްތަށިގަނޑު ބުޅިކޮށްލީ؟ މާ ސަޅިއޭ ފަންކޮށް ހުންނައިރު..” އާރިކް ޔުމްނާގެ އިސްތަށިގަނޑާ ކުޅެލަމުން ބުނެލިއެވެ. ޔުމްނާ ދެލޯ ހަނިކޮށްލިއެވެ. އާރިކް އޭނާއާ އަބަދު ބެހެނީ ކީކޭ ހިތައިގެން ހެއްޔެވެ؟

“އަސްލުވެސް ދޮންމަމް ވަރަށް ސެކްސީ ދޯ މިރޭ.. ކާކުތަ ދޮންމަމް ރީތިކުރީ؟ އަހަރެންނޭ..” މިޝްކާ ފޮނިވެލާފައި އެހެން ބުނި ވަގުތު އާރިކްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މިޝްކާ ޔުމްނާއާ ‘ދޮންމަމް’ އޭ ކިޔައި މުޚާތަބު ކުރުމުން އޭނާ ގާތަށް ހިނިއައީއެވެ. ކުރީ ދުވަހުވެސް މިޝްކާ ހީވަނީ ދެންމެ ދެންމެ ޔުމްނާ ނޮޅާލަފާނެހެން ވިއްޔާއެވެ.

“ކުރިން ‘ދޮންމަމް’ ދެކެ އެހާ ރުޅިއައިސްގެން އުޅެފަ މިހާރު ‘ދޮންމަމް’ އަށް މިޝްކާ އެހާ ހެޔޮވުމުގެ ފަހަތުގައި ވަނީ ކޮން ސިއްރެއްބާ…؟” އާރިކް މަޖަލަކަށް ހަދާފައި އެހެން ބުނެލި ނަމަވެސް އެކަމުގެ ސަބަބުން މިޝްކާގެ ހިތުގައި ކުޑަ ނުތަވަސްކަމެއް އުފެދިގެން ދިޔައެވެ. އޭނާ ކުރަން އުޅޭ ކަންތައް އެއްވެސް މީހަކަށް، އަދި ޚާއްސަކޮށް މުނީރުއަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

ޕާޓީ އޮތީ ލޫނާމެން ގޭގެ ޓެރަސްގައި ކަމުން ހަތަރު މީހުން ލިފްޓަށް އެރިއެވެ. ޔުމްނާ ނުތަވަސްކަމެއްގެ ތެރޭގައި ހުރެ އިރުއިރުކޮޅާ ލައިގެން ހުރި ހެދުމުގައި ހިފައި ތިރިއަށް ދަމާލައެވެ. އަދި ތުންފަތުގައި ދަތް އަޅާލައެވެ.

“ސަޕްރައިޒް!” ލިފްޓުގެ ދޮރު ކެހިގެން ދިޔަ ވަގުތު މިޝްކާގެ ރައްޓެހިންތައް ފުންމައިގެންފައި އެހެން ގޮވާލި ވަގުތު ޔުމްނާ ދިޔައީ ސިހިގެންނެވެ. މިޝްކާގެ މޫނުމަތީގައި ދުވެލީ އުފާވެރި ހިނިތުންވުމެކެވެ. ލޫނާމެން ޓެރަސްމަތި ޒީނަތްތެރިކޮށްލާފައި އޮތީ ވަރަށް ވެސް ފުރިހަމައަށެވެ. އެއްކޮޅުން އަނެއްކޮޅަށް ދަމާފައިވާ ބޮޑު ބެނާގައި ‘ކޮންގްރާ މިޝޫ އެންޑް މުނީރު.’ ޖަހާފައި އިނެވެ.

“ތެންކްސް އިނގޭ ހުރިހާ ގާލްސްކޮޅަށް..” މިޝްކާ އުފާވެފައި ބުނެލިއެވެ. މުނީރުގެ އަތުގެ މުލައްދަނޑީގައި ހިފައިގެން އޭނާ ގޮސް އެތަނުގައި މަޑުކޮށްލިއެވެ. ޔުމްނާއަށް އެމާހައުލު ކަމަކު ނުދިޔައެވެ. އެތަނުގައި ތިބި ގިނަ އަންހެންކުދިން ނިވާކަން ކުޑަ ހެދުން ލާފައި ވީއިރު ޖަހާފައި ވަނީ ކަންފަތުގެ ތޫރި ފަޅައިގެންދާ ވަރުގެ މިއުޒިކެކެވެ. އަންހެން ފިރިހެން ދެ ޖިންސުގެ ކުދިން މިޔުޒިކާ އެއްވަރަށް ހަރަކާތްކުރަމުން ދިޔައެވެ. ޔުމްނާ ގޮސް މިޝްކާއާ ދާދި ގާތުގައި މަޑުކޮށްލިއެވެ. އެތަނުގައި ހުރި ގިނަ ފިރިހެން ކުދިންގެ ނަޒަރު އޭނާއަށް ހުއްޓިފައިވާތަން ފެނުމުން ޔުމްނާ އިތުރަށް ލަދުގަތެވެ. އިސްޖަހާލައިގެން އޭނާ ހުރީއެވެ.

“އޫޕްސް.. ސޮރީ!” ޔުމްނާ ސިހިގެން ދިޔައީ ކުރިމަތިން އައި ލޫނާ އޭނާގެ ގައިގައި ޖެހިގަތުމުންނެވެ. އެއާއެކު ލޫނާގެ އަތުގައިވާ ޑްރިންކް އޭނާގެ ގަޔަށް ބަންޑުންވިއެވެ. ސޮރީއޭ ލޫނާ ބުނި ނަމަވެސް ޔުމްނާއަށް އެއީ ލޫނާ ގަސްދުގައި ކުރިކަމެއް ކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ.

“ލޫނާ.. ކިހިނެއް ތި ހެދީ؟” ޔުމްނާއަށް ވީގޮތް ފެނި ކަންބޮޑުވެގެން މިޝްކާ ބުނެލިއެވެ.

“އަޅެ އަހަރެން އެއޮއް ލޯބިން ދޮންމަމް ލާން ދިން ހެދުން.. ހިނގާދޯ ދޮވެލަން ދާން…” ޔުމްނާގެ އަތުގައި ހިފާލަމުން މިޝްކާ ބުނެލިއެވެ. ޔުމްނާވެސް ބޯ ޖަހާލީ އެގޮތަށް އެއެންމެންގެ ތެރޭގައި ހުންނަން ބޭނުން ނުވުމުންނެވެ.

މިޝްކާ ޔުމްނާ ގޮވައިގެން ދިޔައީ ތިރީ ފްލޯގައި ހުންނަ ލޫނާގެ ކޮޓަރިއަށެވެ. އެތެރެއަށް ވަނުމަށްފަހު އޭނާ ޔުމްނާ ގާތު ފާހާނާއަށް ގޮސް ދޮވެލުމަށް ބުނެލިއެވެ. ޔުމްނާ ފާހާނާ ތެރެއަށް ގޮސް ވެރިފައިވާ ހިސާބު ދޮންނަން ފެށިއެވެ.

“މިޝޫ.. ތުވާއްޔެއް ނީންނާނެތަ؟” ޔުމްނާ އެހެން އަހަމުން ފާހާނާއިން ނިކުތެވެ. އެއާއެކު އޭނާއަށް ހައިރާންކަމެއް ލިބުނީ އެ ކޮޓަރިތެރޭގައި މިޝްކާ ނެތުމުންނެވެ. ކަންބޮޑުވެ ހުރެ އޭނާ ގޮސް ކޮޓަރި ދޮރު ތަޅުގައި ހިފާލި ނަމަވެސް އެ ތަޅު ހުރީ ބޭރުން ލޮކް ކޮށްފައެވެ. ހާސްވެގެން ގޮސް ޔުމްނާގެ ނޭވާ އަވަސްވާން ފެށިއެވެ. މިޝްކާއަށް ގޮވަމުން އޭނާ ދޮރުގައި ތަޅަން ފެށިއެވެ. އެތަނުގައި އޭނާ އެކަނި ބަހައްޓާފައި މިޝްކާ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟

ޔުމްނާ އެންމެފަހުން ކޮޓަރީގެ އެނދުގައި މަޑުމަޑުން އިނެވެ. ފަހުން މިޝްކާ އޭނާ ބަލާ އަންނާނެކަމަށް އެހިތަށް ވިސްނައިދީ، ހިތްހަމަޖައްސަން އޭނާ މަސައްކަތްކުރިއެވެ. އިރުކޮޅަކު އެހެން އިންދައި ކޮންމެވެސް މީހަކު ދޮރުގެ ތަޅުގައި ހިފާލި އަޑު އިވިގެން ދިޔައެވެ.

“މިޝޫ؟” ޔުމްނާ ފުންމައިގެން ތެދުވެ އަނެއްކާވެސް އެހެން ގޮވާލީ މިޝްކާ އައީ ކަމަށް ހީކުރެވެމުންނެވެ. ނަމަވެސް ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ތިން ފިރިހެނުން ފެނި ޔުމްނާގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ބޯ ދިގުކޮށް ޑައީކޮށްފައި ހުރި އެ ތިން މީހުންނަކީ ޑްރަގް ބޭނުންކުރާ ބައެއްކަން ބަލާލާފައިވެސް އެނގެއެވެ. ޔުމްނާ ބިރުން ހުރެ ފަހަތަށް ޖެހެމުން ދިޔައެވެ. އެ ޖާނުންވަރުގަދަ ތިން މީހުން ކުރިމަތީގައި އޭނާއަށް ދެއްކޭނީ ކޮން ބާރެއް ހެއްޔެވެ؟

“ލޫނާ ހޮޓް ޗިކެކޭ ބުންޏަސް މަ ހިޔެއް ނުކުރަން މިހާ ހޮޓް ވާނެ ކަމަކަށް..” އެތަނުން އެކަކު އައިސް ޔުމްނާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ. ޔުމްނާ އަވަސް އަވަހަށް ދުރަށް ޖެހެލިއެވެ. އެމީހުން އޭނާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އަނެއްކާ މިއީ މިޝްކާ އޭނާއަށް ދިން ލަނޑެއް ނޫންބާވައޭ އެ ހިތަށް އަރަމުން ދިޔައެވެ.

“ދުރަށް ދާން ނޫޅެއްޗޭ.. ގަދަ ހަދަން ނޫޅެއްޗޭ..” އެމީހާ އެހެން ބުނުމަށްފަހު ޔުމްނާގެ ހަށިގަނޑު އުފުއްލާލައިގެން ގޮސް އެނދުމައްޗަށް އެއްލާލިއެވެ. ހާސްވެ ބިރުގަނެފައިވާ ޔުމްނާގެ ދެލޮލުން ކަރުނަތައް ނިރާލިއެވެ.

“ޕްލީސް… އަހަންނަށް ތިހެން ނުހަދާ…” ޔުމްނާ ގިސްލަމުން އެހެން ބުނެލި ނަމަވެސް އެމީހުންގެ ހިތަށް އެކައްޗެކޭވެސް ނޭރިއެވެ. އެތަނުން ދެމީހުން ގޮސް ޔުމްނާގެ ހަތަރެސްފައި ގައި ހިފެހެއްޓީ ގުޑާވެސް ނުލެވޭ ވަރަށެވެ. ކުރިން ޔުމްނާއާ ވާހަކަދެއްކި މީހާ ނުލަފާ ގޮތަކަށް ހީލައިގެން ހުރެ ޔުމްނާގެ މުޅި ހަށިގަނޑުގައި ހެދުން މަތިން އަތް ހިންގަމުން ދިޔައެވެ.

“ނޫން!” ޔުމްނާ ބާރަކަށް ހަޅޭއްލަވައިގަތުމުން އެމީހާ ޔުމްނާގެ އަނގައަށް ފޮތިތަކެއް ލައްވައި އަނގަ ބަންދުކޮށްލިއެވެ.

“ހަޅޭއްނުލަވާ ރީތިކޮށް އޮވެބަލަ ދޫންޏާ..” އެމީހާ ނުލަފާ ގޮތަކަށް އެހެން ބުނެލުމަށްފަހު ޔުމްނާ ލައިގެން ހުރި ހެދުމުގެ ކަރުވަޅުގައި ހިފައި ބާރަކަށް ދަމައިގަތެވެ. އެއާއެކު ފަސޭހަކަމާއެކު ހެދުން އިރައިގެން ގޮސް ޔުމްނާގެ މޭމައްޗާއި ބަނޑު ހާމަވެގެން ދިޔައެވެ. ކަރުނަތައް އޮހެމުންދާ ހާލު ޔުމްނާ ސަލާމަތްވާން މަސައްކަތް ކުރި ނަމަވެސް އެމީހުން އޭނާ ގައިގައި ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އެކަން ކާމިޔާބެއްނުވިއެވެ. ހިތާހިތުން މި މުޞީބާތުން ސަލާމަތްކުރައްވާތޯ އޭނާ ދުޢާކުރަމުން ދިޔައެވެ.

** ** **

“ކޮބާ ޔުމްނާ؟” އާރިކް މުނީރުގެ ގާތަށް އައިސް އަހާލިއެވެ. އޭރު ޔުމްނާ ފެނޭތޯ އޭނާގެ ދެލޯ ވަށައިގެން ދައުރުކުރަމުން ދިޔައެވެ.

“ކަލޭ އަންހެންކުދިންނަށް ފޮނި ދައްކަ ދައްކާފަ އައިސް އެންމެފަހުންދޯ ޔުމްނާ ތި ހޯދަނީ؟” މުނީރު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“އޭ އަސްލުވެސް ކޮބާތަ އޭނަ؟” އާރިކް އަނެއްކާވެސް އަހާލިއެވެ.

“ދެންމެ އޭނަ ގަޔަށް ކޯކްތަށި ވެރިގެން މިޝްކާ ދިޔައީ އޭނަ ގޮވައިގެން އެތަން ދޮންނަން..” މުނީރު ކަންތައް ވީގޮތް ބުނެދިނެވެ. އެއާއެކު އާރިކްގެ މޫނަށް ހައިރާންކަން ވެރިވިއެވެ.

“އަހަރެން ދެންމެ ދެކުނިން މިޝްކާ ލޫނާމެންނާ އެކު ހުރިތަން އެކޮޅުގަ… އެކަމަކު އެތާކު ޔުމްނާއެއް ނެތް..” އާރިކް ލިފްޓު ހުރި ދިމާއަށް އިޝާރާތްކޮށްލިއެވެ. އެއާއެކު މުނީރުގެ ނިތަށް ރޫތަކެއް ޖަވާމިއެވެ. އެއްޗެއް ފަހުމްވާ ކަހަލަ ގޮތަކަށް އޭނާ އެދިމާއަށް ހިނގައިގަތީ އިތުރު ބަހެއް ބުނުމެއް ނެތިއެވެ. އާރިކްވެސް މުނީރުގެ ފަހަތުން ކަހަލަ ގޮތަކަށް ދިޔައެވެ.

“އެ ތިން ގޮލާ ވެއްދީތަ ރޫމްއަށް މިހާރު؟” މިޝްކާ ލޫނާ ގާތު އަހާލިއެވެ. ލިފްޓު ކައިރީގައި ހުރި ގޯޅިގަނޑުގެ ތެރޭގައި އެދެމީހުން ތިއްބެވެ.

“އާނ.. މިޝޫ ހަމަ އަންނައިރަށް މަ އެމީހުންނަށް ގުޅާފަ ބުނެފިން އަންނާށޭ..” ލޫނާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. މިޝްކާ އެއްމިޔަކުން ހީލިއެވެ. އެ ހިތުގައި ޔުމްނާއަށްޓަކާ އެއްވެސް ރަހުމެއް ނުވާކަހަލައެވެ.

“މިރޭ އެ އަންހެނާ ވަރުގަދަ ބޮނޑިއެއް ބޯނެ.. މިރޭ އޭނަ ހިތަށްއަރާނެ މަގޭ ބައްޕައާ އިނުމަކީ އޭނައަށް ކުރެވުނު މޮޔަކަމެކޭ.. ދެޓް ބިޗް ހަމަ މަރާލަންވީ އަސްލު..” މިޝްކާ އެހެން ބުނެލީ ދެބުމަ ގޮށްޖަހާލަމުންވެ. އަތުގައި އޮތް ޑްރިންކް ތަށި ހުސްކޮށްލުމަށްފަހު އޭނާ އެތަށި އަތަށް ބޮނޑިކޮށްލިއެވެ.

“މިޝްކާ!” މިޝްކާ އާއި ލޫނާ ސިހިފައި ފަހަތް ބަލާލީ މުނީރުގެ އަޑަށެވެ. އޭނާގެ މޫނުމަތިން އެދެމީހުންގެ ދެމެދުގައި ދެކެވުނު  ހުރިހާ ވާހަކައެއް އަޑުއިވުނުކަން ހާމަވެއެވެ. އޭނާގެ ފަހަތުގައި ހުއްޓިގެން ހުރި އާރިކްގެ ދެއަތް ވަނީ މުއްކެވިފައެވެ. ފުންމައިގެން އައިސް އޭނާ މިޝްކާގެ އަތުގައި ބާރަކަށް ހިފާލިއެވެ.

“ކޮބާ…. ޔުމްނާ؟” އާރިކް ވަކިވަކިން އެ ދެބަސް ކިޔާލިއިރު އޭނާގެ ދަތްކުނޑި ވަނީ ވިކިފައެވެ. މިޝްކާ ހިންދިރުވާލިއެވެ. މުނީރުއަށް އޭނާ ކުރި ކަންތައް ފަޅާއެރުމުން އެ ހިތް ވަނީ ނުތަނަވަސް ވެފައެވެ.

“ތިރީ ފްލޯ.. ރޫމް ނަންބަރ 3…” މިޝްކާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު އާރިކް ސިޑިން ތިރިއަށް ފޭބުމަށްޓަކާ ދުއްވައިގަތެވެ. ލިފްޓު ހުރިކަން ވެސް އޭނާ ހަނދާންނެތް ކަހަލައެވެ. އާރިކް ދިއުމާއެކު މިޝްކާގެ އަތުގައި ހިފައިގެން މުނީރު ލިފްޓަށް އެރިއެވެ. އޭނާގެ މޫނުމަތީގައިވާ ނުރުހުމުގެ ކުލަވަރުން މިޝްކާއަށް އިސްޖަހާލަން މަޖުބޫރުވިއެވެ. އޭނާ މުނީރު ދެކެ އިންތިހާއަށް ލޯބިވެއެވެ. މުނީރު އޭނާ ދެކެ ރުޅިއައިސްފައި ހުރުމަކީ އެހިތަށް ކުޅަދާނަ ކަމެއް ނޫނެވެ.

** ** **

ޔުމްނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެ ތިން ފިރިހެނުންނަށް ނުފެންނަ ކަހަލައެވެ. ޔުމްނާގެ ހަށިގަނޑުގެ އެތަން މިތަނުގައި ބޮސްދެމުން ދިޔަ މީހާގެ ދެލޮލުގައި ވަނީ މަސްތުކަމެވެ. އެ ދެލޮލުން ޔުމްނާ ދޫކޮށްލާނީ އޭނާގެ ހިތް ފުރުނީމައޭ ބުނާ ކަހަލައެވެ. އޭނާގެ ކަރުހިއްކުން ފިލީމައޭ ބުނާ ކަހަލައެވެ.

ކުއްލިއަކަށް ތިން މީހުންވެސް ސިހުނީ ބަން ލާފައި އެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ޔުމްނާވެސް ކަރުނަވީ ދެލޮލަކުން އެދިމާ ބަލާލިއެވެ. ދޮރުމަތީގައި ހުއްޓިގެން ހުރި އާރިކް ފެނުމުން އެހިތަށް ކުޑަ ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އާރިކް ބަލާކަށް ނުހުރެ އައިސް ޔުމްނާގެ ގައިމަތީގައި އޮތް މީހާ ނަގައި ހޫރާލިއެވެ. އެދެލޮލުން އާދަޔާ ޚިލާފު ރުޅިވެރިކަމެއް ފާޅުވާން ހުއްޓެވެ. އޭނާގެ ބާރުގަދަކަން ފެނި އަނެއް ދެމީހުންވެސް ބިރުގަތެވެ. އަވަސް އަވަހަށް ތިން މީހުން ދުވެފައި ނިކުމެގެން ދިއުމާއެކު އާރިކް ބަލާލީ އެނދުމަތީގައި އޮތް ޔުމްނާއަށެވެ. އުނދަގޫ ގޮތަކަށް ޔުމްނާ ތެދުވެ އެނދުގައި އިށީނެވެ. އޭރު އޭނާގެ ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. އާރިކް އޭނާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ޔުމްނާއަށް ދިއްކޮށްލިއެވެ. ތުރުތުރުލާ އަތަކުން ޔުމްނާ އެ ގަމީހުގައި ހިފިއެވެ. އޭރުވެސް އޭނާއަށް ގިސްލެވެނީއެވެ.

ޔުމްނާ ގަމީސްލުމާއެކު އާރކް ޔުމްނާގެ ބޮލުގައި ފިރުމާލިއެވެ. އެ ކުއްޖާ ހުރި ހާލު ފެނި އާރިކްގެ ހިތް ހަމްދަރުދީއިން ފުރިގެން ދިޔައެވެ. އޭނާ ޔުމްނާގެ ދެލޮލާއި ނޭފަތުން ފާބައިފައިވާ ފެންތައް ފުހެލަދިނެވެ. ރުއިމުގެ ސަބަބުން އެ ބޮޑު ދެލޯ ވަނީ ހިސާބަކަށް ރަތް ވެފައެވެ. ނޭފަތަށްވެސް ފިޔާތޮށި ކުލަ އަރާފައި ވިއެވެ.

“ހޭ.. އޯކޭތަ؟” އިރުގަނޑެއް ވީއިރުވެސް ޔުމްނާގެ ގިސްލުން ނުހުއްޓޭތީ އާރިކް އަހާލިއެވެ. އެއާއެކު ޔުމްނާގެ ގިސްލުންވީ އިތުރެވެ. ބާރުބާރަށް ރޮމުން އޭނާ އާރިކްގެ ހަށިގަނޑުގައި އޮޅުލައިގަތީ އެ ހިމާޔަތަށް އެދޭ ފަދައިންނެވެ. އެ ހިތުގައި އެތަށް ޝަކުވާއެއް އުފެދިފައި ވިއެވެ. އަބަދު އޭނާއަށް ހިތާމަތަކާ ކުރިމަތިލާންޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެންމެން އޭނައާ މެދު މި ގޮތަށް ކަންތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަކީ އެހެން މީހުންގެ ނަޒަރުގައި ކުޅޭކުޅޭ އެއްޗެއް ހެއްޔެވެ؟ އުފަން ބައްޕަގެ ފަރާތުންވެސް އޭނާއަށް ލިބެންޖެހޭ އޯގާތެރިކަމާ އަޅާލުމެއް ނުލިބުނެވެ. އޭގެ ބަދަލުގައި އެ ބައްޕަގެ ފަރާތުން އޭނާއަށް ލިބުނީ އަނިޔާއެވެ. ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާއެވެ. އޭނާ އަކީ އެ ބައްޕަ ކަރުހިއްކަން ބޭނުންކުރާ އެއްޗެކެވެ. އޭނާ އަކީ އެއްވެސް އަގެއް ހުރި މީހެއް ނޫނެވެ. އެންމެފަހުން އެ ބައްޕަ އޭނާ ނުވެސް ދަންނަ، ޢުމުރުން އެހާ ދޮށީ މީހަކަށް ވިއްކާލީއެވެ. ފަރީދުއާ އިނުމުން އޭނާއަށް ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟ ލިބުނުހާވެސް އެއްޗަކީ ހިތްދަތިކަމެވެ. ފަރީދުގެ އާއިލާގެ މީހުން އޭނާއަށް ހާދަ ނަފުރަތެއް ކުރެއެވެ. އޭނާ ހީކުރީ މިޝްކާ އޭނާއަށް ރަނގަޅުވީ ކަމުގައެވެ. މިޝްކާ އޭނާއަށް ހެޔޮއެދޭ ކަމުގައެވެ. މިޝްކާއާ ގާތް ގުޅުމެއް ބާއްވަން އޭނާ ހާދަ ބޭނުންވިއެވެ. ނަމަވެސް މިޝްކާވެސް އޭނާއަށް ލަނޑު ދިނީއެވެ. އެންމެންވެސް އޭނާއަށް ހަދަނީ ހަދާނެ ގޮތެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

02:30 ސައްބީސްވަނަ ބައި

Next

އަގެއްނެތްލޯބި 19 ވަނަބައި

Next
September 15, 2017

އަގެއްނެތްލޯބި 19 ވަނަބައި

Previews
September 15, 2017

02:30 ސައްބީސްވަނަ ބައި

23 Comments!

  1. mal says:
    September 15, 2017 at 12:06 pm

    yayy me first ooo

  2. mal says:
    September 15, 2017 at 12:07 pm

    adhi nuvx kiyan… kiyaafa comment kohlaanan

  3. Manna says:
    September 15, 2017 at 12:13 pm

    Yah me 2nd my joursey num ven I was in IMS

  4. Liaa says:
    September 15, 2017 at 12:18 pm

    Hey hurihaa kudhin! heekuran mi part ves kamudhaane kamah.. 🙂
    Loves<3
    Next part up koh dheveynii TUESDAY ga.
    Sorry. Mi dhuvaskolhu Liaa busy koh ulheythy eiy.. Next week ge fahun avahah up kohdheynan iraadha kurevviyaa.. Busy veema kudhinge comments ah ves reply nukurevenii.. Sorry 🙁

  5. mal says:
    September 15, 2017 at 12:20 pm

    woww liaa..v rythi ekamu kuruhn hyvany.. bt its ok…buxy vx vaane dhww

  6. Nadheema says:
    September 15, 2017 at 12:21 pm

    I think me second yayy
    vvv nala

  7. Aish Phirusha says:
    September 15, 2017 at 12:27 pm

    Nice story eh

  8. Kia says:
    September 15, 2017 at 12:28 pm

    Nice.waitingggggggg??

  9. Navya says:
    September 15, 2017 at 12:50 pm

    Wow? mi part ves v habeys… waiting waiting ?

  10. Adha? says:
    September 15, 2017 at 1:25 pm

    Tuesday ga ey…☹ but its ok i Will wait.. reethikamun sometimes hithah araa story ehkn ekee kiyaalan libeynama ey?…. great work liaa… ? nd ashfaan e kury keeh.. hama huss ehvarehge baeh. Aarik kanneynge rangalhu vaany yumna ah dw.??
    Waitingssss❤❤❤❤

  11. Azoo ahoo says:
    September 15, 2017 at 1:36 pm

    vvv nice story

  12. Any says:
    September 15, 2017 at 2:22 pm

    Liaa story v reethi e miskayah v gadha ladeh dheythi

  13. Hafeez says:
    September 15, 2017 at 2:33 pm

    Mishkaa ashaai Shanaa ah rangalhu ladeh libihjehyaa rangalhu. Story is very nice. Waiting for tuesday

  14. mal-mal says:
    September 15, 2017 at 2:53 pm

    an interesting story and this chapter is amazing,MashaAllah. ???I’m waiting for the next part!! ???

  15. khajja says:
    September 15, 2017 at 3:05 pm

    Ohh wow masha allah syry v v v rythi v v furihama?? alhey nxt prt haadhalahunney gennan thibuny ae avvure avahennuvaanetha??? aarik yumna dheke mihaaruves loabivey dhw emmefahun aariku yumge husband ah hurihaa ehcheh kiyaadheynykanneynge dhw aarik n yumnaa aa gulheveynehen v hyvey eba yum ah kiriyaaves heven edheyny aarik dhw mishkaa n shanaa ah ekurikanthakuge adhab libenjeheyne adhi ekamuge huriveynaai kekulhun emyhunnavves ihusaas kolladhybala aarik ? stry v v habeys v v furihama ?????❤❤????????

  16. Zeesha says:
    September 15, 2017 at 3:32 pm

    Liaaaaaaa… Mi part vex v v v nicee???.. Good job ???
    And tuesday gayeyyy?!?? haadha lahakun?..
    BTW oks… I’ll wait

  17. click a shot ? says:
    September 15, 2017 at 5:56 pm

    Alhey ashafaan..kihineh ehedhy…?aarik ae hero eh dhw
    aarik aa yumna gulheynenama..i wish…?❤️Love you liyaa

  18. Xxxx says:
    September 15, 2017 at 11:13 pm

    Just amaazing..v.nice..waiting 4 next part?

  19. Afraaax says:
    September 16, 2017 at 7:58 am

    Shalhi vaahaka e

  20. sana says:
    September 16, 2017 at 2:04 pm

    Wow! Nice keep it up liaa

  21. azeen says:
    September 16, 2017 at 4:05 pm

    wowwww v reethi .avahah up kohladhehchey..

  22. Nadheema says:
    September 16, 2017 at 6:33 pm

    Im sorry i was not the 2nd one
    then I cant see the comments because i did not refresh my lap
    !(

  23. Zykko says:
    September 18, 2017 at 12:44 pm

    Nice story…waiting 4 nex part?

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (12)←


All Right Reserved!