“ކީކޯ އޮތީ؟ އޭނަގެ ހަލު ރަނގަޅުތަ؟” ނަސްރީން އަވަސްއަވަހަށް އަހާލިއެވެ. “ހުރި ގޮތް ކުޑަކަން!” ފަރީދު ބާރަކަށް ހަޅޭއްލަވައިގަތެވެ. އެވަގުތު އޭނާގެ އަތުގެ ހޫނު ހަމަލާއެއް ނަސްރީންގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައެވެ. ފަރީދު ޖެހި ތަނުގައި ހިފަހައްޓާލަމުން، ނަސްރީން ފަރީދުގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. “މި ބަލާބަލަ!” މިޝާލްގެ ސިޓީ ނަސްރީންއާ ދިމާއަށް އެއްލަމުން ފަރީދު ހަޅޭއްލަވައިގަތެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރަން ނުހަދާ އޭނާ ކޮޓަރިތެރެއިން ނިކުމެގެން ދިޔައީ އަތުން ފައިން […]
“ބައްޕަ މި ބުނީ މާދަމާ ހާރޫންއާ ޔުމްނާ ފުރާއިރު އަހަރެމެންވެސް އެރަށަށް ޖައްސާލަންވީ ނޫންހޭ؟” ރަޝީދު އޭނާގެ އެދުން ހާމަކޮށްލިއެވެ. އާރިކް ދެލޯ ހަނިކޮށްލިއެވެ. ޖުވައިރިޔާގެ މޫނުވެސް ބަލާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް ޔުމްނާ…ޔުމްނާ ގާތުގައި ހުންނަން އޭނާގެ ހިތް އެދެމުން ދިޔައެވެ. “މައްސަލައެއް ނެތް އަހަރެންގެ..” އާރިކް އެކަމާ އެއްބަސްވިއެވެ. ޔުމްނާއަށް ދިމާވާ ކޮންމެ ކަމެއްގައި ޔުމްނާއަށް އެހީވެދޭން ހުންނަން އޭނާ ބޭނުންވެއެވެ. ** ** އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަރޫޝާ ކޮޓަރީގައި […]
“ބޭބޭ.. މާފުކުރޭ އިނގޭ ކުރިން އެގޮތަށް ވާހަކަދެއްކުނީމަ.. އެކަމަކު ބޭބެ މިތަނަށް އަޔަސް ޔުމްނާއެއް ނުފެންނާނެ! ފަރީދު ޔުމްނާ ވަރިކޮށް، މިގެއިން ނެރެލައިފި..” މުނީރު އެހެން ބުނުމުން ހާރޫންއަށް ލިބިގެން ދިޔައީ ޝޮކެކެވެ. “ކީކޭ؟ ދެން..ދެން އެކުއްޖާ ކޮންތާކު ދިރިއުޅެނީ؟” ހާރޫން ހާސްވެފައި އަހާލިއެވެ. ފަރީދު ޔުމްނާ އެގެއިން ނެރެލުމުން، ޔުމްނާ ވަކި ވަންނާނީ ކޮންތަނަކަށް ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެވަގުތު މުނީރު ހާރޫންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ބޭބެ ހާސްނުވޭ.. ޔުމްނާ ހުރީ […]
“އައި ލަވް ޔޫ މަމް..” މިޝާލް އެހެން ބުނުމަށްފަހު ފޮށި ހިފައިގެން ގޭތެރެއިން ނިކުންނަން ހިނގައިގަތެވެ. ދޮރު މައްޗަށް އަރާފައި އޭނާ އެންމެ ފަހު ފަހަރަށް އެތެރޭގައި ތިބި މީހުންގެ މޫނުތަކަށް ބަލާލިއެވެ. “މަޑުކޮށްބަލަ ދަރިފުޅާ.. މަންމަމެން ދާނަން ފުރާ ތަނަށް..!” އެވަގުތު ނަސްރީން ގޮވާލިއެވެ. ނަމަވެސް މިޝާލް އެކަން މަނާ ކުރިއެވެ. “ނޫން މަންމާ.. ދެން އަންނާނެ ކަމެއް ނެތެއްނު؟ އަހަރެން އެކަނި ހިނގައިދާނަމޭ..” މިޝާލް އެހެން ބުނުމަށްފަހު ފޮށި ދަމަމުން އެ ގެއިން ނިކުމެގެން […]
“އަޝްފާން..” ޔުމްނާ އެ ނަން ބުނުމާއެކު އަރޫޝާގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިޔައެވެ. “ކޮން ރަށެއް އެއީ؟” އަރޫޝާ ފާޑަކަށް އަހާލިއެވެ. “އިނގުރައިދޫ..” ޔުމްނާ އެހެން ބުނުމާއެކު އަރޫޝާއަށް ތެޅިގަނެވުނެވެ. ޔުމްނާ ލޯބިވާ މީހަކީ ހަމަ އެ އަޝްފާން ހެއްޔެވެ؟ އޭނާގެ ބޮޑުދައިތަގެ ދަރިފުޅު ހެއްޔެވެ؟ “އެ.. އެހެންތަ؟ މީތަ އޭނަ އަކީ؟” އަޝްފާންގެ ޕްރޮފައިލް ހުޅުވައި، އަޝްފާންގެ ފޮޓޯއެއް ދައްކާލަމުން އަރޫޝާ އަހާލިއެވެ. ޔުމްނާ އިރުކޮޅެއް ވަންދެން އެ ފޮޓޯއަށް ބަލަން އިނެވެ. އެ މޫނުމަތިން […]
“ދޮންބެ ދެން ޔުމްނާ ގާތު ބުނެފިންތަ ލޯބިވާ ވާހަކަ؟ ލެޓް މީ ގެސް.. ނުބުނަން ދޯ؟ އަޅޭ ކޮންފެސް ކޮށްބަލަ.. އޭރުންދޯ ޔުމްނާގެ ހިތުގައިވާ އެއްޗެއްވެސް އެނގޭނީ..” އަރޫޝާ އާރިކްއަށް ވިސްނައިދޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. ބޭރުން އަޑެއް އިވިގެން ދެމީހުންވެސް ދޮރާ ދިމާއަށް ބަލާލިއެވެ. އެ ކޮޓަރީގެ ދޮރު ކުރިމަތީގައި ހުއްޓިގެން ހުރި ޔުމްނާ ފެނުމުން ދެމީހުންގެ ބަސް ވެސް ހުއްޓުނެވެ. “އަމްމް.. ފެންފުޅި ހުސްވެފަ ހުރީމަ..” އަތުގައި އޮތް ހުސް ފުޅި ދައްކާލަމުން ޔުމްނާ ބުނެލިއެވެ. […]
އަހަރެން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އަހަރެމެންގެ ކުރިމަތީގައި ހުއްޓިގެން އެ ހުރީ ރައްޔިތުންގެ މަޖުލީހުގެ މެންބަރެއް ނޫން ހެއްޔެވެ؟ އަހަރެން އެތާ ތިބި އެހެންމީހުންގެ މޫނުތަކަށް ބަލާލީމެވެ. އެމީހުންގެ މޫނުމަތިން ހައިރާންކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ހައިރާންވެގެން މިއުޅެނީ އަހަރެން އެކަނި ހެއްޔެވެ؟ އަހަރެން ކުރިމަތީގައި ހުރި ބޭފުޅާގެ މޫނަށް ބަލާލީމެވެ. އަނެއްކާ އަހަންނަށް އެއީ ކާކުމަމާ މެދު އޮޅުން އެރީ ހެއްޔެވެ؟ ދެފަހަރަކު އަހަންނަށް ލޯވެސް އުނގުޅާލެވުނެވެ. “އުންމީދުކުރަން އަހަރެން ބޭނުންވާ ގޮތަށް ތިޔަ […]
“ދެން އަހަރެން ގޮސްލީ..” ހާރޫން އެހެން ބުނީ މިވަގުތު އެތަނުގައި ހުރުމަކީ އެހާ ބުއްދިވެރި ކަމެއްނޫން ކަމަށް ވިސްނުނީތީއެވެ. ހޮސްޕިޓަލުން ނިކުމެގެން އޭނާ އައިއިރު އެ ދެލޯ ހަމަ ރީއްޗަށްވެސް ފެންކަޅި ވެއްޖެއެވެ. އާބިދާ މިދުނިޔެ ދޫކޮށް އެދިޔައީ ކޮންފަދަ ނުބައި ފިރިއެއްގެ އަނިޔާތަކާ އެކުގައި ހެއްޔެވެ؟ އާބިދާގެ އުމުރުގެ ބޮޑުބައި ހޭދަކުރަންޖެހުނީ ރާމިޒުގެ ވަކިތަކުގެ ދަށުގައެވެ. އެ ފަކީރު އެންމެފަހުން ހީލީ ކޮން ދުވަހަކު ބާވައޭ ހާރޫންގެ ހިތަށް އެރިއެވެ. އަޝްފާން އާއެކު ހާރޫން އުނގޫފާރުން […]
މިޝާލް ފަސޭހަ ކަމާއެކު ޔުމްނާ ލައިގެން އޮތް ހެދުން ވީދާލިއެވެ. ޔުމްނާގެ ދޮން ހަށިގަނޑު އެއްކޮށް ހާމަވުމުން އެ މޫނުމައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭރުވެސް ޔުމްނާ ގެންދިޔައީ ސަލާމަތަށް އެދި އާދޭސްކުރަމުންނެވެ. އަތްފައި ތަޅުވައި، ތެޅިފޮޅެމުންނެވެ. ނަމަވެސް މިޝާލް އެއަށްވުރެ މާ ހުށިޔާރެވެ. އެނދުމަތީގައި އޮތް ބެޑުޝީޓުން އޭނާ ޔުމްނާގެ އަތްފައި ބަނދެލީ އެފަކީރަށް ގުޑިވެސް ނުލެވޭހާ ބާރަށެވެ. “މީހެކޭ!” މިޝާލް އޭނާ ލައިގެން ހުރި ޖެކެޓު ތަޅުންގަނޑު މައްޗަށް ހޫރާލުމާއެކު ޔުމްނާ ހަޅޭއްލަވަން ފެށިއެވެ. […]