Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (10)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
September 13, 2017 8 Mins Read
19 Comments

“މިލިއަނަރ ފަރީދުގެ ދެވަނަ އަނބީގެ ރީތިކަމަށް އެތައް ބައެއްގެ ތަޢުރީފު.” އަވަސް ނޫހުގެ ޚަބަރުގެ ސުރުޚީ ކިޔާލި ވަގުތު އަޝްފާންގެ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ވޭނެވެ. ޚަބަރުގެ ކަވާރ ފޮޓޯގައި ޕާޓީގެ ތެރޭގައި ފަރީދުއާއި ޔުމްނާ އެކީގައި ވާތަން ފެނުމުން އަޝްފާންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ދުވަސްތަކަކަށްފަހު ޔުމްނާގެ މައުސޫމް މޫނު ފެނުމުން އެ ހިތަށް ކޮށްފައި ވަނީ ވަރަށް ވެސް ފުން އަސަރެކެވެ.

** ** **

ޔުމްނާއަށް ހެނދުނު ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އެނދުން ތެދުވެ މޯޅިއަކަށް ދެމިލުމާއެކު ރޭގެ ޕާޓީގެ މަތިން ހަނދާންވެގެން ދިޔައެވެ. ފަރީދު އޭނާ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނަށް ތަޢާރަފުކޮށްދިނުމުން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް އޭނާއަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އޭނާއަށް މި ދުނިޔޭގައި އެއްވެސް އުފަލެއް ނެތް ކަމެވެ.

ފެންވަރައި ހަދައިގެން ޔުމްނާ ކޮޓަރިން ނިކުތްއިރު ސިޓިންގރޫމުގައި ރަހުމަތްތެރިން ތަކެއް ގޮވައިގެން މިޝްކާ އިނެވެ. ޔުމްނާ ފެންނައިރަށް މިޝްކާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ޔުމްނާ މިޝްކާއަށް ކުޑަކޮށް ބަލާލުމަށްފަހު މިސްރާބުޖެހީ ބަދިގެއާ ދިމާއަށެވެ.

“އާގް! ވަރަށް ފޫހިވޭ މަ ދެން.. މިހާރު ނޫސްތަކުގަ ވެސް ބައްޕަ އޭނައާ އިން ވާހަކަ އޮންނަނީ..” މިޝްކާ އެއްއަތުން ނިތްކުރީގައި އަތް ޖައްސާލަމުން ބުނެލިއެވެ. ޔުމްނާއާހެދި އެ އާއިލާގެ އަގު ވެއްޓިއްޖެ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔައެވެ.

“އޭނައަށް ވަރުގަދަ ލަނޑެއް ދީބަލަ.. އެކަހަލަ ގޯލްޑް ޑިގާސް އަށް ވިސްނޭނީ އޭރުން..” މިޝްކާއާ ޖެހިގެން އިން ލޫނާ ބުނެލިއެވެ. އެއާއެކު މިޝްކާ ވިސްނުންތެރިކަމާއެކު ބޯޖަހާލިއެވެ.

“ކޮން އިރަކުން ހަނީމޫންއަށް ފުރަނީ؟ ފުރުމުގެ ކުރިން މަ ބޭނުން މިޝޫއަށާ މުނީރުއަށް ޕާޓީއެއް ދޭން..” ލޫނާ ބުނެލިއެވެ.

“މާދަމާ ފުރަނީ.. އެއީ މާލެ އައިސް އުޅޭ މުނީރުގެ އާއިލާ މީހުން ދިޔައީމަ ފުރެނީ.. ސޯ މިރޭ ތި ޕާޓީ އޮންނަންވާނެ..” މިޝްކާ އެހެން ބުނެލުމުން ލޫނާ އާއެކޭ ބުނެލިއެވެ.

“އެންޑް މަށަށް ވަރަށް ސަޅި ޚިޔާލެއް އައިސްފި..” ފުއްޓަތްކެއް ޖަހާލަމުން މިޝްކާ ބުނެލިއެވެ. އަދި ސިއްރު ސިއްރުން އެ ހިތުގައިވާ ރޭވުން އެންމެންނާ ހިއްސާކޮށްލިއެވެ. އޭރު އެ މޫނުމަތީގައިވީ ނުލަފާ ހިނިތުންވުމެކެވެ.

ކާގެ މޭޒު ދޮށުގައި ކޮފީތައްޓެއް ގިރަން އިން ޔުމްނާ ސިހުނީ އެތަނަށް ކޮންމެވެސް މީހަކު ވަތް އަޑު އިވުމުންނެވެ. ބަލާލިއިރު އެތެރެއަށް ވަދެގެން އަންނަނީ މުނީރުއެވެ. ޔުމްނާ ބިރުން ކަހަލަ ގޮތަކަށް މުނީރުއަށް ބަލައިލިއެވެ. ލައިގެން ހުރި ސޯޓުގެ ދެޖީބަށް އަތްޖަހާލައިގެން ހިނގާފައި އައިސް މުނީރު ކާމޭޒު ދޮށުގައި އިށީނެވެ.

“ކޮފީއެއް ގިރައި ދެވިދާނެތަ؟” މުނީރު ޔުމްނާއަށް ބަލާލަމުން އަހާލިއެވެ. އެއާއެކު ޔުމްނާ އަވަސްއަވަހަށް ބޯ ޖަހާލަމުން މުނީރު އެ ބުނި ކަންތައް ކޮށްދޭން އަވަސްވެގަތެވެ.

އެއްވެސް ފޫހިކަމެއްނެތި ޔުމްނާގެ ހަރަކާތްތަކަށް ބަލަން މުނީރު އިނެވެ. ފެހި ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމަކާއެކު ސްކިނީއެއް ލާފައި ވީއިރު ޔުމްނާގެ ދިގު އިސްތަށިގަނޑު ގަތާލާފައި ވިއެވެ. ޔުމްނާ ކޮފީ ގިރުމަށްފަހު މުނީރުގެ ކުރިމަތީގައި އާވި އަރައަރާ ހުރި މަގު ބަހައްޓާލިއެވެ.

“މަށަށް ކޮންގްރާއޭ ވެސް ނުކިޔާނަންތަ؟” ކޮފީފޮދެއް ބޯލަމުން މުނީރު އަހާލިއެވެ. އޭނާ ބޭނުންވީ ޔުމްނާ ލައްވާ ވާހަކަ  ދައްކުވާށެވެ. ޔުމްނާ މި މާހައުލާ ބީރައްޓެހިވެފައި ހުންނަ ގޮތެއް އޭނާއަކަށް ކަމަކު ނުދެއެވެ. މީހަކު ފެންނައިރަށް ޔުމްނާ ހުންނަނީ ސިހިސިހިއެވެ. ދެންމެ އޭނާ ކާގެއަށް ވަތް ވަގުތު ޔުމްނާ ސިހިގެން ދިޔަތަން އޭނާއަށް ރަނގަޅަށްވެސް ފެނުނެވެ.

“ކޮ.. ކޮންގަރާ..” އަޅައަޅައި ގަންނަ ގޮތަކަށް ޔުމްނާ ބުނެލީ އިސްޖަހައިގެން ހުރެއެވެ.

“އައްދެ ހާދަ ބީރައްޓެއްސޭ ދޯ މަށާވެސް.. ތީ މަގޭ ދޮންމައިދައިތަ ވިއްޔަ..” މުނީރު އެހެން ބުނުމުން ޔުމްނާ އެއްޗެކޭ ނުބުންޏެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނާ ކާގެއިން ނިކުމެގެން ދިޔައީއެވެ. މުނީރު ވިސްނާލިއެވެ. އަނެއްކާ އޭނާއަށް ބުނެވުނު އެއްޗެއްގެ ސަބަބުން ޔުމްނާގެ ހިތުގައި ޖެހުނީ ހެއްޔެވެ؟

ޔުމްނާ ސިޓިންގްރޫމް ތެރެއިން ލާފައި ކޮޓަރިއާ ދިމާއަށް ދިޔައިރު މިޝްކާ ރައްޓެހިންތައް ކާރެއްގައި ފޮނުވާލުމަށްފަހު އެތެރެއަށް ވަންނަނީއެވެ. ޔުމްނާ ފެނުމާއެކު އޭނާ ފިޔަވަޅުތައް އަވަސްކޮށްލިއެވެ.

“އޭތް!” މިޝްކާ ޔުމްނާއާ ދިމާއަށް ގޮވާލި ވަގުތު ޔުމްނާ ހުއްޓެލިއެވެ. މިޝްކާ ގޮސް އޭނާގެ އަތުގައި ހިފައިގެން އައިސް އެތަނުގައިވާ ސޯފާ ގޮނޑުތަކުގައި އިށީނެވެ.

“މީ… އަސްލު… ކުރީ ދުވަހު އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން… މާފަށް އެދެން ވެގެން..” އުނދަގުލުން ކަހަލަ ގޮތަކަށް މިޝްކާ ބުނެލިއެވެ. ޔުމްނާ ހައިރާންވެފައި މިޝްކާގެ މޫނަށް ބަލާލިއެވެ. އެހާ ފަސޭހައިން މިޝްކާ އޭނާއާ ރީތިކޮށް ވާހަކަދައްކަފާނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ.

“އިޓްސް އޯކޭ.. އަހަރެންގެ ހިތް މިޝްކާއަށް ނުބައެއް ނޫން އެއްވެސް އިރެއްގައެއް..” ޔުމްނާ ހިނިތުންވެލަމުން ބުނެލިއެވެ. މިޝްކާއާ އޭނާއާ ދެމެދުގައިވާ ގުޅުން ރަނގަޅު ކުރުމަށް ޚުދު އޭނާ ވެސް ބޭނުންވެއެވެ.

“އަސްލުވެސްތަ؟ ވަރަށް އުފާވެއްޖެ ދޮންމަމް! އޯކޭތަ އަހަރެން ދޮންމަމް ކިޔަސް؟” މިޝްކާ އުފާވެފައި ހުރެ ޔުމްނާގެ ދެއަތުގައި ހިފާލަމުން ވާހަކަދެއްކިއެވެ. ޔުމްނާ ހީލަމުން ބޯ ޖަހާލިއެވެ. “ދޮންމަމް” އޭ ކިޔައި މިޝްކާ މުޚާތަބު ކުރުމުން ކުޑަކޮށް އުނދަގޫވި ނަމަވެސް މިޝްކާގެ އުފަލައްޓަކާ އޭނާ އެކަމާ އެއްބަސްވިއެވެ.

“އަސްލު ދޮންމަމް ތީ އަހަރުން އޭޖްގެ ކުއްޖެއްނު؟ އެހެންވީމަ ޖެހޭނެ އަހަންނާއެކު ގިނަގިނައިން އުޅެން… މިރޭ އޮންނަ ޕާޓީއަކަށް އަހަންނާއެކު ދެވިދާނެތަ؟” މިޝްކާ ލޯބި ގޮތަކަށް ތުންކޮޅު އޫކޮށްލަމުން އަހާލިއެވެ. ޔުމްނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އޭނާ ވެސް ހުރީ އަބަދު ގޭގައި އިންނަން ފޫހިވެފައެވެ. އެވަގުތު ބޭރަށް ނިކުންނަން ދިޔަ ފަރީދު ފެނުމުން މިޝްކާ ފަރީދުއަށް ގޮވާލިއެވެ.

“ބައްޕާ! އޯކޭ ދޯ މިރޭ ދޮންމަމް ބޭރަށް ގެންގޮސްލިޔަސް؟” މިޝްކާ ފަރީދުއާ މުޚާތަބުކޮށް ބުނެލިއެވެ. އެވަގުތު ފަރީދު މިޝްކާއަށް ބަލާލީ ފާޑަކަށެވެ. މި ހުރިހާ ދުވަހަކު ޔުމްނާ ދެކެ ރުޅިއައިސްގެން އުޅެފައި މިހާރު މިޝްކާ އެއިނީ ޔުމްނާގެ އަތުގައި ހިފާލައިގެން ވިއްޔާއެވެ.

“މައްސަލައެއް ނެތް ބައްޕައަށް..” ހީލައިގެން އިން ޔުމްނާ ފެނުމުން ފަރީދު ބުނެލިއެވެ. ޔުމްނާ އެހާ ރީތިކޮށް ހިނިތުންވެފައި ހުއްޓާ އޭނާއަށް މިފެނުނީ އަލަށެވެ. ޔުމްނާގެ އެއްވެސް އުފަލަކަށް ހުރަސް އަޅާކަށް އޭނާ ބޭނުމެއް ނުވިއެވެ.

“ޔެސް!” ފަރީދުގެ ހުއްދަ ލިބުމާއެކު މިޝްކާ ބުނެލިއެވެ. މިޝްކާ އުޅޭ ގޮތުން ހީވަނީ އެއްފަހަރާ ދެޢީދު ލައިގަތީ ހެންނެވެ. “މިރޭ ދޮންމަމް ޖެހޭނީ އަހަރެން ބުނާ ހެދުމެއް ލާން… އަދި ދޮންމަމްގެ މޭކަޕް ވެސް ކޮށްދޭނީ އަހަރެން..” މިޝްކާ އެހެން ބުނެލުމުން ޔުމްނާ އެކަމާވެސް އެއްބަސްވިއެވެ. ހަމައެކަނި މިޝްކާގެ އުފަލައްޓަކައެވެ. އެހެންނޫނީ އޭނާއަށް ފެންނަނީ މިޝްކާގެ ފުސް މޫނެވެ. މިޝްކާ އެހާ އުފާވެފައި ހުރުމުން އޭނާއަށްވެސް ބަޔާންކުރަން ދަތި އުފަލެއް ލިބިގެން ދިޔައެވެ.

މެންދުރުފަހުގެ ވަގުތު ޔުމްނާ އުޅުނީ ގޯތިތެރޭގައި މާގަސް އިންދުމުގެ މަސައްކަތުގައެވެ. އެކަން ކުރަން މަސައްކަތު މީހަކު ހުރި ނަމަވެސް މާގަސް ހެއްދުމަކީ ޔުމްނާ އަބަދުވެސް ކުރާ ހިތްވާ ކަމެއް ކަމުން އެކަން އަމިއްލައަށް ކޮށްލަން ބޭނުންވީއެވެ. އިރުގެ ގަދަ އަވި އޭނާގެ ދޮން މޫނަށް އެޅިފައި ވުމުގެ ސަބަބުން އެ މޫނުމަތި ފެންނަނީ ކުރިއަށްވުރެ ވެސް އުޖާލާކޮށެވެ. އެ ދިގު އިސްތަށިގަނޑުގައި ބޮޑު ހުޅިއެއް ޖަހާފައި ވިއެވެ. ދެއަތަށް ހުދުކުލައިގެ ބޮޑު ދެއަންގި ލައްވައިގެން އޭނާ ގަސް އިންދުމަށްޓަކާ ވަޅުކޮންނަމުން ގެންދިޔައެވެ. އިރުއިރުކޮޅާ ނިތްކުރިމަތިން ފައިބަމުންދާ ދާތިކިތައް ލައިގެން ހުރި ހެދުމުގެ އަތުކުރިން އޭނާ ފުހެލައެވެ.

މުނީރު އާއެކު އޮލަ ވާހަކައެއްގައި އެ ގޭގެ ގޭޓުން ވަދެގެން އާރިކް އާދެއެވެ. އަޅި ކުލައިގެ އަތްކުރު ޓީޝާޓަކާއި މަޑު ނޫކުލައިގެ ޖީންސެއް ލާފައި ވީއިރު އޭނާގެ އަތުގެ މުލައްދަނޑީގެ ވަރުގަދަކަން ހާމަވެއެވެ. ތަންކޮޅަކަށް ދިޔަތަނާ އެ ލޮލުގައި އަޅައިގަތީ މާގަސްތަކުގެ ތެރޭގައި އުޑުފައިން އިން ޔުމްނާއެވެ. ޔުމްނާ ފެންނައިރަށް އޭނާ އަޅައިގެން ހުރި އަވި އައިނު ނަގައި އެދިމާއަށް ނަޒަރު ހުއްޓާލިއެވެ.

“މަގޭ ދޮންމައިދައިތަ އަށްތަ ތި ބަލަނީ؟ އަނެއްކާ އޭނަ ސެޓު ކުރަންވީތަ؟” އާރިކްގެ ނަޒަރު އެދިމާއަށް ހުއްޓިފައިވާތަން ފެނި މުނީރު އަހާލިއެވެ. އެއާއެކު އާރިކް ހިނިގަނޑެއް ޖަހާލިއެވެ.

“ކިހިނެއްވީ؟ ހީވަނީތަ ސެޓު ނުވާނެއޭ؟” އާރިކް އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ. އަދި ޔުމްނާ އާ ދިމާއަށް ހިނގައިގަތެވެ. މުނީރު އެތާ ހުރި ބެންޗެއްގައި ޖައްސާލީ އާރިކް ކަންކުރާ ގޮތް ބެލުމަށްޓަކައެވެ.

“ހައި ރެޕަންޒެލް!” ކައިރިއަށް އައި އާރިކްގެ އަޑަށް ޔުމްނާ ދިޔައީ ސިހިގެންނެވެ. މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު އެއްފަރާތްކޮށްލަމުން އޭނާ މަތި ބަލާލިއިރު ދެޖީބަށް އަތްޖަހާލައިގެން އާރިކް ހުއްޓެވެ. ފިރިހެންވަންތަ ހިނިތުންވުމެއްގައި އާރިކް ހުރިއިރު ޔުމްނާއަށްވެސް އާރިކްގެ ރީތިކަމަށް ހިތާހިތުން ތަޢުރީފުކޮށްލެވުނެވެ. ނަމަވެސް އެއީ އޭނާ ދަންނަ މީހެއްވެސް ނޫނެވެ. ވީއިރު މިތަނަށް އައިސް އާރިކް އޭނާއާ އެ ވާހަކަ ދައްކަނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކޮޅުން ‘ރެޕަންޒެލް’ އޭ ކިޔައި މީހަކު އޭނާއާ ދިމާއަށް ދުވަހަކުވެސް މުޚާތަބުކޮށްފައެއް ނުވެއެވެ.

“މިއޮތް ގަދަފަދަ އަވީގަ ތި އުޅެނީ، އަޅެ ހޫނެއް ނުވޭތަ؟” އާރިކް މަތި ބަލާލަމުން އަހާލިއެވެ. ޔުމްނާ އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. އެ ނުދަންނަ ޒުވާނާ އެތަނުގައި ހުރުމުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ. އާރިކް ޔުމްނާއާ އެއްވަރަށް ތިރިވެލަމުން ޔުމްނާގެ ގާތަށް ޖެހެލިއެވެ. އެއާއެކު ޔުމްނާ ސިހިފައި ދުރަށްޖެހުނެވެ. އާރިކް އެއުޅެނީ ކިހިނެއް ވެގެންބާއޭ އެހިތަށް އަރަމުން ދިޔައެވެ.

“ވަސްބަލާލަ ބަލަ..” އާރިކް އޭނާގެ ފަހަތުން ނެގި ފިނިފެންމަލެއް ޔުމްނާގެ ނޭފަތް ދޮށުގައި ޖައްސާލަމުން ބުނެލިއެވެ. އެވަގުތު ޔުމްނާ ފަހަތަށް ނުވެއްޓުނީވެސް ކިރިޔާއެވެ.

“މީރުވަސް ދުވާ ދޯ؟ އެނގޭތަ؟ އެކި މީހުންނަށް މީރުވަސް ދުވާނީ އެކި ކަހަލަ މަލުން… ނުބައިވަސް ދުވާ ކިތަންމެ ރީތި މަލެއްވެސް ފެނިދާނެ.. އެކަމަކު މީރު ވަހެއް ނުދުވަންޏާ އެ މަލުން ކުރާނީ ކޮން ފައިދާއެއް ދޯ؟” އާރިކް ވާހަކަ ދައްކަމުން ދިޔަ ވަގުތު ޔުމްނާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އާރިކް އެ ކިޔާ އެއްވެސް އެއްޗެއް އޭނާއަކަށް ދޭހައެއް ނުވިއެވެ. އާރިކް އައިސް ވާހަކަދެއްކި ގޮތުން ހީވަނީ އޭނާ އަކީ އާރިކްގެ ޒަމާންވީ ރަހުމަތްތެރިއެއް ހެންނެވެ.

އާރިކްއާ ހެދި އެތަނުގައި ހުންނަން އުނދަގޫވެގެން ޔުމްނާ ކޮޅަށް ތެދުވިއެވެ. އަދި ގޭތެރެއަށް ދާން މިސްރާބުޖެހިއެވެ. ނަމަވެސް އާރިކް ކޮށްލި ކަމަކުން އޭނާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. އާރިކް އޭނާގެ އިސްތަށިގަނޑު ހައްޔަރު ކޮށްލާފައިވާ ބޮޑު ދަތި ނައްޓާލުމާއެކީ އެ ފަން އިސްތަށިގަނޑު މިނިވަންވެގެން އައެވެ. ޔުމްނާ އާރިކްއަށް ބަލާލީ ރުޅިވެރިކަމާއެކުގައެވެ. އާރިކް އަކީ ހާދަ ގޮތެއް ނެތް މީހެކޭ އޭނާގެ ހިތަށް އެރިއެވެ.

“ވާއު.. ރެޕަންޒެލްގެ އިސްތަށިގަނޑު ހާދަ ސަޅިއޭ އަސްލު..” އާރިކް އެ ދިގު އިސްތަށިގަނޑަށް ބަލަން ހުރީ އާޝޯޚުވެފައެވެ. އޭނާ އެހެން ހުއްޓާ ޔުމްނާ އޭނާގެ އަތުގައި އޮތް ދަތި ޖަހައިގަތުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެގެން ދިޔައެވެ. އެވަގުތު އާރިކްގެ މޫނުމަތީގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. ދޮން، އޮމާން ހަންގަނޑެކެވެ. އަސަރުގަދަ ބޮޑު ދެލޮލެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތްކޮޅެކެވެ. ފަން ދިގު އިސްތަށިގަނޑެކެވެ. ލޫޅާފަތި، ތުނި ހަށިގަނޑެކެވެ. އެ އަންހެން ކުއްޖާ ހުރިހާ ގޮތަކުންވެސް ހާދަ ފުރިހަމައޭ އެހިތަށް އަރަމުން ދިޔައެވެ.

** ** **

ހެނދުނު އަޝްފާން ކުލާހަށް ދިޔައިރު ކުލާހުގައިވާ ހުރިހާ ކުދިންވެސް އޭނާއަށް ބަލަމުން ދިޔައީ ފާޑަކަށްކަން އޭނާއަށް އިހުސާސްވިއެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ، އޭނާ ގޮސް ގޮނޑީގައި އިށީންދެ ހަމަޖެހެލިއެވެ. އެއާއެކު ތެޅެމުން ފޮޅެމުން އޭނާގެ ގާތަށް އާސިމް އައެވެ. އެ މޫނުމަތިން ހާސްކަން ފާޅުވާން ހުއްޓެވެ. އާސިމް ވާހަކަ ދައްކަން އަނގަ ހުޅުވާލި ވަގުތަކީ ކުލާހަށް ސުޕަވައިޒަރު އައިސް ވާހަކަ ދައްކަން ފެށި ވަގުތެވެ. ވުމާއެކު އާސިމްއަށް ހިމޭންވާން މަޖުބޫރުވިއެވެ.

“އަޝްފާން އާއި ޝަނާ މިސްއާއެކު އޮފީހަށް އާދެބަލަ..” ސުޕަވައިޒަރު އެހެން ބުނުމުން އަޝްފާންގެ މޫނުމަތިން ފެނުނީ ހައިރާން ކަމުގެ އަސަރުތަކެވެ. ވާނުވާ ނޭނގި ހުރެ އޭނާ ސުޕަވައިޒަރުގެ ފަހަތުން ދިޔައެވެ. ނުލަފާ ގޮތަކަށް ހީލައިގެން ހުރި ޝަނާ ވެސް ކުލާހުން ނިކުމެގެން ދިޔައެވެ.

“އަޝްފާން އެންޑް ޝަނާ.. ޗީޗީ.. ސޯ ޑިސްގަސްޓިންގް!” އަޝްފާން ކުލާހުން ނިކުންނަން ދިޔަ ވަގުތު ކުއްޖަކު ބުނެލި އަޑު އިވުނެވެ. އާސިމް އަޝްފާން ދިޔަ ދިމާއަށް ބަލަހައްޓައިގެން އިނީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

“ތި ދެކުދިން އޮފީހަށް ހާޒިރު މި ކުރެވުނީ ކީއްވެކަން އެއްވެސް ވަރަކަށް އެނގޭތަ؟” ސުޕަވައިޒަރު ސުވާލުކޮށްލިއެވެ. ކުރިމަތީގައިވާ ދެ ގޮނޑީގައި އަޝްފާން އާއި ޝަނާ އިށީންދެގެން ތިއްބެވެ. އަޝްފާންގެ މޫނުމަތިން ހައިރާންކަން ފާޅުވަމުން ދިޔައިރު ޝަނާ އިނީ އިސްޖަހާލައިގެންނެވެ.

“ނޭނގެ…” އަޝްފާން ބުނެލިއެވެ. އަނެއްކާ ޝަނާ ކަމެއް ކުރީބާވައޭ އެހިތަށް އަރަމުން ދިޔައެވެ.

“އެފްބީގައި ދައުރުކުރަމުންދާ މި ފޮޓޮއާމެދު ދެމީހުން ކީކޭ ބުނަނީ؟” ސުޕަވައިޒަރު އޭނާގެ ފޯނުން ފޮޓޯއެއް ދައްކާލަމުން އަހާލިއެވެ. އެއާއެކު އަޝްފާންއަށް ދެލޯ ހަނިކޮށްލެވުނެވެ. އެއީ ކުރީރޭ އޭނާއާއި ޝަނާ ވަލުތެރޭގައި ހުއްޓާ ނަގާފައިވާ ފޮޓޯއެކެވެ. ޝަނާ އަޝްފާންގެ ގައިގައި ބައްދާލައިގެން ހުރިއިރު ޝަނާގެ ކަރުބޮޑު ހެދުމުގެ ސަބަބުން މޭމަތިން ބޮޑުބައެއް އޮތީ ހާމައަށެވެ. އަޝްފާން ކަންތައް ވީގޮތް އޮޅުން ފިލުވައިދިނުމަށް އަނގަ ހުޅުވާލި ނަމަވެސް ޝަނާ އެއަށްވުރެ ކުރިން ވާހަކަ ދައްކަން ފަށައިފިއެވެ.

“އަޅުގަނޑާ އަޝްފާންއާ އުޅެނީ ރައްޓެހިވެގެން.. އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވޭ.. ތީ ކުރީރެޔަކު އަޅުގަނޑުމެން ވަލުތެރޭގަ އެކަހެރިކޮށް ހުއްޓާ ނަގާފައިވާ ފޮޓޯއެއް.. ނޭނގެ ކާކުކަމެއް ތި ފޮޓޯ ނެގީކީ..” ޝަނާ އިސްޖަހައިގެން އިނދެ ވާހަކަދެއްކިއެވެ. އަޝްފާން ޝަނާއަށް ބަލާލީ ދަތްކުނޑި ވިކާލަމުންނެވެ. ޝަނާ އެ ހަދަނީ ކޮންފަދަ ބޮޑެތި ދޮގުތަކެއް ހެއްޔެވެ؟

“ރައްޓެހިވެގެން އުޅުނަސް ދެކުދިންވެސް ހަނދާންކުރަންވާނެ ވަކި ހައްދެއްގެ ތެރޭގައި ތިބެން.. ގޯހެއް ހެދިއްޖިއްޔާ މާ ދެރަ، އެހެންނު؟ އެނގޭ މިދުވަސްކޮޅު އެކަހަލަ ކަންތައްތައް އެކްސްޕީރިއެންސް ކުރަން ބޭނުންވާނެކަން.. އެކަމަކުވެސް އެއީ ރަނގަޅު ގޮތެއް ނޫން، އެހެންނު؟” ސުޕަވައިޒަރު އަޝްފާންމެންނަށް ވިސްނައިދެން އުޅޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

“ބައްލަވާ މިސް.. އަޅުގަނޑާ ޝަނާއާ ދެމެދު ތި ހީކުރާ ކަހަލަ…” އަޝްފާންއަށް އެހާ ހިސާބަށް ބުނެވުނުތަނާ ޝަނާ ބާރުބާރަށް ރޯން ފެށިއެވެ. އެއާއެކު ސުޕަވައިޒަރު ކަންބޮޑުވެފައި އައިސް ޝަނާ ގާތުގައި ހުއްޓުނެވެ.

“މިސް.. އަޅުގަނޑު އަޝްފާންއާ ރައްޓެހިވީ ވަރަށް ލޯބިން.. އެކަމަކު އަޝްފާން އަޅުގަނޑަށް ފޯސްކުރަނީ.. އިމޯޝަނަލީ ބްލެކް މެއިލް ކުރަނީ.. އެހެންވެ އަޅުގަނޑަށް ގޯސް ގޮތަކަށް އުޅެވުނީ..” ޝަނާ ރޮމުން ދެއްކި ވާހަކައިގެ ސަބަބުން އަޝްފާން ހުރީ ހަމަ އަންތަރީސްވެފައެވެ. ޝަނާ އަކީ އެކްޓު ކުރުމުގެ ރޮނގުން ޑިގްރީ ހަދައިގެން ހުރި މީހެއް ހެއްޔެވެ؟ އޭނާގެ ބޮލުގައި އެ އަޅުވަމުން ދަނީ ކޮންކަހަލަ ދޮގު އިލްޒާމް ތަކެއް ހެއްޔެވެ؟

ދެމީހުންނަށް ނަސޭހަތް ދިނުމަށްފަހު އޮފީހުން ފޮނުވާލި އިރު އަޝްފާން ހުރީ ރުޅިއައިސްގެން ފަޅައިގެންދާވާރު ވެފައެވެ. ޝަނާއަށް ބަލާލުމެއްނެތި އޭނާ ބާރުބާރަށް ހިނގަމުން ގޮސް ސްކޫލް ތެރެއިން ނިކުތެވެ. ޝަނާގެ ސަބަބުން އޭނާ އެއް ހަފްތާއަށް ސްކޫލުން ސަސްޕެންޑްކުރީއެވެ. އެއީ ކީކޭ ހިތައިގެން ޝަނާ ކުރި ކަމެއް ހެއްޔެވެ؟ ޝަނާ ހީކުރީ އެގޮތަށް ކަންތައް ކުރުމުން އޭނާގެ ލޯބި ލިބޭނެ ކަމަށް ހެއްޔެވެ؟ އަޝްފާން ގެއަށް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އައިސްފައިވާ ރުޅި ފިނިވޭތޯ އޭނާ ދެލޯ މަރައި ފިއްތާލިއެވެ. އެހެން އޮއްވާ އޭނާއަށް ނިދުނު އިރެއް ވެސް ނޭނގެއެވެ.

ރޭގަނޑު ބާރަ ޖެހިއިރު އަޝްފާން ހުރީ އޭނާގެ ގޭގެ ދޮރާށި ކައިރީގައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ޖީބުގައިވާ ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ.

“ޝަނާތަ؟ ވަރަށް އަވަހަށް މިގޭ ދޮށަށް އައިސްދީބަލަ..” ޝަނާ ފޯނު ނެގުމާއެކު އަޝްފާން ބުނެލިއެވެ.

“ކީކޭ؟ އަޝްފާން؟ މިގަޑީގަ؟” ނިދި އަޑަކުން ޝަނާ އަހާލި އަޑު އިވިގެން ދިޔައެވެ.

“ޔެސް.. ޝަނާ.. އަހަންނަށް ހީވަނީ މަށަށްވެސް ޝަނާ ކަމުދާން ފަށައިފިހެން.. އާދެބަލަ ދެން.. ކުޑަކޮށް ވާހަކަދައްކާލަން..” އަޝްފާންގެ އަޑުގައި އެކުލެވިގެންވަނީ މަޑުމައިތިރިކަމާއި އޯގާތެރިކަމެވެ. އެހެން ބުނުމަށްފަހު އޭނާ ފޯނު ކަނޑާލިއެވެ.

ފޯނު ކަންފަތުގައި ޖަހައިގެން އޮތް ޝަނާ ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އަނގަމަތީގައި އަތް އަޅާލަމުން އޭނާ ކުޑަކޮށް ހަޅޭއްލަވާލިއެވެ. އަވަސް އަވަހަށް ތެދުވެ، އަތުގައި އޮތް އެންމެ ރީތި ހެދުން ލައި، ކުޑަ ސެންޓުކޮޅެއް ބުރުވާލުމަށްފަހު އޭނާ ސިއްރުސިއްރުން ގެއިން ނިކުމެގެން ދިޔައެވެ.

އަޝްފާން އޭނާގެ ގޭގެ ބޭރުގައި، ޝަނާގެ އިންތިޒާރުގައި ހުރިތަން ފެނުމުން ޝަނާ އިތުރަށް އުފާވިއެވެ. އޭނާ ދުވަމުން ކަހަލަ ގޮތަކަށް ގޮސް އަޝްފާންގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. އަޝްފާން ޝަނާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތް ވަގުތު ޝަނާ މަޑުޖެހެލިއެވެ.

“ބޭރު ޖޯލިފަތީގައެއް ނޫންތަ ހުންނާނީ؟” ޝަނާ އަހާލިއެވެ. އެއާއެކު އަޝްފާން ހީލިއެވެ.

“ބޭރުގައި ހުއްޓާ މީހަކަށް ފެނިދާނެއެއްނު ދޯ؟ ހިނގާބަލަ އެތެރެއަށް.. މިރޭ މިގޭގަ ނޫޅޭނެ އެއްވެސް މީހަކުވެސް.. އެންމެން ވީ އޯވާރ ނައިޓްއަކަށް ރިސޯޓަކަށް ގޮސް..” އަޝްފާން އެހެން ބުނެލީ ލޯތްބާއެކުގައެވެ. އަޝްފާންއާއެކު ގޭތެރެއަށް ވަންނަން ދިޔަ ވަގުތު ޝަނާގެ ހިތް ވަނީ އުފަލުން ފުރިފައެވެ. އެންމެ ފަހުން އަޝްފާން އޭނާގެ މިލްކަކަށްވަނީއޭ އެ ހިތަށް އަރަމުން ދިޔައެވެ.

އަޝްފާން ޝަނާ ގޮވައިގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ޝަނާ ގޮސް އެނދުގައި ޖައްސާލަމުން މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އަޝްފާން ދޮރު ތަޅުލައި، ލޮކް ކޮށްލި އަޑަށް ޝަނާ އެދިމާ ބަލާލިއެވެ. ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އެހިތަށް ވަތް ނަމަވެސް ހަމަޖެހޭ ގޮތް ދައްކަން އޭނާ މަސައްކަތް ކުރިއެވެ.

އަޝްފާން ޝަނާއާ ގާތްވަމުން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. ގަމީސް ބާލާ މުށިތަކުގެ މައްޗަށް ދޫކޮށްލުމަށްފަހު އޭނާ ލައިގެން ހުރި ސޯޓުގެ ޒިބު ތިރިކޮށްލިއެވެ.

“އަޝްފާން! ކީއްކުރަން ތިއުޅެނީ؟” އަޝްފާން ކަންތައް ކުރަމުން ދިޔަ ގޮތުން ނުރުހުންވެފައި ހުރެ ޝަނާ ބާރަކަށް ވާހަކަދެއްކިއެވެ. އެއާއެކު އަޝްފާން ފާޑަކަށް ހޭން ފެށިއެވެ. ސޯޓު ބާލައި ތަޅުންގަނޑު މައްޗަށް ދޫކޮށްލުމުން ޝަނާ އޭނާގެ ދެލޮލާއެކު މޫނުމަތީގައި އަތް އެޅިއެވެ. ހަމައެކަނި ބޮކްސާކޮޅުގައި އަޝްފާން ހުރިއިރު، ޝަނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އަޝްފާން އަނެއްކާ އެއުޅެނީ އޭނާއަށް ކީއްކުރަން ހެއްޔެވެ؟

އަޝްފާން އައިސް ޝަނާ އެނދުމައްޗަށް ވައްޓާލުމަށްފަހު ޝަނާގެ ގައިމައްޗަށް ވާގޮތަށް އެރިއެވެ. ހަދާނެގޮތް ހުސްވެފައިވާ މީހެއް ފަދައިން ޝަނާ އޮތެވެ. ކޮންމެވެސް ވަރަކަށް އެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ.

“ކަމް އޯން ޝަނާ.. މީކީ ނޫންތަ ޝަނާ ބޭނުންވެގެން އުޅޭ ކަމަކީ؟ ކުރިން އެހާ ގަޓުވެފައި އުޅުނު މީހާ މިހާރު ބަލާބަލަ ފިނޑިވެފައި އޮތް ވަރު..” އަޝްފާން މަލާމާތުގެ ރާގަކަށް ވާހަކަދެއްކިއެވެ. ޝަނާ ހިންދިރުވާލިއެވެ. އަޝްފާން އެއުޅެނީ އޭނާގެ ކިބައިން ބަދަލު ހިފަން ހެއްޔެވެ؟

“މަ ވެސް ދައްކަފާނަމޭ މަށަށް ކުރެވިދާނެ ކަންކަން..” އަޝްފާން އެހެން ބުނެފައި ޝަނާ ލައިގެން ހުރި ހެދުމުގެ ކަރުގައި ހިފައި ދަމައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އަަަަާދޭސް

Next

ތިޔަ ދިން އުފާ 13

Next
September 13, 2017

ތިޔަ ދިން އުފާ 13

Previews
September 13, 2017

އަަަަާދޭސް

19 Comments!

  1. Liaa says:
    September 13, 2017 at 2:25 pm

    Hey hurihaa kudhin. Buni dhuvahah vure kurin up kolla dheviyye. And next part Fridayga up koh dheveythow balaanan ?
    Loves ?

  2. sana says:
    September 13, 2017 at 2:25 pm

    Nice wow! Nice story keep it up.

    1. Liaa says:
      September 13, 2017 at 10:14 pm

      Thanks 🙂

  3. reen says:
    September 13, 2017 at 2:31 pm

    Nice waiting for the next part

  4. someone says:
    September 13, 2017 at 2:40 pm

    wow varah loabi mi part ves next part thankolheh dhigukon genes dheii bala plx plx plx

  5. Meesh says:
    September 13, 2017 at 3:02 pm

    Yuck… Ashfaan maa goahey nun.. So aarik and yum dho

  6. Maria says:
    September 13, 2017 at 3:12 pm

    V v v reethi vaahaka.. keep it up.. aneh bai thankolheh dhigu kohfa avahah up kohla dhevey thw balahchey…

  7. Alvyn says:
    September 13, 2017 at 3:24 pm

    18 years ge girl eh liyaa kahala story eh Nun mii.. Yuckkk..

    1. Starboy says:
      September 13, 2017 at 7:02 pm

      18 veema bodu meehakah v.. Ehen veema bodethi meehunge vaahaka liyeveyne

  8. saanto says:
    September 13, 2017 at 3:34 pm

    thankolheh kureema sakaraai…ekam vaahaka habeys

  9. Azoo says:
    September 13, 2017 at 3:58 pm

    Vaahaka habeys

  10. Navya says:
    September 13, 2017 at 6:05 pm

    Toin? kihineh vaan a ulheny… hehehe… vaahaka habeys v intrestin. .. adhi part eh up kohba liaa…

  11. Shariko says:
    September 13, 2017 at 6:09 pm

    Woo it’s soo nice story

  12. mal-mal says:
    September 13, 2017 at 6:52 pm

    OMA!!!???
    update soon. don’t leave us in a cliffhanger!!

  13. hill says:
    September 13, 2017 at 7:16 pm

    mi part ves varah salhi , keep it up Liaa

  14. Hafeez says:
    September 13, 2017 at 8:00 pm

    Ashfaan revenge hifany dhw shanaa ah. So interesting. Fridayga Veehaaves avahakah up kohdheveythow balaathi. Mi vaahaka hama varah salhi. Waiting

  15. Adha? says:
    September 13, 2017 at 11:41 pm

    Love it soooooooooo much❤❤❤❤❤❤❤❤❤❤

  16. Nadheema says:
    September 14, 2017 at 12:54 pm

    amazing i can not wait!!!
    ;*)

  17. Shiyaa Siyaa says:
    September 15, 2017 at 12:14 pm

    Mi vahakaga anebai avaha nukunanekams umeedukran

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (11)←


All Right Reserved!