“އަންޖޫ… މީ އަހަރެންގެ މަންމައާ ބައްޕަ…” އިށީންދެ ހަމަޖެހިލުމަށްފަހު މާހިން އަންޖޫދާއަށް އޭނާގެ މަންމައާ ބައްޕަ ތަޢާރަފުކޮށްދިނެވެ. އެ ދެމީހުންގެ މޫނުމަތިންވެސް އަންޖޫދާއަށް ފެނުނީ ހިތްހެޔޮކަމެވެ. އެހެންކަމުން އޭނާވެސް އެމީހުންނަށް ހިނިތުންވުމެއް ރައްދުކޮށްލެވޭތޯ ބެލިއެވެ. “މަންމައަށް ހަމަ ވަރަށް ކަމުދޭ މިކުއްޖާ…” އަންޖޫދާގެ އަތުގައި ހިފާލަމުން މާހިންގެ މަންމަ، ބަޝީރާ ވާހަކަ ދެއްކިއެވެ. ހީލުން ނޫން އިތުރުކަމެއް އަންޖޫދާއަކަށް ނުކުރެވުނެވެ. “ކޮބާ؟ އަވަހަށް ރަންކިޔަން އުޅެންވީނު؟” ކުއްލިއަކަށް ބަޝީރާ ބުނެލި އެއްޗެއްގެ ސަބަބުން އަންޖޫދާ ސިހިގެން ދިޔައެވެ. […]
“މާހިނު އެނގޭތަ؟ އެއީ ރިޝްކާ ދާ ސްކޫލުގެ ޕްރިންސިޕަލް… އޭނަ މިގެއަށް އައިސް އަންޖޫދާ ކަމުދާ ވާހަކަ ދެއްކީ… އަންޖޫ ވިސްނާލަބަލަ.. މާލޭގަ އޭނާގެ ގެދޮރު އެބަހުރި.. އޭނަ ތަނަވަސް… އަނެއްކާ އޭނާ އެހުރީ ރިޝްކާ އަށް ވެސް ބައްޕައެއްގެ ލޯބި ދޭގޮތަށް… މިފަދަ ފުރުސަތެއް ދެން އަންޖޫއަަށް ލިބޭނެތަ؟ އެހެންވެ އަހަރެން މާހިން ގާތު ބުނެފިން އަންޖޫ ވެސް އޭނާއާ އިންނަން ރުހި ގަބޫލޭ…” އާމިނާ އަންޖޫދާއަށް ވިސްނައިދޭން މަަސައްކަތް ކުރާ ފަދަ ގޮތަކަށް ބުނެލިއެވެ. […]
އިރުކޮޅަކު ކޮޓަރީގައި އިނުމަށްފަހު އާމިނާ ފޯނު ހުޅުވާލައި މާހިންގެ ނަމްބަރު ހޯދާލީ ސިކުނޑިއަށް އައި މޮޅު ހިޔާލެއްގެ ސަބަބުންނެވެ. އެއްމިޔަކުން ހިނިތުންވެ ހުރެ އާމިނާ މާހިންގެ ނަމްބަރަށް ގުޅާލިއެވެ. “ހަލޯ… ކައިވެނީގެ ކަންތައް ވީހާވެސް އަވަހަކަށް ކުރަންވީ..” މާހިން ފޯނު ނެގުމާއެކު އާމިނާ ބުނެލިއެވެ. “އަންޖޫދާ އެއްބަސްވީތަ؟” މާހިން އުފަލުން ހުރެ އަހާލިއެވެ. “އާނ.. އަންޖޫދާ ހަމަ އެއްބަސް… އެހެންވީމަ މިކަމާ އުޅެންވީ ހަމަ އަވަހަށް…” އާމިނާ އެހެން ބުނެލިއިރު މާހިން އަށް ހީވީ ދުނިޔޭގެ ހުރިހާ […]
“މީހަކާ އިނދެގެންތަ އުޅެނީ؟” ނަޝްފާ އެ ކޮށްލި ސުވާލުން އަންޖޫދާއަށް ހިން ދިރުވާލެވުނެވެ. މީހަކާ އިނދެގެންނޭ އުޅެނީ ކިޔާފައި ދޮގެއް ހަދަންވެސް އޭނާގެ ހިތަށް އެތަށް ފަހަރަކު އެރިއެވެ. ނަމަވެސް އެއްވެސް ކަމެއް އަބަދަކު ސިއްރު ނުކުރެވޭނެކަން އެނގޭތީ އޭނާ ގަސްދުކުރީ ތެދުތެދަށް ހުރިހާ ވާހަކައެއް ބުނާށެވެ. އެންމެ ވާހަކައެއް ފިޔަވައެވެ. އެއީ އޭނާ ރާހުލް އާ ދުރުވި ސަބަބެވެ. އެ ސަބަބު އެނގިއްޖެ ނަމަ ރާހުލް އަނެއްކާ އަލުން އޭނާ ކައިރިއަށް އައިސްދާނެކަމަށް އެ ހިތް […]
ފައިލުތައް ހާވަމުން ގޮސް ސީގެ ފައިލު ފެނުމުން އޭނާ އެ ހުޅުވާލާ އެތެރެ ބަލާލިއެވެ. ރިޝްކާގެ މަޢުލޫމާތު އިން ގަނޑު ފެނުމުން ހަލުވިކަމާއެކު އޭނާގެ ދެލޯ ހޯދަމުން ދިއައީ ރިޝްކާގެ ބައްޕައަށް ކިޔާ ނަމެވެ. “ރާހުލް މުހައްމަދު؟” އެ ނަން ކިޔާލުމާއެކު ނަޝްފާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ރިޝްކާ އަކީ ހަމަ އަސްލުވެސް ރާހުލްގެ ދަރިއެއް ހެއްޔެވެ؟ ވީ ހައިރާނެއްގެ ބޮޑުކަމުން އޭނާއަށް ދެފައިކޮޅުން ވާގިދާ ކަމުގެ އިހުސާސެއް ކުރެވެން ފެށިއެވެ. އަރި އަޅާލި ގަޑީގައި އޭނާއަށް […]
(މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުގެ ރައްޓެހި ކުއްޖަކު ލިޔެފައިވާ ލިޔުމެކެެވެ. އެ ކުއްޖާގެ އެދުމުގެ މަތިން މި ލިޔުން އަޕްލޯޑްކޮށްލީއެެވެ.) ލޯގަނޑުގެ ކުރިމަތީގައި އަހަރެން ހުއްޓި ހުރީމެވެ. އަހަރެންގެ ހިތް އެދެމުން ދިޔައީ އެ ލޯގަނޑު ތަޅާލާށެވެ. އަހަރެންގެ ސިފައަށް އަހަރެން ނަފުރަތު ކުރަމެވެ. ރުޅިއައިސްގެން ޑްރެސިންގް ޓޭބަލްގެ މަތީގައި އަހަންނަށް މުއްކެވި އަތުން ޖެހުނެވެ. މޭޒުމަތީގައި ހުރި ބައެއް ފުޅިތައް ވެއްޓި ތަޅައިގެން ވެސް ހިނގައްޖެއެވެ. ނަމަވެސް އެކަމާ ވިސްނާ ވަރަށް ވުރެ […]
ގެއަށް އާދެވުމާއެކު ރިޔާ ހުޅުވާލީ މިޔަދު އެއްކަލަ ނުދަންނަ މީހާ ގަނެދިން ބޫޓު އޮތް ކޮތަޅެވެ. ލޯގަނޑުގެ ކުރިމަތީގައި ހުއްޓިހުރެ އޭނާ އެ ބޫޓަށް އަރައި ފަރިބަލާލިއެވެ. ކަޅުކުލައިގެ އެ ހާފް ޝޫޒްގައި ހުދު ކުލައިގެ އެސްތަކެއް ޖަހާފައިވީއިރު ރިޔާގެ ފަޔާއި އެ ބޫޓު ނުހަނު ގުޅެއެވެ. “ކޮބާތަ އޭނާގެ ނަމަކީ؟ ކޮން ނަމެކޭތަ ބުނީ…؟ އާން… ވިޝާން…” ރިޔާ އެއްޗެއް ހަނދާންކުރާ ފަދައިން އަމިއްލަ ނަފުސާ ވާހަކަ ދެއްކިއެވެ. “ތޭންކްސް ވިޝާން…” ރިޔާ ލޯގަނޑާ ދިމާއަށް […]
ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް އަންޖޫދާ ސައިޓުގައި އިން ނަންބަރަށް ގުޅާލިއެވެ. ހީކުރިވަރަށް ވުރެ ފަސޭހައިން ރިޝްކާ ސްކޫލަށް ވެއްދުމުގެ ކަންތައް ހަމަޖެހުމުން އަންޖޫދާ ހިތްހަމަޖެހުނެވެ. ވީހާވެސް އަވަހަށް ރިޝްކާ ގޮވައިގެން އެންޓްރީ ފީ ވެސް ހިފައިގެން ސްކޫލަށް އައުމަށް ބުނުމުން އަންޖޫދާ އަނެއްކާ ވެސް ހާސްވިއެވެ. ނިދިފައި އޮތް ރިޝްކާއަށް ބަލާލުމަށްފަހު އޭނާ ތެދުވެގެން ގޮސް އަލަމާރި ވަތްގަނޑު ހުޅުވާލިއެވެ. އަދި އޭނާ އަތުގައި މިހާރު ހުރި ފައިސާތައް ގުނަން ފެށީ ކަންބޮޑުވެ ހުރެއެވެ. އޭގެ […]
(މިއީ ނުހައްޤު ލޯބި ވާހަކައިގެ ދެވަނަ ސިލްސިލާއެވެ.) 7 އަހަރު ފަސް…. ހުޅުމާލޭ ‘ކުދި މާ ސްކޫލް’ އިން ނިކުމެފައި ނަޝްފާ މަގުގެ ދެފަރާތް ބަލާލަމުން މަޑުކޮށްލިއެވެ. އަދި އަތުގައި ހުރި ކޮތަަޅުތަކަށް ބަލާލަމުން ހިނިތުންވެލިއެވެ. ދުވަހަކީ ޓީޗަރުންގެ ދުވަސްކަމުން ނަޝްފާ ކިޔަވައިދޭ ކުދިން ވަނީ އޭނާއަށް ގިނަ ހަދިޔާތަކެއް ދީފައެވެ. އެކުދިންނާއެކު މިޔަދު ހޭދަކޮށްލެވުނު ވަގުތުކޮޅުގެ މަތިން ހިތަށް އެރުމާއެކު ނަޝްފާގެ ހިނިތުންވުން ފުންވެގެން ދިއައެވެ. ކުދިމާ ސްކޫލަކީ ދެއަަހަރު ކުދިން ހުޅުމާލޭގައި އަލަށް ހުޅުވި […]