މިއީ ‘ނުހައްޤު ލޯބި’ ވާހަކައިގެ ދެވަނަ ސިލްސިލާއެވެ. ވަަރަށް އަވަހަށް އަންނަނީ……. އިންތިޒާރުކޮށްލައްވާ…..
ހުކުރު ދުވަހުގެ ހެނދުނު އަންޖޫދާ އުޅުނީ އެއްޗެހި ދޮވެ ހިއްކާން އެޅުމުގައެވެ. އާމިނާގެ ރުހުން ލިބޭތޯ އޭނާ މިހާރު ގޭތެރޭގެ އެކި ކަންތަކުގައި އާމިނާއަށް އެހީވެދީ ހަދައެވެ. ބިންމަތީގައި ހުރި ތަށިން ތެތް ހެދުމެއް ނަގައި އެ ފޮޅާލަމުން ރޯނުގައި އަޅުވާލި ވަގުތު އޭނާގެ ދެލޮލުގައި މީހަކު އަތް އެޅި ކަމުގެ އިހުސާސްކުރެވިގެން ދިއައެވެ. ތެޅިގަނެފައި އޭނާ ފަހަތަށް އެނބުރި ބަލާލިއިރު ފަހަތުގައި އެހުރި މީހާ ފެނުމުން އޭނާގެ ހިތް ރޫރޫ އަޅައިގަތެވެ. “ހެލޯ ޕްރިންސަސް…” އެއްމިޔަކުން […]
ރާހުލްގެ މަންމަގެ ކަށުކަމާކެމީގެ ކަންތައް ނިމިގެން ގެއަށް އައިސް ރާހުލް ވަރަށް ރުޔެވެ. މަންމަ ނެތް ކަމުގެ ފަޅުކަން އޭނާއަށް އިހުސާސްކުރެވެމުން ދިއައީ އިންތިހާއަށެވެ. ނަޝްފާ ރާހުލްއަށް ވަރަށް ހިތްވަރު ދިނެވެ. *** މުޅި އުޑުމަތިން ފެންނަމުން ދިޔައީ އޮރެންޖު ރީނދޫ ކުލައެކެވެ. އިރުގެ ދެބައި ކުޅަ އެއްބައި ފެނުގެ ތެރޭގައި ފޮރުވެފައިވާއިރު އެ އޮރެންޖު ކުލައިން ބައެއް ރީތި ގޮތަކަށް ކަނޑަށް އެޅިފައިވިއެވެ. ގޮނޑުދޮށަށް ޑަސްބިން އުކާލަން ދިޔަ އާމިނާ މި މަންޒަރު ފެނި އެތެރެއަށް […]
ޒުލޭހާ ތެދުވިއިރު މައިނޭވާ ލެވެއެވެ. އޭނާ ލައިގެން ހުރި ފެހި ކުލައިގެ ހެދުން ލެއިން ކަޅިވެފައި ވީއިރު ކަނާއަތުން ހިފަހައްޓައިގެން ހުރި ވަޅިން ލޭތިކި ޖަހަމުން ދިއައެވެ. މުށިތައް މައްޗަށް އޭނާ އެވަޅި ވައްޓާލި ގަޑީގައި ބާރު އަޑެއް ކިޔައިގެން ދިއައެވެ. ހަރަަކާތް ހުއްޓިފައި އޮތް އާޔާ އަށް ބަލަމުން ޒުލޭހާ ބާރުބާރަށް ހޭން ފެށިއެވެ. *** ހެނދުނުގެ ހިތްގައިމު ވަގުތެވެ. ބަލާލި ކޮންމެ ދިމާއަކުން ނަޝްފާއަށް ފެންނަމުން ދިއައީ ބީރައްޓެހިކަމެވެ. ދުއްވަމުން ދިޔަ ޓެކްސީގައި ނަޝްފާ […]
“ކަލޭ ތި ދޮރުން އެންމެ ފިޔަވަޅެއް އެޅިޔަސް ކަލެއަށް މަހަދާލާނެ ގޮތް އިނގޭނެ… ކަލެއަށް މިހާރު ވަރަށް ރަނގަޅަށް އިނގޭނެ މަށަށް ކުރެވޭނެ ކަންކަން…” ޒުލޭހާ އެހެން ބުނެލުމުން އާޔާގެ ހިނިތުންވުން ފަނޑުވިއެވެ. އެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިގެން ދިއައެވެ. އާޔާ ފަހަތަށް އެނބުރި ބަލާލިއިރު ޒުލޭހާ އުނަގަނޑުގައި އަތް އަޅައިގެން ހުރެ ތެދުވަނީއެވެ. މި ޒުލޭހާ ކައިރިން ފަސޭހައިން ސަލާމަތް ނުވެވޭނެއޭ ހިތަށް އެރުމުން އާޔާގެ ދަތްކުނޑި ވިކިގެން ދިއައެވެ. “ދެން މިހާރު މަ […]
“ނޫން!” ކުއްލިއަކަށް ނަޝްފާ ދުވަމުން އައިސް ރާހުލްގެ ކުރިމައްޗަށް އަރަމުން އެހެން ބުނެލި ވަގުތު ރާހުލް ނަޝްފާއަށް ބަލާލިއެވެ. ހަށިފާރަވެރިއެއް ފަދައިން ރާހުލްގެ ކުރިމަތީގައި ހުއްޓިގެން ހުރި އިރު ނަޝްފާގެ މޫނުމަތިން ފެންނަނީ ސާބިތުކަމެވެ. “ރާހުލް އެހެނެއް ނަހަދާނެ! އަހަންނަށް ރާހުލް ވަރަށް ރަނގަޅަށް އެނގޭ! ރާހުލް އެކަހަލަ ކަމެއް ނުކުރާނެ! ” އެންެމެނަށް އަޑު އިވޭނެހެން ނަޝްފާ ބުނެލި ބަސްތަކުގެ ސަބަބުން މީހުން ތިބީ ހައިރާންވެފައެވެ. ޞާބިރާ ލަދުން ގޮސް އޭނާގެ މޫނު ފޮރުވާލީ ނަޝްފާ […]
“ކީއްވެތަ ރާހުލް؟ ކީއްވެތަ ރާހުލްއަށް އަންޖޫދާ ކަމުދިޔައީ؟ އަހަރެން ހުއްޓާ އަންޖޫދާގެ ފަރާތުންތަ ރާހުލް އުފާ ހޯދަނީ؟ އަހަރެންވެސް ރާހުލް ދެކެ ވަރަށް ލޯބިވެޔޭ…. ރާހުލް ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެން ރާހުލް ބޭނުންވި… އަންޖޫދާ ގޮތަށް ލޫޅާފަތި ނުވިޔަސް އަހަރެންވެސް ހަމަ ރާހުލްއަށް ލޯބި ދެވޭނެއޭ…” ރާހުލް ގެ ތަނަވަސް މޭމަތީގައި ބޮސްދެމުން ޒުލޭހާ ވާހަކަ ދައްކަމުން ދިޔައިރު ރާހުލްގެ މޭ ނުބައި ކުރާ ގޮތްވިއެވެ. ރާހުލް ލައިގެން ހުރި ޓީޝާޓުގެ އަޑިން އަތް ގެންދަމުން […]
ހަދާނެ ގޮތެއް ވިސްނަން އާޔާ އެނދުމަތީގައި އިނީ ދެފައި ވައް ކޮށްލައިގެންނެވެ. އަންޖޫދާއާ ރާހުލް ދުރުކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަން އޭނާއަށް ވިސްނުނެވެ. ދެން ހަދަންވީ ކިހިނެއްކަން އޭނާގެ ސިކުނޑި ގޮވާލުމާއެކު އާޔާ ގެއިން ނިކުމެގެން މިސްރާބު ޖެހީ ޒުލޭހާމެން ގެއާ ދިމާއަށެވެ. އެގެއާ އަރާ ހަމަވުމާއެކު އޭނާ އެގެއަށް ވަނީ މަގުގެ ދެފަރާތުގައި އެއްވެސް މީހަކު ނެތްކަން ޔަޤީންކޮށްފައެވެ. ދޮރުމައްޗަށް އަރައި ގޭތެރެއަށް ނަޒަރު ހިންގާލިއިރު ސިޓިންގރޫމް ސޯފާގައި ދެފައި ދަމައިގެން އޮތް ޒުލޭހާ ފެނުމުން […]
ގަޑިން ބާރަ ޖެހި އިރުވެސް އަންޖޫދާއަކަށް ނުނިދުނެވެ. ރާހުލް އޭނާއަށް ނަފުރަތުކުރާކަން އެނގި ހުރެ ވެސް އަންޖޫދާ އިރުއިރުކޮޅާ ރާހުލްގެ ފޯނަށް ގުޅާލައެވެ. އިތުރަށް ކެތް ނުވުމުން އޭނާ ކޮޓަރިން ނިކުތީ ރާހުލްގެ ގާތަށް ދިއުމަށެވެ. ސިއްރު ފިޔަވަޅުތަކެއްގައި އޭނާ ކޮޓަރިން ނިކުތުމާއެކު އެރުނީ އާމިނާގެ ކުރިމައްޗަށެވެ. އާމިނާގެ ދެބުމަ ގޮށް ޖެހިފައިވާއިރު އޭނާ އާ ދިމާއަށް ބަލަން ހުރި ގޮތުން އެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. “ކޮންތާކަށް؟” ޝައްކުން ފުރިފައި ހުރެ އާމިނާ އަހާލިއެވެ. އަންޖޫދާ […]