“ދޮގު ނުހަދާ ބުނޭ… މަށަށް އިނގެއޭ އެ ރާހުލް އާ އަންޖޫދާއާ ދެމެދު ކޮންމެވެސް ގުޅުމެއް އޮންނަކަން..” ހަރަން ބަނދެލަމުން ޒުލޭހާ އެހެން ބުނެލުމުން އާޔާގެ އަނގަ ބެދުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޭނާ ޒުލޭހާއަށް ބަލަން ހުއްޓެވެ. އިރުކޮޅަކު އެހެން ހުރެފައި އާޔާ ފެށީ ބާރުބާރަށް ހޭށެވެ. އޭނާ ހޭން ފެށުމުން ޒުލޭހާ އުނަގަނޑުގައި ދެއަތް ވިއްދާލީ ދެލޯ ހަނިކޮށްލަމުންނެވެ. “އަހަންނަށް ފޮރުވާކަށްނު ތިއުޅެނީ…. ބުނަން… އަހަންނަށް މިހާރުވެސް އެ ވާހަކަ މުޅި ރަށުގައި ފަތުރާލެވިދާނެ…” […]
އަތުން ބޮޑު ދެ ކޮތަޅު ހިފައިގެން އައި ޒުލޭހާގެ މޫނުމަތިން ފާޅުވަނީ ވަރުބަލިކަމެވެ. އޭނާ އެއަންނަނީ މިޔަދު އޭނާގެ ދައްތަމެން މާލެއިން ފޮނުވި ހަދިޔާ ކޮތަޅުތަކެއް ހިފައިގެންނެވެ. ހީކުރިވަރަށް ވުރެ ވެސް އެއެއްޗެހި ބަރުވުމުން އޭނާ އުޅުނީ އެއެއްޗެހި ނުހިފިގެންނެވެ. މާ ބޮޑަށް ބަރުވާން ފެށުމުން އޭނާ ކައިރީގައި ހުރި ގޭގެ ތިރިކޮށް ރާނާފައިވާ ވަށާފާރު މަތީގައި އެދެކޮތަޅު ބަހައްޓާލަމުން ހިންދެެމެލިއެވެ. ނިތްކުރިމަތީގައިވާ ދާތިކިތައް ފުހެލަމުން އޭނާ ލައިގެން ހުރި ހައުސްކޯޓުގެ ޖީބަށް އަތްކޮށްޕާލަމުން ބިލަތްގަނޑަކާ ދެތިން […]
އިރުކޮޅެއް ފަހުން އަންޖޫދާ ކޮންމެވެސް އެއްޗެކޭ ކިޔާފައި އެގެއިން ދިއައެވެ. އޭރުވެސް އާޔާ ދިއައީ ޖޯލީގައި އިނދެ އަންޖޫދާގެ ސިކުނޑި ހަމައަކަށް އެޅުވުމަށް ކުރާނެ ކަމަކާ މެދު ވިސްނަމުންނެވެ. ނަމަވެސް އަންޖޫދާ ގާތު އެއްވެސް އެއްޗެއް ކިޔަސް ގަބޫލު ނުކުރާނެކަން އޭނާއަށް އެނގެއެވެ. އަންޖޫދާގެ ބޯހަރުކަމާ ގޮތް ދޫނުކުރުން އޭނާއަށް އޮޅިފަކާ ނެތެވެ. ކުއްލިއަކަށް އެ ހިތަށް ވެރިވި މޮޅު ހިޔާލެއްގެ ސަބަބުން އެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ […]
އެ ނިކުތީ އާމިނާކަން އޭނާއަށް ހަމަ ރަނގަޅަށް ވެސް އެނގުނެވެ. ހާސްކަމާއެކު އޭނާ ކައިރީގައި ހުއްޓި ހުރި އަންޖޫދާއާ ދިމާއަށް ބަލާލިއެވެ. އެ މޫނުމަތިން ވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ކަންބޮޑު ވުމެވެ. ދެމީހުން ވެސް ބުދެއްހެން ހުއްޓިގެން ހުރިއިރު ބާރު ފިޔަވަޅުތަކެއްގައި އާމިނާ އެދިމާއަށް އަންނަ އަޑު އިވެމުން ދިއައެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުރި ރާހުލްގެ އަތުގައި އަންޖޫދާ ހިފާލީ ދެލޯ މަރާލަމުންނެވެ. އާމިނާ އަށް އޭނާ އާ ރާހުލް އާ ދެމެދު މި […]
“މިހިރަ މަސްތަށް ކަނޑަން ދޭބަލަ އަތިރި މައްޗަށް… ޑަސްބިން އުކާލީމަ އަނެއްކާ ހަޑި އެއްޗެސްތައް ޑަސްބިނަކަށް ނޭޅޭނެ… ދޭ… އަވަހަށް ދޭ.. މަސްތަކާ މަސްގޮނޑިއާ ހިފައިގެން ދޭ!” ރާހުލް އައުމުން އާމިނާ ބުނެލިއެވެ. ވަރުބަލި ކަމުގެ އިތުރުން ބަނޑުހައިކަމުގެ އިންތިހާ އިހުސާސްކުރެވެމުން ދިޔަ ރާހުލް އެއްވެސް ޝަކުވާއެއް ނެތި އެއެއްޗެހި ހިފައިގެން އަނެއްކާވެސް އަތިރިމައްޗަށް ދާން ނިކުތެވެ. މި މަންޒަރު ބަލަން އިން އަންޖޫދާގެ މޫނުގެ ކުލަވަރު ވަނީ އޮއްސިފައެވެ. ރާހުލް ކިހާ ރަނގަޅު ހެއްޔެވެ؟ މިހާ […]
މިޔަދު އޭނާގެ އަބުރާ ޢިއްޒަތް މި ސަލާމަތްވީ ރާހުލް ގެ ސަބަބުންނެވެ. އެންމެ ފަހަރަކު ނަމަވެސް އެ ނިކަމެތި ބަންގްލަދޭޝް މީހާ އުޅޭ ގޮތާމެދު އޭނާއަށް ވިސްނާލަން މަޖުބޫރުވިއެވެ. ފުރަތަމަ އަންޖޫދާއަށް ވިސްނާލެވުނީ އެ ނިކަމެތި ބަންގްލަދޭޝް މީހާ އެ އުޅޭ ތަނާ މެދުގައެވެ. އޭނާ އަރާމުގައި ފިނި އޭސީ ތެރޭގައ ބޮޑު އެނދުގައި މަޑު ބާލީސްތަކާއެކު ނިދާއިރު ރާހުލް އެ ނިދާ ގޮތް ނިކަން ދެކިބަލާށެވެ. އެއްވެސް މަޑުކަމެއް ނެތް ފަތްޖެހި އެނދުގަނޑެއްގައެވެ. އެއީ މީދާތައް […]
ވިޝާން އަދި ނާދެޔޭ ހިތަށް އެރުމާއެކު އަންޖޫދާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން ފޯނަށް ބަލާލިއެވެ. އޭރު ނުވައެއް ޖަހައި 1 މިނެޓު ހިނގައިފިއެވެ. “ގަޑިއަށް އަންނަން ނޭނގެނީތަ؟” އަންޖޫދާ ސިހުނީ އޭނާގެ ފަހަތުން އިވިގެން ދިޔަ ވިޝާންގެ އަޑަށެވެ. ސިހިފައި އޭނާ ފަހަތް ބަލާލިއިރު ކުރިމަތީގައި ހުރި ވިޝާންގެ ސޫރައަށް ބަލާލީ ޖެހިލުންނެ ހުރެއެވެ. “ވިޝް…” އަންޖޫދާގެ އަނގައިން ވިޝާން ގެ ނަން ބޭރުވިއިރު އެ އަޑުގައި މަޑު ތުރުތުރެއް ވެއެވެ. ވިޝާން މަޑު ފިޔަވަޅުތަކެއްގައި ހިނގާފައި […]
ކޭކުގެ ބާކީ އޮތް ބައި ރާހުލް އަށް ހުސް ނުވާނެކަން އެނގުމުން އަންޖޫދާ އެ ބައި ހިފައިގެން ފަރި ހިނގުމެއްގައި އެ ކޮޓަރިން ނިކުމެގެން ދިއައިރު ރާހުލް ހައިރާން ކަމާއެކު އެ ދިމާ ބަލަން ހުއްޓެވެ. އަވަސްވެފައިވާ އޭނާގެ ހިތާއި ދިމާލުން މޭގައި އަތް އަޅާލަމުން ރާހުލް ހަމަޖެހެން މަސައްކަތްކުރިއެވެ. އަންޖޫދާ އޭނާއަށް ޖައްސާފައި އެވަނީ ކޮން ފަދަ ޖާދޫއެއް ހެއްޔެވެ؟ އަނެއްކާ އޭނާއަށް ދެންމެ އެ ފެނުނީ ހުވަފެނެއް ނޫން ބާވައެވެ؟ ނިދިން ހޭނުލެވިގެން އުޅޭ […]
“ނަޝްފާ ގަބޫލުކުރަނީތަ އަހަރެން ބުނާ އެއްޗެއް؟” ރާހުލް ސީދާ ނަޝްފާގެ ދެލޮލަށް ބަލާލަމުން ބުނެލިއެވެ. ނަޝްފާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީ ދުރު ބަލާލަމުންނެވެ. ރާހުލް އާ ހަތަރު ކަޅި ހަމަކުރަން އޭނާއަށް ކެތް ނުވީއެވެ. “އައި ލަވް ޔޫ ނަޝްފާ…” ރާހުލް އެހެން ބުނެލުމުން ނަޝްފާ ހައިރާންކަމާއެކު ދެލޯ ބޮޑުކޮށްލަމުން ރާހުލް އާ ދިމާއަށް ބަލާލިއެވެ. އޭރު ރާހުލް ވެސް ހުރީ އޭނާ އާ ދިމާ ބަލަހައްޓައިގެންނެވެ. އިރުކޮޅަކު އެހެން ހުރެފައި ނަޝްފާ ބާރުބާރަށް ހޭން […]