Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ލޯބި އަސްލު ހައްޤޭ (8 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
December 17, 2016 7 Mins Read
15 Comments

“އަންޖޫ… މީ އަހަރެންގެ މަންމައާ ބައްޕަ…” އިށީންދެ ހަމަޖެހިލުމަށްފަހު މާހިން އަންޖޫދާއަށް އޭނާގެ މަންމައާ ބައްޕަ ތަޢާރަފުކޮށްދިނެވެ. އެ ދެމީހުންގެ މޫނުމަތިންވެސް އަންޖޫދާއަށް ފެނުނީ ހިތްހެޔޮކަމެވެ. އެހެންކަމުން އޭނާވެސް އެމީހުންނަށް ހިނިތުންވުމެއް ރައްދުކޮށްލެވޭތޯ ބެލިއެވެ.

“މަންމައަށް ހަމަ ވަރަށް ކަމުދޭ މިކުއްޖާ…” އަންޖޫދާގެ އަތުގައި ހިފާލަމުން މާހިންގެ މަންމަ، ބަޝީރާ ވާހަކަ ދެއްކިއެވެ. ހީލުން ނޫން އިތުރުކަމެއް އަންޖޫދާއަކަށް ނުކުރެވުނެވެ.

“ކޮބާ؟ އަވަހަށް ރަންކިޔަން އުޅެންވީނު؟” ކުއްލިއަކަށް ބަޝީރާ ބުނެލި އެއްޗެއްގެ ސަބަބުން އަންޖޫދާ ސިހިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން ހުރެ އޭނާ ބަލާލީ އާމިނާއާ ދިމާއަށެވެ.

އާމިނާ އަންޖޫދާއާ ދިމާއަށް ފާޑަކަށް ލޯއަޅާލިއެވެ. ތިރީ ތުންފަތުގައި ދަތް އަޅައިގެން ހުރެ އަންޖޫދާ ދެލޯ މަރާލަމުން އިސްޖަހާލީ މިއީ ހަޤީޤަތެއްކަން ޤަބޫލުކުރަން ބޭނުންނުވެ ހުރެއެވެ. ނަަމަވެސް މިއީ ހަމަ ހަޤީޤަތުގައި ވެސް ވަމުންދާ ކަމެއްކަން އޭނާއަށް އެނގެއެވެ. އޭނާ ގާތު އަހާ ވެސް ނުލާ އާމިނާ އެހާ އަވަސް އަރުވާލައިގެން އުޅޭ ސަބަބު އޭނާއަށް އެނގެއެވެ. އާމިނާ ކަންބޮޑު ވަނީ އޭނާ އާ ރާހުލް ގުޅިދާނެތީއެވެ. އޭނާ ދެން ރާހުލް އާ ނުގުޅޭނެއޭ ބުނުމުން ވެސް އާމިނާ އެ ވާހަކަ ޤަބޫލެއް ނުކުރިއެވެ. ކުޑަކޮށް ވިސްނާލުމަށްފަހު އަންޖޫދާ ނިންމީ މި ކައިވެނި ކުރާށެވެ. އޭނާ އިތުރަށް ރާހުލްއާ ގުޅި ނަޝްފާގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން މަސައްކަތް ނުކުރާނެކަން އާމިނާއަށް ސާބިތުކޮށްދިނުމަށެވެ.

އަންޖޫދާ ރަންކީ 111 ރުފިޔާއަށެވެ. އެހާ ކުޑަ އަގެއް ކިޔުމުން އާމިނާ ހުރީ ނުރުހިފައިކަން ހަމަ ރީއްޗަށް ވެސް އެ މޫނުމަތިން ހާމަވެއެވެ. ނަމަވެސް އަންޖޫދާ އެކަމާ ފަރުވާލެއް ނުބެހެއްޓިއެވެ. މާހިންގެ މަންމަ އާއި ބައްޕައާ ވެސް އޭނާ ރީތިކޮށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

“އެހާ ކުޑަ އަގެއް ކީ ކީއްވެގެންތަ؟ ތީ ނުވިސްނޭ ކުޑަ ކުއްޖެއްތަ؟” މާހިން މެން ދިއުމާއެކު އާމިނާގެ ރުޅިވެރި ބަސްތައް އޭނާއަށް އަމާޒުވާނެކަން އަންޖޫދާއަށް ރަނގަޅަށް ވެސް އެނގުނެވެ.

“ކުޑަ އަގެއް ކިޔަސް… އަހަރެން މި ކައިވެންޏަށް އެއްބަސްވެފީމެއްނު؟” ހަމަ ޖެހެން މަސައްކަތް ކުރަމުން އަންޖޫދާ ބުނެލިއެވެ. އަދި އާމިނާ އެއްޗެކޭ ބުނުމުގެ ކުރިން އޭނާ ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އަންޖޫދާ ކުޑަ އަގެއް ކީ ނަމަވެސް މާހިން އާ ކައިވެނިކުރަން އެއްބަސްވުމުން އާމިނާގެ މޫނުމަތީގައި އެ ވަގުތު ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

ކޮޓަރިއަށް ވަނުމާއެކު އަންޖޫދާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. މާހިން އާ ކައިވެނިކުރަން އޭނާ ނިންމި ނިންމުމަކީ އަނެއްކާ ރަނގަޅު ނިންމުމެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ހަފްތާއެއްގެ ތެރޭ އޭނާގެ ކައިވެނި ކުރެވިގެންދާއިރު ރިޝްކާއަށް ވެސް މިކަން އަންގަން ޖެހޭނެކަމަށް އޭނާ ޤަބޫލުކުރިއެވެ. ކުޑަ މޭޒު ދޮށުގައި ބަސްތަކެއްގެ ސްޕެލިންގ ދަސްކުރަން އިން ރިޝްކާގެ ގާތަށް ގޮސް އޭނާ ހުއްޓުނެވެ. އެވަގުތު ރިޝްކާ ބޯހިއްލާލަމުން އޭނާއާ ދިމާއަށް ބަލާލުމަށްފަހު ހީލިއެވެ. އަންޖޫދާ ރިޝްކާގެ ކުޑަ މޭޒު ކައިރީގައި ތަޅުންގަނޑުގައި އިށީނދެ ވާހަކަ ދައްކަން ފެށިއެވެ.

“މަންމިގެ ދޫނީ… ދަސްވެއްޖެތަ މިހާރު؟” އަންޖޫދާ ލޯތްބާއެކު އަހާލިއެވެ.

“މިހާރު ރިޝްކޮއަށް ފައިވް ބަސްގެ ސްޕެލިންގ ދަސްވެއްޖެ…” ރިޝްކާ އުފާވެލާފައި އެހެން ބުނެލި ގޮތުން އަންޖޫދާއަށް ހީލެވުނީ ބޭއިޚްތިޔާރުގައެވެ. ރާހުލް ނޫން އިތުރު މީހަކު ރިޝްކާގެ ބައްޕަގެ މަޤާމަށް ގެނައުމުން އެ ކުޑަކުޑަ ހިތް ހަލާކުވާނެއެވެ. އެހާ ވެސް ރިޝްކާ ރާހުލް ދެކެ ލޯބިވެއެވެ. ނަމަވެސް މާހިން އާ ކައިވެނިކުރަން މިޔަދު އޭނާއަށް މި ވަނީ މަޖުބޫރުވެފައެވެ.

“ދޫނީ… ދޫނި ބޭނުމެއްނު ދޯ ބައްޕައެއް؟ މަންމި ވަރަށް އަވަހަށް ދޫނިއަށް ބައްޕިއެއް ގެނެސްދޭނަން އިނގޭ…” އަންޖޫދާ އެހެން ބުނުމާއެކު ރިޝްކާގެ މޫނުގައި ފުޅާ ހިނިތުންވުމެއް ދުވެލިއެވެ.

“ރިޝްކޮގެ ބައްޕި މިގެއަށް އަންނަނީތަ؟” ރިޝްކާ އުފަލުން ހުރެ އެހެން އަހާލުމުން އަންޖޫދާ މާޔޫސްވިއެވެ.

“ނޫނޭ ރިޝްކޯ… މަންމި މިއުޅެނީ ރިޝްކޮއަށް އެހެން ބައްޕިއެއް ގެންނަން…” އަންޖޫދާ އެހެން ބުނުމާއެކު ރިޝްކާގެ މޫނުގައި އެތަށް ސުވާލުމާކެއް ކުރެހިގެން ދިޔައެވެ.

“އެއީ ކީއްވެ ؟ ރިޝްކޮ ބޭނުމީ ރިޝްކޮގެ ބައްޕި… އެހެން ބައްޕައެއް ބޭނުމެއްނޫން…” ރިޝްކާ ބޮޑާ ހާކާލާފައި އެހެން ބުނެލިއެވެ. ރާހުލް ނޫން މީހަކު އޭނާގެ ބައްޕަގެ މަޤާމަށް ގެންނާކަށް އޭނާ ގެ ހިތް އެއްބަހެއް ނުވިއެވެ.

“ނޫން މަންމީ… ރިޝްކޮ ބޭނުމީ ރިޝްކޮގެ ބައްޕި… އެހެން ބައްޕިއެއް ބޭނުމެއް ނޫން…” އެހެން މީހަކު އޭނާގެ ބައްޕަގެ މަޤާމަށް އަންނަން އުޅެނީކަން އެނގުމުން ރިޝްކާއަށް ރޮވެން ފެށިއެވެ. ރިޝްކާ ހަމައަކަށް އެޅޭތޯ އަންޖޫދާ  އެތަށް ކަމެއް ކުރުމުންވެސް އޭނާގެ ރުއިން ހުއްޓުވޭ ގޮތެއް ނުވިއެވެ.

** ** **

އޭގެ އަނެއް ދުވަހު ހެނދުނު ރިޝްކާ ގޮވައިގެން ސްކޫލަށް ދިޔައިރު އަންޖޫދާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ރޭ ވެސް ރިޝްކާ ނިދީ ރޮއިރޮއިފައެވެ. އޭގެ ފަހުން އޭނާ ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް ރިޝްކާ އަނގައިންވެސް ނުބުނެއެވެ. އެޔަށް ވުރެ ބޮޑަށް އެ ކުޑަ ހިތުގައި ޖެހިފައިވިއެވެ.

ރިޝްކާ ސްކޫލަށް ލުމަށްފަހު އެނބުރި މާލެއައިސް އަންޖޫދާ ހިނގައިގަތީ ގެއާ ދިމާއަށެވެ. ފަހާ ތަނަށް ދިއުމުގެ ކުރިން ގެއިން ނަގަން ޖެހޭ ބައެއް އެއްޗެހި ހުރުމުންނެވެ. އޭރުވެސް އޭނާގެ ބޮލުގައި ގަދައަށް ރިއްސަމުން ދިޔައެވެ. ރިޝްކާ ދެރަވެފައި ހުރުމުން އޭނާގެ ހިތް ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ދުވަހަކުވެސް ރިޝްކާ އެހާ ދެރަވެފައި ހުއްޓައެއް އޭނާ ނުދެކެއެެވެ.

ފެރީޓާމިނަލުން ނިކުތް ތަނުން މީހަކު އަންޖޫދާގެ ކުރިމައްޗަށް އެރުމުން އޭނާ އިސްއުފުލާ އެ މޫނަށް ބަލާލިއެވެ.

“ރާހުލް؟” އަންޖޫދާއަށް މަޑުމަޑުން ރާހުލްގެ ނަން ކިޔާލެވުނެވެ. ނޫކުލައިގެ އަތް ދިގު ޓީޝާޓަކާއި ކަޅުކުލައިގެ ފަޓުލޫނެއް ލާފައި ހުރިއިރު އެ ފިރިހެންވަންތަ ހަށިގަނޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ރާހުލް އޭނާގެ ގާތަށް އެއައީ ކީއްކުރަންބާއޭ އަންޖޫދާގެ ހިތަށް އެރިއެވެ. އެހާ ގާތުން ރާހުލްގެ މޫނު ފެނުމުން އެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުން ދިޔައެވެ.

“އަންޖޫ…” އެ ފިރިހެންވަންތަ އަޑުން އަންޖޫދާގެ ނަމުން ގޮވާލި ހިނދު އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެއަޑުން އޭނާގެ ނަމުން ނުގޮވާލާތާ ކިހާ ދުވެހެއް ވެއްޖެ ހެއްޔެވެ؟ އެއަޑުން އޭނާއަށް ގޮވާލާނެކަމުގެ އުންމީދުގަައި ކިހާ ދުވަހަކު ހުރެވެއްޖެ ހެއްޔެވެ؟ އޭނާ، ކުރިމަތީގައި އެ ހުރި އިންސާނާ ދެކެ އަދިވެސް ކިހާ ލޯބިވޭ ހެއްޔެވެ؟ ނަމަވެސް ތަޤުދީރުގައި އޭނާއަށް އެ ލޯބި ލިބޭކަށް ނެތެވެ. ރާހުލް އަކީ މިހާރު ނަޝްފާގެ ހައްޤެކެވެ. ރާހުލްއާމެދު ލޯބީގެ ނަޒަރަކުން ބަލާލުމުގެ ހައްޤެއް ވެސް އޭނާއަކަށް މިހާރަކު ނެތެވެ. މިހެން ހިތަށް އެރުމާއެކު އޭނާއަށް ބާރުބާރަށް ހިނގައިގަނެވުނެވެ. އެވަގުތު އެ ހިތް އެދެމުން ދިޔައީ ރާހުލްގެ މޫނު ނުފެންނަ ހިސާބަށް ދިއުމަށެވެ. ރާހުލްގެ ކުރިމަތީގައި މާ ގިނަ އިރު ހުންނަން ވެއްޖެނަމަ އޭނާގެ ހިތް ބޭޒާރުވެދާނެއެވެ.

“އަންޖޫދާ.. މަޑުކޮށްބަލަ..!” އަންޖޫދާގެ ފަހަތުން ރާހުލް ގޮވާލިއަޑު އިވުނު ނަމަވެސް އޭނާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ރާހުލް އޭނާ ގާތު ކޮންމެ ފަދަަ ވާހަކައެއް ދައްކަން އުޅުނަސް އޭނާ ރާހުލްއާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އޭނާގެ ސަބަބުން ނަޝްފާއަށް ދެރައެއް ލިބިދާނެތީއެވެ. ކުރިއަށް ވުރެ ވެސް އޭނާ ފިޔަވަޅުތައް އަވަސްކޮށްލީ ރާހުލް އޭނާގެ ފަހަތުން އަންނަ ކަމުގެ އިހުސާސް ކުރެވޭތީއެވެ.

ކުއްލިއަކަށް އަންޖޫދާގެ ހަރަކާތްތަކަށް ހުއްޓުން އެރީ މީހަކު އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. ފަހަތް ނުބަލާވެސް އެއީ ރާހުލްގެ ބީހިލުމެއްކަން އޭނާއަށް ޔަޤީންވިއެވެ. ރާހުލްގެ ކޮންމެ ހަނދާނެއް އެ ހިތުގެ އެންމެ ފުނުގައި ރައްކާކޮށްފައި ވިއެވެ.

“އަހަރެން ދައްކާ ވާހަކަ އަޑު އަހާބަ އަންޖޫދާ…” ރާހުލް އެހެން ބުނެލުމުން ވެސް އަންޖޫދާ އުޅުނީ ރާހުލްގެ އަތް ފޮޅުވާލާށެވެ. ނަމަވެސް ރާހުލް ވަނީ އޭނާގެ އަތުގައި އެއަަށް ވުރެ ބާރަށް ހިފަހައްޓާފައެވެ.

“ދޫކޮށްބަލަ ރާހުލް… އަހަންނަށް އެބަ ލަސްވެޔޭ… އަހަރެން ވަޒީފާއަށް ދާން ޖެހެ…” އޭނާގެ އަތް ނައްޓުވަން މަސައްކަތްކުރަމުން އަންޖޫދާ ބުނެލިއެވެ.

“އަހަރެން ވެސް ވަޒީފާއަށް ދާން ޖެހޭ… އަހަންނަށް ވެސ    ް ލަސްވެ… އަހަރެން ކިޔާ އެއްޗެހި އަޑު އެހީމަ ދޯ އަވަސް ވާނީވެސް…” ރާހުލް ބުނެލިއެވެ. އޭރު މަގުމަތިން ދިޔަ ގިނަބައެއްގެ ލޯތަށް އެދެމީހުންނަށް އަމާޒުވާތަން ފެނި އަންޖޫދާ ލަދުގަންނަ ގޮތްވިއެވެ. އެންމެ ފަހުން ރާހުލްއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް އޭނާ ނިންމިއެވެ.

“މައްސަލައެއް ނެތް…” އަންޖޫދާ އިސްޖަހާލަމުން ބުނެލިއެވެ. އެވަގުތު ރާހުލް އޭނާގެ އަތުން ދޫކޮށްލުމަށްފަހު ފަޓުލޫނުގެ ދެޖީބަށް އަތް ޖަހާލި ގޮތުން އަންޖޫދާއަށް ކަޅިވެސް ޖަހާނުލާ އޭނާއާ ދިމާ ބަލަން ހުރެވުނެވެ.

“މިރޭ ރިޝްކާ އަހަރެމެން ގޭގަ ނިދިޔަސް އޯކޭތޯ އަހާލަން ވެގެން…” ރާހުލް ދުރުބަލާލަމުން ބުނެލިއެވެ. އޭނާއަށް ވެސް އަންޖޫދާގެ މޫނަށް އެހާ ކައިރިން ބެލުންވީ އުނދަގޫ ކަމަކަށެވެ.

“ރިޝްކާ އޯކޭއީޔާ މައްސަލައެއް ނެތް….” އަންޖޫދާ އަވަސް އަވަހަށް ބުނެލިއެވެ. ރާހުލްއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލުމުން ރިޝްކާ ހަމައަކަށް އެޅޭނެކަމަށް އޭނާ އުންމީދުކުރިއެވެ.

“އެހެންވީމަ ރިޝްކާ ބަލާ ނަޔަސް ހެޔޮ އިނގޭ ސްކޫލަށް… ނަޝްފާ އޭނަ ގެންނާނެ… އަހަރެން މިހާރު އަންޖޫދާއާއެކު ދަންތަ ރިޝްކާގެ ހެދުމާ ބައެއްސާމާނު ބަލާ…؟” ރާހުލް އެހެން ބުނެލުމުން އަންޖޫދާ ބޯ ޖަހާލިއެވެ.

މަގުމަތިން ދެމީހުން އެއްވަރަށް ހިނގާފައި ދިޔައިރު އެ ދެމެދުގައި ވަނީ ހަމަހިމޭންކަމެވެ. ރާހުލް ވެސް  އަންޖުދާއާ ވާހަކަ ދައްކާކަށް ނޫޅެއެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ އަންޖޫދާއާ ނުދެއްކުމަށް އޭނާ ވަނީ ނިންމާފައެވެ. މާޒީގައި ކަންތައް ހިނގާ ދިޔަ ގޮތް އަދިވެސް އޭނާގެ ލޯ ކުރިމަތީގައި ސިފަވެއެވެ. ނުކުރާ ކަމެއް އޭނާގެ ބޮލުގައި އަޅުވައި އޭނާ މުޅި ރަށަށް ބޭޒާރުކޮށްލި އިންސާނާ މިޔަދު އެ ހުރީ އޭނާގެ ކުރިމަތީގައެވެ. އޭނާގެ ހިތް އަންޖޫދާއަށް މާފުކުރަން އެދުނު ނަމަވެސް އޭނާގެ ސިކުނޑި އެކަމާ އެއްބަހެއް ނުވެއެވެ. އަަންޖޫދާ ކަންތަށް ކުރި ގޮތުގެ ސަބަބުން އޭނާގެ ހިތުގައި އަންޖޫދާއާ މެދު ނަފުރަތު އުފެދިފައިވިއެވެ.

ގެ ހުންނަ އިމާރާތާ ހަމައަށް ގޮސް އަންޖޫދާ ދުވެލާފައި ކަހަލަ ގޮތަކަށް މައްޗަށް އަރައިގެން ދިޔައެވެ. ރާހުލް ބޭރުގައި މަޑުކޮށްލިއެވެ. ފާރާ ލެނގިލަމުން އޭނާ ފުންނޭވައެއް ދޫކޮށްލިއެވެ. އިރުކޮޅަކުން އަންޖޫދާ ތިރިއަށް ފާބައިގެން އައެވެ. ރިޝްކާގެ އެއްޗެހި އަޅާފައި އޮތް ދަބަސް ރާހުލްއަށް ދިއްކޮށްލި ހިނދު އޭނާ އޭގައި ހިފިއެވެ. ނަމަވެސް އޭރު ރާހުލްގެ ކަޅި ހުއްޓިފައި ވަނީ އަންޖޫދާގެ ފަހަތުން ނިކުތް މީހާއަށެވެ. އޭނާގެ ދެލޮލުން ފެންނަނީ ހައިރާންކަމެވެ.

“އަނހާ ރާހުލް… ކިހިނެތް؟” އަންޖޫދާގެ ފަހަތުން ނިކުތް މާހިން ރާހުލްއާ ސަލާމްކޮށްލަމުން އަހާލިއެެވެ. އޭނާ އެގެއަށް އައިސް އެއުޅެނީ އާމިނާ ބުނެގެން ސައިބޯށެވެ. އެވަގުތު އަންޖޫދާވެސް ލަސްވާތީ ފަހާތަނަށް ދާން ހިނގައިގަނެފިއެވެ.

“ރިޝްކާގެ އެއްޗެހި ބަލާ ދޯ ތިއައީ؟ ރިޝްކާ ވަރަށް ލޯބިވޭ ދޯ ރާހުލް ދެކެ؟” މާހިން ކުއްލިއަކަށް އެހެން އަހާލުމުން ރާހުލް ސިހުނެވެ. އޭނާއަކީ ރިޝްކާގެ ބައްޕަކަން މާހިންއަށް އެނގުނީ ހެއްޔެވެ؟
“ހާސްނުވޭ… އަންޖޫ އަހަންނަށް ކިޔާދީފި ހުރިހާ އެއްޗެއް… އަހަރެން ވެސް ބަލާނަން ރިޝްކާއަށް ފުރިހަމައަށް ބައްޕައެއްގެ ލޯބި ދެވޭތޯ…” ރާހުލް އަށް ވީ ގޮތް ފެނުމުން މާހިން އަވަސް އަވަހަށް ބުނެލިއެވެ. އޭރު ރާހުލްގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިފައިވިއެވެ. މާހިންއަކީ ރިޝްކާގެ ކާކު ހެއްޔެވެ؟ މާހިން އަންޖޫދާއާ އެކު އެގެއިން ނިކުންނަންވީ ކީއްވެ ހެއްޔެވެ؟ މާހިންއަކީ ރިޝްކާ ދާ ސްކޫލުގެ ޕްރިންސިޕަލެއް ނޫން ހެއްޔެވެ؟

“ބައްޕައެއްގެ ލޯތްބޭ؟” ރާހުލްއަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ. ރާހުލްގެ މޫނުމަތީގައިވާ ސުވާލުމާކުތަށް މާހިންއަށް ވަރަށް ފަސޭހައިން ދެނެގަނެވުނެވެ. އޭނާ ގޮސް ރާހުލްގެ ކޮނޑުގައި އަތް އަޅުވާލިއިު ހީވަނީ ޒަމާންވީ ދެރަހުމަތްތެރިން ހެންނެވެ.

“އާނ…. ނޭނގެ ދޯ؟ އަހަރެން މިއުޅެނީ ވަރަށް އަވަހަށް އަންޖޫއާ ކައިވެނިކުރާށޭ…. ޕާޓީއަށް އަންނަންވާނެ އިނގޭ…” މާހިން އެހެން ބުނެލުމާއެކު ރާހުލްއަށް މުޅި ދުނިޔެ އެނބުރިގަތް ކަހަލަ އިހުސާސެއް ކުރެވިގެން ދިޔައެވެ. އޭނާ އަންޖޫދާއަށް ނަފުރަތު ކުރި ނަމަވެސް އަންޖޫދާ އެހެން މީހަކާ އިންނަ ޚަބަރު ލިބުމުން އެ ހިތަށް އެހާ އަސަރު އެ ކުރީ ކީއްވެގެން ހެއްޔެވެ؟

“އެ…އޭނ؟” ލިބުނު ސިހުމުގައި ރާހުލްއަށް ބުނެވުނީ އެހެންނެވެ. އެއާއެކު މާހިން ހިނިގަނޑެއް ޖަހާލިއެވެ.

“ކޮފީ އަކަށް ދާނަންތަ؟” މާހިން އަހާލިއެވެ. ރާހުލް ކުޑަކޮށް ވިސްނާލުމަށްފަހު ބޯ ޖަހާލިއެވެ. އަދި މާހިން އާ އެކު ކައިރީގައި ހުރި ކެފޭއާ ދިމާއަށް ހިނގައިގަންނަމުން ފޯނު ނަގައި އޭނާ މަސައްކަތް ކުރާ ގަރާޖަށް ގުޅާލުމަށްފަހު ސަލާމް ބުނެލިއެވެ. މާހިން އެ ދައްކަން އުޅޭ ވާހަކަތައް އަޑު އަހަން އޭނާ ހުރީ އިންތިހާއަށް ބޭނުންެވެފައެވެ.

ކެފޭއަށް ވަދެ މޭޒެއް ކައިރީ އިށީންދެ ހަމަޖެހިލަމުން، ދެމީހުން ވެސް ކޮފީއަކަށް އޯޑަރު ދިނެވެ.

“ރާހުލް… އާމިނާ އަހަރެން ގާތު ބުނީ ރާހުލް އަންޖޫ ރޭޕް ކުރީއޭ…” މާހިން އެހެން ބުނެލުމުން ރާހުލް މާހިންއާ ދިމާއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެ ވާހަކަ އަޑުއިވުމުން އަންޖޫދާއަށްޓަކާ އެ ހިތުގައިވި ނަފުރަތު ދެގުނައަށް އިތުރުވެގެން ދިޔައެވެ. އާމިނާ އެހެން ބުނާނީ އަންޖޫދާ އާމިނާ ގާތު އެހެން ބުނުމުންނޭ އެ ހިތަށް އެރިއެވެ. ދެއަތް ބާރަށް މުއްކަވާލެވުނީ އެހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. މާހިން ވެސް މިހާރު އޭނާއާމެދު ދެކޭނީ ވަރަށް ގޯސްކޮށްނޭ ހިތަށްއެރި ހިނދު އޭނާއަށް އިސްޖަހާލެވުނެވެ.

“އެކަމަކު އަހަރެން އެ ވާހަކައެއް ޤަބޫލެއް ނުކުރަން…” މާހިން އެހެން ބުނެލުމުން ރާހުލްއަށް މަޑުމަޑުން އިސްއުފުލާ އޭނާގެ މޫނަށް ބަލާލިއެވެ.

“އަހަންނަށް އެނގޭ ރާހުލް އެކަހަލަ ކަމެއް ނުކުރާނެކަން… ރާހުލް ނަޝްފާއަށް ވެސްް ނުލާހިކު ރަނގަޅު… އެހެންވެ އަހަރެން އަންޖޫ ކައިރީ ސުވާލުކުރީ އެއީ ތެދެއްތޯ…” މާހިން އެހެން ބުނެލިތަނާ ވެއިޓަރު ކޮފީ ހިފައިގެން އަތުވެއްޖެއެވެ. ޖޯޑުން ކޮފީފޮދެއް ބޯލުމަށްފަހު އަނެއްކާވެސް އޭނާ ކުރިއަށް ދިޔައެެވެ.

“އަންޖޫ އަހަންނަށް ތެދަށް ހުރިހާ އެއްޗެއް ކިޔައިދިން… އަންޖޫ ރާހުލް ދެކެ ލޯބިވި ކަމާ، ދެމީހުން އެކީ އުފާވެރި ދުވަސްތަކެއް ހޭދަކުރިކަން… އަދި ރިޝްކާއަކީ ދެމީހުންނަށް ހެދުނު ގޯހެއްގެ ތެރެއިން ލިބުނު ކުއްޖެއްކަން… އެކަން ކުރީ އަންޖޫ ގެ ވެސް ރުހުމުގައިކަން…” މާހިން އެހެން ބުނުމުން ރާހުލް ހައިރާންވިއެެވެ. އަންޖޫދާ ހަމައަސްލުވެސް އޭނާ ދެކެ އޭރު ލޯބިވި ހެއްޔެވެ؟ ދެން ރަށު އެންމެން ކުރިމަތީގައި އޭނާ ބަދުނާމުކޮށްލީ ކީއްވެގެން ހެއްޔެވެ؟

“ރާހުލް… މިވާހަކަތަަށް އަންޖޫ އަހަންނަށް ކިޔައިދިނީ ވެސް ރާހުލް ގާތު ނުބުނާ މަތިން… އެކަމަކުވެސް އަހަންނަށް މި ކިޔައިދެވުނީ…. އަސްލު އަންޖޫ ރާހުލް ދެކެ އަދިވެސް ލޯބިވޭ… އޭރު ވެސް މިހާރު ވެސް އޭނަ ލޯބިވަނީ ހަމައެކަނި ރާހުލް ދެކެ….” މޭޒުމަތީގައި އޮތް ރާހުލްގެ އަތަށް ފިތާލަމުން މާހިން ބުނެލިއެވެ.

“ދޮގު… ހުސް ދޮގު… އޭނަ އަހަރެން ދެކެ ނުވޭ އެއްވެސް ވަރަކަށް ލޯތްބެއް…” ރާހުލް ދެއަތަށް ބޯ ހޫރާލަމުން ބުނެލިއެވެ. އެވަގުތު އޭނާގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައީ ރަށު އެންމެން ކުރިމަތީގައި އޭނާ ފަޟީހަތް ވެގެން ދިޔަ ގޮތެވެ. އެއްވެސް ކުށަކާ ނުލާ އޭނާގެ ބޮލުގައި އަންޖޫދާ ދޮގު ތުހުމަތެއް އެޅުވި ގޮތެވެ. އަދި ނަޝްފާ އައިސް އޭނާ ދިފާޢުކޮށްދިން ގޮތެވެ.

“ރާހުލް… އެނގޭ ގަބޫލުކުރަން އުނދަގޫވާނެކަން ވެސް… ހަގީގަތް ކިޔައިދެން އަހަރެން ވަރަށް ބޭނުން… އެކަމަކު އަންޖޫ ނުބުނާށޭ ބުނެފަ އޮތީމަ… އެކަމަކުވެސް ހެޔޮ… އަހަރެން ރާހުލްއަށް ކިޔައިދޭނީ…” ފުން ނޭވައެއް އެތެރެއަށް ލަމުން މާހިން ބުނެލިއެެވެ.

“އަންޖޫ އޭރު ރާހުލްއާ މެދު އެހެން ކަންތައް ކުރީ ހަމަ ރާހުލްއަށް ރަނގަޅަކަށް… އާމިނާއާ ސައްތާރަށް ތި ދެމީހުންގެ ގުޅުން އެނގުމުން އާމިނާ އަންޖޫއަށް ބިރު ދެއްކީ… ރާހުލްއާ ދުރުނުވެފިނަމަ ދެން ރާއްޖެ ނާދެވޭނެ ގޮތަށް ފޮނުވާލާނެކަމަށް… އެކަމަކު އަންޖޫއަށް އެނގޭ ރާހުލް ރާއްޖެއައީ އެކޮޅުން ވަޒީފާ ނުލިބިގެންކަން… އަދި ރާހުލްގެ މަންމަ ބަލިކަން… އެހެންވެ އަންޖޫ ރާހުލް ދޫކޮށްލަން ނިންމީ.. ރާހުލްއަށް ދެރަގޮތެއް ނަހަދަން ވެގެން… ރަށު އެންމެން ކުރިމަތީގައި ރާހުލް ބަދުނާމުކޮށްލީ ރާހުލް އެ ރަށުން ދޭތޯ.. އާމިނާމެން ވެސް ބޭނުންވީ ރާހުލް އެރަށުން ދިއުމަށް… އެހެންވެ.. އަދި ރާހުލްއަށް އެވާހަކަ ކިޔައިނުދެން އަންޖޫ އެއުޅެނީ ކީއްވެކަން އެނގޭތަ؟ އެއީ ރާހުލްއާ ނަޝްފާއާ ދޭތެރޭ މައްސަލައެއް ޖެހިދާނެތީ….” މާހިން ވާހަކަ ދައްކާ ނިމުމުން ރާހުލް އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. މާހިން އެ ދައްކާ ވާހަކައިގެ ތެދު ދޮގެއް އޭނާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އަންޖޫދާ ހަމަ ހަދަހަދައިގެން ވާހަކައެއް ވެސް ދައްކަފާނެ ނޫން ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު ރާހުލްއަށް ކުއްލިއަކަށް އިން ގޮނޑިން ތެދުވެވުނެވެ. އަދި ގޮށް މުށުން މޭޒުމަތީގައި ޖެހުމަށްފަހު ކޮފީތަށިވެސް ނުބޮއި ބާރުބާރަށް ހިނގާފައި ގޮސް އެ ކެފޭއިން ނިކުތެވެ. މަގުގެ ދެކޮޅު ހޯދާ ބަލާލި ހިނދު އޭނާގެ ބޯ ހާސްވާން ފެށިއެވެ. މާހިން ދެންމެ ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. މޫނުގައި ދެއަތުން ފިރުމާލަމުން އޭނާ މަގަށް ނުކުތެވެ. ދެވޭ ނުދެވޭ ދިމާއެއް ވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. ބާރު ސްޕީޑްގައި އޭނާއާ ދިމާއަށް ދުއްވަމުން އައި ލޮރީ ވެސް އޭނާގެ ލޮލުގައި އަޅައި ނުގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ހިތް އެކީ ދެވިއްޖޭ…15

Next

ޢަޞްރު (އަށާރަވަނަ ބައި)

Next
December 17, 2016

ޢަޞްރު (އަށާރަވަނަ ބައި)

Previews
December 17, 2016

ހިތް އެކީ ދެވިއްޖޭ…15

15 Comments!

  1. Liaa says:
    December 17, 2016 at 10:36 am

    hii guys… its very late… i know… and i m srry fr that….
    Liaa kurin innaanee mi stry ekkoh kiye nimmaafa as i told u before… and laptop halaakuveema hurihaa ehche fohevunee…. and i am writing the same stry again… its boring and its a hardwork…. bt huttaanulan vegen mi liyanee… dhe faharu eh kameh fashaigen kuranveema komme meehakuves foohivaane…. liaa ge new story eh ebain… “ANDHIRI FARAAI..” bt mi stry nimmaafa e stry up kuran vegen mi hunnanee… bt guys its truely boring to write this again… and liaa ge emme best eh nudhevey mi parts thakakah…. kuh ves v gina vaabe kanneynge… any way tell me how u feel abt this stry….
    Lov u all??

  2. Thaathi says:
    December 17, 2016 at 11:09 am

    Liaa thihaa negative koh nuvisna bala story vvvv reethi kiyaalan faseyha gorheh ves hurey dhen aneh story ves up kuran fashan v nu and thankolheh avahah up kohdheveytho balaadhy ba please…….

    1. Liaa says:
      December 17, 2016 at 11:13 am

      Thanks Thaathi…
      Mi stry nimmaafa ekam aneh stry fesheynii…. iraadha kurevviyaa next part tmrw up kuraanan

  3. Akky says:
    December 17, 2016 at 11:23 am

    Mi vaahaka aky vvvvv kiyaahithun kiyanundhiya vaahakaeh. Pls intrestaaeku kuriyah gendhan v nun. Thakolheh dhigukoh parts thah genes dhy. Plsss mibaives v rythi

    1. Liaa says:
      December 17, 2016 at 11:36 am

      Thankss aky..

  4. Saadhu says:
    December 17, 2016 at 11:52 am

    Mi site eme kiyaa hivaa vahaka.v reethi avaha next part genes dheeba

    1. Liaa says:
      December 17, 2016 at 12:23 pm

      Thankyw…
      And tmrw genasdheynan insha allah…

  5. Brainless says:
    December 17, 2016 at 1:10 pm

    Vvvv hadi ..
    Thiyothi vefa anju ragalu kofa…
    Dhen dava rahul saa haha

    1. 我 says:
      December 17, 2016 at 5:20 pm

      Dhn kobaa massala aky… brainless inna hiy v tha anjuu aa…

  6. mary says:
    December 17, 2016 at 7:30 pm

    Vv hadi miharu

    1. Lobster says:
      December 17, 2016 at 8:30 pm

      Wow… emme kiyaa hihvaa stry… haadha hih thalhuvaafa ey thi nimmaalee…. cant wait fr next part…

  7. raisha says:
    December 18, 2016 at 12:01 am

    V nice…..
    Perfect

  8. Shaff says:
    December 18, 2016 at 1:11 am

    Raahul accident vaneetha alheyyy heyonuvaane e fakeerah ehen hadhan vaahaka varah nala keep thinking positive liaa and liyaahithun liyanvaanee waiting for next part

  9. Pop says:
    December 18, 2016 at 12:28 pm

    Hadha Kiya hihvey ey.. Avahah up kohdhyba.. Plx plx plx liaa to

  10. Pop says:
    December 18, 2016 at 12:28 pm

    Hadha Kiya hihvey ey.. Avahah up kohdhyba.. Plx plx plx liaa

Comments are closed.

Next Episodeއެ ލޯބި އަސްލު ހައްޤޭ (9 ވަނަ ބައި)←


All Right Reserved!