Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އަނދިރިފަރާތް (3 ވަނަ ބައި)

Liaa
January 28, 2017
8 Mins Read
57 Views
24 Comments

ނުވިސްނާ ހުއްޓާ އޭނާ އޭތި ހަރާލީ އަހަރެންގެ ކޮނޑަށެވެ. ވީތަދުން އަހަރެންނަށް ކުޑަކޮށް ހަޅޭވެސްލަވައިގަނެވުނެވެ. އެވަގުތު އަހަރެންގެ ގައިން ވަރު ހުސްވާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. ދެކަކޫ މައްޗަށް އަހަންނަށް ތިރިވެވުނުއިރު މުޅިތަން އެނބުރޭ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. މަޑުމަޑުން ދެލޯ މެރެމުން ދިޔަކަންވެސް އެނގުނެވެ. ނަމަވެސް ދެންވީ ކިހިނެއްކަމެއް ނޭނގުނެވެ.

** **

އުނދަގުލާއެކު އަހަރެން ދެލޯ ހުޅުވާލީމެވެ. އޭރުވެސް މީހާގެ ބޮލަށް ބަރުވެފައިވިއެވެ. އޭރު އަހަރެންގެ ހަށިގަނޑު ފިނިވެފައިވާކަމުގެ އިހުސާސްކުރެވިގެންދިޔައެވެ. އަހަންނަށް އޮވެވުނީ މަޑުތަނެއްގައެވެ. ގައިގައި ރަޖާގަނޑެއްވެސް އަޅާފައި އޮތެވެ. އަހަރެން އޮތް އެނދުން ތެދުވެ އެކި ފަރާތްފަރާތަށް ނަޒަރު ހިންގާލީމެވެ. އެއީ ބިއްލޫރި ޖަހާފައިވާ ކޮއްޓެއް ކަހަލަ ތަނެކެވެ. އެތަނުގެ ތެރޭގައި ހިފާލާފައިވަނީ އޭސީގެ ފިނިކަމެވެ. އެމޫނު ނިވާކޮށްގެން ހުރި މީހާ އަހަރެން މިތަނަށް ގެނައީ ކޮން ބޭނުމަކުބާއޭ ހިތަށް އަރަމުން ދިޔައެވެ.

އަހަރެން މަޑު ހިނގުމެއްގައި ގޮސް ހުއްޓުނީ އެތަނުގައި ޖަހާފައިވާ ބިއްލޫރިގަނޑު ކައިރިއަށެވެ. ބޭރުން އެއްވެސް މީހަކު ފެންނަން ނެތުމުން އަހަރެން ހާސްވިއެވެ. ގަޑިއެއްހާ ހިސާބުވެސް ފެންނަން ނެތުމުން އަހަންނަށް މިއީ ރޭގަނޑުކަމެއް ދުވާލުކަމެއް ވަކިކުރާކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އަހަރެން ގެއަށް ނުގޮސް ލަސްވެއްޖެނަމަ މަންމަމެން އަހަރެން ހޯދަން އުޅޭނެކަމެވެ.

އިރުގަނޑެއް ވަންދެން އެތާ ހުރުމަށްފަހު އަހަރެން ބިއްލޫރުގަނޑުގައި ތަޅަން ފެށީ ކެތްތެރިކަން ކޮޅުން ލުމުންނެވެ. އަހަރެން އުޅުނީ ބިއްލޫރިގަނޑު ތަޅާލަން ނަމަވެސް އަހަރެން ހީކުރިވަރަށްވުރެ އެ ބިއްލޫރި ބޯވެފައި ހަރެވެ. އަހަރެން ސިހުނީ ކުއްލިއަކަށް އެތަނުގެ ބޭރުގައި ހުރި ދަގަނޑުދޮރެއް ކެހުމުންނެވެ. އެއާއެކު ތިން މީހުން އެތަނުން ނިކުމެގެން އަހަރެންހުރި ތަނާ ދިމާއަށް އަންނަން ފެށިއެވެ. އެ ތިން މީހުންވެސް ހުރީ ކަޅުކުލައިގެ ސުއިޓުލައި ހަމައެކަނި ލޯ ފެންނަގޮތަށް މާސްކު އަޅައިގެންނެވެ. އެތަނުން މެދުގައި ހުރީ އަހަރެން ގަޔަށް ސިރިންޖު ހެރި މީހާކަން އަހަންނަށް ފާހަވީ އޭނާގެ ދެލޮލުންނެވެ. އެއީ ވިލުނޫކުލައަކަށް ދާ ކަޅިއެއްގެ ވެރިއެކެވެ.

“ތީ ކޮންބައެއް؟” ބިއްލޫރިގަނޑުގައި ދެއަތްތިލައިގެ ބަނޑުފުށް ޖައްސައިގެން ހުރެ އަހަރެން ވާހަކަދެއްކީމެވެ. އޭރު އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެމީހުން އަހަންނަށް ހަދާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.

“މީތަ އޭނަ؟” އެންމެ ކުރީގައި ހުރި މީހާ ބަރު އަޑަކުން ވާހަކަދެއްކިއެވެ. އެއީ ހަށިގަނޑު ބިޔަ، ދިގު މީހެކެވެ. އޭނާގެ ލޮލުގެ ކަޅި ކަޅުކުލައިގައިވީއިރު ދެލޮލުގައި އާދަޔާ ޚިލާފު ވިދުމެއް ވިއެވެ.

“ލައްބަ ސަރ.. މީ..” އަހަރެން ގަޔަށް ސިރިންޖު ހެރި މީހާ އެމީހާއާ ވާހަކަ ދެއްކީ ވަރަށް އަދަބުވެރިކަމާއެކުގައެވެ. އެވަގުތު ކުރީގައި ހުރި މީހާ އަހަރެންގެ ބޮލުން ފެށިގެން ފަޔަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.

“ކަލޭމެން އެހެންވީމަ ކުރިއަށް ގެންދޭ..” އޭނާ އަނެއް ދެމީހުންނަށް ބަލާލުމަށްފަހު އެހެން ބުނެލިއެވެ. އަދި ބާރު ފިޔަވަޅުތަކެއްގައި އޭނާ ވަތް ދޮރުން ނިކުމެއްޖެއެވެ. ހާސްވެ ކަންބޮޑުވެފައި ހުރެ އަހަރެން ދެން ތިބި ދެމީހުންނަށް ބަލާލީމެވެ.

“އަހަރެމެން ކަލެއާއެކު ޑީލްއެއް ހަދަން ބޭނުން… ކަލޭ މިތަނުގައި މަސައްކަތްކުރާނަންތަ؟” އަހަރެން ގަޔަށް ސިރިންޖު ހެރި މީހާގެ ގާތުގައި ހުރި އަނެއްމީހާ ވާހާކަދެއްކިއެވެ. އެ ދެލޮލުން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އެއީ ވެސް ޖާނުން ވަރުގަދަ މީހެކެވެ. ގަދަޔަށް އިސްތަށިފަޅާފައިވާ ބުމައެއްގެ ވެރިއެކެވެ.

“މީ ކޮންތަނެއްކަން އެނގުނީމަ ކަންނޭނގެ އަހަންނަށް މިތަނުގައި މަސައްކަތްކުރަން އެނގޭނީ..” ދެއަތް އުރާލަމުން އަހަރެން ބުނެލީމެވެ. އަހަރެން ބޭނުންވީ އެމީހުންނަށް އަހަރެން ހުރީ ބިރުން ނޫންކަން އަންގައިދޭށެވެ.

“މީ މޯލްޑިވްސް ސީކްރެޓް އެޖެންސީ.. އެނގިފަކަންނޭނގެ އޮންނާނީ މިތަނުގެ ވާހަކަ…” އެމީހާ އެހެން ބުނުމުން އަހަރެންގެ އަނގަހުޅުވިގެން ދިޔައެވެ. ކޮޅުކޮޅަށް ނަޒަރު ހިންގާލެވުނީ ބޭއިޚްތިޔާރުގައެވެ. އަހަންނަށް މި ހުރެވުނީ ހަމަ އަސްލުވެސް މޯލްޑިވްސް ސީކްރެޓް އެޖެންސީ އެތެރޭގައި ހެއްޔެވެެ؟ އެންމެންވެސް މި ތަނުގެ ވާހަކަ އަޑުއަހައެވެ. ނަމަވެސް މިތަން ހުންނަނީ ކޮންތާކުކަމެއް އަދި މިތަނުގައި މަސައްކަތްކުރަނީ ކޮންބައެއްކަމެއް ނޭނގެއެވެ. އަހަރެން ފުރަތަމަ މިއީ އޮންނަ ތަނެއްކަމަށް ޤަބޫލެއްވެސް ނުކުރަމެވެ.

“ޔޫ ޑޯންޓް ވޯންޓް؟ ބޭނުން ނެތިއްޔާ އަނބުރާ ގެނައި ތަނަށް ގެންގޮސްދޭނަން… އަވަސް ޖަވާބެއް ބޭނުން…” އެމީހާ އަނެއްކާވެސް ބުނެލިއެވެ. އަހަރެން ނުރުހިފައި އޭނާއާ ދިމާއަށް ބަލާލީމެވެ. ހާދަ ކެތްތެރިވާން ނޭނގޭ މީހެކެވެ.

“ވެއިޓް…” އަހަރެން ބުނެލީމެވެ. އަދި ހަރަން ބަނދެލީމެވެ. އެމީހާ އެހުރިގޮތަށް އަހަންނަށް ބަލަހައްޓައިގެން ހުއްޓެވެ.

“އަހަންނަކަށް ނޭނގެ މިތާ ކުރަންޖެހެނީ ކޮންކަމެއް ކަމެއްވެސް… އަދި ތި މީހުން އަހަރެން މިކަމަށް ނެގީ ކީއްވެކަމެއްވެސް…” އަހަރެން ބުނެލީމެވެ. އެއާއެކު އެމީހާގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. އަހަރެން ކުޑަކޮށް ބިރުވެސްގަތެވެ. އެމީހުން ރުޅިއައިސްފިނަމަ އަހަންނަށް ހަދާނެގޮތެއް އެނގެނީކީ ނޫން ވިއްޔާއެވެ.

“ބުނަން.. ތި މީހުން ކިޔާފަ އަހަންނާ ވާހަކަ ނުދައްކާ އިނގޭ… އަހަރެން މީ މިތަނުގެ މަތީ މަގާމެެއްގައި ހުރި މީހެއް… ސަރ ކިޔާފަ ވާހަކަ ދައްކާ…” އެމީހާ އަޑަށް ބާރުލާފައި ބުނެލިއެވެ. އަހަރެން ދިޔައީ ކުޑަކޮށް ސިހިގެންނެވެ.

“އޯކޭ.. ސާރ.. އަޅުގަނޑު މިތަނާ ޖޮއިން ކުރާށޭ ތި ބުނަނީ ކޮން ސަބަބަކާ ހުރެތޯ؟ އަޅުގަނޑު މީ އެހާ މޮޅު މީހެއް ނޫން.. އަދި އެހެން ނޫނަސް އަޅުގަނޑު އަދި ސްކޫލްވެސް ނުނިމޭ..” އަހަރެން މިފަހަރު ވާހަކަދެއްކީ ތަންކޮޅެއް އަދަބުވެރިކަމާއެކީގައެވެ.

“ތި ހުރިހާ ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން… މިތަނާ ޖޮއިންކުރަން ބޭނުމީޔާ ބުނޭ އާއެކޭ.. ޖޮއިން ކުރަން ބޭނުން ނެތިއްޔާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް..” ސާރ ބުނެލިއެވެ. އެއާއެކު އަހަރެން އަވަސްކަމާއެކު ވިސްނަން ފެށީމެވެ. މިތަނާ ގުޅެވިއްޖެނަމަ އަހަރެންގެ ހުވަފެންތަކުގައި އަސްލުކުލަ ޖެހުނީއެވެ. އަހަރެން އަބަދުވެސް ބޭނުންވަނީ މިފަދަ ތަނެއްގައި މަސައްކަތްކުރާށެވެ.

“އޯކޭ.. އަޅުގަނޑު ބޭނުން ޖޮއިންކުރަން..” ވިސްނުމެއްގައި ހުރެ އަހަރެން ވާހަކަދެއްކީމެވެ.

“ވިސްނަންވާ ވަރަށް ވިސްނާފަތަ ތި ޖަވާބުދިނީ ހަމަ؟ މިތަނުގައި ކުރާ މަސައްކަތްތަކަކީ ކިހާ ރިސްކީ ކަންތަކެއްކަން އެނގޭތަ؟ ފުރާނަ އަތް މައްޗަށް ލައިގެން އުޅެންޖެހޭ ފަހަރުފަހަރުވެސް ދާނެ..” ސާރ އެހެން ބުނުމުން އަހަރެން ޖެހިލުންވިއެވެ. އަނެއްކާ އަހަންނަށް މި ނިންމުނީ ރަނގަޅު ނިންމުމެއްބާއޭ ހިތަށްއެރިއެވެ.

“އަޅުގަނޑު ބުނެފިން ކަންނޭނގެ ޖޮއިންކުރަން ބޭނުމޭ…” އަހަރެން ބުނެލީމެވެ. ކޮންމެ ގޮތެއްވިޔަސް މިތަނުގެ ކަންތައްތައް އެކްސްޕީރިއެންސް ކޮށްލަން އަަހަރެން ބޭނުންވިއެވެ. އެވަގުތު ސާރ ދަތްދޮޅީގައި އަތް ހިންގާލިއެވެ. އަދި ދެން އެތަނުގައި ހުރި މީހާއަށް އިޝާރާތެއްކޮށްލުމަށްފަހު ނިކުމެގެން ދިޔައެވެ. އަހަރެން ފުން ނޭވައެއް ދޫކޮށްލަމުން ދެން ހުރި މީހާއަށް ބަލާލީމެވެ. އޭނާ އަތުގައި އޮތް ރިމޯޓަކުން ސުވިޗަކަށް ފިތާލިއެވެ. އެއާއެކު އަހަރެންނާ އޭނާއާ ދެމެދުގައިވި ބިއްލޫރިގަނޑު ކެހިގެން ދިޔައެވެ.

“އާދޭ އަހަންނާއެކު..” އޭނާ އެހެން ބުނެލަމުން ސާރ ނިކުތް ދޮރު ހުރި ދިމާނޫން އެހެން ދިމާއަކަށް ހިނގައިގަތެވެ. ވާން އުޅެނީ ކީއްކަން ނޭނގި އަހަރެންވެސް އޭނަގެ ފަހަތުން ދިޔައީމެވެ. އޭނާ ސުވިޗަކަށް ފިތާލުމުން އެތަނުން ދޮރެއް ކެހިގެން ދިޔައެވެ. އެއީ ކުޑަވަރެއްގެ ކޮޓަރިއެއް ކަހަލަ ތަނެކެވެ. ފާރުތަކުގައި ހުދުކުލަ ލައިފައިވީއިރު މޭޒަކާއި ގޮނޑިއެއްގެ އިތުރުން ސޯފާސެޓެެއް ހުއްޓެވެ. އޭނާގެ ފަހަތުން އެތެރެއަށްވަދެ އަހަރެންނަށް އެކި ކޮޅުކޮޅު ހޯދެމުން ދިޔައެވެ.

“އިށީންދޭ..” އޭނާ އަހަރެންގާތު އެދުނީ މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީނުމަށެވެ. އަހަރެން އަވަސް އަރުވާލާފައި އިށީންނަން އުޅެނިކޮށް ގޮނޑިއާއެކު ނުވެއްޓުނީވެސް ކިރިޔާއެވެ. ގޮނޑީގައި އިށީންދެ ހަމަޖެހިލަމުން އަހަރެން އޭނާ ކޮބައިތޯ ބަލާލީމެވެ. އޭރު ފާރުކައިރީގައި ހުރި ކަބަޑުސެޓުން ކޮންމެވެސް ފޮށިގަނޑެއް ކަހަލަ އެއްޗެއް ނަގައިގެން އޭނާ އަހަންނާ ދިމާއަށް އާދެއެވެ.

“ތީ ވެސް މިތަނުގެ ބޮޑު މީހެއްތަ؟” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ސަބަބުން އުނދަގޫވެފައިހުރެ އަހަރެން އަހާލީމެވެ. އޭނާ އަހަންނަށް ބަލާލުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ. އެހެންކަމުން އަހަންނަށްވެސް ދެން އިތުރަށް ސުވާލެއް ކުރާކަށް ނުކެރުނެވެ.

ގެނައި ފޮށިގަނޑު މޭޒުމަތީގައި ބެހެއްޓުމަށްފަހު އޭނާ އެއިން ފާޑެއްގެ އެއްޗެއް ނަގައިފިއެވެ. އަހަންނަށް އެއީ ކޮން އެއްޗެެއްކަމެއް އެއްގޮތަކަށްވެސް ނޭނގުނެވެ. ދެނަރު ފާޑެއްގެ މީޓަރަކާ ގުޅައިފައިވެއެވެ. އޭނާ އަހަރެންގެ އަތަށް ދެނަރު ގުޅުމުން އަހަރެން ހައިރާންވެފައި އޭނާއަށް ބަލާލީމެވެ.

“މިއީ… މިއީ ކޮން އެއްޗެއް؟ އަނެއްކާ އަަހަރެން ހޭނައްތާލަންތަ ތިއުޅެނީ؟” އަހަރެން ބިރުން ހުރެ އަހާލީމެވެ. އެއާއެކު އޭނާ ކުޑަކޮށް ހީލިއަޑު އިވިގެން ދިޔައެވެ.

“މިއީ ލައި ޑިޓެކްޓަރެއް.. މިތަނުގެ އެންމެ މޮޅު އެއް އިންވެންޓަރު އުފެއްދި އެއްޗެއްމީ… މީތި ދޮގެއް ނުބުނާނެ.. އައި ޖަސްޓް ވޯންޓު އާސްކް ޔޫ ވަން ކުއެސްޖަން.. ހަމަ އެންމެ ސުވާލެއް….” އޭނާ ނަރުތައް ގުޅާފައިވާ މީޓަރު ނަގަމުން ބުނެލިއެވެ. އަހަރެން ހާސްވެފައި އަތަށް ގުޅާފައި އޮތް ނަރުތަކަށް ބަލާލީމެވެ. އަނެއްކާ އޭނާ ކުރަން އެއުޅެނީ ކޮންކަހަލަ ސުވާލެއްބާވައެވެ.

“ނައު ޑޯންޓް ބީ ނާވަސް… ހަމަ އެންމެ ސުވާލެކޭ..” އަހަރެން އިނީ ބިރުންކަން އެނގިގެން އޭނާ ބުނެލިއެެވެ. އަހަރެން ބޯ ޖަހާލަމުން ހިނިތުންވާން މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެންގެ ހިތް ތެޅޭވަރުން ހީވަނީ އޮބިނޯވިގެން އުޅޭހެންނެވެ.

“ރެޑީ؟” އޭނާ އަހާލިއެވެ. އަހަރެން އަވަސް އަވަހަށް ބޯ ޖަހާލީމެވެ.

“މި އެޖެންސީއާ ގުޅުމަށްފަހު މިތަނާ ބިޓްރޭ ނުކުރާނެކަމުގެ ޔަގީންކަން ލިބިދާނެތަ؟ އާއެކޭ އެހެން ނޫނީ ނޫނެކޭ ބުނަންވާނީ…” އޭނާ ބުނެލިއެެވެ. އަހަރެންގެ ސިކުނޑީގައި އެއްފަހަރާ އެތަށް އެއްޗެއް އެނބުރެމުން ދިޔައެވެ. އަހަންނަށް އަމާނާތްތެރިކަމާއެކު މިތަނުގައި މަސައްކަތްކުރެވިދާނެ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ޚުދު އަހަންނަކަށްވެސް ނޭނގެއެވެ. ވީއިރު އެހެން މީހަކަށް އެ ޖަވާބު ދޭނީ ކިހިނެއް ހެއްޔެވެ؟ އާނއެކޭ ބުނެގެން އެއީ ދޮގެއް ކަަމަށް ޑިޓެކްޓަރުން ދައްކައިފިނަމަ އެމީހުން އަހަންނަށް ހަދާނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ. ހާސްވެ ކަންބޮޑުވެފައި ހުރެ އަހަރެންެ އޭނާގެ ވިލު ނޫ ދެލޮލަށް ބަލާލީމެވެ. އެ ދެލޯ ވެސް އަހަންނަށް މަލާމާތްކުރާފަދައެވެ.

“އާނ.. ބިޓްރޭއެއް ނުކުރާނަން… ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު…” އަހަރެން ޔަޤީންނުވެ އިނދެ ބުނެލީމެވެ. އޭރު އަހަރެންގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އަހަރެން ޖަވާބުދިނުމާއެކު ޑިޓެކްޓަރުން ފާޑެއްގެ ތޫލިއަޑެއް ކިޔެވެ. އަހަރެން ދިޔައީ ސިހިގެންނެވެ.

އެމީހާ މީޓަރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މީޓަރު އޮތީ އޭނާގެ އަތުގައި ކަމުން އަހަންނަކަށް އޭގައިވީ އެއްޗެއް ނޭނގުނެވެ. މޫނު ނިވާކޮށްފައި ހުރުމުން އޭނާގެ މޫނުމަތިން ފާޅުވަނީ ކޮން އަސަރެއްކަމެއްވެސް ނޭނގެއެވެ. އެމީހާ އަހަރެންގެ އަތުން ނަރު ނައްޓައި އެމީޓަރު ފޮށިގަނޑަށް ލައި ލައްޕާލިއެވެ. އަދި ފުންނޭވައެއް ދޫކޮށްލަމުން އަަހަންނާ ދިމާ ބަލާލިއެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ބޮލުގައި އަޅާފައިވާ މާސްކު ނެގިއެވެ. އެއާއެކު އޭނާގެ މޫނު އަހަންނަށް ފާޅުވިއެވެ. ހަމުގެ ކުލަ ފުދޭވަރަކަށް ދޮން އެމީހާ އަހަންނަށްވުރެ މާ ދޮށީ ވައްތަރެއް ނުޖަހައެވެ. މާސްކު މޭޒުމަތީގައި ބޭެއްވުމަށްފަހު އޭނާ އަހަންނާ ދިމާއަށް ހީލިއިރު އެ ދެކޮލުން ފާޅުވި ދެއަޑިކޮޅުގެ ސަބަބުން އެ ސޫރައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެ ކަޅުކަންގަދަ ފަން އިސްތަށިގަނޑު ޖެލްލައި ރީތިގޮތަކަށް ސްޓައިލްކޮށްފައިވިއެވެ.

“ކޮންގްރޭޓްސް… އެންޑް ވެލްކަމް ޓު ދަ އެޖެންސީ..” އޭނާ ސަލާމަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. އަހަރެން ހައިރާންވެހުރެ އެއަތުގައި ހިފައި ސަލާމްކޮށްލީމެވެ.

“އަހަރެމެން މިތަނަށް މީހުން ވައްދަނީ އެމީހަކު މިތަނަށް ބިޓްރޭ ނުކުރާނެކަން ޔަޤީންކޮށްފަ… އަަހަންނަށް މިހާރު ޔަޤީންވެއްޖެ ޝުބާ އެހެން ނަހަދާނެކަން… ޔޫ އާރ ލޯޔަލް..” އޭނާ އެހެން ބުނެލުމުން އަހަރެން އެއްބުމަ އުފުލާލީމެވެ.

“ކިހިނެއް އަހަރެންގެ ނަން އެނގުނީ؟” އަހަރެން ދެއަތް އުރާލަމުން އަހާލީމެވެ.

“އޯ ކަމް އޯން… މީ ކޮންތަނެއްކަން ޝުބާއަށް ހަމަ އެނގޭނެ… އާދައިގެ މީހެއްގެ އިންފޮމޭޝަން ހޯދުން އެއީ އަހަރެމެންނަށް ފެންފޮދެއް ކަހަލަ ކަމެއް…” އޭނާ އެއްމިޔަކުން ހީލައިގެން ހުރެ ވާހަކަދެއްކިއެވެ. ތެދެކެވެ. މިއީ އާދައިގެ ތަނެއް ނޫނެވެ. މިއީ ‘މޯލްޑިވްސް ސީކްރެޓް އެޖެންސީ’ އެވެ. އަހަންނަށް އެ ސުވާލުކުރެވުނީ ހަމަ އަހަރެންގެ މޮޔަކަމުންނެވެ.

“އައިމް އަރޫން… މިތާ މަސައްކަތް ކުރަން ފެށީ އުމުރުން 15 އަހަރުގަ.. މިހާރު އުމުރަކީ 18… އެހެންވީމަ… ގާތްގަނޑަކަށް 3 އަހަރުވެއްޖެ އަހަރެން މިތަނުގައި މަސައްކަތްކުރާތާ…” އަރޫން އެހެން ބުނުމުން އަހަރެން ދެލޯ ބޮޑުކޮށްލީމެވެ. އޭނާ މަސައްކަތްކުރަންފެށީ ހަމަ އެހާ ކުޑަ އުމުރެއްގައި ހެއްޔެވެ؟

“އައި ނޯ ވަޓް ޔޫ އާރ ތިންކިންގ..އަހަރެންގެ އުމުރުން 12 އަހަރުގަ މަންމަ އާ ބައްޕަ ނިޔާވީ.. ދެން އަޅާލާނެ ތިމާގެ މީހަކުވެސް ދުނިޔޭގަ ނެތް… ދެތިން އަވައްޓެރިއަކު އަހަންނަށް ކާއެތިކޮޅެއް ދިއްކޮށްލަނީ…. ދެން އާރިފް ސާރ އަހަރެން މިތަނަށް ގެނައީ… އާރިފް ސާރ އަކީ ދެންމެ ޝުބާއާ ވާހަކަދައްކާފައި ދިޔަ މީހާ… އެއީ އަހަރެމެން ޓީމުގެ ބޮޑުމީހާ… ދެން ހުރީ މި އެޖެންސީގެ ހެޑް… އޭނާގެ މޫނު ފެންނާނީ ހަމައެކަނި ޓީމުތަކުގެ ބޮޑެތި މީހުންނަށް… އަހަރެމެން ކަހަލަ އާދައިގެ މީހުންނަށް އޭނަގެ މޫނެއް ނުފެންނާނެ… އޯހް.. އެންޑް މިތަނުގައި ވޯކް ކުރަން ފެށީއްސުރެ އަހަރެން ދިރިއުޅެނީ މިތާ… ވަރަށް ސަޅި ރޫމްސް ހުރޭ… މިތަނުގައި މަސައްކަތްކުރާ އެންމެން ކަހަލަ ގޮތަކަށް ދިރިއުޅޭނީ މިތާ.. ބަޓް ސާރ ޝުބާއަށް ހުއްދަދޭނެ އަމިއްލަ ރަށުގައި ގޭގަ ހުރުމުގެ.. ޝުބާ ޖެހޭނީ ހަމައެކަނި މީޓިންގް ތަކަށް އަންނަން… ދެން ޝުބާގެ ޓްރެއިނިންގް ކަންތަކާ ހަވާލުވީ އަހަރެން… އައި ވިލް ޓްރެއިން ޔޫ…ކޮން އިރަކުން ފަށާނީ؟” އަރޫން ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔާލިއެވެ. އެންމެ ފަހު ޖުމްލަ ބުނެލަމުން އޭނާ އަހަރެންގެ މޫނު ކައިރީގައި ފުށްޓަތްކެއް ޖަހާލިއެވެ. އަހަރެން ދިޔައީ ސިހިގެންނެވެ.

“އޯހް.. މިޔަދަކު ދެން ޓްރެއިނިންގ އެއް ނުފެށޭނެއްނު؟ ނޭނގެ މިހާރު މަންމަމެން ނުހޯދާނެކަމެއްވެސް…” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. އަހަރެން ހުރީ ގެއަށް ދާން ބޭނުންވެފައެވެ. ގޭގައި އޮވެގެން މިކަމާމެދު ރަނގަޅަށް ވިސްނާލަން އަހަރެން ބޭނުމެވެ.

“އެންމެ ރަނގަޅު… އަހަރެން ގެންގޮސްދޭނަން..” އަރޫން ބުނެލިއެވެ.

އެޖެންސީ ތެރެއިން ނިކުމެވުމާއެކު އަހަރެން ހަށިފުރާ ނޭވައެއް އެތެރެކޮށްލީމެވެ. ބިމުއަޑީގައި ހުންނަ ދޮރަކުން މިތަނުން ނިކުންނަން ޖެހުމުން ކުޑަކޮށް އުނދަގޫވެސް ވިއެވެ. ރޭގަނޑުގެ އަނދިރިކަން މުޅި ވަލުތެރެއަށް ވެރިވެފައިވުމުން އަހަރެން ހާސްވިއެވެ. މަންމަމެން މިހާރު އަހަރެން ނައިސް ލަސްވުމުން ކަންބޮޑުވެގެން އުޅޭނެކަން ޔަޤީނެވެ.

ދޮރުން ނިކުތުމާއެކު އަހަރެމެންނަށް ތިބެވުނީ ގަސްބޯ ވަލެއްގެ ތެރޭގައެވެ. އަނދިރިކަމުގެ ތެރެއިން ގަސްތަކުގެ ހިޔަނިތައް ފާޅުވަމުން ދިޔައިރު އަހަރެންގެ ހިތުގައި ކުޑަ ބިރުވެރިކަމެއް ދުވެލިއެވެ. އަރޫންގެ ފަހަތުން ހިނގަމުން ގޮސް އަހަންނަށް ނިކުމެވުނީ ރަށުގެ އަތިރިމައްޗަށެވެ. އެވަގުތު އެރަށާ ކައިރީގައި އޮތް އިރުދޭފުށި ލޮލުގައި އަޅައިގަތެވެ.

“އެއީ އަހަރެންގެ ރަށް…” ހައިރާންވެ ހުރެ އަހަރެން ރަށާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލީމެވެ. އޭރު އަރޫން ފާޑަކަށް ހީލައިގެން ހުއްޓެވެ.

“ދެޓް މީންސް.. މީ މީ ވިނަދޫ؟ އަހަރެން މި ހުރީ ވިނަދޫގަތަ؟ އެޖެންސީ ހުންނަނީ ވިނަދޫގަ؟” ވިސްނުމެއްގެ ތެރޭ ހުރެ އަހަރެން އަރޫންއަށް ބަލާލަމުން އަހާލީމެވެ. ވިނަދޫ އަކީ ކޮންމެވެސް ބަޔަކު ދަނޑުވެރިކަން ކުރުމަށްޓަކާ ނަގައިގެން އުޅޭ ރަށެކެވެ. އެހެންކަމުން އެރަށަށް ގޮސް އައިސް ހެދެނީ ރަށުގެ ވެރި ފަރާތުގެ ހުއްދަ ލިބިގެންނެވެ. ގިނަ މީހުން އެރަށަށް ގޮހެއް ވެސް ނޫޅެއެވެ.

“ރައިޓް.. އެހެންވީމަ މިހާރު ޝުބާގެ ޒިންމާއެއް އެއީ މި ސިއްރު ދެމެހެއްޓުން… ޝުބާގެ ފަރާތުން މީހަކަށް މިކަން އެނގިއްޖެނަމަ ސާރ ނޭނގެ ދޭނީ ކޮން އަދަބެއް ކަމެއްވެސް… ސޯ ޔޫ ބެޓާ ނޮޓް ޓެލް އެނީ ވަން…” އިންޒާރުގެ ރާގަކަށް އަރޫން އެހެން ބުނެލިއެވެ. އޭނާ އަތުގައި އޮތް ކަޅު މާސްކު ބޮލާއެއްކޮށް އަޅާލުމަށްފަހު އަޅުވައިގެން ހުރި ބެކްޕެކަށް އަތް ކޮށްޕާލުމަށްފަހު ނެގީ ހަތަރެސްކަނަށް ދާ އެއްޗެކެވެ. އެއަށް އޭނާ ގޮތެއް ހަދާލުމާއެކު އޭތި ނިއުޅެމުންގޮސް ސާފިންގ ބޯޑެއް ޒާތުގެ އެއްޗެއްގެ ސިފަ ޖެހުނެވެ. ރާޅުޖަހާ ހިސާބުގައި އޭތި ބެހެއްޓުމަށްފަހު އޭނާ އެއަށް ދެފައި މައްޗަށް ކޮޅަށް އެރިއެވެ. އަދި އަހަންނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ޖެހިލުންވެ ހުރެ އަހަރެން އެ ބޯޑުގެ ފަހަތަށް ކޮޅަށް އެރީމެވެ.

“ހޯލްޑް އޮން ޓައިޓް…” އޭނާ އެހެން ބުނުމަށްފަހު ހަދާލި ގޮތެއްގެ ސަބަބުން އޭތި ބާރު ސްޕީޑުގައި ނައްޓާލިއެވެ. ނުވިސްނާ ހުރުމުގެ ސަބަބުން އަހަރެން ފަހަތަށް ނުވެއްޓުނީ ކިރިޔާއެވެ. އެވަގުތު އަހަންނަށް ހިފަހައްޓާލެވުނީ އަރޫންގެ އުނަގަނޑުގައެވެ. ހަނދުގެ ރިހިއަލި ކަނޑަށް އެޅިފައިވީއިރު ފެންނަލެއް ވަރަށް ހިތްގައިމެވެ. އެ ބޯޑު ކަނޑުގެ ލޮނުގަނޑު ކަފަމުންދާއިރު އިވެމުން ދިޔަ މަޑުމަޑު އަޑުގެ ސަބަބުންނާއި ބާރު ވައިރޯޅިތައް އަހަރެންގެ މޫނުގައި ބީހެމުން ދިޔުމުގެ ސަބަބުން އަހަންނަށް ލޯ މަރާލެވުނެވެ. ހުޅިޖަހާފައިވާ އަހަރެންގެ ފަން އިސްތަށިގަނޑުވެސް އޭގެ މަޤާމްދޫކޮށް ނިއުޅިގެން އައިސް ވަޔާއެކު އެގޮތް މިގޮތަށް ހޫރެން ފެށީ އެވަގުތެވެ.

އިރުދޭފުށީގެ ގޮނޑުދޮަށަށް ބޯޑު ބީއްސާލުމާއެކު އަަހަރެން އަވަސް އަވަހަށް އަރޫންގެ ގައިން ދޫކޮށްލީމެވެ. އަދި ފައިބައިގެން ގޮސް ރާޅުޖަހާ ހިސާބާ ތަންކޮޅެއް ދުރުގައި މަޑުކޮށްލީމެވެ. އަރޫން ބޯޑުމަތީގައި އެހުރިގޮތަށް ހުއްޓެވެ.

“ވާއޮ.. ވަރަށް ބާރު ދޯ ތީތި ދުވާލެއް…” އެގޮތް މިގޮތަށް ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން އަހަރެން ބުނެލީ ހިނިތުންވެ ހުރެއެވެ.

“ޔެއާ.. މީ ރިޒާމް އުފެއްދި އެއްޗެއް.. އެއީ އެޖެންސީގަ އުޅޭ އިންވެންޓާ އެއް… ޔޫ ޝުޑް މީޓް ހިމް.. ވަރަށް މަޖާވާނެ… އެންޑް މިއަށް ކިޔަނީ ‘ވީބީ ބޯޑް’..” އަރޫން ބޯޖަހާލަމުން ބުނެލިއެވެ.

އަހަރެން އެއްގަމަށް އަރަން ހިނގައިގަތްތަނާ އަރޫން ގޮވާލިއެވެ. މަޑު ހިނގުމެއްގައި އަހަރެން ގޮސް އަރޫން ގާތު ހުއްޓެލީމެވެ. އެއާއެކު އޭނާ އަހަންނަށް ދިއްކޮށްލީ އޭނާ އަޅުވައިގެން ހުރި ބެކްޕެކްއެވެ.

“މިއީ؟” އޭގައި ހިފަމުން އަހަރެން ސުވާލުކޮށްލީމެވެ.

“ތި ބެލީމަ އެނގިދާނެއްނު؟” ލާނެތް ގޮތަކަށް އެހެން ބުނެލަމުން އަރޫން ވީބީ ބޯޑު ދުއްވާލިއެވެ. ބާރު ދުވެލީގައި އަރޫން ވިނަދޫއާ ދިމާއަށް މިސްރާބުޖެހިތަން ބަލަން އަހަރެން އިރުކޮޅަކު އެތާ ހުރީމެވެ. އެއަށްފަހު އަހަރެން ރަށުތެރެއަށް އަަރައިގެން ގެއާ ދިމާއަށް ދިޔައީމެވެ.

ގޭތެރެއަށް ވަތްއިރު ނިތްމަތީގައި އަތް އަޅައިގެން ސޯފާގައި މަންމައިނެވެ. ބައްޕަވެސް ފޯނު ކަންފަތަށް ޖަހައިގެން ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މަންމަ ކައިރީގައި ދޮންބެ ވެސް އިނެވެ. އަހަރެން ފެނުމާއެކު އެންމެން އަހަންނާ ދިމާއަށް ބާރުބާރަށް އައެވެ. ހާސްކަމާ ކަންބޮޑުވުން ނޫން އިތުރު އެއްޗެއް އެމީހުންގެ މޫނުމަތިން ފާޅެއް ނުވެއެވެ.

“ޝުބާ… ކޮންތާކުން ތިއައީ؟ ފޯނު ވެސް ގޭގަ ބަހައްޓާފަ ވިއްޔަ ދިޔައީ.. ތީ ހަވީރު ދިޔަ މީހާއެއް ނޫންތަ؟ މިހާރު އެއޮއް އެގާރަ ޖެހީއޭ…” ނުރުހިފައި މަންމަ ވާހަކަދެއްކިއެވެ. އެއާއެކު އަހަރެން ބަލާލީ ސިޓިންގރޫމް ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިއާ ދިމާއަށެވެ. ތެދެކެވެ. މިހާރު ދިހަގަޑި ބައިވެ ބޮޑުވެއްޖެއެވެ. އެމީހުން އަހަރެން ހަމަ އެހާ އިރުވަންދެން އެތަނުގައި ބެހެއްޓީ ހެއްޔެވެ؟

“މަންމާ.. ތިހާ ހާސްނުވެބަލަ… އަހަރެން ދިޔައީ ކުލާސްކުއްޖެއް ގެޔަށޭ..” މަންމަ ހަމަޖެއްސޭތޯ އަހަރެން މަސައްކަތްކުރަންފެށީމެވެ.

“ކޮން ކުލާސްކުއްޖެއް؟ ރައުފާއާ ލީޒާއަށްވެސް ގުޅިން.. އެމީހުންވެސް ބުނި ނާދެއޭ..” މަންމަ ދެއަތް އުނަގަނޑުގައި ވިއްދާލަމުން ބުނެލިއެވެ.

“ރައުފާއާ ލީޒާ ނޫނަސް އެހެން ކުދިން ތިބެއޭ އަހަރެންގެ ކުލާހުގައި..” ހީލަމުން އަހަރެން ބުނެލީމެވެ. ކުލާސްކުދިންގެ ތެރެއިން މަންމައަތުގައި އޮންނާނީ ހަމައެކަނި ރައުފާއާ ލީޒާގެ ނަންބަރެވެ. އެހެން ކުދިންގެ ނަންބަރު މަންމަ އަތުގައި ނެތްކަމީ ހަމަ އަހަރެންގެ ނަސީބެވެ.

“ކޮބާ އަހަރެން ބުނީމެއްނު އެހާ ހާސްވެގެން ތެޅޭނެކަމެއް ނެތޭ… އެންމެންގެ ވަގުތުތައް ވޭސްޓްކޮށްލައިފި މިހިރަ ޝުބާ..” އަހަރެންގެ ދޮންބެ ޝިބާން ނުރުހުމާއެކު ބުނެލިއެވެ. އަދި ބާރުބާރަށް ހިނގާފައިގޮސް ކޮޓަރިއަށްވަދެ ދޮރު ބަން ލާފައި ޖެހި އަޑު އިވިގެން ދިޔައެވެ. ދޮންބެ އެހުރީ ރައްޓެހިވެގެން އުޅޭ ކުއްޖާއާ ވާހަކަނުދެއްކިގެން ރުޅިއަރާފައިކަން އަހަންނަށް އެނގުނެވެ.

“ޝުބާ ދެން މީގެ ފަހުން ނުވާނެ އެހާ ގިނައިރު ބޭރުގަ އުޅެގެނެއް.. އިނގެއްޖެތަ؟” ބައްޕަ އެހެން ބުނުމުން އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. މަންމަވެސް ދެން ނިދަން އުޅޭށޭ ކިޔާފައި ކޮޓަރިއަށް ދިޔައެވެ. އެހެންކަމުން އަހަރެންވެސް އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއަށްވަދެ ދޮރު ތަޅުލީމެވެ.

ކޮޓަރިއަށްވަދެ އަހަރެން ފުރަތަމަވެސް އެނދުގައި ދެފައި ވައްކޮށްލުމަށްފަހު ހުޅުވާލީ އަރޫން ދިން ދަބަހެވެ. އޭގައި ހުރީ ކޮން އެއްޗެއްތޯ ބަލާހިތުން އަހަރެން ހުރީ ކެތްމަދުވެފައެވެ. އަހަރެން އެއަށް އަތް ކޮއްޕާލުމާއެކު ނެގުނީ ކަޅުކުލައިގެ ސުއިޓެކެވެ. އެއާއެކު އަންގިއަކާ ބޫޓެއްގެ އިތުރުން ބޮލާއެކީ އަޅާ ކަހަލަ މާސްކެއް އޮތެވެ. އަހަރެން ވަގުތުން އޭތި ލާހިތްވިއެވެ.

ސުއިޓު ލުމަށްފަހު އަަހަރެން ލޯގަނޑުގެ ކުރިމަތީގައި ހުއްޓެލީމެވެ. މާސްކު އަޅައި އަހަރެން އަމިއްލަ ސޫރައަށް ބަލާލީމެވެ. އަހަރެންގެ މުށިކުލައިގެ ދެލޯ ފިޔަވާ އިތުރުތަނެއް ނުފެނެއެވެ. މާސްކުގެ އަޑިން އަހަންނަށް ހިނިތުންވެލެވުނެވެ. މިޔަދަށްފަހު އަހަންނަކީވެސް ސީކްރެޓް އެޖެންސީގެ މެންބަރެކެވެ. އެހެން ހިތަށްއެރުމާއެކު އަހަރެންގެ ހިތަށް ވެރިވީ ތަފާތު ޝުޢޫރުތަކެކެވެ.

އެހެން ހުއްޓައި ކުއްލިއަކަށް އަހަރެން ސިހުނީ އަހަރެންގެ ފޯނު ރިންގުވާ އަޑަށެވެ. އަވަސް ހަރަކާތަކާއެކު ފޯނުނަގައި ބަލާލިއިރު އަހަރެންގެ ނިތަށް ރޫތަކެއް ޖަމާވީ އެ ގުޅާ ނަންބަރު ފެނިފައެވެ. އެއާއެކު ހިތަށް ބިރުވެރިކަމެއްވެސް ވަނެވެ.

(ނުނިމޭ)

30
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ވަފާތެރި މަވީމޭ … 7

Next

ފިރިމީހާގެ ހައްޤުގައި (14)

Next
January 28, 2017

ފިރިމީހާގެ ހައްޤުގައި (14)

Previews
January 28, 2017

ވަފާތެރި މަވީމޭ … 7

24 Comments

  1. Liaa says:
    January 28, 2017 at 12:46 pm

    Hey guys.. Ummeedhu kuran mi part ves kamudhaane kamah…
    Loves <3

  2. Yax says:
    January 28, 2017 at 12:59 pm

    Oh my god this is so excited
    I love it?

  3. Yaalu says:
    January 28, 2017 at 1:02 pm

    Konme dhuvahaku upkohdheythee v ufavey… thanx ♥♥♥

  4. Jeen says:
    January 28, 2017 at 1:03 pm

    Yes vrh reethi… Thafaathu vaahaka eh kiyaalan beynun vey abdhu ves.. N this is perfect ?.. ???? ? ????

  5. girl :))) says:
    January 28, 2017 at 1:06 pm

    v naice

  6. Harry says:
    January 28, 2017 at 1:14 pm

    Wow.. kuriah dhaa varakun eba reethivey ?

  7. Liaa says:
    January 28, 2017 at 1:18 pm

    Thankss guys <3 🙂

  8. Fthoo says:
    January 28, 2017 at 1:50 pm

    Vvv foohi vaahakaye

  9. Abdul says:
    January 28, 2017 at 2:20 pm

    Salhi

  10. I am Confuse says:
    January 28, 2017 at 2:25 pm

    Liaa… Hashan bannaanee ehnu.. Harameh noonehnu

    1. Liaa says:
      January 28, 2017 at 4:10 pm

      Haran ves kiyaeh noontha?

  11. Haifa says:
    January 28, 2017 at 4:02 pm

    Its beautiful maashaALLAH. This is my favourite story…

  12. Intel R says:
    January 28, 2017 at 7:30 pm

    Mndf meeheh baaa mi vaahaka liyaneee?

    1. Liaa says:
      January 28, 2017 at 8:10 pm

      Nooney liaa mee MNDF meeheh noon 🙂

  13. Aif says:
    January 28, 2017 at 7:46 pm

    Finally smthng different. Super story.. Love it. Hope it will b interesting till the end. Waiting for the next part ???

    1. Liaa says:
      January 28, 2017 at 8:11 pm

      Thankyw Aif.. Will try my best to make it as intresting as possible.. Next part tomorrow 🙂

  14. leon says:
    January 28, 2017 at 8:00 pm

    story v obi.sry 4 late coment..love your story..this is best story i ever red

    1. Liaa says:
      January 28, 2017 at 8:12 pm

      Thankyw leon.. v ufaa vejje leon ge mi comment fenifa.. 🙂

  15. someone says:
    January 28, 2017 at 8:45 pm

    Nice ?????

  16. Intel R says:
    January 29, 2017 at 9:19 am

    thee girl eh dho Liaa

    1. Liaa says:
      January 29, 2017 at 9:32 am

      yess.. I m a girl 🙂

  17. intel R says:
    January 29, 2017 at 12:25 pm

    Nice to meet you Liaa

  18. Ibbe 22 says:
    January 29, 2017 at 12:40 pm

    Haram ves kiyaane. Aslu e ee Arabi baheh. Dhen foohi vaa meehunnah bunelan foohi vangnaa hithuga baavvaa. Liyaane kameh neiy. Nukeema ok vaane. Anekaayah respect kurey. This story is unique and really nice. Keep it up.

  19. Liaa says:
    January 29, 2017 at 1:52 pm

    Thankyw all for ur support <3

Comments are closed.

All Right Reserved!