އެނބުރެމުން ދިޔަ މަޑު ފަންކާގެ އަޑު ކޮޓަރީގައި ހިފާލާފައި ވީއިރު އެނދުމަތީގައި ލެޕްޓޮޕް އުނގަށް ލައިގެން ނާހިދް ނިދިފައި އިނެވެ. އޭނާގެ އަންހެނުން ލާރާ ކައިރީގައި ނިދާފައި އޮތް އިރު ލެޕްޓޮޕްގެ އަލިކަން ނޫނީ އެތަނުގައި އަލި ކަމެއް ނުވެއެވެ. އޭނާ ކުއްލިއަކަށް ސިހިފައި ތެދުވީ ފޯނު ރިންގުވާން ފެށި އަޑަށެވެ. އެނދުގެ ފަޑީގައި ލެނގިލައިގެން އިނދެފައި ނާހިދް ތެދުވެ ލޯ އުނގުޅަމުން ފޯނުނެގިއެވެ. “ހަލޯ..” ނިދި އަޑުން ވާހަކަ ދެއްކި އިރު އޭނާއަށް ރަނގަޅަށް ލޯ […]
“ދޫކުރޭ! ދޫކުރާށޭ!!” ރިއުމާން އައިސްފައި ހުރި ރުޅީގައި ނިކަންބާރަށް އޭނާގެ މޭގައި އަޅައި ކޮށްޕާލިއެވެ. އެމީހާ ގޮސް ބިންމައްޗަށް ވެއްޓުމާއިއެކު ދެންތިބި އެންމެން ރިއުމާންއާއި ދިމާ ކޮށްލިއެވެ. ރިއުމާން އަވަސް އަވަހަށް ނަދާ އަތުގައި ހިފައިގެން ދުއްވައިގެން އިރު ފަހަތުން އެމީހުން ހަޅޭ ލަވަމުން އާދެއެވެ. ތޮއްޖެހިފައި އޮތް މީހުންތައް ދުރުކުރަމުން ރިއުމާން ދިޔައިރު އެހިތް ނެގިނެގިފައި ޖެހެއެވެ. އަނެއްކާ ވެސް ކުރީގެ ބިރުވެރިކަން އެހިތަށް ވައިން އިރު އޭނާ ބެލީ އެތަނުން ނިކުމެވޭތޯއެވެ. އިރުގަނޑެއް ފަހުން […]
އޭނާގެ މޫނަށް ލޭތަށް ބުރުއްސައިގެން ދިޔައިރު ދުރުގައި ހުރި ރިއުމާން އަނގަމަތީގައި އަތް އަޅައިގެން ހުރެ ބިންމައްޗަށް ތިރިވިއެވެ. ޒުބޭރު ހިތްފުރޭ ވަރުވުމުން ކަޓަރު ދުރަށް އެއްލާފައި ހިންދެމިލަމުން، ކުރިމަތީގައި ލެއިން ތަތްތެޅިފައި އޮތް ހާޖަރާއަށް ނަޒަރު ހުއްޓާލިއެވެ. “ބޮޑު އުނދަގުލެއް ކަހަލަ މީހެކޭ!” ޒުބޭރު މިހެން ބުނެފައި މޫނުމަތީގައި ވީ ލޭތަށް އެއަތުން ފޮހެލިއެވެ. ދެލޯ ހުޅުވާލަމުން އަތަށް ނަޒަރު ހުއްޓާލިއިރު އެ އަތުގައި މިހާރު އެއްވެސް ލެއެއް ނެތެވެ. އޭރު ކައިރީގައި އޮތް ފޯނު […]
“އާދެބަލަ.” ޒުބޭރު މިހެން ބުނެފައި ރިއުމާން ގެނެސް އެ އުނގުގައި ބޭންދިއެވެ. އިސްޖަހައިގެން އިން ރިއުމާން އިނީ ޒުބޭރުގެ އުނގުގައި އިންނަން ޖެހުމުން އުނދަގޫވެފައެވެ. ދޭތެރެ ދޭތެރެއަކުން އެއަތުގައި ފިރުމާލާ ކޮންމެ ފަހަރަކު އެހިތަށް އިތުރު ވޭނެއް ލިބެއެވެ. “ފައްކާ ދޯ.” ޒުބޭރު ބުނެލި ބަހުން ރިއުމާންއަށް ބޭއިޚްތިޔާރުގައި އޭނާއަށް ނަޒަރު ހުއްޓާލެވުނެވެ. އެލޮލުން ބިރުވެރިކަން ހާމަ ވީއުރު ރިއުމާން އިނީ ޒުބޭރު ކުރަން މިއުޅޭ ކަމެއް ނޭނގި ހާސްވެފައެވެ. “ފަސް ހާސް.” ދުރުގައި އިން މީހާ […]
އައްޔާދްގެ އަތުގައި ރަތް ކުލަ ހުރިއިރު ރިއުމާންގެ ހެދުމުގައާއި ބުރުގަލުގައި ރަތްކުލަ ހުއްޓެވެ. މިހާ ދުވަސް ވީއިރު ޒުބޭރުގެ ފަރާތުން ނޫނީ އެކަހަލަ ގޮތަކަށް ފިރިހެނަކު އޭނާގެ ގައިގައި އަތްލާފައެއް ނުވެއެވެ. ރިއުމާން ބިރުން ދުއްވައި ގަތުމުން އައްޔާދް އޭނާގެ އަތުގައި ހިފައި ދަމާލުމާއި އެކު އޭނާގެ މޫނު އައިސް ޖެހުނީ އައްޔާދްގެ މޭމަތީގައެވެ. “ނޫން!! ނޫން ދޫކުރޭ!!” ރިއުމާން އަތްދަމާފައި ނިކަން ބާރަށް އައްޔާދްގެ ކަންކަށިމަތީގައި އެތިފަހަރެއް ޖެހިއެވެ. އަރައިގެން ދިޔަ ދިލައިން އައްޔާދް ބޭއިޚްތިޔާރުގައި […]
“ކަލޭ ހީކުރީ ނަފީސާ ގެނައިމައި އަހަރެން މައިތިރިވީ ކަމަށްތަ! ހުވާ ގަންދީ މިބުނީ އަތުޖެހޭއިރަށް ހަމަ ނޮޅާލާނަން! އަދި މާވެފައި ބުރަކަށި ހާމައަށް ދައްކައިގެން ކުނިކަހަން އެބައޮތެއްނުން.. އަހަރެން ކަމެއް ނުކުރާނެއޭ ހިތާ ދޯ.” ރިއުމާންގެ ކޮލުގައި ހިފައި ބާރުކޮށްލަމުން ޒުބޭރު ބުނެލިއެވެ. ރިއުމާން ގަދަ ހަދަމުން ދިޔައީ ޒުބޭރުގެ އަތުން ވީއްލިގެން ދެވޭތޯއެވެ. ނަމަވެސް ޒުބޭރު އެއަށްވުރެ މަ ހުށިޔާރެވެ. އޭނާ ރިއުމާން ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ބޭރުގައި ހުރި ގިފިއްޔަށް ވެއްދިއެވެ. ދޮރު […]
“ރިއުމާން ހަމަ މިހާރު ތިތަނުން ދުރަށް ދޭ! ދޭ ދުރަށް!” ހާޖަރާ ހަރުކަށި ކަމާއިއެކު މިހެން ބުނުމުން ރިއުމާން ތެޅިގެންފައި އެތަނުން ދުރަށް ގޮސް ދެތިން ފިޔަޅު ފަސްޖެހުނެވެ. އޭރު ވެސް ސިންކު ކައިރީގައި ޒުބޭރު ފާޑަކަށް ހެވިފައި ހުއްޓެވެ. “ކަލޭ ބޮޑު މުޑުދާރު!!” ހާޖަރާ އަޑުގެ ކޮޅަށް ހަޅޭލަވައިގެންފައި މޭޒުމައްޗަށް ނަޒަރު ހިންގާލަމުން އެންމެ އަވަހަށް ލޮލުގައި އަޅައިގެން ރޮށިފިހޭ ތަވާ ނަގައި ޒުބޭރުއާއި ދިމާއަށް މަޅާލިއެވެ. ޒުބޭރު ހުށިޔާރު ކަމާއި އެކު ރެކިގެންފައި އެދިޔަގޮތަށް […]
ޓިނުން ހިޔާކޮށްފައި ހުރި ކޮޓަރީގައި އެނބުރެމުން ދިޔަ ފަންކާއިން ދިލަ ހޫނެއް އަރަމުންދިޔައެވެ. މެންދުރުގެ ގަދަ އަވިން ކޮޓަރިއަށް ވަނީ އާވިކަމެއް ފެތުރިފައެވެ. އެނދުމަތީގައި ހުރި ބާލިސްތައް އެތަށް މިތަނަށް އުކާލެވިފައި ވާއިރު ބައެއް އަންނައުނުތައް ކައިރީގައި ހުއްޓެވެ. ބިންމަތީގައި އޮތް ފަޓުލޫނު ނަގައި ހޭވަރު ކޮށްލުމަށްފަހު ޒުބޭރު ބެލްޓު އަޅާލަމުން ފުންނޭވާއެއް ލިއެވެ. އޭރު އޭނާގެ ނިއްކުރިން އޮށްދާ ހިއްލަމުން ދިޔައިރު އެނދުގެ މަގަތުގައި އޮތް ޓީޝާޓުނަގައި ކަރުދަށް ފޮހެލަމުން އޭތި ގަޔަށް މަހާލިއެވެ. “އޭތް! […]
އަޒުރާ ނިޔާވި ޚަބަރު ލީނާއަށް ދިނީ ލޫތް އަމިއްލައަށްށެވެ. ލީނާ ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އައިސް އައިފާއާއި އެކީ އުޅޭ އިރު އެކަން އޭނާއަށް އިނގެން ވާނެކަމަށް ލޫތް ޤަބޫލު ކުރިއެވެ. “އައި އެމް ސޯ ސޮރީ..” ލީނާ މިހެން ބުނެ ލޫތްގެ ބުރަކަށީގައި ފިރުމާލިއެވެ. ކޮޓަރިން ނިކުއިން ލައިޝާއަށް މި މަންޒަރު ފެނުމުނެ ދެއަތް މުށްކެވުނެވެ. “ލީނާ!!” ލައިޝާގެ އަޑަށް ބާރު ލާފައި ބުނެލިއެވެ. ލޫތްގެ ބުރަކަށީގައި އޮތް އަތް ދުރަށްލަމުން ލީނާ […]