އެނދުމަތީގައި ހުޅުވާފައި ހުރި ފޮއްޓަށް ރިއުމާން ހެދުންތައް އަޅަމުން ދިޔައިރު ހާޖަރާ ކައިރީގައި ބައެއް އެއްޗެހި ފަތްޖަހަން އިނެވެ. ކޮތަޅުތަކުގައި ހުރި ސާމާނުތަށް ފޮށިގަނޑުތަކަށް އަޅައި ނިމިފައި ވީއިރު އަދިވެސް ބައެއް އެއްޗެހި ނޭޅި ހުއްޓެވެ. “ދަރިފުޅު އެ ކޮތަޅުގައި ހުރި އެއްޗެހި ފޮށިގަނޑަށް އަޅައި ހުރިހާ ފޮށިގަނޑުތަކެއް ބަންދު ކުރަން އުޅޭ.. މަންމަ ހެދުންތައް އަޅާލަ ފާނަން.” ހާޖާރާ އަތުގައި އޮތް ހެދުން ފޮށިތެރެއަށް ލަމުން ބުނެލިއެވެ. ރިއުމާން ފަރިތަކަމާއި އެކު ކޮތަޅުގައި ހުރި އެއްޗެހިތައް […]
ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފޯނު ބޭއްވުމަށްފަހު ފަސް އެނބުރި ހިނިތުންވެލިއެވެ. “މިސް ރިއުމާން. އައި ވޮސް ލުކިން ފޯވާޑް ޓު މީޓް ޔޫ.. އަޅުގަނޑު މިއީ މި ވެބެސައިޓްގެ މާކެޓިން ހެޑް ލައިބާ ނަޒީރް.” ލައިބާ އަތް ދިއްކޮށްލުމުން ރިއުމާން ހިނިތުން ވެލާފައި ސަލާމް ކޮށްލިއެވެ. “ރިއުމާން..” ގޮނޑީގައި އިށީންނަމުން ރިއުމާން ބުނެލިއެވެ. “ސޯ.. މިއުޅެނީ މިހާރު އާ މާކެޓިން ސްޓްރެޓަޖީއެއް ފަށަން.. ހުރިހާ ކަމެއް ބަދަލު ކޮށްލާފައި މި ވެބްސައިޓްގެ ލުކް ވެސް ބަދަލުކޮށްލަން. […]
ރިއުމާންގެ ހިތް އަވަސް ވަމުން ދިޔައިރު އޭނާ ބޭނުންވީ އަވަހަށް ކޮޓަރިއަށް ވަދެ ތަޅުލައިގެން އިންނާށެވެ. ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތަކާއި އެކު ކުރީގެ ހަނދާތައް ޚީޔާލުގައި ފުނި ޖެހެމުން ދިޔައެވެ. އޭނާ ކުޑައިރު އަނިޔާ ކޮށްލި ގޮތެވެ. އޭނާ ލެވި ހަޅޭކުން ކަރުން ލޭރަހަ ލީ ދުވަސްތެކެވެ. އެހެންމީހުން އޭނާ ކިބައިން ހުރިހާ އަބުރެއް ނޮޅާލި އިރު އެއްވެސް ބާރެއް ނެތި އޮންނަން ޖެހުނު ގޮތެވެ. އެޚިޔާލުތަކުން އޭނާގެ ނޭވާ ތާށިވަމުން ދިޔަ އިހުސާސް ވީއިރު […]
“ދަރިފުޅާ ރިއުމާން..” ޒުބޭރު މިހެން ބުނެފައި އައިސް އޭނާ ކައިރީގައި ހުއްޓިލުމުން އެހިތް ތެޅެން ފެށި ވަކި ވަރެއް ބަލާފައެއް ނޫނެވެ. އެހައި ދުވަހަށްފަހު އެ މުޑުދާރު ފިރިހެނާގެ މޫނުފެނި ރިއުމާން ދެއަތް މުއްކެވުނެވެ. ފޮރުވައިގެން އުޅުނު ހުރިހާ ރުޅިވެރިކަމަކާއި ހިތާމަތަކެއް ފެންމަތިވި އިރު އެހިތުގައި ވަޅުލެވިފައި ވީ ބިރުވެރިކަން އަނެއްކާ ވެސް ގުޑިލި ކަހަލައެވެ. ރިއުމާން އޭނާގެ ބައްޕައަށް ބަލާވެސް ނުލައި އެތެރެއަށް ހިނގައި ގަތެވެ. އޭރު ހާޖަރާ ކައި ނިމިގެން ސިޓިން ރޫމަށް ނިކުއިން […]
އިރުއިރުކޮޅަކާއި ފާރުގައި ހުރި ގަޑިއަށް ނަޒަރު ހުއްޓާލަމުން ބެލްކަނިން ނިކުމެ މަގުގެ ދެކޮޅު ބަލާލާފައި މާރިއާ ގޭތެރެއަށް ވަދެއެވެ. “ކޮބާތަ؟ އަދިވެސް ނާދޭ..” މާރިއާ ކަންބޮޑުވެފައި ބުނެލިއެވެ. އޭރު އާޒިމް ސިޓިން ރޫމު ސޯފާގައި އިށީނދެލައިގެން ދެފައި ހަލުވާލަ ހަލުވާލަ އިނެވެ. “ދެންމެ ގުޅީމަ ބުންޏެއްނުން މިއަންނަނީއޭ..” އާޒިމް ބުނެލިއެވެ. “އަހަރެން އޭރު ވެސް ބުނިން ފުލުހަށް ވަންނާނެ ކަމެއް ނެތޭ.. ބޮޑު ވިޔާފަރިއެއް އޮއްވަ ކީއްކުރަން އެހެން ވަޒީފާއަކަށް ދާންވީ. އާޒިމް ވެސް ނޫޅުނު އޭނަ […]
ރިއުމާންގެ އަތް މޮހެގެން ދިޔުމުން އޭނާ އަވަސް އަވަހަށް ދެއަތް ގެނެސް ގަޔާއި ކައިރި ކޮށްލިއެވެ. އޭރު އެމީހާ ރިއުމާން ކައިރިއަށް ތިރިވުމުން އެމީހެއްގެ މޫނު ފެންނަވަރު ވިއެވެ. އޭނާ ލައިގެން ހުރީ އެ ރަތް ކޯޓެވެ. އާނއެކެވެ. މިހާރު ހަދާން ވެއްޖެއެވެ. ރިއުމާންއަށް އެ ހުރިހާ ޚަބަރެއް ދެނީ އޭނާއެވެ. އެކަމަކު ރިއުމާންގެ ކުރިމަތީގައި މިއިނީ އެނާ ދަންނަ ސޫރައެކެވެ. އޭނާ މަރާލަން ވެސް މިއުޅެނީ ހަމަ އެކަކެވެ. ހިނދުކޮޅެއް ތެރޭ ރިއުމާންއަށް ހުރިހާ ކަމެއް […]
ކެރިގަނޑު ބޯކޮށްލުމާއި އެކު ރިއުމާން މަގު ހުރަސް ކުރަން ހިނގައިގެން ވަގުތު ރަތް ކޯޓު ލައިގެން ހުރި އެމިހާ މަގުގެ އަނެއް ކޮޅުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެ ރަތް ކޯޓު ފާހަގަ ކުރަމުން ރިއުމާން ކުޑަ ތިރިކޮށްލުމަށްފަހު ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ބޯ ވާރޭތެރޭ ދެވޭ ތަނެއް ރަނގަޅަށް ސާފު ނުވާއިރު ދުއްވާ އެއްޗެހީގެ ބަރުގަނޑުގެ އަޑު އިވެމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ކުރިމައްޗަށް ވޭނެއް ހުރަސް އެޅުމާއި ރިއުމާން ސިހިފައި ފިޔަވަޅުތައް ހުއްޓުނެވެ. އޭގެން މީހަކު އޭނާގެ […]
އިމާރާތުން ބޭރަށް ނިކުއިން އިރު އެކި މީޑިއާ ތަކުގެ ރިޕޯޓަރުން އެތަނަށް އެއްވެފައި އޮތެވެ. ބޯ ކުރަމުން ދިޔަ ކަޅު ވިލާތަކުން ހޯސްލާގައި ކެރިގަނޑު އޮއްސާލިއެވެ. އެވަގުތު ރިޕޯޓަރުންތައް އޭނާ ކައިރިއަށް ޖެހި ޖަވާބަކަށް އެދި އެއްފަހަރާ ސުވާލު ކުރަން ފެށިއެވެ. ބޯ ވާރޭ ތެރޭ ތެމެމުން ދިޔައިރު ރިއުމާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. “މި ރިޕޯޓަކީ ކިހާވަރެއްގެ ހަޤީޤާތެއްތޯ؟” ރިއުމާންއަށް އެސުވާލު އަމާޒު ވުމުން އޭނާ ހިންދިރުވާލިއެވެ. “އެއީ ހަމަ ތެދު ހަޤީޤަތް.. ބާރުގެ ބޭނުން […]
“ޔޫ އާ ފަޔާޑް!” ނާހިދް އަޑުގައި ހުރި ބާރެއް ލާފައި ބުނެލިއެވެ. އޭރު ކުރިމަތީގައި ހުރި ރިއުމާންގެ މޫނުމަތިން ހައިރާން ކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. “ބުނިންދޯ އިތުރަށް މި މައްސަލަގައި ކުރިއަށް ގޮސްގެން ނުވާނެޔޭ.. އަދި އަހަންނަށް ދޮގު ހަދާފަ އެ ރިޕޯޓު ޝާޢިއު ކުރަން ކެރުނީތީ ވެސް ހައިރާން ވެއްޖޭން. ގެޓް އައުޓް. މީގެ ފަހުން މި އޮފީސް ފެންނަ ހިސާބަށް ވެސް އައިސްގެން ނުވާނެ. ކަލެކްޓް ޔުއާ ތިންގްސް އެންޑް ލީވް. ޔޫ […]