“އެހެންވީމަ އަހަރެން ވިސްނާފައި އޮތީ ހަމައެކަނި އައިފާ ލޫތްގެ ދިރިއުޅުމުން ދުރުކޮށްލުމެއް ނޫން.. އަހަރެން ބޭނުމީ އޭނާގެ ވަސްވެސް ފިލުވާލަން.” ލީނާ މިހެން ބުނުމުން އާޒިމާގެ ދެބުމަ ގޮށްޖެހުނެވެ. “ނުވިސްނުނު.” އާޒިމާ އިތުރަށް އޮޅުން ފިލުވުމަށް އަހާލިއެވެ. “އެންމެން ހީކުރަނީ އައިފާއަށް އެދިމާވީ އެކްސިޑެންޓްއެއް ކަމަށް ދޯ.. ބުނަންތަ ސިއްރެއް.. އެއީ އަހަރެން ރާވައިގެން ކުރުވި ކަމެއް.” ލީނާ ބުނެލި ވާހަކައިން އާޒިމާ ސިހުނެވެ. އެއްޗެއް ބުނަން ނޭނގިފައި އިންއިރު އޭނާ އިނީ އެވާހަކަ ޤަބޫލު ކުރަން […]
ކޮޓަރީގައި ލެޕްޓޮޕް ހުޅުވައިގެން އިން ލީނާ އިނީ ލޫތްއާއި އޭނާގެ ފޮޓޯތަށް ބަލާށެވެ. ދުބާއިގައި އުޅުން އިރު ނަގާފައި ހުރި ފޮޓޯތައް ފެނި އެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވިއެވެ. އެވަގުތު އެނދުމަތީގައި ޗާޖަށް ޖަހާފައި އޮތް ފޯނު ރިނގުވި އަޑަށް އޭނާ ލެޕްޓޮޕް ލައްޕާލުމަށްފަހު ފޯނު ނެގިއެވެ. “ހަލޯ؟” ގުޅީ ނުދަންނަ ނަމްބަރަކުން ކަމުން އެއީ ކާކު ކަމެއް ލީނާއަކަށް ނޭނގުނެވެ. “ލީނާ. މިއީ އާޒިމާ.” އެކޮޅުން އާޒިމާގެ އަޑު އިވުމުން ލީނާ ހައިރާން […]
އެ ބޮޑު ބާލިސް ގެނެސް އައިފާގެ މޫނުގައި އަޅައި ފިއްތާލުމާއި އެކީ އޭނާ ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. އެތެރެ ހަށީގައި ނޭވާ ބެދި ހީވީ ފުއްޕާމޭ ފަޅައިގެން ހިނގައިދާނެ ހެންނެވެ. މުޅި މޫނު ބާލީހުން ފޮރުވިފައި ވީއިރު އެތެރެހަށި ބާރުވަމުން ދިޔަ އިހުސާސެއް އޭނާއަށް ވިއެވެ. ދެލޯ ރަތްވެ އަތް މުށްކެވުނު އިރު ބާލިސް ދުރުކޮށްލަން ވެސް އެއަތް ހަރާތެއް ނުކުރިއެވެ. ކަރުތެރެ އެއްކޮން ހިކި ހިންދިރުވައި ނުލެވުނެ އިރު ކަރުގެ ނާރުތަށް ވަނީ ނޭވާ […]
“އައިފާ ޑިސްޗާޖު ކޮށްލިހައި އަވަހަކަށް މެރީ ކުރާނަން.. ބޭނުމެއްނޫން އެއްވެސް ޕާޓީއެއް ބާއްވާކަށް.. ދެޓްސް ނޮޓް އިމްޕޯޓަންޓް. މެރީ ކުރެވުނުހައި އަވަހަކަށް ލަންޑަންއަށް ދާނީ.. އެތަނުން އައިފާގެ އައި ސައިޓް ރަނގަޅު ވުމުން ނޫނީ ދެން އިރާދުކުރެއްވިއްޔާ އެނބުރިއެއް ނާންނާނަން… އައި ވިލް ޓޭކް ކެއާ އޮފް ޔޫ” ލޫތްގެ ބަސްތަކުން އައިފާގެ މަރުވެފައި އޮތް ހިތަށް ދިރުމެއް ލިބުނެވެ. އައިފާ އުފަލުން ލޫތްގެ މޭތެރޭ ބޮނޑިވެގެން އިރު އޭނާ ހުރީ ކޮންމެ ގޮތަކަށް ކަންތައްވި ނަމަވެސް […]
ސާދަ ވިލޭރެގެ ހަނދުވަރު ކުޑަދޮރުން އެޅިފައި ވީއިރު ލޫތްގެ ނަޒަރު ވަނީ ނިދިފައި އޮތް އައިފާއަށް ހުއްޓިފައެވެ. ސޯފާގައި ލެނގިލައިގެން އިން އިރު އެ ލޮލުގައި ކަރުނަ ބަބުޅަމުން ދިޔައެވެ. ޑޮކްޓަރު ދެއްކި ވާހަކަ ޤަބޫލުކުރަން އެހިތް ދެކޮޅު ހެދިއެވެ. އެކަން އަދި ސިއްރު ކޮށްދިނުމަށް އެދުނީ ވެސް އައިފާ ގާތު އެވާހަކަ ބުނާނެ ގޮތެއް ނޭނގުމުންނެވެ. ދެން ދުވަހަކަވެސް އެލޮލަށް އަލިކަމެއް ލިބުމުގެ އުއްމީދު ނެތްކަން ހާމަ ކުރާނެހައި ހިތްވަރެއް ލޫތް ކިބަޔަކު ނެތެވެ. ފާރުގައި […]
“ނުފެނޭ މަންމާ.. ކޮބާތަ؟ ކީއްވެތަ އަނދިރީ!! މަންމާ!!” އައިފާ ރޮއެ ގަންނަމުން މިހެން ބުނިއިރު ލޫތް ކޮޓަރީގެ ދޮރުމައްޗަށް އައިސް ހުއްޓުނީއެވެ. ވައިގައި އައިފާ އަތް ފުނާ އަޅަމުން ދިޔައިރު އޭނާ އެބުނި ބަސްތައް އިވި ލޫތްގެ އަތުގައި އޮތް ފެންފުޅި ބިންމައްޗަށް ވެއްޓުނެވެ. އޭނައަށް އެބަސްތައް ހީވީ އިއްވާލި ހޮނު ގުގުރިއެއް ހެންނެވެ. ލޮލަށް ކަރުނަ ޖަމާވިއިރު އެހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ބަސްހުއްޓިފައި ހުރި ލޫތްގެ ނަޒަރު ވަނީ އައިފާއަށް ހުއްޓިފައެވެ. ކުރިއަށް ފިޔަވަޅެއް […]
(ފަނަރަ ގަޑި އިރު ފަސް) އައި.ސީ.ޔޫ ބޭރުގައި އިން ޒޭން އިނީ އައިފާ އެތަނަށް ގެނައިރުވެސް ލައިގެން އިން ގަމީހުގައެވެ. އޭރު ލުތުފީ ދުރުގައި ހުރި ގޮނޑިއެއްގައި އިންއިރު އޭނާގެ ނަޒަރަ ވަނީ ޒޭންއަށް ހުއްޓިފައެވެ. “ޒޭން!!” ލޫތްގެ ހަރުކަށި އަޑު މުޅި ހިސާބުގައި ހިފާލުމާއިއެކު ލުތުފީ ސިހިފައި އިންތަނުން ތެދުވިއެވެ. އޭރު ލޫތް ދުވެފައި ކަހަލަ ގޮތަކަށް އެދިމާއަށް އައިރު ފަހަތުން ނާއިލް އާއި ސައިލަމްގެ އިތުރުން ފުލުސް އޮފިސަރަކު ވެސް އާދެއެވެ. “ލޫތް! މަޑުކޮށްބަލަ..” […]
ވެހެމުން ދިޔަ ބޯ ވާރެއިން ލޯމައްޗަށް ފުސްވެފައި ވުމުން މިދެވެނީ ކޮންތާކަށް ކަމެއް އައިފާއަކަށް ނޭނގެއެވެ. އެއަށް ވުރެ ބޮޑަށް އޭނާ ހުރީ ބިރުގަނެ ޒޭންއާއި ދުރަށް ދިއުމަށް ބޭނުންވެފައެވެ. ކުއްލިއަކަށް ކުރިމަތިން ހުރަސްކުރި ކާރެއްގައި އައިފާ ޖެހި ވިއްސައިގެން ދިޔައި އިރު އޭނާގެ ހަޅޭކުގެ އަޑާއި އެކު ކާރު ފުރޮޅު ކަހާލިއަޑު މުޅި ފަޒާގައި ހިފާލިއެވެ. ޕޭމަންޓު މައްޗަށް ލޭ ފޭދިގެން ދިޔައިރު އައިފާގެ އެއްވެސް ހަރަކާތެއް ނެތެވެ. ދެލޯ މެރިފައި ވީއިރު ބޮލުން ފައިބަމުން […]
“ހައު ޑެއާ ޔޫ!” އައިފާ މިހެން ބުނިއިރު ޒޭން ހުރީ އައިފާ އެކުރި ކަމަކުން ޖެހި ބުދެއްހެން ހުއްޓިފައެވެ. އެއްއަތުން އޭނާ ކޮލުގައި ފިރުމާލިނއިރު އެ ތުންފަތުގައި އައިފާގެ ތުންފަތުގައިވީ ރަތްކުލަ ފޭދިފައި ވިއެވެ. “އައިފާ!” ދުރުން އިވުނު ލޫތްގެ އަޑަށް އައިފާގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. އެއްފަހަރު ޒޭންއާއި ދިމާއަށް ބަލާލުމަށްފަހު އަނެއްފަހަރު ލޫތްއަށް ބަލަމުން ދިޔައިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ލޫތް ހިނގާފައި އެދިމާއަށް އައިރު އައިފާ ހުރީ ވީ ކަންތައް […]