މަލަން ފޮޗެއް ނަގައިގެން އިނގިލީގައި އަޅަމުން އަޒުރާ ސިޓިން ރޫމަށް ނިކުންނަން ދިޔައީ އައީ ކާކުތޯ ބެލުމަށްށެވެ. “ކާކުތަ ދަރިފުޅާ؟” އަޒުރާ ވާހަކަދައްކަމުން ސިޓިން ރޫމަށް ނިކުއިން އިރު ދޮރުމަތީގައި ހުރި ލުތުފީ ފެނި އޭނާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ސައްބީސް އަހަރުފަހުން ލުތުފީ އެގޮތަށް ހަމަލޮލަށް ފެނުމުން އަޒުރާއަށް ހިންދިރުވާލަން ވެސް އުނދަގޫ ވިއެވެ. “ލުތުފީ.” އަޒުރާއަށް ބުނެވުނީ މިހެންނެވެ. ލުތުފީ ކުރިއަށް ޖެހިލަމުން އަޒުރާއަށް ނަޒަރު ހުއްޓާލިއެވެ. އޭނާގެ ހަނދާނަށްއައީ އަޒުރާގެ ޅަ ދުވަސްވަރެވެ. އޭރެކޭ […]
ރޭގަނޑުގެ ހަމަހިމޭން ވަގުތު ވެސް މާލޭގެ މަގުތަކުން ހުއްޓުމެއް ނެތި އިވެމުން ދަނީ ދުއްވާ އެއްޗެހީގެ އަޑެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި އައިފާގެ ނަޒަރު ވަނީ މަގުމައްޗަށް ހުއްޓިފައެވެ. އިރުކޮޅަކާއި އަތުގައި އޮތް ފޯނުން ގަޑި ބަލަމުން ދިޔައިރު އޭނާ ހުރީ މީހެއްގެ އިންތިޒާރުގައެވެ. އައިފާގެ މޫނުމަތި އުޖާލާވީ ދުރުގައި ޕާކު ކޮށްލި ކާރުން ފޭބި ލޫތް ފެނިފައެވެ. ލައިގެން ހުރި ކަޅު ގަމީހާއި ކަޅު ޖިންސުގައި އޭނާ ފެންނަލެއް އެހާމެ ހިތްގައިމެވެ. ލޫތް […]
ޖެހެމުންދިޔަ ވަޔާއި އުޑުމަތީގައި ބޯކުރަމުން ދިޔަ ވިލާތަކުން ހީވަނީ ހަމަ ދެންމެ ދެންމެ ކެރިގަނޑު އޮއްސާލަފާނެ ހެންނެވެ. ހިނގަމުންދިޔަ އައިފާގެ އުނަގަނޑުގައި މީހަކު ހިފައި ފަހަތަށް ދަމާލި އިހުސާސް ވުމުން އޭނާގެ ހަޅޭކުގެ އަޑު އެގޯޅި ގަނޑުތެރޭގައި ހިފާލިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި އައިފާގެ އަނގަމަތީ ބާރުގަދަ އަތެއް އެޅުނެވެ. “ޝޫޝް.. އިޓްސް މީ.. ހަމަޖެހިބަލަ.” އައިފާ ކުރިމައްޗަށް އަނބުރާލަމުން ލޫތް ބުނެލިއެވެ. ބިރުން ތެޅެފޮޅެމުން ދިޔަ އައިފާގެ ހިތް ހަމައަކަށް އެޅުނީ އެއީ ލޫތްކަން އިނގުމުންނެވެ. […]
އިރުގެ ރަން ދޯދިތައް ކޮޓަރިތެރެއަށް ވެރިވެގެން ދިޔައިރު އެނދުގައި ނިދިފައި އޮތް އައިފާ ބެޑްޝީޓް ގަޔާއި ކައިރިކޮށްލިއެވެ. އެސްފިޔަތަށް ދުރުކޮށްލުމުން ލޮލުގައި އަޅައިގަތީ އިނގިލީގައި އިން އަނގޮށްޓިއެވެ. އިރުގެ އަލި އެ އަނގޮށްޓިއަށް އެޅިފައި ވުމުން އޭގައި އިން އަގުބޮޑު އަލިމަސް ބަބުޅަމުން ދިޔައެވެ. މި މަންޒަރު ފެނި އައިފާގެ ތުންފަތަށް ލުއި ހިނިތުންވިމެއް ވެރިވެ ރޭގެ ހަނދާންތައް އާވެގެން ދިޔައެވެ. ލޫތް އެގޮތަށް އިންނަން އަހާފާނެ ކަމަކަށް އައިފާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އޭނާ […]
ކުރިމަތިން ފެނުނު މަންޒަރުން އާޒިމާ އަދިވެސް ހުރީ ސިހިފައެވެ. އާއިލާ އެންމެން އެދިމާއަށް ދިޔައިރު އާޒިމާ ހުރީ ޖެހިބުދެއްހެން ހިރިލަން ވެސް ނޭނގިފައެވެ. ލޫތް ފަހަރެއްގައި ވެސް އައިފާއާއި ގުޅިދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އެއީ ނާއިލްކަމަށް ޔަޤީން ކުރެވުނީ ކުށްހީ އަކުންނެވެ. ލޫތް ބޯ ކޮށާލި ފަހުން ނާއިލް އާއި ދެމީހުން އޮޅުނީކަން އާޒިމާއަށް ޔަޤީންވިއެވެ. “އަޅޭ އައި އެމް ސޯ ހެޕީ..” އައިފާގެ ގައިގައި ބައްދައި ގަންނަމުން އާލާ އުފަލުން ހުރެ ބުނެލިއެވެ. […]
މެންދުރުގެ ގަދަ އަވިން މުޅި ޖައްވު ހޫނުވެފައި ވީއިރު އަޒުރާ ޖޫސްތައްޓެއް ހިފައިގެން ބެލްކަނީގައި ހުއްޓެވެ. މިހިން ހުއްޓާ އޭނާގެ ނަޒަރު ހުއްޓުނީ އެ ގެ ކައިރިއަށް މަޑުކޮށްލި ކާރުން ފޭބި އައިފާއަށްށެވެ. ފަހަކަށް އައިސް އައިފާ ގެއަށް ލާ ދޭން ލޫތް އަންނަކަން އޭނާއަށް ވަނީ އިނގިފައެވެ. ލޫތްއާއި އައިފާގެ ދެމެދުގައި ކޮންމެ ވެސް ކަމެއް އޮތް އަޒުރާއަށް އިނގުން ނަމަވެސް އޭނާ އެކަމަކާއި އައިފައާއި ސުވާލެއް ނުކުރެއެވެ. އުމުރުން ވިހި އަހަރު ވީމައި ދެން […]
މެންދަމު ވެހެމުން ދިޔަ ބޯވާރޭގެ އަޑުވަނީ މުޅި މާހައުލުގައި ހިފާލާފައެވެ. ވިދާލާ ވިދުވަރުން މުޅި ބެލްކަންޏަށް އަލިވެގެން ދާއިރު ޖަހާލާ ބާރު ގުގުރީގެ އަޑުން ގައިން ހީބިހި ނަގައިގެން ދެއެވެ. ވެހެމުން ދިޔަ ބޯވާރޭއަށް ނަޒަރު ހުއްޓާލައިގެން އިން ލޫތް އިނީ ފޯނެއްގައެވެ. ހިޔަލުގައި އިންނަމަ ވެސް ވާރޭ ތިކިތަކުން ލައިގެން ހުރި ސޯޓަށް ތިކިބުރަމުން ދިޔައެވެ. “އައި އެމް ސޮރީ..” ލޫތް ބުނެލިއެވެ. އޭނާ ވަރަށް ހިތްވަރުކޮށްފައި މިރޭ އައިފާއަށް ގުޅީ އެއަޑު އަހާލަން ކެތްމަދު […]
އެގަނޑު ކިޔަމުން ދިޔައިރު ލޫތްގެ ލޮލުން ކަރުނަ ބަބުޅަމުން ދިޔައިރު އޭނާގެ ކަތުރުކަށިގަނޑު ބާރުކޮއްލެވިފައިވާ ވަރުން އިންތިހާއަށް ރުޅި އައިސްފައި ހުރިކަން ހާމަވެއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި އެ ގަނޑަށް ފޭދިގެން ދިޔައިރު އޭނާ ދެލޯ މަރާލިއެވެ. އެ ބާރުގަދަ އަތުގެ ތެރެއަށް އެ ގަނޑު ބޮނޑިވެގެން ދިޔައިރު ލޫތްގެ ހަރުކަށި އަޑު މުޅިތަނަށް ގުގުމާލިއެވެ. “ލީނާ!!!” ލޫތްގެ އަޑަށް ލީނާ ސިހިފައި އަތުގައި އޮތް އޫ ވެއްޓުނު އިރު އާލާ ބިރުން ކޮށިއެރިއެވެ. އެންމެން އެއްފަހަރާ […]
އެނދުކައިރީގައި އިން އާޒިމާ ދެއަތުން ބޮލުގައި ހިފައްޓާލައިގެން އިންއިރު ސައިލަމް ކުޑަދޮރު ކައިރީގައި ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ފަތިހުގެ ތެތް ފިނިކަމުގެ ތެރެއިން ތުނި ވާރޭ ވަހެމުން ދިޔައިރު އަދި އިރު ދޯދިތައް ޖައްވަށް މަރުހަބާއެއް ނުކިޔައެވެ. ދެލޯ ކަރުނުން ފުސްވެފައި ވީއިރު ސައިލަމް އިންތިޒާރު ކުރަމުން ދިޔައީ ލައިޝާ ހޭލާނެ ވަގުތަކަށްށެވެ. ހޮސްޕިޓަލަށް ގެނެވުނުތާ ތިން ގަޑިއިރު ވީއިރުވެސް ލައިޝާ ހެއެއް ނާރައެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވައިން ލުތުފީ ގޮސް އާޒިމާ ކައިރީ […]