“ޑޭމް އިޓް! ބަލައިގެން އުޅެބަލަ!” ލޫތްގެ އަޑުގައި ހުރި ހަރުކަށިކަން އިވިމުން އައިފާ ސިހުނެވެ. “މިހެންނޭ ވާނީ ރާއްޖެތެރޭގެ ނުފޯރާ މީހުން މިކަހަލަ ތަންތަނަށް ގެންނަންޏާ!” ކަރުގައި އޮތް ޓައީ ނައްޓަމުން ލޫތް ބުނެލި ބަހުން އައިފާ ހައިރާންވިއެވެ. އެގޮތަށް އައިފާއާއި ދިމާކުރުމުން އޭނާ ހިތުގައިޖެހުނެވެ. ރުޅިވެސް އައެވެ. ރީތި ސިފައެއްގައި ހުރި ކަމަކު އެފަދަ އެއްޗެއް ބުނާކަށް ލަދެއް ނުގަނޭ ބާއޭ އައިފާ ހިތަށް އެރިއެވެ. އެއްޗެއް ބުނަން ހިތަށްއެރި ނަމަވެސް އެ ދުލުގައި ތަޅެއް […]
ވެހެމުންދިޔަ ބޯވާރޭ ތެރޭ އެއް އަތުން ކުޑައެއް ހިފައިގެން އައިފާ މާލޭގެ ފެންބޮޑުވެފައިވާ މަގެއް ހުރަސް ކުރަމުންދިޔައެވެ. ލައިގެން ހުރި ޖީންސް ފައިގެ ކަށިމައްޗާއި ހަމައަށް އޮޅާލެވިފައި ވާއިރު އެއްއަތުން ދަބަސް ގަޔާއި ކައިރިކޮށްލެވިފައި ވެއެވެ. ޖެހެމުންދިޔަ ބާރު ވައިރޯޅި ތަކުން ކުއްލި ކުއްލިއަށް ކުޑަ ވިއްސައިގެން ދާއިރު ދެއަތުން ބާރަށް ކުޑައިގައި ހިފަހައްޓާލައެވެ. މިހާ ވިއްސާރަ އިރުވެސް މާލެ މަގުތަކުގައި ދުއްވާ އެއްޗެހި ގިނަކަމުން، ކައިރިން ލާފައި ދާ ސައިކަލު ތަކުން ފެންބުރައި ޖީންސްގެ ބޮޑުބައެއް […]