“ރިއުމާން.. ބުނޭ އެއީ ދޮގެކޭ. ޕްލީޒް ސޭ އިޓް..” ލިބުނު ސިހުމުން ރިއުމާންއަށް ޖަވާބެއް ދޭން ވެސް އުނދަގޫ ވިއެވެ. އައްޔާދް ދައްކަމުން ދިޔަ ވާހަކަތައް ރަނގަޅަށް އަޑު ވެސް ނީވޭއިރު އޭނާ ހުރީ އާޒިމަށް އެފަދަ މަންޒަރެއް ފެނުނުކަން އިނގުމުން ލަދުގަނެ އައްޔާދާއި ކުރިމަތިލާން ވެސް ޖެހިލުން ވެފައެވެ. ރިއުމާން އެއްޗެކޭ ނުބުނެ ފަސް އެނބުރި ދުރަށް ދިޔައެވެ. އޭރު އޮލޮލުން ނިރާލި ކަރުނަތިކި ކޯތާފަތަށް ރޮނގެހެން ފޭބިއެވެ. “ރިއުމާން.. ޖަވާބު ދީބަލަ.” އައްޔާދްގެ އަޑު […]
“އާޒިމް!” މާރިއާގެ އަޑު އިވުނު ކަމަށް ވެސް ހަދާ ނުލާ އާޒިމް ނިދަން އޮށޯތެވެ. ޖަހައިފައި ހުރި ފަންކާގެ އަޑު އިވެމުން ދިޔައިރު މާރިއާ ހުރީ އެނދުގެ ބޯލާ ކޮޅުގައި އާޒިމް ފަރާތުން ޖަވާބެއްގެ އިންތިޒާރުގައެވެ. އާޒިމް ގެއަށް އައިންސުރެ އައްޔާދް ދެއްކި ވާހަކަތަކުގެ ހަޤީޤަތް އެހުމުން ވެސް މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. “އާޒިމް ކީއްވެގެންހޭ އައްޔާދްގެ ނުރުހުމުގައި މިކައިވެނި ހަމަޖެއްސީ. އަހަންނަށް އިނގޭ ހުރިހާ ކަމެއް ވެސް.” މާރިއާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. “ކޯއްޗެއް […]
“އަހަރެން މި ދަނީ އެތެރެއަށް.. ލައިބާ އައިސް ވަކި ގޮތެއް ނިންމާ. އައި އެމް ސޮރީ އަގައިން. އެކަމު މިހިތުން ލައިބާއަށް ޖާގައެއް ނުދެވުމަކީ އަހަރެންގެ ކުށެއް ނޫން. ގަދަކަމަކުން ލޯތްބެއް ނުވެވޭނެ.” އައްޔާދް މިހެން ބުނެފައި އެތެރެއަށް ވަނުމުން ލައިބާ ދެލޯ މަރާލިއިރު ކަރުތެރެއިން ގިސްލުމެއްގެ އަޑު ބޭރުވިއެވެ. އައްޔާދް އައިސް ސޯފާގައި އިށީނދެލައި ނިއްކުރީގައި އިނގިލިތައް ހާކާލަމުން ފުންނޭވާއެއްލިއެވެ. ބޮލު ތެރޭގައި އުދާސްކަން ފެތުރިފައި ވީއިރު މާރިއާ އަދިވެސް އިނީ ފާޑަކަށް އައްޔާދަށް ނަޒަރު […]
“ބައްޕަ އެހެން އެހެދީ ކީއްވެގެންކަން އަޅުގަނޑަށް ހަމަ ރަނގަޅަށް އިނގޭ.. އެއީ ރިއުމާންއާއި އަޅުގަނޑު ގުޅިދާނެތީ..” އައްޔާދްއަށް ބޭއިޚްތިޔާރުގައި އެނަން ހާމަ ކުރެވުމުން ދޫ ބަންދުވިއެވެ. އޭނާ އަދި ރިއުމާންގެ ވާހަކަ މަންމެން ގާތު ދައްކާކަށް ބޭނުމެއް ނުވެއެވެ. އާޒިމް ރިއުމާންގެ ބޮލުގައި އަޅުވަމުން ދިޔަ އިލްޒާމްގެ ހަޤީޤަތް ހޯދާފައި ނޫނީ މާރިއާއަށް ރިއުމާން ތަޢާރަފް ނުކުރާން ނިންމީ އެހެންނޫނީ އާޒިމް އެކަން ހުއްޓުވަފާނެތީއެވެ. ނަމަވެސް ކަންތައް ވެގެން މިދިޔައީކީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އާޒިމް […]
ބޯ އެސްފިޔަތަށް ދުރުކޮށްލުމަށްފަހު ލޯ ހުޅުވާލަމުން ވަށައިގެންވީ މާހައުލަށް ރިއުމާން ނަޒަރު ހިންގާލިއެވެ. ނިދާ ބޮކީގެ ފަނޑު އަލިކަން ވެރިވެފައިވާއިރު މުޅި ކޮޓަރީގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭން ކަމެވެ. މަޑުމަޑުން ތެދުވެ އިށީންއިރު އެލޮލުގައި ރިއްސަމުން ދިޔައެވެ. ރަނގަޅަށް ލޯ ހުޅުވާނުވުނު އިރު ލަސްފިޔަވަޅު ތަކެއްގައި ތެދުވެގެން ގޮސް ލައިޓު ޖައްސާލުމާއި އެކު ވެގެން ދިޔަ އަލިން ލޯ މަރާލެވުނެވެ. އިރުކޮޅެއްފަހުން އައިސް އެނދުގައި އިށީނދެލަމުން ހޭވިފައިވާ އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު އަމިއްލަ ސޫރައަށް ބަލާލިއިރު […]
“ހާއި އައްޔާދް.. ނައިސް ޓު މީޓް ޔޫ އަގައިން.” ރިއުމާން ހިނިތުންވުމެއް ރައްދުކޮށްލަމުން އެލޮލުގައިވީ ކަރުނަތައް ހިންދާލިއެވެ. ހިތާއި ދެކޮޅަށް އެއްވެސް ކަމެއް ނުވާކަމަށް ހަދައި ލައިބާ ކުރިމަތީގައި އެހިތުގެ އުދާސްތައް ފޮރުވިއެވެ. އޭރު އައްޔާދް ސިހިފައި ހުރިއިރު ރިއުމާންއަށް ދޭނެ ޖަވާބެއް ވެސް އެދުލަކަށް ނައެވެ. އެއްފަހަރު ލައިބާއަށް އަނެއްފަހަރު ރިއުމާންއަށް ނަޒަރު ހުއްޓާލާއިރު އޭނާ ހުރީ ވާނުވައި ނޭނގި އޮޅުންގަނޑެއް ތެރޭގައެވެ. “ވަރަށް ދުވަސް ވެއްޖެ ރިއުމާން ކައިރި އައްޔާދްގެ ވާހަކަ ކިޔާތާ.. ސޮރީ […]
އޭނާ މިތަނަށް އައިރު އެއްވެސް ވަރަކަށް މިކަހަލަ ވާހަކައެއް އަޑުއިވޭނެ ކަމަކަށް ފަހަރެއްގައި ވެސް ހިއެއް ނުކުރެވެ. އެވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އެނަގައި ބަލާލިއިރު ގުޅަނީ ރިއުމާންއެވެ. އޭނާ ބަލާދާ ގަޑި ޖެހުނީކަން އިނގުމުން އައްޔާދް ހަދާނެ ގޮތް ހުސްވިއެވެ. އެއްފަހަރު އާޒިމަށް އަނެއްފަހަރު ފޯނަށް ނަޒަރު ހުއްޓާލާއިރު ރިއުމާން އެކަހަލަ ކަމެއް ނުކުރާނެ ކަމަށް ހިތުގެ ކަނަކުން ބުނަމުން ދިޔައެވެ. ނަމަވެސް އަމިއްލަ ބައްޕަ ހަދަހަދައިގެން އެފަދަ ވާހަކައެއް ނުދައްކާނެއެވެ. އޭނާ […]
“ކޮން އެ އަންހެން ކުއްޖާއެއްތަ؟ އޭނައަށް ކިޔަނީ ރިއުމާން!” އައްޔާދް ވެސް ހަރުކަށި ކަމާއި އެކު ވާހަކަދެއްކި އިރު އޭނާ އަޑު މަޑު ކުރެވޭތޯ ބެލިއެވެ. އެގޮތަށް އެއްވެސް ސަބަބަކާއި ނުލައި ކުރިން ވެސް ދަންނަ ކުއްޖެއް ދެކެ ބައްޕަ އެހައި ނަފްރަތު ކުރަންވީ ކީއްވެ ކަމެއް އޭނާއަކަށް ހަމަ ނުވިސްނުނެވެ. “އަހަންނަށް ހެވޭ އޭނައަށް ކޮންމެ ނަމެއް ކިޔަސް! މީގެފަހުން އޭނައާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ! އަޑު އިވިއްޖެ!!” އާޒިމް ރުޅި އައިސް ރަތްވެފައި […]
ސިޓިން ރޫމް ސޯފާގައި އާޒިމް ޓެބް ހިފައިގެން ނޫސް ކިޔާލަން އިން އިރު ކައިރީގައި އިން އަނާ ދިޔައީ ވިޔަފާރީގެ ބައެއް ކަންތަކުގެ ވާހަކަ ދައްކަމުންނެވެ. ހުޅުވާފައި ހުރި ޓީވީ އިން ކުރީ ޒަމާނުގެ ހިންދީ ފިލްމެއް އަޅުވާފައި ހުރިއިރު ކާން ތައްޔާރު ކުރަން ހުރި މާރިއާ އިރު އިރުކޮޅަކާއި އެއަށް ކަޅި އެއްލައެވެ. އުނދުންމަތީގައި އުދާފައި ހުރި ޓޮމާޓޯ ބަތްގަނޑުގެ މީރު ވަސް އެތަނުގައި ހިފާލާފައި ވީއިރު ހަށިފުރައި ނޭވާއެއް ލިއަސް ބަނޑު ފުރޭހާ ވަރު […]