Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (4)

layaal Level 310 Stories100 Comments
November 15, 2016 8 Mins Read
50 Comments

އައްޔާދްގެ އަތުގައި ރަތް ކުލަ ހުރިއިރު ރިއުމާންގެ ހެދުމުގައާއި ބުރުގަލުގައި ރަތްކުލަ ހުއްޓެވެ. މިހާ ދުވަސް ވީއިރު ޒުބޭރުގެ ފަރާތުން ނޫނީ އެކަހަލަ ގޮތަކަށް ފިރިހެނަކު އޭނާގެ ގައިގައި އަތްލާފައެއް ނުވެއެވެ. ރިއުމާން ބިރުން ދުއްވައި ގަތުމުން އައްޔާދް އޭނާގެ އަތުގައި ހިފައި ދަމާލުމާއި އެކު އޭނާގެ މޫނު އައިސް ޖެހުނީ އައްޔާދްގެ މޭމަތީގައެވެ. “ނޫން!! ނޫން ދޫކުރޭ!!” ރިއުމާން އަތްދަމާފައި ނިކަން ބާރަށް އައްޔާދްގެ ކަންކަށިމަތީގައި އެތިފަހަރެއް ޖެހިއެވެ.

އަރައިގެން ދިޔަ ދިލައިން އައްޔާދް ބޭއިޚްތިޔާރުގައި ކޮލުގައި އަތްލިއެވެ. އޭރު ކުރިމަތީގައި ހުރި ރިއުމާންގެ މޫނުމަތިން ހާސްކަމާއި ރުޅިވެރިކަން ފާޅުވާން ހުރިއިރު އައްޔާދް ހުރީ ވީނުވީ ނޭނގިފައެވެ. “ވަޓް..” އައްޔާދްގެ ވާހަކަ ރިއުމާން މެދުކަނޑާލިއެވެ. “އަތް ނުލާތި! އަހަރެން މީ އައްޔާދް ތިއުޅޭ މާލޭގެ ކުދިން އުޅޭހެން އުޅޭ ކުއްޖެއް ނޫން.. ގާތް ނުވާތި!!” ރިއުމާން އެއްފަހަރާ އެއްޗެހި ކިޔާލިއިރު އޭނާ އަށް ކިޔޭ ނުކިޔޭ ވެސް ނޭނގެއެވެ.

“ކާމް ޑައުން. އަހަރެން ނޫޅެން ކަމެއް ކުރާކަށް.. ދެންމެ މިތާ ގޯޅިން އެޅި ސައިކަލުގައި ޖެހިދާނެތީ ދަމައިގަނެވުނީ.. ސޮރީ. ބަޓް އަ ތޭންކްސް ވުޑް ބީ ނައިސް.” އައްޔާދް ހުރީ ހިތްހަމަނުޖެހިފައެވެ. ވީގޮތް އިނގުމުން ރިއުމާން ލަދުން އިތުރަށް ބަހެއް ބުނާނެހާ ވެސް ހިތްވަރެއް ނުލިބުނެވެ. އޭނާ އަވަސް އަވަހަށް އެތަނުން ދުވެފައި ނިކުތެވެ.

ދުވެފައި އައިސް ގޭތެރެއަށް ވައިން ރިއުމާން ހުރީ މައިނޭވާ ލެވިފައެވެ. ވީގޮތް ބަލައިނުލައި އެގޮތަށް ރަނގަޅަށް ނުވެސް ދަންނަ މީހަކަށް އަތް އިސްކުރެވުނީތީ ދެރަވިއެވެ. އެވަގުތު ބަދިގެ ފަރާތުން ގޭތެރެއަށް ވައިން ޒުބޭރުއަށް ބޭރު ދޮރުކަނީގައި ލެނގިލައިގެން ހުރި ރިއުމާން ފެނި އެދިމާއަށް ދިޔައެވެ.

ރިއުމާންގެ މޫނުގަޔާއި ގައިގައި ކުލަ އެކި ކުލަ ހޭކިފައި ހުއްޓެވެ. އޭނާ ފުންނޭވާ ތަކެއް ލަމުން ދިޔައިރު ޒުބޭރުގެ ނަޒަރު ހުރީ ރިއުމާންގެ މެއަށް ހުއްޓިފައެވެ. އެއްލި ކަޅިއަކުން ކައިރީގައި ހުރި ޒުބޭރުގެ ނަޒަރު ފެނި ރިއުމާން އަވަސް އަވަހަށް ވަރަށް ނޫންގޮތަކަށް ބުރުގާ ތިރިއަށް ދަމާލަމުން މޭމަތި ފޮރުވާލިއެވެ.

“އަހާ.. ހާދަ އަވަހަކަށް ތިއައީ. އެހެންނޫނީ އަބަދުވެސް ހުންނާނީ ބޭރަށް ނުދެވިފަ” ޒުބޭރު އައިސް ދޮރުކަނީގައި އަތް އަޅުވާލަމުން ބުނެލިއެވެ. ރިއުމާން ގޭތެރެއަށް ނަޒަރު ހިންގާލިއިރު އެއްވެސް މީހެއްގެ ހިލަމެތް ނުވުމުން ގެއަށް އާދެވުނު މޮޔައޭ ހިތަށް އެރިއެވެ. “މި.. މިއައީ ފެންފޮދެއް ބޯލަން.” ރިއުމާންގެ އަޑުގައި ފޫހިކަން އެކުލެވިގެން ވިއެވެ.

“އެހައި އަވަހަށް ކަރު ހިތްކައިގަތީތަ؟ އާދެބަލަ.” ޒުބޭރުގެ ވާހަކަ ހުރިގޮތުން ރިއުމާން އިތުރަށް މޫނު ކުނިކޮށްލަމުން ދުރަށް ޖެހިލިއެވެ. ނަމަވެސް އޭނާގެ މުލަށްދަނޑީގައި ހިފައި ޒުބޭރު ގަދަކަމުން ގަޔާއި ކައިރި ކުރުވިއެވެ. “ދެން.. ނޫން.” ރިއުމާން ރުޅިއައިސްފައި މިހެން ބުނުމުން ޒުބޭރު ހައިރާންވިއެވެ.

“ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ!!” ރިއުމާންގެ ކޮލުގައި ހިފައި ބާރުކޮށްލަމުން ޒުބޭރު ހަރުކަށި ކަމާއިއެކު ބުނެލިއެވެ. ކުއްލިއަކަށް ހިތަށް ބިރުވެރިކަން ވެރިވެ ރިއުމާންގެ ދޫ ބަންދުވިއެވެ. “މިހާރު ކޮން ވައްތަރަކަށް ތިއުޅެނީ އަހަރެން ކުރިމަތީގައި މާ އަންގަދަ ކޮށްފައި. ބޭރަށް ތަންތަނަށް ދާން ހުއްދަ ދިނީމަ ފިޔަ ފަޅައިގެންތަ ތިއުޅެނީ!” ރިއުމާންގެ އަނގައަށް ފިއްތާލަމުން ޒުބޭރު ބުނެލިއެވެ.

އަނގައިގައި ލޭރަހަ ލަމުން ދިޔައިރު ދެލޯ ފެންކަޅި ވެފައި ހުރި ރިއުމާން ނޫނެކޭ ބުނެ ބޯ ހޫރުވާލިއެވެ. ޒުބޭރު ވަގުތުން އޭނާގެ އަތުގައި ހިފައި ދަމާފައި ގެންގޮސް ގުދަން ކޮޓަރިއަށް ވެއްދިއެވެ. ތަނުގައި ހުރި ކުޑަ ލައިޓު ޖައްސާލުމުން މުޅި ކޮޓަރިއަށް ފަނޑު އައްޔެއް ވެރިވެގެން ދިޔައެވެ.

އެތަނުގައި ތެއްޔާއި ފޮށިގަނޑުތަކާއި އޭތި މީތި ހުރިއިރު މަކުނުވާ ހެދިފައި ވިއެވެ. “އަދި އަހަރެއް ކުރިމަތީގައި ތިފާޑަށް ވާހަކަ ދައްކާންތަ؟ އޭން!” ރިއުމާންގެ ކޮލުގައި ހޫނު އެތިފަހަރެއް ޖަހަމުން ޒުބޭރު ހަޅޭ ލަވައިގަތެވެ. އާމިރުމެން ދެފަމަފިރިންނާއި ހާޖަރާ ވީ ރަށުތެރެއަށް އީދު ކުޅިވަރު ބަލަން ގޮސް ކަމުން އެމީހުން އަވަހަށް ނާންނާނެކަން ޒުބޭރަށް ރަނގަޅަށް އިނގެއެވެ.

“ނޫން.. ނޫން ނުދައްކާނަން.” އަނގަމަތީގައި އަތް އަޅައިގެން ހުރި ރިއުމާން ގިސްލެވިފައި ހުރެ ބުނެލިއެވެ. “ހުރޭ މިފަހަރު ދައްކާލަނަން އަހަރެން ކުރިމަތީގައި ބަސް ބުނީމައި ވާގޮތް!” ޒުބޭރު މިހެން ބުނުމުން ރިއުމާންގެ ހިތް ހީވީ ގެނބުނު ހެންނެވެ. ކޮޓަރީގެ ކަނެއްގައި ހުރި ބޮޑު އަލަމާރިއަށް ޒުބޭރު ނަޒަރު ހިންގާލުމަށްފަހު ރިއުމާން ނަގައި ކޮނޑަށް ލައިގެން ގެންގޮސް އެ ބޮޑު އަލަމާރި ހުޅުވުމަށްފަހި އެތެރެއަށް ލިއެވެ.

“ނޫން.. ތިހެން ނަހަދާ. ދެން އެހެންނެއް ނުކިޔާނަން. ބައްޕާ! އަޅެ ނޫން..” ރިއުމާން ރޮއެގަތުމުން ޒުބޭރު އަނެއްކާ ވެސް އޭނާގެ އަނގަމަތީގައި ޖެހިއެވެ. “މައިތިރިވެ އިނދޭ! މާބާރަށް ހަޅޭ ލަވާނެ ކަމެއްނެތް!” ޒުބޭރު މިހެން ބުނެފައި އަލަމާރި ދޮރުލެއްޕުމަށްފަހު ބޭރުން ތަޅުލިއެވެ.

“ދެން އިނދޭ ތިތާ! އަހަރެން ހުޅުވި އިރަކުން ދެން ނިކުމެނޭވީ.. ނިމުނީ ހަޅޭލަވައިފިއްޔާ! ހޭއަރުވާލާނަން ހަނދާން ކުރާތި!” ޒުބޭރު މިހެން ބުނެފައި ގުދަނުން ނިކުއިން އިރު ރިއުމާން އެތެރެއިން އަލަމާރީގެ ދޮރުގައި ތަޅާއަޑު އިވެއެވެ. “ބައްޕާ.. ނޫން. ތިހެން ނުހަދަބަލަ. އަހަރެން ބިރުގަނޭ.” ރިއުމާން ގިސްލަ ގިސްލާފައި ގޮވަމުން ދިޔައެވެ.

“ބައްޕާ.. ބައްޕާ.. ބައްޕާ އަޅެ ނޫން.” ކުރުގެޅިގެން އިން ރިއުމާން ދޮރުގައި ޖަހަމުން ޒުބޭރުއަށް ގޮވިއެވެ. ނަމަވެސް އެކަނު އަނދިރީގެ ތެރެއިން އިވުނީ ބޭރުން ގުދަން ތަޅުލި އަޑެވެ. ދޮރުގައި ތަޅަމުން ގޮސް ވަރުބަލި ވެގެން ރިއުމާންގެ ހަރަކާތްތަށް މަޑު ޖެހުނެވެ. އަލަމާރީ ތެރޭގައި މަކުނުވާ ހެދިފައި ހުރިއިރު ކުރަފި އުޅޭހެން ވެސް ހީވެއެވެ. ރިއުމާން ގިސްލަމުން ދިޔައިރު ދެފައި ގެނެސް މޭގައި ޖައްސާލައިގެން އަލަމާރި ތެރޭ އޭނާ ފިތިފައި އިނެވެ.

****

މަގުމައްޗަށް ނިކުއިން ޒުބޭރު ފޯނުން ގަޑި ބަލާލިއިރު ދެގަޑި ބައިވަނީއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ލަމުން އަތިރިމައްޗަށް ދާން ހިނގައިގެން ތަނާ ދުރުން ގޯޅި އެޅި އަނާ ފެނި ފިޔަވަޅުތައް ހުއްޓުނެވެ. އަނެއްކާ އެނާ ގެއަށް ވަދެ ރިއުމާންގެ އަޑެއް އިވިގެން ހުރިހާ ސިއްރެއް ބޭޒާރު ވެދާނެތީ ހަރު ފިޔަވަޅު ތަކެއްގައި ގޮސް އަނާ ކުރިބެއްދިއެވެ.

“މާ އެކަނި ކޮންތާކަށް؟” ޒުބޭރު ހެވިލަމުން ބުނެލިއެވެ. “ރިއުމާން ނުފެނުގެން މިދަނީ ގެއަށް ދިޔައީތޯ ބަލާލަން.” އަނާ ހިނގައި ގަންނަމުން ބުނެލިއެވެ. “ނެތޭ ގެޔަކު.. ބޭބެ މިއަންނަނީ ގެއިންނުން. ނާދެ ގެއަކަށް..” ޒުބޭރު ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ. “އެހެންތަ..” އަނާ މިހެން ބުނެފައި ޖީބުން ފޯނު ނެގިއިރު ޒުބޭރުގެ ނަޒަރު އޭނާއަށް ހުއްޓުނެވެ.

ބުޅި އިސްތަށިކޮޅު މައްޗަށްނަގައި ހުޅިއެއް ޖަހާލާފައި ވީއިރު ކަނދުރާއާއި މޭމަތިވަނީ ހާމައަށްށެވެ. ލައިގެން ހުރި ކުރު ސޯޓު ބުރިން އެދޮންފައި ފެންނަން ހުރި އިރު ލައިގެން ހުރި ކަރުބޮޑު ޓީޝާޓޭކެވެ. ތުނބުޅީގައި އަތް ހާކާލިއިރު އޭނާ ދިޔައީ ކަޅި ޖަހާނުލައި އަނާއަށް ބަލަމުންނެވެ.

“ހިނގާ ގެއަށް. ގޮސްލެވިދާނެ ބަލައިލަން..” ޒުބޭރު މިހެން ބުނުމުން އަނާ އޭނާއަށް ލޯ އަޅާލިއެވެ. “އުހުން.. ދެން އޯކޭވާނެ. ދަނީ.” އަނާ އަވަސް އަވަހަށް ޒުބޭރުއާއި ދުރަށް ޖެހިލަމުން ދުވެލާފައި ގޯޅި އަޅައިގެން ދިޔައެވެ. ޒުބޭރު ޗޮކެއް ކަނޑާލަމުން ހަވީރު އެންމެން ގެއަށް އައުމުގެ ކުރިން ރިއުމާން ނެރެން ހިތަށް އަރުވައިގެން ހުރެ އަތިރިމައްޗާއި ދިމާއަށް ދާން ހިނގައިގަތެވެ.

ހަވީރުއަތަށް އަޅާލިއިރު މާލީގެ ކުޅިވަރުތަށް ނިމި އެންމެން މޫދަށް އެރި ސަކަރާތް ޖެހުމުގައި އުޅުނެވެ. އޭރު ޒުބޭރު ހޮޅުއަށީގައި އާޒިމްމެންނާއި ވާހަކަ ދައްކާލަން އިނެވެ. އިރުކޮޅަކު މިހެން ތިބުމަށްފަހު އާޒިމް ގޮނޑު ދޮށަށް ފައިބާ މޫދުގައި ސަކަރާތް ޖަހަން އުޅުން އަނާއަށާއި އައްޔާދަށް ގޮވާލިއެވެ.

“ކޮބާ ހިނގާ ގެއަށް ދަމާ ދެން..” އާޒިމް މިހެން ބުނުމުން އަނާ އެއްގަމަށް އަރަން ހިނގައި ގަތެވެ. އޭރު ފަހަތުން އައި އައްޔާދް އޭނާ ގަޔަށް ލޮނު ބުރުއްސަމުން ދިޔައެވެ. “ކޮބާތަ ރިއުމާން.. ފެންނާކަށް ނެތް.” މާރިއާ މިހެން ބުނުމުން ޒުބޭރު ހަތަރެސް ފައި ކޮޅަށް ޖެހިފައި އިންތަނުން ތެދުވިއެވެ. ވާހަކައިގައި ޖެހުނު ގޮތަށް ރިއުމާން މަތިން ހަނދާން ނައްތާލާފައި އިނދެވުނީއެވެ.

“އަޅުގަނޑު ގެއަށް ހޯދަން ދަނިކޮން ޒުބޭރުބެ ބުނި ގެޔަކު ނެތޯ.. ވެދާނެ ހަމްނާމެންނާއި އެކީ ދިޔައީ ކަމަށް.” އަނާ އިސްތަށިގަނޑުން ފެންފޮޅާ ލަމުން ބުނެލިއެވެ. އޭރު ޒުބޭރު އަވަސް ފިޔަވަޅު ތަކެއްގައި އެތަނުން ދާން ހިނގައި ގަތެވެ. “ޒުބޭރު! ބަލަ ކޮންތާކަން މާއަހަށް ތި ދަނީ..” އާޒިމް ގޮވާލިއެވެ.

“މީ ރައްޓެއްސެއް ކަމަކު ބުނެފައި އޮތީމަ.. ދެންމެ މި ހަނދާން ވީ. ތިމީހުން އަވަހަށް ގޭއާއި ދިމާއަށް ދޭ.. އަހަރެން ދާނަން އިރުކޮޅަކުން.” ޒުބޭރު މިހެން ބުނެފައި ފުރަތަމަ ޖެހުނު ގޯޅި އެޅުމަށްފަހު ހަރު ފިޔަވަޅުތަކެއްގައި ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެންމެ އަވަހަށް ދެވެން އޮތް މަގުން ދިޔައިރު އޭނާ ހުރީ އާޒިމްމެން އޭނާއަށް ވުރެ ކުރިން ގެއަށް ފޯރަފާނެތީ ބިރުންނެވެ.

“އޭ ޒުބޭރު! އޭތް ބަލަ ޒުބޭރު މަޑުކޮށްބަލަ.” ދުރުން މީހަކު ގޮވާލި އަޑު އިވުނު ނަމަވެސް ޒުބޭރު ހިނގުން ލަހެއް ނުކުރިއެވެ. “ހޫމް.. ފަހުން ފަހުން.” ފަހަތަށް ހަނާ އަޅާލަމުން އޭނާ މިހެން ބުނިއިރު ދުރުން އެމަގަށް އާޒިމްމެން ނިކުއިން މަންޒަރު ފެނުނެވެ. ޒުބޭރު ބަލާކަށް ނުހުރެ ފައިގައި ހުރި ބާރެއް ލާފައި ދެން ޖެހުނު ގޯޅި އަޅައި ދުއްވައި ގަތެވެ.

****

ގޭތެރެއަށް ދުމެއް ޖަހާފައި ވައިން ގޮތަށް ޒުބޭރު ގުދަނާއި ދިމާއަށް މިސްރާބުޖެހިއެވެ. އަވަސް އަވަހަށް ތަޅު ދަނޑި ޖަހާލުމަށްފަހު އެތެރެއަށް ވަދެ އަލަމާރިއަށް ނަޒަރު ހުއްޓާލިއެވެ. ތަނުގައި ހުރި ކުޑަ ބޮކި ދިއްލާލުމަށްފަހު އަލަމާރި ތަޅު ހުޅުވާލި އިރު އެތެރޭގައި ރިއުމާން ހޭވެރިކަން ނެތިފައި އިނެވެ.

މިތަން ފެނި ޒުބޭރު އަވަސް އަވަހަށް އޭނާ ގައިގައި ހިފައި ތަޅުވައި ގަތުމުން ރިއުމާން ވަރުބަލި ގޮތަކަށް ދެލޯ ހުޅުވާލިއެވެ. “މަރެއް ނުވޭދޯ.. ނަސީބެއްނުން!” ޒުބޭރު މިހެން ބުނެފައި ރިއުމާން ގައިގައި ލަށްކޮށްލައިގެން ގުދަނުން ނިކުންނަން ދޮރު ހުޅުވާލި ވަގުތު ގޭތެރެއިން އާޒިމް ނިކުއިން ތަން ފެނުނެވެ.

ޒުބޭރު ވަގުތުން ދޮރު ޖެހުމަށްފަހު ދިއްލާފައި ހުރި ބޮކި ނިވާލިއެވެ. “ނޫން.. ބައްޕާ. ނުދޭ.” ރިއުމާން ހޭވެރިކަން ނެތް ގޮތަކަށް ވާހަކަ ދެއްކުމުން ޒުބޭރު އޭނާގެ އަނގަމަތީގައި އަތް އަޅައި އެއަޑު ބަންދުކޮށްލިއެވެ. ބޭރުން ހާޖަރާ ވާހަކަދައްކަމުން ދިޔަ އަޑު އިވުނު އިރު ފެން ހޮޅި ދޫކޮށްގެން އުޅޭ އަޑު އިވެއެވެ.

ޒުބޭރު ކުޑަކޮން ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނަޒަރު ހިންގާލި އިރު ގުދަނަށް ފުރަގަސް ދީގެން އަނާ ގަޔަށް ފެން އަޅަމުން ދިޔައެވެ. އޭރު އާޒިމްއާއި ހާޖަރާ ކާގޭގައި ތިބިއިރު އައްޔާދްއާއި މާރިއާގެ ހިލަމެއް ނެތެވެ. ހަދާނެ ގޮތް ހުސްވެފައި ހުރި ޒުބޭރު ނިންމީ ގޭގެ ވަލު ދޮރާށިން ނިކުމެގެން ދާށެވެ. ގޭތެރެއަށް ހުރި ގޮތަށް ވަންނަން ހިނގައްޖެ ނަމަ އެއިން މީހަކަށް ފެންނާނެކަން ކަށަވަރެވެ.

ގަޔަށް ފެންއަޅަމުން ދިޔަ އަނާ އިސްތަށިގަނޑު ނިއުޅުވާލުމަށްފަހު ގުދުވެގެން އޮވެ ބޮލުން ވެލި ފިލުވަމުން ދިޔައެވެ. ގުދަނުން ނިކުއިން ޒުބޭރު ރިއުމާންގެ އަނގަމަތީގައި އަތް އަޅައިގެން ހުރެ އަނާ ފުރަގަހުން ލަސް ފިޔަވަޅު ތަކެއްގައި ނިކަން ސިއްރުން ބޭރަށް ނިކުންނަން ދިޔައެވެ.

އޭރު ކާގޭގައި އިން ހާޖަރާ އާޒިމުއާއި އެކީ ވާހަކައަށް ގެއްލިފައި އިންއިރު ކުރިމަތީގައި ހުރި ބޮޑު ބަނބުކެޔޮ ގަހުން އަނެއް ފަރާތް އެހައި ހާމަކޮށް ފެންނަ ގޮތެއް ނުވެއެވެ. އަނާ ފެން އިސްކޫރު ނިއްވާލުމުން ޒުބޭރު ހިނގުން އަވަސްކޮށްލަމުން އޭނާ ބެލީ އަވަހަށް ދޮރާށިން ބޭރަށް ނިކުމެވޭތޯއެވެ.

ދޮރުން ނިކުމެ ނިކުމެ ހުއްޓާ ރިއުމާން އަރި އަޅާލި ވަގުތު އޭނާއަށް ހަޅޭ ލަވައި ގަނެވުނެވެ. ބޮލުން ފެން ހިއްކަން ހުރި އަނާ އިވުނު އަޑުން ސިހިފައި ފަސް އެނބުރުނު އިރު މީހަކު ފެންނާކަށް ނެތެވެ. އޭނާ ބޯ އަރުވާލަމުން ދޮރާށިން ބޭރަށް ނަޒަރު ހިންގާލި ނަމަވެސް މީހެއް ނުފެނުމުން މާ ބޮޑު ކަމަކަށް ނަހަދާ ކާގެ ކައިރިއަށް ޖެހިލިއެވެ. “ހާޖަރައްތާ.. ފެންފުޅިއެއް ދީބަ.” އަނާ ބުނެލިއެވެ.

ދޮރާށި ބޭރުގައި ހުރި ޒުބޭރު ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު މީހަކު ފެންނަން ނެތިން އަވަސް އަވަހަށް ރިއުމާން ގޮވައިގެން ގޭގެ މައި ދޮރާށިން އެތެރެއަށް ވަނެވެ. އޭނާ އެދިޔަ ގޮތަށް ގޮސް ރިއުމާން ކޮޓަރިއަށް ވައިން އިރު ބޭރުން އަނާއާއި އާޒިމް ވާހަކަ ދައްކާ އަޑު އިވެއެވެ.

“އޭތް! ރިއުމާން.. އޭތް!!” އެނދުމައްޗަށް ވައްޓާލުމަށްފަހު ރިއުމާންގެ ދެކޮލުގައި ތަޅަމުން ޒުބޭރު ގޮވަން ފެށިއެވެ. “ހޭ އަރާބަލަ.. ކިހައި ދެރަކަމެއް.” ޒުބޭރު މިހެން ބުނެފައި ފާޚާނާއަށް ވަދެ އަތަށް ފެންފޮދެއް އަޅާލުމަށްފަހު ނިކުމެ ރިއުމާންގެ މޫނަށް ބުރުއްސާލިއެވެ. “ހޫމް..” ރިއުމާން ދެލޯ ފޮހެލަމުން ހޭވެރިކަން ވީއިރު އޭނާ ގައި މައްޗަށް ގުދުވެ އޮތް ޒުބޭރު ފެނި ސިހިފައި ތެދުވިއެވެ.

“ހޭވެރިކަން ވެއްޖެ! އެންމެން އެބަ އުޅޭ ގޭގައި. ނިމުނީ މިކަމާ ބެހޭގޮތުން ޗުއްޕޭ ބުނެލިއަސް. ހަނދާން ކުރާތި” ޒުބޭރު އިނގިލި ދިއްކޮށްލަމުން މިހެން ބުނެފައި ކޮޓަރިން ނިކުއިން ވަގުތު އާޒިމް ގޭތެރެއަށް ވަނެވެ. “އަހާ ހާދަ އަވަހަކަށް ތިއައީ.” އާޒިމް ސޯފާގައި ޖައްސާލަމުން ބުނެލިއެވެ.

އޭރު އަނާ ފައިފުހީގައި ފައި ފޮހެލަމުން ގޮސް ރިއުމާންގެ ކޮޓަރިއަށް ވަންނަނީއެވެ. “ރިއުމާން؟ ކޮންއިރަކު އައީ؟” އަނާ އަހާލިއެވެ. “އަ.. އަހަރެން ކޮން އިރެއް އައިތާ. އެނދުގައި ޖައްސާލިތަނާ ނިދުނީ.” ރިއުމާން ދުރުގައި ހުރި ޒުބޭރުއަށް ބަލައިލަމުން ބުނެލިއެވެ. އޭރު ދެބުމަ ގޮށްޖަހައިގެން ހުރި ޒުބޭރު ހިތްހަމަޖެހިފައި ހީލިއެވެ.

“އެކަމު ރިއުމާން ބައްޕަ ބުނީ ގެއަކު ނެތޭ؟” އަނާ އެކަން އޮޅުން ފިލުވަން އުޅުމުން ޒުބޭރު ހާސްވިއެވެ. “އާނ އަހަރެން ކޮޓަރިއެއް ނުބަލަން ވިއްޔަ. އެހެންވީމަ ނޭނގޭނުން.. ދޭ އަވަހަށް ފެންވަރައިގެން ސައިބޯން އަންނަން.” ޒުބޭރު މިހެން ބުނެފައި އާޒިމް ކައިރީ ސޯފާގައި އިށީނދެލިއެވެ. “އަނާ ފޮށި މިހިރީ..” ކޮޓަރިން ނިކުއިން މާރިއާ އަނާގެ ފޮށި ހިފައިގެން ގެންގޮސް ރިއުމާންގެ ކޮޓަރިއަށް ލަމުން ބުނެލިއެވެ. އޭރު އެނދުގައި އިން ރިއުމާންގެ ހިތުގައިވީ ބިރުވެރި ކަމެވެ. އެހާއިރު ވަންދެއް އެ އަނދިރީގައި އަލަމާރި ތެރޭ އިންއިރުގެ ހަނދާން ވުމުން ރޮވޭގޮތްވިއެވެ.

****

އިރު އޮއްސި އަނދިރި ވަމުން ދިޔައިރު ދޫނި ސޫފިސޫފިތަށް އެއެއްޗެހީގެ ހާލިއަށް ވަދެ ފިލަމުން ދިޔައެވެ. ގޭގެ ބަނބުކެޔޮ ގަހުގައި އެލުވާފައި ހުރި އުނދޯލީގައި ރިއުމާން އެކަނިމައި އެކަނި އޮތެވެ. އުޑަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު ރަތްވިލައިން އެއުޑު ވަނީ ފަވާލެވިފައެވެ.

ބަނބުކެޔޮ ގަހުގެ ފަތްތަށް ބޯވެފައި ބޮޑެތިކަމުން ގަސްދޮށް އަނދިރިވަމުން ދިޔައެވެ. އުނދޯލި މަޑުމަޑުން ހެއްލަމުން ދިޔައިރު ރިއުމާންގެ ލޮލުގައި ވީ ކަރުނަތަކުން އެކޯތާފަތް ތެއްމަމުން ދިޔައެވެ. އަޑުން އަޑުނަގައި ރޯން ބޭނުންވި ނަމަވެސް އެކަން ކުރެވޭކަށް ނެތެވެ. އޭނާގެ އެއްވެސް އާރެއް ބާރެއް ޒުބޭރު ކުރިމައްޗަކު ނުވެއެވެ.

ގޭތެރެއިން ނިކުއިން އައްޔާދަށް އެކަނި އުނދޯލީގައި އޮތް ރިއުމާން ފެނި އެދިމާއަށް ދާން ހިތް އެދުނެވެ. މިއަދު އެ ލޮލުން ހާމަވި ބިރުވެރި ކަމާއި ޖެހިލުންވުން ފެނި ރިއުމާންގެ އެ މައުސޫމް މޫނުގެ ފަހަތުގައި ކޮންމެ ވެސް ކަމެއް ސިއްރުވެފައި ވާހެން ހީވިއެވެ. ލަސް ފިޔަވަޅު ތަކެއްގައި ގޮސް ކައިރީގައި ހުރި ޖޯލީގައި އޮށޯވެލަމުން އޭނާ މައްޗަށް ނަޒަރު ހުއްޓާލިއެވެ.

އިރުކޮޅަކު އެހެން އޮތުމަށްފަހު ރިއުމާންއަށް ބަލައިލި އިރު އޭނާ އަދިވެސް އެއޮތް ގޮތަށް އޮތެވެ. “ރިއުމާން..” އައްޔާދްގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ރިއުމާން ސިހިފައި ތެދުވިއެވެ. އޭރު ޖޯލީގައި އިން އައްޔާދް ފެނި އޭނާ އެތަނަށް އައީ ކޮންއިރަކު ބާއޭ ރިއުމާން ހިތަށްއެރިއެވެ. އެތަނުގައި އިންނަން ނުކެރިގެން ދާން ތެދުވިތަނާ އައްޔާދް އޭނާ ހުއްޓުވިއެވެ.

“ވެއިޓް.. ނުދޭބަ.” އައްޔާދް މިހެން ބުނުމުން ރިއުމާން ބޭއިޚްތިޔާރުގައި މަޑުކުރިއެވެ. އެނަޒަރު އައްޔާދަށް ހުއްޓުނު އިރު މިއަދު ވީކަންތަން ލޯމަތިން ސިފަވި ކަހަލައެވެ. ބޭރުގައި ދިއްލާފައި ހުރި މަޑު އަލީގެ ބޮކިން އައްޔާދްގެ އެ މޫނު ފެންނަލެއް ހިތްގައިމެވެ. “އައި އެމް ސޮރީ..” ދެއަތް ދެއަތާއި މޮޑެމުން ރިއުމާން މަޢާފަށް އެދުނެވެ.

“އޯ.. އިޓްސް އޯކޭ.” އައްޔާދް ކުރު ޖަވާބެއް ދިނުމުން އުނދޯލީގައި އިން ރިއުމާން އިސް ޖަހާލިއެވެ. އެދެމެދުގައި ހަމަހިމޭންކަން ވެރިވެފައި ވީއިރު އައްޔާދް ކަޅި ޖަހާ ނުލައި ރިއުމާންއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. “ލެޓްސް ސްޓާޓް އޯވާ.. ފްރެންޑްސް.” ހަމަހިމޭކަން ނައްތާލަމުން އައްޔާދް އަތް ދިއްކޮށްލިއެވެ.

ނަމަވެސް ރިއުމާން އެއްވެސް އެއްޗެކޭ ނުބުނެ އެއަތަށް ބަލަހައްޓައިގެން އިނެވެ. “އޯކޭ..” ރިއުމާން އެއްވެސް ޖަވާބެއް ނުދިނުމުން އައްޔާދް އަތް ތިރި ކޮށްލިއެވެ. “ހަމަ ފްރެންޑްސް ނުވާނަން؟” އޭނާ އެހެން ބުނުމުން ރިއުމާން އުނދޯލިން ތެދުވިއެވެ. އެމޫނުމަތިން ހާސްކަން ފާޅުވިއިރު އިސްއުފުލާ އައްޔާދްއާއި ދިމާއަށް ބަލާލަން ވެސް ނުކެރިފައި އެތަނުން ދާން ހިނގައިގަތެވެ. ރިއުމާންގެ އަމަލްތައް ހުރި ގޮތުން އައްޔާދް ހައިރާން ވިއެވެ. މަޢާފަށް އެދިފައި ރަހުމަތްތެރިވާން އެދުމުން އަނގައިން ވެސް ނުބުނެ އެދިޔައީއެވެ. އެ ހަމަހިމޭން ކަމުން އައްޔާދަށް އުނދަގޫވިއެވެ. އިރުކޮޅަކު އިނުމަށްފަހު އޭނާ ގެއިން ބޭރަށް ނިކުމެލީ ވައިކޮޅެއް ޖައްސާލުމަށްށެވެ.

****

“ދަރިފުޅާ ރިއުމާން. އާދެބަލަ..” ސިޓިން ރޫމުގައި އިން ޒުބޭރު ދުފާ ތަބަށް ނަގަމުން ގޮވާލިއެވެ. އޭރު ކޮޓަރިއަށް ވަންނަން ދިޔަ ރިއުމާން ފިޔަވަޅުތައް ހުއްޓުނެވެ. ސޯފާގައި ޒުބޭރުގެ އިތުރުން ކޮންމެ ވެސް އެހެން ނުދަންނަ ފިރިހެނެއް ވެސް އިނެވެ. ގޭގައި އެމީހުންގެ އިތުރުން ދެން އުޅެނީ ބޭރު ޖޯލީގައި އިން އައްޔާދްއޭ އޭނާ ހިތަށް އެރިއެވެ. އެހެން ވިއްޔާ މިއީ ކާކުބައޭ ހިތައި އެދިމާއަށް ދިޔައެވެ.

އާޒިމްމެން ހަވީރު ނިކުއިން ގޮތަށް ނާންނަ އިރު މިއޮށް ހުރިހާއިރު ރިއުމާން އޮތީ އުނދޯލީގައެވެ. ލަސް ފިޔަވަޅުތަކެއްގައި އައިސް ކައިރިއަށް މަޑުކޮށްލި ރިއުމާންއަށް ޒުބޭރު ނަޒަރު ހުއްޓާލިއެވެ. “މިއީތަ އެމަންޖެ؟” ދުރުގައި އިން ފިރިހެން މީހާ ރިއުމާންގެ ބޮލުންފެށިގެން ފަޔާއި ހަމައަށް ލޯ އަޅާލަމުން އަހާލިއެވެ.

މިވެގެން އުޅޭގޮތެއް ރިއުމާންއަށް ނޭނގުނަސް އެމީހާގެ ބެލުންތަކުން ހިތް ނުތަނަވަސް ވިއެވެ. “ހޫމް.. އާދެބަލަ.” ޒުބޭރު މިހެން ބުނެފައި ރިއުމާން ގެނެސް އެ އުނގުގައި ބޭންދިއެވެ. އިސްޖަހައިގެން އިން ރިއުމާން އިނީ ޒުބޭރުގެ އުނގުގައި އިންނަން ޖެހުމުން އުނދަގޫވެފައެވެ. ދޭތެރެ ދޭތެރެއަކުން އެއަތުގައި ފިރުމާލާ ކޮންމެ ފަހަރަކު އެހިތަށް އިތުރު ވޭނެއް ލިބެއެވެ.

“ފައްކާ ދޯ.” ޒުބޭރު ބުނެލި ބަހުން ރިއުމާންއަށް ބޭއިޚްތިޔާރުގައި އޭނާއަށް ނަޒަރު ހުއްޓާލެވުނެވެ. އެލޮލުން ބިރުވެރިކަން ހާމަ ވީއުރު ރިއުމާން އިނީ ޒުބޭރު ކުރަން މިއުޅޭ ކަމެއް ނޭނގި ހާސްވެފައެވެ. “ފަސް ހާސް.” ދުރުގައި އިން މީހާ މިހެން ބުނެލުމުން ޒުބޭރު ޗޮކެއް ކަނޑާލިއެވެ.

“ދިހައެއް؟” އެމީހާ އެހެން ބުނުމާއިއެކު ޒުބޭރުގެ ތުންފަތަށް ވިހަ ހިނިތުން ވުމެއް ވެރިވިއެވެ. “ބައްޕާ..؟” ރިއުމާން ސުވާލުގެ ނަޒަރަކުން ޒުބޭރުއަށް ބަލާލިއެވެ. އޭރު ސޯފާގައި އިން މީހާ ތެދުވެ ޖީބުން ވޮލެޓު ނަގައި ފަސް ހާސް ރުފިޔާ ޒުބޭރުއަށް ދިއްކޮށްލަނީއެވެ. “ބާކީ ދޭނަން ނިމުނީމަ.” އެމީހާ ރިއުމާންއަށް ކަޅި އަޅާލަމުން ބުނެލިއެވެ. “ކިހިނެތް މިވަނީ؟” ރިއުމާން ހާސްވެފައި ތެދުވަން އުޅުމުން ޒުބޭރު އޭނާ ގައިގައި ހިފެއްޓިއެވެ. “މާ ބޮޑު ކަމެއް ނޫން.. ހާސް ނުވޭ. ދަރިފުޅު ވިއްކާލީ މި.” ޒުބޭރު އެ ބުނެލި ބަސްތައް އިވިފައި މުޅި މީހާ ފިނިވެގެން ދިޔައެވެ.

-ނުނިމޭ-

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ބީރައްޓެހިޔާ 2

Next

ތާޝާ (15ވަނަ ބައި)

Next
November 15, 2016

ތާޝާ (15ވަނަ ބައި)

Previews
November 15, 2016

ބީރައްޓެހިޔާ 2

50 Comments!

  1. layaal says:
    November 15, 2016 at 3:27 pm

    enjoy. next part on Friday 🙂

    1. avril says:
      November 30, 2016 at 9:31 pm

      kon friday eh??? vvv kada ingey plz avas kohbala

    2. Kiya says:
      December 1, 2016 at 1:15 pm

      Tell me which Friday

  2. Aru says:
    November 15, 2016 at 3:36 pm

    Vv reethi ? Riumaan ah dherah gotheh nahadhachey

  3. Hooooo. says:
    November 15, 2016 at 3:46 pm

    Alhey layaal varah salhi.
    Friday ge kurin update kureyvejaamun pls kohdeeba.
    Haadha salhi ey.

  4. Shaa says:
    November 15, 2016 at 3:51 pm

    huvaa ketheh nuvey mi story kiyaa iraku.. rovey goii vey huvaa.. haadha rahumu kuda ey dhw alhe.. anyways story varah reethi ?

  5. miroo says:
    November 15, 2016 at 4:01 pm

    rovijje varah hiy dhathi. sisfkurun hama habey. ?? can’t wait for friday

  6. 1234 says:
    November 15, 2016 at 4:19 pm

    nikui kiyaa iru inaanee thaa sukuneh. heevany NI-KU-IN kiyeehen.

  7. mixoo says:
    November 15, 2016 at 4:20 pm

    keep it up layaal.. waiting for friday now?

  8. Anonymous says:
    November 15, 2016 at 4:29 pm

    v reethi.. alhe hama riumaan ah ithuru gotheh nethy ta?

  9. Bunny says:
    November 15, 2016 at 4:34 pm

    mi varah reethi koh liyaa vaahaka ehn sifakurun thah vx varah furi hama. keep it up

  10. Bunny says:
    November 15, 2016 at 4:36 pm

    layaal kon rasheh?

  11. hamee says:
    November 15, 2016 at 4:55 pm

    wow! that was sooo intense. layaal haadha mollhey twist tha gennan. sifakurun ves hama ehaa furi hama. hama lo kurimathin fena hen heevnai kiyaa iru. Masha allah. you are so telented. hiy thalhu vaalafa thi ninmaali. alhe riuman ah evi goi. good job layaa ?

  12. Rosie says:
    November 15, 2016 at 4:57 pm

    ??????? What did just happen? hama shock eh ga adhi ves mi ini. kihine evi alhe fahe. rovije. alhey friday ahvaha aadheybaaaaa

  13. Aimin says:
    November 15, 2016 at 5:18 pm

    varah reethi. mihaaru abadhu kiyaa hiy vaa vaahaka aki mee. waiting for friday.

  14. Anon says:
    November 15, 2016 at 5:30 pm

    dheravejje. ??

  15. nunnu says:
    November 15, 2016 at 5:31 pm

    laya adhi story varah reethi next part avahah up kohdhyba :*

  16. Asifa says:
    November 15, 2016 at 5:57 pm

    Ummu Mulk

    1. Ummu Mulk says:
      November 16, 2016 at 2:57 pm

      ????? kiyaifin ekkoh..

  17. girl :))) says:
    November 15, 2016 at 6:50 pm

    xubeyru be ready!!!! midhani vlhieh hifain koshaalan…huvaa mibuni hama rolaa kaalaa hih vaniii ……ah!!!!!!! u vkjng meehaa

    1. Zubba 69 says:
      November 15, 2016 at 7:24 pm

      Thankolheh karubodu gayah baaru ehcheh laigen annaathi????

  18. fazy says:
    November 15, 2016 at 7:05 pm

    V v rulhi aadhey mivaahaka kiyaa iru. Pis pis pis ey bappa eh noon. Adhi ey insaanehves noon. He he but v salhi.

  19. lilly says:
    November 15, 2016 at 7:11 pm

    the end gave me a heart arrest! kill that zubeyru plx. love this story layaa. kiyaa iru rovifa riulhi bes aadhey.

  20. Faathi says:
    November 15, 2016 at 7:21 pm

    varah reethi asarugadha vaahaka eh.

  21. Faathee says:
    November 15, 2016 at 8:14 pm

    Layaal alhe mi noon gothakah story gendhaa. E anhen kuhjaa ah mi noon dhuwahe ves dhakabaa. Pls.. I don’t like mi story ga mi vaa goi.

    1. zara says:
      November 15, 2016 at 8:32 pm

      well story gendhaane gothe igeyni writer ah dhw. ehen noonas meega plot akee bappa aniyaa kuraa kujje ge life dhw. so basically ekan dhahka dheyn jeheyne kama feney. adhi story mi fashaigathi. lets wait and see dhw ?

  22. Afee says:
    November 15, 2016 at 9:25 pm

    V reethi Alhe aee Hama Aslu riumaan ge Bappa tha???

  23. me says:
    November 15, 2016 at 11:49 pm

    Mi vaahaka kurin genes dhinin tha? kiyaafa in story aka v vahtharu ..

    1. Ali says:
      November 16, 2016 at 12:15 am

      here we go again! mi site hulhuvaa konme ves story eh ga inaane copy ekey nooni kiyaafa ey. seriously you guys need to stop that. ehkala kithanme vaahaka eh hunaane. because it’s life and that’s how things happen to people. stop with the copying bla blas. ??

  24. xenn says:
    November 16, 2016 at 9:55 pm

    Mi story kiyaa knme faharaku a ulhey zubeyrakaa hedhei huvaaaa magey bp high vey…haadha rulhi eh aaadheye…hithah araa nolhaala faanamey

  25. Fathmath Ahmyma says:
    November 16, 2016 at 11:18 pm

    How ba

  26. Maree says:
    November 18, 2016 at 7:12 pm

    Layaal kobaatha next part

  27. hhhhhhh says:
    November 18, 2016 at 8:02 pm

    koba mee hukurehnu. i am patiently waiting it

  28. aimin mau says:
    November 19, 2016 at 12:10 am

    Layaa… cant wait… avahah up kohdhybaa…. hama keiy madhu vefa mi hury vaahaka kiyaa hithun…

  29. shid says:
    November 19, 2016 at 3:34 pm

    Friday gosi dhan haada lahy

  30. zulfigzzru says:
    November 20, 2016 at 10:45 am

    friday gohsi ey mihaaru

  31. shidaasws says:
    November 20, 2016 at 11:13 am

    koba vahaka genesdevy vare nuvytha

  32. foohi says:
    November 21, 2016 at 1:08 am

    vara foohi vey… knme meehaku ves vara foaryga liyan fashaanei… vakihisaabakah goas huteynei.. liyanyaa reethi gothuga ninmaalabala???????

  33. Kiyuntheriyeh says:
    November 21, 2016 at 7:57 pm

    Thivarun kiheneh vaahakaliyanee… Bunaadhuvahakah story up load nukurevey. Friday ga kuraanamey bunee mihaaru mee Monday viya haadha lahey…. Kiyuntherin ves hinhamajeheynee bunaaduvahakah vaahaka up kohleema dhw….

  34. Nian says:
    November 24, 2016 at 7:09 am

    kobaa… next part kiyaalaa hithun keih madhuvefa….. pls next part avahah up kolla dheebala…

  35. Alhugadu says:
    November 26, 2016 at 8:37 pm

    Denkonduvahakun new part annany.

  36. Rixoo says:
    November 27, 2016 at 10:47 pm

    alhey. kobaatha mi vaahakaige next part. mihaaru kihaadhuvaheh. layaal plx next part veehaaves avahakah up kohdheeba. ?

  37. hater says:
    November 28, 2016 at 12:10 am

    Liyan nukerenya nuliyuneema vee eh nu.
    varah foohivey
    dsgstng btch

    1. Maari says:
      November 30, 2016 at 11:12 pm

      Mind ur language.. Hater.. She might be facing a problem.. Kurin faharu vx medhu kendunas ehkoh complete kuriehnnu e vahaka.. So trust her

  38. Naz naz says:
    November 29, 2016 at 9:18 pm

    Layaaa!!!! kobaatha next part. haadha dhigu inthizaarekey kuran mi jehenee… pls than kolheh avas kohdheebala.

  39. Layaal says:
    November 30, 2016 at 12:15 am

    Friday ey buny… e bunaa friday eh naannany thoh che adhi

  40. Maree says:
    November 30, 2016 at 3:39 pm

    Layaal kobaatha vaahaka

  41. fetu says:
    November 30, 2016 at 9:29 pm

    hey layaaaaaaluuuuuuuuuuuu plzzzzzzzzzz avasssssssss

  42. afra says:
    December 3, 2016 at 8:26 am

    5 vana bai kobaaa’?

  43. Brainless says:
    February 4, 2017 at 10:40 pm

    Adhi bunefi ehhnu maa kuda kameh nooney.. Dharifulhu vihkaaly eyy..
    Kon dharifulhe key kiyaa kah zubeyru gandaa.. Kae amaa ge sandhoa vihka bala meesmeehun nah maa rangulhuvaane…
    This is an fabulous story..
    Vvvvv dheravey mi vaahaka kiyaafa..

Comments are closed.


All Right Reserved!