ނުފިލާނޭ މިހިތަކުން… 16 އަބަދު ތިޔަ ލޯބި ކަލާ ވާނަންހޭ އަބަދު ތިޔަހެން ހުރެދޭނަންހޭ ލަސްލަހުން އިސްއުފުލާލާ އޭނާގެ ފިނިވެފައިވާ ދެއަތުން މާކިންގެ ދެއަތުގައި ހިފާ އޭނާގެ މޫނުގައި ބާރަށް ހިފެހެއްޓުވިއެވެ. އަދި އެސްފިޔަތައް ތަޅުވާލަމުން މާކިންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. މެހެކްގެ އެހަރަކާތުގެ ސަބަބުން ހައިރާންވެފައި ވީ ނަމަވެސް އޭނާގެ ބޮޑު ބޮޑު ދެލޮލަށް ނަޒަރު ހުއްޓާލައިގެން އިނދެ އެ މައުސޫމް މޫނު މާކިންގެ ދެއަތުގެ ތެރޭގައި ރަނގަޅަށް ހައްޔަރުކޮށްލިއެވެ. އޭރު އެގާތްކަމުގެ ސަބަބުން ދެހިތުގެ ތެޅުންވެސް […]
30 “ވިޝޫ ކާރި ނުބުނާތި އަހަރެން އައި ވާހަކަ.. ސަޕްރައިޒެއް ދޭން ބޭނުމީ.. މިރޭ ގުޅާފަ ބުނާނަށް ހަދަންވީގޮތް.. ދެން އިހަށް ދަނީ..” ވިކާޝްގެ ނަމްބަރު ފޯނުގައި ސޭވް ކޮށްލަމުން އާލިކް ހަލުވި ފިޔަވަޅުތަކެއްގައި އެގެއިން ނުކުމެގެން ދިޔައީ ވިކާޝްގެ މޫނަށް ހިނިތުންވުމެއް ގެނުވާފައެވެ. މިހާރު އޭނާގެ އުންމީދަކީ ވިޝާއާއި އާލިކް ވީހާވެސް އަވަހަކަށް ކައިވެނި ކުރުމެވެ. އޭނާ ހިތާއިހިތުން މާތް ﷲ އަށް ޝުކުރުވެރިވިއެވެ. އެދުވަހު އޮފީސް ނިންމާފައި ވިޝާއަށް ގެއަށް އާދެވުނީ އިރުއޮއްސުނު ފަހުންނެވެ. […]
26 “ޔެސް..” ވިޝާ ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. އެއާއިއެކު ދުރުގައި އިން އާލިކްއަށް ގައިގެ ހުރިހާ ބާރުތައް ދޫކޮށްލެވުނެވެ. ހިތުގައި ޖެހުނު ވަރުން ލޮލަށް ކަރުނަ ޖަމާވާކަށް ގިނަ އިރެއް ނުނެގިއެވެ. ޝަކުވާގެ ނަޒަރަކުން ލަސްލަހުން ވިޝާގެ މޫނަށް ބަލާލިއިރު އޭނާގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ހަމަ ހަގީގަތުގައިވެސް ވިޝާ އޭނާއަށް ގެއްލެނީ ހެއްޔެވެ؟ އެހެން މީހުންގެ “ޔޭ..” ގެ އަޑާއިއެކު ޒައިދުގެ އުފާވެރި ހީނލުމުގެ އަޑު އިވުނު އިރު އާލިކް އިނީ ހުއްޓުން […]
21 “ލިމްމް.. މަށާ ކައިވެނި ކުރަން ވީނުން؟..” ހަދާނެ ގޮތެއް ނޭނގިފައި އން ލިމްނާއަށް ވިކާޝް ބުނެލި އެއްޗަކުން ލަމުން ދިޔަ ނޭވާވެސް ވަކިހިސާބެއްގައި ތާށިވީފަދައެވެ. ބޮޑުކޮށްލި ލޮލާއި އެއްވަރަށް އަނގަވެސް ހުޅުވާލަމުން އޭނާ ވިކާޝްއާއި ހަތަރުކަޅި ހަމަކޮށްލިއިރު އެމޫނުގައިވަނީ ހިތްދަމައިގަންނަ ފަދަ ޖާދުވީ ހިނިތުންވުމެކެވެ. ލިމްނާގެ މޫނަށް ވީގޮތް ފެނުމުން މިވަގުތު އޭނާއަށް ވާހަކަ ދައްކަން ފަސޭހަ ނުވާނެކަން އެނގޭތީ ވިކާޝް އިތުރަށް އެއްޗެކޭ ނުބުނެއެވެ. ގެއާއި ހަމައަށް ގެންގޮސްދިނުމަށްފަހު “ޓޭކް ކެއަރ” އޭ ބުނެލަމުން […]
އޯގާވީ ހިތަކަށް އެދުނީމޭ އަހަރެން ހީވާތީ ހިތުގައި އަދު ލޯބި އުފެދެނީހެން ޚިޔާލީ ދުނިޔެއަކަށް ގެއްލި ހުސްވެފައިވާ މާކިންއަށް ހަގީގީ ދުނިޔެއަށް އާދެވުނީ މޭޒުގައި އޮތް މެހެކްގެ ފޯނު ރިންގުވާން ފެށުމުންނެވެ. ވަގުތުން އޭނާއަށް އެފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލެވުނެވެ. ހަމަ އެއާއިއެކު ސްކްރީނަށް އަރާފައި އޮތް ނަން ފެނުމުން އޭނާގެ ދެބުމަ ކައިރިވެ، މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު އަރާލިއެވެ. “ކީކުރަން ނުހައިކް ގުޅަނީ؟..” މެހެކް އޭނާގެ ފޯނު ނަގާ އަތަށް ހެޔޮވަރުކޮށްލި ވަގުތު މާކިންއަށް ސުވާލުކޮށްލެވުނީ […]
16 “އެވްރިވަން.. މީޓް މައި ބިލަވްޑް ސިސްޓަރ.. ވިޝާ..” ވިކާޝް އުފާވެރި އަޑަކުން ބުނެލި ޖުމްލައާއިއެކު އެންމެންގެ އަތްތިލަބަޑީގެ ގަދައަޑު މާހައުލުގައި ގުގުމާލާފައި ވާއިރު އާލިކްގެ ދުނިޔެ ހީވީ އެނބުރިގަތް ހެންނެވެ. ހިތައް ވީގޮތުން އެސްފިޔަ ޖަހާލަން ނޭނގިފައި އެދެބެންނާއި ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް އޭނާއަށް މަލާމާތް ކުރަމުން ދާފަދައެވެ. ދުނިޔެއަކީ ކޮންފަދަ ކުލަތަކެއް ދައްކާ ތަނެއް ހެއްޔެވެ؟ އާލިކްގެ ލޮލުން ހިތާމައާއި ލަދުވެތި ކަމުގެ ކަރުނަ ނީރާލިއެވެ. ވިޝާ ސްޓޭޖުން […]
ތިޔަ ނޫން ފަރާތަކަށް ހިތް ދޭހިތް ނުވެސް ވަނީޔޭ ތިޔަ ޚިޔާލުގައި މަގޭ ހިތް ކުދިކުދި ވެގެން ދަނީޔޭ “ޝްޝްޝް.. ނުރޮއްޗޭ.. ހުއްޓާލާ.. ރޯ އަޑަށް ވެމްޕަޔަރއެއް ވަދެދާނެ ތިތަނަށް..” މާކިން ލާނެތް ރާގަކަށް ވާހަކައިގެ މައުޟޫޢު ބަދަލުކޮށްލަން މަސައްކަތް ކުރިއެވެ. އެއާއިއެކު މެހެކް ލޯ ފުހެލަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. މާކިން އެވާހަކަ އެ ފެށީ އޭނާ ހެއްވާލަންކަން އޭނާއަށް އެނގުނެވެ. މާކިން ދައްކަމުންދިޔަ ވާހަކައިން ގަނެފައިވާ ބިރު ފިލާ، މެހެކް މުޅިން ހަމަޖެހިލިއެވެ. މެހެކް […]
11 ” އަދި މަންމަ ދޮންބެ މަތިން ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު ހަނދާން ކުރި ވާހަަކަ ބުނެދޭށެވެ. އަދި ދޮންބެގެ ނަންވެސް ނުބުނެވެ ދޯއެވެ. ދޮންބެގެ ނަމަކީ ” ވިކާޝް ” އެވެ. ދަރިފުޅުމެން ދެކުދިން ދެކެ މަންމައާއި ބައްޕަވެސް ވަރަށް ލޯބިވެއެވެ.” ވިޝާއަށް އޭނާގެ ކެބިންއަށް އާދެވުނީ އާލިކް ނުކުމެގެން ދިޔަފަހުންނެވެ. އާލިކް ނެތްކަން އެނގުމުން މޫނަށް ވައްތަރެއް ޖައްސާލަމުން ވިޝާ އޭނާގެ ގޮނޑީގައި އިށީނދެލީ އާލިކް އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ހަގީގަތުގައި […]
6 ބެހެއްޓިފައިވާ އުއްބަތި ނަގާ އެމީހެއްގެ މޫނާއި ދިމާއަށް އަލިކޮށްލުމުން ފެނިގެންދިޔަ މަންޒަރުން ވިކާޝްއަށް ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ކުރިމަތީގައި އެހުރީ މިއަދު އޭނާއަށްޓަކައި ހެޔޮ އެދޭ ހަމަ އެކަނި ފަރާތެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ އުނދަގޫ ވަގުތެއްގައިވެސް އޭނާއާއި އެކުގައި ވާނޭކަން ޔަގީންވާ ފަރާތެވެ. އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. ދެދުނިޔޭގެ އެކުވެރިޔާއެވެ. ” އާލިކް..” ވިކާޝްއަށް ލޯ ހުޅުވާލުމާއިއެކު އާލިކްގެ ނަން ކިޔާލެވުނެވެ. އަދި ހަމަ އެއާއިއެކު ދެންމެ ފެނުނީ […]