“ޝުބީ.. ކިހިނެތްވީ؟..” ޝުބާ ބަލަހައްޓައިގެން އިންނަން ފެށުމުން މާކިންވެސް ހައިރާންކަމާއިއެކު އަހާލިއެވެ. އެވަގުތު ޝުބާގެ އަތުން އޭނާގެ ކޮޓަރިއަށް އިޝާރާތް ކޮށްލުމުން، ސުވާލުން ފުރިފައިވާ ހާލު މާކިން ލަސްލަހުން ގޮސް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން މާކިންއަށް ހީވީ ހުވަފެނެއްގެ ތެރެއަށް ދެވުނު ހެންނެވެ. އޭނާގެ އެނދުގައި އޭނާގެ ބާލީސްތަކުގެ ތެރޭގައި މައުސޫމްކަމާއިއެކު ނިދާލާފައި އެއޮތީ އޭނާގެ ހިތުގެ މަލިކާއެވެ. އޭނާގެ ދިރިހުރުމުގެ ބާރެވެ. އޭނާގެ މެހެކްއެވެ. ދެފަރާތަށް ބޯ ހޫރާލުމާއިއެކު ދެފަހަރަކު […]
މާކިންއާއި މެދު ވިސްނަން ފެންކަޅިވެފައި އިން ޝުބާއަށް ސިހުމެއް ލިބުނީ ގޭ ދޮރުގައި ޓަކި ދިން އަޑަށެވެ. މިގަޑީގައި ގެއަށް އައީ ކާކުބާއޭ ހިތައް އަރާ ހާލު ލޯ ފޮހެލުމަށްފަހު މޫނުމަތި ރީތިކޮށްލަމުން އޭނާ ލަސްލަހުން ގޮސް ދޮރު ހުޅުވާލިއެވެ. އެއާއިއެކު ދޮރުމަތިން ފެނުނު މަންޒަރުން ޝުބާއަށް ދެލޯ ބޮޑުކޮށްލުމަށްފަހު އަނގަ ތަން މިނަށް ހުޅުވާލެވުނެވެ. “މެ…ހެ….ކް…” ދޮރުމަތީގައި ހުރި މެހެކްގެ މޫނަށް ދެލޯ ބޮޑުކޮށްފައި ބަލަހައްޓައިގެން ހުރެ ޝުބާއަށް ބޭއިޚްތިޔާރުގައި މެހެކްގެ ނަން ކިޔާލެވުނެވެ. އާ […]
“އެއްވެސް.. އެއްވެސް ހާލަތެއް ނާންނާތި.. އަހަރެންނާ ދުރަށްދާން ބޭނުންވާ އެއްވެސް ހާލަތެއް ނާންނާތި.. ކޮންމެ ހާލެއްގައި ވިޔަސް އަހަރެން ހައްގެއްގެ ގޮތުގައި ހުރެދޭތި.. ތިހިތުން އަހަރެންގެ ނަން ފިލުވާ ނުލާތި..” މާކިންގެ މެސެޖު ކިޔާލުމާއިއެކު މެހެކްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އެހިތުން މާކިންގެ ނަން ދުވަހަކުވެސް ފިލާނެ ހެއްޔެވެ؟ “ދުވަހަކުވެސް.. ދުވަހަކުވެސް ތިޔަ ތެދުވެރި ލޯބި މިހިތަކުން ނުފިލާނެ..” މާކިންގެ މެސެޖުގެ ޖަވާބުގައި މެހެކް ފޮނުވާލިއެވެ. މާކިންމެންނަށް މާލެ ދެވުނު އިރު އިރުއޮއްސިއްޖެއެވެ. ޝުބާއާއި އިޝާންއާއިއެކު ލޯންޗުން […]
“މެހެކް…” ހިތައް އަރަން ފެށި އެއްޗެއްގެ ސަބަބުން މާކިން ކުއްލިއަކަށް މެހެކްގެ މުލައްދަނޑީގައި ހިފާ އޭނާއާއި ވީ ފަރާތަށް އެނބުރުވުމަށްފަހު ނިކަން ބާރަށް އޭނާގެ ގަޔާއި ލާ ބޮނޑިކޮށްލިއެވެ. މާކިންގެ ކުއްލި ހަރަކާތުގެ ސަބަބުން ސިހުން ލިބުނުކަމުގައިވިޔަސް މެހެކް އޭނާއާއި ދުރަށް ދާކަށް މަސައްކަތެއް ނުކުރެއެވެ. ދެއަތުން މާކިންގެ ހަށިގަނޑުގައި ހިފަހައްޓާލުމަށްފަހު އެމޭގެ ތެރޭގައި ބޮނޑިވެލީ އޭނާއަކީ ހަމައެކަނި މާކިންގެ ހައްގެކޭ ބުނާ ފަދައިންނެވެ. “މެހެކް.. އަހަރެން މެހެކްދެކެ ވަރަށް ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ.. އަހަރެންގެ […]
“އެންމެ ރަނގަޅު..” މާކިން އޭނާގެ ބައްޕަގެ ހުރިހާ އަމުރުތަކަކަށް ކިޔަމަންވަމުން ފޯނު ކަނޑާލިއެވެ. އަދި ހަމަ އެއާއިއެކު އެހުރިހާ އިރު ލޮލުތެރޭގައި ހިފަހައްޓާފައި ހުރި ކަރުނަތައް އޭގެ މަގާމް ދޫކޮށްފައި ފައިބައިގަތެވެ. އޭނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ގިސްލެވެން ފެށުމާއިއެކު އަނގަމަތީގައި އަތް އަޅަމުން އޭނާ މުށިތައް މައްޗަށް ވެއްޓިގަތެވެ. އަދި ހޭވިފައިވާ އިސްތަށިގަނޑުގައި ހިފަހައްޓަމުން އަޑުން އަޑު ނަގާ ރޯން ފަށައިފިއެވެ. މިއީ ކޮން ފަދަ އިމްތިހާނެއް ހެއްޔެވެ؟ ގިސްލުމާއިއެކު ގަދަ އަޑުން ރޯން އިން މާކިންއަށް […]
އެރަށުގައި އެމީހުން ތިބުމަށް ކުއްޔަށް ހިފާފައި ހުރި ގޭގައި އެއްވެސް ޙަފްލާއަކާއި ނުލާ މާކިންއާއި ކައިވެނި ކުރުމަށް މެހެކް ރަން ކީ އިރު އެއްވެސް މީހެއްގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. ވާނީވެސް އެހެންނެވެ. އެއީ މެހެކްގެ ދެވަނަ ކައިވެނި ދުވަހެއްގައި ކުރެވުނަސް ކުރާނެ ފަދަ ހާލަތެއްކަމުގައި އެކަކުވެސް ހިއެއް ނުކުރެއެވެ. ކައިވެނީގެ ހެކިވެރިންގެ ގޮތުގައި އައީ އިޝާންއާއި އެރަށުގައި އުޅޭ ކައިސްގެ ރަހްމަތްތެރިއެކެވެ. ހާލަތުގެ ގޮތުން އެއްބަޔަކު ޝާއިރާގެ ގާތުގައި ހޮސްޕިޓަލުގައި ތިބެން ޖެހޭތީ އެވަގުތުވެސް ނާޔާއާއި […]
“މަންމާ.. މަންމާ..” ކުއްލި ހަރަކާތަކާއިއެކު މެހެކްގެ އަނގައިން ޝާއިރާއަށް އިޝާރާތްކޮށް ހަޅޭކެއްގެ އަޑު ނުކުތުމާއިއެކު އެންމެންނަށް އެއްފަހަރާ ސިހިފައި ޝާއިރާއާއި ދިމާއަށް ބަލާލެވުނެވެ. ސިއްސައިގެން ދިޔަ ކަމުގައިވިޔަސް ކައިރީގައި އިން މާކިންއަށް ޚަބަރު ހުސްވަމުން ދިޔަ ޝާއިރާގެ ހަށިގަނޑު ވެއްޓުނަ ނުދީ ހިފަހައްޓާކަށް އުނދަގުލެއް ނުވިއެވެ. އޭރު ތަނުގައި ތިބި އެންމެން ޝާއިރާގެ ވަށާލައިގެން ތިބިއިރު ކައިސްއާއި މެހެކް ޝާއިރާގެ ކައިރީގައި ކަކޫ ޖަހާލައިގެން އިށީނދެއްޖެއެވެ. “މަންމާ.. މަންމާ.. ކިހިނެތްތަ އެވަނީ ދޮންތީ؟.. ގުޅާބަލަ.. އެންބިއުލެންސަށް ގުޅާބަލަ..” […]
“ތީތަ ތިއުމުރުގަ އުޅެން ޖެހޭ ވައްތަރު.. ބަލަ އުމުރުން ވީ ވަރެއް ނޭނގޭތަ.. ލަދުކުޑަކަން.. އުމުރުން މާ ހަގު ކުއްޖަކާއި އެކީ އުޅޭނެހާ ގޮތަކަށް ތިއުޅެނީ.. އަހަރެން ލަދުން ހަލާކުވެއްޖެ.. ތީ ކުރިން މީހާކާ އިނދެ ދަރިއަކު ހުރި އަންހެނެކޭ.. ހީވަނީތަ އެހާ ޅަ ކުއްޖަކު ތިޔައުމުރުގެ މީހަކު ބޭނުންވާނެހެން.. އެއީ ފޫހި ފިލުވާލަނީ.. މުޅި ރަށުގަ މިހާރު އެ ނޫން ވާހަކައެއް ނުދައްކާ.. މެހެކް އުމުރުން ޅަ ފިރިހެން ކުއްޖަކު ގޮވައިގެން އުޅޭ ވާހަކަ.. ގޮތްކުޑަ.. […]
“ބައްޕަ ތި..” “އަޑު އަހާ މާކިން.. މިއީ އަދި ފެށުން.. މިއީ ވަރަށް ކުޑަ ކަމެއް.. މާކިން އޭނައާއި ވަކި ނުވެއްޖެއްޔާ ވަރަށް ގިނަ ކަންތައްތައް ވާނެ.. މިއަށްވުރެ މާ ބޮޑެތި ކަންކަން.. ފޫ ނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ.. ގޮތް ނިންމާނީ ހަމަ މާކިން..” މާކިންގެ އިތުރު އެއްވެސް ވާހަކައަކަށް ބިލާލް ފުރުސަތެއް ނުދިނެވެ. އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ފޯނު ބޭއްވިއިރު މާކިން ހުރީ ބަސް ހުއްޓިފައެވެ. އޭނާ ދެން ހަދަންވީ ކިހިނެތް […]